Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ސިއްރު ސިއްރުން ހިތޭ މިލްކު ކޮށްލީ ކަލާ… (ހަތަރުވަނަ ބައި)

Mishal
June 9, 2016
5 Mins Read
48 Views
77 Comments

އެ އާދަޔާ ޚިލާފު ހިޔާލުގައިހުރެ ޔަލަކް ބާރުހިނގުމެއްގައި ގޮސް ގެއިން ނިކުމެފައި ފުންނޭވާއެއް ދޫކޮށްލީ މިހުރިހާއިރު ނޭވާ ނުލާހުރި މީހެއްފަދައިންނެވެ. ގޯތިން ނިކުންނަން ދޮރާށީގައި ބާރަށް ހިފާލުމާއެކު ޔަލަކްއަށް އިހުސާސްވީ އަތައް ތަދުވާކަމެވެ. ނޭފަތުގައި ފިރުމާލެވުނީ ނޭފަތްވެސް އައްސިވެފައިވާހެން ހީވެގެންނެވެ. ވެއްޓުނުއިރު ލިބުނު އަނިޔާކަން އެނގުމާއެކު ޔަލަކްއަށް ބޯހޫރާލެވުނެވެ. އޭނައަށް އެވަރުވީ އެތެރޭގައި ހުއްޓާ ހަމަ ޒެކަންއަށް ހޭލެވިދާނެތީހެއްޔެވެ؟ އެހެންނުވާނެގޮތެއްވެސް ނެތެވެ. އެގަޑީގައި ޒެކަން ހޭލިނަމަ ހީކުރާނީ ޔަލަކް ވައްކަންކުރަން އުޅެނީކަމަށެވެ. ޒެކަންއަށް ނުފެންނަކަމެއްވެސް ނޭނގެއެވެ. އޭނައެއައީ ގައިމު ވަރުގަދަ ބޮނޑިއެއް ބޮއެގެންނެވެ. އަޑުފަށްގަނޑުވެސް ގަދަވާނެތާއެވެ. އަނެއްކާ އެހުރިހާއިރު އޭނަ ކޮޓަރީގައި ޒެކަން އޮތީ ހޭލާކަމަށްވެސް ވެދާނެއެވެ. ޔަލަކް އުޅޭނޫޅޭގޮތްބަލަން ނިދާފައިކަމަށް ހެދިގެން އެތެރެއިން ހީލަހީލާވެސް އޮވެދާނެއެވެ. އެހިޔާލު އައުމާއެކު ޔަލަކް އަނެއްކާވެސް ހާސްވެއްޖެއެވެ. އެހުރިހާ ކަމެއް ޒެކަންއަށް އިނގޭނަމަ އޭނައަށް ދެން ޒެކަން ފެންނަ ހިސާބަށްވެސް ދާންނުކެރޭނެއެވެ. ލަދުން މަރުވާވަރުވެއްޖެއެވެ. މާތްކަލާކޯއެވެ. މިޖެހުނީ ކިހާބޮޑުކަމެއްހެއްޔެވެ؟ ދެފަރާތައް ބޯހޫރާލަމުން ޔަލަކް ނިކުމެ ޓެކްސީއެއް ހުއްޓުވާފައި އެޔަށްއަރައި ދާންވީތަން ޑްރައިވަރަށް ބުނެދީފިއެވެ.

ކޮފީޝޮޕަށް އައިސް މަސައްކަތުގައި އުޅުމަށްފަހު ޔަލަކް ގެޔަށްދާން ނިކުތްއިރު ތުނިކޮށްވާރޭ ވެހެމުންދެއެވެ. ޔަލަކް މަޑުކޮށްލައިގެން ހުންނަތާ އިރުކޮޅެއް ނުވެ ޓެކްސީ އައިސް މަޑުކޮށްލުމުން ދުވެލާފައި ގޮސް ޓެކްސީއަށް އަރައި ހަމަޖެހިލައިފިއެވެ. އަވަހަށް ގެޔަށްދާން ބޭނުންވެފައި އިން ޔަލަކް އެއްފަހަރު އަތުގައި އޮތް ފޯނަށް އަނެއްފަހަރު މަގުމައްޗަށް ބަލަމުން ގެންދިޔައީ ކެތްތެރިކަން ކުޑަވެފައިވާ މީހަކު ފަދައިންނެވެ. މާ ބޮޑަށް ވަރުބަލި ދުވަހެކެވެ. އަނެއްކޮޅުން މިއަދު ޒެކަންގެ ގޭގައިވި ކަންތައް ޔަލަކްގެ ސިކުނޑިކަމުން ދިޔައެވެ. ޔަލަކް އުޅެއުޅެ އެ ހިޔާލުން ދުރުވެވުނު ކަމަކަށް ނުވިއެވެ. ޔަލަކްއަތުކުރީގައި އޮތް ގަޑިޔަށް ބަލާލާފައި މަގުމައްޗަށް ސީދާކޮށްލި ނަޒަރުގެ ސަމާލުކަން ހޯދީ އެންމެ ކައިރިން މަޑުމަޑުން ދުއްވާފައި ދިޔަ ކާރުގައި އިން ޒެކަންއެވެ. ޔަލަކް އަވަސްއަވަހަށް އިސްޖަހައިލީ ޒެކަންއަށް ފެނިދާނެތީ ބިރުން އުޅޭ ކަހަލަ ގޮތަކަށެވެ. އެގޭގައި ކަންތައްވީ ގޮތުން ޔަލަކްގެ ހިތް ބިރުގަންނަންފެށީ ވަކި ގޮތެއް ބަލައިފައެއް ނޫނެވެ.

ހިޔާލުތަކަށްގެނބިފައިހުރެ ގެޔަށްވަންނަން ދިމާކުރި ޔަލަކް ދޮރުން ވަދެވަދެހުއްޓާ މީހެއްގެ ގައިގައި ލައިގަނެފައި ވެއްޓެންދަނިކޮށް މެރުނު ދެލޯ ހުޅުވާލެވުނީ އެމީހަކު ޔަލަކް ވެއްޓުނަނުދީ ހިފޭއްޓުމުންނެވެ. ” މިހާރު ދުނިޔޭގެ ކަމެއްވެސް މި މަންޖެގެ ނުހުންނަނީތަ އަޅެ؟” ބާރު ހިނިގަނޑަކާއެކު ކިޔާލް އެހެންބުނެލީ ޔަލަކްގެ ގައިގަ ހިފަހައްޓާލައިގެންހުރި ޒަޔާންގެ ކޮނޑުގައި ބާރަށް ޖަހާލަމުންނެވެ. ކިޔާލްގެ ހިނިގަނޑުގައި ބައިވެރިވެލަމުން ޒަޔާންވެސް ޔަލަކްއާއި ދުރަށްޖެހިލައިފިއެވެ. ޔަލަކް ރުޅިއައިސްގެން ދެމީހުންނަށް ވަކިވަކިން ލޯއަޅާލުމަށްފަހު އެތެރެއަށް ވަންނަންހިނގައިގަތެވެ.

ކިޔާލްގެ އެންމެ ގާތްއެކުވެރިޔާ ޒަޔާންއަކީވެސް ކިޔާލްއެކޭ އެއްފަދައިން އައިޖީއެމްއެޗްގައި މަސައްކަތްކުރަމުންދާ ޑޮކްޓަރެކެވެ. ކިޔާލްއާއިއެކު އަބަދުވެސް ޒަޔާން އެގެޔަށް އައިސްއުޅޭނެއެވެ. ކިޔާލްގެ މަންމައާއި ބައްޕަދެކެ އަމިއްލަ މައިންބަފައިން ފަދައިން ލޯބިވާނެއެވެ. އެމީހުންގެ ހިތުންވެސް ނުހަނު މަތީ ޖާގައެއް ޒަޔާންއަށް ލިބިފައިވަނީ ޒަޔާންގެ ރަނގަޅު އަޚްލާގާއި ހިތްހެޔޮކަމުގެ ސަބަބުންނެވެ.

ކޮޓަރިޔަށްވަދެވުމާއެކު ތާޒާވެލަން ބޭނުންވެފައިހުރިވަރުން ޔަލަކް ފެންވަރާލުމަށްފަހު އެނދުގައި ހަށިގަނޑު ދަމާލީ ވަރުބަލިވެފައި ހުރުމުންނެވެ. ޔަލަކްއަށް ހޭވެރިކަމެއްވީ މަންމަ އައިސް ގޮވަންފެށުމުންނެވެ. ޔަލަކް ފޯނު ހޯދާލާފައި ބަލާލުމާއެކު ފުންމައިގެން ތެދުވެވުނީ ފަހެއްޖަހާފައި ހުރުމުންނެވެ. މިއަދު މާ ވަރަކަށް ނިދުނު ދުވަހެކެވެ. ” ދަރިފުޅު ބަލީތަ؟” ޝެހެނާޒް އެހެންއަހައިލިއިރު އެ މޫނުމަތީގައިވި ކަންބޮޑުވުން ޔަލަކްއަށް ފެނުނެވެ. “ނޫން. މިއަދު އަޅުގަނޑު ތަންކޮޅެއް ބިޒީކޮށް އުޅެންޖެހުނު ދުވަހެއްވީމަ ވަރުބަލިވީ” ޔަލަކް މަންމައަށް ޖަވާބުދިނީ މަންމަގެ ގައިގަ ބައްދާލާފައެވެ. ފެންވަރަންގެން ސައިބޯން އައުމަށް ބުނުމަށްފަހު ޝެހެނާޒް ކޮޓަރިން ނުކުންނަން ހިނގައިގަތުމާއެކު ޔަލަކް ތެދުވެ އަލަމާރި ހުޅުވައިލިއެވެ.

ރޭގަނޑުގެ ކެއުން ނިންމާލުމަށްފަހު ކޮޓަރިޔަށްވަން ޔަލަކްގެ ސިކުނޑި ފުރިގެން ބަނޑުންވީ ޒެކަންގެ ހިޔާލުތަކުންނެވެ. ކަންބޮޑުވާން ފެށީ މާދަމާ ޒެކަންއާއި ކުރިމަތިލާން ޖެހޭނެތީއެވެ. އަނެއްކާ އެކަންތައް ޒެކަންއަށް އިނގުނުބާއެވެ؟ އެހެންވެއްޖެނަމަ ޒެކަން ބުނާނީ ކީކޭ ހެއްޔެވެ؟ އެތައް ސުވާލުތަކަކުން ޔަލަކްގެ ހިތްފުރި ބާރުވަމުން އައެވެ. އެހެނަސް އެނދުގައި ހަމަޖެހިލައި އެހާއަވަހަށް ދެލޯ މަރައިލީ އެކަންތައް ހަނދާންނައްތާލަން ބޭނުންވެފައިހުރިވަރުންނެވެ.

ކޮޑުގައި އޮތް އަތްދަބަސް ރަނގަޅުކޮށްލަމުން ޔަލަކް ގެއިން ނިކުންއިރު ކިޔާލްހުރީ އިންތިޒާރުގައެވެ. ސައިކަލަށްއަރާ ހަމަޖެހިލަމުން ދާންވީ އެޑްރެސް ކިޔާލްއަށް ބުނެދިނުމުން ކިޔާލް ޔަލަކްއަށް ބަލައިލި ޝައްކުގެ ނަޒަރުފެނިފައި ޔަލަކް ކިޔާލްގެ ކޮނޑުގައި ބޮނޑިއެއް އަޅައިފިއެވެ. ހީގެންފައި ސައިކަލް ދުއްވާލަމުން ކިޔާލް މަގުމައްޗަށް ސަމާލުކަންދެވޭތޯ މަސައްކަތްކުރިއެވެ.

ގޭގެ ދޮރުން ވަދެވުމާއެކުވެސް ޔަލަކް ފިނިވެއްޖެއެވެ. ނުހަނު ހާސްވެފައިހުރެ އެތެރެޔަށްވަދެ ވަށައިގެން ހޯދައިލީ ޒެކަން އުޅެދާނެކަމަށެވެ. އެހެނަސް ޒެކަން ފެންނަންނެތުމުން ސިޓިންރޫމު ސާފުކުރަން އުޅުނު މީހާއަށްބަލާލުމަށްފަހު އެމީހާއަށް ހިނިތުންވެލަމުން ޔަލަކް މަޑުމަޑުން ހިނގާލާފައިގޮސް ބަދިގެޔަށްވަނެވެ. ކޮފީ ހަދާ ނިންމާލުމަށްފަހު އެ ހިފައިގެން ޒެކަންގެ ކޮޓަރިއާ ހަމަޔަށްދިޔައިރު ޔަލަކްގެ ދޮން މޫނުގައި  ދާތިކިތައް ވިދަން ފަށައިފިއެވެ. ބިރުންހުރެ ޔަލަކް ދޮރުހުޅުވައިލީ ކޮންމެ ގޮތެއްވިޔަސް ޒެކަން އާއި ކުރިމަތިލާންޖެހޭނެކަން އިނގި މަޖުބޫރުވެގެންނެވެ.

އެތެރެޔަށްވަނުމާއެކު ޔަލަކްއަށް ދޫކޮށްލެވުނީ ފުންނޭވާއެކެވެ. ޒެކަން ފެންނާކަށްނެތެވެ. ލެއްވި ނަސީބެކޭ ހިތާ އަވަސްއަވަހަށް ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓާފައި ދާން ހިނގައިގަތުމާއެކު ހުއްޓެވުނީ ފާހާނާއިން ފެންވަރާ އަޑުއިވޭތީއެވެ. ފުޅާ ހިނިތުންވުމަކާއެކު ޔަލަކް ކޮޓަރިން ނިކުންނަން ހިނގައިގަތީ ޒެކަންއާއި ކުރިމަތިލާން ނުޖެހުމުން އުފަލުން ހުރެއެވެ.

ސިޑިން ފޭބެވުމާއެކު ޔަލަކްއަށް ބަލާލެވުނީ ހުޅުވިގެންދިޔަ ގޭގެ މައި ދޮރާ ދިމާއަށެވެ. ސުވާލު އުފެދިފައި ހުއްޓާ އެތެރެއަށްވަނީ ގާތްގަނޑަކަށް ޔަލަކްގެ ބައްޕައާއި އެއް އުމުރުގެ ފިރިހެނެކެވެ. ޔަލަކް ހާސްވެއްޖެއެވެ. އެއީ އަނެއްކާ ކާކުބާއެވެ؟ ޒެކަންގެ ބައްޕަޔަށް ވެދާނެހެއްޔެވެ؟ ބިރުންހުރެ އިސްޖަހާލާފައި ޔަލަކް ކުރިޔަށް ހިނގައިގަތީ މަޑުފިޔަވަޅުތަކެއްގައެވެ. އެހެނަސް ވަކި ހިސާބަކުން ހުއްޓިލަން ޖެހުނީ އެމީހާ ޔަލަކްއަށް ސަލާމް ގޮވާލުމުންނެވެ. އަޖައިބެއް ފެނުނު ފަދައިން ޔަލަކް އިސްއުފުލާ ބަލާލުމާއެކު އިތުރަށް އެމޫނުން ހައިރާންކަން ފެނިގެން ދިޔައީ ކުރިމަތިން ފެންނަންހުރި މީހާގެ ހިތްހެޔޮ ހިނތުންވުން ފެނިފައެވެ. އެހެނަސް ދެވަނަ ސިކުންތުގައި ހޭވެރިކަން އައިސްގެން ސަލާމުގެ ޖަވާބުދިންއިރު ޔަލަކްގެ އަޑުގައި ތުރުތުރެއް އުފެދިއްޖެއެވެ.

ނާސިރުގެ ހިތުގައި ހަމްދަރުދީ އުފެދުނީ ކުރިމަތީގައި ހުރި ކުއްޖާގެ މޫނުމަތިން ފެންނަންހުރި އިންތިހާ ދަރަޖައިގެ ކަންބޮޑުވުމުގެ ސަބަބުންނެވެ. ކައިރީގައި ހުރި ސޯފާއާއި ދިމާއަށް އަތުން އިޝާރާތްކޮށްލީ އިށީންނާށޭ ބުނެލާ ފަދައިންނެވެ. ނާސިރުގެ ލޯބިވާ ދަރިފުޅު ޒެކަންގެ ގެއިން އަންހެންކުއްޖަކު މިގޮތައް ފެނުމުން ނާސިރުގެ ހިތުގައި އެތައް ސުވާލެއް އުފެދިއްޖެއެވެ. ސޯފާގައި މަޑުމަޑުން އިށީންދެލި އަންހެންކުއްޖާއަށް ނާސިރު ބަލައިލީ ހައިރާންކަމުން ފުރިގެންވި ނަޒަރަކުންނެވެ. މިގެޔަށް އެކުއްޖާ އައިބޭނުމެއް ސާފުކުރަން ނާސިރު ކެތްމަދުވީ މީގެ 4 އަހަރު ކުރިން ނާސިރުގެ ލޯބިވާ ދަރިފުޅު ޒެކަންގެ ދިރިއުޅުމަށްއައި ބޮޑު އިންގިލާބަށްފަހު ޒެކަން އަންހެނަކާވީ ފަރާތައް މޫނުވެސް ދިމާކޮށްލާފައި ނުވާތީއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟

ޔަލަކްއިނީ ހާސްވެގެން ނޭވާވެސް ނުލެވިފައެވެ. އެއީ ކާކުކަން ނޭނގުނަސް އެމީހާ އިށީނުމަށް އިޝާރާތްކުރުމުން ބަސްއަހާކުއްޖެއް ފަދައިން ޔަލަކް އިށީނީ އެމީހާއަށް އިޚްތިރާމްކުރުމުގެ ގޮތުންނެވެ. ޔަލަކްގެ ހިތައް ކުޑަހަމަޖެހުމެއްލިބުނީ ކުރިމަތީގައި ހުރި ސޯފާގައި އިށީންދެލި އެމީހާގެ ހިތަހެޔޮކަމުން ފުރިގެންވި ހިނިތުންވުމުންނެވެ. ޔަލަކް ހަމަޔަކަށް އެޅުމަށްޓަކައި އެހިނިތުންވުން ބޮޑު ރޯލެއް އަދާކޮށްދީފިއެވެ.

” ތިއީ ކޮންކުއްޖެއް؟” އިވިގެންދިޔަ އޯގާތެރިއަޑާއެކު ޔަލަކް އިސްއުފުލާ ބަލާލުމަށްފަހު ޖަވާބުދިނުމަށް ތައްޔާރުވެލިއެވެ. ” އަޅުގަނޑަށް ކިޔަނީ ޔަލަކް.” ޔަލަކް އެހެންބުނެ ނިންމާލުމާއެކު އެކޮޅުން ދެވަނަ ސުވާލުކޮށްލީ މައިންބަފައިންނާއި ބެހޭ ގޮތުންނެވެ. ޔަލަކް މަންމައާއި ބައްޕަގެ ނަން ބުނެލުމާއެކު އެ ތުންފަތައް ވެރިވެފައިހުރި ހިނިތުންވުން އިތުރަށް ފުންވެގެންދިޔަތަން ޔަލަކްއަށް ފެނުނެވެ. ނާސިރު އަމިއްލަޔަށް ޒެކަންގެ ބައްޕައޭބުނެ ތައާރަފްވެލަމުން ޔަލަކް ކުރެން ދެން އަހައިލީ މިގަޑީގައި މިގޭގައި ކުރާ ކަމަކާބެހޭގޮތުންނެވެ. އަދަބުވެރިކަމާއެކު ޔަލަކް ޒެކަންގެ ބައްޕައަށް ތެދުބަހުން ޖަވާބުދީފިއެވެ. ނަސީބަކުން އެހިސާބުން ގެޔަށްދިޔަސް އެންމެ ރަނގަޅުކަމުގައި ބުނެލަމުން ނާސިރު ސޯފާއިން ތެދުވުމާއެކު ޔަލަކްވެސް ތެދުވެ ހިނިތުންވެލާފައި ދާން ހިނގައިގެންފިއެވެ.

ޒެކަންގެ ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު ނާސިރު އެތެރެއަށްވަނީ އޮފީހަށްދިޔުމަށް ތައްޔާރުވާން ހުރި ޒެކަންއަށް ގޮވާލަމުންނެވެ. ޒެކަން ބައްޕަޔަށް ބަލާލުމަށްފަހު އަދަބުވެރިކަމާއެކު ޖަވާބުދީފިއެވެ. ވަރަށްވެސް ފުން ބެލުމަކުން ނާސިރު އޭނާގެ ލޯބިވާ ދަރިފުޅަށްބަލައިލީ އެދަރިފުޅަށް ބަދަލެއް އައިސްފައިހުރިތަން ދެކިލާހިތުންނެވެ. އެހެނަސް ނާސިރު ޖެހުނީ މާޔޫސް ކަމާއެކު އިސްޖަހާލާށެވެ. އެ ލޯބިވާ ދަރުފުޅުގެ މޫނުމަތިން ނާސިރުއަށް މިއަދުވެސް ފެނުނީ އެ އެކަނިވެރިކަމެވެ. މިއަދާހަމަޔަށް އައިއިރުވެސް ބަދަލެއްނުވާ އެ ހިތްދަތި ކަމެވެ. 4 އަހަރުތެރޭގައިވެސް އުނިކަމެއްނައި އެ ފުން ހިތާމައެވެ. ނާސިރުގެ ހިތައް އެތައް އެތައް އަސަރެއް ކޮށްފިއެވެ. އެދަރިފުޅުގެ ދިރިއުޅުން ހާދަހާފަޅެވެ. ޒެކަންގެ ދިރިއުޅުން ބަދަލުކުރެވޭތޯ ނާސިރު ކުރި އެތައް މަސައްކަތެއްގެ ނަތީޖާވެސް ހަމަ ސުމެކެވެ. ޒުވާން ދަރިޔެއްގެ ދިރިއުޅުން އެގޮތައްހޭދަކުރާތަންދެކެން ދަރިޔަކު ދެކެ އިންތިހާޔަށް ލޯބިވާ ބައްޕައަކަށް ކެތްވާނީ ކިހިނެއްހެއްޔެވެ؟

ނާސިރުގެ ލޯބިވާ އާއިލާއާއިއެކު އުފާވެރި ދިރިއުޅުމެއް ވޭތުކުރަމުންދަނިކޮށް އެ އުފާވެރިހަޔާތް އެފުއްމިފުށަށް ޖެހުނީ ނާސިރުގެ އަންހެނުން ޝަހާނާ ދެވަނަ ދަރިފުޅަށްބަލިވެ އިނދެގެން ވިހެއުމުގެ ތެރޭގައި ދެމައިންވެސް ނިޔާވުމުންނެވެ. އޭރު ކުޑަކުޑަ ޒެކަންއަށް އެންމެ ތިން އަހަރެވެ. ނާސިރުގެ ހަޔާތައް އައި އެކުއްލި ބަދަލުގެ ސަބަބުން ނާސިރު ދިރިއުޅުންވެސް ބޮއްސުންލައިގެންދާންފެށީއެވެ. ވިޔަފާރިއާއި ދުރުވެވި އެކަނިވެރި ހަޔާތެއް ވޭތުކުރަމުން ހިތާމަކުރުމުގައި ދުވަސްތައް ދިޔައެވެ. އެހެނަސް އެދަނޑިވަޅު ނާސިރުއަށްލިބިފައިހުރީ ޖަވާހިރެއްފަދަ ރަހުމަތްތެރިއެކެވެ. އެތައްގޮތަކުން ނާސިރުއަށްވިސްނައިދީ ނަސޭހަތްތެރިވި ރަހުމަތްތެރިއެވެ. އެކުވެރިޔާގެ އެތައް މަސައްކަތަކުން ނާސިރު އަލުން ދިރިއުޅުން އާބާދުކުރެވޭތޯ މަސައްކަތްކުރީ ނެތްހިތްވަރު ކަށިން ނެރެގެން ހަމައެކަނި ޒެކަންއަށްޓަކައެވެ. އެދަރިފުޅުގެ މުސްތަގުބަލަށްޓަކައެވެ. ބަނގުރޫޓުވަމުން އައި ވިޔަފާރި އަލުން ކޮޅަށްޖަހާލެވުނީ އެކުވެރިޔާގެ ދީލަތި އެތައް އެހީއަކާއެކުގައެވެ. އެދުވަހުން ފެށިގެން ނާސިރު ފިޔަފާރީގެ މަސައްކަތުގައި ބުރަކޮށް އުޅެމުން ޒެކަންއަށް މަންމައެއްގެ ލޯބި އުނިނުވާނެހެން ލޯބިދެމުން އައީ އަމިއްލަހިތުގައި އަތްއަޅާލައިގެންހުރެ އެދަރިފުޅުގެ މުސްތަގުބަލު އުޖާލާކޮށްދިނުމަށްޓަކައެވެ. ނާސިރުގެ މިންނެތް މަސައްކަތުން ޒެކަން ހީވާގި ރަނގަޅު ޒުވާނަކަށްވިއެވެ. ނާސިރުފަދައިން ޒިންމާދާރު މީހަކަށްވިއެވެ. ޒެކަންވެސް އުޅެމުންއައީ އުފާވެރިދިރިއުޅުމެކެވެ. މަންމަގެ ހަނދާންވިނަމަވެސް އެމަންމަގެ އުނިކަން އިހުސާސް ނުވާވަރަށް ޒެކަންއަށް ބައްޕަގެ ފަރާތުން ލޯބިލިބެއެވެ. އެހެނަސް ޒެކަންގެ އެ އުފާވެރި ހަޔާތް ބަދަލުކޮށްލީ 4 އަހަރުކުރީގެ އެހިތްދަތި މާޒީއެވެ. ވަކިންގެޔެއްގައި އެކަނި އުޅެން ޒެކަން ލޯބިކުރީ އެހިތި މާޒީގެ ސަބަބުންނެވެ. މިއަދާ ހަމަޔަށްވެސް އެހިތާމަޔަށް ކުޑަކުޑަ ބަދަލެއް ނައީވެސް ޒެކަންގެ ހިތައް ލިބުނު އަނިޔާ ލައްކަބޮޑުވީމަތާއެވެ.

ޒެކަން ތައްޔާރުވެ ނިމުމާއެކު ދެބަފައިން އެއްކޮށް ގެއިން ނިކުތީ އޮފީހަށްދާށެވެ. އެގޮތައް ބައެއްދުވަސްދުވަހު ނާސިރުގެ ދުވަސްފަށަނީ ޒެކަންއާއި އެކީގައެވެ. ޒެކަންގެ ހިތާމަތައް ކުޑަވަގުތުކޮޅަކަށް ނަމަވެސް ދުރުކޮށްދެވޭތޯއެވެ.

އަނެއްދުވަހު ހެނދުނު ޔަލަކް ތެދުވެ ތައްޔާރުވާން ހުއްޓާ ޔަލަކް ސިއްސައިގެން ދިޔައީ ދޮރުފަތުގައި ޓަކިޖަހާލުމުންނެވެ. “ޔަލް އަދިވެސް ރެޑީ ނުވެވެނީތަ؟”  ދޮރުހުޅުވާލިއިރު ކުރިމަތީގައި ހުރި ޒަޔާން ރީތި ހިނިތުންވުމެއް ޔަލަކްއަށް ރައްދުކޮށްލާފައި އެހެން އަހައިލުމުން ޔަލަކް އެމޫނަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. “ކިޔާލް ބުނެގެން ޔަލް ތިދާން އުޅޭ ތަނަކަށް ލައިދޭން މިއައީ. އޭނަގެ ޕޭޝަންޓްއެއް ހާލުދެރަވެގެން ހޮސްޕިޓަލަށް ގޮސްވީ.” ޒަޔާން އޮޅުންފިލުވައިދިނުމުން ޔަލަކް ހަމަޖެހިލާފައި އެނބުރިގޮސް އެނދުމަތީގައި އޮތް އަތްދަބަސް ހިފައިގެން އައިސް ކޮޑުގައި އަޅުވާލަމުން ޒަޔާންއަށް ބަލާލިއެވެ.

ޒެކަންގެ ގެޔަށް އާދެވުމާއެކު ޔަލަކްއަށްވީ އެހެންދުވަސްދުވަހުވެސް ހަމަ ވާވަރެވެ. އެހެނަސް ހަމަޖެހެން މަސައްކަތްކުރަމުން ގެޔަށްވަދެ ދެކޮޅުހޯދާލުމަށްފަހު ބަދިގެޔަށްވަމް އިރު ހެނދުނުގެ ނާސްތާ ތައްޔާރުކުރުމުގައި އަވަދިނެތި ދެމީހަކު އުޅުނެވެ. ޔަލަކް އަތްމަތި އަވަސްކޮށްލައި ކޮފީހަދާނިންމާލުމަށްފަހު ޒެކަންގެ ކޮޓަރިއަށްދާން ހިނގައިގަތްއިރު ހިތުތެރޭގައި އޮތްހިޔާލަކުން ހިތް ބާރަށްތެޅެން ފެށިއެވެ. ޔަގީނުންވެސް މިއަދު ޒެކަންއާއި ކުރިމަތިލާން ޖެހޭނެއެވެ. ބިރުންހުރެ ޒެކަންގެ ކޮޓަރިޔަށްވަދެ ސައިޑްޓޭބަލްމަތީގައި ކޮފީތަށި ބަހައްޓަން ކައިރިވެލުމާއެކު ޔަލަކްއަށް ސިއްސައިގެންގޮސް ތެޅިގަނެވުނީ ފާޚާނާގެ ދޮރުހުޅުވާލި އަޑުއިވުމުންނެވެ. ކޮފީތަށި އަތުންދޫވުމާއެކު އެނދުމަތީގައި ބާއްވާފައިއޮތް ހުދުގަމީސްމަތީގައި ޖެހިފައި ތިރިއަށްގޮސް ޓައިލްސްތައް މައްޗަށް ވެއްޓި ތަޅައިގެންދިޔަ އަޑު މުޅިތަނުގެ ހިމޭންކަން މުގުރާލައިފިއެވެ. ޔަލަކްއަށް ކުރެވުނުކަމަކީ ބިރުން ފުރަގަސްދެވުނީއެވެ. ކަނާތުގެ ޝަހާދަތް އިނގިލި އަނގަޔަށްލައި ދަތްތަކުން ބާރަށް ފިއްތާލެވުނީ ހިތް ތެޅިގަތްލެއް ބާރުކަމުންނެވެ.

-ނުނިމޭ-

12
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Mishal

Other Articles

Previous

އަސަރު 11

Next

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 54

Next
June 10, 2016

ނޭދެމޭ ވަކިވުމެއް… ހާދަހާ ލޯބިވޭ 54

Previews
June 9, 2016

އަސަރު 11

77 Comments

  1. Mishal says:
    June 9, 2016 at 12:43 pm

    Hurihaa kudhinnah ramazan mubarak. Mibai vx hurihaa kudhinnah kamudhaane kamah hykuran. Thnkyu all. 🙂

  2. greenish says:
    June 9, 2016 at 1:06 pm

    Mi part ves hama habeys

    1. Mishal says:
      June 9, 2016 at 1:59 pm

      Thnkyu greenish,,

  3. Ushaa says:
    June 9, 2016 at 1:11 pm

    Vrh salhi mi prtvx… Ushayah heevany dhn zekan yalak aa dhimaalah halheylavany hen.. Its jxt a guess ingey Mishal… Vrh salhi stwriii…

    1. Mishal says:
      June 9, 2016 at 2:00 pm

      Hehe,, lets see dhw Ushaa,, btw,, thnkyu so so much 🙂

  4. Anonymous says:
    June 9, 2016 at 1:16 pm

    Haaadalahey up kodey Le St v v v majaa reethi +love himenuneema v v v salhivaane

    1. Mishal says:
      June 9, 2016 at 2:05 pm

      Mi week ehkoh alhugandu ulhen jehuny kudhinge report form thah ninman,, ehenwe story liyan time nuwy,, swrii for that,, n thnkyu so so much,, 🙂

  5. App says:
    June 9, 2016 at 1:38 pm

    Alhey haadha kiyaa hivvaa hisaabakunney thinimmaaly. ….v v v v rythi mi vaahaka. …..dhenoeh bayahh kehtherikameh nethi inthizaaru kurameve. …

    1. Mishal says:
      June 9, 2016 at 2:09 pm

      Thnkyu so much App 🙂

  6. munee says:
    June 9, 2016 at 1:49 pm

    Vv nice

    1. Mishal says:
      June 9, 2016 at 2:09 pm

      Thnkx munee,, 🙂

  7. Same says:
    June 9, 2016 at 1:52 pm

    haadha reechchey…..maashaALLAH.

    1. Mishal says:
      June 9, 2016 at 2:10 pm

      Thnkyu Same 🙂

  8. aff says:
    June 9, 2016 at 1:54 pm

    reethi ..keep going ☺

    1. Mishal says:
      June 9, 2016 at 2:10 pm

      Thnkyu aff,, 🙂

    2. aff says:
      June 9, 2016 at 3:28 pm

      Happi Ramadan Mishal… Pic ga in boy athuga coffi mug inymavex ingey e ee varah coffee boa hih vaa sorehkan.. hehe ?

    3. Mishal says:
      June 9, 2016 at 3:39 pm

      Hehe,, dhw,, 🙂

  9. Lai says:
    June 9, 2016 at 2:03 pm

    Mi vaahaka hama habeys

    1. Mishal says:
      June 9, 2016 at 2:11 pm

      Thnkyu Lai 🙂

  10. kamana says:
    June 9, 2016 at 2:23 pm

    Wowwww?? nice one ??

    1. Mishal says:
      June 9, 2016 at 3:39 pm

      Thankyou kamana,, 🙂

  11. Nauher says:
    June 9, 2016 at 2:26 pm

    Mishal taecher eh tha…???
    stry varah habeys ingey….nxt part thankolheh avahah up koh dhehchey ingey…cant wait to read nxt part

    1. Mishal says:
      June 9, 2016 at 3:41 pm

      Labba Nauher,, thnkyu so much for the loving comment,, In Sha Allah awahah up kohdheynan dhn inge,, 🙂

  12. Shaai says:
    June 9, 2016 at 2:45 pm

    V rythi alhe avahah up kohlaba. Dhen vaane gotheh balaala hihvany….

    1. Mishal says:
      June 9, 2016 at 3:46 pm

      Thnkyu Shaai,, In Sha Allah awahah up kohdheynan inge,, 🙂

  13. ?Ňåjùüú? says:
    June 9, 2016 at 3:31 pm

    Wowwww!! V reethi.. Avaha nxt part up kohdheyne kamah heekuran.. ???

    1. Mishal says:
      June 9, 2016 at 3:46 pm

      Thnkx alot Najuuu,, 🙂

  14. Nathoo says:
    June 9, 2016 at 3:48 pm

    Mi part ves v salhi. Waiting for next part. Keep it up mishal

    1. Mishal says:
      June 9, 2016 at 5:55 pm

      Thnkyu so much Nathoo,, 🙂

  15. Ellie says:
    June 9, 2016 at 4:43 pm

    Oh what a cliffhanger. Varah varah reethi mi part ves. Roadhamahu varah busy vaane dho hehe so okay vaane kudakoh update lasviyas. Take your time. ?

    1. Mishal says:
      June 9, 2016 at 5:57 pm

      Thnkx thnkx n thnkx alot for the lovely comment Ellie,, 🙂

  16. ruhy says:
    June 9, 2016 at 4:47 pm

    varah salhi mi part ves

    1. Mishal says:
      June 9, 2016 at 6:09 pm

      Thnkx ruhy,, 🙂

  17. Anonymous says:
    June 9, 2016 at 4:51 pm

    wowwww love it…. when next part??? waiting…

    1. Mishal says:
      June 9, 2016 at 6:10 pm

      Thnkyu Anonymous,, In Sha Allah v awahah up kohdheynan inge,, 🙂

  18. eeamy says:
    June 9, 2016 at 5:03 pm

    Alhe mishal haaaadha molhey….ee hama kosvesje asluves ey???alhe mishal ee ah dhas kohdheyn vynu thiha rythi kon vahaka liyan..hehe….vvvvvvv salhi igey..love it mwah…?????love you..bye..tvgc mishal

    1. Mishal says:
      June 9, 2016 at 6:17 pm

      Hehe,, aslu vx tha ee? Hama annan v dhaskuran, alhugandah ingey warakun dhaskohdheynan 🙂 thnkyu so much ee ge lwbi comment ah,, i luv u readers too,, thnks alot once again,, 🙂

  19. Naana says:
    June 9, 2016 at 5:08 pm

    Fabulous….

    1. Mishal says:
      June 9, 2016 at 6:25 pm

      Thnkyu Naana,, 🙂

  20. ali says:
    June 9, 2016 at 5:19 pm

    varah salhi

    1. Ayya says:
      June 9, 2016 at 7:18 pm

      Varah salhi

    2. Mishal says:
      June 9, 2016 at 11:06 pm

      Thnkyu ali 🙂

  21. Anonymous says:
    June 9, 2016 at 6:18 pm

    Varah salhi ingey mi part vx mishal…

    1. Mishal says:
      June 10, 2016 at 7:45 am

      Thnkyu Anonymous,, 🙂

  22. Rif says:
    June 9, 2016 at 7:00 pm

    Wow

    1. Mishal says:
      June 10, 2016 at 7:46 am

      Thnkyu Rif,, 🙂

  23. Phy says:
    June 9, 2016 at 8:58 pm

    Mishal ah ramadan mubarak..adhi mimaaiy massaruge heyo dharumayaa savaabu minvaru kurahvaashi…aameen…vaahaka hama v reethi ingey..dhn vaanee kihinehbaa…so nxt part ah hama waittin…

    1. Mishal says:
      June 10, 2016 at 7:48 am

      Jazaakallah Phy,❤ dhn waa gotheh vx balaalaany dhw,, keep waiting inge,, thnkyu so much,, 🙂

  24. mary says:
    June 10, 2016 at 5:53 am

    vvvarah habeys mivarhaka thankolheh digukongenesdenvun edeny

    1. Mishal says:
      June 10, 2016 at 7:48 am

      Thnkyu mary,, 🙂

  25. Faxoo says:
    June 10, 2016 at 9:04 am

    Mi baives varah reethi, dhn oi part ga Zekan ah dhimaavi kanthah genesdhecchey 😀 cant wait to read that part. kyp it up Mishal ?

  26. Faxoo says:
    June 10, 2016 at 9:05 am

    and Ramadan Mubarak ?

    1. Mishal says:
      June 10, 2016 at 12:19 pm

      Thnkyu so much,, adhi ebai vx annaaney Faxoo,, 🙂

  27. nax says:
    June 10, 2016 at 10:41 am

    Vv nice

    1. Mishal says:
      June 10, 2016 at 12:20 pm

      Thnkx nax,, 🙂

  28. Havvu says:
    June 10, 2016 at 12:42 pm

    Wow its really nice stroy

    1. Mishal says:
      June 10, 2016 at 3:09 pm

      Thnkyu Havvu,, 🙂

  29. Ary says:
    June 10, 2016 at 6:05 pm

    Vvvvv nice ??

    1. Mishal says:
      June 10, 2016 at 11:19 pm

      Thnkyu Ary,, 🙂

  30. shif says:
    June 10, 2016 at 10:28 pm

    Mihaaru varah salhi vehje. Waiting for the next part awahah up kohlahcheyyyy…

    1. Mishal says:
      June 10, 2016 at 11:21 pm

      Thnkyu so much shif,, In Sha Allah awahah up kohdheynan inge,, 🙂

  31. ?ifaa? says:
    June 10, 2016 at 10:36 pm

    Wow,, vvvv rythi mi part vx,, next part ah wait kuran ingey mishal,, hope the next part will be a nice part too,,☺☺??

    1. Mishal says:
      June 10, 2016 at 11:45 pm

      Thnkyu alot ifaa,, 🙂

  32. Thea says:
    June 11, 2016 at 12:32 am

    Vaahaka vr nice… kiyaalaa hiy vey

    1. Mishal says:
      June 11, 2016 at 2:13 pm

      Thea thnkx inge,, 🙂

  33. Tin tin says:
    June 11, 2016 at 6:09 pm

    Vaahaka Vrh reethi. Aslu magey dhooni gandaa hedhi thi vaahaka ehaafurihamaee…. Keep it up myshal. Ekahala coffee eh giraidhybala??

    1. Mishal says:
      June 11, 2016 at 11:53 pm

      Hehe,, exactly tin tin,, thnkyu so much to ur loving dhooni gandu for that,, n alhugandah wure tin tin ge dhooni gandu maa molhu waane ekahala coffee giran,, 🙂 hehe, btw,, thnkyu so so much for the comment,, 🙂

    2. Mishal says:
      June 12, 2016 at 12:03 am

      N so kobaa tha Edrom tin tin? Searching for his comment,, hehehhe,,????

    3. Tin tin says:
      June 12, 2016 at 1:11 am

      Esoru comment kohfa inee dhevana bayah. Ekam vaahaka ehkon kiyaifi???

    4. Mishal says:
      June 12, 2016 at 9:38 am

      Heheh,, ehentha,, ewes fahari ahtakaa waahaka kiyan feshi kujjeh,, alhugandu bunin ekam waahaka kiyas fahari waawaru nuwahchey,, hehe,, 🙂

  34. nis says:
    June 11, 2016 at 6:49 pm

    kon irakun tha next part up kuraneee.

    1. Mishal says:
      June 12, 2016 at 5:46 pm

      In Sha Allah,, i will upload ASAP,, 🙂

  35. shaph says:
    June 12, 2016 at 5:18 pm

    mi part vx vvvvv reethi 🙂

    1. Mishal says:
      June 12, 2016 at 5:47 pm

      Thnkyu shaph,, 🙂

  36. Sara says:
    June 13, 2016 at 11:01 pm

    Wattpadd ga inna “The Girl He Never Noticed” ge copy eh in gothah in.. An english story by SwytDreamer.. Mulhi story copy kohfa.

    1. Anonymous says:
      June 14, 2016 at 1:06 pm

      Sara ur right… This is Just a copy .. Hate When People copy others hard work

  37. kaileen says:
    June 14, 2016 at 12:58 pm

    Sara is telling the truth.. Mishal is Writting a copy of “The Girl He Never Noticed” he just translating tht in Dhivehi,, and this english Story is in Wattpad if Everyone want to know if im telling Truth You Can visit to wattpad site and Search The Girl He Never Noticed.. so everyone will knw mishaal is just copying.. the Whole Story.. Mishal Ur Getting All the Credits Of Someone eslse Hard work.. in my POV this is not Fair.. Just Stop Translating this Story. Better u stop It.. And For God Sake This is a Published Book Of Sweet Dreamer… More Than 91.1 Million People Have read THE GIRL HE NEVER NOTICED.. From Different countries in the World.. And Most of the Popular Storie on Wattpad..

Comments are closed.

All Right Reserved!