Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަފާތެރިމަވީމޭ 14

shihaamaa ali
shihaamaa ali Level 1010 Stories100 Comments500 Comments100 Stories100 Login1K Comments
October 24, 2025 3 Mins Read
6 Comments

ފާހާނާ ތެރޭގައި ހުރި ލަޔާލީގެ މޫނު މަތީގައިވީ ނުތަނަވަސް ކަމެވެ. އަތުގެ ނިޔަފަތިތަށް ހެފެމުން ދިޔައިރު ހިތުގެ ވިންދުގެ އަޑުވެސް ކަންފަތާއި ހަމައަށް އިވެމުން ދިޔައެވެ. ފާޙާނާ ތެރޭގައި ހުރެ ދެކޮޅަށް ހިނގަމުން ދިޔައެވެ. އިރުކޮޅެއްފަހުން ފޯނު ސޯނާވިއެވެ. ލަޔާލީ ފުންނޭވާއެއް ދޫކޮށްލާފައި މޫނު ދޮންނަ ތަށިމަތީގައި އޮތް އެއްޗަށް ބަލާލިއެވެ.

(14 ވަަނަ ބައި)

“ވަޓް ދި ހެލް؟؟؟؟؟” ބަނޑުބޮޑު ކަމަށް އިއުލާންކޮއްފައި އޮތް ޓެސްޓު ކިޓަށް ބަލައިލަމުން ލަޔާލީ ބުނީ ފަކުރުވެރި ގޮތަކަށެވެ. “ނޫން ނޫން. އަހަރެން ކަލޭ ބޭނުމެއް ނޫން. ގެޓް އައުޓް އޮފް މީ!!!!!” ބަނޑުގައި ގޮށް މުއްކަވާފައި ޖަހަން ފެށިއިރު މޫނުމަތީގައިވީ އިންތިހާ ރުޅިވެރިކަމެވެ. އެއަޑަށް އެނދުމަތީގައި އޮތް އިޔާލް އައިސް ފާހާނާ ދޮރުގައި ޓަކިދޭން ފެށިއެވެ.

“ލަޔާ؟ ކީއްތިކުރަނީ؟ ދޮރު ހުޅުވަބަލަ!” އިޔާލް ގޮވާލިއެވެ. އެހެނަސް އިޔާލްގެ އަޑު ލަޔާލީއަށް އިވުނު ހެނެއް ހިޔެއް ނުވެއެވެ. “ލަޔާ! ދޮރު ހުޅުވަބަލަ!” އިޔާލް އަނެއްކާ ވެސް ގޮވާލިއެވެ.

ދެންވެސް ލަޔާލީ ދޮރު ނުހުޅުވުމުން އޭނާ ހިނގައިގަތީ ތަޅުދަނޑި ބަލައެވެ. ނަމަވެސް އެވަގުތު ލަޔާލީ ދޮރު ހުޅުވާފައި ނިކުތެވެ. ބަރުހެލި ފިޔަވަޅުތަކެއްގައި ގޮސް އިޔާލްގެ ކަންކަށިމަތީގައި ޖެހިއެވެ. “މިއީ ކަލޭގެ ކުށް. ކަލޭ މަގޭ ރީތި ކަން ހަލާކު ކޮއްލީ” ލަޔާލީ ރުޅިވެރި ކަމާއި އެކު ބުންޏެވެ.

“އޭނ؟ ކީކޭ ތި ކިޔަނީ؟” އިޔާލްއަކަށް ސާފެއް ނުވިއެވެ. ލަޔާލީ ދެއްކީ އޭނާގެ އަތުގައި އޮތް ޓެސްޓު ކިޓެވެ. “ކީއްކުރަން؟؟؟ އަހަރެން ބޭނުމެއް ނޫން ކުއްޖެއް! އަދި އެވެސް ކަލޭގެ ދަރިއެއް!” ލަޔާލީ އޭރު ބިރުން ހުރެ ރޫރޫ އަޅައެވެ.

“ލަޔާ. ހަމަޖެހިބަލަ. އިންޝާ ﷲ ހުރިހާ ކަމެއްވެސް ރަނގަޅުވާނޭ” ބައްޕައަކަށް ވާން އުޅޭކަމުގެ ޙަބަރު ލިބުމާއެކު އިޔާލްގެ ހިތުގާ އުފެދުނީ ބަޔާން ކުރަން ދަތި އިހުސާސެކެވެ. ހިތާހިތުން މާތް ﷲ އަށް ހަމްދު ކުރެވުނެވެ. އެހެނަސް އެވަގުތު އޭނާ އެންމެ އިސްކަން ދިނީ ލަޔާލީގެ ރުޅި މަޑު ކުރުމަށެވެ.

“ކޮން ކަމެއްތަ ރަނގަޅުވާނީ؟ އޭނ؟ ކަލޭ މަށާ ކައިވެނި ކުރީ މަށަށް ހަމަ 18 އަހަރުވީ އިރަށް. އެވެސް މަގޭ މަންމަމެނަށް ރުފިޔާ ދީގެން. ތިހާ ހަޔާތް ކުޑަ މީހެއްގެ ދަރިއެއް އަހަރެން ބޭނުމެއް ނޫން! އުމުރުން 19 އަހަރު ވާން ވާއިރަށް އަހަރެން ދެންވީ މަންމައަކަށްވާންތަ؟ ނޯވޭ. އަހަރެން މިދަރިފުޅު ވައްޓާލާނަން” ލަޔާލީ އައިޑީކާޑު ހިފައިގެން ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“ލަޔާލީ! މޮޔަވީތަ؟ ކީއްވެ ތިދަރިފުޅު ވައްޓާލަންވީ؟ ލަޔާ އަހަރެންދެކެ ރުޅި އަޔަސް ތިއީ މަގޭ ދަރިއެކޭ. ތިދަރިފުޅަށް ބާރު ފޯރުވުމުގެ ހައްގު މަށަށް ވެސް އޮންނާނޭ. ލަޔާ ބަނޑުގަ އޮތަސް ތިއީ މަގޭ ލެޔޭ” ލަޔާލީ ހަގީގަތުގާވެސް އެދަރިފުޅު ވައްޓާލާކަށް ފަހެއް ނުޖެހޭނެކަން އޭނާއަށް އިނގެޔެވެ. އެހިތުގާ ބިރުވެރިކަމުގެ ރާޅެއް ޖަހާލީ އެހެންވެގެންނެވެ.

“ނޫޅެން” ލަޔާލީ އަނެއްކާވެސް ހިނގައިގަތެވެ. “ލަޔާ ކީއްވެގެންތަ ތިއުޅެނީ؟ އަހަރެން ލަޔާ ގަތީކީ ނޫނޭ. އަހަރެން ގޮސް ލަޔާ މަންމަމެން ގާތުގަ ބުނީ ލަޔާދެކެ ލޯބިވެޔޭ. ލަޔާއާ އެކު ދިރިއުޅުމެއް އުޅެން ބޭނުމޭ. އެހެން ބުނީމަ އެމީހުން އެއްބަސްވީ. ގަތީ ކަމަށް ވިއްޔާ އެއީ ލަޔާ ރަނަށްކީ 500 ރުފިޔާ އެކަނި” އިޔާލްއަށް އޭރު ރޮވިއްޖެއެވެ.

“ޔޫ ބާސްޓާޑް. އަދި އަހަރެން ކުރިމަތީ އެބަ ކަރުނަ ބާލައޭ. ތި ކަރުނައަކުން މި ހިތަށް ހަމަ އެއްވެސް އެއްޗެއް ނާރާ. ހަޔާތް ކުޑަ މީހާ. ކަލޭ ހަމަ އަހަރެން ގަތީ. އަހަރެންގެ މައިންބަފައިންގެ ބޮލައް އެރިގަތީ!” ލަޔާލީ އަޑަށް ބާރު ލަމުން ބުނެލިއެވެ.

ކޮޓަރިން ހިނގައިގަތުމައް ދިޔަ ލަޔާލީގެ އަތުގާ ހިފާ ދަމާ ކޫއްތަމުން ކަހަލަ ގޮތަކަށް އޭނާ އެނދުމަތީގާ ބޭއްވިއެވެ. އަދި އަވަސް ކަމާއެކު ލަޔާލީގެ ހަތަރިސްފައި ބަނެވެ. “ކަލޭ މޮޔަވީތަ؟ ހަމަ މިހާރު އަހަރެން ދޫކޮއްލާ” ދަތްކުނޑިވިކާލަމުން ލަޔާލީ ބުންޏެވެ.

“ދުލެއް ނުކުރާނަން! އަހަރެންގެ ދަރިފުޅައް ގެއްލުންވާނެ ކަހަލަ އެއްވެސް ކަމެއް ނުކުރާނަން. އަހަރެން މިދަނީ މަންމަމެން ގެއަށް. ތިތާ މަޑުން އިނދޭ” ކޮޓަރިން ނިކުންނަމުން އިޔާލް ބުނެލިއެވެ.

އާދައިގެ ހިނގުމެއްގައި ހިނގާފައި އައިސް ގެއަށް ވައިން ނިކްޔާންއަށް މަރްހަބާކިއީ ކަނު އަނދިރިކަމެވެ. ހުރިހާ ބޮތްކެއް ނިވާލާފައި ހުރުމުން ހައިރާންވިއެވެ. ބޮކި ދިއްލުމާ އެކު ފެނިގެން ދިޔަ މަންޒަރުން ދެލޯ ބޮޑުވެ ހިތްއަވަސްވީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ.

ސޯފާގާ އިށީނދެގެން އިން ޔޫއާގެ ތުންފަތުގާވީ ލުއި ހިނިތުންވުމެކެވެ. މުޅި ސިޓިންގ ރޫމް ތެރޭގާ ވަނީ ފިޔާތޮށި ކުލަޔާ ނޫކުލައިގެ ފުއްޕާހަމެވެ. ހުދުކުލައިގެ “ލެޓާރ ބެލޫންސް” އިން “ޑޭޑް” ޖަހާފައި އިން އެއްޗެއް ހިފައިގެން ޔޫއާ އިނެވެ.

“ޔޫ…؟” ނިކްޔާން މަޑުމަޑުން ޔޫއާއާ ދިމާލަށް ހިނގައިގަތެވެ. “ޔޫ… ބަނޑުބޮޑީތަ؟”

އަތުގާ އޮތް ފުއްޕާހަންތައް ބާއްވާފައި ޔޫއާ ތެދުވިއެވެ. އަދި ޖީބުގާ އޮތް ޓެސްޓު ކިޓު ނަގާ ދައްކާލިއެވެ. “ހެހެ ޔެސް. ޔޫ ބަނޑުބޮޑު” ފުރިހަމަ ހިނިތުންވުމަކާ އެކު ޔޫއާ ބުނެލިއެވެ. އުފާވެލާފާ ނިކްޔާން އޭނާގެ ހަށިގަނޑު އުފުލާލިއެވެ. “ޔެސް!!! އަލްހަމްދުލިއްލާހި”

މުޅި ސިޓިންގ ރޫމުގާވީ ޔޫއާއާ ނިކްޔާންގެ އުފާވެރި ހިނުމުގެ އަޑެވެ. ދެމަފިރިންނަށް ނުފެންނާނޭހެން ބައިންދާފައި އިން ކުޑަ ކެމެރާގެ ބޮކި ނިވި ދިއްލެމުން ދިޔަ މަންޒަރު ދެމަފިރިންނަކައް ނުފެނެޔެވެ.

ސިޓިންގ ރޫމް ތެރޭގާ ހިނގަމުންދާ ހުރިހާ ކަމެއް ބަލަން ޒުކާ އިނެވެ. އަތުގާ އިން ކޯކުތަށީގައި ތުންޖަހާލަމުން އޭނާ ހިނިތުންވެލިއެވެ. އަދި މޭޒު މަތީގާ ބަނޑުބޮޑުކަމައް އިއުލާން ކޮއްފާވާ ޓެސްޓު ކިޓައް ބަލާލިއެވެ.

އެވަގުތު ޒުކާގެ ފޯނު ރިންގުވާން ފެށިއެވެ. “އެނޯނިމަސް” ގެ ނަމުން ސޭވް ކޮއްފާއިން ނަންބަރުން ގުޅާތަން ފެނުމުން އެތުންފަތުގާ ކުރެހުނީ ފުރިހަމަ ހިނިތުންވުމެކެވެ. “ހަލޯ؟”

“ކޮބާ އަޕްޑޭޓްއަކީ؟” އެކޮޅުން އަހާލިއެވެ. “ޔޫއާ ބަނޑުބޮޑު. ނިކްޔާން ގާތުގާ އެހެން ބުނެފިވެސްމެ” ޒުކާ ޖަވާބު ދިނެވެ. “ޔެސް! ޕާފެކްޓް! ދެން ޔޫ ނޯ ވަޓް ޓު ޑޫ” އޭނާ ބުނެލިއެވެ. “ހެހެ ޔެސް އޮފްކޯސް”

ކޮޓަރި ތެރޭގާ އޮތް ރިއާނާގެ ދެލޮލުން ފަހަރަކު ކަރުނަ ތިއްކެއް އޭގެ މަގާމު ދޫކޮއްފައި އަންނަމުން ދިޔައެވެ. މިއަދު އޭނާއަކީ އެކަނިވެރިއެކެވެ. ދެން އޭނާ ހަދާނީ ކިހިނެއް ހެއްޔެވެ؟ ޔޫއާ ކައިރީ ބުނަންވީ ހެއްޔެވެ؟ މިކަމުގެ ސަބަބުން އޭނާއާ އެކުވީ އެކުވެރިކަމައް ބުރޫއަރާފާނެ ބާއެވެ؟ ހުސް ޖަވާބެއް ނެތް ސުވާލެވެ.

“މިއީ ކައިގެ ހިތް ހަލާކު ކޮއްލުމުގެ ޝަޒާތަ؟” ތުންފިއްތާލަމުން ރިއާނާ ބުނެލިއެވެ.

(ނުނިމޭ)

ފަނަރަވަނަބައިގެ ތެރެއިން:

ފެނިގެން ދިޔަ މަންޒަރުން ހިތުގާ ރިއްސާލީ އިންތިހާއަށެވެ. ކައިރީ ހުރި ތަނބުގާ އަތް ޖައްސާލެވުނީ ވެއްޓެން އުޅޭހެން ހީވުމުންނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

shihaamaa ali
Follow Me Written By

shihaamaa ali

Level 1010 Stories100 Comments500 Comments100 Stories100 Login1K Comments

"A author that crafts deeply emotional, mysterious, and thought-provoking stories that blend psychological depth with heartbreaking twists, leaving readers unsettled yet captivated.🥀" Here you can read: Mysterious, Crime, Fiction, Science, Medical and Revenge!

Other Articles

Previous

އާއެކޭ ލޯބިވޭ ދިހަވަނަބައި ( ޖެހުނު މަޖުބޫރުގައި އެހިތް ކުދިކުދިވެއްޖޭ)

Next

ހިތުގެ ރިހުން 39

Next
October 25, 2025

ހިތުގެ ރިހުން 39

Previews
October 24, 2025

އާއެކޭ ލޯބިވޭ ދިހަވަނަބައި ( ޖެހުނު މަޖުބޫރުގައި އެހިތް ކުދިކުދިވެއްޖޭ)

6 Comments!

  1. darkqueen38 darkqueen38 says:
    October 24, 2025 at 9:45 pm

    mi part ves reethi

    1. shihaamaa ali shihaamaa ali says:
      October 25, 2025 at 1:32 pm

      Jazaakallah khairan

  2. 🫶❤️ says:
    October 25, 2025 at 12:45 am

    ✨ 𝓜𝓪𝓪𝓼𝓱𝓪 𝓐𝓵𝓵𝓪𝓱! ❤️🫰
    𝓦𝓮𝓵𝓵! 𝓣𝓱𝓮 𝓼𝓽𝓸𝓻𝔂 𝓲𝓼 𝓽𝓻𝓾𝓵𝔂 𝓱𝓮𝓪𝓻𝓽𝔀𝓪𝓻𝓶𝓲𝓷𝓰 𝓪𝓷𝓭 𝓫𝓮𝓪𝓾𝓽𝓲𝓯𝓾𝓵.
    𝓨𝓸𝓪 𝓲𝓼 𝓸𝓿𝓮𝓻𝓯𝓵𝓸𝔀𝓲𝓷𝓰 𝔀𝓲𝓽𝓱 𝓱𝓪𝓹𝓹𝓲𝓷𝓮𝓼𝓼, 𝓪𝓷𝓭 𝓲𝓽’𝓼 𝓼𝓸 𝓲𝓷𝓼𝓹𝓲𝓻𝓲𝓷𝓰 𝓽𝓸 𝓼𝓮𝓮 𝓝𝓲𝓴𝔂𝓪𝓷 𝓪𝓼 𝓪 𝓹𝓪𝓻𝓽𝓷𝓮𝓻 𝔀𝓱𝓸 𝓵𝓸𝓿𝓮𝓼, 𝓪𝓭𝓶𝓲𝓻𝓮𝓼, 𝓪𝓷𝓭 𝓬𝓪𝓻𝓮𝓼 𝓼𝓸 𝓭𝓮𝓮𝓹𝓵𝔂. 𝓦𝓱𝓪𝓽 𝓪 𝓫𝓵𝓮𝓼𝓼𝓲𝓷𝓰!
    𝓔𝓿𝓮𝓻𝔂 𝓬𝓱𝓪𝓹𝓽𝓮𝓻 𝓸𝓯 𝔂𝓸𝓾𝓻 𝓳𝓸𝓾𝓻𝓷𝓮𝔂, 𝓨𝓸𝓪, 𝓻𝓮𝓶𝓲𝓷𝓭𝓼 𝓾𝓼 𝓸𝓯 𝓵𝓸𝓿𝓮, 𝓹𝓪𝓽𝓲𝓮𝓷𝓬𝓮, 𝓪𝓷𝓭 𝓽𝓱𝓮 𝓵𝓲𝓽𝓽𝓵𝓮 𝓳𝓸𝔂𝓼 𝓽𝓱𝓪𝓽 𝓶𝓪𝓴𝓮 𝓵𝓲𝓯𝓮 𝓶𝓪𝓰𝓲𝓬𝓪𝓵.
    𝓒𝓸𝓷𝓰𝓻𝓪𝓽𝓾𝓵𝓪𝓽𝓲𝓸𝓷𝓼 🎉👏
    𝓜𝓪𝔂 𝓐𝓵𝓵𝓪𝓱 𝓫𝓵𝓮𝓼𝓼 𝓨𝓸𝓪 𝓪𝓷𝓭 𝓝𝓲𝓴𝔂𝓪𝓷 𝔀𝓲𝓽𝓱 𝓪 𝔀𝓸𝓷𝓭𝓮𝓻𝓯𝓾𝓵 𝓫𝓪𝓫𝔂 𝓪𝓷𝓭 𝓯𝓲𝓵𝓵 𝔂𝓸𝓾𝓻 𝓱𝓸𝓶𝓮 𝔀𝓲𝓽𝓱 𝓵𝓪𝓾𝓰𝓱𝓽𝓮𝓻, 𝓵𝓸𝓿𝓮, 𝓪𝓷𝓭 𝓮𝓷𝓭𝓵𝓮𝓼𝓼 𝓳𝓸𝔂.
    𝓢𝓱𝓲𝓱𝓮𝓻𝓻 𝓼𝓮𝓷𝓭𝓼 𝓱𝓮𝓪𝓻𝓽𝓯𝓮𝓵𝓽 𝓫𝓵𝓮𝓼𝓼𝓲𝓷𝓰𝓼 𝓪𝓷𝓭 𝓫𝓮𝓼𝓽 𝔀𝓲𝓼𝓱𝓮𝓼 𝓯𝓸𝓻 𝔂𝓸𝓾𝓻 𝓳𝓸𝓾𝓻𝓷𝓮𝔂 𝓪𝓱𝓮𝓪𝓭 🌸
    𝓐𝓷𝓭 𝓷𝓸𝔀… 𝔀𝓱𝓮𝓷’𝓼 𝓽𝓱𝓮 𝓷𝓮𝔁𝓽

    1. shihaamaa ali shihaamaa ali says:
      October 25, 2025 at 1:33 pm

      Awwwhhh jazaakallah khairan ❤️
      In sha allah next episode on Tuesday

  3. Your fav bab Your fav bab says:
    October 25, 2025 at 6:43 pm

    Finallyy!! Waited long enough for this part!
    As expected mi part ves varah reethi💗💗💗
    Layaalee?? Umm. What? She’s pregnant should I be happy or sad about it?🤔
    Iyaal layalee aa marry kuree layaa nuruhumu ga dhw??
    Haha congra yoo and yaan👏👏👏
    But zuka tf?😳 she’s preg too? Who’s the father…
    Well curiously eating for next?
    Lyssm💗💗

    1. shihaamaa ali shihaamaa ali says:
      October 25, 2025 at 8:15 pm

      hehehe jazaakallah khairan dearrr…
      haha hama eh gothakah vess neynge 🤣
      yesss.. adhi there story thankolheh detail koh engeyne fahun…
      hehe yess
      hehe engeyne kaaku kan vrh vrh avahah..
      next ep in sha allah on wednesday stay tuned
      lyt

Comments are closed.

Next Episodeވަފާތެރިމަވީމޭ 14←


All Right Reserved!