ކަންބޮޑުވެފައި ހުރެ ކައިރާން ދުވެފައި ދަނިކޮށް ކުއްލިއަކަށް ހުއްޓުނެވެ. “ކައިރާންން!!!”.މިހެން އައިމަލް ހަޅޭއްލަވައިގަތެވެ. ކައިރާންއަށް ސިހުމެއް ލިބުނެވެ. އަދި އައިމަލްގެ ފަހަތުގައި އެއްކަލަ ނުބައި މީހާ މަޑުކޮށްގެން ހުއްޓެވެ. އެމީހާގެ މޫނުމަތިން ބުނަމުން ދިޔައީ ކައިރާން އިތުރު ފިޔަވަޅެއް އަޅައިފިނަމަ، އައިމަލްގެ އެއްވެސް ސަލާމަތެއް ނެތްކަމަށެވެ. ވަށައިގެން މިވާ މާހައުލު އިތުރަށް ހޫނު ގަދަވަމުން ދިޔައެވެ. ކުއްލި ހަރަކާތްތަކެއް ނުގެނެ، އައިމަލްއަށާއި ކައިރާންނަށް އޮތީ މަޖުބޫރުވެފައެވެ. ކުއްލިއަކަށް އެ ނުބައި މީހާގެ ޖީބުން ފޮތިކޮޅެއް ނެގިއެވެ. […]
މިހެން ގޮސް އަނެއްކައި އައިމަލް މީހަކު ގައިގައި ވަރަށް ބާރަށް ޖެހުނެވެ. ” ސޮރީ” އައިމަލްއަށް މިހެން ބުނެވުނެވެ.އަދި ޖެހުނު މީހާއާ ދިމާލަށް ރަނގަޅަށް ބަލައިލެވުނެވެ. އެ މީހާގެ މޫނު ފެނުމުން އައިމަލްއަށް ސިހުމެއްލިބުނެވެ. އެއީ 3 ދުވަސް ކުރިން ދިމާވި ފިރިހެން ކުއްޖާއެވެ. އެ ފިރިހެން ކުއްޖާ ހީނލިއެވެ. ” އަނެއްކާ ވެސް ދިމާވީ ދޯ… އަހަރެން ހީކުރީ ދެން ދިމައެއް ނުވާނެކަމަށް…”.”އާނ..އަހަރެން ވެސް ހީކުރީ ތިހެން… އަހަރެންގެ ނަމަކީ އައިމަލް..” އައިމަލް ބުނެލިއެވެ. “އަހަރެންނަށް […]
އައިމަލްގެ ދެ އަތުގައި ހިފަހައްޓައިގެން ހުރި މީހުންގެ އަތުން ދޫވަން މަސައްކަތްކުރިއެވެ.އެކަމަކު އެމީހުން އައިމަލްއަށް ވުރެ މާ ބާރުގަދައެވެ.އައިމަލް އަށް ހުއްޓުން އެރީ އައިމާ ވަރުނެތް ގޮތަކަށް “ދޮންތީ” އޭ ގޮވައިލުމުންނެވެ.”ނޫން…” އައިމަލްގެ ދެލޯބޮޑުވިއެވެ.އައިމަލް އަތުގައި ހިފަހައްޓައިގެން ހުރި ދެމީހުން އައިމަލްގެ އަތުން ދޫކޮށްލިއެވެ. އައިމަލްގެ ދެލޮލުން ކަރުނަ ހޯސްލައިފައި ފައިބަމުން ދިޔައީ އައިމާގެ އަނގައިން ލޭ ނުކުތުމުންނެވެ. މި ނުބައި މީހުންގެ އެއްވެސް ހިތެއް ހުރޭބާއެވެ؟ ހިތެއް ހުރި ނަމަ މިކަހަލަ ނުބައި ކަމެއް ކުރާނެހެއްޔެވެ؟ […]
އައިމަލްގެ ހިތް އަނެއްކާވެސް ތެޅެންފެށިއެވެ. މިފަހަރު އެއައްވުރެއް ބާރަށެވެ. އެމީހާ ކުރިއަށް ހުއްޓުމެއް ނެތި ފިޔަވަޅު އަޅަމުން ގެންދިޔައެވެ. ” ބޮސް، ހުރިހާ ކަމެއް ތައްޔާރު،ހިނގާ ދާން ފަހަރެއްގަ އެމީހުން ޓްރެކު ކުރެވޭނެ”.ކާރުތެރޭން މީހަކު ގޮވައިލުމުން އެ ނުބައި މީހާ ކައިރީ އައުމަށް އެދުނެވެ. ދެން އެ މީހާ އިތުރު ފިޔަވަޅު ތަކެއް ނާޅައި ކާރާ ދިމާލަށް ހިނގައިގަތެވެ. ދެން އައިމަލްއަށް އިވުނީ ‘ފާރިޝް’ ގެ ނަންކީ އަޑެވެ.” ފާރިޝްގެ ހާދިސާ އެއް އަދި އެކަކަށް ވެސް […]
” ދަރިފުޅާ،ބަސްއަހާތި…މަންމަ އަކަށް ހިޔެއް ނުވޭ ދެން މާ ގިނަ ދުވަހު އުޅެވޭނެހެން…ކޮއްކޮ ރަނގަޅަށް ބަލައްޗޭ…މަންމަ ދަރިފުޅުމެން ދެކެ ވަރަށް ލޯބި….” މިހިސާބުން ސަލްމާގެ ބަސް ހުއްޓުނެވެ.”މަންމާ! ނޫން… އަޅުގަނޑުމެން ދޫކޮށްފައި ނުދޭ!” އައިމަލްއަށް ގިސްލައިފައި ރޮވުނެވެ.އެވަގުތު އައިމާ މަޑުމަޑުން ހިނގައިލައިފައި އައިމަލް ގައިގައި ބައްދައިލިއެވެ.އައިމަލް އަވަހަށް ކަރުނަތައް ފޮހެލައިފައި އައިމާ އާ ދިމާލަށް ތިރިވެލިއެވެ.” ކޮއްކޮ މިހާލުގައި އުޅެން ޖެހޭތީ ދޮންތި ވަރަށް ދެރަވޭ…އެކަމު ދޮންތި ކޮއްކޮއަށް އެއްވެސް ދެރައެއް ނުދޭނަން…”އައިމަލް އައިމާގެ ބޮލުގައި ފިރުމައިލިއެވެ.” […]
ދެން އިވުނީ ދުވަހަކުވެސް އަޑު ނީވޭ ބަސްތަކެކެވެ.ސަލްމާގެ ދެލޯ ބޮޑުވިއެވެ.ސަލްމާގެ ހިތް ބުނަމުން ދިޔައީ ފަރީޝް އެކަހަލަ ކަމެއް ނުކުރާނެ ކަމެވެ. ” ލޯނަށް ރުފިޔާ ނުދައްކައޭ؟”.” އާނ، ފަރީޝް އަހަރެމެން އަތުން ރުފިޔާ ނަގައިގެން ދިޔައީ.. ހަނދާންކުރާތި! މި އަންނަ މަހާ ހަމައަށް ރުފިޔާ ނުދީފި ނަމަ، ކަލޭގެ ދަރިފުޅު ނަގާނަން…” ފޯނުން ވާހަކަ ދެއްކި މީހާ ސަލްމާ އަށް ބިރުދައްކަން ފެށިއެވެ.” ނޫން،ނޫން…މަގޭ އައިމަލް ނުގެންދާތި!” ސަލްމާ ހާސްވިއެވެ.”އެހެންވެއްޖިއްޔާ އަހަރެންގެ ރުފިޔާ ގެނޭ!” މިހެން […]
އައިމަލްގެ އުމުރުން އެންމެ 10 އަހަރެވެ. އައިމަލްގެ ހުންނަނީ ހަމައެކަނި މަންމައަކާ ބައްޕައެކެވެ.ގިނަ ފަހަރު ބައްޕަ ގެއަކު ނޫޅެއެވެ.އޮފީސް މަސައްކަތްތައް ބުރަ ވުމުގެ ސަބަބުން ގިނަފަހަރު އައިމަލްގެ ބައްޕަ ވަގުތު ހޭދަކުރަނީ ގެއިން ބޭރުގައެވެ. ނަމަވެސް ބައްޕައަށް ލިބޭ ކުޑަ ވަގުތުކޮޅުގައި އައިމަލް ފެނިލަން ގެއަށް އާދެއެވެ.ފައިސާ ހޯދުމަށް އައިމަލްގެ މައިންބަފައިން އެތައް މަސައްކަތެއް ކުރެއެވެ. އެކަމަކުވެސް ގިނަފަހަރު ދަނީ ނާކާމިޔާބު ވެގެންނެވެ. އައިމަލްގެ މަންމަ،ސަލްމާ، ފައިސާ ހޯދުމުގައި އެތައް ވަޒީފާތަކެއް އަދާކުރަމުން ދެއެވެ. ބޫޓުތައް ސާފުކުރުމާއި،ކާރުތަކުގެ […]
މެނޭޖަރު މި ޖެހުނީ އަވަސް އިޚްތިޔާރެއް ކަނޑައަޅަންށެވެ. *1 ގަޑިއިރު ކުރިން* ……………………………………………………………………………………………………………………… ” އާރާ އަށް ފޮތް އޮޅުވައިލީމަ ނޭނގޭނެދޯ…މެނޭޖަރުވެސް ހާދަ ވިސްނުން ހުރޭ …5 މަހުގެ މަސައްކަތަށް ބަލާފަ ގޯހެއް ނޫން މީހަކަށް އޮޅުވާލާކަށް…” މަރީ ސާބަސް ދެމުން ދިޔައެވެ. ” ކޮބާ ހުރިހާ އެކްޓަރުން ރެޑީތަ؟” ލައިމް ވެސް މަރީ އާ ބައިވެރިވެލިއެވެ.”އާނ ޔަގީނެއްނު!”މެނޭޖަރު ހޭދަކުރި 5 މަހުގެ ބޭނުމަކީ ފަނޑިތަ ވެރިޔާ ދިން ކަހަލަ ފޮތެއް ނަކަލުކޮށް އާރާއަށް އޮޅުވައިލުމަށެވެ.އެކަމަކު ލިޔެފައިވާ […]
ދެން އަރާ ފަހަތަށް އެނބުރި އެ ރަތް ލޮލުން ބަލައިލީ ރައިޝާގެ ހުއްޓިފައި އިން ހަށިގަނޑަށެވެ.ރައިޝާ ހަރަކާތް ކުރަން ބޭނުންވި ނަމަވެސް އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. ދެން އާރާ ދުއްވައިގަތީ ލައިރާމެންނާ ދިމާލަށެވެ.އާރާ ދުއްވައިގަތުމާއެކު ރައިޝާގެ ދެ ލޮލުން އާރާ ގެއްލިގެން ދިޔައެވެ. ދުވެފައި ދިޔަ ގޮތެއް ވެސް ނޭނގެއެވެ. ކުއްލިއަކަށް ރައިޝާގެ ކަންފަތުގައި އިވީ ގިސްލާ އަޑު އިވުނެވެ. އެވަގުތު ރައިޝާ އަވަސްވެގަތީ އިވީ ސަލާމަތް ކުރުމަށެވެ.ނަސީބަކުން އެހަައި ބޮޑު އަނިޔާއެއް ނުލިބި ނަމަވެސް ތަންތަން […]