Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު 2) ދިހަ ވަނަ ބައި

saana Level 110 Stories
September 12, 2017 3 Mins Read
20 Comments

ނަސީރު އެހެން ބުނެފައި ނިކުމެގެން ދިޔައީއްސުރެ ސަލްމާގެ ހިތްހީވަނީ ނެގި ނެގިފައި ޖެހޭ ހެނެވެ. ހިތްއަވަސްވެ ފުންނޭވާ ތަކެއް ލެވެން ފެށިއެވެ. ހީވަނީ ނޭވާ ލާން ހަދާންނެތިފައި ހުރި މީހަކު ހަދާން ވުމުން ހަށިފުރާ ނޭވާލާފައި ބޭރަށް ދޫކޮށްލާ ހެނެވެ. އިރުކޮޅަކުން އަންނާނަމޭ އެބުނީ ކިހާ އިރެއްބާއެވެ. ގަޑިން އަށްގަޑި ބައިވީއެވެ. ސަލްމާގަޑިއަށް ނަޒަރެއްދީފައި ލޯގަޑުން އަމިއްލަ ސޫރަޔަށް ބަލާލިއެވެ. މިހެދުން ކަމަކު ނުދާނެއެެވެ. އަލުން އެހެދުން ބަދަލުކޮށްލީހިތްބުނީތީއެވެ. މަޑު ފިޔާތޮށިކުލައިގެ ދޮޕައްޓާ ދެކޮނޑަށް ވާގޮތަށް ވައްޓާލަމުން ފަރިގޮތަކަށް އަމިއްލަ ހަށިގަނޑަށް ބަލާލިއެވެ. އިސްތަށިގަނޑު ރީއްޗައް އޮމާން ކޮޮށްލުމަށް ފަހު ފިޔާތޮށިކުލައިގެ ވޫލްކޮޅަކުން އައްސާލާފައި ލޮލުގެ އަދުންކުލަ ގަދަކޮށްލީ އިތުރަށް އެލޮލުގެ ތޫނުކަން ގަދަކޮށްލަން ކަމަށެވެ. ހަދާނަށް އަންނަނީ މީގެ އެތައްއަހަރެއް ކުރިން އެފިރިހެނަކަށް ޓަކައި އެންމެ ފުރަތަމަ ހިތުގައި ލޯބީގެ ވިންދު ޖަހާލި އިންސާނާ އާއި ބައްދަލުކުރަން ދިޔަރޭ މިހެން ލޯގަނޑުކުރިމަތީ ހުރެ އަނދުން އަޅާލި ރެއެވެ. އެރޭވެސް މިރެއެކޭ އެއްގޮތެވެ. ހަމަ އެކަނި ބަދަލުވެފައި އޮތީ ހާލަތެވެ ސަލްމާގެ ހަރަކާތް ތައް ކުޑަކޮށް މަޑު ޖެހިލީ އެރޭގެ ހަދާންތަކުން ނެވެ. ހުދު ފަހުދައްޓަކާވެސް ސަލްމާ މިހާ ޚާއްސަކޮށް ތައްޔާރު ވެފައެއް ނެތެވެ. ހަމަ އަދުން ވެސް އަޅާއެވެ. އެހެން ނަމަވެސް މުޅިޖާން ހިތާ ފުރާނައާ އެކު އެމީހަކަށް ޓަކައި ހިބައިން ދީފައިވާ މީހަކާ ބައްދަލުކުރަންދާއިރު ހެނެއް ނުވާނެ ތާއެވެ. ފަހުދު ދެކެވީ ވެސް ލޯތްބެކެވެ. އެއީ އަދި ތަފާތު ރަހައެއްގެ ލޮތްބެކެވެ. ލޯބީގައި ތަފާތު ވައްތަރުތައްހުންނާނެ ކަމަށް ސަލްމާ ގަބޫލުކުރެއެވެ. ފިރިމީހާދެކެ ވީ ވަރަށޤ ތަފާތު ލޮތްބެކެވެ. އެއީ އަނބިމީހާ ފިރިމީހާއަށް ޓަކައިވީ އިއްފަތް ތެރި ލޮތްބެވެ. ވަފާތެރިކަމާ ތެދުވެރި ކަމާއެކު އަނބިމީހާ ފިރިމީހާ ދެކެ ވާނެ ލޮތްބެވެ. އިޚްތިރާމާ ގަދަރު ކުރި ލޮތްބެވެ. އެހެން ނަމަވެސް ނަސީރުދެކެވާ ލޯބީގެ ރަހަ ތަފާތެވެ. ނަސީރުގެ ނަން ދުލުން ކިޔާލިއަސް އަދި އަދަށް ދާންދެންވެސް މުޅި ހަށިގަނޑުގައި ކަރަންޓުގެ އޮއިވަރެއް ދަތުރު ކޮށްލާކަމީ މިލޯބީގެ ބާރު ހުރިވަރު ރަމްޒު ކޮށްދޭ ކަމެކެވެ. ހިތްހަމަ ޖެހޭވަރަށް ރީތިވެވުނީމައި ސަލްމާ ނިކުތީ ބޭރުޖޯއްޔަށެވެ. އެތާ ގޮސް ހަމަ ޖައްސާލިތަނާހެން ނަސީރުއައިސް ޖެހިގެން ހުރިޖޯލީގައި އިށީނެވެ.

“އަހަރެން ހީކުރީ ގޮއްޔެ ނުނިކުންނާނެ ކަމަށް،”

ސަލްމާ ދިޔައީ ސިއްސައިގެނެވެ. އެއޮއް އަދިރީގައި މީހަކު ހުރިކަންވެސް ފާހަގައެއްނުވިއެވެ. “ނޫން، ނާންނާކަށް ނޫން ހުރީކީ” ސަލްމާގެ ވާހަކައިގައި ކުޑަ ލަދުވެތި ކަމެއް ހުރިކަން އަމިއްލަ ނަފްސައްވެސް ފާހަގަ ވިއެވެ. ނަސީރު ދެކެ މިހާވަރަށް މިޖެހިލުންވަނީ ކީއްވެބާއޭ ހިތައް އެެރިއެވެ.

“އަހަރެން ހަމަ ގޮއްޔެއާ އަނގަތަޅާލަންވެގެން މިއައީ. ދެން މާދަން ފުރައިގެން ދިޔައީމަ އެ ގެއްލުނީ. ޚަބަރެއްވެސް ނުވާނެ. އަޅެ ކީއްތަވާނީ ސިޓީގަނޑެއްހާ ހިސާބުވެސް ފޮނުވާލަން” ނަސީރުގެ ހިތުގެ ޝަކުވާ ގެ އަޑު ސަލްމާއަށް އިއްވީ ނިކަން ސަމާސާގޮތެއްގައެވެ. މިރޭ ހީވާގޮތުން ނަސީރުގެ ހިތް ބަންޑުން ޖަހާލާނެއެވެ. އެހެން ނަމަވެސް އެހާ ހިތްވަރު ހުންނާނެބާއެވެ. ސަލްމާ ކުޑަކޮށް ހީލާފައި އަނގައިންވެސް ނުބުނެ އޮތެވެ.

“ގޮއްޔެގެ ފިރިމީހާ ފަހުދާ ބެހޭގޮތުން މިއަދު އެހެން ބުނެވުނީތީ މާފަށް އެދެން. އަހަންނަށް ކުރިއަކުން ނޭނގެ ފަހުދު ނިޔާވި ކަމެއް. ވަރަށް ދެރަވެފަ މިހުންނަނީ. ”

ފަހުދުގެ ވާހަކަ މިވަގުތު ނެގީތީ ސަލްމާ ކުއްލިއަކަށް “މޫޑްއޮފްވި” ކަހަލައެވެ. އެހާ ރީތިވެގެން ނަލަވެގެން އައީ ނަސީރުގެ ލޮލުގައި އަޅައި ގަނޭތޯއެވެ. ނަސީރު އަޅެ ސަލްމާއާ ދިމާއަށް ހަތަރު ކަޅި ހަމަކޮށް ބަލާވެސް ނުލާނީބާއެވެ. ހިތް ހަރު ފިރިހެނެކެވެ.

“ހަމަ އަނގައިންވެސް ނުބުނާނަންތަ” އިރުކޮޅަކު އޮތުމަށްފަހު ސަލްމާ އަނގ ައިން ނުބުނުމުން ނަސީރު ކުޑަކޮށް އަރިއަކަށް ޖެހިލާ ސަލްމާ އޮތްދިމާއަށް ބަލާލިއެވެ.

“ކީކޭ ކިޔަންވީ. ފަހުދުގެ ވާހަކަ ދެއްކިޔަސް ދެން މިހާރަކު ކުރެވޭނެ ކަމެއް އެބައޮތްތަ؟ ”

“އަޅެ ތިހެންޏާ ބުނެބަލަ، ފަހުދު މަރުވީ އެކްސިޑެންޓުވެގެންނޭ ސުލައިމާނުބުނި، އެއީ ކިހިނެތްވީ ކަމެއް” ނަސީރު އެވާހަކަ ނިކަން އެގެންބޭނުން ވިއެވެ.

“އެދުވަހު ފަހުދާ އޭނަ ރައްޓެހި ސޮބާހުއާ ދެމީހުން ސައިކަލުދުއްވަނިކޮށް ފަހަތުންއައި ލޮރީއެއްޖެއްސީ. އެމީހާ އަތަކު ނެތޯ ލައިސަންސެއްވެސް، ކުޑަކުޑަ ސޮރެއް އެއީ. ޖެހުނު ވަގުތު ފަހުދު ސައިކަލުން ވެއްޓުނީ. އަނެއްހެން މާކަބޮޑު ކަމެއްނުވެޔޯ އޭރަކު، ހަމަ އެކަނި ބޮލޯ ޖެހުނީ ، ސޮބާހުބުނީ ……….. ހަމަ ހިނގާލާފަޔޯ ގެޔަށް އައީ، އެއީ ގޭ ކަންމަތިން ލަނބާލަން އުޅެނިކޮށް އެލޮރީ އައިސް ޖެއްސީ، ދެން ގެޔަށް އައިސް އެތެރެއަށް ވަދެވަދެ ހުއްޓާ ވެއްޓުނީ، އޭރު އަހަރުމެން އެންމެންވެސް ތިބިން، ދެން ހަމަ ކުއްލިއަކަށް އޯކާދެމިގަތްގޮތައް ލޭލާން ފެށީ. ނޭފަތުންވެސް ލޭތައް އައީ……………” ވާހަކަ ކުރިޔަށް ގެންދަން އުނދަގޫ ވެގެން ސަލްމާ ހުއްޓާލިއެވެ. އެމަންޒަރުތައް ލޮލަށް ސިފަވާން ފެށިކަހަލައެވެ. ލޮލުން ކަރުނަ ހިލުނެވެ. ސަލްމާއަށް ކުރި އަސަރުން ނަސީރުގެ ހިތައްވެސް ވަރަށް އަސަރުކޮށްފިއެވެ. ބޭއިހްތިޔާރުގައި ސަލްމާގެ އަތުގައި ހިފާލެވުނެވެ. އެކޯތާފަތް މަތިން ރޮގެއްހެން ދެމެމުން ދިޔަ ކަރުނަ ފޮދު އިގިލިން ފޮހެލަދިނެވެ. ސަލްމާވެސް މިފަދަ ހަމަދަރުދީއަކަށް ބޭނުންވެފައި ހުރިވަރުން ކުރިއަށް ވުރެބޮޑަށް ރޮވުނީއެވެ.

“އޭ، ދެން ހުއްޓާލާ، ތިހެން ރޯންއިންދާ އެކުދިން ކުރެ ކުއްޖަކަށް ނިކުމެވިއްޖެއްޔާ ވަރަށް ސަކަރާތް ވާނެ. ހުއްޓާލާ….”ސަލްމާ އަތްތިލަ ނަސީރުގެ މުށުތެރޭގައި ބާއްވާލަމުން ކުޑަކޮށް ފިރުމާލާފައި ނަސީރު ބުންޏެވެ. ސަލްމާވެސް ވިސްނާލިއެވެ. އެބުނީވެސް ތެދެކެވެ.

“ހިނގާބަލަ މިދިމާ ބޭރަށް، ތާޒާ ވައި ޖެހިލަނިކޮށް ހަމަ ޖެހިލެވިދާނެ، މަވެސް މޮޔަކަމުންދޯ ގޮއްޔެ ލައްވާ އެވާހަކަ މިފެއްޓުވީ”

ނަސީރު ސަލްމާ ގެ އަތުގައި ހިފާ ޖޯލިން ތެދުކުރުމަށް ޓަކައި އަތުގައި ހިފާ ކުޑަކޮށް ދަމާލިއެވެ. ދޮކޮޅު ނަހަދާ ސަލްމާވެސް ނަސީރާއި އެކު ހިގައި ގަތީ ގޯތިން ބޭރަށެވެ. އިރުކޮޅަކު އެކުގައި ހިގާލާފައި ދެމީހުން ގޮސް މަޑުކޮށްލީ ދޮންފަސްގަނޑެއްގެމަތީގައެވެ. ކުރިމަތިން ފެންނަމުން ދިޔައީ ހަނދުވަރުގެ ހިތްގައިމުކަން ވެރިވެފައި އޮތް ހަމަހިމޭން މޫދެވެ. ރާޅުތައްވެސް ސުލްހަވެރިކަމާ އެކު ހަމަ ޖެހިލައިގެން ތިބިކަހަލައެވެ. އޮޔާ ވައިވެސް މިރޭގެ މިޚާއްސަ ވަގުތުކޮޅަށް ޓަކައި މަޑުޖެހިލައިފިއެވެ. އަޑެއް ބަނޑެއް ނީވޭ ހަމަ ހިމޭން މާހައުލެކެވެ.

“ހާދަ އަޑުމަޑޭދޯ…ކޮންދުވަހެއް މިކަހަލަ ތާކަށް ނާދެވޭތާ……” ރޭގެ ތެއްފިނިކަމާ މާހައުލުގައި ވި ތެއްލޮނު ވަހުގެ އަސަރުން ސަލްމާގެ ހިތްފުރުނެވެ. ހަށިފުރާ ނޭވާއެއް އެތެރެއަށް ލުމަށް ފަހު ނޭވާ ބޭރުކޮށްލިއެވެ. މީހާ މުޅިން ތާޒާވިކަހަލަ އެވެ.

“ހަދާންވަނީ ކުޑައިރު މިހެން ގޮނޑުދޮށަށް އައިސްއުޅޭ ދުވަސްތައް.. އޭރު ހާދަ މަޖަލޭ. މަށާ ސުލައިމާނާ އެކީ ދުވެދުވެފަ އުޅުނު އިރު ކިހިނެތް އެނގެނީ މިއަދު މިހެންކަން އަހަރުމެން އުޅޭނީ……..އޭރު ކިހާ އުފާވެރި، އެއްވެސް ޚިޔާލެއް ފިކުރެއްނުހުރޭ. ހަމަ ދުވަންވީ”

ސަލްމާގެ ވާހަކަ އަޑުއަހަން ޝައުގުވެރިކަންދީގެން އިން ނަސީރަށް ބަލާލިމީހަކު ބުނާނީ އެއީ މޮޔަވެފައި އިންމީހަކު ކަމަށެވެ. ވަކިވަރަކަށް ހެވިފައި ދަތްޕިލަ ދައްކައިގެން ސަލްމާގެ ލޮލަށްބަލަހައްޓައިގެން އިންގޮތައް އިނީ އެވެ. ގުޑުމެއްވެސް އަރުވާނުލައެވެ. ނޫނީ މީހަކު އެއީ ތަސްވީރެއް ކަމަށްވެސް ބުނެފާނެވެ. ނަސީރުގެ ނަޒަރުހުއްޓިފައި ހުރީ ސަލްމާއަށް ކަންއެނގުމުން އެހެން ދިމާއަކަށް މޫނު އަނބުރާލިއެވެ. ނަސީރުގެ އެބެލުމުގައި އަދިވެސް ސަލްމާގެ ހިތް އަވަސް ކޮށްލާފަދަ ބާރެއްވެއެވެ. ހަށިގަނޑުގެ އެންމެ ހިމަނާރަށް ވެސް ގުޑުން އަރައިގެން އަންނަކަހަލައެވެ. ގައިން ހީބިހި ހިލިގެން ގޮސްފިއެވެ. އެހެން ނަމަވެސް ސަލްމާ އަކީ އަމިއްލަ އިހްސާސްތައް ފޮރުވަން މޮޅު އަންހެނެކެވެ.

(ނުނިމޭ)

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އަބަދުގެ އަބަދަށް ( ހަވަނަ ބައި )

Next

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތާވީސްވަނަ ބައި)

Next
September 12, 2017

ޔާރު މިވަނީ ލޯތްބޭ ޙަޤީގީ (ހަތާވީސްވަނަ ބައި)

Previews
September 12, 2017

އަބަދުގެ އަބަދަށް ( ހަވަނަ ބައި )

20 Comments!

  1. maroon says:
    September 12, 2017 at 3:37 pm

    Cute couple. Next partga propose kurahchey kattey. Goyye yes bunaane ?

    1. click a shot ? says:
      September 12, 2017 at 5:36 pm

      maroon thi jinni eh tha…hehe..?.konme faharakuves maroon ah lebey first…it’s impossible for me…☺️

    2. Song joong ki... KOREAN says:
      September 12, 2017 at 6:30 pm

      Ingeytha click? SKJ vx mihaaru ahaifin jinni eh hey thee.. ?? maroon alarm eh kohfatha in any goyye story ah??
      ?? always first. ? hama hairaanvey.. Alhey kobaatha thihadhaa MAGIC aky?? ??

    3. maroon says:
      September 12, 2017 at 6:31 pm

      Vedhaane jinni eh kamahves ?
      Kaattey loluga alhaigathas goyye fenunyma bas huttuny kanneyge dhw

    4. click a shot ? says:
      September 12, 2017 at 7:48 pm

      Hehe..ya dhw ??

  2. Song joong ki... KOREAN says:
    September 12, 2017 at 3:53 pm

    Me second??? Adhi kiyanvx nulan. Hehe

  3. Song joong ki... KOREAN says:
    September 12, 2017 at 4:04 pm

    Wowww. Haadha rom couple ekey dhw. Adhivx feelings thah foruvaigen dhw….. So sweet. Heheh? saana. Dhn avahaa kaahtey aa goyye Gulhuva.. Hehe can’t wait to read nxt part.. ?

  4. Hawwa says:
    September 12, 2017 at 4:25 pm

    Haadha kurey ekam v salhi ingey

  5. click a shot ? says:
    September 12, 2017 at 5:34 pm

    Varah reethi mi part ves…. when next part…??..goyye haadhaha reechekey mivy kaahtey kairiah dhaanvyma..gadha..dherai kaahtey loluga naalhaigatheema…☺️

  6. Kuda Kamana says:
    September 12, 2017 at 8:12 pm

    Saana. Mipart dhen maabodah ves kuree. Ehenyaa manje genesdhey varahvure ves mi bai maa kuru. Ekamaku ves mi bai ves kiyaalan libuneethee kaattey hen dhaiykolhu dhakkaigen hevifa meeny. Ekam dhen oiy bai nikan avahah genesdheyn vaane ingey..

  7. Adha? says:
    September 12, 2017 at 11:20 pm

    Ey hello guys?.. hws u all? Missed u all?.. kaashitheyo couple haadha kuriakah jassaalaifi ey dw?.. goyye ves kaahtey kaariah dhaan farivaa varu balaala.. varah rom dw?… hehehe..
    Saana varah salhi story kuriah dhaaleh
    Waitingss ❤❤❤❤

    1. song joong ki..KOREAN says:
      September 13, 2017 at 4:42 am

      Hiii ADHA.. MISSED U.. 🙂 konthaakah gossa thi aee? mihaaru kaahtey men eulheny kaashiyeyo fulhi akah ranvx kiyaakannu 😉 wedding ahvx invited already, adha ahvx… theme aky MAROON COLOUR. dhw maroon? 😉 😀 aaaan goyye fari vaavarun heevany loaganduvx hifaigen gosdhaanehen. lol..

    2. Adha? says:
      September 13, 2017 at 10:14 am

      Eid ah rashakah gossa adhi iyyega ey aadhevuny.. ai gothah furathama ves belee hurihaa stories eh kiyeytho.. hehhe… loagandu ves jealous vaany goyye maa fari dhahkaathy

    3. song joong ki..KOREAN says:
      September 13, 2017 at 11:15 am

      hehehe jealous nuvaa varakah nuunennu goyye fari balanyky.. 😀

  8. saana says:
    September 13, 2017 at 8:10 am

    hehe.thanks all…in sha allah maadhan next part genes dheyveytho mi ulhenee inge…

    1. song joong ki..KOREAN says:
      September 13, 2017 at 11:14 am

      okay saana.. waiting ingeyy.. avas kohlahchey. 🙂 😉

    2. maroon says:
      September 13, 2017 at 1:23 pm

      Thankolheh vias dhigukohlahchey

    3. click a shot ? says:
      September 13, 2017 at 9:56 pm

      Waiting..?

  9. click a shot ? says:
    September 15, 2017 at 7:46 pm

    Saana avaskohlaba…can’t wait anymore..?

  10. Treshaa says:
    September 16, 2017 at 5:08 pm

    I have one request to you… Can you change the cover pic plx lx plx.. That picture annoys mey

Comments are closed.


All Right Reserved!