މެނޭޖަރު މި ޖެހުނީ އަވަސް އިޚްތިޔާރެއް ކަނޑައަޅަންށެވެ.

*1 ގަޑިއިރު ކުރިން*

………………………………………………………………………………………………………………………

” އާރާ އަށް ފޮތް އޮޅުވައިލީމަ ނޭނގޭނެދޯ…މެނޭޖަރުވެސް ހާދަ ވިސްނުން ހުރޭ …5 މަހުގެ މަސައްކަތަށް ބަލާފަ ގޯހެއް ނޫން މީހަކަށް އޮޅުވާލާކަށް…” މަރީ ސާބަސް ދެމުން ދިޔައެވެ. ” ކޮބާ ހުރިހާ އެކްޓަރުން ރެޑީތަ؟” ލައިމް ވެސް މަރީ އާ ބައިވެރިވެލިއެވެ.”އާނ ޔަގީނެއްނު!”މެނޭޖަރު ހޭދަކުރި 5 މަހުގެ ބޭނުމަކީ ފަނޑިތަ ވެރިޔާ ދިން ކަހަލަ ފޮތެއް ނަކަލުކޮށް އާރާއަށް އޮޅުވައިލުމަށެވެ.އެކަމަކު ލިޔެފައިވާ ލިޔުމަކީ އަސްލެއް ނޫނެވެ.މި ފޮތުގެ ބޭނުންވެސް އައީ އެއް ނޫންހެއްޔެވެ؟

………………………………………………………………………………………………………………………

މެނޭޖަރު އަތުގައި އޮތް އަސްލު ފޮތް ގަމީހުގެ ތެރެއަށް ލައިފައި ނަކަލު ކުރި ފޮތް އަތަށް ނަގައިގެން ފިލަން ހުރި ތަނުން ނިކުމެއްޖެއެވެ. ” އާރާ،ލައިރާ ދޫކުރޭ…..މިއޮތީ ފޮތް…” މެނޭޖަރު އަތުގައި އޮތް ފޮތް އާރާއާ ދިމާލަށް ދިއްކޮށްލިއެވެ.އާރާ ކުއްލިއަކަށް ލައިރާ ބިން މައްޗަށް ވައްޓައިލިއެވެ. ލައިރާ ކެއްސަމުން 4 އެކުވެރިންގެ ގާތަށް ދުއްވައިގަތެވެ. މެނޭޖަރު އާރާ އަތަށް ފޮތް ދިނުމުން، އާރާ އެ ފޮތުގައި ފިރުމައިލައިފައި އިރުކޮޅެއް ވަންދެން ބަލަން އިނެވެ. މިހެން އާރާ އެ ފޮތަށް ގެއްލިފައި ވަނިކޮށް މެނޭޖަރު އަތުގައި އޮތް އަސްލު ފޮތް ލައިރާ އަތަށް ސިއްރުން ނޭނގޭ ގޮތަކަށް ދިއްކޮށްލިއެވެ.

ލައިރާއާ އެކު 4 އެކުވެރިންނަށް ދުވުނު އެންމެ ބާރަކަށް ދުއްވައިގަތީ ހޮޓެލްގެ ބިއްދޮށާ ދިމާލަށެވެ.  އާރާ މެނޭޖަރު ގާތުގައި ބުނެލިއެވެ.” ބައްޕާ، އާރާ ބޭނުން ވަނީ މިރަށުގަ ބައްޕައާ އެކީ ދިރިއުޅެން. އާރާ މި ދުނިޔެއިން ދާކަށް ބޭނުމެއް ނޫން…އެއީ އާރާއަށް ހުރިހާ ކަމެއް ކުރުމުގެ ބާރު ލިބިފަ ވާތީ.. އާރާއަށް ބައްޕަ ވެސް ކޮންޓްރޯލް ކުރެވޭނެ… އެކަކަށް ވެސް އާރާއެއް ނުހުއްޓުވޭނެ…”.މިހެން އާރާ ބުނުމުން މެނޭޖަރު ބޭނުންވީ އިތުރަށް އާރާގެ ކިބައިން ސަލާމަތްވުމަށެވެ.”އަހަރެންނަށް މިބިކަ ހާލުގަ ލައްކަ ދުވަހު ދިރިއުޅެވިއްޖެ..އަހަރެން ބޭނުމެއްނޫން މި ހާލުގައި ދިރިއުޅޭކަށް…” މެނޭޖަރު ހިތާހިތުން ބުނެލިއެވެ. އެކަމަކު މެނޭޖަރުގެ ހިތުގައި އުފެދުނު ސުވާލަކީ، އާރާއަށް މެނޭޖަރު ފޮތެއް ސިއްރު ކުރާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟.މި ސުވާލު އުފެދުމުން އާރާއާ މެނޭޖަރު ސުވާލުކުރިއެވެ. “އޯ އެ ފޮތް ދޯ… އާރާ އަށް އަޑުއިވުނީ ބައްޕަމެން ވާހަކަ ދެއްކި އިރު…ބައްޕަމެންނޭ މިބުނީ ބައްޕައާ އަހުމަދު ބޭބެއާ އަދި ކޮންމެވެސް އެހެން މީހެއް… “. އާރާ ޖަވާބުގައި ބުނެލިއެވެ.މިހެން ބުނުމުން މެނޭޖަރު ހައިރާންވިއެވެ.އޭރުގައި އާރާ އަކީ 1 އަހަރު ވެސް ނުފުރޭ ޅަކުއްޖެކެވެ. އެކަމަކު އެއީ އާރާ އެއް ނޫންކަން މެނޭޖަރަށް ވަގުތުން އެނގިއްޖެއެވެ.

ލައިރާ އާ އެކު ލައިމް، މަރީ،ރައިޝާ އަދި އިވީ އަދިވެސް ހުއްޓުމެއްނެތި ދުވަމުން ދަނީ އެވެ. “އަދި އެބަ އޮތް ކުޑަ ތަންކޮޅެއް… މާ ދުރަކަށް ދާކަށް ދެން ނުޖެހޭނެ..”.ލައިރާ މާނޭވާލަމުން ބުނެލިއެވެ. އެންމެން ވެސް ތިބީ މާނޭވާ ލާލައެވެ.އެންމެފަހުން ހޮޓެލްގެ ބިއްދޮށާ ހަމައަށް އާދެވިއްޖެއެވެ. ” ލައީ، އާދެވިއްޖެ! އަވަހަށް ތިފޮތް ވަޅުގަނޑު ތެރެއަށް ވައްޓާލާ..މަޑުނުކުރާތި!!” މަރީ އަވަސްކުރުމަށް  ބުންޏެވެ. ލައިރާ އަތުގައި އޮތް ފޮތް ވަޅުގަނޑު ތެރެއަށް ވައްޓައިލިއެވެ. އަދި ވެލިން ވަޅުގަނޑު ބައްދައިލިއެވެ. އެވަގުތު އާރާ އަތުގައި އޮތް އަސްލު ނޫން ފޮތް މެދުން ވީދާ ކުދިކުދި ކޮށްލިއެވެ. އާރާ އަށް އެ ފޮތް ވީދާލެވުމުން ވަރަށް އުފާވިއެވެ.މެނޭޖަރުގެ ހިތް ވަރަށް ބާރަ ތެޅެން ފެށިއެވެ. އެކަމަކު އެ އުފާވާ ވަގުތުކޮޅު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެއްކޮށް ނިމުމަކަށް އަތުވެއްޖެއެވެ. އާރާއަށް އެންމެން އޮޅުވައިލީކަން އެނގުނީ މާ ފަހުންނެވެ.”ނޫންންން!!! ތި އެންމެން އާރާއަށް އޮޅުވާލީތަ؟؟”އާރާ މެނޭޖަރާ ދިމާލަށް  ހަޅޭއްލަވައިގަތެވެ. އާރާ އަށް ގޮތް ވާން ފަށައިފިއެވެ.އާރާގެ ހަށިގަނޑު ސިކުންތަކަށް ފަހު ސިކުންތަކުން ދަނީ ކުޑަވަމުންނެވެ. އަޑު ވެސް ކުރިން ބާރު ވެފަ މިހާރު ދަނީ މަޑުވަމުންނެވެ. ބޮލުގައި ހުރި އިސްތަށިތައް ވެސް ފައިބަމުން ދިޔައެވެ.ދުވަމުން ދިޔަ ނުބައި ވަސް ވެސް ދަނީ ކެނޑެމުންނެވެ.އެވަގުތުކޮޅުގައި  ލައިރާ،މަރީ،ރައިޝާ،ލައިމް އަދި އިވީ މެނޭޖަރާ ދިމާކުރިއެވެ.އެ 5 އެކުވެރިން މެނޭޖަރާ ދިމާލަށް ބަލައިލާފައި ހީނލިއެވެ.އާއެކެވެ.މެނޭޖަރުގެ ‘ ޕްލޭން ‘ ކާމިޔާބުވީއެވެ.

އާރާގެ މޫނުމަތިން ރުޅިވެރިކަމުގެ އިހްސާސް ދައްކައިދެމުން ދިޔައެވެ.އާރާ އެއްކޮށް ވައިގެ ތެރެއަށް ގެއްލިގެން ދިޔައެވެ. އާރާ ގެއްލިގެން ދިޔުމާއެކު މެނޭޖަރު ބުނެލިއެވެ.” އަހަރެންނަށް އެއްކޮށް އެ ‘ޖިންނި’ ގެ ކިބައިން މިނިވަންކަން ލިބިއްޖެ! އެއީ ތި ކުދިންގެ ސަބަބުން، ހިތްވަރާއެކު، އެއްވެސް ބިރެއްނެތި.. މެނޭޖަރު ވަރަށް އުފާކުރަން…”.”އާނ..އަހަރެމެން އެއްކޮށް ސަލާމަތްވީ… ދެން މިހާރު މީ ޑާންސް ކުރާ ވަގުތު…ލެޓްސް ޑާންސް..” މަރީ ހޭންފެށިއެވެ.” އާނ..އަސްލުވެސް މީ ދެން ޑާންސް ކުރާ ވަގުތޭ!”ލައިމް ވެސް ބައިވެރިވެލިއެވެ. އިވީ އަތުގައި އޮތް ފޯނު ބަލައިލިއެވެ.ފޯނު ފެނުމުން އިވީ ކުއްލިއަކަށް އެންމެނަށް ގޮވައިލިއެވެ. “ކިހިނެއްވީ؟’ އެންމެންގެ ސުވާލަކީ އެއީ އެވެ.” ފޯނަށް ސިގްނަލް ލިބޭ މިހާރު…ކުރިން ނުލިބޭ…”.މިހެން އިވީ ބުނުމާއެކު ލައިރާ،މަރީ،ރައިޝާ އަދި ލައިމް އެމީހެއްގެ ފޯނު ބަލައިލިއެވެ.” މަށަށް ހީވަނީ އެއީ އާރާ އުޅުނު އިރުގަ ވީ ކަމެއް ހެން..”.ރައިޝާ ބުނެލިއެވެ. ” އާނ..އެއީ އާރާ އުޅުނު އިރު ވީކަމެއް..މެނޭޖަރުގެ ފޯނަށް ވެސް އެއްވެސް ރޭންޖެއް ނުލިބޭތީ އެކަކަށް ވެސް ގުޅެވޭ ގޮތެއް ނެތް..އެހެންވެ މިހާ ގިނަ ދުވަހު މިރަށުގަ ބަންދުވީ..” މެނޭޖަރު ޖަވާބުގައި ބުނެލިއެވެ.

“އީވްސް، މިހާރު ސިގްނަލް ލިބެއެއްނު؟ ގުޅާބަލަ އަހަރެމެން މިރަށަށް އައި ދޯންޏަށް..ދެން އިތުރު ދުވަސްތަކެއް ހޭދަކުރާކަށް ބޭނުމެއް ނޫނެއްނު މިރަށުގަ ވެސް..” ލައިރާ ބުނެލިއެވެ.”އާނ..ލައްކަ ކަންތައް ވެއްޖެ…މީހާ ހޭނެތޭ ވަރު ވެސް ވާނެ މިރަށުގަ ދުވަހެއް ހޭދަކޮށްލަންވެސް…”މަރީ ވެސް އެއްބަސްވެލިއެވެ.” ތީ ތެދެއް..އަހަރެން މިއުޅެނީ މިރަށް އެއްކޮށް ބަންދުކުރަން..އެކަކަށްވެސް ނުވަދެވޭ ގޮތަށް..މީ އެންމެ ރަނގަޅު ގޮތް.” މެނޭޖަރުވެސް ބައިވެރިވަމުން ބުނެލިއެވެ. “ލައީ،އަހަރެން ހަނދާނެއް ނެތް ދޯނި މީހާގެ ނަންބަރު ނަގާކަށް…ސޮރީ..”.”ދެން ކީއްކުރާނީ؟”ލައިމް ސުވާލުކުރިއެވެ.”އެކަމަކު އަހަރެން ބުނިން ދޯނި މީހާ ކައިރީގަ 2 ހަފްތާއޭ…އެހެންވީމަ އަންނާނެ ދޯ ބަލާ..”.”ދެން ހިނގާ މަޑުކުރަން ދޯނި އަންނަން ދެން..އަދި ބާކީ އެބައޮތް 3 ދުވަސް..”.އެންމެން ވެސް އިންތިޒާރު ކުރަނީ، 5 އެކުވެރިންގެ ދޯނި ބަލައި އަންނާނެކަމަށެވެ. 5 އެކުވެރިންނާ އެކު މެނޭޖަރުވެސް ހޮޓެލް އާ ދިމާލަށް ދިޔައީ އެމީހެއްގެ ތަކެތި ބަލައެވެ. އެންމެންގެ ތަކެތި ހަމަވުމުން އެންމެން މިސްރާބު ޖެހީ ރަށުގެ އަތިރިމައްޗާ ދިމާލަށެވެ.

” އަހަރެންނަކަށް ހޮޓެލް ތެރޭގައެއް ނުނިދޭނޭ..މާ ރަނގަޅު ވާނެ ބީޗް މަތީ ކޭމްޕް ކުރިޔަސް…”.މަރީ ބުނެލިއެވެ.”އާނ..ހޮޓެލް ތެރެއަކަށް ނުވަދެވޭނެ..މިތަން ރަނގަޅުވާނެ ނިދާލަން ވެސް…ހަމަގައިމު ވެސް އަނދިރިއެއް ނުވާނެ..”ލައިމް ވެސް ބުނެލިއެވެ.މިހެން ބުނުމަށް ފަހު އެންމެން ވެސް ތައްޔާރުވީ އަތިރި މަތީ 3 ދުވަސް ހޭދަކުރުމަށެވެ.

*3 ދުވަސް ފަސް*

“ގާއިޒް،ލުކް! ދޯނި މި އަންނަނީ!!” އިވީ ހަޅޭއްލަވައިގަތުމާއެކު އެންމެން ފުންމައިގަނެގެން ތެދުވެއްޖެއެވެ.” ދޯނި ފެނުމާއެކު އެންމެން އަތް ނަގައި ހޫރުވަން ފެށިއެވެ.” ފައިނަލީ! ވީ އާރ ގޮއިން ހޯމް…” މަރީ އުފަލާއެކު ނަށަމުން ގެންދިޔައެވެ.ދޯނި ރަށަށް އެރުމާއެކު އެންމެން ދޯންޏަށް އެރިއެވެ.

ދޯންޏަށް އެންމެން އެރުމާއެކު ސާމާސާ ކުރުމާއެކު މަޖާ ނަގަންފެށިއެވެ.މެނޭޖަރު ވެސް 5 އެކުވެރިންނާ އެކު ބައިވެރިވިއެވެ.”ނަސީބެއްނު އިވީ ދޯނި މީހާ ކައިރީ 2 ހަފްތާއޭ ބުނިކަން..އެހެންނޫނީ މިރަށުގައި އަހަރެމެން އަނެއްކާ ޖެހޭނީ މުޅި އުމުރު ދުވަސް ހޭދަކުރަން…”. ލައިމް ބުނެލިއެވެ.” އާނ ހަމަ ތެދެއް..މަށަކަށް ނޫޅެވޭނެ ކޮންމެ ރެއަކު ހޭލައެއް… މެނޭޖަރު ކިހިނެއް ރޭގަނޑު ހޭދަކުރީ؟ ކޮންމެ ރެއަކު ހޭލާ ހުންނަނީތަ؟”.ރައިޝާ ސުވާލު ކުރިއެވެ.” އާނ، އަހަރެން ވެސް ހިތަށް އެރިއޭ ތި ކަހަލަ އެއްޗެއް… އަހަރެން ވެސް ބޭނު އެނގެން..”ލައިރާ ވެސް މެނޭޖަރު ގާތުގައި އަހާލިއެވެ.” އާނ…ގިނަ ރޭރޭ ނުވެސް ނިދޭ…އެންމެ ރެއެއް ވެސް ނުދާނެ ބަން އަޑެއް ނީވިއެއް… ދެން އާރާ ހޮޓެލްގަ ނުހުންނަ ވަގުތު ނިދާ ވެސް ލެވެނީ”.މެނޭޖަރު ކިޔައިދެމުން ދިޔައެވެ.އެންމެންގެ އޮލަ ވާހަކަގަނޑު ތެރޭ ވަގުތު ހިނގައި ދިޔަ ގޮތެއް ވެސް ނޭނގެއެވެ. އެންމެންގެ ވާހަކަ ހުއްޓައިލީ ދޯނި މީހާ ރަށާ ގާތް ވެއްޖޭ ބުނުމުންނެވެ. ” ގާއިޒް، އެ ފެންނަނީ ރަށް!”އިވީ އިނގިލި ދިއްކޮށްލިއެވެ. ރަށަށް ދޯނި ލެފުމާއެކު އެންމެން ދޯނިން ފޭބިއެވެ. “މެނޭޖަރު މިރަށުގަ ތަ އުޅެނީ؟”ލައިރާ ސުވާލު ކުރިއެވެ.”ނޫން،މެނޭޖަރު އުޅެނީ ޖެހިގެން ހުރި ރަށުގަ…”.”އޯހް، އެހެންވަނީ…އެކްސް ކިއުޒް،އަނޭ.. މި ޕަސެންޖަރު ޖެހިގެން ހުރި ރަށަށް ފޮނުވިދާނެ ތަ؟ އަހަރެން ޕޭ ކޮށްދީފާނަން..” ލައިރާ ސުވާލުކުރިއެވެ.”އެންމެ ރަނގަޅު…”މިހެން ދޯނި ދުއްވާ މީހާ ބުނުމުން މެނޭޖަރު ދޯންޏަށް އަނެއްކާ އެރިއެވެ.

ދޯނި ފުރުމުން އެންމެން ހިނގައިގަތީ އެމީހެއްގެ ގެޔަށް ދެވޭތޯއެވެ. އެންމެން ވެސް ދިޔައީ އެއް މަގަކުންނެވެ. ފަހަތުން މީހަކު ގޮވައިލި އަޑަށް 5 އެކުވެރިން ހުއްޓުނެވެ.”އޭ ދަތުރު ނިމުނީ؟” އެއީ ވިވިއަން އެވެ.”  އާނ..ދަތުރު ނިންމާލީ…” ލައިރާ ޖަވާބުގައި ބުނެލިއެވެ. “އެންމެން ހާދާ މަޖާ ކުރިހެން ހީވޭ…ދެން ދުވަހަކު އަހަރެން ގޮވައިގެން ތި މީހުން ދިޔަ ރަށަށް ދާންވާނެ…”.” ނޯހްހްހް!!!!” އެންމެން އެއްފަހަރާ ބުނުމުން ވިވިއަން ސިއްސައިގެން ދިޔައެވެ.” އެއީ ކީއްވެ؟” ވިވިއަން ހައިރާން ވެފައި ހުރެ ބުނެލިއެވެ.” ދެން ދުވަހަކު ވެސް ދަތުރެއް ނުދާނަން!!” މިހެން އެންމެން ބުނުމުން އެމީހެއްގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ވިވިއަން ބޯ ކަހަލައިފައި ” ލައީމެންނަށް ކީއްބާ އެވީ؟” މިހެން ބުނެލިއެވެ. ހައިރާން ވެފައި ހުރެ ވާނުވާ ވެސް ނޭނގިފައެވެ.

❤ނިމުނީ❤

މީ އަޅުގަނޑުގެ ފުރަތަމަ ވާހަކަ ކަމުން، ކިޔުންތެރިންނަށް ވާހަކަ ރީތިވި ކަމަށް އުއްމީދުކުރަން.. އިންޝާ ﷲ އަޅުގަނޑުގެ ދެވަނަ ވާހަކަ ގެނެސްދޭނަން😊….

19

3 Comments

  1. Hûdhãkkø

    January 13, 2022 at 5:50 pm

    Mi vaahaka vrh vrh reethi
    Laara maru v dhw
    Btw [email protected]@@Tl ge ehn vaahaka akah inthizaar kuran

  2. widhaadhaa ismail

    January 13, 2022 at 7:31 pm

    this story is interesting hope next story will be nice ❤️❤️❤️❤️

  3. Black X

    January 14, 2022 at 12:26 pm

    Vvvv reethi mi part ves.. Dhen in partah keh madhu vefa❤❤❤

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!