Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ލޯބިން އެކީގަ ވާނަމޭ.. (10)

lai Level 110 Stories100 Comments
January 27, 2016 9 Mins Read
34 Comments

6 އަހަރު ފަސް………….

އެ ދުވަހަށްފަހު ދުވަސްތައް އަރައިގެން ދިޔައީ ހީވެސް ނުކުރާހާ އަވަހަށެވެ. ދުވަސްތައް މަސްތަކަކަށް، މަސްތައް އަހަރުތަކަކަށް ބަދަލުގެވެގެން ދިޔައިރު އެންމެންގެ ދިރިއުޅުމަށްވެސް ވަނީ ބޮޑެތި ބަދަލުތަކެއް އައިއްސައެވެ. މި ވީ ހަ އަހަރުގެ ތެރޭގައި އާސިޔާގެ ނުބައި ރޭވުން ވަނީ ފަޅާއަރާފައެވެ. ހުރިހާ ކަމެއް ބޭޒާރު ވުމުން އާސިޔާ ފިލީއެވެ. އަދިވެސް އައިލީން ފުރަތަމަ ފަހަރަށް މަންމާ އޭ ކިޔާ ދުވެފައި އައި ގޮތަށް އޭނާ ގައިގަ ބައްދާލި މަންޒަރު އެ ލޯ ކުރިމަތިން ނަޖުމާއަށް ސިފަވާ ކަހަލައެވެ.

އެ އެންމެން މާލެ ބަދަލުވީ ނީޝަމް އަށް އިތުރަށް ކިޔަވައިދިނުމަށެވެ. މިފްޒާލް އާ ނީމް އަދި އައިލީން އާ ރަޔާންގެ ކައިވެނިވެސް ވަނީ ވަރަށް ކުލަގަދަ ގޮތެއްގައި ކުރެވިފައެވެ. މިފްޒާލް އާއި ނީމް ގެ 5 އަހަރުގެ އަންހެން ކުއްޖެއް ހުރި އިރު އައިލީން އާ ރަޔާން އަށް ވަނީ ފިރިހެން ކުއްޖެއް ލިބިފައެވެ. އާޔަން އަށް ދެއަހަރު ފުރިފާ ވީއިރު ހުންނަލެއް ލޯބިކަމުން އެންމެންގެ ހިތްތައް ވެސް ލޯބިން ފުރިގެން ދާހާވެއެވެ. އައިރީން އާ އައިލީން އެކުގައި ސަކަރާތް ޖަހާ ހީ ހަދާ މަންޒަރު ބަލަން ނަޖުމާ އާއި ހަސަނާ ތިބި އިރު އެ ދެމީހުންގެ ތުންފަތްމަތީގައި ވަނީ އުފާވެރިކަމުގެ ހިނިތުންވުމެކެވެ.

” ރީން .. ދެން ރީން ކޮންއިރަކުންތަ މީހަކާ އިންނާނީ .. ؟ ” އައިލީން އެ ސުވާލު ކޮއްލުމުން އައިރީން އަނގަޔަށް ފާޑެއްގެ ވައްތަރެއް ޖައްސާލިއެވެ. ކިތަންމެ ހަނދާން ކުރަން ބޭނުން ނުވިޔަސް އަނެއްކާވެސް އިޒްޔަން ގެ ހަނދާންތައް އާވެގެން ދިޔައެވެ. ” ނޫޅެން މީހަކާ އިންނާކަށް..  ” މޫނަށް ފޫހި ވައްތަރެއް ޖައްސާލަމުން އައިރީން އެހެން ބުނެލުމުން އައިލީން ގެ ގާތަށް ކުޑަކޮށް ހިނިއައެވެ. ” ދެން ރީން އުމުރު ދުވަހު ތި ގޮތަށް މީހަކާ ނީނދެ ތަ ހުންނާނީ ” އައިލީން އެ މައުޟޫއަށް އިތުރަށް ވާހަކަ ދައްކަން ފެށުމުން އައިރީން އަވަސް އަވަހަށް ވާހަކަ ބަދަލު ކޮއްލީ އޭނާ އިތުރަށް އެ މައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީއެވެ. ” ކޮބާތަ ޔާން ލޯބިގަނޑު ؟ .. މި ގޭގަ އުޅޭ އަނގަ ދައިތަ ކޮބާ؟ .. ނިދާފަތަ؟ ” ” ހެހެ .. ރެން ދިޔައީ ޔާއްކޮ ގޮވައިގެން މިދަނީ މާލެ ވަށާ ބުރެއް ޖަހާލަންށޭ ކިޔާފަ .. ހޫމް އާޝް އެބައޮތް ނިދާފަ .. އެހެން ނޫނީ މިހާ އަޑުމަޑު ކޮށް މިގޭތެރެ އޮންނާނެހެން ރީން އަށް ހީވޭތަ؟ ” އައިލީން އެހެން ބުނެލުމުން އައިރީން ހަމައެކަނި ހިނތުން ވުމަކުން ފުއްދާލީއެވެ. އެކި ވާހަކައިގަ ތިއްބާ ގެއަށް ވަދެގެން އައި ނީޝަމް ފެނުމުން ކުއްލިއަކަށް އެއްޗެއް ހަނދާން ވާ ފަދަ ގޮތަކަށް ފުންމައިގެން އިން ތަނުން ރެދުވަމުން އައިރީން އައިލީން ކައިރީގައި ވަރަށް އަވަހަށް އެބަ އަންނަމޭ ބުނެފައި ދުވެފައި ގޮސް ގޭތެރެއަށް ވަނެވެ. އޭރު ސޯފާގައި ހަމަޖެހިލައިގެން ފޯނާ ކުޅެން އިން ނީޝަމް އިސްއުފުލާ ބަލާލީ މީހަކު އައިސް ކައިރިއަށް ހުއްޓުނުހެން ހީވުމުނެވެ. ” ނިޝް މަންމަ ދެކުނިންތަ؟ ” ” ހޫމް ބައިވަރު ފަހަރު ދެކުނިން .. އެއް ގެއެއްގަ ވިއްޔަ އުޅެނީ .. ” ނީޝަމް ގެ މި ޖަވާބުން އައިރީން ވަޓްއެވަރ އޭ ބުނެލުމަށްފަހު ނީޝަމް ގެ ކައިރީގައި އިށީނދެލުމުން ފޯނަށް ނަޒަރު ހުއްޓާލައިގެން އިން ނީޝަމް ހައިރާންވެފައި އައިރީން އާއި ދިމާއަށް ބަލައިލިއެވެ. ” ނިޝް .. މިރޭ ބޭރަށް ދާން .. މަންމަ ކައިރިން ހުއްދަ ހޯދަދީބަ.. މާ ގިނައިން ބޭރަށް ދާތީ މަންމަ ހުއްދަ ނުދީފާނެ .. ޕްލީޒް .. ހިނގާލަން ދާންށޭ ..”  އައިރީންގެ ވާހަކަ ނިމުމުންވެސް ނީޝަމް އެއިން ގޮތަށް އެއްވެސް އެއްޗެކޭ ނުބުނެ ބަލަހައްޓައިގެން އިންނަން ފެށުމުން އައިރީން އަވަސް އަވަހަށް ދާނީ ނީޝަމް ވެސް ގޮވައިގެން ކަމުގައި ބުނެލިއެވެ. އައިރީން ހަމަ އެހެން ބުނުމާއިއެކު ފުޅާ ހިނިތުން ވުމަކާއި އެކު އޯކޭ އޭ ބުނެލުމަށް ފަހު ފޯނު ސޯފާ މައްޗަށް އެއްލާލުމަށްފަހު ނީޝަމް ބަދިގެއާއި ދިމާއަށް ދުއްވައިގަތެވެ.

އެވަގުތު ގޭތެރެއަށް ވަދެގެން އައި ރަޔާން އުރާލައިގެން ހުރި އާޔަން ފެނުމުން އައިރީން ދުވެފަ ކަހަލަ ގޮތަކަށް ގޮސް އާޔަން އުރާލިއެވެ. ” ޔާއްކޮ ކޮންތާކަށް ގޮސްލާފަ ތިއައީ؟ ..ވަރަށް މަޖާތަ؟ ” އައިރީން އާޔަން ގެ ކޮލަށް ދޮނެއް ދިނުމަށްފަހު ސުވާލު ކޮއްލުމުން އާޔަން ގެ ތުއްތު އަޑުން ވާހަކަ ދައްކަން ފެށިއެވެ. ” ދިޔައީ ބައްޕި އާއި އެއްކޮށް ދުއްވާލަން .. ވަލަށް މަދާ ” އާޔަން ލޯބިކޮށް ކޮށް ހީލަމުން ބުނެލިގޮތުން އައިރީން ކައިރިއަށް ހިނިއައެވެ. އާޔަން އާއި ވާހަކަ ދައްކަމުން އައިރީން ގޮސް ސޯފައިގާ ޖައްސާލިތަނާ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށުމުން ފޯނު ނަގާ ބަލާލުމާއިއެކު ސްކްރީނަށް އަރާފަ އިން ނަން ފެނުމުން ހިނިތުން ވެލަމުން ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. އެކޮޅުން ދެއްކި ވާހަކަތައް އަޑު އަހަން އައިރީން އިނީ ހިނިގަނޑު ހިފަހައްޓާލައިގެންނެވެ. ބަދިގެއިން ނިކުމެގެން އައި ނީޝަމް އަށް މި މަންޒަރު ފެނުމުން ދެލޯ ބޮޑު ކޮއްލަމުން އައިސް އައިރީން ގެ އަތުން ފޯނު ޖަހައިގަތެވެ. ” ދޮންތާ .. ހާދަ ގޯހޭ ދެން .. ކީއްކުރަންތަ ނެގީ؟ .. ނިޝް އަށް ގޮވާލިނަމަ .. ރުޅި ދެން ދުވަހަކުވެސް ދޮންތަ އަކާ ވާހަކައެއް ނުދައްކާނަން”އައިރީން ހޭން ފެށީ ރުޅި މޫނު ހަދާލަމުން ނީޝަމް އެހެން ބުނެލަމުން ކޮޓަރިތެރެއަށް ވަދެ ދޮރު ލައްޕާލުމުންނެވެ. ބަދިގެއިން ނިކުމެގެން އައި ނަޖުމާ އަށް އައިރީން ހޭތަން ފެނި ބޯ ހޫރުވާލިއެވެ. ” މިހާރު ކީއް ކޮއްގެން ތި އުޅެނީ .. އެމަންޖެ ރުޅި އަރުވާލީ ދޯ .. ” އެވަގުތު އައިރީން ގެ އުނގުން ފުންމާލައިގެން އައިސް ނަޖުމާގެ ފައިގާ އާޔަން އޮޅުލައިގަތުމުން ނަޖުމާ އާޔަން ނަގާ އުރާލިއެވެ. ” ރީންއަށް އިނގޭތަ” ” ނޭނގެ .. ބުނީމަ އެންނު އިނގޭނީ ” ކޮޓަރިން ނިކުތް މިފްޒާލް ބުނެލި އެއްޗަށް އައިރީން ދިން ޖަވާބުން ސިޓިން ރޫމަށް އައި އައިލީން އާއި ނީމް އަށް ހީގަނެވުނެވެ.  ހުނުމުގެ އަޑަށް އައިރީން އެ ދިމާއަށް ބަލައިލަމުން ވަޓް އޭ ބުނެލިއެވެ. ” ސާބަސް ރީން .. އިނގޭތަ .. އެއްކަލަ އައިލީޝް އެބަ އުޅޭ މާލެ އައިސް ގެން ”  މިފްޒާލް ބުނެލި އެއްޗަކުން އައިރީން އުފާވެރި ހިނިތުން ވުމަކާއިއެކު ސީރިއަސް ކޮއްހޭ އަހާލިއެވެ. ” ހޫމް ދެންމެ ގުޅާފަ ބުނީ ” ” ހަހް .. އަދި އޭނަވެސް ދޮންބެ އަށް ދޯ ގުޅީ ..ރީން އަށް ނުގުޅީ ކީއްވެތަ؟.. ވަރަށް ފޫހިވޭ ” އައިރީން މޫނަށް ފޫހި ވައްތަރެއް ޖައްސާލުމުން  މިފްޒާލް ޕިސް ތަޅާލަމުން ޖެލަސް ގާލް އޭ ބުނެލިއެވެ. އަދި އައިލީޝް އަސްލު އެއީ މިފްޒާލް ގެ ރައްޓެއްސެއް  ކަމުގައި ބުނެލިއެވެ.މިފްޒާލް އެހެން ބުނެލުމުން އައިރީން ސޯފާ މަތީގައި އޮތް ކުޝަން މިފްޒާލް އާއި ދިމާއަށް އެއްލުމަށް ފަހު ގޮސް ކޮޓަރިތެރެއަށް ވަދެ ދޮރު ތަޅުލިއެވެ.

ފުން ނޭވައެއް ދޫކޮށްލަމުން މަޑު ހިނގުމެއްގައި އައިރީން ގޮސް ކޮޓަރީގެ ކުޑަދޮރުތަށް ހުޅުވާލިއެވެ. އެވަގުތު ފިނި ފިނި ވައިރޯޅި އެއް  އައިރީން ގެ މޫނުގައި ބީހިގެން ދިޔައެވެ. ފާރުގައި ލެނގިލަމުން އައިރީން ދެލޯ މަރާލިއެވެ. އެވަގުތު ސިފަވި ސޫރައިން ކުއްލިއަކަށް ދެލޯ ހުޅުވާލިއެވެ. ފުން ނޭވައެއް ދޫކޮއްލަމުން އަތުގައި އަޅާފައި އޮތް ރިހި ކެވެލި ކޮޅުގައި ފިރުމާލިއެވެ. އެވަގުތު އިޙްތިޔާރަކާ ނުލާ އައިރީން ގެ ލޮލުން ވެއްޓުނު ކަރުނައިގެ ރޮނގެއް އެ ކޯތާފަތް މަތީގައި ދެމިގެން ދިޔައެވެ. އެތަށް ހާސް ތަރިތަކެއް ވީ އުޑަށް ނަޒަރު ހުއްޓާލުމުން އައިރީން ގެ ހިތުގައި އެތަށް ހާސް ޝަކުވާއެއް ބޮނޑިވެގެން ދިޔައެވެ. އިޒްޔަން އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ކަނޑާލީ ކީއްވެގެން ހެއްޔެވެ؟ . މިހާރު އިޒްޔަން ކޮބައި ބާވައެވެ. އެ ސޫރަ ދެކިލާހިތުން އެ ހިތް ތެޅި ފޮޅެނީއެވެ. އެ އޯގާތެރި ބަސްތަށް އަޑު އަހާލާ ހިތްވަނީއެވެ. އެދުވަހަށް ފަހު 6 އަހަރު ފާއިތުވެގެން ދިޔައިރުވެސް އިޒްޔަން ގެ އެއްވެސް ހަބަރެއް އައިރީން އަކަށް ވެފައެއް ނެތެވެ. އިޒްޔަން ގެ މަންމަ ހާލިދާ ބުނިގޮތުންނަމަ އިޒްޔަން އެ ހަފްތާތެރޭގައި ރަށުން ފުރައިގެން އައީ މާލެ އަށްށެވެ. އެންމެ ފަހަރު ނަމަވެސް އިޒްޔަން ފެންނާނެ ނަމައޭ އައިރީން ގެ ހިތަށް އަރަމުން ދިޔައެވެ. ތަރިތަށް ވިދަމުން ދިޔަ އުޑަށް ނަޒަރު ހުއްޓާލައިގެން ހުރި އައިރީން ގެ މޫނުމަތީގައި ވަނީ ބަޔާން ނުކޮއްދެވޭފަދަ އަސަރު ތަކެކެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު އައިރީން އޭނާ ގެންގުޅޭ ގިޓާ ނަގާ މަޑު މަޑު ރާގަކަށް ލަވަ ކިޔަން ފެށިއެވެ.

އޯގާވީ ހިތަކުން އެދުނީމޭ އުފަލުން..

ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭހެން..

އެ ހަނދާން އަދު އާވީމާ.. މި ދެލޯ ވެސް ފުރެނީއޭ…

އަބަދާއި އަބަދު ވީމޭ.. ތިޔަ ލޯބި ލިބޭތޯ ދެން..

ހިތުގެ ހާލަކީ މީއޭ.. އިސްނަގާ ބުނާނީހޭ ..

އިސްނަގާ ބުނާނީ ހޭ . މި ގޮތުގައި އުޅޭނީހޭ..

* * * * *

ލޯބީގައި އެންމެން ހުވަފެންތައް ދެކެޔޭ..

ނޭނގޭހޭ އެކަމުން އުފަލާއި ދިރުން ލިބެޔޭ..

އޭގެ ނަސީބެއް ލިބިފައި ނެތުމުން ނާއުންމީދު ވެޔޭ.

ދޫވިޔޭ ހިތާއި ޖާނާ.. އޭގެ ޒާތުގައި ..

ނެތް އުފާތަކެއް އެދިގެން އިންތިޒާރުގައި..

* * * * *

ނުމެދާށޭ ނުމެދާށޭ ފަސްދީފާ އަދު ދެން..

ތިޔަހެން ހަމަ ދާތީ ދެރަވެއްޖޭ އަދު އަހަރެން…

ހާދަ އަސަރުތައް މިހިތަށް މިއަދު ކުރާތީ ދެން ބުނަމޭ..

ކާކުހޭ ބަލައިލާނީ ދެން މަށަށް މިތާ..

ހާދަހާ އެކަނި ވެރިއޭ ހާލަކީ މިއޭ..

* * * *

އޯގާވީ ހިތަކުން އެދުނީމޭ އުފަލުން ..

ފޮރުވީމޭ ހިތުގައި ވީ ލޯބި ނުފޮހެވޭހެން..

އަދު ލޯބި ވެވިއްޖޭ ދެން ދުރުގައި ހަމަ ހުރެވޭހޭ..

ބުނެދޭނެ ގޮތެއް ނޭނގޭ.. އަދު ވާން މަޖުބޫރީ ދެން..

ލޯބިވެސް ވެވިއްޖޭ ދެން.. ހިތް އެކީ ދެވިއްޖޭ..

ހިތްއެކީ ދެވިއްޖޭ ދެން.. ލޯބިވެސް ވެވިއްޖޭ ދެން

* * * * * * *

ލޯ މަރައިލައިގެން އިނދެ ލަވަ ކިޔާ ނިންމާލި އައިރީން ސިހިފައި ލޯ ހުޅުވާލީ ދޮރުގައި މީހަކު ޓަކި ޖަހާލުމުންނެވެ. ދޮރާ ދިމާއަށް ބަލައިލި އިރު އައިރީން އާއި ދިމާއަށް ބަލަހައްޓައިގެން ހުރި ނީމް ފެނުމުން އަވަސް އަވަހަށް ކަރުނަތަށް ފުހެލުމަށް ހަމަޖެހިލަމުން ހިނިތުން ވެލިއެވެ.

ނީމް ކޮޓަރި ދޮރު ލައްޕާލަމުން އައިސ އިށީނީ އެނދުގައެވެ. އަދި އިސްދަށަށް ޖަހައިލައިގެން އިނގިލި ތަކާއި ކުޅެން އިން އައިރީން އާއި ވާހަކަ ދައްކަން ފެންޓިއެވެ . ” ރީން .. ތީ ބޭކާރު ކަމެއް .. އަހަންނަށް އިނގޭ ރީން އިޒް ދެކެ ވަރަށް ލޯބިވާކަން .. އެކަމަކު ރީން އަށް އެކަން އިހްސާސް ވީ އިރު އޮތީ މަ ލަސްވެފަ.. ކިހިނެތް އިނގެނީ އިޒްވެސް ރީން ތި ވިސްނާހެން ވިސްނާނެ ކަމެއް .. މޫން އޮން ރީން ” ހަމްދަރުދީގެ ނަޒަރަކުން ބަލާލަމުން ނީމް ދެއްކި ވާހަކަ ތަކަށް އައިރީން އެކައްޗެކޭވެސް ނުބުނެ އިނީ ދުރު ބަލަހައްޓައިގެންނެވެ. އައިރީން އެއްޗެއް ނުބުނުމުން ފުން ނޭވައެއް ދޫ ކޮށްލުމަށް ފަހު އޭނާ އައި ބޭނުން ހާމަ ކޮއްލިއެވެ.” ރީން ދެން ރެޑީ ވާންވީނު އެ އޮއް މިހާރު ހަތްގަޑި ބައި ވީ .. ތީ އަދި އެހާ ސްލޯ މީހެއް .. މިހާރު ތައްޔާރުވާން ފަށައިފިއްޔާ ރެޑީ ވެވޭނީ 9 ގަ ކަންނޭނގެ ” ދިމާ ކުރާ ކަހަލަ ރާގަކަށް ނީމް އެހެން ބުނެލުމުން އައިރީން އަށް ވެސް ހެވުނެވެ. ކުޑަ އިރުކޮޅެއް ކުރިން ނީމް ދެއްކި ވާހަކަތަށް ވެސް ހަނދާން ނެތުނު ފަދައެވެ. ” ނީމް އޯ ވަކި ތީ ވާހަކަ ދައްކަން ރަނގަޅު މީހެއްތަ؟ ..މިރޭ ބަލާނަމޭ ކާކު ތޯ ލަހީ ކާކު ތޯ އަވަހީ .. ” ” ޗެލެންޖެއްތަ؟ .. އެހެންވީރު ޗެލެންޖް އެކްސެޕްޓެޑް” ” ހަހް .. ވަޓްއެވަރ .. އިނގެ އެއްނު މޮޅުވާނީ ދެން ރީން ކަން ..” އަނގަޔަށް ވައްތަރެއް  ޖައްސާލަމުން އައިރީން އެހެން ބުނެލުމުން ނީމް އެ ކޮޓަރިން ނިކުމގެން ދިޔައީ އިނގިދާނެތާ އޭ ކިޔާފައެވެ. ނީމް ހަމަ ކޮޓަރިން ނިކުމެގެން ދިޔުމާއިއެކު އައިރީން ފުންމައިގެން ތެދުވީ ނީމް އަށް ވުރެ ކުރިން ފެންވަރައިގެން ތައްޔާރު ވެވޭތޯއެވެ.

_____________

” ކޮބާ .. ރެޑީ ވެވިއްޖެތަ ރީން ” ގަޑިން އަށްގަޑި ބައި ވުމާއިއެކު އަވަހަށް ދާން ވެގެން އައިރީން ގެ ކޮޓަރި ދޮރު ހުޅުވާލި ނީމް އަހާލިއެވެ. އޭރު މޫނުގައި ފުއްޖަހަން ހުރި އައިރީން އަށް ދޮރު މަތީގައި ހުރި ނީމް އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ތަން ފެނުމުން އިނގިލި ދިއްކޮއްލީ އެއްވެސް އެއްޗެކޭ ބުނެގެން ނުވާނޭ ބުނާ ފަދައަކުންނެވެ. އައިރީން ގެ މި ހަރަކާތުން ނީމް ގާތަށް ހިނިއައި ނަމަވެސް ހިނިގަނޑު އޮއްބާލީއެވެ. އެހެން ނަމަވެސް ވާހަކަ ނުދައްކާ ހުންނާކަށް ނީމް ބޭނުމެއް ނުވިއެވެ. ” ކޮބާ ކިހާވަރެއް ވި … ” ނީމް އެހެން ބުނެލުމުން އައިރީން ތުން އަނބުރާލަމުން ތުންފަތުގައި ލިޕްގްލޯސް ހާކާލިއެވެ. ”  ހަމަ ނީމް އާއި ހެދި ލަސްވީ .. ދެން ހެވެއްނު .. ޔޫ ވޮން ..ކޮބާ ނީޝް އާ ލީން؟ އެދެމީހުން ރެޑީތަ؟ ” ” ހެހެ އެ އަޅުވާލީ މިހާރު އެކަންވެސް އަހަރެންގެ ބޮލުގަ ..ހޫމް .. އެދެމީހުންވެސް ރެޑީ .. ހަމައެކަނި ރީން ރެޑީ ނޫނީ .. ” ” ސާބަސް ދެން މި ނިމުނިއްޔޭ .. ހިނގާ ދާން ..” އެންމެ ފަހު ފަހަރަށް ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން އަޅާފައި ހުރި މަޑު ރަތް ކުލައިގެ ޝޯލް ރީތި ކޮއްލަމުން އައިރީން ބުނެލިއެވެ. ” ހޫމް ހޫމް ރީއްޗޭ ރީއްޗޭ .. އަސްލުވެސް ރީން ވަރަށް ރީތި ކަޅު ޖުއްބާ ލީމަ ” ނީމް އައިރީން އަށް ތައުރީފު ކޮއްލިއެވެ. ” ނީމް ވެސް ލާންވީނު މިކަހަލަ ހެދުން .. ނީމް ވެސް ނުލާހިކު ރީތި ވާނެ މިކަހަލަ ހެދުން ލީމަ .. ” ކޮޓަރިން ނިކުންނަމުން އައިރީން އެހެން ބުނެލުމުން ނީމް ވަގުތުން ނުލާނަމޭ ބުނެލިއެވެ. އޭރު އާޝާ އާއި އާޔަން ކުޅެން ތިއްބެވެ. ނީޝަމް އާއި އައިލީން ތިބީ ކޮންމެވެސް ވާހަކައެއް ދައްކާށެވެ. އައިރީން ދާން ހިނގާށޭ ބުނުމުން އާޝާ ދުވެފައި އައި ގޮތަށް އައިސް ނީމް ގެ އަތުގައި ހިފާލިއެވެ. އައިލީން ވެސް އާޔަން އުރާލަމުން ތިން މީހުން އެކީގައި ނިކުމެގެން ދިޔައީ ނަޖުމާ ކައިރީގައި ލަސްނުވެ އަންނާނަން ކަމަށް ބުނެފައެވެ.

_________

ރާޅުގަނޑު ސަރަހައްދުގައި  ދެކުދިންނާއިއެކު ތިން މީހުން ހިނގާފަ ދިޔައިރު ދިޔައީ އެކި ވާހަކަ ދައްކަމުން ހެމުންނެވެ. ” އިނގޭތަ ރީން އަށް .. ލީން އާ ފުރަތަމަ އަހަންނާ ދިމާވީ މިތަނުން .. ހެހެހެ .. އަހަރެން ހީކުރީ ރީން ކަމަށް .. ލީން ހިތަށް އެރި ދޯ ނުވެސް ދަންނަ މީހަކު މަތިން ބައިންޖެހިގެން އައިސް ވާހަކަ ދެއްކީއޭ ” ވާހަކައިގެ ތެރެއިން ނީމް ދައްކަން ފެށި ވާހަކަ އަކުން އައިރީން އަށާއި އައިލީން އަށް އެއްފަހަރާ ކަހަލަ ގޮތަކަށް ހީލެވުނެވެ.

____________

އިށީނދެލައިގެން މޫދާ ދިމާއަށް ނަޒަރު ހުއްޓާލައިގެން އިން އިޒްޔަން ގެ ދެލޮލުގައި މަޑު ރިހުމެއް ވިއެވެ. އައިރީން ގެ މަތިން ހަނދާން ނައްތާލަން އޭނާ ކުރާ ކޮންމެ މަސައްކަތެއްވެސް ދަނީ ފެނުފުލުންނެވެ. އެންމެ ފަހަރަކުވެސް އައިރީން ގެ މަތިން ހަނދާން ނުވާ ދުވަހެއް ނުދެއެވެ. ލޯ މަރާލާއިރަށް ފެންނަނީ އެ ސޫރައެވެ. އެހެން އިނދެފައި އެއްލި ކަޅި އަކުން އިޒްޔަން އަށް ފެނުނު ސޫރައަކުން އެ ހިތް އަވަސް ވެގެން ދިޔައެވެ. ކުޑަ ކުއްޖަކު އުރައިލައިގެން ހުރެ ހީ ސަކަރާތް ޖަހަމުން ދިޔަ އައިރީން ގެ އެ ހިނތުންވުން ފެނުމުން އިޒްޔަން ގެ ތުނަފަތުގައިވެސް ހިނިތުންވުމެއް ދުވެލިއެވެ. އެތަށް އަހަރެއް ފަހުން އެ ސޫރަ ފެނުމުން އެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބިގެން ދިޔައެވެ.ނަމަވެސް ދެވަނަ ސިކުންތުގައި  ހިތަށް އެރި އެއްޗަކުން އެ ހިނިތުން ވުންވެސް ފަނޑުވެގެން ގޮސް މާޔޫސްކަމުގެ ކުލަވަރުތަށް އެ މޫނުމަތިން ފެނިގެން ދިޔައެވެ. މިހާރު އައިރީން އުޅޭނީ މީހަކާ އިނދެގެންނޭ އިޒްޔަން ގެ ހިތަށް އަރަމުން ދިޔައެވެ. އަދި އައިރީން ގެ އަތުގައި އިން ކުޑަކުއްޖާވެސް ވާނީ އައިރީން ގެ ދަރިފުޅު ކަމުގައި ހިތް ބުނެލިއެވެ . އެވަގުތު އެ ހިތުގައި ވަރަށް ގަދަޔަށް ރިއްސާލިއެވެ. އިރުކޮޅެއް ނުވަނީސް އައިރީން ކައިރިއަށް އައިސް ހުއްޓުނު އަނަހެން ކުއްޖާ ފެނުމުން އިޒްޔަން ސިހިގެން ދިޔައެވެ. އިޒްޔަން އަށް އެ ދިމާއަށް ބަލަހައްޓައިގެން  އިނދެވުނީ ހައިރާންވެފައެވެ. ބޭ އިޙްތިޔާރުގައި ކޮޅަށް ތެދުވެގެން އެ ދިމާއަށް ދާން އިޒްޔަންއަށް ހިނގައިގަނެވުނެވެ.

އާޔަން އާ އާޝާ އާއި ސަކަރާތް ޖަހަން ހުރި އައިރީން އެބުރި ބަލައިލީ ދާދި ކައިރިން މީހަކު އޭނައަށް ގޮވާލި އަޑު އިވުމުންނެވެ. އެވަގުތު ކައިރީގައި ހުރި އައިލީންވެސް އެނބުރި ބަލައިލިއެވެ.އައިރީން ހުއްޓުން އަރާފަ ހުރެވުނީ ކުރިމަތީގައި ހުރި އިޒްޔަން ފެނުމުންނެވެ. ކަޅު ޓީޝާޓަކާއި ނޫ ކުލައިގެ ޖިންސެއްލައިގެން ހުރި އިރު  ކުރިއަށް ވުރެ އިޒްޔަން ހިއްކެވެ. މޫނުމަތީގައިވެސް އެއްވެސް ކަހަލަ ދިރުމެއް ނުވެއެވެ. އިޒްޔަން އަށް ބަލަހައްޓައިގެން އެހެން ހުރި އިރު ލޮލަށް ކަރުނަ ޖަމާވި އިރުވެސް އައިރީން އަކަށް ނޭނގުނެވެ. ހަމަހޭވެރިކަންވެގެން ދިޔައީ އައިލީން އައިރީން އައި ދިމާއަށް ބަލައިލުމަށްފަހު ރަޔާން އަށް ގުޅާލާފަ އެބަ އަންނަމޭ ބުނުމުންނެވެ. އައިރީން ބޯ ޖަހާލުމުން އައިލީން ތަންކޮޅެއް ދުރަށް ދިޔަތަން ބަލަން ހުރި އިޒްޔަން އަނެއްކާވެސް އައިރީން އާއި ދިމާއަށް ބަލައިލިއެވެ. ” ހައި ” އިޒްޔަން ހިނިތުން ވެލަމުން އެހެން ބުނެލުމުން އައިރީން ވެސް ހައި އޭ ބުނެލިއެވެ. ދެމީހުންވެސް ތިބި ގޮތުން ހީވަނީ ދެ ބީރައްޓެހިން ހެންނެވެ. ” އެއީ ކާކު ؟ ” ހިތުގައި އުފެދެމުން އައި ސުވާލު ކޮއްލުމުން އައިރީން އިސްއުފުލާ އިޒްޔަން އާއި ދިމާއަށް ބަލާލިއެވެ. އިޒްޔަން އެ އިޝާރާތް ކުރީ އައިލީން އަށް ކަން އިނގުމުން އެއީ އޭނާގެ އެއްމާބަނޑު ދައްތަ އައިލީން ކަމުގައި އައިރީން ބުނެލިއެވެ. ދެން ހޭދަވެގެން ދިޔަ މަދު ސިކުންތު ކޮޅުގައި ދެމީހުންވެސް ތިބީ ހިމޭންވެފައެވެ. ނަމަވެސް އެ ހިމޭންކަން ކަނޑުވާލީ އިޒްޔަން އަނެއްކާވެސް އައިރީން އާއި ސުވާލެއް ކޮއްލުމުނެވެ. ” ރީން މީހަކާ އިނީތަ މިހާރު؟ .. މީ ދަރިފުޅުދޯ ؟ ” އިޒްޔަން ގެ މި ސުވާލުގެ ޖަވާބު ދިނުމުގެ ބަދަލުގައި އައިރީން ވެސް ކޮއްލީ ސުވާލެކެވެ. ” އިޒް މެރީ ކުރީތަ؟ ” . ކުޑަކޮށް ފަސްޖެހުނެއް ކަމަކު އެ ސުވާލުގެ ޖަވާބު އިޒްޔަން ދިނެވެ . ” އަހަރެން އަދި މީހަކާ ނީންނަން .. އަދިވެސް ރީން އަހަރެން ކުރި ސުވާލުގެ ޖަވާބެއް ނުދެމެއްނު ” ވަރަށް ހަމަޖެހޭކަން ދައްކަމުން އިޒްޔަން އެހެން ބުނެލުމުން އައިރީން ހަމަ އެކަނި ބުނެލި އެއްޗަކީ ނޫނެކޭ އެވެ. އިޒްޔަން ހައިރާން ވީ އައިރީން އަދިވެސް މީހަކާއި ނީންނަކަން އިނގުމުނެވެ.ނަމަވެސް އުފާވެސް ވިއެވެ. ” އެއީ ކީއްވެ ؟” އިޒްޔަން ހަމަ އެހެން އަހާލުމާއިއެކު އައިރީން އިސްއުފުލާލަމުން އިޒްޔަން އާއި ހަތަރު ކަޅި ހަމަކޮއްލިއެވެ. އޭރު އައިރީން ގެ ދެލޮލުގައި ވިދަމުން ދިޔަ ކަރުނަތަށް ފެނުމުން އިޒްޔަން ގެ ހިތް ތެޅިލިއެވެ. އައިރީން ގެ ލޮލުގައިވި ކަރުނަ ފެނުމުން ހިތްވެސް ހީވީ ފަޅި ސިކުންތުކޮޅަކަށް ހުއްޓުނު ހެންނެވެ.  ދެން އައިރީން ބުނެލި އެއްޗަކުން އިޒްޔަންއަށް އިސްޖަހާލަން މަޖުބޫރުވެގެން ދިޔައެވެ. ” ރީން އަށް ވެސް އެހިދާނެ ހަމަ ތިހެން .. އިޒްވެސް މީހަކާ ނީނދެ ތިހިރީ ކީއްވެ؟ ” . އައިރީން ގެ މިސުވާލަށް ދޭނެ ޖަވާބެއް އިޒްޔަން އަކަށް ނުވިސްނުނެވެ. އިރު ކޮޅަކު އެހެން ހުރުމަށް ފަހު އިޒްޔަން ދާން ހިނގައިގަތެވެ. އައިރީން އާއި ދިމާއަށް ބަލައިލުމެއްވެސް ނެތިއެވެ. އިޒްޔަން ދިޔަ ދިމާއަށް ބަލަހައްޓައިގެން ހުރި އައިރީން ސިހުނީ އައިރީން ގެ އަތުގައި ހިފަހައްޓާލައިގެން ހުރި އާޔަން އެ އަތަށް ދަމާލަމުން ދާން ހިނގާށޭ ބުނެލުމުންނެވެ. ކަރުނަތަށް ފުހެލަމުން ލޯބިން ފުރިގެންވާ ބެލުމަކުން އައިރީން އާޔަން އާއި ދިމާއަށް ބަލައިލުމަށްފަހު ހިނތުންވެލިއެވެ. އަދި އާޔަން އުރާލަމުން ތަންކޮޅެއް ދުރުގައި ތިބި ނީމް މެންނާއި ދިމާއަށް ހިނގައިގަތެވެ. ފަސްއެނބުރި ބަލައިލުމެއްނެތި ދިޔަ އިޒްޔަން އެނބުރި އައިރީން އާއި ދިމާއަށް ބަލައިލީ ތަންކޮޅެއް ދުރަށް ދެވުނު ފަހުންނެވެ. އަދި މަޑު މަޑުން އައިމް ސޮރީ ރީން އޭ ބުނެލުމަށްފަހު އަނެއްކާވެސް އިޒްޔަން އައިރީން އަށް ފަސްދެމުން ހިނގައިގަތެވެ. ދެމީހުންވެސް އެކަކު އަނެކަކު ފަސްދީ ހިނގާފަ ދިޔައިރު އެ ދެހިތް ވެސް ދިޔައީ ރޮމުންނެވެ.

( ނުނިމޭ )

Share Article

Follow Me Written By

lai

Level 110 Stories100 Comments

Other Articles

Previous

ދޭނަން ހިތާ ޖާނާ…! 4ވަނަ ބައި

Next

ދޭނަން ހިތާ ޖާނާ…! 5ވަނަ ބައި

Next
January 28, 2016

ދޭނަން ހިތާ ޖާނާ…! 5ވަނަ ބައި

Previews
January 27, 2016

ދޭނަން ހިތާ ޖާނާ…! 4ވަނަ ބައި

34 Comments!

  1. lai says:
    January 27, 2016 at 5:21 pm

    hai evryone . here is the next part .. lai ah stry liyan nw ehaa time eh nulibey ehnve mi ulheny stry ninmaalan ..jst few mre parts are there stry nimen .. hope u all will like this part too .. 🙂

  2. Maalu says:
    January 27, 2016 at 5:25 pm

    Wowwwwwwwwww??????vrh vrh vrh reethiiiii????
    When is the next part??????
    Lailathuuuuuuu next part Avas kurahcheyyyy……….waiting for the next part????

    1. lai says:
      January 27, 2016 at 7:23 pm

      thanks thanks thanks mal … nxt part iraadha kurehviyya v avahah uploa kuraanan insha allah .. hmm avas kuraanamey hehe 😉 .. once again thanks malyathuuu 😀 😀 😀

  3. Maalu says:
    January 27, 2016 at 5:26 pm

    Yayyyyyyyyy me first……..?????.

    1. lai says:
      January 27, 2016 at 7:24 pm

      hmm yes ur frst hehehe yayy congratsss 😉 😉 😉 😉

  4. shara says:
    January 27, 2016 at 5:32 pm

    nice

    1. lai says:
      January 27, 2016 at 7:21 pm

      thanks alot shara 🙂 😀

  5. naaanu says:
    January 27, 2016 at 5:46 pm

    laiiii…..haadha reechey mi part..????alhe izyan an reen gulhuvaba dhennnnn…miss yuh n love yuh ????…waiting for the next part

    1. lai says:
      January 27, 2016 at 7:20 pm

      thanks naanuu 🙂 .. hehe yah gulhuvaanamey .. thanks alot once again .. miss u n love u too 🙂 😉

  6. maluudxxx says:
    January 27, 2016 at 5:49 pm

    Wowwwwwwww. …….lai…..mi part ves v v v reethi♡♡♡♡♡♡♡♡♡♡♡♡♡ ♡ ♡ ♡ ♡ when next part……avahah up kurah chey…..

    1. lai says:
      January 27, 2016 at 7:18 pm

      thanks malu .. thanks alot .. yah i’ll try to upload next part asap 🙂 😀 😉

  7. Ryn says:
    January 27, 2016 at 6:57 pm

    hey laithu.. awwww haadha salhi eyy mi prt.. n yrh RYN n IXX gulhuvanchey ingey. eyrun mi ryn vrh vrh vrhh happy vaane 😉 😉 n waitin fr the nxt prt eagerly.. n yrh miss u luv u tc <3

    1. lai says:
      January 27, 2016 at 7:16 pm

      heyy ryynuu .. thank alott .. hehe yah dhn ryn bunyma ryn&ixx dhn jeheyny gulhuvan shehnu 😉 .. hehe adhi gulhuvaanamey e dhemyhun .. thnks once again .. love u n miss u 2 alot ryn .. tc <3 🙂 😀

  8. lyn says:
    January 27, 2016 at 8:30 pm

    Like it

    1. lai says:
      February 6, 2016 at 4:00 pm

      thanks lyn 🙂

  9. ina says:
    January 27, 2016 at 8:41 pm

    Hey laiiii wowwwwwwwwwwwwwwwww vrh vrh vrh nice..mi part vx….feeling v sad mihaa fahun mi prt kiyunyma……stry hama vrh nice…mi part kiyaafa vx hama rovijje…..hehehe…….poor ryn n ix dhw……ina mihaaru miulheny e dhemyhun marry nukkogen….hehehe………waiting fr nxt part…..luv u n miss u a lot…..

    1. lai says:
      February 6, 2016 at 4:02 pm

      heyyy inaa .. hehe thanks .. ehntha ? hehehe saabas faku dhaithaa 😛 ..hmm e dhemyhun dhuvahakuvess marry eh nukuraane 😛 hehe thanks once again .. love u n miss u alot 2 😉

  10. Aimsithu says:
    January 27, 2016 at 8:47 pm

    Wow. ..nice story eh.. varah reethi nan kolheh vaahakaaiga ulhey kudhinnah kiyany. .. thnx

    1. lai says:
      February 6, 2016 at 4:03 pm

      owh hehe thanks alot aimsithu 🙂

  11. fahy says:
    January 27, 2016 at 9:25 pm

    Wow v reethi mi part vex

    1. lai says:
      February 6, 2016 at 4:03 pm

      thanks fahy 🙂

  12. Yaalu says:
    January 28, 2016 at 1:24 pm

    Storyge concept v reethi n adhivx liyaairuga details kohladhy n ehbaa anehbayaa gulhuvaalathi… keep it up…

    1. lai says:
      February 6, 2016 at 4:04 pm

      owh .. ok .. i will try my best to improve .. thanks alot for telling me .. n thanks for reading 🙂

  13. Yaalu says:
    January 28, 2016 at 1:28 pm

    N i am waiting for next part…
    Dont feel bad by reading my comment.. i love this story much..

    1. lai says:
      February 6, 2016 at 4:05 pm

      hehe no i dont .. infact thanks for telling me yaalu .. n i’m glad tht u liked my story 🙂

  14. Anee says:
    January 28, 2016 at 11:34 pm

    Wow.. varah touching.. waiting for next part ❤

    1. lai says:
      February 6, 2016 at 4:06 pm

      thanks alot anee 🙂

  15. Cupcake says:
    January 30, 2016 at 11:50 pm

    Wow!!! ???
    U have some rare talent part!!!!
    Avas kurey!!!
    Aneh part!!! ?????

    1. lai says:
      February 6, 2016 at 4:06 pm

      thank u soo much cupcake 🙂

  16. lai says:
    February 6, 2016 at 4:11 pm

    hey evryone .. i am stopping writing this stry for a few days becux of my studies .. mi dhuvas kolhu v bxy ehnve .. bt i promise v avahah mi stry ge aneh baithah upload kuran fashaanan .. i will upload the other parts v soon .. n i’m srryy .. i hope u all will understnd n will wait for my stry patiently .. thanks 🙂

  17. Cupcake says:
    February 15, 2016 at 2:32 pm

    U mean patiently???
    Oh, and when will ur exams end??? ???

    1. lai says:
      February 16, 2016 at 1:43 pm

      hehe yah thts wht i meant .. srry its my mistake .. march 5 ga nimeyne .. hope u will waitt

  18. Lai ge biggest fan says:
    February 23, 2016 at 2:17 pm

    Pleax aavahah upp koh dhee dheyn nuhure vey ne lai varah molhu vaahaka liyan

    1. lai says:
      March 3, 2016 at 8:07 pm

      i’m really very srry dear .. n thanks alot .. myns alot to me .. thanks 🙂

Comments are closed.


All Right Reserved!