ދެން އަރާ ފަހަތަށް އެނބުރި އެ ރަތް ލޮލުން ބަލައިލީ ރައިޝާގެ ހުއްޓިފައި އިން ހަށިގަނޑަށެވެ.ރައިޝާ ހަރަކާތް ކުރަން ބޭނުންވި ނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެން އާރާ ދުއްވައިގަތީ ލައިރާމެންނާ ދިމާލަށެވެ.އާރާ ދުއްވައިގަތުމާއެކު ރައިޝާގެ ދެ ލޮލުން އާރާ ގެއްލިގެން ދިޔައެވެ. ދުވެފައި ދިޔަ ގޮތެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް ރައިޝާގެ ކަންފަތުގައި އިވީ ގިސްލާ އަޑު އިވުނެވެ. އެވަގުތު ރައިޝާ އަވަސްވެގަތީ އިވީ ސަލާމަތް ކުރުމަށެވެ.ނަސީބަކުން އެހަައި ބޮޑު އަނިޔާއެއް ނުލިބި ނަމަވެސް ތަންތަން ކޮޅުން އިވީގެ އަތް ހަލާކުވެފައި ހުއްޓެވެ. “ކޮ..ކޮބާ..އާ..ރާ..؟”.އިވީ ސުވާލު ކުރިއެވެ. “އާރާ ގެއްލިއްޖެ! ޔަގީނުންވެސް އެ ދިޔައީ ލައީމެންނާ ދިމާލަށް.. އެކަމަކު އީވްސް، އަތާ ތަންތަން ހަލާކުވެފަ އެއްނު ތިހުރީ..”.”މިކަމާއެއް ނޫނޭ އުޅެންވީ، ދޭބަލަ އަވަހަށް ލައީ ސަލާމަތް ކުރެވޭތޯ ބަލަން… އަހަރެން ދާނަން މަރީ ގާތަށް އަނެއް މަގުން..”. ރައިޝާ ވާހަކަ ދައްކާ ނުނިމެނީސް އިވީ މާ އަވަހަށް ޖަވާބު ދިނެވެ. އިވީ މިހާލުގައި ހުއްޓައި ރައިޝާ އޭނާ އެކަނި ދޫކޮށްލާފައި ދާކަށް ބޭނުމެއް ނުވެއެވެ. ނަމަވެސް ލައިރާމެންގެ ފުރާނައަށް ލިބިދާނެ ނުރައްކަލުން، ރައިޝާ އިވީގެ ބަސް ގަބޫލުކުރިއެވެ. ރައިޝާ އަވަހަށް މިސްރާބުޖެހީ ލައިރާމެން ގާތަށް ދިޔުމަށެވެ.

ބޮޑެތި ދިގު ވިނަގަސް ތަކުގެ ތެރެއިން ރައިޝާ ހުއްޓުމެއް ނެތި ދުވަމުން ދިޔައެވެ. އިރިކޮޅެއް ނުވަނީސް ހޮޓެލްގެ ބިއްދޮށުން ލައިރާއާ ދިމާވިއެވެ. ” ލައީ، ކަންތައް މާ ގޯސް ވެއްޖެ!”. މިހެން ބުނުމަށް ފަހު ރައިޝާ ކަންތައް ވީގޮތް ކިޔައިދިނެވެ. “އަސްލުވެސްތަ؟؟ މިހާރު ނޭނގޭ އާރާ ދިޔަ ތަނެއް ވެސް، އާރާ އަހަރެމެންގެ އަތުން ދޫވެއްޖިއްޔާ ކޮންމެވެސް މީހަކަށް ކޮންމެވެސް ކަމެއް ކޮށްފާނެ…”.މިހެން ބުނުމުން ލައިރާ މެނޭޖަރާ ދިމާލަށް ބަލައިލިއެވެ. ” އަހަރެންގެ ސަބަބުން ތި ކުދިންނަށް ގޯނާއެއް ލިބުމަކީ ވަރަށް ދެރަ ކަމެއް…ދެން ކީއްކުރާނީ؟”. މެނޭޖަރު ގޮތްހުސްވެފައި ހުރެ ބުނެލިއެވެ.” އަދި މިހާރު ތިކުދިންގެ ތެރެއިން ކުއްޖަކަށް އަަނިޔާއެއް ވެސް ލިބިއްޖެ..”.” މީ މެނޭޖަރުގެ ކުށެއް ނޫނޭ..އަހަރެމެން އެންމެން އެކީ ސަލާމަތް ވާނެ…” ލައިރާ އަދި ރައިޝާ މެނޭޖަރަށް ހިތްވަރު ކުރުމަށް އެދުނެވެ.

އިވީ މަޑު މަޑުން ހިނގައިފައި ދަނިކޮށް ހުއްޓުނީ އާދަޔާ ޚިލާފު މަންޒަރެއް ފެނުމުންނެވެ. “އެއީ އާރާ ތަ؟” އިވީ ހިތާހިތުން ސުވާލުކުރިއެވެ.އާރާ ވަނީ ބޮލުގެ އިސްތަށިގަނޑުން ފެށިގެން ފަޔާ ހަމައަށް ދަންދެން ސިފަ ބަދަލުވެގެން ގޮސްފައެވެ.އިވީއަށް އާރާ ފެނުމުން އިވީއަށް އިހްސާސް ކުރެވޭ ތަދުވެސް ކެނޑިއްޖެއެވެ. ބޮލުގެ އިސްތަށިގަނޑުން ދުވާ ނުބައި ވަހުގެ ސަބަބުން ދުރަށް ވަސް ހިފައެވެ.ހަމުގެ ކުލަ ކަޅުވެފައި ހުއްޓެވެ.ހީވަނީ ކަޅު ކުލަ ޖައްސައިފައި ހުރި ހެންނެވެ.އިސްކޮޅަށް ބަލާއިރު، އިވީއަށް ވުރެ ވެސް އާރާ ދިގެވެ.އިވީ އެއްވެސް އަޑެއް ނުލައްވާ ދެވޭތޯ މަސައްކަތް ކުރިއެވެ.ކާމިޔާބު ކަމާއެކީ އިވީ މަރީއާ ދިމާވެއްޖެއެވެ.އިވީއަށް ފެނުނު ހުރިހާ ކަމެއް ތަފްސީލުކޮށް ކިޔައިދިނެވެ. ” ކި..ކީކޭ؟ އާރާ..އެ ސިފައިގަ؟”.މަރީ ގާތުގައި މިވާހަކަ ބުނުމުން މަރީގެ އަތްފައި ފިނިވެގެން ދިޔައެވެ.ލައިމް ވެސް ހުރީ އަންތަރީސްވވެފައެވެ.”ހިނގާ ލައީމެން ގާތަށް..މިތާނގައި އެކަނި ހުރުމަށް ވުރެ މާ ފަސޭހަވާނެ އަދި ބިރުވެސް ކެނޑޭނެ..”އިވީ މަރީ ގާތުގައި ބުނެލިއެވެ.ލައިމް ވެސް އެއްބަސްވިއެވެ.”މަރީ، ބުނީމެއްނު ބޭސް ގެންނާނެ ވާހަކަ، ދީބަލަ ބެންޑޭޖެއް ކަހަލަ އެއްޗެއް.” މިހެން ބުނުމަށް ފަހު މަރީ ވަރަށް އަވަހަށް ބޭސް ކޮތަޅު ހިފައިގެން އައިސް ،އިވީ އަތުގައި ލައިމް ބެންޑޭޖުއަޅައިދިނެވެ

ބެންޑޭޖު އެޅުމަށްފަހު 3 އެކުވެރިން މިސްރާބުޖެހީ ލައިރާމެންނާ ދިމާކުރުމަށެވެ.”ރައީ، ކޮބާ އިވީ؟” ލައިރާ ސުވާލުކުރިއެވެ.” އޭނަ ބުނި މަރީ އާ ދިމާކުރާނަމޭ..”.މިހެން ބުނުމާއެކު ލައިމް،މަރީ އަދި އިވީ އަތުވެއްޖެއެވެ.”އިވީ، ވަރަށް ބޮޑަށްތަ އަތް މަށައިގެން ގޮސްފަ ހުރީ؟”.ލައިރާ ކަންބޮޑުވެފައި ހުރެ އަހައިލިއެވެ.”އެހައި ބޮޑަކަށް ހަލާކުވެފައެއް ނެތް..އެކަމަކު ކޮންމެވެސް ވަރަކަށް ތަދުވޭ..” އިވީ ޖަވާބުގައި ބުނެލިއެވެ.” ލައީ، އަހަރެން އަންނަމުން އާރާ ދެކުނިން.. މުޅި މީހާގެ ސިފަ އެއްކޮށް ބަދަލުވެފަ ހުރީ..އެއީ އާރާ ހެން ހީއެއްވެސް ނުވޭއޭނަ ހުރީ އެހާ ދުރަކުވެސް ނޫން.” އިވީ ލައިރާ ގާތުގައި އާރާގެ ވާހަކަ  ކިޔައިދިނެވެ.”އާނ..ތިހެން އާރާ ހުރީ ކުރީގަވެސް..ހަމުގެ ކުލަ ކަޅު،އިސްކޮޅުން ދިގު..އެއްވެސް ބަދަލެއް ނެތް”މެނޭޖަރު ހަނދާން އާކޮށްލުމުން ބުނެލިއެވެ.

މެނޭޖަރު އަތުގައި އޮތް ފޮތް ވަޅުގަނޑު ތެރެއަށް ލާން މަސައްކަތްކުރަން ފަށައިފިއެވެ.ނަމަވެސް ފޮތެއް ވަޅުގަނޑު ތެރެއަކަށް ނުލެވުނެވެ. އޭގެ އަމިއްލަ ޒާތުން ވަޅުގަނޑުން މައްޗަށް އަރައެވެ.ހީވަނީ މި ފޮތް ވެސް މަސައްކަތް ކުރަނީ އާރާއާ އެއްކޮޅަށެވެ.ލައިމް އަށް މީހަކު އަންނަ އަޑު އިވުނުހެން ހީވިއެވެ.”ޝްޝްޝް! ކޮންމެވެސް މީހަކު ހިނގާ އަޑު މަށަށް އެބަ އިވޭ…”ލައިމް ވައި އަޑުން ބުނެލިއެވެ.އެންމެންގެ ވާހަކަތައް ހުއްޓައިލާފައި އަޑު މަޑު ކޮށްލިއެވެ.އެ އައީ އާރާ އެވެ. އެންމެންނަށް އާރާ ފެނުމުން ދެލޯ ބޮޑުވިއެވެ. ދުވާ ނުބައި އާވި ވަހުގެ ސަބަބުން ކެތްވެސް ނުކުރެވެއެވެ.މަރީ އޯކަށް ދެމެން ފެށިއެވެ.އެވަގުތު ލައިމް މަރީގެ އަނގަ މަތީގައި އަތް އަޅައިފައި ނޫނެކޭ ބުނުމުގެ ގޮތުން ބޯ ހޫރާލިއެވެ. އެންމެންވެސް ހުރީ އެ ހާލުގައެވެ. މެނޭޖަރާއެކު 5 އެކުވެރިން ވީހާވެސް ނޭވާ ހިފެހެއްޓޭ ވަރަށް ނޭވާ ހިފަހައްޓައިގެން ހުއްޓެވެ.ތެދެކެވެ.ހަމަ އެހާމެ ކެތްނުކުރެވޭ ވަރު ވެއެވެ.އަދި ބަލައިލަން ވެސް ނުކެރެއެވެ. 4 އަހަރު ކުޑަ ކުއްޖަކަށް ވެސް ކެތެއް ނުކުރެވޭނެއެވެ.

އާރާ އުޅެނީ ކޮންމެވެސް އެއްޗެއް ހޯދައެވެ.އެކަކަށް ވެސް އާރާ އެ ހޯދަން އެ އުޅޭ އެއްޗެއް ނޭނގުނެވެ. ތަންތާނގައި ތަޅަމުން، ފިރުކެމުން، ފުންމަމުން، ވެލިގަނޑު ކޮނެ ހަދައެވެ.އާރާ ރުޅި ގަދަ ވާން ފެށުމުން ކަންތައް މާ ގޯސް ވެއްޖެއެވެ. ހޮޓެލްގެ ކުރިމަތީގެ ބޮޑު ގޭޓު އެއްކޮށް ތަޅާ ހިމުންކޮށްލިއެވެ.އަދި ގޭޓުގެ ދިގު ދަނގަޑުތައް ތަންތަނަށް ހޫރުވަން ފަށައިފިއެވެ. މިހެން ގޮސް ބައެއް ދަގަނޑުތައް ތަންތަނުގައި ވަރަށް ބާރަށް ޖެހެމުން ދެއެވެ.އެވަގުތު ލައިމް ގައިގައި އެއް ދަގަނޑު ނުޖެހުނީ ކިރިޔާއެވެ. ލައިމް ހަޅޭއް ނުލެވީ ކިރިޔާއެވެ. ކުޑަ އިރުކޮޅަކު ފިލަން މަޑުކޮށްފިނަމަ ސަލާމަތެއް ނޯންނާނެކަން އެންމެނަށް ވިސްނިއްޖެއެވެ.” ކުޑަ އިރުކޮޅަކުވެސް މަޑުކުރެވޭކަށް ނެތް.. މިތަނުން ދުރަށް ދިޔައީމަ ރަނގަޅު ވާނީ..”.ލައިރާ ސިއްރުން ބުނެލިއެވެ. ލައިރާ އަތުން އިޝާރާތެއް ކޮށްފައި އެ ތަނަށް ދިޔުން ރަނގަޅޭ ބުނެލިއެވެ. އެންމެން މަޑުމަޑުން ފިރުކެމުން އަޑު ނުލައްވައި ދުރަށް ދެވޭތޯ މަސައްކަތް ކުރިއެވެ.މަރީ ފިރުކެމުން ދަނިކޮށް ފައިން ދަނޑިގަނޑަކަށް އެރި ބިނދިއްޖެއެވެ. އަޑު އިވުމާއެކު އާރާއަށް އެންމެން ފެނިއްޖެއެވެ.

” ނަމަނަމަ، އެކަކުވެސް ކުއްލި ހަރަކާތެއް ނުކުރާތި..”.މެނޭޖަރު ވަރަށް މަޑުން ބުނެލިއެވެ.އާރާ އިރުކޮޅެއް ވަންދެން ހުއްޓިގެން ބަލަން އިނެވެ. އާރާ ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ.އެންމެން ވެސް އެކި ތަންތަނަށް ދުއްވައިގަތެވެ.އާރާ އެ ހޯދަން އުޅޭ އެއްޗެއް ލައިރާއަށް އެނގިއްޖެއެވެ.އެއީ އެއްކަލަ ފޮތެވެ.”މެނޭޖަރު، އާރާ އެ ހޯދަނީ އެ ފޮތް!އާރާ އަތަށް އެ ފޮތް ޖެހިގެން ނުވާނެ.” ލައިރާ މިހެން ބުނުމާއެކު ދުއްވައިގަންނަން އުޅެނިކޮށް އާރާގެ އަތުގައި ޖެހިއްޖެއެވެ. އާރާގެ އަތް މައްޗައް އުފުއްލާލުމާއެކު ލައިރާ ވެސް މައްޗައް އެރިއެވެ.ލައިރާ ހުރީ ނޭވާލާން ދަތިވެފައެވެ.ލައިމް،މަރީ އިވީ އަދި ރައިޝާ ފިލައިގެން ހުރި ތަނުން ނިކުމެ އެއްފަހަރާ ނޫނެކޭ ބުނެލިއެވެ.” ލައިރާ ދޫކުރޭ!!”.ލައިމް ރުޅިވެރި އަޑަކުން ބުނެލިއެވެ. އާރާ ހީނލައިފައި ލައިރާއާ ދިމާލަށް ބަލައިލިއެވެ.” ލައީ ދައްތަ؟ހެއް ހެއް…އާރާ ބޭނުން ވަނީ އެންމެ އެއްޗެއް..ބައްޕަ އަތުގަ އޮތް ފޮތް…އޭރުން ލައީ ދައްތަ ދޫކޮށްލާނަން..”.އާރާ ލައިރާގެ ބޮލުގައި ފިރުމައިލިއެވެ.”ނޫން…ތި..ފޮތް….ދީ..ގެން ނުވާނެ…”.ލައިރާގެ ނޭވާ ކުރުވަމުން ދިޔައެވެ.ލައިރާ އަށް ފެންނަނީ ފެންކަޅިވެފައި ތިބި 4 އެކުވެރިންގެ މޫނެވެ.”ބައްޕި އަވަސް ކުރޭ…ލައީ ދައްތައަށް މާ ގިނަ ވަގުތެއް އާރާއަކަށް ނުދެވޭނެ…ފިލައިގެން ހުރި ތަނުން ނިކުމޭ…”.އާރާ އަވަސް ކުރުމަށް އެދުނެވެ.މެނޭޖަރު އަދިވެސް ފިލައިގެން އިނެވެ.ފޮތް އާރާ އަތުގައި ޖެހިއްޖެ ނަމަ އެކަކުވެސް ސަލާމަތެއް ނުވާނެއެވެ.އެކަމަކު އާރާ އަތަށް  ފޮތް ނުދީފި ނަމަ ވެސް  އެކަކުގެ ފުރާނަ ގެއްލިގެން ހިނގައިދާނެއެވެ. ފޮތް ދޭނީތޯ ނޫނީ ނުދޭނީތޯ އަމިއްލައަށް ސުވާލު އުފެދެއެވެ.މެނޭޖަރު މި ޖެހުނީ އަވަސް އިޚްތިޔާރެއް ކަނޑައަޅަންށެވެ….

*ނުނިމޭ*

19

3 Comments

  1. widhaadhaa ismail

    January 7, 2022 at 10:38 pm

    ❤️❤️mi prt ves v reethi. miss you🙁❤️❤️❤️

  2. [email protected]@@TI

    January 8, 2022 at 10:45 am

    thank u v much @aminathwidhadhaismail for the comment
    miss u too

    • widhaadhaa ismail

      January 9, 2022 at 10:24 am

      whn will be next part released ❤️waiting for next part ❤️❤️miss yooooooou nabaatiiiiiii😊can’t wait to see ❤️❤️❤️❤️

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!