Skip to content
އެސްފިޔަ

ﷲގެ މަދަދު

ﷲގެ މަދަދު

އިސްމާޢީލް ޢަލީ ކަނދޮޅުދޫ

އަޅުގަޑުމެންނަކީ الله سبحانه وتعالىގެއަޅުންނެވެ. الله سبحانه وتعالى ގެ މަދަދާއި އިނާޔަތްތެރިކަމަށް އަބަދުމެ އެދިއެދި ތިބި އަޅުންނެވެ. އަޅުގަޑުމެން ނޭވާ ލާންވީވެސް الله سبحانه وتعالى އަށްޓކައެވެ.އަދި ނޭވާ ދޫކޮށްލާންވީވެސް الله سبحانه وتعالى ގެ މަގުގައެވެ.

މިދުނިޔޭގައި الله سبحانه وتعالى ލައްވަވާފައިވާ ކޮންމެ އެއްޗަކީ އަޅުގަޑުމެންނަށްޓަކައިވާ ތަކެއްޗެވެ.އެތަކެތީން ފައިދާއާއި ޢިބްރަތް ލިބިލިބި ހުރެއެވެ.ބައެއްތަކެތި ބޭނުން ކުރުމުން ދުރުވާން ޖެހެއެވެ. ހެއްދެވި ކޮންމެ އެއްޗަކުން الله سبحانه وتعالى ގެ ކުޅަދުންވަންތަކަމާއި، ޚަލްޤުކުރެއްވުމުގެ ފުރިހަމަކަން ހާމަވެއެވެ.

الله سبحانه وتعالى އަޅުގަޑުމެންނަށް ރިޒުޤު ތަނަވަސް ކޮށް ދެއްވިއެވެ. ދެއްވި ރިޒްޤުގައި ބަރަކާޡް ލެއްވުމަކީ އަޅުގަޑުމެންގެ އެދުމެކެވެ. ދުނިޔޭގައި އިންސާނުންނަށްޓަކައި ލައްވަވާފައިވާ ތަކެތީގައި އެކިކަހަލަ ރަހަލައެވެ. ތަފާތު ކުލަކުލައާއި،އެކިވަސް ހިމެނެއެވ.އެކިމީހުންނަށް މީރުވަނީ އެކި އެއްޗިއްސެވެ.ރީތިވަނީވެސް އެކި އެއްޗިއްސެވެ.ގަޔާވަނީވެސް އެކިކަހަލަ ވަހާއެވެ.

އަޅުގަޑުމެން ކޮންމެ މީހަކީ ތަފާތު ވިސްނުމުގެ ބައެކެވެ. ބައެއް މީހުން ބިމުގައިވާހައި ތަކެތީން އިބްރަތް ޙާސިލުކުރަމުންދާއިރު އަނެއްބަޔަކު އެއިން ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ބައެއްމީހުން ހަލާލުގޮތުގައި ރިޒްޤު ހޯދުމަށް މަސައްކަތް ކުރަމުން ދާއިރު އަނެއް ބަޔަކު ތިބީ ދެއަތް އުރާލައިގެނެވެ. ބައެއް މީހުން ދެއްވާރިޒްޤާއިމެދު އުފާކޮށް ޝުކުރުވެރިވާއިރު،އަނެއްބަޔަކު ޝަކުވާކުރުންމަތީ ދެމިތިބެއެވެ.

الله سبحانه وتعالى ގެ ރަޙުމަތް ހުރިހާ އެއްޗަކަށްވެސް ތަނަވަސް ވެގެންވެއެވެ.ގަދައަޅައި މަސައްކަތް ކޮށްގެން އުފާ ފާގަތި ޙަޔާތެއް ހޭދަކުރުމަށް މަސައްކަތް ކުރަމާ ހިނގާށެވެ. ނިޢުމަތްތަކަށް ޝުކުރުކުރާ އަޅުންނަށް ނިޢުމަތް އިތުރުކޮށް ދެއްވަވައެވެ.