Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ – 8

Axx Level 110 Stories
November 22, 2015 4 Mins Read
17 Comments

ހީން އެކި އެކި ސުވާލުތައް ކުރަމުން ދިޔައިރު ލޯރެން ބަހެއް ނުބުނެ ރުޅިވެރި ނަޒަރަކުން ހީންއާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ.

” ލޯރެން އަހަރެން މި އަހަނީ ހީއްވެހޭ އެހެން ހެދީ” ހީން ތަންކޮޅެއް ބާރަށް ސުވާލުކޮށްލިއެވެ.

” ބިކޯޒް ޔޫ ޓްރައިޑް ޓު ސްނެޗް ހިމް އަވޭ ފްރޮމް މީ” ލޯރެންގެ ބާރު އަޑާއެކު ހީން ބަސްހުއްޓުނެވެ. އަދި ހީންގެ މޫނަށް ހައިރާންކަން ވެރިވެގެން ދިޔައެވެ.

” ހީން ކީއްވެ އަކްޝަމްއަށް ކްރަޝް ހުންނަނީ … އައި ހޭޓް ޔޫ ސޯ މަޗް ފޯރ ދެޓް.. އަކްޝަމްވެސް ހީން އަށް ކްރަޝް ހުންނަހެން ހީވާތީ އަހަރެން ބިރުގަނޭ.. އަކްޝަމްގެ މަންމަ ވެސް ހީންދެކެ ލޯރެންއަށް ވުރެ ބޮޑަށް ލޯބިވޭ.. ޔޫ ޑޯންޓް ނޯވ ހައު މަޗް އައި ފީލް ޖެލަސް.. އައި ޖަސްޓް ވޯންޓް ކިލް ޔޫ ”  ލޯރެން ކުއްލިއަކަށް ޖަނަވާރެއް ޖެހިގަންނަ ގޮތަށް ގޮސް ހީން ކަރުގައި ހިފިއެވެ. ހީން ނޭވާ ހާސްވެގެން ތެޅެން ފެށިއެވެ. އެވަގުތު ކޮޓަރިން ނިކުތް އަކްޝަމަށް މިމަންޒަރު ފެނުމާއެކު ލޯރެން އަށް ވަރަށް ބާރަށް ގޮވާލިއެވެ. ނަމަވެސް ލޯރެންއަށް އަކްޝަމްގެ އަޑު ނީވޭ ކަހަލައެވެ. އަކްޝަމް ދުވެފައިގޮސް ލޯރެންގެ ކޮނޑުގައި ހިފާފައި ކޮއްޕަާލިއެވެ. ވެއްޓެންދިޔަ ހީންގައިގާ އަކްޝަމަށް ހިފުނީ ކިރިޔާއެވެ. ދިލްޝާދުވެސް ދުވެފައިގޮސް ބާރަށް ކެއްސަމުން ދިޔަ ހީންއަށް ފެންތައްޓެއް ދިނެވެ. އަކްޝަމް ހީން ސޯފާގައި ބައިންދާފައި ލޯރެންއާ ކުރިމަތިލިއެވެ. އޭރު ވެއްޓިފައި އޮތް ލޯރެން ތެދުވަނީއެވެ.

” ލޯރެން މޮޔަވީތަ” އަކްޝަމް ލޯރެންގެ ކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ބުންޏެވެ. ލޯރެން އަކްޝަމްގެ އަތް ފޮޅުވާލާފައި ދުރަށް ޖެހުނެވެ.

” ކީއްވެ ހީން މަރާލަން އުޅުނީ.. ވަޓްސް ޔުއަރ އެނެމިޓީ ވިތް ހަރ” ކުރިއަށްވުރެ ބާރަށް އަކްޝަމް ބުންޏެވެ.

” އޭނަ އަކްޝަމް އަހަރެން އަތުން އަތުލަން އުޅޭތީ.. އެއީިީީީ ބި** އެއް” ލޯރެން ގެ ލަފްޒާއެކު ހީންއަށް ލޯރެންއަށް ބަލާލެވުނެވެ. އަދި ހަމައެ ސިކުންތުގައި އަކްޝަމް ލޯރެންގެ ކޯތާފަތްމައްޗަށް އަރުވާލި ހޫނު އެތިފަހަރުން ލޯރެންއަށް ކޯމަތީގައި އަތް އަޅާލެވުނެވެ. “އިޓް މީންސް ޔޫ ބެޓްރެއިޑް މީ.. ޔޫ ހޭޑް އޭން އެފެއަރ ވިތް ހަރ” ރޮމުން ކަހަލަ ގޮތަކަށް ލޯރެންއަށް ބުނެވުނެވެ. އޭރު އަކްޝަމް ހުރީ ލޯރެން ގައިގާ ޖެހުނީތީ އެކަމާ ދެރަވެފައެވެ. އަދި ނޫނެކޭ ބުނަމުން ދިޔައެވެ. ލޯރެން ދެވަނަ ފަހަރަށް ހީންއާ ދިމާއަށް ދާން އުޅުމުން އަކްޝަމް ލޯރެން ހުއްޓުވިއެވެ. އަދި ލޯރެން ހީވާ ހީވުމަކީ ރަނގަޅު ހީވުމެއްނޫން ކަމުގައި ބުންޏެވެ. މަންޒަރު ބަލަން ހުރި ދިލްޝާދު ހުރީ ގޯހެއް ހިނގަފާނެތީ އެކަމާ ބިރުގަނެފައެވެ.

ލޯރެން ހިފެހެއްޓޭ ވަރު ނުވުމުން އަކްޝަމް ލޯރެންގެ އަތުގައި ހިފައިގެން ގެންގޮސް އަކްޝަމްގެ ކޮޓަރިއަށް ވައްދާ ދޮރުލައްޕާ ތަޅުލިއެވެ. އަކްޝަމްގެ ކޮޓަރިއަށް ވަނުމާއެކު ލޯރެން ބަސްހުއްޓުނު ކަހަލައެވެ. ވަށައިގެންވާ ފާރުތަކަށް ބަލަމުން ދިޔަ ލޯރެން ހުރީ ހައިރާން ވެގެން އަންތަރީސް ވާވަރުވެފައެވެ. ލޯރެން ފެންކަޅިވެފައިވާ ނަޒަރަކުން އަކްޝަމަށް ބަލާލީ އިތުރަށް އޮޅުން ފިލުވަން ބޭނުންވާތީއެވެ.

އަކްޝަމް ލޯރެންގެ އަތުގައި ހިފާ ރީއްޗަށް އެނދުގައި ބައިންދާލިއެވެ. އަދި އަކްޝަމް ދައްކާ ވާހަކަ ކަނުލާ އަޑުއެހުމަށް ބުންޏެވެ.

އަކްޝަމް ލޯރެން އަށް ހީންއާ ދިމާވި ދުވަހުން ފެށިގެން މިހާ ހިސާބަށް ހުރިހާ ވާހަކައެއް ކިޔައިދެމުން ދިޔައެވެ. އަޑު އަހަމުން ދިޔަ ލޯރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނައަށް އެންމެ ހިނދުކޮޅަކަށްވެސް ނިމުމެއް ނާދެއެވެ. އަކްޝަމް ބުނި ގޮތުގާ އަކްޝަމް އަދިވެސް ހީންދެކެ ވަރަށް ލޯބިވެއެވެ. އެކަމަކުވެސް އަކްޝަމް ލޯރެންއަށް ދެރައެއް ނުދޭނަން ކަމުގައި ބުންޏެވެ. އަދި އަކްޝަމް ލޯރެންއާ ކައިވެނި ކުރާނެ ވާހަކަވެސް ބުންޏެވެ.

ލޯރެން އަކްޝަމްގައިގާ ބައްދައިގެން އިނދެ އެތައް އިރަކު ރުޔެވެ. އަދި ލޯރެންއަށް ކުރެވުނު ކުށައް އެތަކެއް ފަހަރަކު މާފަށް އެދެމެން ގެންދިޔައެވެ.އަދި އަކްޝަމް ބޭނުން ފަހުން ލޯރެން ފުލުހުންނާ ހާވާލުކުރުމަށްވެސް އެދުނެވެ.

ލޯރެންއާ އަކްޝަމްއާ ނިކުންނަންދެން ތިބި ދިލްޝާދާއި ހީން ތިބީ އިންތިހާ އަށް ކަންބޮޑުވެފައެވެ. ދިލްޝާދަށް އެންމެ ފަހުން ނީނދެވިގެން ކޮޓަރީ ޓަކި ޖަހަން ތައްޔާރުވި ތަނާހެން އަކްޝަމް ދޮރު ހުޅުވާލާފައި އެތެރެއިން ނިކުތެވެ. އަދި އަކްޝަމްގެ ފަހަތުން ލޯރެންވެސް ނިކުތެވެ. ނިކުތްގޮތަށް ލޯރެންގެ މިސްރާބު ހުރީ ހީންއާ ދިމާއަށެވެ. ދިލްޝާދު ލޯރެންގައިގާ ހިފަހައްޓަން އުޅުމުން އަކްޝަމް ދިލްޝާދު ހުއްޓުވިއެވެ.

” އައި އެމް ސޯ ސޮރީ ހީން” ލޯރެން ހީން ކުރިމަތީ ހުއްޓެމުން ބުނެލިއެވެ. ލޯރެންއަށް އައި މިކުއްލި ބަދަލު ވީ ދިލްޝާދާއި ހީން ހައިރާން ކޮށްލި ކަމަކަށެެވެ. ދިލްޝާދަށް އަކްޝަމް ލޮލުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމުގައި ބުނެދިނެވެ.

ލޯރެން ހީންކައިރީގައި ހުރިހާ ކަމަކަށް މާފަށް އެދުނެވެ. އަދި ހީން ބޭނުން ވެއްޖިއްޔާ ލޯރެން ފުލުހުންނާ ހަވާލު ކުރިޔަސް ހެޔޮ ކަމުގައި ބުންޏެވެ. ލޯރެން ހުރި ގޮތުން ހީން ދެރަވިއެވެ. ހީންގެ ބަލިފަޔަކީވެސް އެއީ އެވެ. މާއަވަހަށް ކަންތައްތަކާ ދެރަވަނީއެވެ. އެހެންކަމުން ހީން ލޯރެންއަށް މާފުކޮށް ލޯރެން ފުލުހުންނާ ހަވާލުކުރަން ބޭނުންނުވާ ކަމުގައި ބުންޏެވެ. ލޯރެން ވީ ދެރައިން ހީންގައިގާ ބައްދައިގަތެވެ.

ދިލްޝާދުގެ ވިސްނުން ހީންއާ މުޅިން ތަފާތެވެ. ދިލްޝާދު އެހާ އަވަހަށް ލޯރެންއަށް މާފްކުރާކަށް ބޭނުމެއް ނުވެއެވެ. ލޯރެން އެކުރީ ގާނޫނީ ކުށެއްކަން އެނގިހުރެވެސް އަކްޝަމާ ހީން ލޯރެންއަށް މާފު ކުރުމުން ދިލްޝާދު އެކަމާ ވަރަށް ހިތްހަމަ ނުޖެހުނެވެ.

**********************************************************************************

ރޭގަނޑުގެ ކެއުމަށް އިންސާފު ކުރަމުން ދިޔައިރު މުޅިތަން އޮތީ ވަރަށް ހަމަހިމޭން ކޮށެވެ. އެއްވެސް މީހެއްގެ އަނގައިން ބަހެއް ބުނާ އަޑު ނީވެއެވެ. ދިލްޝާދު ވާހަކަ ނުދައްކާތީ އަކްޝަމް އާ ހީންގެ އިތުރުން ލޯރެންވެސް އިނީ ވަރަށް ކަންބޮޑުވެފައެވެ.

” މަންމަ ހިތްހަމަ ނުޖެހިފަތަ؟” އަކްޝަމަށް ނީނދެވިގެން އެންމެ ފަހުން ސުވާލުކުރިއެވެ.

” މަންމަ ކީއްވެ ހިތްހަމަ ނުޖެހެންވީ… ކުށްވެރިޔަކަށް މާފު ދިނުމަކީ އެންމެ ރަނގަޅު ގޮތެއްނު” ދިލްޝާދުގެ މިޖުމްލައިން ހީންއާ އަކްޝަމަށް އެކަކު އަނެކަކަށް ބަލާލެވުނެވެ. ލޯރެން އަކްޝަމަށް ބަލާލުމުން އަކްޝަމް ލޯރެންއަށް ހީލިއެވެ.

ދިހައެއްޖަހަން އުޅުނުއިރު ދިލްޝާދު އިނީ ސޯފާގައި ޓީވީ ބަލާށެވެ. އަކްޝަމް އައިސް ދިލްޝާދު ކައިރީ އިށީންނަމުން ދިލްޝާދުގެ އަތުގައި ހިފާލިއެވެ.

” ކިހިނެއްވީ… އެއްޗެއް ބޭނުންވީތަ” ރުންކުރު ގޮތަކަށް ދިލްޝާދު ބުންޏެވެ.

” މަންމަ ވަރަށް ރުޅިއައިސްފަ ދޯ ތިއިންނަނީ” އަކްޝަމް ގެ ސުވާލުން ދިލްޝާދުގެ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ.

” އަހަރެން ހިތްހަމަ ނުޖެހުނަކަސް ވާނެކަމެއް ނޯންނާނެ” ދިލްޝާދު މިހެން ބުނުމުން އަކްޝަމަށް އިސްޖަހާލެވުނެވެ.

” ދައްތަ ރުޅި އައުން ހައްޤީ އަހަރެންދެކެ.. ލޯރެން އަށް މާފުކުރީ އަހަރެން” ކޮޓަރިން ނިކުތް ހީންއަށް ދިލްޝާދުގެ އަޑު އިވި އެދިމާއަށް އަންނަމުން ބުންޏެވެ.

” އަހަރެން ހަމަ އަޖައިބު ވެއްޖެ ހީން ލޯރެން އަށް މާފު ކުރީތީ.. އޭނަގެ ސަބަބުން ހީންގެ ފުރާނަ ނުދިޔައީ ހަމަ ކިރިޔާއެއްނު.. ދެން ކީއްވެ ެހާ ފަސޭހައިން އޭނައަށް މާފު ކުރީ” ދިލްޝާދު ސުވާލު ކުރިއެވެ.

” ދައްތާ.. އޭނަގެ ކުށް އޭނައަށް ގަބޫލު ކުރެވިގެން އަހަރެން ކައިރީ މައާފަށް އެދުނީ.. އަހަރެން އޭނައަށް މާފު ދިނީ އޭނަގެ ކުށް އޭނައަށް އިހްސާސް ކުރެވި ދެވަނަ ފަހަރަކަށް އެކަހަލަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން އަހަަންނަށް އޮތީމަ” ހީން ދިލްޝާދުގެ ކައިރީގައި ތިރީ އިށީނދެލައި ދިލްޝާދުގެ އަތުގައި ހިފާލީ ހީންއަށް އިތުބާރު ކުރާށޭ ބުނާ ފަދަ ގޮތަކަށެވެ.

ދިލްޝާދު އެއްޗެކޭ ބުނަން އުޅުނު ވަގުތު ހުއްޓުނީ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑަށެވެ. އެހެން ކަމުން ދިލްޝާދު އިހަށް ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ. ކުރިމަތީ ހުރި މީހާ ފެނި ދިލްޝާދަށް ލިބުނު ސިހުމާއެކު ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. ދިލްޝާދަށް ވީގޮތް ފެނި އަކްޝަމާ ހީންއަށް އެއްފަހަރާ ތެދުވެވުނެވެ. އަދި ދިލްޝާދާ ދިމާއަށް ހިނގައިގަތެވެ.

ދޮރުމަތީ ތިބި މީހުން ފެނުމާއެކު ހީން ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ކައިރީގައި ހުރި އަކްޝަމްގެ އަތުގައި ހިފާލެވުނީ ގަނެފައި ހުރި ބިރެއްގެ ބޮޑުކަމުންނެވެ. ހީންއަށް ވެފައި ހުރި ގޮތްް ފެނި އަކްޝަމްގެ ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ.

-ނުނިމޭ-

 

Share Article

Follow Me Written By

Axx

Level 110 Stories

Reading stories is my hobby and writing stories is my passion

Other Articles

Previous

ރަހުމެތް ނެތް ހިތް [2]

Next

އިންތިޒާރު ( 33 )

Next
November 22, 2015

އިންތިޒާރު ( 33 )

Previews
November 22, 2015

ރަހުމެތް ނެތް ހިތް [2]

17 Comments!

  1. shiru says:
    November 22, 2015 at 9:46 pm

    Wow reethi..

  2. SARA says:
    November 22, 2015 at 10:10 pm

    Kaakubaa evany.. dhn oiy baivx avahah up kohdhecchey…. v salhi..

  3. nukko says:
    November 22, 2015 at 10:34 pm

    v rythi… avahah up kohdhechey.. 🙂 😉

  4. butterlly says:
    November 22, 2015 at 10:35 pm

    Haadha kurey

  5. Ira says:
    November 22, 2015 at 10:38 pm

    Varah rethink but some places there are mistakes like “Loren vee dherain heen gaigai bahdhaighatheve” 🙂 maafu kurumun vanee ufalhei noontha hehehe:) gd lck…..

    1. xxx says:
      November 23, 2015 at 9:43 am

      Ehaa rangalhu kujjakaamedhu goaskon kanthah kurevunyma dheravaaneynun

  6. Aish says:
    November 22, 2015 at 10:42 pm

    V reethi . .bt ..v. .kuru ..

  7. misty says:
    November 22, 2015 at 10:49 pm

    Wow very nice but its so short when next part?

  8. isha says:
    November 23, 2015 at 8:55 am

    when next part

  9. xxx says:
    November 23, 2015 at 9:42 am

    Eyaee dhilshaadhu ah bodudhaitha kiyaa kujja hynge x boy friend aamil v interesting waiting 4next part

  10. Mal says:
    November 23, 2015 at 2:52 pm

    Amil aee dhw..next prt ves mihaa reethi vaane kamah heekuran…. next prt thankolheh dhigu kohla dhehchey…plx..plx..

  11. Faxoo says:
    November 23, 2015 at 4:38 pm

    varah reethi ingey mi bai vx. Axx ah mi rongun kuriah dheveyne In Sha Allah 🙂 cant wait for the next part!!

    1. axx says:
      November 23, 2015 at 5:40 pm

      thankx faxoo

  12. sam says:
    November 23, 2015 at 5:10 pm

    Varah reethi vaahaka. Ekam thankolheh kury. Dhen faharakun dhigu kohlachey. Waiting for the next part ♡ 😉

  13. aal says:
    November 27, 2015 at 12:00 am

    Kobaa tha next part?

  14. uroo says:
    December 7, 2015 at 5:33 pm

    koba aneh part?

  15. kudoo says:
    December 13, 2015 at 4:48 pm

    Kobaa an eh part???? Waiting

Comments are closed.


All Right Reserved!