Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރު ގެއްލުވާނުލާ 3

Hudhuna Level 1
April 19, 2026 4 Mins Read
2 Comments

”މީޝް އަޅައިނުލާ، މިރަށުގައި މިދުވަސްކޮޅު ރެދަންލަޔޯ ހިނގައިބަލަ ބަލައިލަން ދާންއެވެ”. މިލާންނާ ދާދި ގާތުގައި ހުރި މިލާންގެ ރަހުމަތްތެރިޔާ އަހާލީ އަހަރެންގެ އަތުގައި ހިފާލަމުންނެވެ.އަހަރެން ވަގުތުން ބޯޖަހާލީާމެވެ.ނަމަވެސް އަހަންނަށް އެވަގުތު ފެނުނީ މިލާންގެ ނުރުހުންވެފައިވާ މޫނެވެ. އެމޫނުފެންނަ ކޮންމެ މީހަކުވެސް ބިރުގަންނާނެވެ.ނަމަވެސް އެއީ ކީއްވެބާއްވައެވެ.އޭނާ ރުޅި އައީ އޭނާ އަހަރެންގެ އަތުގައިހިފުމުން ހެއްޔެވެ.ނުވަތަ އޭނާ އަހަންނާ ވާހަކަ ދެއްކުމުން ހެއްޔެވެ.ވިސްނާ ވިސްނާ ވެސް ބޮލަކަށް އެއްވެސް އެއްޗެއްނައެވެ.

=================================================

އަހަރުމެންގެ މިސްރާބު ހުރީ ރަށުގެ ފުއްޓަރުފަރާތާ ދިމައަށެވެ.ތުނޑިއަށް ދެވުމާއެކު އަހަރެން އޭނާގެ އަތުން ދޫކޮއްލީމެވެ.އޭނާ ބުނިފަދައިން ރެދަން ލައިފައިނެތް ކަމަކު ޖެހޭ ފިނިޅޯޅިއާއެކީ އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދެމުންދެއެވެ.ރާޅުޖަހާވަގުތު އެއިވޭ މިއުޒިކީ އަޑު ފިޔަވާ އިތުރު އަޑެއް އެތަނަކުން ނީވެއެވެ.އެމަންޒަރަށް ގެއްލިފައި އިން އަހަރެން ސިއްސައިގެން ދިޔައީ ފަހަތުން މީހަކު ވާހަކަ ދައްކަން ފެށުމުންނެވެ.”މީޝާ ދޯ ކިޔަނީއެވެ”. އޭނާ ސުވާލު ކޮއްލިއެވެ. ”އާން!.. ކިހިނެތް އަހަރެންގެ ނަން އިނގުނީ”. އަހަރެން އަހާލީމެވެ.މި ގޮތް ނޭނގޭ މިލާންގެ ރަހުމަތްތެރިޔާ އަށް އަހަރެންގެ ނަން އިނގެންވީ ސަބަބެއް ހިލާ އަހަންނަކަށް ނޭންގުނެވެ. ”މިލާން ވަރަށް ދައްކައޭ މީޝާގެ ވާހަކަ.. ނޭނގޭތަ އެކަމެއް؟.’އަހަންނަށް ލިބުނީ އިތުރު ހައިރާންކަމެވެ.މިލާން އަހަންނޭކިޔައިގެން ދައްކަން އޮތީ ކޮންވާހަކައެއް ހެއްޔެވެ. ”ވަޓު އަހަންނޭ؟.” އަހަރެން އަހާލީމެވެ. ”ޔެސް ޔޫޑޯނޯ ދެޓު ހީލައިކުސް ޔޫ؟.”މާއިޝް ބުންޏެވެ. މަށަށް އިނގޭ ތިކަން…. އޫފު އޭނަ މަށާ ރައްޓެހިވާން އަހާފަ މަ އިންކާރު ކުރީމަ އަވަހޭ އެހެން އަންހެނެއް ފަހަތުން ދިޔަލެއް ދެންވެސް ބުނަންވީ އޭނަ މަދެކެ ލައިކް ވެޔޭތަ؟.” އަހަރެން އަހާލީމެވެ. ” މީޝް ހާދަ ޖޭވޭ ދޯ؟”. އޭނާ ބުންޏެވެ. ”ނޯވޭ އަހަރެން ވަރަށް ނަފްރަތުކުރަމޭ އޭނަ އަށް” އަހަރެން ބުނީމެވެ. ” ތީލޯބީގެ ފެށުމޭ!.” އޭނާ ބުންޏެވެ. މީނާ މިކިޔަނީ ކީކޭ ހެއްޔެވެ. އަހަރެން އެހާ ނަފުރަތު ކުރާ ކުއްޖަކާ ވައިވެސް ނޭޅޭނަމެވެ.ހާއްސަކޮށް އެ މިލާންނެވެ. މީހުންނަށް އިހުތިރާމެއް ކުރާމީހެއް ނޫނެވެ. އެންމެ ކުޑަމނުިން ކީޔަވާނަމަތާއެވެ.މިފަދަ ހިޔާލުގައި ހުރެ ގެޔަށް ވަދުނީމެވެ.

ގެޔަށް ވަދެވުނީރު ގަޑިން ބާރަ ގަޖަހަން އިނީ 5 ވަރަަކަށް މިނެޓެވެ.ގޭތެރެ ފެންނަމުން ދިޔައީ ހަމަހިމޭންކޮށެވެ.ގޭތެރެ ފަޅުފިލުވައިދޭ ކުޑަ ކުދިންވެސް އެކުދިންގެ ދުވަސް ނިއްމާލުމަށްފަހު އެދިޔައީ ރޭގަނޑުގެ އަރާމު ނިދި ހޯދާށެވެ.ކުއްލިއަކަށް އަހަރެންގެ ލޮލުގައި އަޅައިގަތީ ސޯފައިގައި އިށިންދެލައިގެން އިން ޝާޔާެެއެވެ. އަހަރެން  ރަގަނޅަށް އޭނާގެ މޫނަށް ނަޒަރު ހިންގާލީމެވެ.ފަންކަލަށް ނަޒަރު ހުއްޓިލައިގެން އިން ޝާޔާ އިނީ ފުންހިޔާލެއްގައިކަން ބަލައިލި ކޮންމެ މީހަކަށް ވެސް އިނގޭނެވެ.އެމޫނު މަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ.ހިތާމައެވެ.ޝާޔާގެ ފެންކަޅި ވެފައިވާ ދެލޯފެނުމާއެކު އަހަންނަކަށް އިތުރަކަށް ކެތެއް ނުކުރެވުނެވެ. ވަގުތުން އަތުގައި އޮތް ދަބަސް ބޭއްވުމަށްފަހު ޝާޔާ ކައިރިއަށް ދިޔައިމެވެ.އަނެއްކާ ޝާޔާއަށް ކިިހިނެތް ވީބާވައެވެ.ކިރިޔާ ކުޑަ ކަމެއް ވިޔަސް އޭޭނާ ފުރުތަމަވެސް ހޯދާނީ އަހަންނެވެ.ނަމަވެސް މިއަދު މިވީ ކިހިނެތް ހެއްޔެވެ.އަހަރެން ގޮސް ޝާޔާގާތު އިށިންދުނީމެވެ. އަދި މަޑުމަޑުން އޭނާ އަށް ގޮވާލީމެވެ.ނަމަވެސް އެއްވެސް ޖަވާބެއް ނުލިބުނެވެ.އެއިންގޮތަށް ފަންކަލަށް ބަލަން އިނީއެވެ.”ޝާޔާ އާޔޫ އޯކޭ؟.” އަހަރެން ސުވާލުކޮއްލީމެވެ.އެއާއެކު އޭނާ އަހަރެންގެގައިގައި ބައްދާލުމައްފަހު ރޯންފެށިއެވެ.

ޝާޔާ ރޯނެވަރަކަށް ރޯން ފުރުސަތު ދިނީމެވެ.ހިތަށް ކުޑަ ހިންހަމަޖެހުމެއްވެސް ލިބޭނީ އޭރުންތާއެވެ.އިރުކޮޅެއްފަހުން ޝާޔާ އަހަރެންގެ ގައިން ދޫކޮއްލިއެވެ.އެއައްފަހު ވާހަކަ ދައްކަންފެށިއެވެ. ”މީޝް ބުނެބަލަ ފުރުތަމަނަޒަރުން ވެސް ލޯބިވެވޭތަ؟.’ އޭނާ ސުވާލު ކޮއްލިއެވެ.ކިހިނެތްވީ އަނެއްކާ މީހެއްދެކެ ލޯބި ވެވުނީތަ؟” އަހަރެން އަހާލީމެވެ.ޝާާޔާ މިކިޔާ އެއްޗެއް އަހަންނަކަށް ސާފެއް ނުވިއެވެ.”އަހަންނަށް އެބަ ހީވޭ މިހާރު ތިހެން… އެ.ކަ.މަ.ކު މި.އަ.ދޭ އޭ.ނާ ފެ.ނު.ނީ ވެ.ސް…މީޝް!.”. ފެންކަޅިވެފައިވާ އަޑުން ޝާޔާ ބުންޏެވެ.”އަހަންނަށް އަސްލުވީގޮތް ކިޔައިދީބަލަ އޭރުންދޯ ހެލްޕެއްވެސް ވެވޭނީ”. އަހަރެން ބުނީމެވެ. ޝާޔާ އަކީ ލޯބީގެ ވާހަކަ މިހާފުންކޮށް ކިޔައިދޭ ކުއްޖެއް ނޫނެވެ. ”އަހަންނަށް ހީވަނީ އަހަންނަށް މާއިޝް ދެކެ ލޯބިވެވެއްޖެޔޭ،އޭނާ މީޝާ އަތުގައި ހިފި ވަގުތު ހީވީ ހިތް ހުއްޓުނުހެން އެހެންވެ އަވަހަށް އެތަނުން އައީ…އަހަރެން އެންމެ އިތުބާރު ކުރާ މީޝާ އަށްވެސް މިއަދު އަހަރެންނަށް ހަސަދަވެވުނީ… އަސްލު ވަރަށް ދެރަވި އެކަމަކު އެވަގުތު އަހަރެންނަށް ޔަޤީންވީ އަހަރެން މާއިޝް އަށް ހާއްސަ މަގާމެއް ދެވެއްޖެކަން..އޭނާ ދެކެ ލޯބިވެޔެކޭ އަހަންނެއް ނުބުނާނަން ނަމަވެސް ވަރަށް ބޮޑަށް ގަޔާވެވިއްޖެ،އެކަމަކު މީޝް އައިއެމް ރިޔަލީ ސޮރީ ވީހުރިހާ ކަމަކަށް..ޕުލީސް!!!…”. ޝާޔާ ބުންޏެވެ.އަހަރެން ޝާޔާ ގައިގައި ބައްދާލީމެވެ.”އިޓްސް އޯކޭ ލަވް. ބަލަ ޝާޔާ ތިބުނާ ވަރަށް ހަސަދަވެވުން ނަމަ ތިގޮތަކަށް އަހަންނަކަށް ތިހުރިހާ ވާހަކަ ތަކެއް ހިއްސާއެއް ނުކުރެވޭނެވެ.” އަހަރެން ބުނީމެވެ. ”ތިޔެއް ނޫނޭ މާއިޝް ދެކެ ހަމަ ލޯބިވެވުނީދޯ!.” އަހަރެން ޝާޔާ އާއި ދިމާކޮއްލީމެވެ. ”ދެން މީޝޫ” ޝާޔާ އެހެންބުނެ އަހަރެންގައިގައި ވިކާލިއެވެ. ”އަދި ނުބުނައްޗޭ ދޮންމެ ކައިރި މާއިގެ ވާހަކަ ދިމާކުރާނެ” ޝާޔާ ބުންޏެވެ. ”ޔަޤީންތާ!، މިލާން ކައިރިއަކު މަށެށް ނުބުނާނަން، އެކަމަކު ތިއޮ ބުލަޝް ވާވަރެއް ދޯ!”. އަހަރެން އަނެއްކާވެސް ޝާޔާއާ ދިމާކޮއްލީމެވެ.”ނޫނޭ މީޝް އާ ދޮންބެއާ މާލޯބިކޮއް ކަންނޭންގެ އުޅޭނީ” އޭނާ ބުންޏެވެ.” މިލާން އާ މަށާއާއޭ!، އައްޗީޑި ނެވަރ” އަހަރެން ރައްދުދިނީމެވެ.އެއާއެކު މާހައުލުގައި ގުގުމާލީ ހުނުމުގެ އަޑެވެ.

އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުހަބާ ކިޔަމުންދިޔަ ވަގުތެވެ.ޖެހެމުން ދިޔަ ފިނިފިނި ވައިރޯޅިން ކޮންމެމީހެއްގެ ހިތަށް ހަމަޖެހުން ގެނެސްދޭނެކަން ގައިމެވެ.އަހަންނަށް ހޭލެވުނީ އެހެން ދުވަސްތަކަށް ވުރެން ކުޑަކޮއްލަހުންނެވެ.ރޭގަނޑުގެ ހަމަ ނިދި ނުލިބުމުން އަދިވެސް ބޮލުގައި ރިިހުން ހުއްޓެވެ.ނަމަވެސް މާލަސްވުމުގެ ކުރިން ތާޒާވެލަން ދިޔައިމެވެ.ތާޒާވެލައިގެން އަހަރެން އަވަސްވެގަތީ ހެދުނުގެ ނާސްތާނެގުމަށެވެ.ނަމަވެސް ކާގެއަށް ވަންނަން އެޅިފިޔަވަޅު މަޑުޖެހުނީ އެވެމުންދިޔަ ނުދަންނަ އަޑުތަކުގެ ސަބަބުންނެވެ.ވަންނަން ނުވަންނަން ހުއްޓައި ފަހަތުން މީހެއްގެ ހިލަމެއްވިއެވެ.”އޭމިލާން ކޮންހާބައެއްތަ ގެޔަށް އެއްކޮއްގެން ތިޔައުޅެނީއެވެ”. އަހަރެން އަހާލީމެވެ. ”ބްރަށް މަށަށްތަ އިނގެނީ؟.” މިލާން ބުންޏެވެ.އޭނާގެ ރާގުންވެސް އޭނާ ހުރީ ކަމަކާ ހިންހަމަނުޖެހިފައިކަން ހާމަވެެއެވެ. މިލާން އޯކޭތަ؟” އަހަރެން އަހާލީމެވެ. ”އެނަފު މީޝާ ކަލޭ މަށަށް ކޮން އެއްޓިންތަކެއްތަ ތިދައްކަނީ؟ މާ ކެއާ ކުރާމީހެކޯމީދެން” މިލާން ބުންޏެވެ.އޭނާ އެހެން ބުނެވަނީ އޭނާގެ އަމިއްލަ ކޮޓަރިއަށެވެ.މީނާ މިއަދު މިކިޔަނީ ކީކޭ ހެއްޔެވެ. އަހަރެން އެހާރީތިކޮށް ވާހަކަ ދެއްކީމަވެސް އެދިޔައީ ހިތަށް އައިހާ އެއްޗެއް ގޮވާލާފައެވެ.އިތުރަށް ބުނަން އޮތީ ކޮންވާހަކައެއް ހެއްޔެވެ، މީ މިމީހުންގެ ހާލަތެވެ.ނޫނީ ރޭގަފެނުނު މަންޒަރުން އަދިވެސް އެހުރި ރުޅި އައިސްފައެވެ.

”ދަރިފުޅާ މީޝާ ކޮންހިޔާލެއްގައި؟،އަދި ސައިވެސް ނުބޮމެނުއް؟، އާދޭ ސައިބޮއިގެން ދައްތަމެނާއެކު ކުޅިރޮށި ހަދަންއެވެ” މިލާންގެ މަންމަ މިލްނާ ބުންޏެވެ.ވަގުތުން ބޯޖަހާލީމެވެ.ކުޅި ރޮއްޓަކީ އަބަދުވެސް އަހަރެން ގަޔާވެގެން ހަދާއެއްޗެކެވެ.

ރޭގަނޑުގެ ހަމަހިމޭން ވަގުތެވެ.އަހަންނާއި ޝާޔާ އަދި މާއިޝް އިނީ ސިޓިން ރޫމް ސޯފާގައެވެ.3 މީހުންގެ ދެމެދު ދެކެވެމުން ދިޔައީ މާޒީ ގައި ހިނގާފައި ހުރި ތަފާތު މަޖާ ވާހަކަތަކެވެ.”އޭ މާއިޝް ކޮބައިތަ ދޮންބެވެ؟.” ޝާޔާ ސުވާލުކޮއްލިއެވެ.އެބަ އަންނަމޭ ކިޔާ މާއިޝް ދިޔައީ މިލާން ބަލައެވެ. ”އޭބުރޯ ނުނިކުންނަންތަ؟، ކަލޭ މަތިން މިސްވެގެން އެބައުޅޭ ކަލް ގެ ރާނީ” މާއިޝް ބުންޏެވެ. ”ޗީ މީޝް އެއްނުވާނެ!،އަހަންނަކަށް ނޭނގެ ކީވެގެން ކަމެއް މީޝާ މަދެކެ އެހާ ރުޅި އަންނަނީ”. ދެރަވެލަމުން މިލާން ބުންޏެވެ. ”ތިވާހަކަ ދައްކާނީ ފަހުން ތިހެން ނޯވެ ނުކުމެލަބަލަ،ކަލް ކޮއްކޮ ބުނެގެންނޭ މިޔައީ ދެން ހިނގާ މަށާ އެއްކޮއް” އޭނާ ބުންޏެވެ.ދެމީހުން ވެސް މަޑުފިޔަވަޅު ތަކާ އެކު ގޮސް ސިޓިންރޫމަށް ވަދުނެވެ.

މިލާން އައުމާއެކު ތަނަށްވެރިވީ މުޅިން ހަމަހިމޭން ކަމެވެ.ބަހެއް ބުނެލާނެ މީހެއްވެސް ނުވިއެވެ.އެންމެންގެ ސަމާލުކަން ހުއްޓުނީ ޝާޔާގެ އަޑަށެވެ. ”މާދަން ދަތުރުދާން އޮތީ ރާވާފަތަ ދެން؟” ޝާޔާ އަހާލިއެވެ. ”މޫސުން ރަގަޅީ އާހަމަ ފުރާގޮތަށް އޮތީ” އަހަރެން ބުނީމެވެ ދަތުރު ދިއުމަކީ އަހަރެން ވަރަށް ކުރާހިއްވާ ކަމެކެވެ.”އެހެންވީމަ މިރޭ ނުނިދާ ތިބޭނި އޭރުންތާ ފަތިހު އަވަހަށް ފުރޭނ، އެހެންވީމަ ހިނގާ ޓީ އޯ ޑީ ކުޅެމާދޯ. މާއިޝް ބުންޏެވެ. މިކަމާ އެންމެންވެސް ތާއިދު ކުރިއެވެ.ފުރުތަމަ ސުވާލު ކުރެވުނީ ޝާޔާއާއެވެ.”ޓްރޫތް” އޭނާ ބުންޏެވެ. ”ޝާޔާގެ ސުވާލަކީ އެއްވެސް ހާއްސަ ކުއްޖެއް ޝާޔާގެ ލައިފްގަ ހުރޭތަ؟.” ސުވާލު ކުރީ މިލާންއެވެ.އެއާއެކު ޝާޔާގެ ދޫ ބަންދުވި ކަހަލައެވެ.މާއިޝް އޭވެސް ބުނާނީ ވަކި ކޮންދުލަކުން ހެއްޔެވެ.ޝާޔާ އަހަރެން ގާތުވެސް ވަނީ އެވާހަކަ ސިއްރުކުރަން ބުނެފައެވެ.” ނުހުރޭ ދެން ދައްކާވާހަލަ އަހަރެން ކަހަލަ މީހަކަށް ލިބޭނެތަ؟” ޝާޔާ ބުންޏެވެ، އެއާއެކު އަހަރެންގއ ގާތަށް އައީ ނުލާަފާ ހިންޏެކެވެ.”އޭ މީޝްގަނޑާ ކޮންހެއުމެއް ހޭކަށް ރަނގަޅު ޑެއާއެއް ދޭނަމޭ މިފަހަރު” ޝާޔާ ބުންޏެވެ. ” ނިކަންދީބަލަ މަށަށް އިނގޭ!!”. އަހަރެން ބުނީމެވެ. މި ޝާޔާގެ ހުރި ފެންވަރު ބަލައިލަން ހިނގާށެވެ. ”ސޯ މީޝްގެ ޑެޔާ އަކީ މިލާގައިގަ ބައްދާލައިގެން ނަަށަންވީ އެޔައްފަހު ދޮންބެ ޔޫ ޝުޑް އާސްކު މީޝް ވިލްޔޫ ބީ މައިންނޭ ސިންޕަލް!” ޝާޔާ ބުންޏެވެ.އެއާއެކު މާއިޝް ހޭންފެށީ އިރު ހޭން އިން މީލާން ވަގުތުން ސީރިޔަސް ވިއެވެ. އަހަރެން އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ.ޝާޔާ ހީކުރިވަރަށް ވުރެއް މޮޅެވެއެވެ.”ތިނޫން ޑެޔާ އެއްދީ އޭނަ އަށް ތިކަމެއް ނުވާނެވެ”. މިލާން ބުންޏެވެ.”ނޯ ޝީ ނީޑުސް ޓުޑޫ!” ޝާޔާ އަމުރުކޮއްލިއެވެ.

އަރުމެން ނަށަން ތައްޔާރު ވުމާއެކު މާއިޝް ލަވަޖެހިއެވެ.މަޑުމަޑުން އަހަރެން މިލާންގެ ކޮނޑުމަތީ އަތްބާއްވާލީމެވެ. އަހަރެންގެ ހިތުގެ ތެޅުން އަވަސްވިއެވެ.އެއާއެކު އޭނާ އަހަރެންގެ އުނަގަނޑުގައި އަތް ބާއްވާލިއެވެ.އަހަންނަށް ހީވީ ކަރަންޓު ޝޮކެއްޖެހުނުހެންނެވެ.ލަވަވަޔާ އެއްވަރަށް ނަށަމުން ދިޔައިރު ޝާޔާމެން ތިބީ އަތްޖަހާށެވެ.އަހަރެން ބޭއިހުތިޔާރުގައި މިލާންގެ މޫނަށް ބަލައިލެވުނެވެ. އޭނާގެ މޫނުމަތިން ފެނަމުން ދިޔައީ މައުސޫމުކަމެވެ. ލޯބި ހިނިތުންވުމެކެވެ.އެހިނިތުވުމުގެ ފަހަތުގައި ވަނީ އުފާވެރިކަމެވެ.ހީވާގޮތުން މިލާން މިކަން ކުރަނީ ވަރަށް ގަޔާ ވެގެންނެވެ.ކުއްލިއަކަށް އޭނާ އަހަރެންގއ އުނަގަނޑުން އަތް ނެގިއެވެ.އެއައްފަހު އެއްފައި މައްޗަށް ތިރިވެ އޭނާ ޖީބުން ނެގީ ރިހި ކުލައިގެ އަނގޮޓި އެކެވެ. އަހަރެން ވަގުތުން މޫނުގައި އަތް އެޅުނީރު އެންމެން ތިބީ އާޝޯހުވެފައެވެ.ވާނީވެސް އެހެންތާއެވެ. މިކަމެއް އެތާކު ތިބި އެކަކަށް ވެސް އިނގިފައެއް ނެތެވެ. ”ވިލް ޔޫ މެރީމީ މައި ލަވްލީ ކުއީން” މިލާން ސުވާލުކޮއްލީ އަހަރެންގެ އަތުގައި އަނގޮޓި އަޅުވަމުންނެވެ.ހުރެވުންގޮތް  ރެއެކާލީ އަދިކިރިޔާއެވެ. ވަގުތުން ނޯއޭބުނެ އަހަރެން ދުވަފައި ކަހަލަ ގޮތަކަށް ވަނީ ފާހަނައަށެވެ.އެއާއކު ހިނިތުން ވެލައިގެން ހުރި މިލާން ވަގުތުން މޫޑުގޮސްފިއެވެ.ހިތުގައި ޖެހުނީ މާބޮޑަށެވެ. ”އޭ މީޝް ކޮންތާކަށް ތިދިޔައީ ”. ޝާޔާ އަހާލިއެވެ. ”މިލާން މަ އަތުގަ އަތްލީމަ، މި އޮތީ އަންގޮޓި މަނާޅާނަން އެނާދޭ އަކައްޗެއްވެސް” އަހަރެން ބުނީމެވެ. އެއާއެކު މިލާން ވަގުތުން އެތަނުން ދިޔައެވެ. އޭނާގެ ހިތުގައި ރިއްސާލީ އެހާބޮޑަށެވެ. މިލާންގެ ކުށަކީ ކޮބައިހެއްޔެވެ؟…..

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hudhuna

Level 1

Other Articles

Previous

ހިތް އެދޭ މަންޒިލަކީ… 33

Next

ވާތީ ހިތަކު ލޯބި މަންމަންވެފާ 37

Next
April 19, 2026

ވާތީ ހިތަކު ލޯބި މަންމަންވެފާ 37

Previews
April 19, 2026

ހިތް އެދޭ މަންޒިލަކީ… 33

2 Comments!

  1. Anonymous says:
    April 19, 2026 at 12:19 pm

    Maasha allah.
    Mi prt vs vrh reethi.
    When next sissy?
    Avas avahah genes dhiniyyaa rangalhu.

  2. Aakko says:
    April 23, 2026 at 1:33 pm

    Wowww waiting for next prt 😀👏🫶💯

Comments are closed.

Next Episodeއިތުބާރު ގެއްލުވާނުލާ 4←


All Right Reserved!