Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ގޮއްޔެ (ބާބު 2) އަށްވަނަ ބައި

saana Level 110 Stories
September 7, 2017 One Min Read
13 Comments

ސަލްމާއޮތީ އެނދުކޮޅުގައި އެނދު ހުރަހަށް ވާގޮތަށެވެ. ބަލާބެލުމަށް ހީވަނީ ކޮޅަށް ހުއްޓާ އެދިމާއަށް ވެއްޓިފައިއޮތް ހެނެވެ. ފަރުޝާއާއި ފަރީޝާ ދުއްވައިގަތް ގޮތައް ގޮސް މަންމަގައިގައި އޮޅުލައިގަނެފައި ރޯންފެށިއެވެ. ރީނާއާއި ސަމާވެސް މާމާއޭ ގޮވާ ރޮމުން ދިޔައެވެ. ފާތުމަތު އައިސް ކަރުދޮށުގެ ނާރުގައި އަތްޖައްސާލުމާއެކު ސުލައިމާނަށްބަލާލިއެވެ.

“ނިކަން އަވަހަށް ފެންތައްޓެއް ގެނެސްދީބަލަ” އެހެން ހަމަ ބުނުމާއެކު ސުލައިމާނު ދުއްވައިގަތީ ފެން ބަލައެވެ. ފެން ގެނެސް ސަލްމާގެ މޫނަށް ފެން ބުރުވަމުން ދައްތައަށް ގޮވަން ފެށިއެވެ. އިރުކޮޅަކުން ސަލްމާ ލޯހުޅުވާލައިފިއެވެ. “މަންމާ ، ކިހިނެތްވީ، ތާކަށް ތަދުވޭތަ އެބަ….” ފަރީޝާ ވަރަށް ހާސްވެފައި މަންމައާއި ސުވާލުކޮށްލިއެވެ. ސަލްމާ، މިހާރު ރަގަޅޭބުނެ ކުރުކޮށްލިއެވެ. އެހެންނަމަވެސް އެއިން އެއްވެސް ކުއްޖަކު މަންމަބުނިއެއްޗެއް ގަބޫލުކުރިހެން ހިޔެއް ނުވެއެވެ. ހުރިހާ އެންމެން ވެސް ނިންމީ ސަލްމާ މަރުކަޒަށް ގެންދާށެވެ. މަރުކަޒުގައި އެޑްމިޓްކޮށްފައި ތިންގަނޑިއިރެއްހާއިރު ބޭއްވުމަށް ފަހު ސަލްމާ ދޫކޮށްލީ އެރޭ އެގާރަވެސް ޖެހިފަހުން ނެވެ. އޭރު ސަލްމާވެސް މުޅިން ހަމައަކަށް އެޅިއްޖެއެވެ. ކުއްލިޔަކަށް ކަމަކާ މާބޮޑަށް ހާސްވެ ކަންބޮޑުވާކަހަލަ ކަމެއް ދިމާވީމާ ސަލްމާގެ ލޭގެ ޕްރެޝަރ މައްޗައްދިޔައީއެވެ. މަންމަ ހިތްހަމަ ޖައްސައި ދިނުމަށް ޑޮކްޓަރ އެދިލެއްވިއެވެ.

****

ޢީދުދުވަހު އެކިގޭގޭން ކައިކައި ފަރީޝާމެންތިބީ ހިގައިނުގަނެވޭ ވަރުވެފައެވެ. އެއްގޭން ކައިނިމޭ އިރު އަނެއްގެޔަކުން މީހަކު ބަލާއައިސްފައި ހުރެއެވެ. ކޮންމެ ގެޔަކުވެސް ހަދާފައި ހުންނަނީ ކުކުޅެވެ. ކައިނިމިގެން ކާން ދެވައްތަރެއްގެ ބޮޑިބަތާއި ކަސްޓަޑެވެ. އެކަމަކުވެސް ދެގެޔެއްގެ ކެއުމެއްގައި އެއްރަހައެއް ނުލައެވެ. ތިންގެއިން ކާންވީ އިރު ސަމާއާއި ރަނާތިބީ ހިންދަމާ ނުލެވިފައެވެ.

“މާމާ ދެން ނުދެވޭނެ އެއްވެސްތާކަށް، ދެން ހިނގާ ގެޔަށް ދަމާ” ސަމާ ، ސަލްމާގާތު އެދުނެެވެ. އޭރު ކަތީބުގޯތިން ސަލްމާމެންބަލާ އައިސް ހުރިމީހާ ފެންނަން ހުއްޓެވެ. ސަލްމާއެމީހާއަށް ބަލާލާފައި ހީލަމުން ބުންޏެވެ.’

“ކުދިވެރިން ބައިތިއްބާފަ އަހަރުމެންދަމާދޯ” ފަރީޝާއަށް ވެސް ދެން އިތުރަށް ނުކެވޭނެ ކަމަށް ބުނުމުން އެމީހުން ބަލާ އައިސް ހުރިމީހާ ވަރަށް އާދޭހާ އެކު ނުކެޔަސް ދެން ގޮސްލާފަ އަންނަން ހިގާށޭބުނެލިއެވެ. ދެން އެހެން ގޮތެއް ނެތިގެން އެންމެން އެމީހާއާއި އެކު ހިގައިގަތެވެ. ކަތީބުގެޔަކާ އެމީހުން ތިބި ގެޔާ މާދުރު ނޫން ކަމުން ހަމަ އިރުކޮޅެއްގެ ތެރޭގައި އެގެޔަށް ގޮސް ވަދެވުނެވެ. އެހެން ގޭގެޔާ ތަފާތު ކަމެއް އެގެޔަކުނެތެވެ،. ރީއްޗައް ރާނާ ކުލަލާފައި ހުރި ގެޔެކެވެ. އެގޭ މެދުގޭތެރޭގައި ބޮޑުކެއުމެއް ތައްޔާރުކޮށްފައި ހުއްޓެވެ. އޭރުވެސް ކޮންމެވެސް ބަޔަކުތިބީކާށެވެ. ސަލްމާމެން ދިޔުމުން ކަތީބުގެ އަންހެނުން ނިކަންހިތް ހެޔޮކަމާއެކު މެހުމާންދާރީ އަދާކުރިއެވެ

“އައްސަލާމް އަލައިކުމް ….ޢީދުމުބާރިކް . ހިގާއަވަހަށް މޭޒުދޮށަށް. ހަމަ ގޮއްޔެމެންގެ އިންތިޒާރީގައި މިއިންނަނީ” ސަލްމާވެސް ސަލާމްކޮށް ޢީދުގެ ތަހުނިޔާ ކިޔާހެދުމަށްފަހު އެނބުރުނީ ކާމޭޒާ ދިމާއަށެވެ.  ގޮޑިދަމާލާފައި އިށީން ވަގުތު ދިމާކުރިމަތީގޮޑީގައި އިން ނަސީރު ފެނުނެވެ. ނިކަން މަޑުން އިށީންނަން އުޅުނުމީހާއަށް ކުއްލިއަކަށް ގޮނޑިމައްޗައް ޖެހިގަނެވިއްޖެއެވެ. ފަހަތުގައި ހުރި ފަރުޝާ ހުޝިޔާރު ކަމާއެކު މަންމަގައިގައި ހިފަހައްޓާލިއެވެ.

“މަންމާ……..ކިހިނެއް އެވީ” ފަރުޝާ އަވަހަށް މަންމަގެ މޫނުބަލާލުމަށް ގުދުވެލާފައި އަހާލިއެވެ. ބަލާ ބެލުމަށް މަންމަގެ މޫނުމަތީގެ ކުލަ ހުރީ ބަދަލުވެފައެވެ. ކޮންމެވެސް ވަރަކަށް ދާވެސް ހިއްލާލާފައެވެ. ވާނީވެސް އެހެންނޫން ހެއްޔެެވެ. މިއޮއްއަވީގައި އެއްގޭން އަނެއްގެޔަށް ދަންޔާ ބޮލަށްވެސް އެނބުރުން އަރާނެއެވެ. މަންމަގޮވައިގެން މިހިސާބަށް އާދެވުނީ މޮޔަކަމުންތާއެހިތައް އެރިއެވެ.

“ދަރިފުޅާ ، މަންމަ ރަގަޅޭ، އެއީ ގޮނޑި ހަމަ ނުޖެހި އިނީމަ އަރިއަޅާލީ…. ދެން ދޭ އެފަރާތު ހިޔާގަނޑުގަ ރީއްޗައް ތިބެން” ސަލްމާ ކުޑަކޮށް ހަމަ ޖެހިލަމުން އެކުދިން އަވަހަށް ފޮނުވާލަންވެގެން ބަހަނާއެއް ދައްކާލިއެވެ. ހުރިހާ މަންޒަރެއް ބަލަން ކަޅިޖަހާނުލާ ނަސީރު އިނީ އަނގަޔާ އަތާވެސް ދިމާކޮށްލަން ހަނދާން ނެތިފައެވެ. ގޮއްޔެގެ ދަރިން ހާދަބޮޑުވެއްޖެއެވެ. އެ އަންހެންކުއްޖާވެސް ހާދަ ރީއްޗެވެ. ހަމަ ގޮއްޔެ އެއުމުރުގައި ހުންނަނީ އެހެންނެވެ. އެލޮލާއި އެ އިސްތަށިގަނޑެވެ. އެކަމަކު ގޮއްޔެ މިހާރު ހާދަ ބަދަލުވެއްޖެއެވެ. ނަސީރު ބަލާކަން ސަލްމާއަށް އިނގެއެވެ. ބަތް ސަމްސަލެއް އަޅާލުމަށް ފަހު ކުކުޅު ރިހަ ތަށީގައި އޮތް ސަމްސަލުގައި އަތްލާން ދިމާކޮށްލި ވަގުތު ނަސީރު އެސަމްސަލުގައި ހިފީސަލްމާ އޭގައި ހިފަހިފާ އޮއްވައެވެ. ސަލްމާއަށް ހީވީ ހޫނުއެއްޗެއްގައި އިނގިލި ޖެހުނުހެނެވެ. އަތްދަމައިގަތެވެ. ނަސީރު ނިކަން ލާނެއް ހިންޏެއްއައިސްފައި ސަލްމާގެ ހަރަކާތްތަކަށް ބަލަން އިނެވެ. ސަލްމާވެސް ވައްކަޅިން ނަސީރަށް ބަލާލިއެވެ.

“ހަމަ ގަސްތުގަ އެެހެން އެހެދީ” ހިތާހިތާ ކިޔާލިއެވެ. ވީ އެންމެ އަވަހަކަށް ތައްޓައް އެޅި އެތިކޮޅު ކައި ނިންމާލާފައި ސަލްމާ އިންތަނުން ތެދުވުމާއެކު ނަސީރުވެސް ތެދުވެއްޖެއެވެ . ސަލްމާއަށްވުރެ ކުރިން ގޮސް އަތްދޮންނަށް ޚާއްސަކޮށްފައި ހުރި ފެންޖަގު ކައިރީ މަޑުކޮށްލިއެވެ. މަޤްސަދަކީ ސަލްމާއާއި އެކު އެކަނިވެލުމެވެ. ހަމަޔަގީނުންވެސް މިދަތުރުގައި ގޮއްޔެ ފިރިމީހާ ބައިވެރި ނުވާކަން  ނަސީރަށް އޮތީއެނގިފައެވެ. އެހާ ހިސާބުން ނަސީރު އެހުންނީ ގޮއްޔެއެކަނި ހުއްޓާ ބައްދަލުކޮށްލަން ފުރުސަތަކަށް އެދި އެދިއެވެ. މިއީ އެންމެ ރަގަޅު ވަގުތުނޫންކަންވެސް އެނގި ހުރެ ނަސީރު މިހަނި ފުރުސަތުގެ ވެސް ބޭނުން ކުރެވޭތޯ މަސައްކަތް ކުރަނީއެވެ. ސަލްމާ އެޔަށް ވުރެ ބޯރަގަޅެވެ. ސަލްމާ އެދިމާޔަށް ދާން އުޅެފައިވެސް ހިނގައިގަތީ ގިފިއްޔާ ދިމާއަށެވެ. އެދިމާލުގައި އެއްވެސް މީހަކު ނެތެވެ. ސަލްމާގޮސް ގިފިލި ދާނިން ފެންނަގަ ނަގާ ހުއްޓާ ގިފިލި ދޮރުހުޅުވާލާފައި އެވަނީ ނަސީރެވެ. ނަގަނަގާ އޮތް ދާނީ ޕަސްލާފައި ވަޅަށް ދޫވެގެން ދިޔައެވެ. ސަލްމާ ނިކަން ހިންހަމަ ނުޖެހުނު ކަންދައްކަމުން އަނެއްކޮޅަށް މޫނު އަނބުރާލާފައި ބުންޏެވެ.

“ގިފިޔަށް ތިޔަވަނީ މީހަކު އުޅޭ ނޫޅޭތޯ ބަލާވެސް ނުލައެއްނުން”.

“މީހަކު އުޅެންޏާ ހުންނާނީ ތަންޑުއަޅުވާފަ ކަމަށް މަ ހީކުރީ، އެހެންނޫނީ ދެން އެއީ ދައުވަތެއްކަމަށް ބަލަންވީތަ؟” ނަސީރު މައުނަވީ ގޮތަކަށް ބުނެލި އެތިން ސަލްމާގެ މޫނު ރަތްވެގެން ދިއައެވެ. ދެން ނަސީރު ވަޅަށްބަލާލީ ސަލްމާ އަތްދޮންނާނެ ގޮތެއް ހޯދައި ދިނުމަށެވެ.

” ތިއޮއްކުރި ކަމެއްދޯ! ހިނގާބަލަ ތި ދާނި އަތުޖެހޭތޯ ބަލަން” ވަޅުތެރެ ބަލާލާފައި ނަސީރު ބުނެލިއެވެ. އެދާނި ދަނޑި ފުދޭވަރަކަށް ދިގު ނަމަވެސް ވަޅުގެ އަނެއްފަރާތައް ގޮސްފައި އޮތުމުން ނަސީރު ވަޅުތުންފަތް މައްޗައް އަރާފައި ދާނި އަތު ޖައްސައި ދިނެވެ. ސަލްމާ އަތްދޮންނަން ފެން އަޅައި ދިނީވެސް ނަސީރެވެ. ސަލްމާވެސް އެއްވެސް އެއްޗެކޭނުބުނެ އަތްދޮވެލިއެވެ.

“އަހަަރެން ހިޔެއްވެސް ނުކުރަން މިކަހަލަ ގޮތަކަށް ދިމާވެދާނެ ކަމަކަށް ، ހާލު ކިހިނެތްތަ؟ ” އަތް ދޮވުމަށް ސަލްމާ ދާނި ދަށަށް ގުދުވެލުމުން ނަސީރުވެސް ކުޑަކޮށް ގުދުވެލާފައި ވަރަށް މަޑުމަޑުން ބުނެލިއެވެ.

ވަގުތުގެ ނާޒުކުކަމާ ހުރެވެސް މާކަ ގިނަ ސުވާލެއް އެހޭކަށް ނެތެވެ. ސަލްމާވެސް އަވަހަށް އެތަނުން ނިކުންނަން ހުރީ ބޭނުން ވެފައެވެ. އެހެން ނަމަވެސް ނަސީރުއާ މިހާ އެކަހެރި ކޮށް މިހާ ދުވަސް ކޮށްފައި  ދިމާވުމުން ބުނެދޭން ނޭގޭ ކަހަލަ އިހްސާސެއް ކުރެވެނީއެވެ. ދައްކަންބޭނުން ކިތައްމެ ވާހަކައެއް އެބަހުއްޓެވެ. އަހާލަން ބޭނުންވާ ސުވާލުތަކެއްވެސް ހުރީއެވެ. އެހެންނަމަވެސް މިނޫން ގޮތަކަށް މިނޫން ތާކު ތިބެ ވާހަކަ ދައްކާލަން ލިބޭނެ ނަމަތާއެވެ. މިވަގުތު ދެމީހުންވެސް ބޭނުންވީ އެހެން މީހެއްގެ ހިލަމެއްނުވެ ހިތް ފުރެންދެން އެކަކު އަނެކަކަށް ބަލާލާށެވެ. . އެކަމަކުވެސް ފަރުޝާމެން ސަލްމާ ހޯދަމުން މިތަނަށް އަތުވެދާނެޔޭ ހިތައް އަރާފައި ހިގައި ގަތީ ބޭރަށް ނިކުންނާށެވެ. އެހެން ހަމަ ހިލާ މިއަދު ދިޔަކަ ނުދޭނަމޭ ހިތާ ނަސީރު އަތްއެއްލާ ސަލްމާގެ އެއްއަތުގައި ހިފާ ގަޔާ ކައިރިއަށް ދަމާލުމާއެކު ލުހިގެން އައި ނިރެއްހެން ސަލްމާއައިސް ނަސީރުގެ ގައިގައި ތައްވީ ފަސޭހަކަމާއެކުއެވެ. ސަލްމާ ތެޅިގަނެފައި ނަސީރު ކިބައިން ދުރަށްދެވޭތޯ އުޅެންފެށުމުން ނަސީރުބުނެލިއެވެ.

“ގޮއްޔެ އަޅެހާލު އަހާލީމަވެސް ޖަވާބެއްނުދެމެއްނުން. އަނެއްކާ ފިރި ނުރުހިދާނެތީތަ، އަހަންނާ ވާހަކަ ނުދައްކަން ބުނެފަތަ މިރަށް ފޮނުވީ” ކުޑަކޮށް ހަރުކަށި ކަމެއް އަޑަށް ލަމުން ނަސީރު އެހެން ބުނުމާއެކު ސަލްމާ ، ނަސީރުގެ އަތްފޮޅާލާފައި ދުރަށް ޖެހިލާ ނަސީރު ގެ މޫނަށް ބަލާލިއެވެ. “އަހަރެންގެފިރިމީހާ ، ފަހުދު ނިޔާވިތާ ސާދައަހަރުވީ…ފަހުދޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ނުދައްކައްޗޭ؟!” ނުރުހުމާ އެކު ސަލްމާއެބުނެލި ޖުމްލައިން ނަސީރަށް ލިބުނީ ކުއްލި ހައިރާން ކަމެކެވެ. ސަލްމާފަސްއެނބުރު ބަލާވެސްނުލާ އެދިޔަގޮތަށް ގޮސް ގިފިލިން ނިކުތެވެ.

 

 

(ނުނިމޭ)

Share Article

Follow Me Written By

saana

Level 110 Stories

Other Articles

Previous

އަވްލީން (6 ވަނަ ބައި)

Next

އަގެއްނެތްލޯބި 10 ވަނަ ބައި

Next
September 7, 2017

އަގެއްނެތްލޯބި 10 ވަނަ ބައި

Previews
September 6, 2017

އަވްލީން (6 ވަނަ ބައި)

13 Comments!

  1. Aashaa says:
    September 7, 2017 at 2:50 pm

    Haadha kurey.btw varah nice story

    1. saana says:
      September 7, 2017 at 3:03 pm

      thank u Aashaa, thankolheh kuruvee dhoo..dhen faharakun dhigu kohlaanan in sha allah inge.

  2. maroon says:
    September 7, 2017 at 3:14 pm

    Kaattey ulhey goiy dhw. Story v v v reethi. Saana thankolheh avahah next part ngey. Cnt wait ?

    1. Song joong ki... KOREAN says:
      September 7, 2017 at 3:15 pm

      Maroon vx second tha? Dhemyhunnah ehaa haraam kanneynge comment mi kurevuny. Hehe

    2. Song joong ki... KOREAN says:
      September 7, 2017 at 7:34 pm

      *Dhemyhunnah ehfaharaa

    3. maroon says:
      September 7, 2017 at 7:52 pm

      Hama evaguthu dhw SJKi ves
      V v inthizaaru kurin mi bayah ?

    4. song joong ki..KOREAN says:
      September 8, 2017 at 4:02 pm

      yeah ehfaharaa dhw comment kurevuny 🙂 😀

  3. Song joong ki... KOREAN says:
    September 7, 2017 at 3:14 pm

    Me second 🙂

    1. Song joong ki... KOREAN says:
      September 7, 2017 at 7:35 pm

      Varah varahhhh salhi mi part vx. Alhey avahah aneh part up khdhehchey.. Plx.. Waiting for the next part

  4. Kuda Kamana says:
    September 7, 2017 at 3:20 pm

    Haadha inthizaaru koffeemey.. btw v salhi mi part ves..

  5. Reet says:
    September 7, 2017 at 3:41 pm

    Haadha lahun fonuvi thi

  6. Hawwa says:
    September 7, 2017 at 4:13 pm

    Kiyaalaa hithun kiyaalevunu mi prt ves v salhi

  7. zuvan A Z U says:
    September 7, 2017 at 4:46 pm

    vaahaka hama habeys

Comments are closed.


All Right Reserved!