ޒާރާ ބުނީ ތެދެކެވެ.  ސައީދުއާއެކު އެހެން ފިރިހެނަކުވެސް ހުއްޓެވެ. އިސްކޮޅުން ދިގު ހަމުގެ ކުލަ ދޮން ފިރިހެނެކެވެ. ތުނިތުނިކޮށް ކޮށާލެވިފައިވާ ބުޅި އިސްތަށިކޮޅާއި މަޑުމުށި ކުލައަކަށްދާ ކަޅި، އެ މޫނުމައްޗަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ކަނޑު ނޫކުލައިގެ ޓީޝާޓް ގަޔަށް މެހިފައިވާއިރު އެއީ ކަސްރަތީ ޖާނުން ވަރުގަދަ ފިރިހެންވަންތަ ހަށިގަނޑެއްކަން ހާމަކޮށްދެއެވެ. ހުދުކުލައިގެ ޖިންސެއް ލެވިފައިވާއިރު ކޮނޑުގައި ބެކްޕެކެއް އަޅުވާލައިގެން ހުރީ އަންހެންކުދިންގެ ހިތްތައް ދަމައިގަންނަ ފަދަ ގޮތަކަށެވެ. އޭރު ސައީދު ނާހިދާއަށް ގޮވަމުންދެއެވެ. މަންމަވީ ފިހާރައަކަށް ގޮސްފައޭ ޒީޝާ  ބުނެލީ ސައީދުއާ ސަލާމް ކޮށްލަމުންނެވެ.

 

“ދަރިފުޅާ ޒީޝާ.. މިއީ އައިހަމް.. ބައްޕަގެ ވަރަށް ގާތް އައްޑޫ ރައްޓެސެއްގެ ހަގު ފިރިހެން ދަރިފުޅު.. މިކޮޅަށް އައިހަމް އެއައީ ބައްޕަގެ ބިސްނެޒްއާ ޖޮއިން ކުރަން.. އައިހަމް މިއީ ސައީދުބެގެ ދޮށީ ދަރިފުޅު ޒީޝާ..ދެން މިހުރީ އެންމެ ހަގު..ޒާރާ…” ސައީދު އައިހަމް ތައާރަފްކޮށްދިނެވެ. އައިހަމް ހިނިތުންވެލަމުން ޒީޝާއާ ސަލާމްކޮށްލިއެވެ. ޒީޝާވެސް ރައްދުގައި ހީލިއެވެ. ޒާރާ ހުރީ ޒީޝާގެ ފަހަތަށް ވަދެ ފިލާފައެވެ. އެވަގުތު ގެއަށް އައިސް ވަނީ ނާހިދާއެވެ. އޭނަގެ އަތުގައި ބޮޑު ކޮތަޅެއް އޮތުމުން އެއައީ ބާޒާރުކޮށްގެން އެނގެއެވެ. ގޭގައި ނުދަންނަ ބީިރައްޓެހި ފިރިހެނަކު ހުރުމުން ބުމަ މައްޗަށް އަރުވާލަމުން ކާކުހޭ އަހާފަދައިން ސައީދުއަށް ބަލާލިއެވެ. ސައީދު ނާހިދާއަށް އައިހަމް ތައާރަފްކޮށްދިނެވެ.

 

“ހިނގާ އަވަހަށް އެއްޗެއް ކާލަންދޯ.. ވަރަށް ވަރުބަލިވެފައެއްނު ތިހުރީ… ދަރިފުޅާ ޒީޝާ ދޭބަލަ އައިހަމްގެ ކޮޓަރި ދައްކަން..ކޮޓަރިއަށް އެއްޗިހި ވައްދާފަ އަވަހަށް އާދެ ކާން…” ނާހިދާ ވާހަކަ ދެއްކީ ވަރަށް ހިތްހެޔޮކަމާއެކުގައެވެ.

 

ޒީޝާގެ ފަހަތުން އައިހަމް ހިނގައިގަތުނެވެ. ގޭގެ އެކިތަންތަނަށް ކަޅި އުކަމުން އައިހަމް ކުރިޔަށް ދިޔައެވެ. އެއީ ވަރަށް ބޮޑު ގެއެކެވެ. އާދައިގެ ގޮތަކަށް ގެ ފަރުމާކޮށްފައި ހުއްޓަސް ބަލާލި ކޮންމެ ދިމާލަކުން ފެންނަނީ ސާފުތާހިރުކަމެވެ. ޒީޝާ މަޑުކޮށްލީ ގޭގެ ވާތްފަރާތަށް ހުރި ކޮޓަރިއާ ދިމާލަށްވާ ގޮތަށެވެ. އެއީ އެގެއަށް އަންނަ މެހެމާނުންނަށް ހާއްސަކޮށްގެން ތައްޔާރުކުރެވިފައިވާ ކޮޓަރިއެކެވެ. “މިއީ އައިހަމްގެ ކޮޓަރި.. އައިހަމް ގެ ކޮޓަރިއާ ޖެހިގެން އެހުރީ އަހަރެންގެ ކޮޓަރި..އަނެއް ފަރާތުގަ ހުންނާނި މަންމަމެންގެ ކޮޓަރި.. މިގޭގަ ނޫޅޭނެެ އައިހަމް އަށް އުނދަގޫ ކުރާނި މީހެއް.. ސޯ ޑޯންޓް ވޮރީ..” ޒީޝާ އައިހަމްގެ ކޮޓަރި ދައްކަމުން ވާހަކަ ދެއްކިއެވެ. އައިހަމް އިސްއުފުލާލަމުން ޒީޝާއަށް ރަނގަޅަށް ބަލާލިއެވެ. ކޮނޑާ ހަމައަށް ކޮށާލެވިފައިވާ ފަންފަން އިސްތަށިކޮޅި ވަނީ މިނިވަންކަމާއެކުގައި ދޫކޮށްލެވިފައެވެ. އެދޮންދޮން ވަށް މޫނަށް އިތުރު ފުރިހަމަކަމެއް ގެނެސްދެނީ މަޑު ފިޔާތޮށި ކުލައިގެ ތުންފަތެވެ. އެމޫނުމަތިން ފެންނަނީ މައުސޫމްކަމާއި ހިތްހެޔޮކަމެވެ. އައިހަމްއަށް ކަޅިޖަހާ ނުލައި އިރުކޮޅެއްވަންދެން ޒީޝާއަށް ބަލަން ހުރެވުނެވެ.

 

“ތެންކްސް އިނގޭ..އެބަ ދަން ފްރެޝް ވެލައިގެން ކާން..” މައުނަވީ ގޮތަކަށް ހީލަމުން އައިހަމް ބުނެލިއެވެ. ޒީޝާވެސް ހީލަމުން އޯކޭ ބުނެފައި ދިޔައީއެވެ. ޒީޝާ ދިއުމުން އައިހަމް ކޮޓަރިއަށް ވަނެވެ. އެއީ މެދުމިނެއްގެ ރީތި ކޮޓަރިއެކެވެ. ޑަބަލް އެނދު ކައިރީގައި ޑްރެސިންގ ޓޭބަލެއް ހުއްޓެވެ. އަދި އެއްފަރާތެއްގައި ހެދުން އަޅުވާ ދަނގަޑު ހަރުގަނޑަކާއި ބޮޑު އަލަމާރިއެއް ހުއްޓެވެ. އޭސީ ކުރެވިފައި ހުރި މިކޮޓަރި އައިހަމްއަށް ވަރަށް ކަމުދިޔައެވެ. އެންމެ ކަމުދިޔައީ ކޮޓަރީގައި ބެލްކަންޏެއް ހުރުމުންނެވެ. އަލަމާރި ކައިރީގައި ދަބަސްތައް ބެހެއްޓުމަށްފަހު އެނދުގައި ޖައްސާލިއެވެ.

 

 

“ވާހް..ހާދަ ރީތި ކުއްޖެކޭ..ޒީޝާ…ނަމާ އެއްވަރަށް ކުއްޖާ ރީތިވެފައި އެހާމެ ހިތްހެޔޮ..އެއްވެސް ބޮޑާކަމެއް ނެތް..” އައިހަމް މޭގައި އަތް ޖައްސާލަމުން އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ. އައިހަމް އަވަސްވެގަތީ ފެންވަރާލުމަށެވެ.

 

ހޫނު  ގަދަ ވަގުތެއްކަމުން ސަމާ ފެންވަރައިލައިގެން އައިސް އިނީ ބެލްކަނީގައި އެލުވާފައި ހުރި އުނދޯލީގައެވެ. އޭނަގެ ހުރިހާ ވިސްނުމެއް ގުޅިފައިވަނީ ޒައިންއާއެވެ. ޒައިންގެ އެންމެ ފެނިލުމަކުންވެސް އޭނަގެ ހިތްވަނީ ޒައިންއަށް ދެވި ލޯބިވެވިފައެވެ. އަބަދުވެސް ހިތް އެދި ގޮވަނީ ޒައިން ފެނިލުމަށެވެ. ވާހަކަ ދައްކާލުމަށެވެ. ނަމަވެސް ޒައިން އެއީ ޒީޝާގެ މީހެކެވެ. ހުރިހާ ކަމެއް އެނގިހުރެ ޒީޝާ އެގޮތަށް ކަންތައް ކުރީތީ ސަމާއަށް ޒީޝާ ދެކެ ރުޅިއާދެވުނެވެ. “ހަމަ ރަނގަޅަށްވެސް ޒީޝާއަށް ޒައިން ދެއްކީމަ ހިއްކީ.. އައި ވޯންޓް ފޮގިވް ހާރ..ކޮންމެ ގޮތެއް ހަދާފައިވެސް ޒައިން އަހަރެންގެ މީހަކަށް ހަދާނަން..ހީ އިޒް އޯލް މައިން..” ސަމާ އަމިއްލަ ނަފްސާ ވާހަކަ ދެއްކިއެވެ.

އައިހަމް ރީތި ވެލައިގެން އައިރު ކެއުން ހުރީ ތައްޔާރުވެފައެވެ. ނާހިދާ އަވަހަށް ފަށާށޭ ބުނުމުން ކާން ފެށިއެވެ. ކާއެއްޗެހި އައިހަމްއަށް ވަރަށް ކަމުދިޔައެވެ. ކައިނިމިގެން ނާހިދާ ގާތު ހުރިހާ އެއްޗެއްވެސް ވަރަށް މީރޭ ބުންނެވެ. “އައިހަމް.. ގޭގަ އުޅެންވާނި އަމިއްލަ ގެ ކަމަށް ދެއްކިގެން އިނގޭ.. އައިހަމްގެ ބައްޕަ މާހިރުއާ އަހަންނާ އެއީ ކުޑައިރުއްސުރެންވެސް ގާތް ދެރަހުމަތްތެރިން.. އެހެންވީމަ އައިހަމް މިގޭ ތެރޭ އުޅޭއިރު އެއްވެސް ބީރައްޓެހި ކަމެއް އޮވެގެން ނުވާނެ.. މާދަމާ ދޯ ދާނި އޮފީސްގެ ކަންތައް ބަލާލަން..މިއަދު ގޭގަ އަރާމު ކޮށްލަން މަޑުކޮށްލާ…” ސައީދު ދުފާ ތައްބަށް އަތަށް ލައިގެން އިނދެ ވާހަކަ ދެއްކިއެވެ. އައިހަމް ލައްބައޭ ބުނެ ބޯ ޖަހާލިއެވެ. އޭރު ޒީޝާ އުޅުނީ ނާހިދާއަށް ތަށިތައް ނެގުމުގައި އެހީތެރިވާށެވެ. އިރުކޮޅަކާ އައިހަމްއަށް ޒީޝާގެ ހަރަކާތްތަކަށް ބަލައިލެވެއެެވެ.

 

 

ރޭގަނޑުގެ ވަގުތެވެ. އިޝާ ނަމާދު ކޮށްލައިގެން ޒީޝާ އުޅުނީ ޒައިން މެންގެއަށް ދިޔުމަށް ތައްޔާރުވާށެވެ. އަޅިކުލައިގެ އަތްދިގު ޓީޝާޓަކާއި މަޑު ނޫކުލައިގެ ޖިންސެއް ލިއެވެ. ގަޔަށް ބާރު ޓީޝާޓެއްކަމުން ޒީޝާގެ އަންހެންވައްތަ ހަށިގަނޑު ފާޅުވެއެވެ. އިސްތަށިގަނޑު މައްޗަށް ނަގައި އައްސާލިއެވެ. ކަރުގައި ރިހި ކުލައިގެ ފަށެއް އެޅިއެވެ. ރަތް ކުލައިގެ ލިޕްސްޓިކް ތުންފަތުގައި ޖައްސާލުމަށްފަހު އަތްދަބަސް ކޮނޑުގައި އަޅުވަލައިގެން ކޮޓަރިން ނިކުތެވެ. ނަސީބަކުން ސައީދުއާ އައިހަމް މިސްކިތަށް ދިޔަށް ގޮތަކަށް ނާދެއެވެ. މަންމަ ގާތުގައި މިދަނީ ޒައިންމެންގެއަށޭ ބުނެފައި ނިކުތެވެ. އޭރު ޒައިން ސައިކަލުގައި ޒީޝާ ބަލަައި އައިސް ހުއްޓެވެ.

 

“މައި ޕްރިންސެސް ހާދަ ރީއްޗޭ.. މްްމްމްވަ…” ޒީޝާ ކޮލަށް ދޮނެއް ދެމުން ޒައިން ލޯތްބާއެކުގައި ބުނެލިއެވެ. ޒީޝާ ލަދުން ގޮސް މޫނު ރަތްވިއެވެ. އަދިވެސް ލަދުގަނޭހޭ ހެމުން ހެމުން ޒައިން އަހާލިއެވެ. ޒީޝާ ސައިކަލުގެ ފަހަތު ސީޓަށް އަރައި ހަމަޖެހިލަމުން ޒައިންގެ ފިރިހެންވަންތަ ހަށިގަނޑުގައި ކުޑަ ގޮތަކަށް ބައްދާލިއެވެ. ޒައިން ސައިކަލު ސްޓާޓް ކޮށްލިއެވެ. “ޒޭން.. ވަރަށް ހިތް އެބަ ތެޅޭ…ކޮން ބައެއްތަ ގޭގަ އުޅެނީ…” ޒައިންގެ ކޮނޑުގައި ދަތްދޮޅި ވިއްދާލައިގެން އިނދެ ޒީޝާ ސުވާލުކުރިއެވެ. “ޑޯންޓް ވޮރީ ބޭބީ.. މަންމައާ ދޮންތަ އުޅޭނި..ދޮންތަގެ ފިރިމީހާ މިއަދު އޮފީސް ކަމެއްގެ ރިސޯޓަށް ގޮސްވީ.. އައި އޭމް ހިޔަރ ވިތް ޔޫ.. ސޯ ނޯ ނީޑް ޓު ވޮރީ އިނގޭ..” ޒައިން ބުންޏެވެ. އޭރު ޒައިންގެ ފޯނު ރިންގް ވަމުންދިޔައެވެ. ގުޅަނީ އިޝާންއެވެ. އިޝާންގެ ފޯނަށް ޖަވާބު ދޭންވެގެން ސައިކަލު މަޑުކޮށްލިއެވެ. އެވަގުތު ކަންމަތީގައި ހުރި ފިހާރައަކުން ސަމާ ނިކުތްތަން ޒީޝާއަށް ފެނުނެވެ. ސަމާއޭ ކިޔާފައި ގޮވާލިއެވެ. ސަމާއަށް އެއަޑު އިވުނުކަމުގައިވިޔަސް އަޑު ނީވޭ ކަމަށް ހަދައި އަޅައިނުލައިދިޔައީއެވެ. ސަމާ ކަންތައް ކުރިގޮތުން ޒީޝާ ވަރަށް ދެރަވިއެވެ. ހަމަ ޔަގީނުންވެސް ސަމާއަށް އޭނަ ގޮވި އަޑު އިވޭނެކަން ޒީޝާއަށް އެނގެއެވެ.

 

ފަނަރަ ވަރަކަށް މިނެޓް ތެރޭގައި ދުއްވާލާފައި އައިސް ޒައިން ސައިކަލު މަޑުކޮށްލީ ހަނި ގޯޅިއެއްގެ ތެރޭގައި ހުރި ގެއެއްގެ ކުރިމައްޗަށެވެ. އެއީ ފުދޭވަރަކަށް ބޮޑު ގެއެކެވެ. ޒީޝާ ފޭބުމުން ސައިކަލް ޕާކް ކޮށްލާފައި އައިސް ޒީޝާގެ އަތުގައި ހިފާލަމުން ގޭތެރެއަށްވަނެވެ. އޭރު ފަހީމައާއި ފައިހާ ތިބީ ޒައިންއާ ޒީޝާގެ އިންތިޒާރުގައެވެ. “މަަންމާ..ދޮންތާ މިހުރީ ޒީޝާ..” ޒީޝާ ދައްކާލަމުން ޒައިން ބުނެލިއެވެ. ޒީޝާ ހުރީ ވަރަށް ލަދުންނެވެ. “ދަރިފުޅާ ޒީޝާ… މަންމަމެން މިތިބީ ތިދެކުދިންގެ އިންތިޒާރުގަ..ތިހާ ލަދު ގަންނަ އެއްޗެއް ނޫނެ..” ޒީޝާގެ ބޮލުގައި ފިރުމާލަމުން ފަހީމާ ހިތްހެޔޮކަމާއެކުގައި ބުނެލިއެވެ. “އެ ތެދެއް ޒީ… ކޮޅަށް ނުހުރެ މިތާ އިށީނދެބަލަ…” ފައިހާ ޒީޝާގެ އަތުގައި ހިފައިގެން ގެނެސް ގޮނޑީގައި ބޭންދިއެވެ. ޒައިންގެ މަންމައާ ދޮންތަގެ ރަނގަޅުކަން ފެނި ޒީޝާ ވަރަށް އުފާވިއެވެ. އިރުކޮޅަކު ވާހަކަ ދައްކަން ތިބުމަށްފަހު ފަހީމާ ކާން ހިނގާށޭ ބުނެލިއެވެ.

“ހުންނާނެ ވަރަށް މީރުކޮށް ކުކުޅު ރިހަ ހަދާފަ.. ސްޕެގެޓީ ވެސް… ރޮށިވެސް ބަތްވެސް ހުންނާނެ.. ޒައިން ބުނި ޒީޝާއަށް ތެލުލި މަސް ވަރަށް މީރު ވާނޭ..އެހެންވެ މަސްވެސް ހުންނާނެ ތެލުލާލަފަ.. އަނބު ފަންޏާ އޮރެންޖް ފަނިވެސް ހުންނާނެ..ހިނގާ އަވަަހަށް ކާންދޯ..” ފަހީމާ ލިސްޓް ކިޔައި ނިމުނުއިރު ޒީޝާ ހުރީ ކުޅުދިޔާވެފައެވެ. ޒީޝާއަށްޓަކައި އެހައި ފުރިހަމަ ގޮތުގައި ކެއުން ތައްޔާރުކޮށްލާފައި ހުރުމުން ޒީޝާ އަދި ޒައިންވެސް ވަރަށް އުފާވިއެވެ. ފައިހާ ވަރަށް ސިއްރުން ޒައިން ގާތު ޒީޝާ ވަރަށް ރީއްޗޭ ބުނެލިއެވެ. އަދި ޒައިންއާ ވަރަށް ގުޅޭ ވާހަކަވެސް ބުންޏެވެ. ޒައިން އެއްލޯ މަރާލަމުން ތެންކިޔޫއޭ ބުނެލިއެވެ.

 

ޒީޝާ ވަރަށް ރަނގަޅަށް ކެއެވެ. ހުރިހާ އެއްޗެއްވެސް އޭނާއަށް ވަރަށް މީރުވިއެވެ. ކައިނިމިގެން ޒީޝާއާ ޒައިން ދިޔައީ ޒައިންގެ ކޮޓަރިއަށެވެ. ކުޑަ ވަގުތުކޮޅަކަށް ނަމަވެސް ދެމީހުން އެކަނިވެލާށެވެ. ކޮޓަރިއަށް ވަދެފައި ޒައިން ކޮޓަރި ތަޅުލިއެވެ. އަދި ވަރަށް ލޯބިން ޒީޝާއާ ގާތްވެލިއެވެ. ޒީޝާގެ އުނަގަނޑުގައި އަތް އަޅުވާލަމުން ގަޔާ ކައިރިކޮށްލިއެވެ. ޒީޝާގެ އިސްތަށިގަނޑު އެއްފަރާތްކޮށްލަމުން ކަނދުރާއަށް ބޮސްދިނެވެ. ޒީޝާގެ ހުރީ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. ޒައިންގެ އެންމެ ބީހިލުމަކުންވެސް އޭނާއަށް އެތައް ތަފާތު އިހުސާސްތަކެއް ކުރުވައެވެ. ޒީޝާވެސް ޒައިންގެ ބުރަކަށީގައި ދެއަތް އަޅުވަލައި ބައްދާލިއެވެ. “ޒޭން..ހަމަ މާދަމާ ފުރަނީތަ.. ވަރަށް ވަރަށް މިސްވާނެ..” ޒައިންގެ މޫނަށް ބަލަހައްޓައިގެން ހުރެ ޒީޝާ ވާހަކަދެއްކިއެވެ. “ހޫމް..އަހަރެންވެސް ޒީ މަތިން ވަރަށް ހަނދާންވާނެ..ބަލާނަން ވީހާ އަވަހަކަށްވެސް ޒީ ގާތަށް އާދެވޭތޯ..” ޒީޝާގެ ނިތްކުރިއަށް ބޮސްދެމުން ޒައިން ބުނެލިއެވެ. އަދި ޒީޝާގެ މޫނުގައި ހިފައި އޭނަގެ މޫނުއާ ކައިރިކޮށްލަމުން ޒީޝާގެ ދެތުންފަތުގައި ބޮސްދިނެވެ. ފާރަށް ތަތްކޮށްލަމުން ކަނދުރާގައި އަތް ހިފަހައްޓައިގެން ހުރެ އެ ތުންފަތުގައި ބޮސްދެމުންދިޔައެވެ. (ނުނިމޭ)

4

12 Comments

 1. Shara

  November 21, 2015 at 4:12 pm

  wow

 2. lahu

  November 21, 2015 at 4:18 pm

  Varah salhi.. when is the next part? Zeesha n zain dhuru nukurahchey ingey hanna.. ♡♥♡♡♡

 3. sam

  November 21, 2015 at 5:12 pm

  Vaahaka varah loabi. Aneh part avahah gensesdhyba.. 🙂

 4. Crazi

  November 21, 2015 at 7:29 pm

  Next part fast ejgey

 5. lillygirl

  November 21, 2015 at 8:04 pm

  ވަރަށް ރީތި

 6. Ira

  November 21, 2015 at 10:23 pm

  Varah reethi mi vaahaka…… 🙂 😉 waiting for the nxt prt…… gd lck…. 😉

 7. mik

  November 22, 2015 at 7:18 am

  Obi ingey:-D:-*

 8. mary

  November 22, 2015 at 9:04 am

  Saeedhu aa eku… mi kuhgotheh… saeedhaa eku mi rangalhu goiy….. ao vaahakaige kuriyah dhaa baithakigaaa pls correct this mistake…. anyways story hama habeys

 9. Sina

  November 22, 2015 at 9:20 am

  Vahaka v salhi.

 10. isha

  November 22, 2015 at 4:21 pm

  varah reethi next part ge inthizaaruga

 11. zee

  November 23, 2015 at 9:46 am

  salhi 🙂

 12. lai

  November 24, 2015 at 10:11 am

  where is the next part? please upload it soon as i am waiting for the next part eagerly..

Comments are closed.