Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi Level 110 Stories
January 29, 2016 5 Mins Read
28 Comments

(ދެވަނަ ބައި)

ދަތުރެއް ކުރުމަށްފަހު ކޮންމެ އިންސާނަކުވެސް ބޭނުންވަނީ އަރާމު ކުރުމަށެވެ. ކިތަންމެ ކުޑަ ދަތުރެއް ކުރި ނަމަވެސް އަރާމު ނުކޮށް ފަރު ޖެއްސޭކަށް ނޯވެއެވެ. އެއީ އިންސާނީ ފިތުރަތެވެ. ނަމަވެސް ޙަޔާތޭ މިކިޔާ ދަތުރުގައި އަރާމު ކުރުމެއް ނޯވެއެވެ. ވަރުބަލި ފިލުވާލުމަށް ކުޑަ ބްރޭކެއް ނެގޭކަށްވެސް ނޯވެއެއެވެ. ސަބަބަކީ މިދަތުރު ނިމުމަށްފަހު ކުރަން ލިބޭނެ އަރާމަކީ އަބަދަށް ކުރަންޖެހޭނެ އަރާމެކެވެ. އެހެންކަމުން ބުއްދިވެރިންގެ ގޮތަކީ ކިތަންމެ ކުރު ދަތުރެއް ނަމަވެސް އެދަތުރުގެ އަގު ހުރި ވަގުތުތަށް އަރާމު ކުރުމުގައި ބޭކާރުކޮށްނުލުމެވެ.

މާނީއަކީ މިބުނި ފަދަ ބުއްދިވެރިއެކެވެ. ގިނަގިނައިން މިފަދަ ދަތުރުތައް އައުމުގެ ފުރުސަތު ނުލިބޭނެކަން އޭނާ ދަނެއެވެ. އެހެންކަމުން އޭނާ ބޭނުންވަނީ އެއަގުހުރި ވަގުތުތައްވެސް އޭނާ ހިތްހަމަ ޖެހޭފަދަ ކަންކަމުގައި ހޭދަ ކުރާށެވެ. އާއެކެވެ. ކޮންމެ އިންސާނަކަށްވެސް ލިބިގެންވަނީ އެންމެ ޙަޔާތެކެވެ. ދިރިއުޅުމަށް ލިބިފައިވަނީ އެންމެ ފުރުސަތެކެވެ. އެއީ މާނީގެ ޙަޔާތުގެ މޮޓޯއެވެ.

މާނީ ފެންވަރާ ލައިގެން ނުކުތް އިރު އައްސަދު އޮތީ އަރާމު ނިންޖަކުން ނިދާފައެވެ. މާނީގެ ތުންފަތްމައްޗަށް ހިނިތުންވުމެއްވެރިވީ އައްސަދު އޮތްލެއް މައުސޫމުކަން ފެނިފާކަމެއް، ނުވަތަ އޭނާގެ ތަދުބީރަށް ތަޤުދީރު ބޯލަނބަމުންދާތީ ކަމެއް ނޭނގެއެވެ. އުފަލުން ހުރެ ތައްޔާރުވެގެން ނުކުމެ އޭނާ ގޭތެރެއަށް ނަޒަރު ހިންގާލީ މާރިޔާ ފެނޭތޯއެވެ. އޭނާގެ މިއަދުގެ ޕްލޭނަކީ ހަވީރު ފިންޏަށް މާރިޔާއާއިއެކު ބޭރަށް ދިއުމެވެ. މާރިޔާ ހޯދަމުން ބަދިގެއަށް ވަދެވުނު އިރު، ހަވީރުގެ ސައި ތައްޔާރު ކުރުމުގައި ޒާހިރާ އަވަދިނެތި އުޅެމުން ދިޔައެވެ. ޒާހިރާގެ ފުށުން އެނގުނުގޮތުގައި މާރިޔާވީ އަޔޮޑިން ލޮނު ޕެކެޓެއް ގަންނަން މިތާ ކައިރި ފިހާރަޔަކަށް ގޮހެވެ.

އިސް ޖަހައިގެން ހުރެ މަޑު ހިނގުމެއްގައި ހިނގަމުން ދިޔަ މާރިޔާގެ މިސްރާބުހުރީ ގެއާއި ދިމާލަށެވެ. އޭނާގެ ކަނާތުގައި އޮތް ކޮތަޅުގައި އޭނާ ފިހާރައިން ގަތް އަޔޮޑިން ލޮނު ޕެކެޓު އޮތް އިރު ވާތުން އިރު އިރުކޮޅުން މޫނުމަތިން ހިއްލާފައިވާ ދާތަށް ފުހެލައެވެ. އެ ހާމައަށް އޮތް އަމާން މަގުމަތީގައި އަމާން ކަމާއެކު އޭނާއަށް ދެވުނީ ވަކި ހިސާބަކަށެވެ. ފަހަތުން އޭނާގެ އަތުގައި ހިފާ މީހަކު ދަމައިގަތެވެ. އެއާއެކު އޭނާގޮސް ލައްވާލީ އެމީހާގެ މޭމަތީގައެވެ. މާރިޔާ ސިއްސައިގެން ދިއުމާއި އަވަސްއަވަހަށް އެމީހަކާ ދުރަށް ދާން މަސައްކަތް ކުރުމާއި، އެއީ ކާކުތޯ ދެނެގަތުމަށް އެމީހެއްގެ މޫނަށް ބަލާލުން ދިޔައީ އެކުއެކީ ކަހަލަ ގޮތަކަށެވެ. އެވަގުތު އެމީހާގެ ބާރުގަދަ އަތުން މާރިޔާގެ އަތް މާރިޔާގެ ފުރަގަހަށް ގެންގޮސް އުޅަނބުށި ހުޅުން ލަންބާލުމާއެކު މާރިޔާއަށް އެމީހާއާއި އިތުރަށް ގާތްވުމަށް މަޖުބޫރުވިއެވެ.

“ތައުފީގު.” ތައުފީގު ގާތުން ސަލާމަތްވުމަށް ގަދަ ހަދަމުން ނުރުހުމުގެ ރާގެއްގައި މާރިޔާ ބުނެލިއެވެ. “ދޫކުރޭ މަގޭ އަތުން.” މާރިޔާގެ މޫނުމަތިން އިންތިހާ ދަރަޖައިގެ ނަފުރަތު ފާޅުވާން ހުރި ނަމަވެސް އެއްވެސް ވަރަކަށް ހައިރާންކަން ފާޅުވާކަށް ނެތެވެ. އެއީ އެކަމަކީ އަބަދުގެވެސް އާދައަކަށްވެފައި އޭނާއަށް އާ ކަމަކަށް ނުވާތީއެވެ.

“އަދިވެސް ހަމަ ތި ގަދަ ދައްކަނީ މަށަށް އާ ބަސް ނުބުނަންތަ؟” ތައުފީގުގެ މޫނުމަތީގައިވަނީ ހިނިތުންވުމެކެވެ. އޭނާއަކީވެސް ވަކި ގޮތް ދޫކުރާނެ މީހެއް ނޫނެވެ. މާރިޔާ ތަސައްރަފު ފުދި ފުރާ ފުރިހަމަ ވީއްސުރެ އޭނާ އެދަނީ މާރިޔާއަށް ފާރަލަމުންނެވެ. މުގޯލި އަޅާ ބިސްމަޅި ދުއްވާ ވަރުބަލި ވުމުންވެސް މާރިޔާގެ ފުށުން އެދެވޭ އިޝާރާތެއް ނުވުމުން އެންމެފަހުން ކެތް ނުވެގެން އިންނަން އެހީއެވެ. އެބަސްމަތީ މާރިޔާ އެކަމަށް އިންކާރު ކުރުމުންވެސް ހަތިޔާރު ބަހައްޓާކަށް އޭނާގެ ހިތެއް ނުރުހުނެވެ. އެ ސީދާ އިންކާރަށް އެއްމަސް ވެގެން ދިޔައިރުވެސް އޭނާ އެހުރީ ހަމަ އޭނާގެ ގޮތުގައެވެ. މާރިޔާގެ ރުހުން ލިބޭތޯ މަސައްކަތް ކުރުމުގައެވެ.

ތައުފީގުގެ ކޮނޑުގައިހިފާ ފުރަހަގަށް އަނބުރާލުމާއެކު ކަންކަށި މައްޗަށް ހޫނު ހަމަލާއެއް އެދިނީ ތައުފީގުގެ ފުރަގަހުން ލެފުނު މާނީއެވެ. އެއާއެކު އޭނާގެ ފުށުން މާރިޔާ ސަލާމަތްވިއެވެ. މާނީގެ ދެބުމަ ގޮށްޖެހި، ތުންފިތި މޫނުމަތިން ރުޅިވެރިކަންފާޅުވާން ހުއްޓެވެ. ތައުފީގުގެ ކަޅުކަން ގަދަ ހަންގަނޑުންވެސް ރަތްކަން ފާޅުވާން ހުރީ އެރި ހަމަލާގެ ހޫނު ކަމުންނެވެ.

“އިތުރު އަނިޔާއެއް ވުމުގެ ކުރިން މިތަނުން ފެއްސެން އުޅޭ.” މާނީގެ އަޑުގައިވަނީ އަމުރުވެރިކަމެވެ. އުފަންވެ އުޅެބޮޑުވި ރަށުގައި އުމުރުން 25 އަހަރު ވޭތުދިޔައިރު ދުވަހަކުވެސް ދިމާވެފައިނުވާ ކަމެއް މިއަދު ދިމާވުމުން ކަންކަށީގައި އަތްއެޅި ގޮތަށް ތައުފީގު ހުރީ ބަސްހުއްޓިފައެވެ. މަޑު ފިޔަވަޅުތަކެއްގައި އެހުރި ގޮތަށްހުރެ އެތަނުން ދަމުންވެސް ރަށުން އަލަށް ފެނުނު އެސޫރައަށް ތައުފީގު ފިސާރި ރަނގަޅަށްބެލިއެވެ. ދަންނަ މީހަކުހެން ހީވުމުން ޔަޤީން ކުރަން ބަލާ ފަދަ ގޮތަކަށެވެ. އަދި މާނީގެ ފުށުން އެފެނުނު، އެހެން އަންހެން ކުދިންނާ ތަފާތު، ޖެހިލުންކުޑަ ކަމާއި ކެރުމުގެ ސަބަބުން ތައުފީގު މާނީއާއި ގަޔާވިވެސްމެއެވެ.

“އަޅެ، އޭނަ ގައިގަ ނުޖެހިޔަސް އޭނަ ދޫކުރީހޭ. އޭ އަބަދުގެވެސް އާދައޭ. ދެން ނޭނގެ އޭނަ ކަންތައްކުރާނެ ގޮތެއްވެސް.” މާރިޔާގެ އަޑުގައިވަނީ ކަންބޮޑުވުމެވެ.

“އަޅާނުލާ. ނުކެރޭނެ އެއްކަމެއްވެސް ކުރާކަށް. އެކަހަލަ ކިތަންމެ މީހަކާ ކުރިމަތި ލާފައޭ މިހުރީ.” މާނީގެ ހިތުގައި އެއްވެސް ކަހަލަ ޖެހިލުންވުމެއްނުވެއެވެ. ފިރިހެނުން ކޮންޓްރޯލުގެ ދަށަށް ގެންނަން އޭނާ ފިސާރި ރަނގަޅަށް ދަނެއެވެ. “އަވަލާފަ ހުރި މޮޔަ ގެރިއެއް ދޯ އެއީ.” މާނީ މިހެން ބުނުމާއެކު ދެމީހުންނަށް ހީގަނެވުނީ އެކުއެކީގައެވެ.

މާރިޔާ، ތައުފީގާއި ގަޔާ ނުވަނީ އޭނާ ގަޔާވާ ކަހަލަ ސިފައެއް ތައުފީގުގެ ކިބައިގާ ނެތީމައެވެ. އޭނާ ބޭނުންވަނީ އޭނާ ނުކިޔަވާ ހުރި ތާނގާ، ކިޔަވައިގެން ހުރި ރަނގަޅު އަޚުލާގެއްގެވެރިއެކެވެ. ތައުފީގުހެން ރަށުގައި ހަތާނެތި އުޅޭ ވައި ކުޅަނދުރެއްހެން ތެޅިބާލާ މީހެއްނޫނެވެ. އޭގެބަދަލުގައި މާރިޔާ ގޮވައިގެން ރަނގަޅު ދިރިއުޅުމެއް ވޭތު ކުރެވޭނެވަރުގެ ހަރުދަނާ  މީހެކެވެ. މާރިޔާގެ ހިތުގެ އެދުން މާނީއަށް ކިޔާދިންއިރު މާނީއަށް ހުރެވުނީ މާރިޔާގެ މޫނަށް ބަލާށެވެ. އޭނާ އެރަށަށް އައުމުގެ މައިގަނޑު މަގުސަދު ހާސިލް ކުރަން ރަށު ތެރޭގައި އަތްފުނާ އަޅަން ނުޖެހުނީތީ މާނީ އެކަމާ އުފާކުރިއެވެ. މާރިޔާއަކީ އެފަދަ ކުއްޖެއް ކަމަށް މާނީ ހިތާ ހިތުން ނިންމިއެވެ.

ފިކުރަކީ ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ލައްވާފައިވާ އެއްޗެކެވެ. އިންސާނާގެ އުމުރުގެ ކޮންމެ ހިސާބެއްގައިވެސް ކޮންމެވެސް ކަމަކާއި ފިކުރު ނުކޮށް ނުދާނެކަން އެއީ ކަށަވަރުވާ ކަމެކެވެ. މަދަރުސީ ހަޔާތުގައި ކިޔެވުމާމެދު ފިކުރު ކުރެވެއެވެ. ޒަވާޖީ ޙަޔާތެއް ފެށުމުން އަނބި މީހާއާއި އެކު ތާހިރު ދިރިއުޅުމެއް ވޭތު ކުރާނެ ގޮތަކާމެދު ފިކުރު ކުރެވެއެވެ. ދަރިން ލިބުމަށްފަހު އެކުދިންގެ މުސްތަޤުބަލާމެދު ފިކުރު ކުރެވެއެވެ. އެކުދިން ތަރުބިއްޔަތު ކުރާނެ ރަނގަޅުގޮތްތަކަކާމެދު ފިކުރު ކުރެވެއެވެ. އެކުދިން ބޮޑެތި ވުމަށްފަހުވެސް މި ފިކުރުތަކަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެހެންކަމުން ފިކުރަކީ އިންސާނާ އުފަންވީއްސުރެ ނިމި ދިއުމާ ހަމައަށް އަބަދުވެސް އެކީގައިވާ އެއްޗެކެވެ.

އައްސަދުގެ ފިކުރުތަކުގައި މިރޭ ރަނިކަން ކުރަމުންދަނީ މާރިޔާއެވެ. މާރިޔާގެ އަތުގައި ހިފުނު ހިނދު އޭނާއަށް ކުރުވި އިހުސާސް ބަޔާންކޮށްދޭން ނޭނގުނަސް ހިތަކުން ފިލައިގެނެއް ނުދާނެއެވެ. އެއީ މީގެކުރިން ދުވަހަކުވެސް އޭނާއަށް ވީފަދަ އިހުސާސެއް ނޫނެވެ. މާނީއާއި ފުރަތަމަ ބައްދަލުވި ދުވަހުވެސް، އަދި އާ ކައިވެނީގެރޭވެސް އެފަދަ އިހުސާސެއް އޭނާއަށް ކުރެވިފައެއް ނުވެއެވެ. އެކަމާއި ފިކުރު ކުރަން މަޖުބޫރުވެފައިވަނީ އެހެންވެއެވެ.

އައްސަދުގެ ހިތްބުނަމުން ދިޔައެވެ. މާރިޔާއަކީ ރީތި ކުއްޖެކެވެ. އަލިހަންގަނޑެއްގެ ވެރި ލޫޅާފަތި ހަށިގަނޑެކެވެ. ރޫފައާއި އެއްވަރަށް ހެދިހުރި ހެޔޮވަރުގެ އިސްކޮޅެކެވެ. ކުރަނގި ލޮލަށް ނުވި ނަމަވެސް ރީތި ދެލޮލެވެ. ހިތްގައިމު އޮމާން އިސްތަށިގަނޑެކެވެ. ބަލާ ފޫހި ނުވާނެފަދަ ސާދާ ހިނގުމެކެވެ. އާއެކެވެ. އެންމެ ފެނިލުމަކުންވެސް ފިރިހެނެއްގެ ހިތް ކަތިލާވަރުގެ އެތައް ރީތި ސިފަތަކެއް ގުދުރަތުން މާރިޔާއަށް ދެއްވާފައި އެބަހުއްޓެވެ. ނަމަވެސް އެހުރިހާ ރީތި ކަމަކާއެކުވެސް މާރިޔާގެ މަޑުމޮޅި ސާދާ މިޒާޖުގައި އެއްވެސް ކަހަލަ ބޮޑާ ކަމަކާއި ކިބުރުވެރިކަމެއް ހިމެނިފައެއްނުވެއެވެ. މާރިޔާއާއި އައްސަދު އެންމެ ގަޔާވާ ސަބަބަކަށްވެފައިވަނީ އެސަބަބެވެ. މާރިޔާ މަތިން ހަނދުމަކުރަމުން އައްސަދު ލޯ މަރާލިއެވެ. އެވަގުތު ސިފަވެގެން ދިޔައީ މާރިޔާގެ އެ ހިތްގައިމު ހިނިތުންވުމެވެ. އެއާއެކު ކުއްލިއަކަށް އައްސަދަށް ލޯ ހުޅުވާ ލެވުނެވެ. އަދި ގާތުގައި ނިދާފައި އޮތް މާނީއަށް ބަލާލެވުނެވެ. އަނެއްކާވެސް ފިކުރު ހިންގާލެވުނެވެ. ކުރެވެމުންދަނީ ރަނގަޅު ކަމެއްތޯ ހިތާ ސުވާލުކޮށްލެވުނެވެ. އަތްންބެއް ހުރެމެ ހިލޭ އަންހެނަކާމެދު ފިކުރު ކުރުމަކީ ރަނގަޅު ގޮތެއް ކަމަކަށް އޭނާގެ ސިކުނޑި އެއްބަހެއް ނުވިއެވެ. މާނީދެކެ އޭނާ އިންތިހާއަށް ލޯބިވާއިރު ދެވަނަ މީހަކަށް އެމަޤާމު ނުވަތަ އެއާއި އެއްފަދަ މަޤާމެއް އެހިތުން ނުދެވޭނެ ކަމަށް ސިކުނޑި ނިންމިއެވެ. ނަމަވެސް ދެވަނަ ސުކުންތުގައި ހިތް އަނެއްކާވެސް ސުވާލުކޮށްލިއެވެ. އެހެންކަމަށްވާނަމަ މާރިޔާއާއި ދޭތެރޭ ފިކުރު ކުރެވެންވީ ކީއްވެ ހެއްޔެވެ. މާރިޔާއާއި ގަޔާ ވާންވީ ކޮން ސަބަބަކާއިހުރެ ހެއްޔެވެ. އަނެއްކާ މާނީ ދެކެ ވެވިފައި މިވަނީ ހަޤީޤީ ލޯބި ބާވައެވެ.

ހިތާއި ސިކުނޑީގެ އަރާރުންވުމުގެ ތެރޭގައި އައްސަދު އުދާސް ކުރުވައިފިއެވެ. އެތާ އެހެން އޮތުން އޭނާއަށް ދަތި ކަމަކަށްވިއެވެ. ސިނގިރޭޓެއް ބޯލާ ހިތްހަމަ ޖައްސާލުމުގެ ނިޔަތުގައި ބޭރަށް ޖެހިލުމަށް އައްސަދު ތެދުވެ ދޮރު ހުޅުވާލިއިރު ސިޓިންގރޫމު ސޯފާގައި ހުސޭނު ނިދާފައި އޮތެވެ. ހުސޭނު ހޭލަފާނެތީ ވަގަކު އުޅޭހާ މަޑުން އައްސަދު ގެއިން ބޭރަށް ނުކުތެވެ.

ދަންވަރުގެ ފިނި ވައިރޯޅި އައިސް ގައިގާ ބައްދާލުމާއެކު އައްސަދު ދެއަތް ދެއަތާ ކާއްތާލިއެވެ. އަވަސް އަވަހަށް ޖީބުން ސިނގިރޭޓު ފޮށި ނެގުމަށްފަހު އެއިން ސިނގިރޭޓެއް ނަގާ ތުނބުގާ ޖައްސާލާ ލައިޓަރުން ރޯކޮށްލަން ތައްޔާރުވުމާއެކު އެއްލިކަޅިއަކުން ކައިރީގައި ހުރި ޖޯލިފަތީގައި، ޖޯއްޔަށް ދެފައިއަރުވައިގެން ނިދާފައި އޮތް މާރިޔާ ފެނުމާއެކު ސިނގިރޭޓު ރޯކުރަން އުޅުންކަންވެސް އައްސަދު ހަނދާންނެތުނެވެ. ސިނގިރޭޓުގެ އެހީއަކާއިނުލާވެސް އެތެރެ ހައްޓަށް ހޫނުކަން އިހުސާސްވެ އަރާމު ގެނުވައިފިއެވެ. މަޑުހިނގުމެއްގައި ޖޯލިފައްޗާއި ކައިރިއަށް އައްސަދު ދިޔައެވެ. އެއަނދިރިކަމުގެ ތެރެއިންވެސް މާރިޔާގެ މޫނުގައިވާ މައުސޫމުކަން ރީތިކޮށް ފެންނަން ހުއްޓެވެ. މާރިޔާގެ މަގަތުން ހުރި ޖޯލީގައި އައްސަދުގޮސް އިށީނެވެ. އައްސަދުގެ ނަޒަރު ހުއްޓިފައިވަނީ ސީދާ މާރިޔާގެ މޫނަށެވެ. މާރިޔާގެ މޫނަށް ވެއްޓިފައިއޮތް އިސްތަށިކޮޅު އައްސަދަށް އެއް ފަރާތް ކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ. ކައްޓެއްޖެހިހެން ސިއްސައިގެން ގޮސް މާރިޔާއަށް ތެދުވެވުނީ ކޮޅަށެވެ. ކުރެވުނުކަންތައް އައްސަދަށް ރޭކާލީ ދެނެވެ.

“ސޮރީ.” ޖެހިލުންވެ ހުރެ އައްސަދު ވާހަކަ ދެއްކިއެވެ. “މިގަޑީ މިތާ ނިދާފަ އޮތީމަ އަހަރެން..”

“އިޓްސް އޯކޭ.” އައްސަދުގެ ވާހަކަ މެދުކަނޑާލަމުން މާރިޔާ ވާހަކަ ދެއްކީ މަޑުމޮޅި ރާގުގައެވެ. މާރިޔާގެ އޮމާން އަޑު ޖެހުމާއެކުވެސް އައްސަދުގެ ހިތަށް ފިނިވެގެން ދިޔައެވެ. “ނިދި ނައިސްގެން އައިސް މިތާ ޖައްސާލިތަނުން ނިދުނީ. ގޮވާލަދިނީތީ ޝުކުރިއްޔާ.” ލަދުވެތިކަމާއެކު އެހެން ބުނެފައި މާރިޔާ ގެއަށްވަނެވެ. ޖޯލީގައި އިށީނުމަށްފަހު ކުރެވުނު ކަންތަކާމެދު ވިސްނާލެވުމުން އައްސަދު ގާތަށް ހިނިއައެވެ.

ބައެއް ކަހަލަ ހާލަތްތައް ކުރިމަތިވުމުން އެކަނިވެލުމަށް ނުވަތަ އެހެން މީހުންނާ ވަކިން އެކަހެރި ވެލުމަށް ކޮންމެ މީހަކުވެސް ބޭނުންވެއެވެ. ބައެއް މީހުން އެކަހެރިވެލަން ބޭނުންވަނީ ހިތާމައެއް ކުރިމަތިވާ ހިނދު އެކަން އެހެން މީހުންނަށް ނުދައްކާ ފޮރުވިގަތުމަށެވެ. އަނެއްބައި މީހުން އެކަހެރިވެލަން ބޭނުންވަނީ ދިރިއުޅުމުގައި އުފުލަން ޖެހިފައިވާ ބުރަތައް ހިނދުކޮޅަކަށް ނަމަވެސް އެއްކިބާކޮށްލުމަށްފަހު ހިތްގައިމު މާހައުލަކުން ހިތަށާއި ސިކުނޑިއަށް ހިތްހަމަޖެހުން ލިއްބައިދިނުމަށެވެ. ނަމަވެސް ކުރެވޭ ސުންޕާ ޢަމަލެއްގެ ސަބަބުން މީހުންނަށް އެކަން ފަޅާއަރާ ފަޟީހަތްވުމުން ބަރީޢަވުމަށް އެކަހެރިވެ އެފަދަ ޢަމަލުތައް ކުރާ މީހުންވެސް މަދެއް ނޫނެވެ.

އެރަށަށް ދިޔަފަހުން މާނީވެސް އުޅެމުން އަންނަނީ އެކަހެރިކޮށެވެ. އޭނާ ދާ ތަންތަނަށް އައްސަދު ގެންދަން އޭނާ ބޭނުމެއްނުވެއެވެ. އެހެންކަމުން އޭނާ ގެއިން ނުކުންނަނީ އައްސަދަށް ފިލައިގެންނެވެ. ދިރިއުޅުމުގައި ދިމާވަމުން އަންނަ ގޮން ޖެހުންތައް އޭނާގެ ހިތާ ސިކުނޑިއަށް އުނދަގޫ ކުރަނީ ކަމަށްވެސް ވެދާނެއެވެ. ނުވަތަ އޭނާ އެހެން މީހުންނާއި ސިއްރުން ކުރަން ބޭނުންވާ އިތުރު ކަންތައްތަކެއް ހުރީ ކަމަށްވެސް ވެދާނެއެވެ. މާނީގެ ހިތުގައި އޮތް އެއްޗެއް ދެނެވޮޑިގެންވާނީ ހަމަ އެފަރާތެވެ.

ރަށުގެ މީހުން ދިރިއުޅޭ ފަރާތް ނޫން އަނެއް ފަރާތުގެ ހޭޅިފަށުގައި މާނީ ހިނގަމުންދިޔައީ އެކަނިމާ އެކަންޏެވެ. ދުނިޔޭގެ ފިކުރެއް ހިޔާލެއް ނެތް މީހަކު ފަދައިން އޭނާ ހިނގަމުންދިޔައެވެ. މީހަކު އޭނާއަށް ފާރަލާހެން ހީވެގެން އޭނާ ފަހަތް ބަލާލިއެވެ. ނަމަވެސް ދުރުހިސާބަކުންވެސް މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން ހީވި ގޮތެއް ކަމަށް ނިންމާ އަނެއްކާވެސް ހިނގައިތެވެ. އިރުކޮޅެއް ފަހުން ގަސްތަކު ތެރޭގައި މީހަކު އުޅޭހެން އޭނާއަށް ހީވިއެވެ. ގަސްތަކާ ކުޑަކޮށް ގާތްވެލާފައި ހޯދާލިތަނާ ކުއްލިއަކަށް އޭނާ ގަސްތަކު ތެރެއަށް ދަމައިގަތެވެ. އެތެރޭގައި ހުރި ބިޔަ މިދިލި ގަހެއްގައި މާނީގެ ބުރަކަށި ޖެއްސުމަށްފަހު އެމީހެއްގެ ދެއަތް ގަހުގައި ވިއްދާލަމުން އެމީހާ މާނީއާއި ގާތްވެލިއެވެ.

“ކަލޭތަ؟” ރުޅިވެރިގޮތް ދައްކަމުން ދަތްކުނޑި ވިކާލާފައި މާނީ ބުނެލިއެވެ. (ނުނިމޭ)

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Level 110 Stories

Other Articles

Previous

ދޭނަން ހިތާ ޖާނާ…! 6ވަނަ ބައި

Next

މިވަނީ ލޯތްބޭ…. 2

Next
January 29, 2016

މިވަނީ ލޯތްބޭ…. 2

Previews
January 28, 2016

ދޭނަން ހިތާ ޖާނާ…! 6ވަނަ ބައި

28 Comments!

  1. Elena says:
    January 29, 2016 at 3:26 pm

    I don’t usually comment.. But mi story ge ibaaraai kurun reethi kamun hama thaadhi gaathu bunelan beynunvee.. 🙂 Asluves varah reethi ibaaraai kurun.. Maasha Allah 🙂
    Keep it up thaadhi :*
    Waiting for the next part 😉
    Good luck 🙂

    1. thaadhi says:
      January 29, 2016 at 5:14 pm

      Thank you a lot
      I really appreciate it ?

  2. Zaanaa says:
    January 29, 2016 at 3:34 pm

    V reethi next part khon erakun

    1. thaadhi says:
      January 29, 2016 at 5:15 pm

      Maaka Gina dhuvaheh nuvaane in sha Allah
      Thank you ?

  3. misty says:
    January 29, 2016 at 3:39 pm

    Whn nxt prt?

    1. thaadhi says:
      January 29, 2016 at 5:15 pm

      Varah avahah in sha allah

  4. Hassn says:
    January 29, 2016 at 3:55 pm

    Salhi

    1. thaadhi says:
      January 29, 2016 at 5:16 pm

      Thank you ?

  5. Thaathu says:
    January 29, 2016 at 3:56 pm

    Asluvess vaahaka varah reethi

    1. thaadhi says:
      January 29, 2016 at 5:16 pm

      Thank you ?

  6. wershe says:
    January 29, 2016 at 4:02 pm

    anneh bai kon irakun … warah rythi ingey

    1. thaadhi says:
      January 29, 2016 at 5:17 pm

      Varah avahah in sha Allah
      Thank you ?

  7. Aimsithu says:
    January 29, 2016 at 4:07 pm

    Asluves varah fakka ingye story kuriyah dhaa goii… aneh baii up vaany kon irakun. .. good luck writer ah

    1. thaadhi says:
      January 29, 2016 at 5:18 pm

      Varah avahah in sha Allah
      Thank you ?

  8. shaphy says:
    January 29, 2016 at 4:28 pm

    Varah reethi mi part vs..

    1. thaadhi says:
      January 29, 2016 at 5:18 pm

      Thank you ?

  9. Shaw says:
    January 29, 2016 at 5:33 pm

    Vrh salhi… Anehbaii kian beynunvany hama… Avahah upload khdhehchey… ?

    1. thaadhi says:
      January 29, 2016 at 8:43 pm

      Yes in sha Allah
      Thank you ?

  10. Uraf says:
    January 29, 2016 at 6:58 pm

    Reethi ??

    1. thaadhi says:
      January 29, 2016 at 8:43 pm

      Thank you ?

  11. Anonymous says:
    January 29, 2016 at 9:53 pm

    V reethi

    1. thaadhi says:
      January 30, 2016 at 1:43 am

      Thank you ?

  12. lam says:
    January 29, 2016 at 10:15 pm

    Nice story. l love it

    1. thaadhi says:
      January 30, 2016 at 1:43 am

      Thank you ?

  13. Axoo says:
    January 30, 2016 at 12:46 am

    Vaahaka v reethi. Ekamaku bunan ulhey ehcheh bunumuge kurin haasaru maadhigee.

    1. thaadhi says:
      January 30, 2016 at 1:44 am

      Thank you ?

  14. raheema says:
    February 15, 2016 at 7:40 pm

    gud job bro…
    v reethi ??

  15. Rozy says:
    October 16, 2016 at 12:04 am

    Vahaka asluves vara nice Thaadhi you are very creative boy i wish you all the success love your stories
    good job

Comments are closed.


All Right Reserved!