
ގޮއްޔެ (ބާބު 2) ބާރަވަނަ ބައި
ފަތިހުގެ ފިނިކަން އަދި ކެނޑިގެން ނުދެއެވެ. އިރުގެ އަލިކަމުން މުޅިއުދަރެސް އަލިވަމުން ދަނީއެވެ. ދޫނި ސޫފާސޫފިތައް ދިމަދިމާއަށް އުދުހި އުދުހިފައި އެސޮރުމެންގެ ކާނާހޯދުމުގައި އުޅެއެވެ. ގޮނޑުދޮށުގައި ދެތިން އަންހެނަކު ރޭކެއްކި ގަރުދިޔަ ލޯގަނޑުތައް ހިފައިގެން އައިސް އެ ލޯގަނޑުތައް ދޮންއުޅެއެވެ.
މަސްލޯގަނޑުތަކުން އުކާލި ހާމަސްތައް ފެނިފައި ކާޅުތައް އަރައިގަތެވެ. އެކަތި އަނެކައްޗައް ވުރެ ގަދައެވެ. ފޯރީގައި ހިފަ ހިފައިވެސް ގަނެއެވެ. ކާޅުތަކަށް އެއީ މޮޅު ކޭމަކަށް ފުދެއެވެ. އެހެން ނަމަވެސް މަސްލޯގަނޑު ދޮޮންނަން އައިސް އުޅޭ އަންހެންވެރިންނަށް ބޮޑު އުދަގުލަކަށް އެސޮރުމެނާހެދި ވެއެވެ. އިރު އިރު ކޮޅުން އެސޮރުމެން ފަހައިގަނެއެވެ.
މިސްކިތްދަށުން ފޭބިގޮތައް ގޭދޮށަށް ނުގޮސް ފަތިހުފިނީގައި ހިގާލަންދާމީހުންވެސް މަދުމަދުން ރަށުތެރެއިން ފެނުން މީ އާންމުކަމެކެވެ. އުމުރުން ދުަސްވީ މީހުން އެމީހުންގެ ދަރިންގެ ގޭގެޔަށް ގޮސްލާ ހަދާލާ ގަޑިއަކަށް ހެނދުނުގެ ހިތްގައިމު ވަގުތުވެއެވެ.
އެދިމާ އަތިރިމަތިން އޮލަވާހަކައެއްގައި އެހެރަ އަންނަނީ ނަސީރެވެ. ގާތުގައި އެހެރީ ހަސަނު ކަތީބެވެ. ދެމީހުން ވާހަކައިގައި އައިސް އެދިމާ އަންހެންވެރިންގާތު މަޑުކޮށްލިއެވެ.
“ލަތީފާކޮއްކޯ، ޅިޔަނު ގާތު ބުނައްޗޭ މިއަދު ތަންކޮޅެއް ހެނދުނާ އޮފީހަށް ޖައްސާލައްޗޭ”
ކުދިތެލިތައްދޮވެ ނިންމާފައި މޫދާދިމާއަށް ގޮސްގޮސް ހުރި ލަތީފާ މަޑުޖެހިލީ ބޭބެގޮވާލީމައެވެ. ތެލިތައް އެހުރިދިމާގައި ބަހައްޓާފައި ލަތީފާ އެއްގަމަށް އަރާ އެމީހުނާ ވާހަކަ ދައްކަން ފެށިއެވެ.
” ކިހިނެތްވީ އަނެއްކާ މާ ހެނދުނަކާ ތިއުޅެނީ ކޮން ކަމެއް ލައިގަނެގެން”
“މިއަދު މިހިރަ ނަސީރު މީހަކާ އިންނަން ރަންކިޔާތީ ހެކިވެރިޔަކަށް ޅިޔަނު ބަހައްޓަން، ދެން ހުންނާނީ ދައިތަ ގޯތީ އާދަނު. އެދެމީހުން މިކަމަށް އެންމެ ރަގަޅުވާނީދޯ”
ލަތީފާއަށް ގަބޫލުނުކުރެވިފައި ހުރިހެން ނަސީރާދިމާއަށް ބަލާލިއެވެ. ނަސީރު ހަމަ މީހަކާ އިންނަނީ ބާއެވެ. އަނެއްކާ ރަށުމީހަކާ ބާއެވެ. އެތަކެއް ސުވާލެއް ހިތުގައި އުފެދުނެއްކަމަކު ބަހެއްބުނެނުލާ ކެއްލަވައިގެން އެހުރީ އެވެ. ހަސަނުކަތީބު އިރުކޮޅަކު ލަތީފާއަށް ބަލަންހުރީ އެއްޗެކޭ ބުނޭތޯއެވެ. އެހެން ނަމަވެސް ބަހެއްނުބުނުމުން އެދެމީހުން އަނެއްކާ ހިގައި ގަތީ އެވެ.
********
މިދުވަސްކޮޅު ގޭތެރޭގައި މީހުން ގިނަކަމުން އައިމިނަތު ތަންކޮޅެއް މައިރާ ހޭލައިގެން ރޮށިފިހުމުގައި އުޅެންފަށައެވެ. ސަލްމާވެސް ފަތިސް ނަމާދު ކުރާގޮތައް ބަދިގެޔަށް ވަންނަނީ ދެމީހުން އެކުގައި ބަދިގޭގެ ކަންކަން ނިންމާލާށެވެ. މިއަދުވެސް އެހެން ދުވަސް ދުވަހެކޭ އެއްގޮތައް ސަލްމާ ފުއްގަނޑު މޮޑެ ނިމެންވާއިރަށް އައިމިނަތު ހުރީ ހުނިގާނާ ލައިގެން ކާނެ އެއްޗެއް ހަދަން ތައްޔާރުކޮށްފައެވެ.
މިއަދު އެހެންދުވަސް ދުވަހާ ތަފާތުކަމަކީ ސަލްމާގެ ހިތުގެ ހިނގުން އަވަސްވެ ސިކުނޑީގައި ޚިޔާލުތައް ގިނަވެފަ ވާކަމެވެ. ފުރަތަމަކަމަކަށް އައިމިނަތާއި މަޝްވަރާކޮށްލުމަށް ނިންމައިގެން ހުއްޓެއް ކަމަކު ފަށާނެ ގޮތެއްވެސް އަދި ނޭގެއެވެ. އައިމިނަތު ލައްވާ ފަރުޝާމެންނާ ހަމަ އަށް އެވާހަކަ ގެންދިޔުން މާ ފަސޭހަވާނެއެވެ. އަދި ސުލައިމާނުގާތު ބުނަންވެސް ފަސޭހަވާނީ އައިމިނަތު ލައްވައެވެ. ދުރު ދުރުން ވާހަކަ ފަށާނެ ގޮތެއް ވިސްނަމުން ގޮސް ސަލްމާއަށް ގޮތެއް ވިސްނުނެވެ.
“އަހަރުމެން ފުރީމަ ދެން މިގެ ވަރަށް ފަޅުވެފަ ދޯ އޮންނާނީ”
” އަނނނ ، ދައްތަމެން އެންމެން ތިހެން އުޅެ އުޅެފަ ދާތީ ވަރަށް ދެރަވޭ، ދުވަސް ކޮޅަކަށް ނަމަވެސް އައީތީ އުފާވެސްވޭ. ހިތައް އަރާ ދައްތަ އަށް މަޑުކޮށެއް ނުލެވޭނެ ބާއޭ”
ސަލްމާއަށް ރަގަޅު ފުރުސަތެއް ފަހިވި ކަހަލަ އެވެ.
“ދައްތަ މިރަށުގަ ތިހާ ބަހައްޓަން ބޭނުމިއްޔާ ދައްތަ ހަރުލާނެ ކަހަލަ ކަމެއްކޮށްބަލަ އޭރުން ހުންނާންނުން” ނިކަން ހެވިފަ ހުރެ ސަލްމާ އައިމިނަތައް ރައްދެއް ދިނެވެ. އައިމިނަތުވެސް މަޖާވެލާފަ ޖަވަބުދިނީ އެއްވެސް ޚިޔާލެއް ފިކުރެއް ނެތް މީހަކު ފަދައިން ނެވެ.
“ދައްތަ ނިކަން މިރަށު މީހަކު ހޯދައިގެން އިންނަން އުޅެބަލަ، ކަމުދާމީހަކު ނެތްތަ، އާނނ..ނުހުންނާނެދޯ ، އެޔޮއްބޮޑު މާލޭންވެސް މީހަކު ނުލިބުު ވިއްޔާ” ދިމާކޮށްލާފާޑަކަށް އައިމިނަތު ބުނެލުމުން ސަލްމާ ހޫނނނ އަޅުވާލީ ނާހަމަ ތެދެއްހޭ ބުނާ ފަދައަކުން ނެވެ.
” އަސްލުވެސް އޭ ދައްތާ، އަޅެ މަ ވެއްޖެ މިރަށުން މީހަކު ހޯދައިދޭން ދައްތައަށް”
ސަލްމާ ފިހެ ނިންމާލި ރޮށި ތަވާ މަތިންނަގާފައި ރޮށިލާ ތައްޓައްވައްޓާލިއެވެ. އޭރު އައިމިނަތުވެސް ފުއްދަމާ ފޯއްޔާ ގޮނޑި ފޮހެ ސާފު ކޮށްލުމަށް ފަހު އެއަޅުވާ މޮހޮރުގައި އަޅުވައި ނިންމާލައިފިއެވެ. ސަލްމާ އައިމިނަތާ ދިމާއަށް އެނބުރިލާފައި ދެކިހިއްޔަށް އަތް ޖަހާލަމުން މާނަފުން އެއްޗެއްބުނެލިއެވެ.
” މިރަށުން ދައްތަ އާއި އިންނަން މީހަކު ހުރިއްޔާ މިއަދުން މިއަދައްވެސް މިހިރީ ހަމަ އިންނަން ތައްޔާރަށް، ހުސްހަށިބައި ފިރިހެނަކު އެބަހުރިތަ؟”
ހައިރާންވެ އަންތަރީސްވެފައި އައިމިނަތު ސަލްމާއަށް ބަލާލިއެވެ.
“ތިޔަބުނީ ހަމަ ތެދުވާހަކައެއްތަ؟”
އައިމިނަތު ހަމަ ގަބޫލުކުރަން ދަތިވެފައި އަހާލިއެވެ. ސަލްމާވެސް ޔަގީން ކަންދެމުން އައިމިނަތު ގެ ކޮނޑުގައި އަތްބާއްވާލާފައި އާނ އެކޭ ބުނެލި ރާގުންވެސް އެބުނި އެއްޗެއްގެ ބަރުދަން އައިމިނަތައް އަންދާޒާ ކޮށްލެވުނެވެ. މިއަދު ދައްތަ އެދައްކަނީ ކޮންޒާތެއްގެ ވާހަކަ އެއްބާއެވެ. ހަމަ ރަގަޅަށްވެސް ދައްތަ މީހަކާ އިންނަން ތައްޔާރުވީ ހެއްޔެވެ.
ދެމީހުން ގެ ވާހަކައިގެ އެހާހިސާބަށް ދިޔައިރު ސުލައިމާނު އައިސް ބަދިގެއަށް ބޯ ދިއްކޮށްލަނީ އެވެ. އެދެމީހުން ދެއްކިވާހަކަ މުޅިން އަޑުނީވުނެއްކަމަކު ސުލައިމާނުގެ އަންހެނުން އައިމިނަތު އެކޮށްލި ސުވާލު އެއްކޮށް އަޑުއިވުނެވެ. ދެކެވެމުން ދިޔަ ވާހަކައިގެ ތެރެއަށް އަނގަބާނާލަން ސުލައިމާނު ބޭނުންވިއެވެ.
” އާނ އެކޭ ! އާނ އެކޭ ! އެބުނީ ހަމަ ތެދުވާހަކަ އެކޭ” ސުލައިމާނަށް އެދައްކަނީ ކޮންވާހަކަ އެއް ކަން ނޭގުނެއްކަމަކު ދައްތަ ދޮގެއް ނަހަދާނެކަން ގައިމުވެއެވެ.
“ހޫނނ … އެއްކަލަ އަނގަގަނޑު އެޔޮއްއައީ، މީ އަންހެންވެރިން ދައްކާ ވާހަކައެކޭ، ކޮއްކޮމިކަމާ ނުބެހިބަލަ” ސަލްމާވެސް ކޮއްކޮޔާ ބެހިލިއެވެ.
” އޭއި، ދައްތަ މިޔޮއްދައްކާ ވާހަކައެއް އަޑުއަހާބަލަ………..” އައިމިނަތު އަދިވެސް ހުރީ ސަލްމާގެ ވާހަކަ ގަބޫލުކުރަން ދަތިވެފައި ކަހަލައެވެ. ސުލައިމާނުގާތު އެވާހަކަ ބުނަންވެސް ނުހަނު ބޭނުންވެފައެވެ. ދައްތަ މިދަނޑިވަޅުގައި ކައިވެންޏަކަށް އެއްބަސްވެފައި އޮއްވައި އަވަހަށް އެކަމާއުޅޭށޭ ބުންނަން ބޭނުމެވެ. އެއީ ސުލައިމާނު އަބަދުވެސް ދައްތަ މީހަކާ އިންނާނެ ނަމައޭ ކިޔާތީއާވެސް އެކީއެވެ. އެހެންނޫނަސް އައިމިނަތަކީ ކަންފަތައް އިވޭ އެއްޗެއް ނިކަން އަވަހަށް ސުލައިމާނުގެ ކަންފަތައް އިއްވާދޭހިއްވާ މީހެކެވެ. ސުލައިމާނަށް ކަމެއް ސިއްރުކޮށްފައި ބޭއްވުމަކީ އައިމިނަތައް އުނދަގޫކަމަކީއެވެ. އެހެން ނަމަވެސް އެފަށަންއުޅޭ ވާހަކައަކުން ސަލްމާ އަވަހަށް އެތަނުން ބޯދަމައިގަތެވެ. ދެފަޔަށް ބާރުލާފައި ބަދިގެއިން ނިކުމެގެން ހިގައިގަތީ ސުލައިމާނު ދައްތާއޭ ގޮވަގޮވާ އޮއްވައެވެ.
“ދައްތަ ކީއްވެތަ ކުއްލިޔަކަށް ދުމެއްޖެހީ އެ” ސުލައިމާނު އެދިމާއަށްބަލަން ހުރެ އަހާލީ އައިމިނަތު ގާތުއެވެ. އައިމިނަތު ސުލައިމާނުއަތުގައި ހިފާފައި ބަދިގޭގައި ހުރި ގޮޑިއެއްގައި ބޭންދިއެވެ.
“އޭ ދައްތަބުނީ މީހަކާ އިނދެފާނަމޯ. މިރަށުން ވިޔަސް ހެވޯ، ހިނގާބަލަ މީހަކު ހޯދަން” ނިކަން ކަމާވެގެން ދެއަތްކުރި އަރުވާލާފައި އައިސް ސުލައިމާނުގެ އަތުކުރީގައި ދެއަތުން ހިފާލާފައި އައިމިނަތު ބުނެލިއެވެ.
” ނާހަމަ ތެދެއްތީ……ނުވާނެ އެހެނެއް، އެއީ ސަމާސާ. ” ސުލައިމާނަށް އެވާހަކަވީ ދައްތަ ދައްކާލި ހޮޅިވާހަކައަކަށެވެ. މީހަކާ އިންނަންޏާ މިއޮއްހާދުވަހު ހުހައްނުހުރެ މިހާރު ދައްތަ މީހަކާ އިނދެއްޖައީހެވެ. އައިމިނަތު، ސުލައިމާނުގެ ދައްތަޔާ ދެމީހުންގެ ދެމެދު ދެކެވުނު ވަހަކަތައް ސުލައިމާނާ ހިއްސާކުރިއެވެ. އަދި އައިމިނަތުގެ ޚިޔާލަކީ ދައްތަ އެހެން ބުނީތީވެސް އިންނާނެ ރަގަޅު މީހަކު ހޯދައި ދިނުން ކަމުގައި ބުނެލިއެވެ.
“ދައްތަމެން މިރޭ ފުރާން އުޅޭ އިރު ދެން ތީ ކޮން ކަމެއްތަ، ”
ސުލައިމާނު އޭނާގެ އަންހެނުންގެ ވިސްނުން ކޮށިކަމާހުރެވެސް އަންތަރީސްވާވަރު ވެއްޖެއެވެ. ކައިވެންޏަކީ އެސްފިޔަ ޖަހާލާހާ އިރަށް ވާކަހަލަ ކަން ކަމެއް ނޫންވިއްޔާއެވެ.
“ބަލަ މޮޔަޔާ، މަ އެމީހުން މިރަށު ބައިތިއްބަފާނަން އަދި ހަފްތާއެއްހާ ދުވަސްވަންދެން. މޮޅު ރޮކެޓެއް ޖަހައިގެން އެކަންކޮށްލާނަން ބަލައްޗޭ. ފުރަތަމަ ރަގަޅުމީހަކު ވިސްނަބަލަ، އެހެރަ ސަމީމަމެންގޭ ބަކުރު ކިހިނެތްވާނެ، އޭނަވެސް އެހެރީ ހުހަކަށްނުން، ނުލާހިކު ފައިސާ އެބައޮތް، އުނދަގޫކުރާނެ ދަރިއަކުނެތް، ހުރިހާ ކުދިން މީހުނާ އިނދެގެން މާލޭގައ އެއުޅެނީ، ކިހާ ރަގަޅުވަނެ”
ސުލައިމާނު ގެ އަނބިމީހާއެދިން ޚިޔާލަން ކުޑަކޮށް ވިސްލާލަން އިނެވެ. އެވީ ވަގުތު ކޮޅު ތެރޭގައިވެސް އައިމިނަތު ދެވަނަ މީހަކުގެ ނަން ހުށަހެޅިއެވެ.
“އެހެންނޫނީ އީސަގޯތި ޒަހީނުވެސް އެހެރީ އަދި މީހަކާވެސް ނީދެ. ”
“އައްޗި، ޒަހީނު އުޅޭވައްތަރު އެގޭނެ ހަމަ ރަގަޅަށްވެސް މީހަކާ ނީނަން ރެޔަކު މީހަކު އެގޭތެރޭގަ ނިދާ، އެންމެން ދަންނަ ވަހަކައެއްމީ. ” އައިމިނަތުގެ ދެވަނަ ހޮވުމާމެދު ސުލައިމާނު ވަގުތުން އިންކާރު ކުރިއެވެ. ޒަހީނަކީ ރަށު ރައްޔިތު އެންމެނަށް އޭނަގެ އުޅުން ހުންނަގޮތް އެނގޭ މީހެކެވެ. ޖެހުނު ކޮންމެ އަނހެނަކު ހެޔޮވަރެވެ. މީހަކާ ނީދެ ހުންނަނީ އެހެންވެ ތޯއްޗެކެވެ. “އެހެންނޫނަސް ދައްތައަށް ވުރެ މާހަނގުވެސް ވާނެ އެޒަހީނު، މަށެއް ގަބޫލެއްނޫން ޒަހީނަކާއެއް”
” ހޫން، އެހެންވީރު ބަކުރާ މެދު ޚިޔާލަކީކޮބާ؟” އައިމިނަތު ހުރީކީ ދޫކުރާ ގޮތަކަށް ނޫނެވެ. އެހެން ނަމަވެސް ސުލައިމާނު ވިސްނަންފެށުމުން ކުޑަކޮށް ބޮލުގައި ރިހުމެއް އުފެދިއްޖެއެވެ. މިދައްކަނީ އެއްބަނޑަށް ހުރި ހަމަ އެކަނި ދައްތަ ގެ ވާހަކައެވެ. ކައިވެނި ކުރާނެ މީހަކު ހޯދައިދިނުމަކީ ފަސޭހަ ކަމެއް ނޫނެވެ. އެހެންނޫނަސް އިންނާނެ މީހަކު އެނގޭނީ ދައްތައަކަށް ނޫން ހެއްޔެވެ.
“ދެން އިހަށް ތިޔަވާހަކަ ބާއްވަބަލަ. މިއޮއް ހެނދުނާ ތިޔަ ފެށިވާހަކައަކުން ބޮލުގަ ރޮއްސައިގަނެއްޖެ” ސުލައިމާނު ނިއްމަތީގައި އަތްކާއްތާލަމުން ކުޑަކޮށް ނުރުުހިފައި ބުނެލިއެވެ. އައިމިނަތުވެސް ފިރިމީހާ ނުރުހިއްޖެކަން އެނގުމުން އަނގަ މައިތިރިކޮށްފައި ދެންހުރި މަސައްކަތް ތަކަށް އެނބުރިއްޖެއެވެ. އެހެން ނަމަވެސް އޭނާގެ ސިކުނޑީގައި ރާވަމުންދަނީ ފަރުޝާމެން ގާތު މިރޭ ނުފުރާ އަދި ހަފްތާއަކު އެރަށުގައި ބައި ތިއްބުމަށް ޖަހާނެ ވަރުގަދަ މަޅިއެކެވެ.
*************
ނަސީރު ހިތްހީވަނީ އުފަލުން ފުމޭހެނެވެ. ދެފައިވެސް ގިނަ ފަހަރަށް ބިމުގައި ހަރުލާ ކަމެއް ނޭނގެއެވެ. ވައިގެ ތެރޭގައި އެނބުރެވޭހެން ހީވެއެވެ. މޫނުމަތިން ހިނިތުންވުން ކެނޑިގެން ނުދެއެވެ. ރަށަށް ގުޅާފައި އެވާހަކަ ބުނާން ވެސް ހިތައް އެރި އެވެ. އެކަމަކުވެސް އަދި އެކަންއޮތީ ނުވެތާއެވެ. ކައިވެނި ކޮށްފައިވެސް ރަށަށް ގުޅާފައި އެވާހަކަ ބުނެވޭނެއެއްނޫން ހެއްޔެވެ. ހެނދުނު ހަތްގަޑި ބައިވީ ނަސީރު އޮފީސް ދޮށުގައި ހުއްޓައެވެ. ރަށުއޮފީސް ހުޅުވަން ޕިޔޯނު ސޮރު އައިއިރު ވެސް ނަސީރު އެތާ ހުއްޓާ ފެނުމުން އެސޮރުވެސް ނަސީރާއި ނިކަން ސުވާލުކުރިއެވެ. ކަތީބު ހަސަނު އޮފީހަށް ދުރުވީ ނިކަން ރަސްމީކޮށެވެ. ހެނދުނު ނަސީރާއި ދިމާވި އިރު ލައިގެން ހުރި ޓީޝާރޓާއި މުންޑުގެ ބަދަލުގައި އަތްދިގު ގަމީހަކާއި ނަންބަރު ފޯ ފަޓުލޫނެއްގައި ހުރި އިރު ކަތީބުހަސަނުގެ ޝަހުސިއްޔަތު ދައްކުވައިދެއެވެ. ކަތީބުހަސަނާއެކު ގައި ނަސީރު އޮފީހަށް ވަދެގެން ދިޔައިރު އޮފީހު އެހެން ކުދިންވެސް ގަޑި ނުޖެހި ފޮތުގައި ސޮއި ކުރެވޭތޯ މޭޒެއްދޮށަށް އެއްވެ ތިއްބެވެ.
އޮފީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކޮށްލުމަށް ފަހު ނަސީރު އެތަނުން ނިކުތުމުގެ ކުރިން ކަތީބު ހަސަނުގެ ޚިޔާލެއްވެސް ބޭނުންވިއެވެ. ކަތީބުހަސަނަކީ ގާތް ރައްޓެއްސަކަށް ވެފައި މިއަދު ހެނދުނު ދެމީހުން ގެ ދެމެދު ލައްކަވާހަކަ ދެކެވިފައި ވުމާއެކު މިހާރު ދެމީހުން ގެ ދެމެދު އިހުނަށްވުރެ ގާތްކަމެއް އުފެދިފައި ވެއެވެ.
(ނުނިމޭ)
26 Comments!
Comments are closed.
Yeyyy …Hi saana… this is my first time getting to comment this story first??????
Wow… haadha salhi ey? saana.. next part avas kohla dhehche….
wow..congrats first time n first reader dho
Yes….. when next part?
inShaAllah tuesday ge kurin genes dheveytho balaanan. fahareh ga vedhaane last part kamah ves ei
hiii. saana, me second dhw…
salhi ingey mi part. wowwww they are getting married, at last 😀 alhe saana dhen oih part avahaa up kohlabala plxx.. good luck n waiting eagerly
song joong ki, thank u
avas koh dheveytho masaikai kuran eba inge. time vaa varakun hama story ge kanthakuga miulhenee.
Kaatey is getting married dhw salhi ingey
Reen
thank u , i think this is the first time u r commenting dho. thanks inge. Reen ves Kaatey dho kiyanee naserah, dhen mivarun dhanyaa goyye ah ves Kaahtey gehleyne hen heevanee..hehehe
Wow..mi part ves hama awesome ? next part avahah up kohdhechey..waiting☺️…kon irakun upvaany..finally kaahtey marry kuranydhw…ly..take care saana..?❤️
thank u click
inShaAllah tuesday ge kurin up koh dheeytho balaanan. hehe..mihaaru naseeru ge nan aslahves kaahtey ah badhal kuran v dho
Maroon song joong ki & adha “kaattey” ge name dhin gothah hurihaa emmenves e name kiyan feshy dhw. Btw story is amazing.
heheh yeah, love. kihaa salhi namehtha dhw kaattey aky.. 😉 nuuntha saana?? 😀
Seriously..hama salhi name eh..??
Wow! Finally kaahtey nd goyye r getting married dw?
W
Varah reethi mi part ves
Waitingss ❤❤❤❤
hey Adha. maroon kobaatha mifaharu? kurin first hoadhaairu mifaharu fenivx nulaa dhw, btw kaashi theyo fulhieh ganefintha kaahtey and goyye ge wedding ah dhaairu gendhan? hahaha 🙂 😀 😀
I dnt have to buy it.. u knw i always have it???
Lol ? maroon story liyan hadhaigen adhi kiriyaa mi balaalevuny. V reethi mi partves. ??Maroon kattey ah hadhiyaa kuraanan bodu theyo fulhi eh ?
haha dhw adha. maroon dhn SJKi ah chance boduvaane dhw first hoadhan.. 😉 ekamvx libenyky ehnuun.. haha, kaashi theyo hameh hadhiyaa kuran veenu emmen vegen,. lol 😀
enmenge machah laari bahaigen dhw..hehe??
adha athuga huri hurihaa fulhiyeh dhechey kaahtey menah…lol??
franchise business eh gothah kaashi theyo vihkan fashan vee.. haha. click. eyrun adha boluga laane theyo kolheh nuhunnaanehnu. adha nulaahiku beynunvey kaahtey hen boa omaan kohlaafa bahahtan dhw… 😉 😉 😉 jst kidding inge… hahah
Hehe.. hurihaa fulhi eh dhinyma dhen wat will i use.. dnt have that much.. i think i should order more for them?? kaahtey haa boa omaan nuviyass strong koh bahahtan beynun sjk??
Oh. Ehviyya jeheynee bodethi containers ah order dheyn ??
Hehe..lol??