Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު ( 33 )

saarah Level 210 Stories100 Comments
November 22, 2015 12 Mins Read
121 Comments

މާޔާ ވަކިވަކިން ތިންމީހުންގެ މޫނަށް ބަލާލަމުން އެހެން ބުނެލީ ފުޅާ ހިނިތުންވުމަކާއެކީއެވެ. ފާއިޒު ފަޒީލާ ކިބައިން ޒުހޭރުގެ އެ އަމަލުތަކަށް މާފަށް އެދުނެވެ. ފަޒީލާ ހީލަމުން މާފަށް ނޭދުމަށް އެދުނެވެ.

މާޔާއާ ފަޒީލާއާ ދެމީހުން އެ ގޭގަ އެތައް އިރެއް ވަންދެން މަޑުކޮށްލައިގެން އާއިލާ މީހުންނާ ވާހަކަ ދައްކަން މަޑުކުރިއެވެ. ނިހާނަށް ގުޅައިގެން އާކިން ގެނައެވެ. ސަމީރާ އާކިން އުރާލަމުން މޫނުގައި ބޮސްދީ ހެދި އިރު ހުރީ ފެންކަޅިވެފައެވެ. ދެން ތިބި މީހުންވެސް އާކިން ނަގައިގެން އުޅުނު އިރު މާޔާ އެ މަންޒަރު ބަލަން އިނީ ހެވިފައެވެ. ސަމީރާ ނިހާންގެ ކަންފަތުގައި ހިފާލަމުން ދުވަހަކުވެސް މާޔާއަށް ދެރައެއް ނުދޭން އެދުނެވެ. ނިހާން ހީލަމުން ނޭވާ ހުރިހާ ދުވަހަކު މާޔާއަށް ދެރައެއް ނުދޭނަމޭ ބުނެލީ ސާބިތުކަމާއެކީގައެވެ. ނިހާންގެ އެ ޖުމުލައިން މާޔާ ނިހާނަށް ބަލާލިއިރު ތުންފަތްމަތީ ހިނިތުންވުމެއް ވިއިރު މޫނުމަތިން ހިތްހަމަޖެހުމުގެ ކުލަވަރު ފެނިގެން ދިޔައެވެ. ބޮޑެތި މީހުން ވާހަކަ ދައްކަން ސޯފާތަކުގައި އިށީދެލައިގެން ތިބިއިރު ޝާނިމްއާ ޝާޔަންގެ ދަރިފުޅު ޝިނާ އާއި އާކިން ސިޓިންރޫމުގެ ތެރޭ ދުވަމުން ދިޔައެވެ. ޝަހާ މިހާރު އުޅެނީ ކައިވެނިކޮށްގެންނެވެ. އެއް އަހަރުގެ އަންހެން ކުއްޖަކުވެސް ހުރެއެވެ. ކޮލެޖް ދުވަސްވަރުގެ ލޯބިވި އައުޒަމް ކިޔާ ކުއްޖަކާ ކައިވެނި ކުރިތާ ތިން އަހަރު ވީއެވެ.  މާޔާ އެދުމުން ޝަހާ އައުޒަމްއަށް ގުޅާފަ އާނާ ގެނެސްދޭން އެދުނެވެ. އަހަރުތަކަށް ފަހު އެ މުޅި އާއިލާ އަނެއްކާވެސް އެއްތަން ވީއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް އުފާވެރިކަން ފެންނަމުން ދިޔައެވެ.

ރޭގަނޑުގެ ވަގުތެވެ. މާޔާ އާކިން ނިންދަވަން އެނދުގައި އޮށޯވެލައިގެން އޮތެވެ. އާކިނަށް ނިދުނު އިރު މާޔާވެސް އޮތީ ނިދި އައިސްފައެވެ. އެކަމަކު އޭރު އަދި ނިހާން ބޭރަށް ދިޔަ ގޮތަށް ގެއަށް ނާންނާތީ މާޔާ ތެދުވެގެން ބަދިގެއަށް ދިޔައީ ކޮފީއެއް ހަދާލާށެވެ. ކޮފީ ތައްޓެއް ހިފައިގެން ގޮސް ސޯފާގައި ދެފައި ވަށްކޮށްލައިގެން މާޔާ އިށީދެލީ ޓީވީ ބަލާށެވެ. ޗެނެލްތައް ބަދަލުކުރަމުން ދިޔައީ ރަނގަޅު ޗެނެލެއް ނުފެނިގެންނެވެ. އެހެން ބަދަލުކުރަމުން ދަނިކޮށް ” އަ ވޯލްކް ޓު ރިމެމްބަރ ” ފިލްމް ދައްކާތަން ފެނިގެން ހަމަޖެހިލިއެވެ. އެއީ މާޔާއަށް އަބަދުވެސް ނިކަން ރީތި ފިލްމެކެވެ. ފިލްމަ ބަލަމުން ދިޔައިރު ވަގުތު ދިޔަގޮތެއްވެސް ނޭގުނެވެ. ނިހާން ބޮޑުދޮރުން ވަދެގެން އައިސް އޭނަގެ ކައިރީ އެއްފަރާތުގައި ހުއްޓިލިއިރުވެސް ހިލަމެއް ނުވާފަދައެވެ. ނިހާން މާޔާއަށް ބަލާލަމުން ހީލިއެވެ. ” އުހުމް އުހުމް.. ” ނިހާން ކަރުކެހިލީ މާޔާގެ ސަމާލުކަން ހޯދާށެވެ. އެ އަޑަށް މާޔާ ސިހިފައި މޫނު އަނބުރާލަމުން ބަލާލިއެވެ. ” އަބަދު ބިރުގަންނަވަނީ.. ” މާޔާ ތުންފިއްތާލަމުން ބުނެލިއެވެ. ނިހާން ހީލަމުން އައިސް މާޔާއާ ޖެހިގެން އިށީދެލިއެވެ. ” ކޯށްޗެއް ތި ބަލަނީ؟ ” ނިހާން ސުވާލުކޮށްލީ ޓީވީއަށް ނަޒަރު ހުއްޓާލަމުންނެވެ. އޭރު ފިލްމްގަ ދައްކަމުން ދިޔައީ ލޯބީގެ މަންޒަރެކެވެ. ” އަ ވޯލްކް ޓު ރިމެ…… ” މާޔާ ނިހާންގެ މޫނަށް ބަލަން އިދެލާފައި ޓީވީއަށް ނަޒަރު ހުއްޓާލި ވަގަތު ފެނުނު މަންޒަރުން ބުނަން އުޅުނު ޖުމުލަވެސް ކަރުތެރޭ ތާށިވިއެވެ. ދެން އެހާމެ އަވަހަށް އަނެއްކާ ނިހާންގެ މޫނަށް ބަލާލި ހިނދު ނިހާންގެ ތޫނު ނަޒަރުވެސް އޭނައަށް ހުއްޓިފައި ހުރިތަން ފެނުމުން މުޅި މޫނަށް ރަތް ކުލަ ވެރިވެގެން ދިޔައެވެ. ވަގުތުން ތުންފަތުގައި ދަތް އަޅާލަމުން އިސްއޮބާލިއެވެ. ނިހާން ހީލަމުން ރިމޯޓް ނަގާ ޓީވީ ނިއްވާލިއެވެ. ” ހިނގާ ދާން.. ވަރަށް ނިދި އެބަ އާދޭ.. ” ނިހާން ތެދުވެ ހިންދެމިލަމުން ބުނެލިއެވެ. މާޔާ ބޯ ޖަހާލަމުން ނިހާނާ އެކީ މައްޗަށް ދިޔައެވެ.

އޭގެ އަނެއް ދުވަހަކީ ހުކުރު ދުވަހެވެ. ހަވީރު ވަގުތު އާކިން ފޫހިވެގެން އުޅޭތީ މާޔާއާ ފަޒީލާ އާކިން ގޮވައިގެން ބީޗް ސަރަހައްދަށް ދިޔައެވެ. އާކިން މޫދަށް އެރޭ ހިތްވެދާނެތީ މާޔާ އައީވެސް މޫދަށް އެރެން ލާނެ އެއްޗެހި ވެސް ހިފައިގެންނެވެ. ވީ ވެސް އެހެނެވެ. ކުޑަކުދިން މޫދުގައި ސަކަރާތް ޖަހާ އުޅޭތަން ފެނުމުން އާކިން އެރޭ ހިތްވިއެވެ. ފަޒީލާ އާކިން ގޮވައިގެން ގޮސް މޫދުގައި އުޅުނު އިރު މާޔާ ބެންޗެއްގައި އިށީދެލައިގެން އިނެވެ. އެހެން އިން އިރު އިހްތިޔާރެއް ނެތިވެސް މާޔާގެ ހިތުގައި އެނބުރެމުން ދިޔައީ ކިޔާނާ އެކީ މާޔާ ބީޗް ސަރަހައްދުގައި ހޭދަކުރި ވަގުތެވެ. ބީޗް ސަރަހައްދަކީ ކިޔާން ހިތަހަމަ ޖައްސާލަން އާއްމުކޮށް އައިސް އުޅޭތަނެކެވެ. ކުޑަކުދިން ސަކަރާތްޖަހާ ހަދާ މަންޒަރު ފެނުމުން ހިތަށް ހަމަޖެހުން ލިބެއެވެ. މާޔާ އެހެން އިދެފައި އެއްލި ކަޅިއަކުން ދުރުގަ ހުރި ފާރު ބުރި މަތީގަ އޭނައާ ފުރަގަހަށް ވާ ގޮތަށް އިށީދެލައިގެން އިން ޒުވާން ފިރިހެންމީހާ ފެނުމުން ބަލަން އިނދެވުނެވެ. ފުރަގަހުން އެކަނި ވެސް އެއީ ކާކުކަން މާޔާއަށް ވަކިކުރަން އެނގުނެވެ. ” ކިޔާން. ” މާޔާ މަޑުމަޑުން އެހެން ބުނެލި އިރު އަޑުގައ ތުރުތުރު ލުމެއް ވިއެވެ. ހަތަރު އަހަރު ފަހުންވެސް އެ ސޫރަ ފެނުމުން ހިތްތެޅިލިއެވެ. ތެދުވެގެން ކިޔާނާ ދިމާލަށް ފިޔަވަޅުތައް އަޅަމުން ގޮސް ފަހަތުގައި ދެތިން ފޫޓް ހުންނާނެ ވަރަށް ހުއްޓިލިއެވެ. ކިޔާނެ އެއްޗެސް ނޭގިފައި އިރުކޮޅެއް ވަންދެން ބަލަން ހުރެލާފައި މާޔާ ދާން އުޅެފަވެސް އެ ހިޔާލު ދޫކޮށްލިއެވެ.

” އައި އެކްސްޕެކްޓެޑް ޓު ސީ ޔޫ ހިއަރ.. ” އެންމެ ފަހުން ހިތްވަރުކޮށްލާފައި މާޔާ ވާހަކަ ދެއްކިއެވެ. ކުއްލިއަކަށް ފަހަތުން މީހަކު ވާހަކަ ދެއްކި އަޑު އިވިގެން ކިޔާންގެ ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނު ފަދައެވެ. އެއީ މާޔާގެ އަޑެވެ. ” މާޔާ ” ކިޔާން ހިތުން މާޔާގެ ނަން ކިޔާލަމުން ކަންފަތަށް އިވުނު އަޑު ގަބޫލުކުރަން ފަހަތަށް އެނބުރިލިއެވެ. ކުރިމަތީގަ ހުއްޓިލައިގެން ހުރި މާޔާ ފެނުނު ހިނދު ކިޔާން ކަޅިވެސް ޖަހާނުލާ ބަލަން ހުރެވުނެވެ. ” ހޭއި! ” މާޔާ އަތް އުފުލާލަމުން ބުނެލީ ކުޑަ ހިނިތުންވުމަކާ އެކީއެވެ. ކިޔާން ހުވަފެނަކުން ހޭލެވުނު ހެން ދެފަރާތަށް ކުޑަކޮށް ބޯ ހޫރާލަމުން މާޔާއަށް ބަލާލަމުން މަޑުމަޑުން ” ހޭއި ” އޭ ބުނެލިއެވެ. ދެން ދެމީހުން ކުރެ އެކަކުވެސް އެއްޗެކޭ ނުބުނެ ބަލަން ތިބީ ބުނާނެ އެއްޗެއް ނޭގިފައެވެ. ބުނަން ބޭނުންވެފަ ހުރި ކިތަންމެ އެއްޗެއް ހުއްޓަސް ދުލާ ހަމައަށް އެންމެ ލަފްޒެއްވެސް ނައެވެ.

” މަންމީ.. މަންމީ.. ” ދުރުން އާކިން ގޮވަމުން އައިސް މާޔާގެ އަތުގަ ހިފާލިއެވެ. މާޔާ ކިޔާނަށް ބަލާލަމުން ކުޑަކޮށް ގުދުވެލާ ކިހިނެއްވީހޭ އަހާލީ ލޯބިންނެވެ. ” ނޭނގެ.. ހަމަ ކުއްލިއަކަށް ހުރެފަ ބުނީ ގެއަށް ދާން ބޭނުމޯ.. ” ފަޒީލާ އައިސް މާޔާއާ އަރާ ހަމަކޮށްލަމުން ބުނެލިއެވެ. ކައިރީގަ ހުރި ކިޔާން ފަޒީލާއަށް ފެނުމުން ހިތްހެޔޮކަމާއެކީ ހިނިތުންވުމެއް ހަދިޔާ ކޮށްލީ ދެކެފަރިތަ މީހެއް ހެނެވެ. ކިޔާނަށް އެއީ ކާކު ކަމެއްކަން ނޭގުނަސް ބަދަލުގައި ހީލިއެވެ. މާޔާގެ އަތުގަ ހިފާލައިގެން ހުރި އާކިނަށް ކިޔާން ބަލާލީ ނިކަން ލޯބިންނެވެ. ” ދަރިފުޅުތަ؟ ” އާކިންގެ ކޮލުގައި ކޮށްޓާލަމުން ކިޔާން ސުވާލުކޮށްލިއެވެ. ކިޔާންގެ އެ ސުވާލަށް މާޔާ ފާޑަކަށް ކިޔާނަށް ބަލާލަމުން ބޯ ޖަހާލިއެވެ. ކިޔާން ވެސް މާޔާއަށް ބަލާލީ ފާޑަކަށެވެ. މީ އޭނަ އެއް އިރެއްގައި އެންމެ ބަލަން ބޭނުންވި ދުވަހެވެ. މިއަދު ތަފާތަކީ އެ މަގާމުގައި އެ ހުރީ ނިހާންކަމެވެ. ” ހަމަ ހީވަނީ ކުޑަ ކުޑަ ނިހާން ހެން.. ” ކިޔާން އާކިންއަށް ބަލަން ހުރެ ބުނެލިއެވެ. މާޔާ ކިޔާނަށް ބަލާލިއިރު ހިމޭންކަން ހިޔާރުކުރިއެވެ. ” ކޮންނަމެއް ކޮއްކޮ އަށް ކިޔަނީ؟ ” ކިޔާން އާކިނަށް މުހާތަބުކޮށް ސުވާލުކުރިއެވެ. ” އާކިން.. ” އާކިން ބުނެލިއެވެ. ކިޔާން ހީލަމުން ނައިސް ނޭމް އޭ ބުނެލިއެވެ. މާޔާ ކިޔާނަށް ބަލާލަމުން އިސްއޮބާލިއެވެ. ” މަންމާ.. އާކިން ގޮވައިގެން ގެއަށް ދޭ.. އަހަރެން ދާނަން ފަހުން.. ” މާޔާ ފަޒީލާއަށް ބަލާލަމުން ބުނެލިއެވެ. ފަޒީލާ ބޯ ޖަހާލަމުން އާކިންގެ އަތުގަ ހިފައިގެން ހިނގައިގަތެވެ.

” ކިޔާން.. ކޭން ވީ ޓޯލްކް؟ ” ފަޒީލާ ގޮސް ލޯމަތިން ގެއްލުމުން މާޔާ އެނބުރިފައި ކިޔާނަށް ބަލާލަމުން ބުނެލިއެވެ. ކިޔާން ބުމަ ހިއްލާލަމުން ބޯ ޖަހާލިއެވެ. ކިޔާން ކުރިން ހުރެ ހިގައިގަތުމުން މާޔާ ފަހަތުން ދިޔައީ ކިޔާނަށް ބަލަން ހުރެއެވެ. މިއަދުވެސް އެ ރީތިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. ކިޔާން ގެންގުޅޭ ހިތްގައިމު އާދަތައް އަދިވެސް އެބަހުއްޓެވެ. ހިނގާލާފަ ދިޔައިރުވެސް މޮޑެލް އެކޭ ތަފާތެއް ނެތެވެ. ދެމީހުން ގޮސް ތަންކޮޅެއް ދުރުގައި މީހުން މަދުހިސާބެއްގައި ހުރި ބެންޗުގައި އިށީދެލިއެވެ. މާޔާ އިސްއޮބާލައިގެން ދެއަތް ދެއަތާ މޮޑެން އިން އިރު ކިޔާން ދުރަށް ބަލާލަމުން މާޔާއަށް ބަލާލިއެވެ. ދެން ތިރީ ތުންފަތުގައި ދަތް އަޅާލަމުން ކިޔާންވެސް އިސްއޮބާލިއެވެ. ދެމީހުން ކުރެ އެކަކުވެސް އަނގައިން ނުބުނެ އިށީދެލައިގެން ތިބީއެވެ. ދުވަހަކުވެސް ދެމީހުންގެ ދޭތެރެއަށް ނާންނަ ހިމޭންކަމެއް މިއަދު އައީއެވެ. ރުޅި އައިސް ތިބި އިރުވެސް ވާހަކަ ދައްކަން މިހާ އުދަގޫވިކަމެއް ނޭގެއެވެ.

” އައި އެމް ސޮރީ ” ” އައި އެމް ސޮރީ ” އިރުކޮޅެއްގެ ހިމޭންކަމަށް ފަހު ދެމީހުން އިސްއުފުލާލަމުން އެހެން ބުނެލީ އެކީގައެވެ. ދެމީހުން ދެމީހުންގެ މޫނަށް ބަލާލަމުން ހީލިއެވެ. ” ސޮރީ.. އެ ރޭ އަހަރެން އަސްލު ވަރަށް ހަޑިކޮށް މާޔާއަށް އެއްޗެހި ކީ.. އެ ގޮތަށް ކަންތައް ދިމާވެފަ ހުއްޓާ ކުއްލިއަކަށް އަނެއްކާ އެހެން އެގުނީމަ ވިސްނުނު ގޮތް އެއީ.. ސޮރީ.. ތީ ލަދުކުޑަ ކުއްޖެއް ނޫން.. މާޔާއަށް ވުރެ ރަނގަޅު އަންހެން ކުއްޖެއް ނުހުންނާނެ.. އެހެންމީހުންގެ އުފަލައްޓަކާ އަމިއްލަ އުފާތައް ގުރުބާން ކުރާނީ ނިކަން މާތް މީހުން.. ” ކިޔާން މާޔާއަށް ބަލަން އިނދެ ވާހަކަ ދެއްކިއެވެ. މާޔާ ކިޔާނަށް ބަލާލަމުން ހީލިއެވެ. ހިނދުކޮޅަކަށް ނަމަވެސް ދެމީހުންގެ ހަތަރުކަޅި ހަމަވިއިރު ދެލޮލުން އެތައް ހާސް މެސެޖެއް ފޮނުވިއެވެ. ” އައި އެމް ސޮރީ.. އަހަރެންވެސް ކިޔާނާ ދޭތެރޭ ކަންތައް ކުރީ ރަނގަޅަކަށް ނޫން.. އަހަރެން ވަރަށް ހާރޓް ކުރިން ކިޔާނަށް.. ” މާޔާވެސް މާފަށް އެދުނެވެ. ކިޔާން ހީލަމުން ދެފަރާތަށް ބޯ ހޫރާލިއެވެ.

” އަހަންނަކަށް ނޭގެ ހަތަރު އަހަރު ކުރިން އަހަރެން އެ ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމެއް.. އެނގޭހާވެސް އެއްޗަކީ އޭރު އަހަރެން އެހެން ނެހެދިނަމަ ފަހަރެއްގަ އަހަންނަށް އުފަލުގަ ނޫޅެވޭނަކަން.. އަހަރެން ނިހާން ކައިރިން ވަރިވެގެން ގޮސް ކިޔާނާ ކައިވެނި ކުރިނަމަވެސް އެއީ މާއިޝާއަށް އަދި ނިހާނަށްވެސް ދެވޭ އަނިޔާއެއް.. އަހަރުމެން ދެމީހުން ވަކިވީ ނިހާނާ ހެދި ކަމުގައިވިޔަސް ނިހާން އަހަރެންދެޖެ ވަނީ ތެދުވެރި ލޯބި.. މާއިޝާ ކިޔާން ކައިރީ ދޮގު ހެދިޔަސް މާއިޝާވެސް ކިޔާން ދެކެ ވަނީ ތެދުވެރި ލޯބި.. އަހަރަމެން ދެމީހުން އެކުގައި އުޅެންށޭ ކިޔާފަ އެ ދެމީހުންގެ ކައިރިން ވަކިވެގެން އެކުވިޔަސް އަބަދު ހިތުގަ އޮންނާނެ އެ ރިގްރެޓް އަހަރަމެންނާ ހެދި އެހެން ބައެއްގެ ހިތް ހަލާކުވި ކަމުގެ.. މިހާ ދުވަސްވި އިރުވެސް އަހަރެންގެ ހިތުން އަދިވެސް ކިޔާނަށް އެ ދެވުނު ހިތްދަތިކަމުގެ ރިގްރެޓް ފިލާ ނުދޭ.. ” މާޔާ ދުރަށް ބަލަން އިދެ މަޑުން ވާހަކަ ދެއްކިއެވެ. ކިޔާން މާޔާގެ މޫނަށް ނަޒަރު ހުއްޓާލަމުން ދުރަށް ބަލަން ފެށިއެވެ. އެއީ ކިޔާންވެސް ގަބޫލުކުރާ ވާހަކަތަކެވެ. ” ފަހަރެއްގަ މާޔާގެ މަގާމުގަ އަހަރެން ހުރިނަމަވެސް ކަންތައް ކުރާނީ ތިހެން.. ” ކިޔާން ބުނެލިއެވެ. މާޔާ މޫނު އަނބުރާލަމުން ކިޔާނަށް ބަލާލީ ކުޑަކޮށް ހިނިތުންވުމަކާއެކީއެވެ. ދެން އަނެއްކާވެސް ދުރަށް ނަޒަރު ހުއްޓާލިއެވެ.

” މި ހަތަރު އަހަރުތެރޭ އަހަރެން ވަރަށް މަސައްކަތް ކުރިން މާޔާ މަތިން ހަނދާން ނައްތާލަން.. މާޔާ ދެކެ ވީ ލޯބި މާއިޝާދެކެ ވޭތޯ.. އެކަމަކު އަހަންނަށް އެކަމެއް ނުވި.. އުޅެއުޅެވެސް އަހަރެންގެ ހިތުގަ މާޔާއަށް އޮތް މަގާމު މާއިޝާއަށް ނުދެވުނު.. ފަހަރެއްގެ ނުވެސް ދެވޭނެ. އެކަމަކު ކޮންމެވެސް ވަރަކަށް މިހާރު އެބަ ހީވޭ މާއިޝާއަށް ފީލްވާހެން.. ” ކިޔާން އެ އިން ގޮތަށް އިނދެ ބުނެލިއެވެ. މާޔާ ކިޔާނަށް ބަލާލަމުން ހީލިއެވެ. ކިޔާން މާއިޝާއާ އެކު އުޅެން މަސައްކަތް ކުރާތީ މާޔާ އުފާވިއެވެ. ހުދު އޭނަވެސް ނިހާނަށް އެ ހިތުގަ ކިޔާނަށް އޮތް މަގާމުދޭން ހާދަ މަސައްކަތެއް ކޮށްފި ހެއްޔެވެ؟ އެކަމަކު ނިހާނަށް އެ ހިތުގަ ކިޔާނަށް އޮތް މަގާމު ނުދެވުނަސް މިހާރު މާޔާވެސް ނިހާންދެކެ ލޯބިވެއެވެ. ” ފަހަރެއްގަ އަހަރަމެންގެ ނަސީބުގަ އެކުގަ އުޅެން ނެތީ.. ” މާޔާ ކިޔާނަށް ބަލަން އިދެލާފައި ބުނެލިއެވެ. ކިޔާން ދެން އެއްޗެކޭ ނުބުނެ ހިމޭންކަން ހިޔާރުކުރިއެވެ. ދެން ދެމިގެންދިޔައީ ހިމޭންކަމުގެ ވަގުތުތަކެވެ. ދެމީހުންކުރެ އެކަކުވެސް އެއްޗެކޭ ނުބުނެ ތިބި އިރު ދެމީހުންގެ ހިމޭންކަން ވާހަކަ ދައްކަމުން ދިޔަ ފަދައެވެ. އަހަރުތަކަށް ފަހު ލޯ ކުރިމަތީގަ ތިބެގެން ހިތުގެ ހާލު ބަޔާން ކޮށްދެވުމުން އުފާވިއެވެ. ބުނެދޭން ނޭގޭފަދަ ހިތްހަމަޖެހުމެއް ލިބުނެވެ. ދެމީހުންގެ ތުންފަތް މަތީގަވެސް ހިނިތުންވުމެއް ވިއެވެ.

” ވެއިޓް އަ މޮމެންޓް.. އައި ހޭވް ސަމްތިންގ ފޯރ ޔޫ.. ” ކުއްލިއަކަށް ކިޔާން މާޔާއަށް ބަލާލަމުން ބުނެލިއެވެ. މާޔާ ހައިރާންވެފައި ކޯށްޗެއްހޭ އަހާލުމުން ކިޔާން މަޑުކޮށްލާށޭ ބުނެފަ ތެދުވެގެން ހިނގައިގަތެވެ. މާޔާ ކިޔާން ދިޔަ ދިމާލަށް ބަލަން އިނެވެ. ކިޔާން ގޮސް ތަންކޮޅެއް ދުރުގައި ޕާރްކް ކޮށްލާފައި އޮތް ކާރުގެ ދޮރު ހުޅުވާލަމުން ކޮންމެވެސް އެއްޗެއް ނަގައިގެން އައިސް މާޔާގެ ކައިރީ އިށީދެލިއެވެ. މާޔާ ކިޔާން ދޭ އެއްޗަކަށް ބަލަން އިންދާ ކިޔާން އަތުގަ އޮތް ކުޑަ ރަތް ކުލައިގެ ފޮށި ހުޅުވާލިއެވެ. ފޮށީގަ އިން އަނޮގިޓިއަށް މާޔާ ބަލަން އިން އިރު ސިކުނޑީގައި ކުރީގެ ހަނދާނެއް ކޮނެލިއެވެ. އެއީ ކިޔާން އޭނަ ކައިރީ އިންނަށް އެހި ރޭ އިނގިލީގަ އަޅުވަން އުޅުނު އަނގޮޓިއެވެ. ކިޔާން އެ އަނގޮޓި އަނެއްކާވެސް އޭނައަށް އެ ދެނީ ކީއްވެ ހެއްޔެވެ؟ މާޔާ ސުވާލުއުފެދިފައި ކިޔާނަށް ބަލާލިއެވެ. ކިޔާނަށް އެ ނަޒަރު ފާހަގަވެގެން ހީލިއެވެ. ” މި އަނގޮޓި އަޅުވާނެ އެހެން އިނގިލިއެއް އަހަންނަށް ނުލިބުނު.. އެކްޓުއަލީ ހޯދަން ނުވެސް އުޅެން.. މާއިޝާއަށް މި އަނގޮޓި ދޭން ބޭނުމެއް ނުވި.. އައި ބޯޓް ދިސް ފޯރ ޔޫ.. އެންޑް އޮންލީ ޔޫ ޑިޒާވް ދިސް ރިންގް.. މާޔާ މި އަނގޮޓި ނޭޅިޔަސް އަހަރެން ބޭނުންވަނީ މާޔާގެ އަތުގަ މި އަނގޮޓި ބާއްވަން.. ” ކިޔާން މާޔާގެ އަތުގަ ހިފާލަމުން ބުނެލިއެވެ. މާޔާ ކިޔާނާ ހަތަރުކަޅި ހަމަކޮށްލައިގެން އިން އިރު ފެންކަޅިވިއެވެ. ކިޔާން އަދިވެސް އެ އަނގޮޓި ރައްކާކޮށްފަ އެބަ އޮތެވެ. މާޔާ ކަރުނައިގެ ތެރެއިންވެސް ކުޑަކޮށް ހީލަމުން އަތް ދިއްކޮށްލީ ދޭށޭ ބުނާ ފަދައިންނެވެ. ކިޔާން ހީލަމުން މާޔާގެ އަތްމަތީ އެ ފޮށި ބެހެއްޓިއެވެ. ” އެހެން އެއްވެސް މީހަކަށް މީތި ދޭނެ ކަމެއްވެސް ނެތޭ.. އިޓްސް މައިން.. އައި ލަވްޑް ދިސް ރިންގް.. ” މާޔާ އަނގޮޓިއަށް ބަލަން އިނދެ ބުނެލިއެވެ. ކިޔާން ހީލަމުން ޔެސް އޭ ބުނެލިއެވެ. އޭރު އެ މަންޒަރު ބަލަން ދުރުގައި މަޑުކޮށްލައިގެން އޮތް ކާރެއްގައި މީހަކު އިނެވެ. މާޔާ އަނގޮޓި އަތުގައި އޮތް ދަބަހަށް ލިއެވެ.

ކިޔާނާ މާޔާ ދެމީހުން އިރުކޮޅެއް ވަންދެން ވާހަކަ ދައްކަން ތިއްބެވެ. ކިޔާން މިހާރު ދަނީ ސްޕެޝިލިސްޓަކަށް ވާން ކިޔަވަމުން ކަމުގައި ބުނެލިއެވެ. ލަންޑަނުގައި ކިޔަވަން ހުރެފަ ޗުއްޓީއަށް މާލެ އައީއެވެ. މާއިޝާވެސް އުޅެނީ ކިޔާނާ އެކި އެކޮޅުގައެވެ. ޒިޔާނާ ނިޝާގެ ތިން އަހަރުގެ ދަރިއެއް ހުންނަ ކަމާއި މިހާރު އަނެއްކާވެސް ނިޝާ ބަނޑުބޮޑުކަމަށް ކިޔާން ބުނެލިއެވެ. މާޔާ ކިޔާން ކައިރީ ކިޔާން ދެން ދަރިއަކު ހޯދަނީ ކޮންއިރަކުހޭ ސުވާލުކޮށްލިއެވެ. ކިޔާން ހީލަމުން ތިކަމާ ދޭތެރޭ އެބަ ވިސްނަމޭ ބުނެލީ ލާނެތް ގޮތަކަށެވެ. ކާވްޔާ މި އަހަރު ކުރީ ކޮޅުގައި މީހަކާ އިދެގެން އުޅެނީ އެމީހުން ކައިރީ ލަންކާގައެވެ. ކާވްޔާ ފިރިމީހާއަކީ މާލޭ މީހަކަށް ވިޔަސް ދިރިއުޅެނީ ލަންކާގައެވެ. ދެމީހުން އެކި ވާހަކަތައް ދައްކަމުން ދަނިކޮށް މާއިޝާ ކިޔާނަށް ގުޅާލިއެވެ. ކިޔާން ދާން ވެއްޖެ އޭ ބުނުމުން މާޔާ ހީލަމުން އޯކޭ އޭ ބުނެލިއެވެ. ތެދުވެގެން ހިނގާލާފައި ކިޔާން ކާރާ ދިމާލަށް ދިޔަ އިރު މާޔާވެސް އެއް ހަމައެއްގައި ހުރެ ހިނގަމުން ދިޔައެވެ. މާޔާ ކާރަށް އަރަންދެން ކިޔާން ބަލަން ހުއްޓެވެ. މާޔާ ކާރުގެ ދޮރު ހުޅުވާލާފަވެސް އަނެއްކާ ދޮރު ޖަހާލަމުން އެނބުރި ގޮސް ކިޔާންގެ ކުރިމަތީ ހުއްޓިލިއެވެ. ދެން ކުޑަކޮށް ދެފައި ކޮރާލަމުން މާޔާ ކިޔާންގެ ކަރުގައި ދެ އަތް އަޅުވާ ބައްދާލިއެވެ. ކިޔާންވެސް މާޔާގެ އުނަގަނޑުގައި ދެއަތުން ވަށާލިއިރު ދެމީހުންނަށް ދެމީހުންގެ ހިތުގެ ތެޅުން އަޑުއިވެމުން ދިޔައެވެ. މާޔާ ކިޔާންގެ ކޮނޑުގައި މޫނު ފޮރުވާލައިގެން ހުރި އިރު ހިނިތުންވެލެވުނެވެ. ކިޔާންގެވެސް ތުނަފަތްމަތީ ހިނިތުންވުމެއް ވިއެވެ. މާޔާ ކިޔާނާ ދުރުވެލަމުން ހީލިއެވެ. ” ބާއި.. ސީ ޔޫ އެރައުންޑް.. ” މާޔާ އެހެން ބުނެލަމުން ގޮސް ކާރަށް އަރާ ދުއްވާލިއެވެ.

މާޔާ ގެއަށް ދިޔައިރު ނިހާން ފެންނާކަށް ނެތެވެ. ފަޒީލާ ކައިރީ އެހުމުން ނިހާން ވީ ބޭރުގައޭ ބުނެލިއެވެ. އާކިން އޮތީ މަންމަގެ ކޮޓަރީގަ ނިދިފައޭ ބުނުމުން މާޔާ އާކިން ދެން މިރޭ އެ ކޮޓަރީގަ ބާއްވާށޭ ބުނެލިއެވެ. މާޔާ ކޮޓަރިއަށް ވަދެ އެނދުގެ ކޮޅުގައި އިށީދެލަމުން އަތުގައި އޮތް ދަބަސް އެނދުމަތީ ބޭއްވިއެވެ. ކިޔާން ދިން އަނގޮޓި މަތިން ހަނދާންވުމުން މާޔާ ދަބަސް ނަގާ އޭގެ ތެރޭ އޮތް ފޮށި ނަގާ އަނގޮޓި ނެގިއެވެ. އިރުކޮޅެއް ވަންދެން އަނގޮޓިއަށް ބަލަން އިދެފަ މާޔާ އަނގޮޓި ކަށި އިނގިލީގަ އަޅުވާލިއެވެ. އެ އަތަށް ވެސް އެ އަނގޮޓި ނިކަން ގުޅެއެވެ. އިރުކޮޅަކު އެހެން ބަލަން އިދެފައި މަޔާ އަތުގަ އޮތް އަނގޮޓި ނަގަމުން އަނގޮޓި ކުރިންވެސް އޮތް ފޮށްޓަށް ލަމުން ގޮސް އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ ތިރީގަ ކޮޅަށް ބަހައްޓާފަ ހުރި ފޮށި ނަގާ ބިންމަތީގަ ބަހެއްޓިއެވެ. އެއީ އަހަރުތަކެއް ކުރިން މާޔާ ކިޔާންގެ ހުރިހާ ހަނދާންތަކެއް ރައްކާ ކުރި ފޮށްޓެވެ. މާޔާ ފޮށި ކައިރީ ބިންމަތީގަ ދެފައި ވަށްކޮށްލަމުން އިށީދެލިއެވެ. މަޑުމަޑުން ފޮށީގެ ޒިބު ކަހާލަމުން ފޮށި ހުޅުވާލި އިރު އަތް ތުރުތުރު އަޅަމުން ދިޔައެވެ.

ކިޔާނާ އެ ދެމީހުންގެ ކުޑައިރުއްސުރެން އެންމެ ފަހާ ޖެހެންދެން ނެގުނު ފޮޓޯތައް އަލްބަމަކަށް އަޅާފަ ހުއްޓެވެ. ކިޔާންގެ ފަރާތުން އޭނައަށް ލިބުނު ލިލީ މާތައް ހިކިފައި އެ ފޮށިތެރޭގައި ހުއްޓެވެ. ކިޔާނަށް ނޫނެކޭ ބުނި ރޭ އޭނަ ލައިގެން ހުރި ހެދުމާ އެއްޗެހިވެސް ހުއްޓެވެ. ކިޔާންގެ ފަރާތުން ލިބުނު އެހެނިހެން ކުދި ކުދި ހަދިޔާތައްވެސް އަދިވެސް އެ ފޮށިތެރޭ ހުއްޓެވެ. މާޔާ ވަކިވަކިން ކޮންމެ އެއްޗެއް ނަގާ ބަލަމުން ދިޔައިރު އިނީ ފެންކަޅިވެފައެވެ. ކިޔާނާ ދެމީހުންގެ ކުޑައިރުގެ މަޖާ ފޮޓޯތައް ބަލަމުން ދިޔައިރު ކުޑަކޮށް ހީވެސް ލައެވެ. އެ ދުވަސްތަކަކީ އޭނަގެ ދިރިއުޅުމުގަވެސް އައި އެންމެ އުފާވެރި ދުވަސްތަކުގެ ތެރެއިން ދުވަސްތަކެވެ. އަބަދަށްޓަކާ ހިތުގައި ރައްކާކުރާނެ ވަގުތު ތަކެވެ. މާޔާ އެ އެއްޗެހިތައް އަނބުރާ ފޮށްޓަށް އަޅާލިއެވެ. އަތުގައި އޮތް އަނގޮޓި ލާފަ އޮތް ފޮށިވެސް ފޮށިތެރެއަށް ލުމުގެ ކުރިން އޭގަ ތުންފަތް ޖައްސާލިއެވެ. ދެން ތެދުވެ އަލަމާރީގައި ކުރިންވެސް ފޮށި ހުރި ތަނުގައި ބަހައްޓަމުން އެނބުރިލިއިރު ދޮރުކުރިމަތީ ހުއްޓިލައިގެން ހުރި ނިހާން ފެނުމުން ކުޑަކޮށް ސިހުނެވެ. ނިހާން ލޯ ހަނިކޮށްލައިގެން ބަލަން ހުރި ގޮތުން މާޔާ ހިންދިރުވާލިއެވެ. ނިހާން ކުދިފިޔަވަޅުތައް އަޅަމުން އައިސް މާޔާގެ ކުރިމަތީ ހުއްޓިލިއެވެ.

” ވައްކަމެއް ކޮށްގެންތަ ތިހާ ތި ބިރު ގަންނަނީ؟ އަހަރެން ބުނިން ދޯ ކުރިންވެސް މާޔާ ކިޔާންގެ ހަނދާނުގައި އެ އެއްޗެހި ކިތަންމެ ވަރަކަށް ބެލިޔަސް އަހަރެން އެއްޗެކޭ ނުބުނާނަމޭ.. ދެން ކީއްވެތަ އަހަރެން ފެންނަ ކޮންމެ ފަހަރަކު މާޔާ ތި ބިރުގަންނަނީ؟ ” ނިހާން މާޔާގެ ދެއަތުގަ ހިފާ އުފުލާލަމުން ވާހަކަ ދެއްކީ މަޑުންނެވެ. މާޔާ ނިހާންގެ ދެ ލޮލަށް ބަލަން ހުރެލާފައި އަތް ވަކިކޮށްލަމުން ނިހާންގެ ގައިގަ ބައްދާލިއެވެ. ” ބިރު ނުގަންނަން.. ދެރަވަނީ ނިހާނަށް އަދިވެސް މި ހުރިހާ އެއްޗެއް ފެންނާތީ.. ވައި އާރ ޔޫ ސޯ ގުޑް؟ ” މާޔާ ނިހާންގެ ކޮނޑުގައި މޫނު ފޮރުވާލިއެވެ. ނިހާން ވަކި އެއްޗެކޭ ނުބުނެ މާޔާގެ އިސްތަށިގަނޑުގައި ފިރުމާލިއެވެ. ދެން މާޔާ ގަޔާލާ ދުރުކޮށްލަމުން މާޔާގެ އަތުގައި ހިފައިގެން ގޮސް އެނދުގައި ބައިންދަމުން ގޮސް އަލަމާރި ހުޅުވާ ދެންމެ މާޔާ އެތެރޭގަ ބެހެއްޓި ފޮށި ނަގާ ބިންމަތީގަ ބެހެއްޓިއެވެ. މާޔާ ހައިރާންވެފަ ބަލަން އިން އިރު ނިހާނަށް ގޮވާލިއެވެ. އެކަމަކު ނިހާން އިވޭ ކަމަށްވެސް ހަދާނުލާ އެ ފޮށި ހުޅުވާލަމުން އޭގެ ތެރެއަށް ދެންމެ މާޔާ އެޅި ކުޑަ ފޮށި ނެގިއެވެ. މާޔާގެ ހައިރާންކަން އިތުރުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްލަމުން ނިހާނަށް ބަލަން އިންދާ ނިހާން އައިސް ކައިރީގަ އިށީދެލިއެވެ. ” ނިހާން.. ” މާޔާ ހާސްވެފައިވާ އަޑަކުން ނިހާނަށް ބަލާލަމުން ގޮވާލިއެވެ. ” ޝޫޝް.. ” ނިހާން މާޔާގެ ތުނަފަތުގައި އިނގިލި ޖައްސާލަމުން ވާހަކަ ދެއްކުމުން ހުއްޓުވިއެވެ. ދެން އަތުގައި އޮތް ފޮށިން އަނގޮޓި ނަގަމުން މާޔާއާ ދިމާލަށް ދިއްކޮށްލިއެވެ. މާޔާ ސުވާލުއުފެދިފައި ބަލަން އިނީއެވެ. ” އެއްވެސް އިރެއްގައި މާޔާ ހިތަށް ނާރާތަ އަހަރެން މި ހުރިހާ ދުވަސްވީ އިރުވެސް މާޔާ ބޭނުންވާ ހުރިހާ އެއްޗެއް ދީ ހެދި އިރުވެސް ދުވަހަކުވެސް އަހަރެން މާޔާގެ އަތުގަ އަނގޮޓިއެއް ނާޅުވާ މި ހުންނާނީ ކީއްވެހޭ؟ އެއީ އެ ދުވަހު ކިޔާން މާޔާއަށް ޕްރޮޕޯސް ކުރި ދުވަހު އަހަންނަށް އެނގޭ އަނގޮޓިއެއް ދޭނެކަން.. ބަޓް ސިންސް ޔޫ ރިޖެކްޓެޑް ހިމް އެ ދުވަހު އެ އަނގޮޓި މާޔާގެ އަތުގަ ނޭޅުވޭ ކަން އަހަންނަށް އެނގޭ.. އެހެންވެ އަހަރެން ބޭނުންނުވީ މާޔާއަށް އަލުން އެ ދުވަސް މަތިން ހަނދާންކޮށްދޭން އަނގޮޓިއެއް ދޭން.. އެންޑް މިއަދު ކިޔާން އަމިއްލައަށް މާޔާއަށް އެ އަނގޮޓި ހަމަ އެ ދިނީ.. އަހަރެން ބޭނުންވަނީ މާޔާ އަތުގަ މި އަނގޮޓި އަޅުވަން.. ” ނިހާން މާޔާގެ ދެއަތުގަ ހިފާލަމުން ވާހަކަ ދެއްކިއެވެ. މާޔާ ބުނާނެ އެއްޗެއްވެސް ނޭގިފައި ނިހާންގެ މޫނަށް ބަލަން އިނީ ފެންކަޅިވެފައެވެ. ” ކޭން އައި؟ ” ނިހާން މާޔާގެ އަތުގަ އަނގޮޓި އަޅަން ހުއްދަ ހޯދިއެވެ. މާޔާ ތުންފިއްތާލަމުން ހީލަމުން އަތް ދިއްކޮށްލިއެވެ. ނިހާން މާޔާގެ އަތުގަ ހިފާލަމުން ކަށި އިނގިލީގަ އަނގޮޓި އަޅުވާ ދިނެވެ.

” މާޔާ.. އަހަރެން ނެތިން ދުވަހަކުވެސް މާޔާގެ ހިތުގަ ކިޔާނަށް އޮތް މަގާމު ލިބިގަންނާކަށް.. އަހަންނަށް މާޔަ ލިބުނީވެސް ކިޔާނާ ހެދި.. އަހަރެން ކުރި ކުށެއްގެ ސަބަބުން.. މާޔާގެ ހިތުގައި ކިޔާނަށް އޮތް ޖާގައަށް ހުރަސް އަޅާކަށް އަހަރެން ނެތިން.. މާޔާ ބޭނުން ވަރަކަށް ކިޔާން މަތިން ހަނދާން ކުރަންވީ.. އަހަރެންގެ އެއްވެސް ޝަކުވާއެއް ނެތް.. އަހަރެން ބޭނުންވަނީ ތި ހިތުން ހަމަ ކުޑަކުޑަ ޖާގައެއް..” ނިހާން މާޔާގެ ހިތާ ދިމާލުން މޭގައި އިނގިލި ޖައްސާލަމުން ބުނެލިއެވެ. މާޔާ ނިހާންގެ ގައިގަ ބާރަށް ބައްދާލިއެވެ. ދެން ދުރުވެލަމުން ނިހާންގެ މޫނުގަ ދެއަތުން ހިފާލަމުން ދެމީހުންގެ ނޭފަތާ ނޭފަތް ޖައްސާލިއެވެ. ” އައި ލަވް ޔޫ ނިހާން.. ” ވައި އަޑަކުން މާޔާ ބުނެލިއެވެ. ނިހާން އިވުނު ލަފްޒްތައް ގަބޫލުނުކުރެވިފައި ދުރުވެލަމުން ކީކޭހޭ އަހާލިއެވެ. މީ މާޔާ އޭނަ ދެކެ ލޯބިވާ ވާހަކަ ބުނި ފުރަތަމަ ފަހަރެވެ. ” އައި ލަވް ޔޫ.. ” މާޔާ ނިހާންގެ ކޮލުގައި ހިފާލަމުން ބުނެލީ ޔަގީން ކޮށްދޭފަދަ ގޮތަކަށެވެ. ނިހާންގެ ތުންފަތްމަތީގަ ހިނިތުންވުމެއް ދުވެލި އިރު ދެލޯ ފެންކަޅިވިއެވެ. އެތައް އަހަރުތަކެއްގެ އިންތިޒާރު މިއަދު ފުރިހަމަވީއެވެ. މާޔާ ނިހާންގެ މޫނާ މޫނު ކައިރިކޮށްލަމުން ތުންފަތުގައި ބޮސްދިނެވެ. ނިހާން މާޔާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން މާޔާ އެނދުގަ ބޭއްވިއެވެ. ނިހާންގެ ކޮންމެ ބީހިލުމެއްގައި ވީ ލޮތްބެވެ. މާޔާއަށް ގެއްލުމެއް ވެދާނެތީ އެވަރު ބަލައިގެން މާޔާ އެ ދެއަތުގެތެރޭ ގެންގުޅުނީ ކުޑަކުއްޖަކުވެސް ގެންގުޅޭނެހާ ލޯބިންނެވެ.

ކިޔާން ގެއަށް ދިޔައިރު މާއިޝާ ކިޔާންގެ އިންތިޒާރުގައި ކޮޓަރީގަ އެނދުގަ ހެޑްބޯޑުގައި ލެގިލައިގެން ފޯނާ ކުޅެން އިށީދެލައިގެން އިނެވެ. ކިޔާން ދޮރު ތަޅުލަމުން އައިސް މާއިޝާ ކައިރީ އިށީދެލިއެވެ. މާއިޝާ ކިޔާނަށް ބަލާލަމުން ހީލިއެވެ. ކިޔާން މާއިޝާގެ އުނގުގައި ބޯ އަޅާލަމުން އެނދުގައި އޮށޯވެލިއެވެ. ” ވަރަށް ލޯބިދޯ މާޔާގެ ދަރިފުޅު؟ ” ކިޔާން ބުނެލިއެވެ. މާއިޝާ ހީލަމުން އާއެކޭ ބުނެލިއެވެ. މާއިޝާ ދެން ހިތަށް އެރި އެއްޗަކުން މާޔާއާ ދިމާވީހޭ އަހާލިއެވެ. ކިޔާން ބޯ ޖަހާލަމުން ބީޗް ސަރަހައްދުން ދިމާވިއޭ ބުނެލިއެވެ. މާއިޝާ ހީލަމުން އެހެންހޭ ބުނެލިއެވެ. މާއިޝާ ދެން އެނދު ކައިރީ ހުރި ސައިޑް ޓޭބަލް މަތީ ފަތް ޖަހާލާފަ އޮތް ކަރުދާސްގަނޑެއް ނަގައިގެން ކިޔާނަށް ދިއްކޮށްލިއެވެ. ” މީ ކޯއްޗެއް؟ ” ކިޔާން ކަރުދާސްގަނޑުގައި ހިފާލަމުން ސުވާލުކޮށްލިއެވެ. ” ބަލާބަ! ” މާއިޝާ ބުނެލިއެވެ. ކިޔާން އެ އޮތް ގޮތަށް އޮވެ ކަރުދާސްގަނޑު ހުޅުވާ ބަލާލިއެވެ. އޭގަ އޮތް އެއްޗެއް ބަލާލި ހިނދު ކިޔާން ވަގުތުން ތެދުވެ އެނދުގަ އިށީދެލިއިރު ތުންފަތްމަތީ ހިނިތުންވުމެއް ވިއެވެ. އެއީ މާއިޝާގެ ޕްރްގެނެންސީ ރިޕޯރޓެކެވެ. ޕޮޒިޓިވް ކޮށް ލިޔެފައި ވާ އެ ރިޕޯރޓަށް އަދިވެސް އެއްފަހަރު ބަލާލަމުން ކިޔާން މާއިޝާއަށް ބަލާލީ ޔަގީން ކުރާށެވެ. ” މި ފަހަރު ދޮގެއް ނޫން. އައި އެމް އެކުޗުއަލީ ޕްރެގްނެންޓް.. ” މާއިޝާ ހީލަމުން ބުނެލިއެވެ. ” ވާއު.. ފައިނަލީ.. ” ކިޔާން ބާރަށް ހީގަންނަމުން މާއިޝާ ގެނެސް އެ އަތުގެ ތެރޭ ބޮނޑިކޮށްލިއެވެ. މާއިޝާގެ ތުންފަތުގައި ބޮސްދިނެވެ.

ފަތިސް ވަގުތެވެ. މާޔާ ގަދަ ނިދީގައި ނިދާލާފައި އޮތް އިރު ނިހާން މާޔާގެ ކައިރީގަ އެނދުގަ އެއް އަތް ވިއްދާލައިގެން މާޔާއާ ދިމާލަށް ބަލަން އޮތެވެ. މެއާ ހިސާބުން ހަށިގަނޑުގެ ނިވާކޮށްލާފައި އޮތީ ބެޑްޝީޓުންނެވެ. ފަން އިސްތަށިގަނޑު ބާލީސްތަކުގެ މައްޗަށް ފެތުރިފައި އޮތް އިރު މާޔާގެ އޮމާން ކަނދުރާ އެއްކޮށް ފެންނަނަ އޮތެވެ. ނިހާން ފޫހިކަމެއް ނެތި މާޔާއަށް ބަލަން އޮއްވާ މާޔާ ކަންނެތް ގޮތަކަށް ލޯ ހުޅުވާލިއެވެ. ” ގުޑް މޯރނިންގް ބޭބީ.. ” ނިހާން އަތުގެ ނުފުށުން މާޔާގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. މާޔާ ހީލަމުން ނިހާންގެ މޭގައި މޫނު ފޮރުވާލިއެވެ. ނިހާން ހީލަމުން މާޔާގެ ގައިގަ ބައްދާލިއެވެ. ” ނުނިދާތަ ތި އުޅެނީ؟ ” މާޔާ ސުވާލުކޮށްލިއެވެ. ” ހޫމްމްމް.. ނިންޖެއް ނާދެ.. ” ނިހާން ބުނެލިއެވެ. މާޔާ ނިހާންގެ ކޮލުގައި ބޮސްދިނެވެ. ނިހާންގެ އަތްމަތީގަ ބޯ އަޅާލައިގެން މާޔާ އޮތް އިރު ދެމީހުންގެ އަތްވަނީ ގުޅިފައެވެ. ” ބައި ދި ވޭ.. ހަވީރު ކިޔާނާ ދިމާވި ބީޗް ސަރަހައްދުން.. ” މާޔާ ކުއްލިއަކަށް ބުނެލި ޖުމުލައިން ނިހާން ބާރަށް ހީގަތެވެ. ” ކިހިނެއްވީ؟ ” މާޔާ ސުވާލުކޮށްލިއެވެ. ” ނުހޭނެ ވަރެއްތަ؟ މިއަދު މާޔާއާ ކިޔާނާ ދިމާވިކަން އެނގުނީމަ ދޯ އަހަންނަށް އެނގުނީ އަނގޮޓި ދިންކަން.. ދެކުނީމޭ ދެމީހުން އެކީގަ ތިއްބާ.. ” ނިހާން ކިޔާލިއެވެ. ” އެކަމަކު ދެން ބޭނުންވިޔަސް މާޔާ ދުލެއް ނުކުރާނަން.. ކުރިން ޗާންސް ދިން އިރު އޭގެ ބޭނުމެއް ނުހިފި.. ” ނިހާން ލާނެތް ގޮތަކަށް ބުނެލިއެވެ. ” ތި ހަމަ މިހާރު އަހަރެން ދުރަށް ނުދާނެކަން އެނގޭތީ ފޮނިވަނީ.. ” މާޔާ ނިހާންގެ މޭގަ ޖަހާލަމުން ބުނެލިއެވެ. ނިހާން ހީލަމުން މާޔާގެ އަތުގަ ހިފާ ހުއްޓުވަމުން އެއް އަތުން އެނދުގަ ވިއްދާލަމުން ތެދުވެ މާޔާއާ ދިމާލަށް ބޯ ގުދުކޮށްލަމުން ތުންފަތުގައި ބޮސްދިނެވެ. ދެމީހުން އެކީ ގޮސް ފެންވަރާލައިގެން ތިރިއަށް ގޮސް ކޮފީ ބޯލިއެވެ.

” އިންތިޒާރުކުރާނަމެވެ. ” ކިޔާން ހިތުން އެހެން ބުނެލީ އަތުގައި އޮތް މާޔާގެ ފޮޓޯއަށް ބަލަން އިދެއެވެ. ކޮޓަރީގެ ކަބަޑެއްގެ ވަތްގަނޑު ހާވަމުން ދަނިކޮށް ފެނުނު އެ ފޮޓޯ ގަނޑަށް ބަލަން ކިޔާން އިން އިރު އަތުން ފިރުމާލިއެވެ. މި ދުނިޔެއިން ދެމީހުން އެކުގައި ނުވިޔަސް އާހިރަތުގައި މާޔާއާ އެންމެ ކައިރީގަ ހުރުމަށް ލިބުމަކީ ކިޔާން އެދޭ ގޮތެވެ. ކިޔާން ފޮޓޯގަނޑު އަނބުރާ ވަތްގަނޑަށް ލީ ހީލަމުންނެވެ. އެނދުގައި ނިދިފައި އޮތް މާއިޝާ ކައިރީގެ އިށީދލަމުން ކިޔާން މާއިޝާގެ ކޮލުގައި ބޮސްދިނެވެ. މާއިޝާ މަޑުމަޑުން ލޯ ހުޅުވާލިއިރު އެންމެ ފުރަތަމަ ވެސް ކިޔާންގެ މޫނު ފެނުމުން ހީލިއެވެ. އެއީ އޭނަ އަބދުވެސް ބޭނުންވި ގޮތެވެ. މިއަދު އޭނަގެ ހުރިހާ ހުވަފެންތަކެއްވެސް ފުރިހަމަ ވެއްޖެއެވެ. ދުލުން ނުބުންޏަސް ކިޔާންގެ ފަރާތުން އޭނައަށް ލޯބި ލިބެއެވެ.

ކުޑައިރުއްސުރެން މާޔާ ހުވަފެން ދެކުނު ދިރިއުޅުން މިއަދު މާޔާއަށް ލިބިއްޖެއެވެ. ނިހާންގެ ފަރާތުން އޭނައަށް ހުރިހާ އުފަލެއް ފުރިހަމަ ގޮތުގައި ލިބިއްޖެއެވެ. ހަމައެކަނި ނުލިބުނު އެއްޗަކީ މާޔާވީ ލޮތްބެވެ. ކިޔާނެވެ. މި ދުނިޔެއިން އެ ލޯބި ނުލިބުނަސް އާހިރަތްދުވަހު އެ ލޯބި ލިބޭނެ ކަމުގެ އުއްމީދުގައި މާޔާ އިންތިޒާރުކުރާނެއެވެ. ޓެރެސްގަ ރެއިލިންގް ކައިރީ މާޔާ މެއާ ހިސާބުން ދެއަތް ހުރަސްކޮށްލައިގެން ހުއްޓިލައިގެން ހުއްޓާ ނިހާން ފަހަތުން އައިސް އޭނަގެ ބަނޑުގަ ދެއަތް ވަށާލަމުން ބައްދާލިއެވެ. ” އައި ލަވް ޔޫ ” ނިހާން ވައި އަޑުން މާޔާގެ ކަންފަތް ދަށުގައި ބުނެލީ މަސްތީ އަޑަކުންނެވެ. މާޔާ ހީލަމުން ނިހާންގެ އަތް ވަކިކޮށްލަމުން ނިހާނާ ކުރިމަތިވާ ގޮތަށް އެނބުރިލިއެވެ. ދެން ނިހާންގެ ކަނދުރާގައި ދެއަތުން ވަށާލަމުން ކައިރިވެލިއެވެ. ނިހާން މާޔާގެ އުނަގަނޑުގައި ދެއަތުން ވަށާލަމުން އުފުލާލަމުން އެނބުރިލިއެވެ. މާޔާ ހެމުން ދިޔައިރު އެ އަޑު އެތާގަ ގުގުމައިގެން ދިޔައެވެ. ” މަންމީ.. ޑެޑީ.. ” އާކިން ތުއްތު އަޑުން ގޮވަމުން ޓެރެސްއަސް އަރައިގެން އައިތަން ފެނުމުން ނިހާން މާޔާ ތިރީގަ ބަހައްޓަމުން ގޮސް އާކިން ނަގާ އުރާލިއެވެ. މާޔާގޮސް އާކިންގެ ކޮލުގައި ބޮސްދެމުން ދުރުވެލިއިރު ނިހާންގެ ކޮލުގައިވެސް ބޮސްދިނެވެ.

( ނިމުނީ )

Share Article

Follow Me Written By

saarah

Level 210 Stories100 Comments

Other Articles

Previous

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ – 8

Next

ހިތް އެދޭވަރުން

Next
November 22, 2015

ހިތް އެދޭވަރުން

Previews
November 22, 2015

މިހިތް އެބަ ތެޅޭ ހަމަ ކަލާއަށް ހުވާ – 8

121 Comments!

  1. Ira says:
    November 22, 2015 at 10:53 pm

    Yahoo I’m first

    1. saarah says:
      November 22, 2015 at 11:06 pm

      yaahoo. lucky you 🙂

  2. saarah says:
    November 22, 2015 at 11:01 pm

    Finallyy here comes an end to this story.. 🙂
    i want thank allah for giving me the strength to write this story to the end. and you readers who supported me from the beginning till end. you endless support is the reason why i could write this story.
    for those who supported kiyaan and maaya, i want say i am also team kiyaan and maaya. 🙂 but the majority wanted nihaan nad maaya. so had change the plot. i was planning to join maya and kiyaan after the 4 year leap. but when i read the comments of you guys after that part i was like ” no. please dont do this.. please dont make me change the plot. ” 😛 i started typing the next part only after when i got enough comments to finalise the plot after 4 year leap. i had to change the whole plot as i am writing for the readers. and majority wanted nihaan and maaya. so sorry for the people who shipped kiyaan and maaya. i understand your feelungs. 😛
    and thank you so much for your support. .. <3 i love you guys.. hope to see you guys sson with a new story.. till then bye.. 🙂

    1. Looloo says:
      November 23, 2015 at 12:05 am

      Aslu vaahaka liyaa meehun nujeheyne kiyaa meehun bunaahaa gothakah hadhaakah.. ehen hadhan ulhegen mulhin flop vaany.. upload kutan feshumuge kurin vaahka liye nimmaalab feney.. eyrun komme meehaku komme ehcheb kiyas badhalu kuraakah nujeheyne dho

    2. Ree says:
      November 23, 2015 at 10:57 pm

      Vaahaka liability myhun laani kiaaa myhun kiani. .. ekamu eyge maana eh nooon kanneyge ei vaahaka lian jeheyni kiuntherin beynun gothakashey

  3. Aisha says:
    November 22, 2015 at 11:08 pm

    Nimuny???

  4. eefa says:
    November 22, 2015 at 11:09 pm

    vvv reerhi mivaahaka…ekamaku dheravanee nimuneema

    1. saarah says:
      November 23, 2015 at 7:42 am

      Thank you 🙂

  5. Ira says:
    November 22, 2015 at 11:13 pm

    Ooh saarah the a story is awesome 🙂 😉 varah dheravejje nimuneema 🙁 hama awesome perfect mi story….. nihaan and maya a perfect couple and maisha and kiyaan…. thanks 😉 u are an ideal writer who respect readers feeling. have so much to say but it might take all night…… 😉 🙂 so it’s a bye and hope to see a new story of urs soon 🙂 😉 gd lck

    1. saarah says:
      November 23, 2015 at 7:44 am

      Hahhaha ira thank you 🙂
      See you soon 🙂

  6. Aish says:
    November 22, 2015 at 11:15 pm

    Yeeeeeeeeey . me first v salhi

    1. saarah says:
      November 23, 2015 at 7:45 am

      Thank you Aish 🙂

  7. shaz says:
    November 22, 2015 at 11:17 pm

    dhnnn v fake…
    aslu first mi vaahaka v reethi but kiyuntherin beynuh vaagaotha genesdheeyn ulhunyma hadhi vefa mi othy.. dhnn mi part ga vx maaya kiyaan ar hug kuryma dhn hama v hadhi..

    1. saarah says:
      November 23, 2015 at 7:47 am

      Actuaaly since this was my fist story i dnt knw how these things go. So i wanted to write the way readers want. But next time i wont do that,
      Anywyas thank you 🙂

  8. ham says:
    November 22, 2015 at 11:19 pm

    Wow vara shalhi mi baives masha allah. Ehkam vara foohi nimunyma

    1. saarah says:
      November 23, 2015 at 7:48 am

      Thank you ham 🙂

  9. Red Rose says:
    November 22, 2015 at 11:22 pm

    Maa avas nimunuleh. Alhe saarah plx mi vaahaka fotheh gothah neredhyba plx plx

    1. saarah says:
      November 23, 2015 at 7:50 am

      Red rose. I dnt think this story is that good to be published on a book. ☺️ Hehe
      Anyway thank you 🙂

  10. zee says:
    November 22, 2015 at 11:24 pm

    varah fake.. nihaan ves over vefa ehunnani..evves firiyaku beynumeh nuvaane eyna ge anhenun ehen hiley firiheneh gaiga hug koh egothah handhaan aakuraakah.. adhi nihaan n maayaa ge dharifulhah ves v ky kiyaan aa egoiyy kuruvaafa.. miah vurenn reethi vyys loabivaa dhemeehun gulhuvinama… noony maaya ehkon kiyaan mathin handhaan naahhthaalaafa nihaan eky ulhen.. nihaan ves dhen rangalhu vegen aneh athah alhaafa..

    1. saarah says:
      November 23, 2015 at 7:52 am

      ??

  11. misty says:
    November 22, 2015 at 11:25 pm

    Varah reethi ☺ waiting for your next story ?

    1. saarah says:
      November 23, 2015 at 7:53 am

      Thank you 🙂

  12. Crazi says:
    November 22, 2015 at 11:33 pm

    Wow hama nimuneetha…kiba inthizaaru nimunre hama vrh vrh shlhi ehgey cnt beliv stil

    1. saarah says:
      November 23, 2015 at 7:54 am

      Thank you crazi 🙂

  13. aal says:
    November 22, 2015 at 11:36 pm

    V v v v reethi

    1. saarah says:
      November 23, 2015 at 7:55 am

      Thank you aal 🙂

  14. shaz says:
    November 22, 2015 at 11:42 pm

    yes ur true zee…
    nihaan maa raglhu vgn goass kiyan dhin ring vx alhuva dheefi.. ring alhuva nudhee maaya kiyaan dhin nama..
    kiyaan dhin hurihaa ehche bahttaigen kiyan mathin hadhaane nunetheyne nd abadhu ring fenayya vx haadhan vaane nihaan lwbi vanyya beynuh vaane nihaan ge lwbi dheegen kiyaan mathin hadhaan natttaalan ekm eyge idhi kolha mi othy.
    miah vureh reethi viss maaya kiyaan mathin ehkoh hadhaan naattalafa nihaan ar ehkoh ulhun nama.
    vaahaka nimun iru maaya lwbi vey dhemyhun dheke vx.
    saarah u have talent. ur good writer. ithuru vaahaka eh fennaane kamah heekuran..

    1. saarah says:
      November 23, 2015 at 7:57 am

      True that. Sorry. 🙁
      Anyway thank you 🙂

  15. shifa~ says:
    November 22, 2015 at 11:51 pm

    Woah..this is the best story ever..seriously saarah..ur the best..thank you for this lovely story..❤??

    1. saarah says:
      November 23, 2015 at 7:58 am

      Awwn. Thank you shifa. ?❤️

  16. Lixxi says:
    November 22, 2015 at 11:57 pm

    Ma Sha Allah…. varah reethi vahaaka eh.. vaahaka nimmali goiy ves varah reethi… waiting for ur next story

    1. saarah says:
      November 23, 2015 at 7:59 am

      Thank you Lixxi 🙂

  17. shaba says:
    November 22, 2015 at 11:59 pm

    V dheravehje kiyaan ah maaya nulibi vaahaka nimunyma… Nihaan ge character dhn genes oii leh maa maaa rangalhu kamun saarah ge plot change kuran thijehuny… Dhn ehvx firihenaku evareh nuvaane dw… kurin mivaahaka v rythi… btw fahun fahun ais maaa varugadha twist thakeh genes….

    1. saarah says:
      November 23, 2015 at 8:02 am

      Actually i wanted to make nihaans character bad and kiyaans character bad. But i dnt where i went wrong. Really sorry for dissapointing you 🙁
      Thank you 🙂

    2. saarah says:
      November 23, 2015 at 8:04 am

      Kiyaan character good *

  18. zaha says:
    November 23, 2015 at 1:02 am

    varah salhi. waiting for a next story.

    1. saarah says:
      November 23, 2015 at 8:04 am

      Thank you 🙂

  19. Faryluvs says:
    November 23, 2015 at 1:50 am

    Wow!! V v v reethi nimunugo ves.. U r the best…. Love u Saarah & waiting ur new story..

    1. saarah says:
      November 23, 2015 at 8:04 am

      Thank you 🙂

  20. kayaani says:
    November 23, 2015 at 2:12 am

    @zee and shaz.. thats true love respect it… overall the story is awsome.

    1. saarah says:
      November 23, 2015 at 8:05 am

      Thank you kayaani 🙂

  21. Ainyy says:
    November 23, 2015 at 2:17 am

    Love this story…. may Allah bless u with more success… hope we will a get chance to read a new story of urs. Emme hiy hamajehenyyyy avah update kuraathii. thigothugai dhemihurumuge thaufeeq Maaiy Allah dhevvaashi.

    1. saarah says:
      November 23, 2015 at 8:06 am

      Thank you Ainyy. 🙂
      Hope to see you soon with my new story. 🙂

  22. Aishath Nasheeda says:
    November 23, 2015 at 4:16 am
  23. me says:
    November 23, 2015 at 5:29 am

    aslu neynge… vaahaka reecheh nuvi kiyan and maaya dhurukuryma…..

    1. saarah says:
      November 23, 2015 at 8:06 am

      ??

  24. shaxop says:
    November 23, 2015 at 5:36 am

    Love this awsome story…
    Saarah u r an ideal writer…keep it up…n varah avahah saarah ge new story e fennaaane kamah umeedh kuran…i shipped nihaaan n mayaa so vaahaka nimunugoi hama v habeys…

    1. saarah says:
      November 23, 2015 at 8:07 am

      Thank you shaxop. 🙂
      See you soon 🙂

  25. Mar Sha Marsha says:
    November 23, 2015 at 6:54 am

    varah varah varah rythi…. abadhu comment nukuriyas mi vaahaka kiyan, ehbai kiyaa nimey iru hithah araa aneh bai upvefa innaane nama ey, evarah beley up vitho… hehe, loved this, mi noony mihaa inthizaaru kurevunu inthizaareh nonnaane… loved the ending tooo,, waiting for more if your stories Saarah.., wish u all the good luck in the future… hope to see a new story from u soon.., anekkaaves inthizaaring,

    1. saarah says:
      November 23, 2015 at 8:10 am

      HeheheMarsha. Varugadha inthizaareh dhw mee. Hehhe.
      Thank you so much Marsha 🙂
      iraadha kurehviyya varah avahah ehn story eh upload kohdheynan. 🙂

  26. aathi says:
    November 23, 2015 at 7:51 am

    Finally story nimuny dhw..very nice..bt as sum readers say, nihaan maa gud vany dhw.. i also felt tht kinda odd..bt story is very nice.. hope to see hr storied more.. gudluck saarah..,)

    1. saarah says:
      November 23, 2015 at 8:12 am

      Dhw aathi. Nihaan maa rangalhu kohly ey. Saarah kudakoh moya vee. Heheh.
      Anyway thank you. 🙂

  27. girlsyum says:
    November 23, 2015 at 7:56 am

    Saara u r the best. thy hama writers of esfiya ah hama misaaleh, story nimmyma.
    Story vvvvvvvvvv rythi, i lv the plot, 2nd part neren ulheba mi st ge, rythivaane, maayaa nd kiyaan ge childrns marry kuraany….????

    1. saarah says:
      November 23, 2015 at 8:13 am

      Hehehe. Mihaaruves mi story nunimigen saarah mi hury. Dhn meege dhevana part eh nugenedheveyne. Heheh.
      Thank you girlsyum 🙂

  28. sim says:
    November 23, 2015 at 8:00 am

    Wow.. This story is awesome. <3

  29. saarah says:
    November 23, 2015 at 8:14 am

    Thank you sim 🙂

  30. xee says:
    November 23, 2015 at 8:25 am

    Rythikamaa eve.

    1. saarah says:
      November 25, 2015 at 1:33 pm

      Thank you Zee 🙂

  31. fathun says:
    November 23, 2015 at 8:32 am

    true love never wons dhy. i dnt like this.

    1. saarah says:
      November 25, 2015 at 1:38 pm

      Nooney. Ehn story thakuga hama true love wins. I am reader too. Varah gina vaahaka thah kiyan. And in the end of story hama true love wins. E heyo ehn hadhan meehun maraalan varikuran jehunas. Most of the stories ga hama true love wins.
      Thank you 🙂

  32. sarah._.saraa says:
    November 23, 2015 at 8:50 am

    Masha Allah. Varah Varah varah salhi ??

    1. saarah says:
      November 25, 2015 at 1:40 pm

      Thank you Sarah 🙂

  33. me says:
    November 23, 2015 at 9:00 am

    Story nimune:( v salhi mivaahaka saarah this is one of the best story I have read.. Saarahge next story ah inthizaarkuran n gud luck girl… Much love 🙂

    1. saarah says:
      November 25, 2015 at 1:45 pm

      Awwnn. Thank you so much Me. ??
      Iraadha kurehviyya varah avahah new story eh genesdheynan. 🙂
      ❤️

  34. faathun says:
    November 23, 2015 at 9:34 am

    Very nice

    1. saarah says:
      November 25, 2015 at 1:46 pm

      Thank you faathun 🙂

  35. Hai says:
    November 23, 2015 at 9:47 am

    Wow…..varah varah varah reethi……

    1. saarah says:
      November 25, 2015 at 1:47 pm

      Thank you Hai 🙂

  36. Hai says:
    November 23, 2015 at 9:53 am

    Feshigen nimendhen mihafurihama ah reethikoh liyefa in vaahakaeh dhuvahakuves nukiyan..keep it up…..

    1. saarah says:
      November 25, 2015 at 1:58 pm

      Really glad you liked the story from the begining. ❤️
      Thank you ??

  37. Lidhoo says:
    November 23, 2015 at 10:39 am

    Nimeneetha? Haadhahaadha dheraey mihaareethi vaahaka nimuneema ummedhukuran Saaraa ge miahvure reethi vaahaka eh varah avahah annaanekamah

    1. saarah says:
      November 25, 2015 at 2:00 pm

      Thank you Lidhoo. 🙂
      Insha allah varah avahah new story eh upkohdheynan. 🙂

  38. Ryn says:
    November 23, 2015 at 11:01 am

    wowww vrh salhi endin vx stry vx.. jxt luv it.. thnks saraah ehaa rythi stry eh up khdheythy.. i jxt luv it.. hope to see a new stry.. 😉 gd lck.. god bless u 😉

    1. saarah says:
      November 25, 2015 at 7:10 pm

      Thank you Ryn. 🙂
      Good luck to you too and god bless you 🙂 ❤️

  39. Shau says:
    November 23, 2015 at 11:14 am

    Wow miha nala story eh mi noony mi site akun adhi nukiyey.. Vrh furihama.. Hama bunaane ehcheh vx neyngifa mihuree… Dhn Saarah ge ehn story akah inthizaar kureveny… Dhn liyeba horror or fantasy story eh.. Jxt waiting for another different story from u saarah… 😉 love this one soo much…

    1. saarah says:
      November 25, 2015 at 7:11 pm

      Thank you so much Shau. ❤️
      Heheh. Actually i dnt like horror and fantasy stories. So i dnt think i will write horror or fantasy.
      🙂

  40. sadh says:
    November 23, 2015 at 11:15 am

    Honestly. This is one of the best story i’ve ever read. Welldone Saarah. Assues v realistic and thats actually how things should be. Evves meehakah dhera dhyfa anekakakah ufaleh nulibeyne dho. Im glad to have actually waited to read this story over the past couple of months and i really dont regret those waitings. Saarah. Hope a bright future for you in this career path and i hope to read another wonderful story from you. Keep it up the good work. ❤️???

    1. saarah says:
      November 25, 2015 at 7:16 pm

      Thank you Sadh.
      So happy to know that you have no regrets. 🙂 ❤️ ???

  41. nish says:
    November 23, 2015 at 12:25 pm

    Wow mi baivex v v v reethi

    1. saarah says:
      November 25, 2015 at 7:16 pm

      Thank you nish ?

  42. Shau says:
    November 23, 2015 at 12:29 pm

    V reethi mi vaahaka..keeep it up

    1. saarah says:
      November 25, 2015 at 7:17 pm

      Thank you shau ?

  43. shiyaa says:
    November 23, 2015 at 12:58 pm

    hama enme best story.. readers beynun gothah ninmeema aslu reethee ves.. hurihaa kameh ves varah reethi vaahakaige…. dhen unmeedhu kuran ehen vaahaka eh kiyan libeyne kamah.. good job 🙂

    1. saarah says:
      November 25, 2015 at 7:17 pm

      Thank you shiyaa ?
      Insha allah will upload new story soon 🙂

  44. Nihaan says:
    November 23, 2015 at 1:23 pm

    Finally maayaa u said u luv me.. u cnt imagine wat it means to me. Readers ah ingeytha maayaa ge hiy hoadhi gotheh. By luving her unconditionally.. magey loaiybaa nulaa dhiri noolhevey vara loabi dheegen, wen the dax goes by, she wnt feel the need to wear the ring n keep those monuments. She will b mine forever. Thank u saarah.. lol

    1. saarah says:
      November 25, 2015 at 7:18 pm

      Hahahha ??
      Thank you nihaan ?

  45. maya says:
    November 23, 2015 at 2:13 pm

    v reethi mi vaahaka..keep it up…adhives ehfaharu i love this story..hama habeys

    1. saarah says:
      November 25, 2015 at 7:19 pm

      Thank you maya ?

  46. nihanmaya says:
    November 23, 2015 at 3:20 pm

    love the story and the ending too.. thank you saarah.. 🙂

    1. saarah says:
      November 25, 2015 at 7:19 pm

      Thank you nihanmaya ?

  47. Inaa says:
    November 23, 2015 at 3:42 pm

    Wow!!! Sarah pls bring us a story like this soon. Luv u n the story 2.

    1. saarah says:
      November 25, 2015 at 10:16 pm

      Thank you Inaa. ❤️
      Iraadha kurehviyya varah avahah new story eh upkohdheynan. 🙂

  48. ninni says:
    November 23, 2015 at 5:26 pm

    awesome story .. loved Nihan’s character.

    1. saarah says:
      November 25, 2015 at 10:17 pm

      Heheh. Thank you ninnni 🙂

  49. lotus says:
    November 23, 2015 at 7:34 pm

    Sarah next story kon irrakun? hutaa nulachey vaahaka liyun .. you maybe next nahulaa

    1. saarah says:
      November 25, 2015 at 10:36 pm

      Varah avahah up kohdhehnan. Insha allah. Maybe next month.
      Hahah. Nahula eh vegen jeheyny e koi e car ekahaka vaahaka liyan. ??
      But serioulsy thats a huge compliment. Thank you. :)❤️

  50. shaph says:
    November 23, 2015 at 8:34 pm

    omg..this story was awsome … thank u saaraah 4 the lovely story 😀 will miss u a lot … hope to see a new story frm u soon..

    1. saarah says:
      November 25, 2015 at 10:28 pm
    2. saarah says:
      November 27, 2015 at 1:56 pm

      Thank you shaph 🙂

  51. shima says:
    November 23, 2015 at 10:14 pm

    Wahaka nimunu goi ehaa kamaku nudhey….but reethi wahaka…but i hoped for a better ending than this….dhan OK ekam Wes…. Ehmen beynun wa gotheh Wes nuwaane that dho… ?

    1. saarah says:
      November 27, 2015 at 1:57 pm

      Yes. I agree with that. 🙂
      Anyways thank you shima ?

  52. Ainnxx says:
    November 24, 2015 at 2:52 pm

    Ekahala boy kudhin vx ulhey dhuniyeyga Shaba 😉 .. Loovveedd the strrryyy saaraa.. <3

    1. saarah says:
      November 27, 2015 at 1:58 pm

      Dhw Ainnxx haha
      Thank you ?

  53. fathun says:
    November 25, 2015 at 7:40 am

    V v v v v v v nice

    1. saarah says:
      November 27, 2015 at 2:01 pm

      Thank you faathun 🙂

  54. Anonymous says:
    November 25, 2015 at 11:28 am

    Nihaan loabi vaa. Varah yooha dheke vx loabi vaa kujjeh… eyna vx hama mi hen kanthah kuraane … ekam mihaaru eyna dheke kuda koh loabi vey ekam dhen neynge yoohaa loabi vaa myhaa mathin hadhaan netheyne kameh…… so nihaan overload vefa kobaa…. yooha ah mi story varah kamu dhey genes dheefa inn goyyy … asslu merry kureema firimyhaa dheke loabi vaan fashaane loabi ve veyne eyy e kaiven yakee maa mathiveri gulhumeh.. anyways dhari eh libunyma may Allah dhema firin loabi ithuru koh dhehvaane…. saarah i can say this is awesome story……

    1. saarah says:
      November 27, 2015 at 3:02 pm

      Hahaha. Nice explanation. ??
      And thank you Anonymous ?

  55. blabla says:
    November 26, 2015 at 12:30 am

    Waaat!!!!!!!
    Wee nuwy eh neygey waahakaeh. Warah foohi. 33 wana bayo jahaafa iny ekamaku furuthamabai. Feshyy nimunyy. The foohiest story eva……
    Huh?

    1. saarah says:
      November 27, 2015 at 3:13 pm

      Wiered blabla ah mi storyge vee goiy neygunyma 🙁

  56. luyoo says:
    November 26, 2015 at 3:40 pm

    Varah reethi.akum dhera vanee mioh reethi vaahaka nimuneema.
    Sarah akee varah salhi vaahaka liyaa insaaneh . Once again I’m saying that this story is so beautiful that I can’t believe that iread so awesome story. And again avahah ehen vaahaka eh Sarah liye up kurey tho alhugandu mihuree inthizaaruga. Good luck for your next story. Keep it up

    1. saarah says:
      November 27, 2015 at 3:05 pm

      Thank you luyoo. ?
      Iraadhq kurehviyya varah avahah new story eh upload kohdheynan. 🙂

  57. nass says:
    November 26, 2015 at 11:42 pm

    V reethi vaahakaeh…kiyamun dhiyairu v reethikoh sifavamun dhiya.

    1. saarah says:
      November 27, 2015 at 3:07 pm

      Thank you nass ???

  58. 4f!4h says:
    November 29, 2015 at 1:30 pm

    This story is Awsome! MaashaAllah! Keep it up Sarah. but feels like Nihan is over loving Maayaa. but thats gud. Ekahala firin exist vaa nama dho. I LIKE IT! ^_^

  59. nawhoo says:
    December 2, 2015 at 10:04 pm

    Finlyyyyyy fahubaivx kiunyyyy… wowwww asluvx varahhh nicee mi storyyyy aanmukoh hurihaa story ehgavx hero ar heroin gulheny dhen abadhu ehn vaanjeheytha hurihaa vaahaka ehga aslu real life gavx abadhu eheneh nuvey dhww soo thissss story hama besst i lov it.. hurihaa story ehga ehgotheh vany ekahala vaahaka kiaa kiaa nahu huryvx foohi vefa abadhu eh gotheh vàthee enme fahun ulhefa different waahaka eh mi kiunyy soooo touchnggg.. nd nihaan vx maakah ranagalheh nuun thibunaahaa i mean waahakaige kurykolhuga nihaan gows kohvx kanthah kuri dw nd fahun eyna ranagalhah kanthah kury sooo evx maaya dheke vaa loihbah takaa dhw eyna ah kanthah kurevun gothun regret feel vaathee dww.. ehnveema nihaan kanthah kuri goihh hama besttt i mean sharah mi story ninmi goih i really like this story keep up the gud work sharaahh m diengg to read a new storyy of yhhh luvv yhhhh u ar an amaizing writerrr.??❤❤❤

  60. hunaaz says:
    January 5, 2016 at 11:20 pm

    maaginain thunfathuga dhai alhaa vaahaka… nice story

  61. Ushaa says:
    June 23, 2016 at 7:49 am

    Vrh lwbi stwrrii eh… Luv dis 1…

  62. maya says:
    June 23, 2016 at 11:31 am

    obiness to the max..<3

  63. saifeena says:
    September 18, 2017 at 11:58 pm

    first time i have read this story in 2015 ….and again from last night i am reading it when ever i got time just nw i have reading still crying hehe …i believe we all have that one chapter in life we just want to look back and cry little more …….saraah your a great writer love your story ……hope to c a lovely story again in future …………moving on with your life and still holding in your past is one of the the greatest feeling in the world love and let other to love ….

  64. Pop:-) says:
    April 28, 2018 at 3:47 pm

    Lets say mi vaahaka aky mi site ga in enme nice vaahaka.. 🙂 i found one flaw.. Vaahaka nimun iru vx ethankolhu aadhey tho inthizaaru kury.. That iss… Maya hykuri eynun nihaan maayaa ekkoh guhumeh hingi ey maya heynethifa ovva.. Ekm aslu nihaan e gothakah kanthakeh nukurey dhw.. But maya doesnt knw.. Vaahaka nimun iru vx e hageegatheh maya akah nihaan nukiyaidhe eynun.. Aslu ehennama adhi v salhi vyx.. I love nihaan actually .. Vaahaka kiyamun dhiya iru hithah aruva aruva iny nihaan and maya ey gulhen jeheyny.. (Aslu)* enme sefless dhe myhun egulhuny.. I knw nihaan kanthah kuri goeh furathama v selfish kan.. Nd its acceptable.. The only one who was on his side died, then the other person he loves the most is maya.. Nobody in his position could let maya go.. Actually they will feel v lonely..i mean drug addicts.. Ekm eyna fahun regret vx vithaa dhw.. N eyna kuri kameh kamuga boluga alhaigen dhiyai shaha ge bappa maraali kamah vx.. Maya did the incredible.. She sacrificed kiyaan for nihaan.. Bt maaisha nd kiyaan are not that selfless as them .. Like maaisha planned pregnancy thing.. Kiyaan maya n nihaan ge hageegaih engumaai eku maya brynunvun maaisha dhookohlafa.. This is my opinion .. Hykuran adhivx saarah ge vaahaka eh fennane kamah ..

  65. saraa's luv says:
    May 5, 2018 at 1:01 pm

    den haada foosey…haada inthizaarekey..this ….

Comments are closed.



All Right Reserved!