Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަދީނީލޯބި

ބޮސް 1

Aishath Shawa Level 1
July 18, 2021 2 Mins Read
3 Comments

ގދ. ވާދޫ ގޮޑުދޮށަށްް ބީއްސަމުންދާ ހުދު ފޮނު ރާޅުތައް އޭގެ ވާޖިބް އަދާކުރަމުން ދެއެވެ. ހުދު ބޯކިރު ފަދަ އެހިމުން ދޮންވެލި ގަނޑުގައި އެރާޅުތައްވެސް ބޮސް ދެމުން ދިޔައީ އެފަދަ ދެވަނަ ފުރުސަތަކަށް އެދޭހާލުގައެވެ. ޖެހެމުން ދިޔަ މަޑުމަޑު ވައިރޯޅީގެ ސަބަބުން ހިތްތަކަށް ހަމަޖެހުން ގެނުވައިދޭނެކަން ގައިމެވެ. ކަނޑުގެ ލޮނުގަނޑުން ކައިވަތެއްހާ މައްޗަށް އަރަފައިވާ އިރުގެ ސަބަބުން ފަޒާޔަށް އެތަކެއް ކުލަތަކެއް އަރާ ފައިބަމުން ދިޔައެވެ.

އެރީތި މަންޒަރަށް ނަޒަރު ހުސްކޮއްލައިގެން ހުރި ޝަވާ ގެ ލޮލުން ކަރުނައިގެ މުތީތައް އޭގެ މަޤާމް ދޫކޮށް އެރީތި ކޯތާފަތުގައި ބޮސް ދެމުންގޮސް ދަތްދޮޅިން ތިރިޔަށް އޮބެމުން ދާއިރު ފެންނަ މީހެއްގެ ހިތްވެސް ހަމްދަރުދީއިން ފުރޭނެކަން ގައިމެވެ. ދޮންނޫނަސް އޮމާން ހަންގަޑެއްގެ ވެރި އެ އަންހެންކުއްޖާ އަކީ ބަލާބެލުމައް ރީތި ކުއްޖެކެވެ. އިސްކޮޅާ އެއްވަރުގެ ލޫޅާފަތި ހަށިގަނޑެއް ލިބިފައިވީ ނަމަވެސް ލައިފައިވާ ކަޅު ޖިލްބާބްގެ ސަބަބުން އެކަން ލޯތަކަށް ވަނީ ފޮރުވިފައެވެ. ހަމަ އެކުލައިން އަޅާފައިވާ ބޮޑު ޝޯލްގެ ސަބަބުން  އެމޫނުގެ ނަލަކަން އިތުރުހެން ހީވެއެވެ. އިރު އޭގެ ވާޖިބް އަދާކޮށް ކަނޑުގެ ލޮނުގަނޑާ ނިވާވެލީ ހަނދަށް ތަންދެމުންހެން ހީވެއެވެ. ޖައްވައް އަނދިރިކަން އަތްގަދަކުރަމުން ދިޔައިރު ހިދެއް ހިދަކަށް ވައިރޯޅި ދިޔައީ ބާރުވަމުންނެވެ. ކަނޑުގެ ލޮނުގަނޑައް ނަޒަރު ހުއްޓާލައިގެން ހުރި ޝަވާގެ ހޭވެރިކަން ވެގެން ދިޔައީ ފަޒާގައި ގުގުމާލި ބަންގީގެ ކީރިތި މޫރިތި ކަލިމައިގެ ސަބަބުންނެވެ. އަތުގެ ނުފުށުން ކޯތާފަތް ފުހެލުމައްފަހު ގެއާދިމާލަށް މިސްރާބު ޖެހީ ފުންނޭވާއެއް ދޫކޮއްލަމުންނެވެ. ހީވާގޮތުން ހުރިހާ ހިތާމައެއް އެއް ނޭވާގެ ސިފައިގައި ބޭރުކޮއްލިއްޔެވެ.

“ދަރިފޫ ޝިވަމް ކޮބާ ޝަވާ “ ދެބައި އުމުރުގެ އަންހެނެނެއް ބަދިގެއިން ބޯދިއްކޮއްލަމުން ބުނެލި އަޑައް ގޭގެ މައި ދޮރުން ނުކުމެ ނުކުމެ ހުރި ޝިވަމް ފިޔަވަޅުތައް މަޑު ޖައްސާލިއެވެ. “ އަޅުގަނޑު މިހުރިއްޔޭ މޮމީ ދޯ ދޮންބޭ” ގޭގެ ވަށާފާރުތެރެއައް އަޅާލި ފިޔަވަޅާއެކު މަންމަ މަރްޔަމްގެ އަޑު އިވިފައި ޝަވާ  ތުންފަތައް މަސްނޫއީ ހިނިތުންވުމެއް ވެރިކޮއްލަމުން  ބުނެލީ ބޭބެ ޝިވަމް އައްވުރެ ކުރިންނެވެ.

“ ދަރިފުޅު ތި އައީ ދޯ ދޮންބެދައްތަ އަދިވެސް ނާދެ. އެގޭގަ މާ ބުރަ ކަމެއްކުރަނީ ކަންނޭގެ ދޯ ދަރިފުޅު ދޭ ނަމާދު ކޮއްލަން މަންމަ ވެސް މިދަނީ ގަރުދިޔަކޯ ކެކިލީމަ ނިއްވާލާފަ” ހިނިތުންވެލަމުން މަރްޔަމް ބުނެލިއެވެ.

މަރްޔަމް އާއި މާހީން ގެ ކައިވެންޔަށް ވިއްސަކައް އަހަރުވެފައިވާއިރު އެކައިވެނީގެ މޭވާ އަކީ ދޮށީ ދަރުފުޅު ޝިވަމް އާއި ހަގު ދަރިފުޅު ޝަވާ އެވެ.   އެދެމަފިރިންގެ ދެލޮލުގެ ނޫރު ކަމުގައިވާ އެ ދެދަރިން ބާލާބޮޑު ކޮއްފައިވަނީ އިސްލާމީ ރިވެތި އެންމެހާ ސިފަތަކާއެކުއެވެ. 24 އަހަރުގެ ޝިވަމް މޯލްޑިވްސް ޕޮލިސް ސާވިސް ގައި ރަތްޔިތުންގެ ހިދުމަތުގައި މަސައްކަތްކުރަމުންދާއިރު 22 އަހަރުގެ ޝަވާ ދަނީ އިސްލާމިކް ޝަރީއާ އެން ލޯގެ ލެކްޗަރަރ އެއްގެ ގޮތުގައި މަސައްކަތް ކުރަމުންނެވެ. ޝިވަމް އަންހެނުން ޝާޔާ އަކީ އިސްލާމް ޓީޗަރެއްގެ ގޮތުގައި ރަށު ސްކޫލްގައި މަސައްކަތް ކުރަމުން އަންނަ ހީވާގި ކޮންމެ މަންމަ އަކުވެސް އެދޭނެފަދަ ޅީރިއެކެވެ. ދުވސްވަރަކީ ބަންދު ދުވަސްވަރު ކަމުން ޝިވަމް ވެސް ރަށަށް އައިސްލީ ލޯބިވާ މައިންބަފައިންނާ އަންހެނުންނާއެކީ ވަގުތު ކޮޅެއް ހޭދަކޮއްލަންވެގެންނެވެ. މިއާ ހިލާފަށް ޝަވާ ރަށަށް އައީ މަރްޔަމް ކީޔާ ކިޔާ ނުކުޅަދާނަވެގެންނެވެ.  މާލޭގެ ހަލަބޮލި މާހައުލުން އުދަނގޫ ވީ ނަމަވެސް ޝަވާ ރަށަށް އަންނަން ބޭނުން ނުވަނީ މާޒީ ހަނދާން ކުރަން ބޭނުން ނުވާތީ ވެއެވެ.  ނަމަވެސް ރަށުގައި ހޭދަވަމުންދާ ފަޅި ކޮންމެ ސުކުންތަކީވެސް ޝަވާ އައް ނުހަނު ބޮޑު ވޭނެކެވެ. ލޯބިވާ މައިންބަފައިންނާ ބޭބެ އަދި ފަހަރި ހުއްޓަސްމެއެވެ.  އެޒުވާން ހިތްވަނީ ފިސްފިސް ވެފައެވެ. މޫނުމަތިން ދައްކާނުލިނަމަވެސް ހިތް ވަނީ ޒަހަމް ވެފައެވެ. ފުރާވަރު އުމުރުގައި ވެވުނު ލޯބީގެ ސަބަބުންނެވެ.

އެއީ މީގެ 7 އަހަރު ކުރިއެވެ. ސްކޫލް ދައުރުން ފެށިގެން އަދާހަމައައް ވެސް އެހިތުގައި ހަމައެކަނި ރަސްކަން ކުރަމުން އައީ އަޔާހް އެވެ. ރީތިކަން ހުސްކޮއްފަ ނެއްނަމަވެސް ބަލާލަން ރީއްޗެވެ.  ފަންނޫނަސް ކުޑަކޮށް ބުޅި އިސްތަށިގަނޑު އެ ސޫރަޔާ ކިތަންމެހާވެސް ގުޅެއެވެ. ކޮފީކުލައިގެ ދެލޯ ހަންޖަރެއް ފަދައެވެ. ހީލާއިރު ކޮލައް އެއަންނަ އިށާރާތުން  އެކަހަލަ ދެވަނަ ފުރުސަތެއް ފެނިލުމައް އެދި ދެއްވާތޯ ދުޢާ ނުކޮށް ހުރެވޭނެ ކަމާމެދު ޝައްކެއްނެވެ. މިހުރިހާ ސިފައަކައް ވުރެ ބޮޑަށް ޝަވާ ގެ ހިތް މިލްކު ކުރީ އެ އިންސާނާގެ ރިވެތި އަޚްލާގެވެ. ބޮޑެތި މީހުންނާ އެމުއާމަލާތު ކުރާގޮތެވެ. ދީނީ ކަންކަމަށް އަހަންމިއްޔަތު ކަން ދޭ ވަރެވެ. ނަމަވެސް އެހެން ފިރިހެން ކުދިންނާ ތަފާތު އެތައްހާސް ސިފަތަކެއް މިލްކު ކޮއްގެން ހުރި އެޒުވާނާގެ ހިތުގެ މަލިކާއަކީ ކާކުކަން އިގުނު ދުވަހު ޝަވާގެ ހިތް ހީވީ މީހަކު ފިއްތާލިހެނެވެ.  ދުވަހަކު ނުވާ ތަދު އެދުވަހު އެހިތަށް ވެގެންވިޔައެވެ. ހިތްފޮތި ފޮތި ވެގެންދާ ކަހަލަ ނުބައި އިޙްސާސެކެވެ. އާހް…. ނަމަވެސް

( ނުނިމޭ )

Share Article

Follow Me Written By

Aishath Shawa

Level 1

Other Articles

Previous

ޙަޤީޤީ ރީތިކަމަކީ…..

Next

ކުރެވުނު ކަމަކުން 2

Next
July 20, 2021

ކުރެވުނު ކަމަކުން 2

Previews
July 18, 2021

ޙަޤީޤީ ރީތިކަމަކީ…..

3 Comments!

  1. Aishath Shawa says:
    July 20, 2021 at 10:53 am

    Salaam oll reders
    Here is the frst prt of boss.. my frst stry.. pls leave a rply so Ican improve the mistakes
    Hope u oll ll like it❣️❣️❣️
    Enjoy
    Nxt prt v avahah In sha Allah

  2. Raaya says:
    July 20, 2021 at 12:47 pm

    masha allah! vrh reethi sifa kurun thakaa ibaaraai kurunthah! devana bayah vrh bodah inthizaaru kurevey!

  3. luvza says:
    July 20, 2021 at 3:28 pm

    wow ??❤❤❤?
    ummm shawa thee g.dh vaadhoo kuhjjeh tha ???
    curiouse vee mee ga vaadhoo settin akah nagaafa ineema no offence
    btw vaahaka varah reethi ingey masha allah keep it up?.????

Comments are closed.



All Right Reserved!