Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މި ހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ-7

Axx
November 21, 2015
3 Mins Read
16 Comments

” ހީން މިތާ މަޑުކުރައްޗެ އެތެރެއަށް ނުވަދެ.. މޮޕަޖަހާފަހުރީ” މިހެންބުނެ ދިލްޝާދު މަޑު ފިޔަވަޅުތަކެއް އަޅަމުން ގޮސް ބާމް ފުޅި ހިފައިގެން އައިސް ހީން އަތަށް ދިނެވެ. އަދި ހީންދާން އުޅުމުން ހީން މަޑުކުރުވިއެވެ. އަދި އެބޭސް ކާޑު ދައްކާ އެއީ ކޮންކަހަލަ ބޭހެއްތޯ ސުވާލުކުރިއެވެ. ހީން ވަރަށް ރަނގަޅަށް އެބޭސް ކާޑަށް ބަލާލިއެވެ. މޫނުމައްޗަށް ނުތަނަވަސްކަން ވެރިވުމާއެކު ދިލްޝާދަށް ބަލާލެވެނެވެ.

އިރުއޮއްސެން ކައިރިވިއިރު އަކްޝަމް އިނީ މޫދުކައިރީ ބާއްވާފައި އޮތް ރުއްގުޅިއެއްގެ މަތީގައި އިށީދެނގެންނެވެ. އެހިސާބުގައި އެކަނިމާއެކަނި އިންއިރު އަކްޝަމްގެ މޫނުމަތިން ފެންނަނީ މާޔޫސްވެފައިވާކަމުގެ ކުލަވަރެވެ. މޫދުގެ ކުދިކުދި ރާޅުތަކަށް ބަލަންއިންއިރު އަކްޝަމަށް ވިސްނެމުން ދިޔައީ ހީންއާ ދޭތެރޭގައެވެ. މިއަދު ހީންއާ މެދު ކަންތައް ކުރެވުނު ގޮތުން އަކްޝަމް އިނީ ވަރަށް ދެރަވެފައެވެ. ހީން ރޯންފެށި މަންޒަރު މިހާރުވެސް ފެންނަ ކަހަލައެވެ. އަކްޝަމަށް ދެލޯމަރާ ބާރުކޮށްލެވުނީ އިތުރަށް އެކަންތައްތަކާ ވިސްނަން ބޭނުންނުވާތީއެވެ. ނަމަވެސް އެކަންވެސް ވީ ބޭކާރެވެ. ލޯމަރާލީމަވެސް ފެންނަނީ ހީންގެ މޫނެވެ. ހީންގެ އެރީތި މޫނެވެ. އެރީތި ހިނިތުންވުމެވެ. ކުޑަ ދެލޮލާއި ފިޔާތޮށި ކުލައިގެ ތުންފަތެވެ. ލޯމަރައިގެން އިން އަކްޝަމަށް ހީލެވުނެވެ. ހީންއަކީ އަކްޝަމްގެ ހިތުގެ ރާނީއެވެ. ފެށުނީއްސުރެން ހީންދެކެވީ ލޯތްބަށް ކުޑަވެސް ބަދަލެއެއް ނާންނަކަން އެނގުނީ ދެވަނަ ފަހަރަށް ހީންއާ ބައްދަލުވުމުންނެވެ. ހީންއާ ބައްދަލުވުމަށްފަހު އެހަނދާންތައް އަކްޝަމަށް އުނދަގު ކުރަން ފަށައިފިއެވެ. އެލޯބި ދެވަނަ ފަހަރަށް އަކްޝަމްގެ ހިތުގައި އާލާވެގެން ހިނގައްޖެއެވެ.

ހީން ނިދާ ބޭސްތަކެއް ކޭކަން އެނގުމުން އަކްޝަމްގެ ކެތްތެރިކަންވަނީ ކޮޅުންލާފައެވެ.  ހީންގެ މާޒީގައި ހިނގި ހުރިހާ ކަމެއް އަކްޝަމް އެނގެން ބޭނުންވެއެވެ. ނަމަވެސް ހީންގެ އެހީއާ ނުލާ އެކަން ނުވާނޭކަން އަކްޝަމަށް އެނގެއެވެ. ހީން ކައިރިން އެކަން އޮޅުންފިލުވާނޭ ގޮތަކާމެދު ވިސްނާ ވިސްނާވެސް އަކްޝަމްވަނީ ބޯހާސްވެފައެވެ.

ހީން އަކްޝަމާ އެންމެ ފަހުން ބައްދަލުވި ދުވަހު ހީން ދިން ޖަވާބު އަކްޝަމް ދުވަހަކުވެސް ހަނދާން ނުނެތޭނެއެވެ. އަކްޝަމް ހީންއާ ދުރުވީވެސް ހަމަ އެސަބަބާ ހުރެއެވެ. އިތުރަށް ހީންއާ ކުރިމަތިލާނެ ހިތްވަރެއް އަކްޝަމްގެ ކިބައިގާ ނެތީމައެވެ.

** *** *** *** *** *** *** *** *** ** **** *

ސުނާމީ ބިނާ ކައިރީ ސައިކަލުގައި މަޑުކޮށްގެން އިން އަކްޝަމް އިންތިޒާރު ކުރަމުން ދިޔައީ އެންމެ ލޯބބިވާ ހީންއަށެވެ.މިރޭ އަކްޝަމް ހީންއަށް އަކްޝަމްގެ އިހްސާސްތައް ބުނެދޭނެއެވެ. މިރޭ ހީންގެ ކުރިމަތީ އަކްޝަމްގެ ހިތް ބަންޑުން ކޮށްލާނެއެވެ. ދުރުދުރުން ހީން އަންނަތަން ފެނުމުން އަކްޝަމް ފިނިވިއެވެ. ހިތް ތެޅޭލެއް ބާރުކަމުން އަކްޝަމަށް މޭގައި އަތް އަޅާލެވުނެވެ. ހީންގެ ރީތިކަން އަކްޝަމަށް އިތުރަށް އުނދަގުކުރަމުން ދިޔައެވެ. ރަތްކުލައިގެ އަތްދިގު މެކްސީއެއް ލައިގެން ހުރިއިރު ތުންފަތް ވެސް ރަތްކުލައިން ފަވާލާފައިވެއެވެ. އިސްތަށިގަނޑު އެއްފަރާތަކަށް އައްސާލާފައި ހުރިއިރު ނިތްކުރިމަތިގައި ވާ އިސްތަށިކޮޅު ވަޔާ ވިހުރުވެމުން ދިޔައެވެ.

ހީން އަކްޝަމާ އަރާ ހަމަކޮށްލާފައި އަކްޝަމަށް ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. އެހިނިތުންވުމަށްޓަކާވެސް އަކްޝަމް ޖާނުން

ފިދާވާހާ ވަރުވެއެވެ. އަކްޝަމް ހީންއަށް އަތްދިއްކޮށްލިއެވެ. އަތުގައި ހިފާށޭ ބުނާ ކަހަލަ ގޮތަކަށެވެ. ހީން އެއަތުގައި ހިފާލަމުން އަކްޝަމަށް ހީލެވުނެވެ. އަދި ސުނާމީ ބިނާއަށް އަރަން ހުންނަ ސިޑިން އަރައިގެން މައްޗަށް ދިޔައެވެ. އަކްޝަމް އޭގެ ވަށައިގެންވާ ދަގަނޑުގައި ލެގިލާ ހަމަޖެހިލިއެވެ.

“ދެން ބުނެބާ… ކީއްކުރަން މިތަނަށް އަންނަން ބުނީ” އަކްޝަމްގެ ކުރިމައްޗަށްވާ ގޮތަށް ހުއްޓެމުން ހީން އަހާލިއެވެ.

“ހީން ކައިރީ ވަރަށް މުހިންމު ވާހަކައެއް ބުނަންވެގެން” ތެޅިތެޅި އޮތް ހިތަކާ އެކު އަކްޝަމް ބުންޏެވެ.

“ތިހާ މުހިންމު ވާހަކައެއްވިއްޔާ އަވަހަށް ބުނެބަލަ” ވަރަށް ހަމަޖެހިލާފައި ހުރެ ހީން ބުންޏެވެ.

” އަހަރެން…… އަހަރެން…………” އަކްޝަމްއަށް ބުނަން އުނދަގުވެގެން އުޅޭކަހަލައެވެ. ހީން ކުރިއަށް ގެންދާށޭ ބުނާފަދަ ގޮތަކަށް ބުމަ އަރުވާލިއެވެ. އެވަގުތު ހީންގެ ފޯނަށް ފޯނެއް އައިމުން އެކްސްކިއުޒްއޭ ބުނެ ދުރަށް ޖެހިލިއެވެ. އެވަގުތުކޮޅު އަކްޝަމް މީހާ ހަމައަކަށް އަޅުވާލިއެވެ. އަދި އަމިއްލަ މީހާއަށް ހަމަޖެހުމަށް ބުނަމުން ގެންދިޔައެވެ.

“ކައިލް އަހަރެން ވަރަށް ބޮލުގައެބަ ރިއްސާ.. ދެން އެހެން ފަހަރަކުން ތިވާހަކަ ދައްކާނީ.. މިވަގުތު ބޭނުމީ ގެއަށް ދާން” ހީން އައިސް ހުއްޓެމުން ބޮލުގައި ހިފަހައްޓާލައިގެން ހުރެ ބުންޏެވެ. އަދި ދާންވެގެން ކުރިއަށް ފިޔަވަޅެއް އެޅިއެވެ. އެވަގުތު އަކްޝަމް ހީންގެ އަތުގައި ހިފާލިއެވެ. އަދި ފަހަތުން ހީންއާ ކައިރިވެލިއެވެ. އަދި ހީންގެ ކަންފަތް ކައިރިއަަށް ގުދުވެލަމުން މަޑުކޮށްލާށޭ ބުނެލިއެވެ. އަކްޝަމް މަޑުމަޑުން ހީންގެ ބަނޑުގައި އަތް އަޅުވާލިއެވެ. އެވަގުތު ހީންއަށް ލޯމަރާލެވުނެވެ. އަކްޝަމް ސިއްރު ސިއްރުން ‘ ވަރަށް ލޯބިވެޔޭ’ ބުނުމުން ހީންއަށް ހީލެވުނެވެ. ނަމަވެސް ދެވަނަ ހިނދުކޮޅުތެރޭގައި ހީންގެ ހަވަނަ ހިއްސު ހޭލިކަހަލައެވެ. އަކްޝަމް ދުރަށް ޖައްސާލެވުނެވެ. އަކްޝަމްއާ ކުރިމަތިލީ އިރު ހީންގެ މޫނުމަތިން ފެންނަނީ ރުޅިވެރިކަމެވެ. އަކްޝަމް ހައިރާން ވެފައި ހީންއަށް ބަލަހައްޓައިގެން ހުއްޓެވެ.

” އަހަރެން ހީނުކުރަން ކައިލް އަހަންނާ މެދު ދެކެނީ ތިގޮތަށް ކަމަކަށް.. ދުވަހަކުވެސް ހިޔެއް ނުކުރަން އަހަރުމެންގެ ރަހުމަތްތެރިކަން ތިގޮތަށް ނިންމާލާފާނެ ކަމަކަށް… ކައިލްތީ އަހަރެން ހީކުރި ކަހަލަ މީހަކަށް ނުވި.. އަހަންރެން ދުވަހަކުވެސް ކައިލްއާ ދޭތެރެ ތިގޮތަކަށް ނުދެކެން ނުވެސް ދެކޭނަން… ހައު ޑެއަރ ޔޫ ކައިލް.. ހައު ޑެއަރ ޔޫ… އައި ހޭޓް ޔޫ” މިހެން ބުނެ ހީން ލޯމަތިން ގެއްލުނުއިރުވެސް އަކްޝަމް ހުރީ ކިޔާނެ ބަހެއް ނޭނގިފައެވެ.

*** *** *** *** *** *** ***** ********

ހިޔާލުތަކަށް ގެއްލިފައިން އަކްޝަމް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށެވެ.

” ކީކޭ މަންމާ…” އަކްޝަމް ފޯނު ކަންފަތުގައި ޖައްސާލަމުން ބުންޏެވެ. ދިލްޝާދު އަކްޝަމް ކައިރީ ވަރަށް އަވަހަށް ގެއަށް އައިސް ދިނުމަށް އެދުނެވެ. އަކްޝަމް މިދަނީ ކަމުގައި ބުނެ ގެއަށް ދާން ހިނގައިގަތެވެ. މަގުމަތިން ހިނގަމުން ދިޔަ އަކްޝަމް ހުއްޓުނީ ލޯރެން ގޮވާލުމުންނެވެ. އަކްޝަމް ލޯރެން ކައިރީ އައީ ކޮންތާކުންތޯ ސުވާލުކުރުމުން ގެކައިރީ ހިނގާލަނީ ކަމުގައި ބުންޏެވެ. ލޯރެންއާ އަކްޝަމް އެއްކޮށް ގޮސް ގެއަށް ވަންއިރު ދިލްޝާދާއި ހީން ސޯފާގައި އިށީނދެގެން ތިއްބެވެ. އަކްޝަމް ފެނުމުން ދިލްޝާދު ފުންމައިގެން ތެދުވިއެވެ. އަކްޝަމްއާ ވާހަކަ ދައްކަން އުޅެފަވެސް ކައިރީގައި ހުރި ލޯރެން ފެނުމުން އިރުކޮޅަކަށް ހުއްޓުން އެރިއެެވެ. އަދި އަކްޝަމް އަތުގައި ހިފައިގެން ދިލްޝާދުގެ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ.

ލޯރެން ހީންއާ ދިމާއަށް ލޯކުޑަ ކޮށްލާފައި ދާން ހިނގައިގަތް ވަގުތުގައި ހީން ލޯރެން އަށް ގޮވާ ހުއްޓުވިއެވެ. ލޯރެން އެނބުރި ހީންއަށް ބަލާލަމުން ނިތަށް ރޫ އަރުވާލިއެވެ. ހީން އައިސް ލޯރެން ކުރިމަތީގައި ހުއްޓުނެވެ.

” ވަޓް…….” ރުންކުރު ގޮތަކަށް ލޯރެން ބުނެލިއެވެ.

” ވައި ޑިޑް ޔޫ ޓްރައިޑް ޓު ކިލް މީ” ފަސްޖެހުމެއް ނެތި ހީން ސުވާލު ކޮށްލިއެވެ. ހީންގެ ސުވާލުން ލޯރެން ދެލޯ ބޮޑުވިއެވެ. އަދި އާގަންނަމުން ނުކުރަމޭ ބުންޏެވެ. އެވަގުތު ހީން ލޯރެންއަށް ހީންއަތުގައި އޮތް ބޭސް ކާޑު ދައްކާލިއެވެ. ލޯރެން އޭގެއަށް ބަލާލާފައި ބަސްހުއްޓުނު ކަހަލައެވެ. ލޯރެންގެ މޫނުފެނި އެއީ ލޯރެން ކުރިކަމެއްކަން ހީންއަށް ޔަގީންވިއެވެ. އެދުވަހު ހީން ޑިއުޓީ ނިންމާފަ އައުމުން ލޯރެން ހީންއަށް ދިން ކޮފީގައި ރަހައެއް ހުރި ކަމުގަވިޔަސް އެދުވަހު ހީން އެއްޗެއް ނުބުނީ ލޯރެން ދެރަވެދާނެތީއެވެ. ނަމަވެސް މިހާރު ހީންއަށް ހުރިހާ އެއްޗެއް ވިސްނިއްޖެއެެވެ.

ހީން ލޯރެން ކައިރީގައި އެއީ ކީއްވެގެން ކުރި ކަމެއްތޯ ތަކުރާރުކޮށް ސުވާލުކުރަމުން ދިޔައެވެ. ލޯރެން ހީންދެކެ އެހާ ރުޅި އަންނަންވީ ސަބަބެއް ހީންއަކަށް ނުވިސްނުނެވެ. ސުވާލަކަށްފަހު ސުވާލެއް ކުރަމުން ގެންދިޔައިރު ލޯރެން ބަހެއް ނުކިޔާ ރުޅިވެރި ނަޒަރަކުން ހީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

-ނުނިމޭ-

 

7
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Axx

Reading stories is my hobby and writing stories is my passion

Other Articles

Previous

ޒީޝާ (ދިހަވަނަ ބައި)

Next

ޝެރިން (17 ވަނަ ބައި)

Next
November 22, 2015

ޝެރިން (17 ވަނަ ބައި)

Previews
November 21, 2015

ޒީޝާ (ދިހަވަނަ ބައި)

16 Comments

  1. Shara says:
    November 21, 2015 at 5:13 pm

    woww

  2. SARA says:
    November 21, 2015 at 5:22 pm

    Wowowow.. falhaa arany baa!! V salhi.. dhn oiy baivx avahah up kohdhehcchey… thankolheh kuruhen ves heevey.. mayb maa interesting vyma kanneynge. ☺☺

  3. Faxoo says:
    November 21, 2015 at 5:29 pm

    Axx. varah reethi ingey mibai vx.. waiting for the next part 🙂

    1. Axx says:
      November 21, 2015 at 5:37 pm

      thank u faxoo

  4. yaania says:
    November 21, 2015 at 5:30 pm

    Avahah uplode kohdheythi…

  5. aal says:
    November 21, 2015 at 5:30 pm

    V v nice. When next part?

    1. Axx says:
      November 21, 2015 at 5:38 pm

      next part ves in sha allah v avahah up kohdheveythw balaanan

  6. 4f4kko says:
    November 21, 2015 at 5:37 pm

    Wow…… awesome story…<3 kn irakun nxt prt…???

  7. Axx says:
    November 21, 2015 at 5:38 pm

    thanks kiyaaladhey kudhinnah

  8. dancer says:
    November 21, 2015 at 6:53 pm

    mi hiy eba thelhey hama kalaa ah huvaa ey.. to: my X boyfriend :p

  9. dancer says:
    November 21, 2015 at 6:55 pm

    hehe . anyways story varah rythi ingey Axx … 🙂 keep going.. awesome..

  10. Mal says:
    November 21, 2015 at 9:16 pm

    Nice story…..this is my first time commenting this story. … Sorry….aslu vvvvvv reethi mi vaahaka?????. Keep up the good work???

  11. Ira says:
    November 21, 2015 at 10:10 pm

    Story varah nice 😉 😉 😉 I love this story….. axx keevetha pic badhalkuree 🙁 anyways this story is awesome 🙂 🙂 hehehe when is the nxt part eagerly waiting gd lck…… 😉 😉

  12. shaa says:
    November 21, 2015 at 11:17 pm

    Baheh nukiyaa eh noon baheh nubune

  13. ma says:
    November 22, 2015 at 8:44 am

    Admin.. Kobertha “neydhemey vakivumeh – haadhaha loabivey” vaahakaige next episode..

  14. ma says:
    November 22, 2015 at 8:53 am

    Admin.. “Neydhemey vakivumeh- haadhahaa loabiveyy” vaahakaige next part kobertha? Plx make it fast

Comments are closed.

All Right Reserved!