”ޔޫއާ ގާތު މަށަކަށް ނުބުނެވޭތަ އަންހެން ކުދިން އެވަރަށް ކިޔަވާކަށް ނުޖެހޭނޭ؟“ ހިތްހަމަ ނުޖެހިފައި ހުމައިދު އެއްސެވެ. ”ކާކު ތަ އެހެން ބުނީ؟ ކޮންތާކު އޮތް ފޮތެއްގަ ތަ އެހެން އިނީ؟ ޔޫ ބޭނުން ކިޔަވަން. ޔޫ ބޭނުން ނަރުހަކަށް ވާން..“ ޔޫއާ ބުންޏެވެ. ”ހެވޭ ބޭނުމަސް.. މިހާރު ތިހުރީ އޭލެވެލްވެސް ހެދިފަ. 19 އަހަރުވެސް ވެއްޖެ. ދެން ޔޫއާ ޖެހޭނީ މީހަކާ އިންނަން! އަންނަ ހަފްތާ ރަންކިޔުން ހަމަ ޖައްސާނަން. ބައްޕަ ރައްޓެހި ނާހިލްގެ ނިކްޔާނާއި ކައިވެނި ކުރަން ތައްޔާރުވޭ!“ ހުމައިދު ބުންޏެވެ. އަދި ޔޫއާގެ ޖަވާބަކަށް އިންތިޒާރު ކުރުމެއް ނެތި ކާގެއިން ނިކުމެގެން ދިޔައެވެ.
(2 ވަނަ ބައި)
”މަންމާ… ބައްޕަ ކީއްވެ ތަ ޔޫދެކެ ލޯބި ނުވަނީ؟ ކޮބާ ތަ ޔޫގެ ކުށަކީ؟ ޔޫ ބޭނުމޭ ކިޔަވަން.. ދޮންބެ ބޭނުމެއް ނުވި ކިޔަވާކަށް. އެކަމަކު ދޮންބެ ގާތުގަ ބައްޕަކީ ކިޔަވާށޭ. ވަޒީފާއަށް ދެވޭނީ އޭރުންނޭ. ދޮންބެ ކައިވެނި ކުރީ ވެސް 24 އަހަރުވީ ފަހުން. ކީއްވެ ޔޫ ހަމަ 18 އަހަރު ވީމަ ކައިވެނި ކުރަންވީ؟“ ޔޫއާ ރޮމުން ޔަޒީދާ ގާތުގައި ޝަކުވާ ކުރިޔެވެ. ”ދަރިފުޅާ.. އެއީ ދެން ބައްޕަގެ ވިސްނުން ހުންނަ ގޮތެއްނުން ހަމަ؟ ހުއްޓާލާ ދަރިފުޅާ“ ޔަޒީދާ ޔޫއާގެ ކަރުނަ ފުހެލަ ދިނެވެ. ހަގީގަތުގައި ޔޫއާ ހަމައަކަށް އަޅުވަން ބުނާނެ އެއްޗެއް ޙުދު ޔަޒީދާއަކަށް ވެސް ނޭނގެއެވެ. ހުމައިދުގެ އެސިފައަކީ ޔަޒީދާއަށް އެއްގޮތަކަށްވެސް ކަމުދާ ސިފައެއްނޫނެވެ.
ޔަޒީދާގެ އަތް ދުރުކޮއްފައި ޔޫއާ ދުވެފައި ގޮސް ކޮޓަރިއަށް ވަނެވެ. އެނދުމަތީގައި ބަންޑުން އޮށޯވެ އޮވެ ޔޫއާ ކިތަންމެ އިރަކު ރުޔެވެ. އަންހެން ކުއްޖަކަށް ވެވުނީއާ ނުކިޔެވެންވީ ކީއްވެގެން ހެއްޔެވެ؟ އަަންހެން ކުއްޖަކަށްވީތީ އަބަދު ފަޙުރުވެރިވީ ޔޫއާ މިއަދު އަންހެން ކުއްޖަކަށް ވީތީ ހިތުގައި ޝަކުވާއުފެދުނެވެ.
ޖެހިގެން އައި ދުވަހެވެ. ރޭގައި އެހާ ގިނަ އިރު ރުއިމުގެ ސަބަބުން ޔޫއާ އަށް ހޭލެވުނީ 10 ޖަހަން އުޅެނިކޮށެވެ. ހޭލާފައިވެސް ތެދުވާ ހިތް ނުވުމުން އޮތް ގޮތަށް އޮތީއެވެ. ނަމަވެސް އިރުކޮޅަކުން ދޮރުގައި މީހަކު ޓަކިދޭން ފެށުމުން ގޮސް ދޮރު ހުޅުވާލިއެވެ. ”މިއަދު މެންދުރު ނިކްޔާންގެ އާއިލާ މިގެއަށް ކާން އަންނާނެ. ރީތި ވެގެން ހުންނާތި“ ހުމައިދު ބުންޏެވެ. އަދި ހަމަ އެސިކުންތުގައި ހިނގައިގަތެވެ. ޔޫއާ މޫނު ކުނި ކޮއްލާފައި ގޮސް ލޯގަނޑު ކުރިމަތީގައި ހުއްޓުނެވެ. ”ރީތިވާށޭ؟ ޔޫއަށް ވީ އެންމެ ހަޑިކޮށް ހަމަ ހުންނާނީ“ ޔޫއާ އަމިއްލަ ނަފްސަށް އިވޭވަރަށް ބުންޏެވެ. އަދި ވިހަގޮތަކަށް ހީލިއެވެ.
ފެންވަރައިގެން ނިކުމެ ޔޫއާ ކަބަޑު ހުޅުވާލިއެވެ. އަތުގައި އޮތް އެންމެ ބާހެދުން ލާފައި ކަޅު ކުލައިގެ ވަށް ބުރުގަލެއް އަޅާލިއެވެ. ސެންޓުވެސް ޖަހާލުމެއް ނެތި ޔޫއާ ކޮޓަރިން ނިކުތެވެ. އޭރު ބަދިގެ ތެރޭގައި ޔަޒީދާ އަދި ހިދާޔާ ކެއްކުމައިގެން އުޅުނެވެ. ”ކޯއްޗެއް ތިހަދަނީ؟“ ޔޫއާ އަތް ދޮވެލިއެވެ. ”އަލުވި ބަތާއި ކެރެޓު ބަތް.. ނިކްޔާންއަށް ވަރަށް މީރު އެއްޗެކޯ އަލުވި ބަތަކީ.. ނިކްޔާންއަށް ހާއްސަކޮށް އެހެންވެ އަލުވި ބަތް ހަދަން މިއުޅެނީ“ ހީލާފައި ޔަޒީދާ ބުންޏެވެ. ޔޫއާ އަނގަ ކުނި ކޮއްލިއެވެ. ނަމަވެސް ޔަޒީދާ އަދި ހިދާޔާއަށް އަތް ގާތް ކޮއްލަ ދިނެވެ.
މެންދުރު 1 ޖެހި ތަނާހެން ނިކްޔާންގެ އާއިލާ އެގެއަށް އައެވެ. ”އައްސަލާމު އަލައިކުމް…“ ނާހިލް ގެއަށް ވަދެ ސަލާމް ގޮވާލިއެވެ. ”ވާލައިކުމް ސަލާމް.. އަވަހަށް ވަދޭ“ ހިނިތުންވެލާފައި ހުމައިދު ނާހިލްއަށް ސަލާމް ކޮއްލިއެވެ. ”މިއީ ޔޫއާ“ ގާތުގައި ހުރި ޔޫއާގެ އަތުގައި ހުމައިދު ހިފާލިއެވެ. ”މާޝާ ﷲ ދަރިފުޅު ހާދަ ލޯތްބޭ..“ ޔޫއާގެ އަތުގައި ހިފާލަމުން ނިކްޔާންގެ މަންމަ މާޔާ ބުންޏެވެ. ”މިއީ ނިކްޔާން.. ދަރިފުޅު ހާދަ މަޑުން ތިހުރީ..؟ ދެން އާދެބަލަ ދޯ؟ ލަދުންތަ ތިހުރީ؟ ހެހެ“ ނިކްޔާންއާއި ދިމާލަށް ބަލައިލަމުން މާޔާ އަހާލިއެވެ.
ޔޫއާ ނިކްޔާންއާއި ދިމާލަށް ބަލައިލިޔެވެ. ފެންނަ ފެނުމުން ނަމަ މިހާރުގެ ކުދިންގެ ”ޑްރީމް ބޯއި“ އެކެވެ. އިސްކޮޅުގައި 6 ވަރަކަށް ފޫޓު ހުންނާނެކަން ކަށަވަރެވެ. ފަންދިގު އިސްތަށިގަނޑު ދޫކޮއްލާފައި އޮތް އިރު ދެލޮލަށް އޭނާގެ އިސްތަށިކޮޅުތަށް އުނދަގޫ ކުރަމުން ދިޔައެވެ. ކަޅުކަން ދެލޮލާއި ކަސްރަތީ ހަށިގަނޑެވެ. ނަމަވެސް ނިކްޔާންގެ މޫނު މަތިން ފެންނަނީ ”ފޮނި“ ކަމެވެ. ޔޫއާ ހިނިތުންވެލިއެވެ.
”ލަދުންނޭ؟ ނޯވޭ. ސަޕް ލިޓްލް ގާލް.“ ނިކްޔާން ޔޫއާ އާއި ކައިރި ވެލާފައި ޔޫއާ އާއި އެއްވަރަށް ތިރިވެލިއެވެ. ”ލިޓްލްއޭ؟ މިވެސް ބޮޑުވެފަ ހުރި އަންހެނެއް އިނގޭ؟“ ޔޫއާ ކަޅި އަޅާލިއެވެ. ”އެހެން ތަ؟ އަހަރެން ހީކުރީ އަދި 12 އަހަރު ކުއްޖެއް ކަމަށް“ ޔޫއާގެ ކޮލުގައި ހިފާލަމުން ނިކްޔާން ބުންޏެވެ. ”ޔޫ ބާސްޓާރްޑް“ ޔޫއާ ކަޅި އަޅާލިއެވެ.
”ހެހެ ދެން ކާން އުޅެމާ ހިނގާ ދޯ؟“ ހުމައިދު ބުންޏެވެ. ނިކްޔާނަށް ކަޅި އަޅާލާފައި އެންމެ ފުރަތަމަ ކާގެއަށް ވަނީވެސް ޔޫއާއެވެ.
”އެހެންވެ މިއަންނަ ހަފްތާ ނޫން އަނެއް ހަފްތާ ހޯމަ ދުވަހުން ކައިވެނި ކުރާގޮތަށް ދޯ؟“ ހުމައިދު އަހާލިއެވެ. ”އާނ ދެން ލަސް ކުރުމެއް ނެތެއްނުން ދޯ؟ ދަރިފުޅާ ޔޫއާ މިއަދު އަންނަންވީނުން ބައްޕަ މެންނާއި އެކު ގެއަށް؟ އިންނާނެ ދަރިފުޅުގެ ހެދުން ގެނެސްފަ. މަންމައާއި ދެމީހުން އެކަމާ އުޅިލަން؟“ ނިހާލް ބަތް ސަމްސަލެއް އަނގައަށް ލަމުން ބުނެލިއެވެ. ޔޫއާ ހިނިތުންވެލިއެވެ. ”ރަނގަޅު ޙިޔާލެއް. ދަރިފުޅު ދާންވީނުން؟“ ހުމައިދު ބުންޏެވެ. ޔޫއާ ބޯޖަހާލިއެވެ.
ދެފަރާތުގެ އާއިލާ ދެކެވެމުން ދިޔަ ވާހަކަ އަހަން އިން ނިކްޔާން ފައިން ޔޫއާގެ ފައިގައި ކޮއްޓާލިއެވެ. މަޑު މަޑުން އިން ޔޫއާ ދިޔައީ ސިއްސައިގެންނެވެ. ނިކްޔާނާއި ދިމާލަށް ކަޅި އަޅާލާފައި އަލުން ކެއުމައިގެން ކުރިއަށް ދިޔައެވެ. ނަމަވެސް ދެންވެސް ނިކްޔާންއަކަށް މަޑުންނެއް ނީންދެވުނެވެ. އެއްފައި ނަގާ ޔޫއާގެ އުނގުމަތީގައި ބޭއްވިއެވެ. އެއާއި އެކު ޔޫއާ ރުޅި އަހިސްފައި ނިކްޔާން ފައިގައި ހުރި ލޯލިތަކުގައި ހިފާ ދަމައިގަތެވެ. ”އައްދޯތް“ ނިކްޔާން ހަޅޭ ލަވައިގަތެވެ. ކުއްލި ގޮތުގައި ފައި ހިއްލާލުމާއި އެކު މޭޒުގައި ފައި ޖެހުނެވެ.
”ދަރިފުޅާ؟ ކިހިނެތް ތިއުޅެނީ؟“ ނިހާލްގެ ދެލޯ ބޮޑުވިއެވެ. ”އާހް…“ ނިކްޔާން އެއްވެސް އެއްޗެއް ނުބުނެ ޔޫއާ އާއި ދިމާލަށް ކަޅި އަޅާލިއެވެ. ޔޫއާ ހިނިތުންވެލީ ފަޙުރު ވެރި ވެލާފައެވެ.
ކައި ނިމުމުން ނިކްޔާންގެ އާއިލާއާއި އެކު ޔޫއާ ދިޔައީ އެގެއަށެވެ. އާދައިގެ ގެއެއް ނަމަވެސް ބަލައިލަން ވަރަށް ރީއްޗެވެ. ގޭދޮރާށި ގާތުގައި ހުދު ކުލައިގެ ބޯގަންވިލާ ގަހެއް ހުރި އިރު ގޭގެގައި އެކި ކަހަލަ މޭވާ ގަސްގަސް ހުއްޓެވެ. އަނބާއި އަތަ ގަހެވެ. ފޭރާއި ކުންނާރު ގަހެވެ. ”ވަދޭ ދަރިފުޅޫ. ނިކްޔާން.. ދޭބަލަ ޔޫއާ ގޮވައިގެން ކޮޓަރި ދައްކާލަން. މަންމަ މިއަންނަނީ ފެންވަރާ ތާޒާ ވެލައިގެން ޔޫއާގެ ހެދުން ލައްވަން.. ވަރަށް ދާހިތްލާފަ“ މާޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ.
”ލެޓްސް ގޯ ލިޓްލް ގާލް“ ނިކްޔާން ޖީބަށް އަތް ޖަހާލަމުން ހިނގައި ގަންނަމުން ބުންޏެވެ. މޫނު ކުނި ކޮއްލާފައި ޔޫއާ ނިކްޔާންއާއި އެކު ހިނގައިގަތެވެ.
(ނުނިމޭ)
ތިންވަނަބައިގެ ތެރެއިން:
ނިކްޔާން ހީލާފައި ޖީބަށް އަތް ޖަހާލިއެވެ. އަދި ޔޫއާ އާއި ދިމާލަށް ލަސް ހިނގުމުގައި ހިނގައިގަތެވެ. ނިކްޔާން ކައިރި ވާން ފެށުމުން ޔޫއާ ފަހަތަށް ޖެހެން ފެށިއެވެ. ޔޫއާ ފަހަތަށް ޖެހުނު ވަރަކަށް ނިކްޔާން ދިޔައީ ކުރިއަށް ޖެހެމުންނެވެ. ނިކްޔާންގެ މޫނަށް ބަލަން ހުރި ޔޫއާ އެނދުގައި ޖެހުމުގައި އެކު އަރިއަޅާލިއެވެ. ޔޫއާ ވެއްޓުނަ ނުދިނުމަށް ނިކްޔާން ޔޫއާގެ އުނގަނޑުގައި ހިފިއެވެ. ނަމަވެސް ދެމީހުން އެއްކޮށް އެނދު މައްޗަށް ވެއްޓުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.







Mioh Nikyaan eh ves dho
Haadha undhagoo bodey dho yooaa ah
Hehe aslu vrh majaa ehen ulheythyve
N yooaa ge ruhuma nulaa kiyvetha eynage bahppa ekan kuruvan e ulheny
Alhe dhen dho
Hama eynage bahppa Maa boa hary kanneynge
Anhen kudhin vez hama kiyavaa jeheyne dho
Thikan gabool vez nukuran
Anhen kudhin eiy geyge masakai kuran thibey Baehnooney
Hiyvany eiy Hama geyga gengulhey noakarunthakeh hen viyya
Poor Yooaa
People are gonna feel so bad for her
Not to worry much
Ekam yooaa dhera nukohlahchey ingey Shierrr Pls……..
Azlu e website eh nu fenunu hen Hiyvany
Hoadhan ulhunin
Ekam mi vaahaka eh nu fenunu
BTW mi part vex varah reethi ingey shierrrrr
When’s next tttt Shierrr
Azluves hama waiting ga🤣
Haha dhw aslu vess😂😂😂😂.. ya dhwww… emme kuree zamaanuge visnun aslu vesss… yes yes true anhen kujjakah viyekey kiyaafa nukiyevifa hunnan nujeheyne dhw… hama kiyavan beynun kujjeh kiyavan vee.. aslu vess i feel soooo bad for her as well.. dhn balamaa dhww kihineh tho vany hehe…
Ya e website in nukiyey kamah complain kuraathyve aslu mi site ga alun feshymi..
Jazaakallah khairan Fraggrr 23 🫶🏻 next episode in sha allah on tuesday.. stay tuned☺️
Yooaa ge Bahpa eiy hama kureege boadha goi gabool kuraa miyhehdho
Thivaru kuraakah nuvaane dho
Eves eynage dhariekey
Hehe Nikyaan vez dho
Vrh majaa ulhey vahtharu
BTW mi part vez vrh reethi Maasha Allah
Shierrr
When’s next part shierrrrr?
N avas kohla dhinun edhen
Yess aslu vess.. hama ehn e vany.. some people believes adhives hama anhn kudhin should stay home ey and they shouldn’t study ey.. haha dhw😂
Jazaakallah khairan TAnoyamous76 next episode in sha allah on tuesday ☺️
for someone whos being married off without their consent yooaa seems pretty chill about it
not like she has a choice dhw ehnve eii aslu