Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިތުބާރު ގެއްލުވާނުލާ 2

Hudhuna Level 1
March 23, 2026 4 Mins Read
5 Comments

މިލާން ވެސް އައިސް އަހަރެން ކައިރި އިށިންދުނީރު މާނޭވާލެވެ.”އަހަންނަށް އިނގޭ މީޝްއަށް އަތުނުވާނެކަން ވެސް، އެކަމަކު އެއްކަލަ ކުޑަ ކުޑަ މީޝާ ދުވާގޮތް މަށަށް ސިފަވަނީ” މިލާން ބުންޏެވެ.އެއީ ތެދެކެވެ.އޭރުވެސް އޭނާ އާވާދަކޮށް ދުވަމެވެ.އޭނާ އަށް ވުރެން ބާރަށް ދުވެވޭކަނެކަން އަންގާލުމަށެވެެ.ނަމަވެސް އަހަރެން ހިނިތުންވުމަކުން ފުއްދާލީމެވެ. އަހަންނަށް ނޭންގުނުކަމަކީ މި ހުރިހާ މަންޒަރުތަކެއް ފޮޓޯ ނެގެމުން ދިޔަކަމެވެ.ދުރުގައި ހުރެ ފޮޓޯ ނަގަމުންދިޔަ ޝާޔާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.ޝާޔާގެ މަގުސަދަކީ އަހަރެން ރުޅި އަރުވާލުމެވެ.ކަން ވެގެންދިޔައީ ވެސް އެހެންނެވެ. އެފޮޓޯތައް ފެނުމާއެކު އަހަރެން ގާތަށް އައީ ހަމަކަށު ރުޅިއެއް ނޫނެވެ.ވަގުތުން ޝާޔާ އަތުން ފޯނު އަތުލުމަށް ދުއްވައިގަތީމެވެ.                                                    ==================================================        މަޤުރިބް ނަމާދުގެ ބަންގީގެ އަޑައް 3 ކުދިންނަށް ހަމަބިމަށް އާދެވުނުކަހަލައެވެ.އޭރު އިރު އޮއްސުމުގެ ކުލަތަކުން މުޅި އުޑުމަތި ވަނީ ޖަރީކޮއްލާފައެވެ.ކުރެހުންތެރިއަކައްވެސް ނުކުުރެހޭހާ ފުރިހަމަ އިރުއޮއްސޭ މަންޒަރެކެވެ.އޭރު އަތިރީގައި ތިބި ކުދިންވެސް އެކުދިންގެ މަންޒިލަށް ދިއުމަށް ހިނގައިގަތެވެ.އަހަރެމެންގެ މިސްރާބު ހުރީ ގެއާދިމާލަށެވެ.މަންމަ އަށް މިކަން އިނގިއްޖެ ނަމަ ރުޅި އަންނާނެކަން ގައިމެވެ.މަންމަ އަހަރުމެންނަށް ހުއްދަ ދިނީ އަވަހަށް ގެއަށް އައުމަށް އިރުޝާދުދީފައެވެ. ނަސީބު ވެސް ރަނގަޅީތާއެވެ. ގެއަށް އައިރު މަންމައެއް ފެންނާކަނެތެވެ.ތެމިފައިހުރުމުގެ ސަބަބުން އަހަރެން ވަނީ ތާޒާވެލާށެވެ.ނަމާދު ކުރެވެންނެތުމާއެކު އަހަރެން އެނދުގައި އޮށޯވެލީމެވެ.އެވަގުތު އަހަރެންގެ ހިޔާލުތަކާ ކުޅެލީ މިލާންނެވެ.                                                  އަހަރެން މިހާވަރަށް މިލާންނަށް ނަފުރަތުކުރާއިރުވެސް އަހަރެންގެ ސިކުނޑިއަށް އޭނާ އަންނަންޖެހުނު ސަބަބެއް އަހަންނަކަށް ހިލާނޭންގުނެވެ.އޭނާގެ އަމަލުތަކުން ދައްކުވައިދެނީ އޭނާ އަހަންނާ ވާހަކަ ދައްކަން ބޭނުންވާ މިންވަރެވެ.ނަމަވެސް އަހަރެން ފާޅުގައި އޭނާ އަށް އިންކާރުކުރަމެވެ.ބަސްބުނަމެވެ. އަހަރެން ޝާޔާމެން ރަށު ސުކޫލުގައި ކިޔަވަން އުޅުނީރު މިލާން އަހަންނާއި ނުހަނު ގާތްވާނެވެ.އެކި އެކި ވާހަކަތައް ހިއްސާކުރާނެވެ.ނަމަވެސް މަގިނަދުވަހެއް ނުވަނިސް މިގުޅުމަށް ހީނަރުކަން އަންނަންފެށިއެވެ.އޭނާ އަހަރެންގާތު ރައްޓެހިވާން އެހި ދުވަހަކީ އަހަރެންގެ ހަޔާތުގައި އައި އެންމެ ފޫހި އެއްދުވަހެވެ.ވަގުތުން އިންކާރު ކުރީމެވެ.އަހަރެން އޭނާ އަށް އެއްވެސް ހާއްސަ ނަޒަރަކުން ނުދެކެމެވެ.ވީއިރު އޭނާއަށް އާބަސް ބުނާނީ ކޮންދުލަކުން ހެއްޔެވެ.ބަލައިލަން އެއްވެސް ހުތުރެއްނޫނެވެ.އަންހެންކުދިން ހިތް ދަމައިގަންނަ އެތަކެއް ސިފައެއް ލިބިފައިވެއެވެ.ނަމަވެސް ރީއްޗަށް ބަލައިގެން އެކަން ކުރަންވެއްޖިއްޔާ ލިބޭނި ހުސް ލަނޑެވެ. ހަގީގަތުގައި އަހަރެން އޭނާ އަށް އިންކާރު ކުރީ އޭނާ އުޅޭ ގޮތުންނޭ ބުންޏަސް ދޮގަކަށް ނުވާނެވެ.މައިންބަފައިންނަށް އިހުތިރާމެއްނުކުރާނެވެ.އެމީހުން ހިތުގައި ޖައްސާ ނުރޮއްވާ އެންމެ ދުވަހެއްވެސް ނުދާނެވެ.މިކަމާ ދެރަވެ އޭނާގެ ރައްޓެހިން ވެސް އޭނާ އަށް ނަސޭހަތް ދީހަދާނެވެ.ވީކަމެއް ހަރާމެވެ.އަހަރެން އޭރުވެސް ބުނަމުންދިޔައީ މިލާންނެއް ރަނގަޅެއް ނުވާނެކަމުގައެވެ.ތެދަށް ބުނަންޏާ މިއީ އަހަރެން އޭނާއަށްޓަކައި ނަފުރަތުގެހުޅު ކޮޅު ރޯވި ސަބަބެވެ.

ހިޔާލުތަކުން ނުކުމެވުނީ މީހަކު ދޮރުގައި ޓަކިޖަހާއަޑަށެވެ.ވަރުދެރަވެފައިވާ މީހެއްފަދައިން އަހަރެން އަވަސްވެގަތީ ދޮރުހުޅުވާށެވެ.ދޮރުކުރިމަތީގައި ހުރީ ޝާޔާއެވެ. ”ކޮބާ މީޝް ވަތްގޮތަށް ހަބަރެއް ނުވާތީ މިޔައީ ބަލައިލަންވެގެން އަނެއްކާ ކިހިނެތްވީ”. ޝާޔާ އަހާލިއެވެ.” ކުޑަކޮށް ހުންއައިސްގެން މިއުޅެނީ” އަހަރެން ބުނީމެވެ.ޝާޔާ އަހަންނަށް ބޭސްގުޅައެއް ދިނުމަށްފަހު އަރާމުކޮއްލުމައް ބުންޏެވެ.ދޮރު ތަޅުލުމަށްފަހު އަހަރެން އެނދުގައި އޮށޯވެލީ ނިދާލުމުގެ ނިއަތުގައެވެ.ނަމަވެސް މިލާންގެ ހިޔާލުތަށް އަހަންނަށް އުނދަގޫ ކުރަމުންދިޔައެވެ.ހަވީރަށްފަހު އަދި އޭނާއެއް ދައްކާއެއްނުލައެވެ. އަނެއްކާ އަހަންނަށް ކަމެއް ގޯސްކޮށް ކުރެވުނީ ބާއްވައެވެ.ނޫނެކެވެ. އެނެއްނުވާނެވެ.އަހަރެންކަމެއް ކޮއްގެން އޭނާ ދެރަވޭ ހެއްޔެވެ. އަހަރެން ދެކޭގޮތުގައި އޭނާގެ ހިތެއް އެއީ އޮންނަ އެއްޗެއް ނޫނެވެ.ކަމަކާ ދެރަވާނީވެސް ހިތެއް  އޮންނަންޏާ އެއްނޫނަހެއްޔެވެ.މިފަދަ ހިޔާލު ތަކުގައި އޮވެ ނިދުނީ ވަރަށް ލަހުންނެވެ.

ފަތިހުގެ ފިނިކަން ފޫދުއްވާލަމުން އިރުގެ ރަންދޯދިތައް ދުނިޔެއަށް މަރުހަބާ ކިޔަމުން ދިޔަވަގުތެވެ.ޖެހެމުންދިޔަ ފިނިފިނި ވައިރޯޅިން ކޮންމެ މީހެެއްގެ ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ.އަހަންނަށ ްހޭލެވުނީ މީހަކު ދޮރުގައިތަޅާއަނޑަށެވެ. މަޑުމަޑުން ލޯހުޅުވާުލީމެވެ.މިއޮއް ފަތިހާ ދޮރުގައި މިތަޅަނީ ކާކުހެއްޔެވެ.މުޅި ނިދި ހަރާބުވީއެވެ.ދޮރުގެ ތެޅުން މަޑުވާކަށް ނޫޅުނެވެ. ކުނި މޫނުހަދައިގެން ވެސް ދޮރު ހުޅުވަން ދިޔައީ އިތުރު ގޮތެއް ނެތުމުންނެވެ.ދޮރުމަތީގައި ހުރީ ޝާޔާއެވެ.ހިނިތުންވެލައިގެންނެވެ.އަހަރެން ސުވާލުގެ ނަޒަރުން ޝާޔާ އަށް ބަލައިލީމެވެ. ”މީޝް ވެސް އެބަ އޮވޭ ހަމަޖެހިލައިގެން ނިދާލަން، ގައިމު މަށަކަށް ނުނިދުނޭ ތިހާ ފަސޭހަކޮށެއް”. ޝާޔާ ޝަކުވާ ކޮއްލިއެވެ.”އެކީއްވެއޯ؟،ހުވަފެނެއް ފެނުނީތަ. އަހަރެން އަހާލީމެވެ.”ނޫނެކޭ، ދޮންބެގެ ފްރެންޑެއް އައިސި ދެންމެ،އޯއެމްޖީ ހީ އިޒް ސޯ ހޮޓް ވަރަށް ރީއްޗޭ އޭނަ އަދި އިނގޭތަ އޭނަ މަށަށް ބަލައިލާފަ އެއްލޯމަރައިލިއެވެ.”ޝާޔާ ހުރީ ނިކަން އުފަލުން ކަން ބަލައިލި ކޮންމެ މީހަކަށް ވެސް އިނގޭނެވެ.ޝާޔާގެ އަތުގައި ހިފައިންގޮސް އަހަރެން އޭނާ ބޭންދީ އެނދުގައެވެ.”ޝާޔާ ހަމަޖެހިލަބަލަ ފުރުތަމަ،މީހެެއް ފެންނައިރަށް ތިވަރުވާކަށްނުވާނެވެ.ނޭނގޭނުން މީހެއްގެ ފިރިއެއް ކަމެއްވެސް އެއީއެވެ.ހީގަންނަމުން އަހަރެން ބުނީމެވެ. އެއާއެކު ޝާޔާ އަހަރެންގެ ގައިގައި ވިކާލިއެވެ.ނަމަވެސް އޭނާގެ މަންމަ އޭނާ ބަލާ އައުމުން އޭނާދިޔައީއެވެ.

ތާޒާވެލައިގެން އަހަރެން ނުކުމެލީ ސިޓިންރޫމުފަޅިއަށެވެ.ޢެވަގުތު އެތާކު އެއްވެސް މީހެއްގެ ހިލަމެއްނެތެވެ.ނަމަވެސް ފަހަތުން މީހެެއްގެ ހިލަމެއްވުމުން ފަހަތް ބަލައިލީމެވެ.ނަމަވެސް އެތާކު އެއްވެސް މީހެއްް ފެންނާކަށް ނެތެވެ.އަހަރެންގެ ހިތަށް ބިރުވެރިކަންވަނެވެ.އަނެއްކާވެސް އެއަޑު އައީ އަހަރެންގެ ފަހަތުންނެވެ.އެކަކުވެސް ފެންނާކަށްނެތެވެ.ދާންވީ ފަހަތަށް ކަމެއް ނުވަތަ ކުރިއަށްކަމެއް އަހަންނަކަށް އެވަގުތު ނޭންގުނެވެ.ކުއްލި އަކަށް ސިއްސައިގެން ދިޔައީ މީހަކު އަހަރެންގެ އިސްތަށިގަނޑުގައި ފިރުމާލުމުންނެވެ.ބަލައިލި ވަގުތުފެނުނު މޫނުން އަނބުރައި ނުގަތީ ކިރިޔާއެވެ.އެއީ މިލާންނެވެ.އަހަރެން ކައިރިއަށް ރުޅިއައެވެ.މީހުން ރުޅި އަރުވަންވެސް އެހާ މޮޅީއެވެ.”މިލާން،ކަލޭ ދޯ، މީހުން ބިރުގެނުވިޔަސް ދެންތީ ބޮޑުވަރުދެންއެވެ.”އަހަރެންނަށް ވާހަކަދެއްކުނީވެސްް ނުހަނު ބާރަށެވެ.”މީޝް ހަމަޖެހިބަލަ،ރުޅި އަންނަވަރު ކަމެއް މަށެއް ނުކުރަން ޕުލަސް މިއަދު މަނުފެންނާތީ މިސްއެއް ވެސް ނުވޭހެއްޔެވެ.” މިލާން ސުވާލު ކޮއްލިއެވެ.އަހަންނަށް ލިބުނީ ހައިރާން ކަމެކެވެ.މިނާ މިކިޔަނީ ކީކޭހެއްޔެވެ.މީނަ މަތިން މިސްވިހޯލައެވެ.ރަނގަޅަށްް ވެސް މޮޔަވެފައެވެ.ނަމަވެސް އަހަންނަށް ނޭނގުނީ މިލާން އަހަންނަށް ހާއްސަ މަގާމެތް ދެވިފައިވާކަމެވެ.ނަމަވެސް އެކަން ގަބޫލު ކުރާކަށް ބޭނުމެއް ނޫނެވެ.

މެންދުރުގެ ހޫނުކަންފިލައި ހަވީރުގެ ތެތްފިނިކަން ފެތުރެމުންދިޔަވަގުތެވެ.ލޯގަނޑު ކުރިމަތީ ހުރެ ރީތިވަމުންދިޔައީ އާއިލާ އާއެކު ރަށުގެ އެންމެ މަޝްހޫރު ރެސްޓޯރެންޓަށް ދިއުމަށެވެ.އަހަރެން ލައިގެން ހުރީ ރަތް ކުލައިގެ ދިގު ހެދުމެކެވެ.ހާވާލެވިފައިވާ ފަންފަން އިސްތަށިގަނޑުން އިތުރަށް ރީތިކަމަށް ދައްކައެވެ.އަހަރެން ތައްޔާރު ވެގެން ނުކުތީރު އެންމެންވެސް ތިބީ ތައްޔާރުވެ ނިމިފައެވެ.އަހަރެން ޝާޔާގެ އަތުގައި ހިފައިގެން ނުކުމެލީ ގެއިން ބޭރަށެވެ.އެވަގުތު އަހަންނަށް ފެނިގެން ދިޔައީ މިލާން ގާތު ހުރި ޝާޔާގެ މަލިކާއެވެ.ޝާޔާ ބުނާ މީހަކީ މީތާއެވެ.ބަލައިލަން ހަޑިއެއްވެސް ނޫނެވެ.ނޫކުލައިގެ ޖިންސާއި ކަޅުގަމިސް އޭނާ އަށް ނުހަނު ގުޅެވެ.ނަމަވެސް އަހަރެން އެހާ ޝައުގުވެރިއެއް ނުވެވުނެވެ.ޝާޔާ އެހާ ގަޔާވާ ކުއްޖަކާ އަހަރެން ބަލައިވެސް ނުލާނަމެވެ.އަހަރުމެންނަށް އެތަނަށް ދެވުނީރު އިރުއޮއްސެން މާގިނައިރެއްނެތެވެ.އެތަން ފެންނަމުން ދިޔައީ ހަލަބޮލިކޮށެވެ.އެތަނަށް ވަދެވުމާއެކު އަހަންނަށް ބަލައިލެވުނީ ތަނުގެ ރީތިކަމަށެވެ.އަހަރެން ގޮވައިގެން ޝާޔާ ގޮސް އިށިންދުނީ މިލާންްމެންނަށް ކުރިމަތިލައިގެންނެވެ.މި ފިރިހެންކުއްޖަކާ ހެދި ޝާޔާ ހުރީ ހޭބަލިވެފައޭ ބުންޏަސް ދޮގަކައް ނުވާނެވެ.ތަނުގެ މަޝްހޫރުކަމާ އެއްވަރަށް ރަހަތައްވެސް އެހާމެ މީރެވެ.ކެއުމާގެން ކުރިއަށް ދިޔައިރު އަހަންނަށް ބޭހްތިޔާރުގައި މީލާން އަށް ބަލައިލެވެ.އެހެރަ ރީތިކަމެކެވެ.މަޑުމަޑުން އިނދެކަމުން ދިޔައިރު އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އުފާވެރިކަމެވެ. ”ޝާޔާ ދެން މަށަކަށް ނުކެވޭނެ، ކާހިތް ކެނޑިއްޖެވެ.” އަހަރެން ބުނީމެވެ. ޝާޔާ ގޮސް މަންމަމެން ގާތު އެވާހަކަ ބުނުމުން މަންމަމެން ހެނީއެވެ.އަހަރެން ކުޑަކޮއްލަދުގަތެވެ. ”އޭ މިލާން ނިމުނީދޯ، މީޝާ އަށް ނުކެވުނު އެތިކޮޅު ނިކަން ހުސްކޮއްލަބަލައެވެ”. އަނެއްކާ އަނެއްކާ އަނެއްހަކަންތަކެވެ.މަންމަ އެއް ކަމަކު މީބޮޑުވަރެވެ.މަންމަ އަށްވެސް ބުނަން އިނގެނީ އޭނާ ގާތު ހެއްޔެވެ.ހިތާހިތުން މިލާންނަށް ކުދިކިޔާލެވުނެވެ.މިކަމުގެ އެންމެދެރައީ މިލާން ވެސް އާބަސް ބުުނުމުންނެވެ.ޝާޔާގެ ތުންފަތުގައި ވަނީ މަކަރުވެރި ހިނިތުންވުމެކެވެ.ހިތާދެކޮޅަށް ވެސް މިލާން އަތަށް ތަށިދިނީމެވެ.ނަމަވެސް އޭނާ އެންމެން ހައިރާން ކޮއްލިއެވެ.އޭނާ ތެދުވެގެން ގޮސް އަހަރެން ކަމުންގެންދިޔަ އޫދޮވެލުމަށްފަހު އަނބުތާއެތަނަށް އައެވެ.އެހިސާބުން އަހަރެންގެ ރުޅިގަނޑުވީ އިތުރެވެ.

ކުނިމޫނުހަދައިގެން އިނަންނުކެރިގެން އަހަރެން ނުކުތީ ރެސްޓޯރެންޓުން ބޭރަށެވެ.ފަހަތުން ޝާޔާވެސް އައެވެ. ”އޭ މީޝް ކޮންތާކަށްތަ ދިދަނީއެވެ.” އޭނާ ސުވާލު ކޮއްލިއެވެ. ”މިދަނީ ގެޔަށް ދާން އެހެންޔާ މިލާންގޮވައިގެން އަންނަންވެއްޖެ ހަމައެވެ”. އަހަންނަށް ޖަވާބުދެވުނީ ތަންކޮޅަށް ބާރަށެވެ.ވަނީވެސް އެހެންތާއެވެ.މިލާން އަކާ ހުރެ އެދިޔައީ މިއަދުގެ މޫޑެވެ. ”ދޮންބެ ކީއްތަކުރީ އަޅެ ޝާޔާ ނަމަވެސް މީހަކު ކެއުލަކުންނެއް ނުކާނެކަން ކަށަވަރުއެވެ.” ޝާޔާ ބުންޏެވެ. ”ނޫން މީލާން ކާންޖެހޭނީ ހަމައެއުލުންއެވެ.” އަހަންނަށް އެހެން ބުނެވުނީ އިހުތިޔާރުން ބޭރުގައެވެ.ޝާޔާ ހޭންފެށުމާއެކު އަހަންނަށް ބުނެވުނު އެއްޗަކާމެެދު ވިސްލާނީމެވެ. ”އޭ ޝާޔާ ތީބޭކާރު ކަމެށް، މީޝް އެހުރީ މަހަކު އެއްފަހަރު ޖެހެއެނު ބައްޔެއް އެބަލިޖެހިފައެވެ.” މިލާން އެހެބުނުމުން ޝާޔާ ފެށީ ހޭށެވެ.އަހަރެން ވަރަށް ލަދުގަތެވެ.އެއީ ތެދެއްކަމުގައި ވިޔަސް މިލާން އެހެންބުނަންޖެހޭހެއްޔެވެ.ހަގީގަތުގައި އަހަރެން ލަދުގަތީ މިލާންގެ ގޮތް ނޭނގޭ މީހާހުރުމުންނެވެ. ” މީޝް އަޅިނުލާ، މިރަށުގަ މިދުވަސްކޮޅު ރެދަންލަޔޯ ހިންގައިބަލަ ބަލައިލަން ދާންއެވެ”. މިލާންނާ ދާދިގާތުގައި ހުރި މިލާންގެ ރަހްމަތްތެރިޔާ އަހާލިީ އަހަރެންގެ އަތުގައި ހިފާލަމުންނެވެ.އަހަރެންވަގުތުން ބޯޖަހާލީމެވެ.ނަމަވެސް އަހަންނަށް އެވަގުތު ފެނުނީ މިލާންގެ ނުރުހުންވެފައިވާ މޫނެވެ.އެމޫނުފެންނަ ކޮންމެ މީހަކުވެސް ބިރުގަންނާނެވެ.ނަމަވެސް އެއީ ކީއްވެބާއެވެ.އޭނަ ރުޅި އައީ އޭނާ އަހަރެންގެ އަތުގައި ހިފުމުން ހެއްޔެވެ. ނުވަތަ އޭނާ އަހަންނާ ވާހަކަ ދެއްކުމުންހެއްޔެވެ.ވިސްނާ ވިސްނާ ވެސް ބޮލަކަށް އެއްވެސް އެއްޗެއްނައެވެ.

”ނުނިމޭ’

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Hudhuna

Level 1

Other Articles

Previous

މެހެކް – ކިޔުންތެރިންގެ ސަމާލުކަމަށް

Next

ބަދަލް-6

Next
March 23, 2026

ބަދަލް-6

Previews
March 23, 2026

މެހެކް – ކިޔުންތެރިންގެ ސަމާލުކަމަށް

5 Comments!

  1. Aakoaai says:
    March 23, 2026 at 6:53 pm

    Masha Allah varah reethi keep it up bestuu u did great job I am proud of u I want epic 4🥹❤❤

  2. AAKKO says:
    March 23, 2026 at 7:05 pm

    Wowww varah reethi🥺 I’m waiting for the next part to come out😹🥺

  3. Sissy says:
    March 23, 2026 at 8:14 pm

    🥹❤️

  4. Shifa._🥀 says:
    March 23, 2026 at 9:54 pm

    Omg story vrh salhi midhaa goi. Uk i waited full ramadhan story naisgn finally its here i love the story 🥹🥀. Also some words ga mistake hurikan fahaga kuran but overall story genes dhyfa huri goi vrh kamudhey i think milaan still likers her dho cant wait for next!!!🙏🏼😫 whn next ep??

  5. Hishma says:
    March 23, 2026 at 9:58 pm

    I love ur story ❤️🥹 cant wait for nextt

Comments are closed.

Next Episodeއިތުބާރު ގެއްލުވާނުލާ 3←


All Right Reserved!