Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ކުރެވުނު ކަމަކުން 2

Lily Level 210 Stories
July 20, 2021 2 Mins Read
1 Comment

“ހީހީ..ސާބަސް ޒައިއްކޯ..ހައްހާ”ޒޯޔާ ހޭތަން ފެނުމުން ޒައިޝާ ރަކިވެގެން އިނގިލީގައި ދަތްއަޅާލައިފާ އިސްދަށަށް ޖަހާލިއެވެ.”ދޮންތާ ކޮންއިރަކު އައީ..”ޒައިޝާ ރަކިވެފައި ހުރެވެސް އަހާލިއެވެ.”ދެންމެ..އެކަމް ޒައި ތިކީ ހުރިހާ އެއްޗެއް އަޑުއިވުންއެނގެ..އެކަމަކު ހަމަ ސާބަސް..ހީހީ.. އުމުރުން ސޯޅައަހަރުވީއިރުވެސް ތިޔަ ވާހަކަ ދައްކަނީ ލޯގަނޑަކާވިއްޔަ..ލޮލް..ހީހީ..””ދޭން ދޮންތަ އަހަރެން ނުގެނދިޔައީމަ ޖެހޭނެއްނު ލޯގަނޑަކަށްވިޔަސް އަނގަތަޅަން..”ޒައިޝާ ތުން ދަމާލިއެވެ.”ހުމް އޯކޭ އޯކޭ ދެން ދަނީ ރެޑީވާން.

ތިންމީހުނައް ތައްޔާރު ވެގެން ގެއިން ނުކުތް އިރު ހަތެއްޖަހަން އިނީ ވަރަށް މަދު ވަގުތު ކޮޅެކެވެ.ދިހައެއްޖސހާއިރު ދޯނި ނައްޓާލާނެވާހަކަ ޓީޗަރުން ބުނެފާ އޮތުމުން ތިންކުދިންވެސް އެކުއްޖަކަށް ހިނގޭނެ އެންމެ ބާރަކަށް ހިނގަމުންދިޔައެވެ.

އެމީހުނައް ގަޑިނުޖެހެނީސް ބަނދަރަށް ދެވުނެވެ.ތިނކުދިނވެސް ތިބީ ކަޅުކުލައިގެ ހޫޑީ އަކާއި ނޫކުލައިގެ ސްކިނީ ޖީންސް އެއް ލައިގެން ކަމުން ފަހަތުން ބަލާމީހަކަށް ވަކިކުރާކަށެއް ނޭނގޭނެއެވެ.އެމީހުން އެއްގޮތަކަށް ހެދުންއެޅީ ގަސްތުގައެވެ.

ހުރިހާ އެންމެން ހަމަވުމުން ދޯނި ރަށުން ނައްޓާލިއެވެ.

ދޯނި މަތީގައި އެންމެން ވަރަށް މަޖާކޮށް ސަކަރާތް ޖަހާ ހަދަމުންދިޔައެވެ.އެގޮތައް ސަކަރާތް ޖަހާލާއިރަށް ޓީޗަރުން ކޮންމެފަހަރަކުވެސް ބަޑިއެއް ޖަހާލާނެއެވެ.

ދެގަޑިއިރުގެ ދިގު ދަތުރަކަށްފަހު އެމީހުނައް އެމީހުންގެ މަންޒިލައް ވާސިލުވިއެވެ.

އެހެން އެންމެނާ އެއްކޮށް ޒޯޔާ އާއި ޔާނާ އަދި އިބާ ވެސް ދޯނިން އެއްޗެހިތައް ބޭލުމުގައި އުޅުނެވެ.

ފުރަތަމަވެސް ރަށުތެރެއަށްގޮސް ޖެހުނީ ޓެންޓުތައް ޖަހާނެ ދިމާލެއް ހޯދާށެވެ.އަތިރިމަތީ ރާޅުނާރާނޭ ހިސާބެއް ހޯދާފައި ޓީޗަރުން ހުރިހާ ޓްރޫޕަކަށް އެތަނުގައި ކޮންމެ ޓްރޫޕެއް ވަކިން ޓެންޓެއް އަޅަން ޖެއްސި އެވެ.

ބަދިގެއާއި ފާހާނާ ހަދަން ޖެއްސީ ޕެޓްރޯލް ވަކިންނެވެ.އަންހެންކުދިންގެ ޓެންޓުތަކާއި ފިރިހެން ކުދިންގެ ޓެންޓުތައް ބެހެއްޓީ ފުދޭވަރަކަށް ދުރުގައެވެ.

“ކޮބާ.. މިހާރު ކޮންމެ ޓްރޫޕަކުން ތިން ކުދިން ބަދިގެއަށް ވަދެ ހެނދުނު ސައި ތައްޔާރު ކުރަންފަށަންވީ.. މިހާތަނަށް ބަދިގެ ހަދާ ނުނިމޭ ޓްރޫޕްތަކުން އުނދުން ކޮންމެވެސް ތަނަކު ޖަހާ…އެކަމަކު އެގާރަޖަހަންވާއިރަށް ބަދިގެ ހަދާ ނިންމާތި… ހަވީރު ތިނަކަށް ޓެންޓު އަދި ފާހާނާ ނިންމާތި.. މިހާރު ގަޑިން އެހެރަ ދިހަގަޑި ބައިވަނީ…”އެތާހުރި އެންމެ އަޑު ގަދަ ޓީޗަރު ރިޒުނާމިސް ގޮވާލިއެވެ.

ޒޯޔާ އާއި ޔާނާ އަދި އިބާ ގޮސް އޮށްދަޅާއި ރޮށި ހަދަން ފެށިއެވެ.

ހެނދުނު ސައި ތައްޔާރުކޮށް ޓްރޫޕް އެންމެނައް ސައި ބޯން ގޮވިއެވެ.

އެމީހުންގެ ޓެންޓު،ފާހާނާ އަދި ބަދިގެ ދޭއްވެސް ނުޖަހަނީސް ނިންމާލި އެވެ.އޭރު އަދި އެއްވެސް ބަޔަކު ޓެންޓުތައް ނުނިމޭތީ ޒޯޔާމެން ޓްރޫޕައް ފްރީ ޓައިމް އެއް ލިބުނެވެ.

އެދުވަހު ހަވީރު އެންމެންވެސް ދާންޖެހުނީ ދަރު ހޮވާށެވެ.

ދަރުހޮވަން ދާންޖެހުނީ ޓްރޫޕްތައް ވަކިން ޓީޗަރަކާ އެކީއެވެ.

“އޭ އެނގޭތަ..އެހެރީނު ފަޅުގެއެއް ދޯ.. އެއީ ޖިންނި އުޅޭ ގެއަކޯ..ސަންފަޔާ އޭނަގެ ދެކުދިން ސޮބީހާއާ ސަރީފަޔޯ ކިޔަނީ..މީހުނައް ވަރަށް ފާޑުފާޑުގެ ބިރުވެރި އަޑުވިސް އިވެޔޯ އެތަނުން..މީގެ ދެތިން މަހެއް ކުރިން އަހަރުމެން މިރަށަށް އައިސް މިތާ ތިބީ..ދެން ކުޑަބެ ވަދުނީ އެތަން ބަލާލާށޭ ކިޔާފަީނުދައްޗޭ ކިޔަ ކިޔަ އޮށްވަ..ކުޑަބެ ނިކުތީ ދުވެފަ ހުރީ ވަރަށް ބޮޑަށް ބިރުން.ބުނީ އެއްޗެއް އުޅެނީ ޔޯ.. އޭތި ވާހަކަވެސް ދެއްކި ޔޯ..ދެން މަހެއްހާ ދުވަސް ކުޑަބެ ހުންވިސް އައި..އަހަރެން ބިރުގަނޭ އެގެ ފެނުނަސް..ބަލާބިލަ ބިރުވެރިކަން އޮތްގޮތް ވިސް..”

ޒޯޔާމެން ކުލާސް ކުއްޖެއް ކަމައްވާ އަމިނަތު ބިރުންހުރެ ބުންޏެވެ.

“އޭ އަވަސް އާދޭ ހުރިހާ އެންމެން..”ޓީޗަރު ގޮވާލުމުން އެންމެން ހިނގުން ބާރުކޮށްލިއެވެ.

“ހަހް ކޮން ސަންފައެއްތަ..ލޮލް މިޒަމާނުގަ އެއެއް ގަބޫލުކުރާނެތަ..”ދަމުން ޒޯޔާ ޔާނާ އާއި އިބާގެ ކަންފަތް ބުޑުގައި ބުނެލި އެވެ.”ދޯ..ސަންފަ.. ސަންތި..ހީހީ..””އޭ އަންނަމުން ވަންނަން ވާނެ ދޯ..ޓީޗަރަށް ނޭނގޭގޮތައް އެގެއަށް..”ޔާނާ ދިން ހިޔާލު އަނެއް ދެކުދިންނައްވެސް ކަމުދިޔައެވެ.”މަށަށް ކޮންް ސަންފައެއްތަ އޮންނާނީ..ސަންފަ..ސޮބީހާ.. ސަރީފަ މައި ފުޓް..”

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Lily

Level 210 Stories

Other Articles

Previous

ބޮސް 1

Next

ﷲގެ މަދަދު

Next
July 20, 2021

ﷲގެ މަދަދު

Previews
July 18, 2021

ބޮސް 1

One Comment

  1. luvza says:
    July 20, 2021 at 3:35 pm

    oooo hooo
    dharinney lha ehcheh naalhahchey ey ge natheejaa varah hithi vaane
    dhen vaahaka varah reethi ingey lily mihaaru daily vaahaka authors ge listah aruvanvee i really like your stories
    keep it up and waiting ingey next bayah

Comments are closed.

Next Episodeކުރެވުނު ކަމަކުން 3←


All Right Reserved!