Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންމަޖާލޯބި

ލޯބިވާތީ(3)

Elysha Level 1
January 7, 2022 3 Mins Read
1 Comment

ކައިނިންމައިގެން 3 މީހުން ނިންމީ ހަވީރު އައިސްކޯން ބޯން ދާން ށެވެ.އެލާ އޭބާގެ ބެސްޓްފްރެންޑް ގެންނާނެ ކަމަށް ބުންޔެވެ.ކައިކް ވެސް އެނާގެ ފްރެންޑް އެށް ގެންނާނަން ކަމަށް ބުންޔެވެ.3 މީހުން ވާހަކަ ދައްކަން ތިބެފައި ކައިކް ގެއައް ދާން ނައްޓާލީ 9:00ޖެހި ފަހުން އެވެ.

*********************

އެލާ ތައްޔާރު ވަމުން ދިޔައީ 4:00ޖެހުމުގެ ކުރިން ގެއިން ނިކުމެވޭތޯ އެވެ.އެއީ އޭނާގެ ބެސްޓްފްރެންޑް ގެ ގެއަށް ދިޔުމަށެވެ.އެ ގެއަށް ދެވުނުއިރު 4:15 ވެ ބޮނޑު ވެއްޖެ އެވެ.އަވަސް ކޮއަލައިގެން 2 ކުދިން ހިނގައިގަތީ އެރަށު ޕާރްކް އާއި ދިމާއަށެވެ.”އަދިކިރިޔާ ކަމަނާފުޅައް އެއާދެވުނީ.އަދިނޭންގެ އަނެކަކު ވީތަނެއް.”އެލާ މެން އެހިސާބައް އަރައި ހުއްޓުނުތަނު ކައިކް ބުންޔެވެ.”އޯކޭއޭ. އެލީ އަށް ތުރިން ލަހެންނު ތިބުނާމީހެއް.އެލީ ލަސްވީ މި ޝާ ގެ ލަސްކަމުންނޭ.އެލީޝާ މީޓް މައި ފްރެންޑް ކައިކް.ކައިކް މީޓްމައި ބެސްޓް ފްރެންޑް އެލީޝާ.”އެލާ ދެމީހުން ދެމީހުންނައް އިންޓްރޮޑިއުސް ކޮއްދިނެވެ.”އޭ އެލީ.އެހެރުން އެވީ ދެ އެލީ ދޯ.ހިންގާ އެލާ އައް ނިއެ ނިކްނޭމް އެއް ހަދަން.އިލޫ އޯކޭދޯ.””ޔެސް. އަ ވެރީ ނައިސް ނޭމް.”އެލާ އަށް އެ ނަން ވަރައް ކަމުދިޔަ އެވެ.މިހެން ތިބެފައި ކައިކް ހަޅޭއްލަވައިގަން އަޑަށް 3 މީހުން ދިޔައީ ސިއްސައިގެން ނެވެ.”ކައެގެ އިންތިޒާރުގައި ހުންނަތާ މިހާރު ކިހާއިރެށް.ބުނާ ގަނޑިއަކަށް ދުވަހަކުވެސް މީނައަކަށް ނާދެވޭނެ.”ކައިކް ދެތިންފަހަރު އެ ފިރިހެން ކުއްޖާގެ ބޮލުގައި ޖެހިއެވެ.އޭރުވެސް އެލީޝާ ހުރީ އިސްޖަހައިގެން ނެވެ.އެލީޝާ އަކީ މަޑުމައިތިރި މިޒާޖެއްގެ ކުއްޖެކެވެ.ބައެށްފަހަރު އެލާ އެލީޝާ ކައިރީގައި އެލީޝާގެ މަޑުމައިތިރި ކަމާއިމެދު ވަރައް ޝަކުވައި ކުރާނެއެވެ.”ކައިކުގަނޑާ ތަދުވެޔޭ.މަވެސް މީ އިންސާނެކޭ.”އެލީޝާ ދިޔައީ އެށްލިގެންނެވެ.އެތަނައް އައި ފަހުން ފުރަތަމަ ފަހަރައް އެލީޝާ އިސްއުފުލާ އެ ފިރިހެން ކުއްޖާއާއި ދިމާލައް ބަލައިލިއެވެ.ދޮން ހަންގަނޑެއް ލިބިފައިވާ ޒުވާނެކެވެ.ބަލާލައިބެލުމަށް ވައްތަރީ 19 ނޫނީ 20 އަހަރުގެ މީހަކާއެވެ.މަޑު ޕިންކު ކުލައިގެ ތުންފަތެެކެވެ.ކަޅުކަންގަދަ ކަޅިއަކާއި މަޑު ޗޮކުލެޓު ކުލައިގެ ބުމައެކެވެ.ގަދަ އޮރެންޖު ކުލައިގެ ހޫޑީ އަކާއި އެކު ނޫ ޖިންސް އެށް ލައިފައި ހުރުމުން އިތުރަށް ފުރިހަމަ ކަމައް ދައްކަ އެވެ.”އަނާލް މީ އަހަރެންގެ ފްރެންޑް އެލާ.ދެން މީ އެލާގެ ދޮންތަ އެމާ.މީ އެލާ ގެ ބެސްޓްފްރެންޑް އެލީޝާ.”އެލީޝާ އަށް ހޭވެރިކަންވީ ކައިކް ވާހަކަ ދައްކަން ފެށުމުން ނެވެ.އަނާލް އަށް އެލީޝާ ވަރަށް ކަމުދިޔަ އެވެ.ދޮން ހަންގަޑެއް ލިބިފައިވާ ހިމަ ތޮޅި އަންހެން ކުއްޖެކެވެ.މަޑު ރަތް ކުލައަށް ދާ ތުންފަތެކެވެ.އަޅި ކުލައިގެ ކަޅި އަކާއި އަނާލް ގެ އިންނަ ކަހަލަ މަޑު ޗޮކުލެޓު ކުލައިގެ ބުމަ އެކެވެ.ކަޅު ކުލައިގެ ދިގު ބެޓް ހެދުމަކާއި އެކު ކަޅު ކުލައިގެ ބުރުގާ ޝޯލް އެށް އަޅައިފައި ހުރުމުން އިތުރައް ފުރިހަމަ ކަމައް ދައްކަ އެވެ.ދެމީހުން ދެމީހުންނައް ގެއްލިފައި ތިބިއިރު އެތާ އެހެން ބައެށް ތިބިކަން ހަދާނެއް ނެތެވެ.ދެމީހުންނައް ހަމަބިމައް އައިދެވުނީ އެލާ އާއި ކައިކް ބާރަށް ހަޅޭއް ލަވައިގަތުމުން ނެވެ.ވަގުތުން އެލީޝާ ގެ މޫނު ޓޮމާޓޯ އެށް ހާ ރަތް ވިއެވެ.އެލާ އައީ އެމާ އާއި ކައިކް ހިފަހައްޓައިގެން ހުރި ހިނިގަނޑު ވަގުތުން ފަޅައިގެން ދިޔައެވެ.އަނާލް އޭނާގެ އަތް އޭނާގެ އިސްތަށިގަނޑު ތެރެއަށް ވައްދާލިއެވެ.”ދެން ހެވޭ.ކައެ އަށް ވެސް މިހެން ދިމާވާނެ ދުވަހެށް އަންނާނެ.އެދުވަހަކުން އަހަރެންވެސް ބިންދި ބިންދިފަ ހޭނަން”އަނާލް ކައިކް ގައިގައި ބޮނޑިއެށް އަޅާލަމުން ބުންޔެވެ.އެހެން ބުނެފައި އެންމެންވެސް ހިންގައިގަތީ އެރަށު އައިސްކޯން ވިއްކައި ފިހާރައާއި ދިމާލަށެވެ.އެކިއެކި ސަކަރާތުގައި ތިބެގެން ހިނގަމުންދަނިކޮއް އެމާ މީހެއްގައިގައި ޖެހިފައި ދިޔައީ ވެއްޓެން ނެވެ.އެވަގުތު އެތަނުގައި ގުގުމާލީ އެމާގެ ތޫލި އަޑެވެ.އެމާ އައް ދެލޯ މަރާ ބާރު ކޮއްލެވުނީ ވާނެ ތަދު އިހުސާސް ކޮއްލެވުމުން ނެވެ.ނަމަވެސް އެމާ ބިގުމައި ޖެހުމުގެ ކުރިން އެމީހަކު އެމާ ހިފެހެއްޓި އެވެ.އެލާ މެން ނަށް ހަމަނޭވާއެށް ދޫކޮށްލެވުނީ އެމާ ވެއްޓި ތަދުވުމުގެ ކުރިން މީހަކު އެމާ ހިފެހެއްޓުމުން ނެވެ.”ޝުކު…..އާހީލް…..”ކައިކް އެމީހާކައް ޝުކުރުއަ ދާކުރަންވެގެން ހުޅުވާލި އަނގަ އިން ނިކުތީ އުފަލާއި ޝަކުވާގެ އަޑެވެ.އަދި ކައިކް ހަޅޭއްލަވައިގަންލެއް ބާރުކަމުން އައިސްކޯންބޮމުން އެދިމާލައް ބަލައިލި އަނާލް ކުށިއެރީ ކުރިމަތީ ހުރި މީހާ ފެނުމުން ނެވެ.އެމާ އާއި އެމާ އަދި އެލީޝާ ހުރީ ވާނުވާގައެވެ.”ބުރޯ.ކައެ ނުވެސް ބުނެ.ހާދަ ގޯސްވެއްޖޭ މީނަވެސް.ދޯ އަނާލް.ރައްޓެހިންނޯ.އެކަމަކު ރައްޓެހިން ވައްތަރެއް ނުޖަހާ.”ކައިކް ތުންކޮޅު ދަމާލި ގޮތުން އެނަމެންގެ ހިނިގަނޑު ދިޔައީ ފަޅައިގެން ނެވެ.”ކައިކޫ.އަހަރެން ވަރައް ގޯސްވެއްޖެއޭ މިހާރު ކިތައްމީހުން އަހަރެން ދިމާލައް ބުއިން.މިހާރު އަހަރެން ސިގިރޭޓު ބޮން.އަދި އަހަރެން ބޭނުން އިރަކު އަންހެން ކުދިންނައް ބޭނުންގޮތެއް ހަދާފަަ ދޫކޮއްލަން.ދެން….””ހުއްޓާލާ.އާހިލް ތީ ތިކަހަލަ ކަންތައް ކުރާމީހެއް ނޫން.”ކައިކް އަށް އާހިލް ދައްކަމުން ދިޔަ ވާހަކަ ގަބޫލެއް ނުކުރެވުނެވެ.އޭރު އަނާލް ހުރީ އޭނާގެ ހިނިގަނޑު ބަޑައްލައި ފިއްތައިގެނަނެވެ.”ކައިކް އަސްލައްވެސް ގަބޫލުކުރީތަ މަ އެހުރިހާ ކަމެއް ކުރާނެކަމައް.ކައިކް އައް އިންގޭނެ މަ އެންމެ ރުޅި އަންނަ އެތިކަން އެއީ ސިންގިރޭޓަކީ.ދެން އިންގޭނެ މަ ކުއްޖަކާ ރައްޓެއްސެއް ނުވާނެކަން ކިޔަވައި ނުނިމެނީހެއް.އަނެއްކާ މީނަ ސިކުނޑިއަށް ކޯއްޗެއް އަޅާފަ މިހުރީ އަނާލް.އެހެންނޫނީ މީ އެހާ ވިސްނުންތޫނު މީހެއް.”އާހިލް ވާހަކަ ދެއްކީ ހެމުން ހެމުން އެވެ.އެލާ މެނަނައް މި ވަނީ ކީއްކަން އެންގުމުން ހޭވުނެވެ.އަމިއްލަ މޮޔަކަން ހިތައްއެރުމުން ކައިކް ރަކިވިއެވެ.”މަށެއް އޭނަ ޔަކައް ގޮތެއް ނަހަދަން.އެއީ އޭނަގެ މޮޔަ ކަން.މިހާރު އޭނައެކޭ ގަމާރެކޭ ވަކި ތަފާތެއް ނެތް.”އަނާލް ވެސް ހެމުން ހެމުން ބުންޔެވެ.

?ނުނިނޭ?

Share Article

Follow Me Written By

Elysha

Level 1

Other Articles

Previous

ހޮޓެލްގެ ސިއްރު 8

Next

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެގާރަވަނަބައި)

Next
January 7, 2022

ދިމާވި އާދަޔާ ޚިލާފް ޒުވާނާ (ސަތޭކަ އެގާރަވަނަބައި)

Previews
January 7, 2022

ހޮޓެލްގެ ސިއްރު 8

One Comment

  1. DåîßY QûëëN Love says:
    January 8, 2022 at 6:48 am

    Masha Allah ❤️❤️?

Comments are closed.



All Right Reserved!