Skip to content
އެސްފިޔަ

އައިނާ (3) 3

ތިންވަނަބައި

އައިނާ އުޅުނީ ތަށިތަކަށް ސްޕްރައިޓް އަޅާށެވެ. ސްޕްރައިޓް ފުޅިއެއް ކަނޑަމުން ކުރިއަށް ނުބަލައި އައިނާ ހިނގައި ގަތެވެ. ފުޅި ކެނޑުނު ތަނާހެން އައިނާ މީހެއްގެ ގައިގައި ލައިގަތެވެ. އެމީހާ ލައިގެން ހުރި ހުދު ގަމީސް ތެމުނީ ސްޕްރައިޓުންނެވެ.

***

“އޯހް.. ވަރަށް ބޮޑައް ސޮރީ..” އައިނާ އެމީހެއްގެ މޫނަށް ބަލާލަމުން ބުނެލިއެވެ. އެއީ މިއިން ދުވަހަކުވެސް އައިނާ ދެކުނު މީހެއް ނޫނެވެ. “އިޓްސް އޯކޭ” އެމީހާ ހިތް ހެޔޮ ކަމާއެކު ބުނެލިއެވެ. ބަލާބެލުމުން އެމީހާ ހީވަނީ ވެސް އައިނާމެންނާއި ގާތްގަނޑަކަށް އެއްއުމުރުގެ މީހެއްހެންނެވެ.

އައިނާވެސް ހީލާފައި ބޯޖަހާލިއެވެ. “އަނާ އާރޔޫ އޯކޭ..” ހިޝާން އައިސް އައިނާގެ އަތުގައި ހިފާލަމުން އައިނާ އަށް ބަލަމުން ބުނެލިއެވެ. “އާނ.. އަހަރެން ރަނގަޅު..” އައިނާ ހިޝާންގެ މޫނަށް ބަލާލަމުން ރީތި ހިނިތުން ވެލުމަކާ އެކީ ބުނެލިއެވެ. ހިޝާން ވެސް އެމީހާގެ މޫނަށް ބަލާލިއެވެ. “ނައުފް..” ހިޝާން ވަރަށް ގާތްކޮށް އެމީހާ އަށް ބަލާލަމުން ބުނެލިއެވެ.

“އޯހް.. ހިޝާން.. ނުވެސް ފެނޭ އައި ފަހުން..” ނައުފް ހިޝާން އަށް ބަލާލަމުން ބުނެލިއެވެ. “އާނ.. ނައުފް ކިހިނެތްތަ..؟” ހިޝާން ނައުފްގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. “އަހަރެން ރަނގަޅު.. ހިޝާން ވެސް މެރީކުރިފަހުން އުޅޭލެއް ނިކަން ވަގުވިއްޔަ.. އަހަރެމެންނަށް ސައިވެސް ނުދޭ..” ނައުފް ބުނެލިއެވެ. “ސައި ދޭކަށް ނުޖެހޭނެއެއްނު.. ޕާރޓީ އަށް އެންމެންނަށް ދައުވަތު ނުދިނީމަ ނައި ވިއްޔާ..” ހިޝާންވެސް ބުނެލިއެވެ. ނައުފް ހިނިގަނޑެއް ޖަހާލިއެވެ.

“މީޓް މައި ވައިފް.. އައިނާ..” ހިޝާން އައިނާ ތައާރަފް ކޮށްދިނެވެ. “ހައި.. ޔުއާ ބިއުޓިފުލް.. ހިޝާން މީތަ، އެތާގަ އުޅުއިރު އައިހާ ހުށައެޅުންތަކެއް ރިޖެކްޓް ކުރި ސަބަބަކީ..” ނައުފްގެ ޖޯކުން ހިޝާން ގާތައް ހިނިއައެވެ. އައިނާ ވެސް ހީލިއެވެ.

“ވަރަށް ބޮޑައް ސޮރީ.. އަހަރެން ނުބަލައި އައި ގަޑީގައި ޖެހުނީ.. އެތާ އެކޮޅުގަ ހުންނާނެ ފާހާނަ..” އައިނާ އަނެއްކާވެސް އެމީހާ އަށް ބަލާލަމުން ފާހަނަ ހުންނަތަން ބުނެލަދިނެވެ. “ތެންކްޔޫ..” ނައުފް އައިނާ އަށް ބަލާލަމުން ގާތްކަމާ އެކީ ޝުކުރު އަދާކޮށްފައި ހިނގައި ގަތީ އައިނާ އާއި ހިޝާން އަށް ބަލާލާފައެވެ. “އަދި ދިމާވަން ވާނެ.. ގްރޫޕް އެއްކޮށް..” ނައުފް ހިޝާންއާއި ދިމާއަށް މިހެން ބުނެފައި ދިޔައެވެ.

އައިނާ އަވަސްވެގަތީ އަވަހަށް ތަށިތަކަށް ސްޕްރައިޓް އަޅާށެވެ. އައިނާ ތަށިތަކަށް ސްޕްރައިޓް އަޅަން ހުއްޓައި އެތަނަށް އަޝްހާ އަތުވިއެވެ. އަޝްހާ އައިސް އައިނާ އަށް އެހީވެދެން ފެށިއެވެ.

އިރު އޮއްސެން އުޅެނިކޮށް ޕާރޓީ ނިމުނެވެ. ދައުވަތު ދިން މަދު މީހުން ކޮޅު އެތަން ދޫކޮށް ދިއުމުން ދެން ތިބީ ދެއާއިލާގެ މެންބަރުންނާއި ގާތް ތިމާގެ މީހުންނެވެ. އައިނާ އާއި އަޝްހާ ގެ އިތުރުން ހިޝާން އާއި ނައިލް، ރީމާ އާއި މައުލާންގެ އެދުމަކަށް މަޑުކޮށްލިއެވެ. ރީމާ އާއި މައުލާން މޭޒުކައިރީގައި ސައިބޯން މަޑުކޮށްލުމުން އައިނާ އާއި ހިޝާން އަދި އަޝްހާ އާއި ނައިލްވެސް އެތާގައި މަޑުކޮށްލިއެވެ.

އެހެން ހުއްޓައި އެމޭޒުކައިރިއަށް މީހަކު އައިސް މަޑުކޮށްލިއެވެ. “ނައުފްބޭ.. މުޅި ޕާރޓީގަ ނުފެންނާތީވެ އަހަރެން ހީކުރީ އެވަރަށް އަންނާށޭ ބުނީމާ ވެސް ނާންނަނީކަމަށް..” ރީމާ އެމީހަކު ފެންނައިރަށް ބުނެލިއެވެ. އައިނާ ވެސް އެނބުރި އެއީ ކަކުތޯ ބަލާލިއެވެ.

ލައިގެން ހުރި އެއްޗެއްހި ބަދަލު ކޮށްގެން އެތާގައި ހުއްޓިލައިގެން ހުރީ ނައުފް އެވެ. ރީމާ ނައުފް އަށް ބަލާލާފައި އެނބުރުނު އިރު އަޝްހާގެ ސުވާލުމާކު ޖެހިފައި އިން މޫނުފެނިފައި އެއީ ކާކު ކަން ބުނެލަދިނެވެ. ނައުފް އަކީ ރީމާ އާއި ދެބެއިން ދެދަރި ކުއްޖެކެވެ. “އެހެންވީމައި ނައުފް މިޕާރޓީ އަށް އައީ މިހެންވެ ދޯ..” ހިޝާން ބުނެލިއެވެ. ނައުފްވެސް އެތާގައި އިން ހުސްގޮނޑިއެއްގައި އިށިންދެލިއެވެ. “ކުރިއަކު ނޭނގެ އެއްނު ތީ ރީމްގެ ކަޒިން އެއް ކަމެއް.. ރީމް ނުވެސް ބުނޭވިއްޔަ މިހާ ރީތި ކަޒިން އެއް ހުރިވާހަކަ އެއް..” އަޝްހާ މަޑުން ނުހުރެވިގެން ބުނެލިއެވެ. “ހޫން.. ދެން ނައިލް އޯ.. ގައިމު ކޮންމެވެސް ކަމެއް ވީމަ އެއްނު އަޝޫ ތީ ނައިލްގެ ވައިފް އަކީ…” ރީމާ ވެސް ދޫނުކުރިއެވެ.

އޭރު އައިނާ އާއި ހިޝާންގެ އިތުރުން ނައިލް އާއި މައުލާން ތިބީ ހީލަ ހީލައެވެ. ނައުފް ވެސް ހެވިފައި އެތާގައި ހުއްޓެވެ.

***

އެރޭގައި އައިނާމެންނަށް ގެއަށް ދެވުނު އިރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ހަމަ ހިލާ އަވަހަކާ އެހަތަރު މީހުން ރީމާ ދުލެއް ނުކުރިއެވެ. ކައިގެން އައުމުން އެންމެން ވެސް ބެލީ އަވަހަށް ވެފައި ހުރި ވަރުބަލިކަން ފިލުވާލެވޭތޯއެވެ.

އެނދުމަތީގައި ފޯނު އަތައް ލައިގެން އޭތި ހާވަ ހާވާ އައިނާ އޮތެވެ. އެހެން އޮވެފައި ފެން ބޮވައި ގަނެގެން އެނބުރުނު އިރު ފެން ފުޅިވެސް ހުރީ ހުސް ވެފައެވެ. އޭރު ހިޝާން ފާހަނައިގައި އުޅެއެވެ. ކަންނެތް ކަމާ އެކު ތެދުވެ ބޮލައް ބުރުގާ މަހާލައިގެން ފުޅިއަށް ފެން އަޅަން ވެގެން އައިނާ ނިކުތެވެ.

ބަދިގެއަށް ވަތް އިރު އެތަނެކޭ ކަޅުފޮއެ އަނދިރި ރެއެކޭ ތަފާތެއް ނެތެވެ. އަނދިރިކަމުން ގޮސް އައިނާ ފާރުގައި އަތް ހާކަމުން ހާކަމުން ލައިޓު ދިއްލާލިއެވެ. އައިނާ ދެން ފެންފުޅި ހޯދަން ފަހަތައް އެނބުރުނު އިރު ދޮރުމަތީގައި ހުރި އަޝްހާ ފެނިފައި ބާރަކަށް ހަޅޭއްލަވައި ގަތެވެ.

ވާނީވެސް އެހެން ތާއެވެ. ކަފަކޮޅެއް ވެއްޓުނަސް އަޑު ނީވޭހާ މަޑުން ހިނގާފައި އައިސް އަޝްހާ ހުރީ އެތާގައެވެ. ބިރުން ތެޅެމުން ދިޔަ އައިނާގެ ހިތް ހަމައަކަށް އަޅުވާފައި ދެން ބަލާލިއިރު ފެނުނީ ހެމުންގޮސް ލޮލުން ފެން އައިސްފަ ހުރި އަޝްހާ އެވެ. “އަޅެދެން ތި ދެފައިގަ ހުރީ ސައުންޑް ޕްރޫފް ކުރާ އެއްޗެއް ހަރުލާފަތަ؟” އައިނާ ހިތްހަމަނުޖެހިފައި ބުނެލިއެވެ. “ނޫނޭ.. އަނާގެ ކަންފަތް ސާފުކުރަން ފުރަތަމަ ދާންވީ ކަންނޭނގެ ދޯ..” އަޝްހާ ވެސް ދުލެއް ނުކުރެއެވެ. އައިނާ ރައްދުގައި އެއްޗެކޭ ނުބުނެ ފުޅިއަށް ފެން އަޅައި ނިންމާލިއެވެ. އޭރު އައިސް އަލަމާރިން އާފަލެއް ނަގައިގެން ކާން އަޝްހާ އިނެވެ. އައިނާ ވެސް އަޝްހާ ކައިރީގައި މަޑުކޮށްލިއެވެ.

“އަނާ ހިނގާބަ ފިލްމެއް ބަލަން..” އަޝްހާ ބުނެލިއެވެ. އަޝްހާގެ ރާގުންވެސް އެހުރީ ފޫހިވެފައިކަން އައިނާ ދެނެގަތެވެ. “ކޮންކަމެއް ވެގެން ފޫހިވެފައި ތިހުރީ..؟ ކޮބާ ނައިލް..؟” އައިނާ އަހާލިއެވެ. “ކޮންމެވެސް ރައްޓެއްސަކު ގުޅައިގެން ބޭރައް ގޮސް ވެއްޖެ..” އަޝްހާ ބުނެލިއެވެ.

“އޯކޭ.. ހިނގާ ދާން..” އައިނާ މިހެން ކިޔައި ހިނގައި ގަތެވެ. “ކޮންތާކަށް..؟” އަޝްހާ ހައިރާންވެފައި އަހާލިއެވެ. “ދެންމެ އެއްނު އަޝޫ ބުނީ، ފިލްމެއް ބަލަން ހިނގާށޭ..؟” އައިނާ އެނބުރިފައި އަޝްހާ އަށް ބަލާލަމުން ބުނެލިއެވެ. “އޯހް.. އެހެންވެގެން ދޯ..” އަޝްހާ މިހެން ކިޔާފައި އައިނާގެ ފަހަތުން ނިކުތެވެ. “އަޝޫގެ ބޮލައް މެމޮރީކާޑެއް ލައްވާން ވީނު..؟” އައިނާ އަޝްހާގެ ބޮލުގައި އިނގިލު ކުރިން ޖަހާލަމުން ބުނެލިއެވެ.

“ދެން ހަމަ އެންމެ ފަހަރަކު އެހެން ބުނެވިގެންދޯ ތިހެން ތިބުނަނީ..” އަޝްހާ ގޮނޑިސެޓުގައި އައިނާގެ ފަހަތުން އިށީންނަމުން ބުނެލިއެވެ.

“އެހެން ވެގެނޭ މިބުނީ.. އަޝޫ އަށް ގިނަ ދުވަސް ވާވަރަކަށް ހަނދާން ނެތުމުގެ އަލާމާތެކޭ އެއީ..” އައިނާ މިފަހަރު ދުލެއް ނުކުރިއެވެ.

“ދެން ތިހެން ބުނާއިރު ދެމީހުންމީ ދެއުމުރުގެ މީހެއްތަ..” އަޝްހާވެސް ދޫކުރާ ގޮތެއް ނުވިއެވެ.

“ހޫން.. ދެމީހުން ދެން ހުއްޓަން އުޅެ.. ފަށައިފިއްޔާ ނިމުމުގެ ކޮޅުމަތި ނުފެނިދާނެ..” އެތަނަށް އައި ހިޝާން އައިނާ ކައިރީގައި އިށިންނަމުން ބުނެލިއެވެ. އައިނާވެސް އޭރު ނެޓްފްލިކްސްއަށް ވަދެ ފިލްމެއް ސާރޗްކުރަން ފަށައިފިއެވެ.

“ކޮންއެއްޗެއް ބަލާނީ ވެސް.. ކޮރެއަން ފިލްމެއް އޯކޭތަ..؟” އައިނާ މިހެން އެހުމުން އަޝްހާވެސް ބޯޖަހާލައިފައި އޯކޭ އޭ ބުނެލިއެވެ. އައިނާ ފިލްމް އެޅުވުމުން އެންމެންވެސް އޭގެއަށް ގެއްލިފައި ތިއްބެވެ. ފިލްމުގެ މެދުތެރެއަށް ދާއިރަށް އެފިލްމު މީހަކު ރެކޯޑް ކުރާއަޑު އިވެން ފެށިއެވެ. ކާކުތޯ ބަލާލިއިރު ހިޝާން އެވެ. “ހިޝާން.. ދޭކޮޓަރިއަށް ނިދަން..” އައިނާ ހިޝާންގެ ކޮލުގައި މަޑުމަޑުން ޖަހާލާފައި ބުނުމުން، ކުޑަކޮށް ހޭއެރި ހިޝާން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އޭރުވެސް ނައިލް ނާދެއެވެ.

ފިލްމު ނިމެން އުޅެނިކޮއް ނައިލް އައިސް ވަނެވެ. މަޑުޖެހިނުލައި ގޮސް ނައިލް ވަނީ ކޮޓަރިއަށެވެ. ފިލްމު ބަލައި ނިމުމުން އަޝްހާ ގޮސް ކޮޓަރިއަށް ވަތްއިރު ނައިލް އޮތީ ނިދަން އޮށޯވެގެނެވެ. އަޝްހާ ނިދަން ތައްޔާރުވިގަޑީ ނައިލް މާވަރަކަށް އޭނަ އަށް ބަލާކަން ފާހަގަ ކުރެވުނެވެ. އެނދުމަތީގައި އޮށޯވެފައި އަޝްހާ ފާޑަކަށް ނައިލް އަށް ބަލާލިއެވެ. “ކިހިނެތްވީ..؟” ނައިލް ދެބުމަ ހިތްލާލައިފައި އަހާލިއެވެ.

“އަހަރެންނަށް މާވަރަކަށް ބަލާތީވެއެއްނު..؟ ކީކޭތަ އަހަރެން ކައިރީގައި ނުބުނެވިގެން ތިއުޅެނީ..؟” އަޝްހާ ހިނިތުންވެލާފައި ބުނެލިއެވެ. “އޭ.. މީ.. އަނެއް……” ނައިލް ކުޑަކޮށް ފަސްޖެހޭގޮތް ވިއެވެ. “ދެން އަވަހަށް ބުނެބަ މީ މީ ނުކިޔާ.. ދެން ނައިލް އަށް ވެސް އެނގޭނެ އެއްނު އަހަރެން ވަރަށް ޝައުގުވެރިކަން ހުންނާނެކަން..؟” އަޝްހާ ނައިލް ހުއްޓުވާފައި ބުނެލިއެވެ.

“އާނ.. މީ.. އެއީ.. އަހަރުމެން ރަށައް ދާއިރު އެކުގައި އަހަރެންގެ ފްރެންޑެއް ގެންދެވޭނެތޯ އަހާލަންވެގެން..!؟” ނައިލް ބޯކަހަމުން ބުނެލިއެވެ. ނައިލް މިހެން ބުނުމުން އަޝްހާ ހޭންފެށިއެވެ. ނައިލް އަޝްހާ އާއި ދިމާއަށް ބަލާލީ ހައިރާން ވެފައެވެ. “އެވަރުގެ ވާހަކައެއްތަ ނުބުނެވިގެން ތި އަޅައިގަންނަނީ..؟ އޯކޭ އޭ އަހަރެންނަށް.. އަހަރުމެންގެ ގޭގައި ވެސް ބެހެއްޓިދާނެ..!” އަޝްހާ ބުނެލިއެވެ. ނައިލް ހިނިތުންވެލާފައި އަޝްހާ އަށް ބަލާލިއެވެ. “ކޮންނަމެއްތަ ކިޔަނީ؟” އަޝްހާ ނައިލްގެ އަތާއި ކުޅެމުން އަހާލިއެވެ. “ޝީން..” ނައިލް ބުނެލިއެވެ.

“އެހެންތަ..؟ މިހާރު ޓިކެޓް ނަގައިފިންތަ..؟” އަޝްހާ ބުނެލިއެވެ. ނައިލް ބޯޖަހާލިއެވެ. އޭގަފަހުން ދެމީހުން އެއްވެސް ވާހަކަ އެއް ނުދައްކާ ނިދީގެ ފުންކަނދައް ގެނބިގެން ދިޔައެވެ.

***

“އޭ.. ކިހިނެއް ވެފަތަ މާ ވަރަކަށް ހުރެގެން ތި ހެނީ..؟” ރެސްޓޯރެންޓެއްގެ މޭޒުކައިރީގައި ތިބި ދެފިރިހެނުންކުރެ އެކަކު ދެން ހުރި މީހާގާތު އެހިއެވެ. އެމީހާ އެހެން އަހާލުމުން ދެން ހުރި މީހާ އޭނާ އަށް ބަލާލާފައި ހީލިއެވެ. “ޕާރޓީ އިން ރީތި ކުއްޖަކު ފެނުނީތަ..؟” އަނެއްކާވެސް އެމީހާ އެހެން އަހާލިއެވެ. މިހެން ބުނުމުން އެމީހާގެ ހިނިތުންވުން އަނެއްނާވެސް ފުޅާވިއެވެ. “އޭ.. ނައުފް.. އަހަރެން މިހާރު ބިރުގަންނަން ފަށައިފި.. ޑޮކްޓަރަށް ދައްކާވަރު ވެއްޖެތަ..؟” އެމީހާ ނައުފް ގާތު އަނެއްކާ ވެސް އެހިއެވެ.

“އާނ.. ވަރަށް ރީތި.. ހީވަނީ ޕަރީއެއްހެން.. އެހާވެސް ރީތި.. ފުރަތަމަ ނަޒަރުން އަހަރެންނަށް އޭނާ ކަމުގޮސްފި.. އެހެރަ އަޅި ކުލައިގެ ލޮލުގެ ވިދުން ގަދަކަމުން ވެސް އަހަރެންގެ ނޭވާ ހުއްޓުނު..” ނައުފް ހުވަފެނީ ގޮތަކަށް ބުނެލިއެވެ.

“އެހެންތަ..؟ ތި ރީތި ކުއްޖެއްގެ ނަން އެނގުނުތަ..؟” އެމީހާ އެނގެން ބޭނުންވި ވަރުން ނައުފް ގާތު އަހާލިއެވެ.

“މީހާ އާ އެއްވަރަށް ނަންވެސް އެހާރީތި.. އަޑު ވެސް ހީވަނީ ކަންފަތައް ވިރޭހެން..” ނައުފް ބުނެލިއެވެ. “ދެން ތިހުރިހާ ހާސަރު ތަކެއް ނުދަމާ ބުނެބަ..” އެމީހާ ކެތްތެރިކަމެއް ނެތް ގޮތައް ބުނެލިއެވެ.

“އައިނާ” ނައުފް ބުނެލިއެވެ. “އެއީ ހިޝާންގެ ވައިފް އެއްނޫންތަ..؟” ދެން ހުރިމީހާ ހައިރާން ވެފައި އަހާލިއެވެ.

“ހިޝާންގެ ވައިފް އެއް އެހެން މީހެއްގެ ވައިފް އަކަށް ނުބަލާނަން އަހަރެންނެއް.. އައިނާ އަހަރެންގެ މީހަކަށް ހަދާފަ ހުއްޓާލާނީ.. ބަލަން ހުންނާތި..” ނައުފް ބުނެލިއެވެ. އޭނާގެ ލޮލުގެ ހުރި ނުރައްކާތެރި އަސަރު ފެނިފައިވެސް ދެން ހުރިމީހާ ބަސް ހުއްޓުނެވެ. ނައުފް ގޮތް ރަނގަޅައް އެނގޭ މީހެއްކަން އޭނާ އަށް ބަލާލުމުންވެސް އެނގިގެންދާނެ ކަން ކަށަވަރެވެ.

***

ދެދުވަހު މަޑުކޮށްލާފައި އައިނާމެން ރަށަށް އައެވެ. އައިނާމެންނާއެކު ނައިލްގެ ރައްޓެހި ޝީންވެސް އައެވެ. ޝީންގެ ފޮއްޓައި އެއްޗެހި ބާލުވަން ނައިލް އެހީވެދިނެވެ. އެމީހުން ކްރިސްޓަލް ގެއަށް ދިޔައިރު އެމީހުންނަށް މަރުހަބާ ކިޔަން ގޭގެ އެންމެން ތިއްބެވެ. އެއެންމެންނަށްވެސް އޮތީ ޝީން އަންނަކަން އެނގިފައެވެ. ޝީން އަށް ކޮޓަރިދައްކަން ދިޔައީ އަޝްހާ އެވެ.

މެންދުރުގެ ވަގުތުކަމުން އެންމެންވެސް މިސްރާބުޖެހީ ކާގެ އާއި ދިމާ އަށެވެ. އޭރު އިސްރާ އާއި އާޝިޔާ އަދި މަރިއަމް ވެގެން ކާތަކެތި ނެގުމުގައި ހަރާކާތްތެރިވެ އުޅުނެވެ. އަޝްހާ އާއި އައިނާ ވެސް އެހީތެރިވާން އުޅުމުން އެތަނުން ފޮނުވާލީ ދަތުރު ވަރުބަލި ވެފައިތިބޭނެއޭ ކިޔާފައެވެ. އައިނާ ގޮސް ހިޝާންގެ ކައިރީގައި އިށީނެވެ. އަޝްހާ ނައިލްގެ ކައިރީގައި އިން ހުސްގޮނޑި އަށް މިސްރާބު ޖެހި ނަމަވެސް އެތާގައި މާކުރިން ޝީން އައިސް އިށީނެވެ. ނައިލް ޝީން އަށް ބަލާލާފައި ހިނިތުން ވެލިއެވެ. އަޝްހާ މޫނުމަތީގެ ހިނިތުންވުން ގެއްލުނު ނަމަވެސް އެއީ ކަމެއް ކަމަށް ނުބަލާ އައިނާގެ ގާތު އިން ގޮނޑީގައި އިށީންދެލިއެވެ.

އައިނާ އަށް މިހުރިހާ މަންޒަރުތަކެއް ފެނުނު ނަމަވެސް އަޅައިނުލައި ކެއުމާގައިގެން ކުރިއަށް ދިޔައެވެ. އަޝްހާވެސް މާބޮޑު މައްސަލައަކަށް ނެހެދުމުން އައިނާ އެދޭތެރެއަށް ވަންނަ ހިތް ނުވީއެވެ.

އޭގެ އިރުކޮޅެއްފަހުން ހައިފާ އާއި ނޫހު ވެސް އައެވެ. “ކޮބާ ނީހާ ބޭބީ.. އަހަރެން ހީކުރީ ބޭބީ ގޮވައިގެން ކަމަށް އަންނާނީ..” އަޝްހާ އަހާލިއެވެ. އައިނާ ވެސް ހައިފާ އާއި ދިމާއަށް ބަލާލިއެވެ. “ނީހާ އަށް ދެންމެ ހަމަ އެނިދުނީ..” ހައިފާ ގޮނޑީގައި އިށީންނަމުން ބުނެލިއެވެ. ނޫހުވެސް ހައިފާ ކައިރީގައި އިށީންދެލިއެވެ. “އަޅޭ..” އަޝްހާ، ނީހާ ދެކެން ބޭނުންވިވަރުން ބުނެލިއެވެ. “ދެން ހަމަ އަޝޫ އަށް އޮންނާނީ ފެންނާކަށްނު.. އެއް ގެއެއްގަ ވިއްޔާ އުޅޭނީ..” އައިނާ ބުނެލިއެވެ. އަޝްހާވެސް ހިނިތުން ވެލާފައި ބޯޖަހާލިއެވެ.

***

ޖެހިގެން އައި ދުވަހެވެ. ހިޝާން އިނީ ކޮޓަރީގައި އިން ސޯފާ އެއްގައި ލެޕްޓޮޕް ހިފައިގެން އޮފީސް މަސައްކަތެއް ކުރާށެވެ. އައިނާ އޭރު މެޑިކަލް ފޮތެއް ހިފައިގެން އެކިޔަން ޝައުގުވެރިކަމާއެކު އެނދުމަތީގައި އޮތެވެ.

އިރުކޮޅެއް ނުވެއެވެ. ހިޝާން އަށް ފޯނު ކޯލެއް އައެވެ. މަސައްކަތައް ގެއްލިފައި ހުރުމުން ކާކުތޯވެސް ނުބަލައި ކަންފަތުގައި ފޯނު ޖަހާލިއެވެ. އަދި ހަލޯއޭ ބުނެލިއެވެ. “ހަލޯ.. ހިޝާން.. ނައުފް އޭމީ..” އެކޮޅުން ފޯނުނެގި މީހަކީ ކާކުކަން އެނގުމުން ހިޝާން ކުރަން އިން މަސައްކަތް މަޑުޖައްސާލިއެވެ. “އޯ ނައުފް.. ކިހިނެއްތަ..؟” ހިޝާން އެކުވެރި ކަމާއެކު އަހާލިއެވެ. “އަހަރެން ރަނގަޅޭ.. އޭ.. ކުޑަ ކަމަކު ކިޔަންށޭ މިގުޅީ.. މިއުޅެނީ ޗުއްޓީ އަށް ތިރަށައް ޖައްސާލަން ކަމައް..” ނައުފް ބުނެލިއެވެ.

“އާދޭ އާދޭ.. މިކޮޅުން ހަމަ މަރުހަބާ.. ހުންނާނެ ތަނެއް ހަމަޖައްސައިފިންތަ..؟” ހިޝާން އަހާލިއެވެ. “ނޫނޭ އަދި ހަމައެއް ނުޖައްސަން..” ނައުފް ހިތްހެޔޮ ކަމާއެކު ބުނެލިއެވެ. “މާ ރަނގަޅެއްނު.. އާދޭ.. މިގޭގައި މަޑުކުރެވިދާނެ..” ހިޝާން ބުނެލިއެވެ. “އޯކޭ..” ނައުފް ބުނެލިއެވެ. “ކިހާއިރަކު އަންނަނީ..” ހިޝާން އަނެއްކާވެސް އެހިއެވެ. ނައުފް ބޯޑިން ގައޭ ބުނުމުން ހިޝާން އޯކޭ އޭ ބުނެލިއެވެ. އަދި ފްލައިޓް ޖެއްސުމުން ގުޅާލާށޭ ބުނެލިއެވެ.

***

އެކޮޅުން ފޯނު ބޭއްވި ނައުފްގެ ތުންފަތުގައި އޮތީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. “އަހަރެންގެ ޕްލޭން އާއި އެއްގޮތައް ކަން ކުރުމަށް ހިޝާން ހާދަ އެހީ އެކޭ ވެދެނީ.. ގެއްލޭނީ ލޯބިވާ ‘އަނާ’ އޭ ކަލޭގެ އަތުން.. ހަހަހަ” ކުޑަ ހުނުމަކާއެކު މަޑުމަޑުން ނައުފް ބުނެލިއެވެ.

***

ހިޝާން ފޯނު ކޯލު ކުރުކޮށްލުމަށްފަހު އައިނާ ގާތުގައި ގެސްޓް ރޫމް އެއް ރެޑީ ކުރާށޭ ބުނެލިއެވެ. “ކާކު އަންނަނީ..؟” އައިނާ ފޮތް ތިރިކޮށްލާފައި ހިއްކަން ވެގެން ނާއްސައި އޮތް ބުޅި އިސްތަށިގަނޑު ހުޅިއެއް ޖަހާލިއެވެ. އަދި ހިޝާން ފަހަތުން ވަށް ބުރުގަލެއް އަޅަމުން ނިކުމެލިއެވެ. “ނައުފް..” ހިޝާން ގެސްޓް ރޫމް އަށް ވަދެ ކުރަންހުރި ކުދިކުދި ކަންކަން ކޮށްލުމުގައި އައިނާ އަށް އެހީތެރިވުމުގައި އުޅުނެވެ. ހިޝާން އާއި އައިނާ ބިޒީ ކޮށް އުޅެމުން ދަނިކޮށް އިސްރާ އައިސް ގޮވާލިއެވެ. އަދި އިސްރާ ގާތު މެންދުރައް ރަނގަޅު ކެއުމެއް ތައްޔާރު ކޮށްލަދޭށޭ އައިނާ ބުނެލިއެވެ.

އެދުވަހުގެ ހެނދުނު ދިހައެއްގެ ފްލައިޓުން ނައުފް އައެވެ. ބަލައި ދިޔައީ ސައިކަލުގައި ހިޝާން އެވެ. އެންމެ މީހަކު ވީމައެވެ.

ނައުފް ގޮވައިގެން ހިޝާން ގޭގެ ބޮޑު ދޮރުން ވަނެވެ. ނައުފް އަށް ކޮޓަރި ދެއްކުމަށްފަހު ހިޝާން އައިނާ ހޯދަން ދިޔައެވެ. ނައުފް ހުންނަނީ ތިރީ ކޮޓަރި ތަކުގައެވެ. ސިޓިންގ ރޫމްގައި އައިނާ ފެންނަން ނެތުމުން ހިޝާން ދިޔައީ ކޮޓަރިއަށެވެ. އޭރު އައިނާ ފާހަނައިން ނިކުންނަނީއެވެ.

ހިޝާން ގޮސް އައިނާ ގައިގައި ބައްދާލިއެވެ. “އޭތް.. ކިހިނެތްވީ..” އައިނާ ކުޑަކޮށް ހާސްވާގޮތް ވިއެވެ. “ކަމެއް ނުވޭ.. ކުޑަކޮށް ޓަޔަޑް ވީމައި.. ކުރަން ހުރި އޮފީސް މަސައްކަތް ކުޑަކޮށް ގިނަކަމުން ބޮލަށް ވެސް އެބަ ތަދުވޭ.. އެކަމް ވެސް ގާތް ރައްޓެއްސަކު އައީމަ ޖެހޭނެ އެއްނު އެކުގައި އުޅެލަން ދޯ.. ވީކްއެއްވަރު ކަންނޭނގެ ވާނީ.. އޭގެ ފަހުން ނިކުންނާނީ ވޯކް އަށް.. އޯކޭ ދޯ..!؟” ހިޝާން ދެލޯ މަރައިގެން އެހުރި ގޮތައް ހުއްޓެވެ.

އެގޮތައް ހިޝާން ވާހަކަ ހިއްސާ ކުރުމަކީ އައިނާ ވަރަށް އުފާވާ ކަމެކެވެ. “ހިޝާން ބޭނުން ގޮތެއް..” އައިނާ ވެސް ހިނިތުން ވެލާފައި ބުނެލިއެވެ. އަދި ދެމީހުން އެއްކޮށް ސިޑިން ފައިބަން ދިޔައެވެ. އައިނާގެ ކޮނޑައް އަތްވައްޓާލައިގެން ހިޝާން ހުރި އިރު، ދެމީހުންގެ ހުނުމުގެ އަޑު އިވި އިވި ހުއްޓެވެ. މިމަންޒަރު ފެނުނީ ކޮޓަރިން ނިކުމެގެން އައި ނައުފް އަށެވެ. ރުޅިން އެދެލޯ އަލިފާނައް ވުމުގެ ކުރިން އެދެމީހުން އައިސްކައިރީގައި މަޑު ކޮށްލިއެވެ.

“ދެން ކުޑަކޮށް ރެސްޓް ކޮށްލަން ވީއެއްނު.. އަހަރެމެން އެބަ އަންނަން ބޭރަސް ގޮސްލާފައި..” މިހެން ކިޔާފައި ނައުފް ގެ ބުރަކަށީގައި ކުޑަކޮށް ޖަހާލައިފައި، އައިނާ އޭނާއާއި ގާތްކޮށްލަމުން ނިކުމެގެން ދިޔައެވެ.

***

ހިޝާން އާއި އައިނާ ދިޔައީ ކްރިސްޓަލް ގެއަށެވެ. ހިޝާން އައީ ނައިލްގެ ގާތުގައި މަސައްކަތު ކަމެއްގައި ވާހަކަ އެއް ހިއްސާ ކޮށްލާށެވެ. ނަމަވެސް އައިނާ އައީ އަޝްހާ ކައިރިއަށެވެ. އަޝްހާގެ ކޮތަރިއަށް ވަތް އިރު އޭނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. ނައިލް އާއި ހިޝާން އެކޮޓަރީގައި އިން ސޯފާގައި ވާހަކަ ދައްކަން ތިއްބެވެ. “އަޝޫ.. ގޭތެރޭގައި އޮންނަން ޖެހޭތީވެ ހާދަ ފޫއްސޭ.. ހިނގާބަ މާދަން ދަތުރު ދާން.. މިރަށުގެ ބީޗްވެސް ހާދަ ރީއްޗޭ..” ފޯނާއި ކުޅެން އޮވެފައި އައިނާ ފޫހި ރާގެއްގައި ބުނެލިއެވެ. އަޝްހާވެސް އެއްބަސް ވިއެވެ.

“އަނާ ކިޔެވުން ކިހިނެއް ވަނީ..؟” އަޝްހާ އައިނާ ކުރެއް އެހިއެވެ. “އަދި ނޭނގެ.. ހިޝާން އާއި އަދި އެވާހަކަ ނުދެއްކިގެން މިއުޅެނީ..” އައިނާ ބުނެލިއެވެ. ޑޮކްޓަރަކަށް ވުމަކީ އައިނާގެ އަބަދުވެސް ހުވަފެނެވެ. ކިޔަވުން އެއްކޮށް ފުރިހަމަ ނުކޮށް އައިސް، ދިރިއުޅުމުގައި ދިމާވި އެކިއެކި ކަންކަމުގެ ސަބަބުން އައިނާ އަށް އޭނާ ކިޔެވުމުގެ ކަންކަމާއި އުޅުމުގެ ފުރުސަތު ވަނީ ނުލިބިފައެވެ.

***

އޭގެ ޖެހިގެން އައި ދުވަހެވެ. އެއްވެސް ހުރަހެއްނެތި އިރު ދިޔައީ އޭގޭ ވާޖިބު އަދާކުރަމުން ދުނިޔެމަތި ހޫނުކުރަމުންނެވެ. ރޭވިފައިވާ ގޮތުގެ މަތިން، އެހަތަރުމީހުން ތައްޔާރުވީ މެންދުރު ވަގުތުގައި ބީޗަށް ދިއުމަށެވެ. އެގާރަޖަހައި ކަންހާއިރު ނޫޑުލިސް ކައްކައިގެން ރަށުގެ ތުނޑިއާއިވީ ދިމާއަށް ދިޔައެވެ. ދަތުރުގައި ބައިވެރިވީ އެ ހަތަރު މީހުންގެ އިތުރުން ނައުފް އާއި ޝީންއެވެ. ބީޗްގައި ޖަހާފައި އިން ވޮލީ ކޯޓްގައި ބައިގަޑިއިރު ވަންދެން ވޮލީ ކުޅެލުމަށްފަހު އެންމެން ވަރުބަލި ވިއެވެ. އޭރު ނައުފްވީ އޭނާ އެއްޗެއް ހަނދާންނެތިގެންނޭ ކިޔައިފައި ގެއަށް ގޮހެވެ.

ސަކަރާތް ޖަހަން އެތާގައި އިރުކޮޅަކު ތިބެލުމަށްފަހު އެންމެން ކާން ބޭނުންވިއެވެ. އެހެންވެ އައިނާ އާއި އަޝްހާ ހަޓުތެރޭގައި ކާން ހަދައި އުޅުނެވެ. އެތާގެ ބެނޗުގައި އިށީންދެލައިގެން ފޯނާއި ކުޅެން ޝީންވެސް އިނެވެ. އައިނާ އާއި އަޝްހާ ކާއެއްޗެހި ތައްޓައް އަޅާފައި ހިޝާން އާއި ނައިލް އަށް ގެންގޮސްދޭން ވެގެން ބެލިއިރު އޫ ގެނެވިފައެއް ނެތެވެ.

“އަންނާނަން ހިފައިގެން.. ވަރަށް އަވަސްވާނެ..” މިހެން ކިޔައިފައި އައިނާ ސައިކަލުގައި ގެއާއި ދިމާއަށް ދިޔައެވެ.

އެއައި ބާރުމިނުގައި އައިސް އަވަސް އަވަހަށް ބަދިގެއަށް ވަދެ މަތީ ކަބަޑު ތައް ހުޅުވާލިއެވެ. އޫތައްހުރީ އައިނާ އަތް ފޯރާ ވަރަށް ވުރެ ކުޑަ ތަންކޮޅެއް މަތީގައި އެވެ. އެނެގުމަށްޓަކައި އައިނާ ކޮރާލިއެވެ. ކުޑަކޮށް އަތް ޖެހުމުން ކައިރިއަށް ގެންނަން އަތް ހަރަކާތް ކޮށްލިއެވެ. ނަމަވެސް އިރުކޮޅެއް ނުވެ އޭނާގެ ބުރަކަށީގައި މީހެއްގެ މޭ ޖެހުނެވެ. އެއީ އޭނާއަށްވުރެ ދިގު ބިޔަ މީހެއްކަން އައިނާ އަށް ޔަގީންވިއެވެ.

_ނުނިމޭ

އެޕިލޮގް

އެނދުމަތީގައި އޮތް އަޝްހާ އާއި އައިނާގެ ވާހަކަ ހުސް ނުވެއެވެ. އެހެން އޮވެފައި އައިނާ އަޝްހާ އަށް ގޮވާލިއެވެ. “އަޝޫ ކައިރީގައި އަދި ނުބުނެވޭ ދޯ އަހަރެމެން ރައްޓެހި ވި ގޮތެއް..؟” އައިނާ ބުނެލިއެވެ. “ތިދެމީހުންގެ ލަވްސްޓޯރީ އަހަރެންގެ ގާތުގައެއް ނުބުނަމެއްނު އެއް އިރެއްގަވެސް..!” އަޝްހާ ކުޑަކޮށް ތުން ދަމާލަމުން ބުނެލިއެވެ.

“ރުޅި އައީތަ.. ޕިސް.. ދެން އަޝޫ އަށް ވެސް އެނގޭނެ އެއްނު އަހަރެމެން ނަށް އުނދަގޫ ވާނެކަން.. ދެމީހުން ނަކީ ފެމެލީ ބައެއް.. އަނެއްކާ ބައްޕަ އާއި މަންމަ އާއި ހިޝާން އަކީ ކަޒިންސް..” އައިނާ ބުނެލިއެވެ.

“އެހާވަރަށް އަނާ ވިސްނާލައިފިންތަ..؟ ހޫން ދެން ބުނެބަލަ ތިބުނަން އުޅުނު ވާހަކަ..” އަޝްހާ ގެ ކެތްތެރިކަން ކޮޅުން ލަނީ އެވެ. އާދައިގެ މަތިންނެވެ.

“ހައި ދައްތަ އައި ނޫހުބެގެ ވެޑިން އޮތް ރޭގައި އަހަރެމެން ދެމީހުންގެ ފުރަތަމަ ދުވަސް..” ފާޑަކަށް ރަކި ވެފައި އައިނާ ބުނެލިއެވެ.

“ވާޓްޓް.. އަސްލުތަ..؟ ހޫން ދެން ނޭނގޭ ވާހަކައެއް ބުނެބަ..؟” އަޝްހާގެ ޖަވާބުން އައިނާ ހައިރާން ވިއެވެ.

“އަޝޫއަށް ކިހިނެތް އެނގުނީ.. އަޝޫ އުޅުނީ ތިރީގައެއްނު އެގަޑީ..” އައިނާ ހައިރާން ކަންމަތީ އެހިއެވެ.

“ބަލަ ހިޝާންބެގެ ރޫމް އޭރު ޝެއާ ކުރީ ނައިލް އާއި އޭ.. އަނާ އެރޭގައި ނުބުންޏަސް ފަހުން ނައިލް އަހަރެންގެ ގާތުގައި ބުނި ބެލްކަނިން ނިކުތް ގަޑީގައި އޭނަ އަށް ފެނުނު މަންޒަރު.. ތިދެމީހުން ލަދު ގަނެދާނެތީ އަޑެއް ނުލައްވާ އަނެއް ބެލްކަންޏައް ވަނީއޯ..” އަޝްހާ ބުނެލިއެވެ. އައިނާ ވަގުތުން ރަކި ވިއެވެ. އެއީ ނައިލް އަށް އެކަހަލަގެ މަންޒަރެއް ފެނުމުންނެވެ. “ހިޝާން އަކަށް ނޭނގޭނެ ދޯ..” އައިނާ ބުނެލިއެވެ.

“އާނ.. ނައިލް ހިއެއް ނުވޭ ބުނިހެންނެއް އަދި..” އަޝްހާ ފާހަނައަށް ވަންނަން އެނދުން ފައިބަމުން ބުނެލިއެވެ.

 

ނޯޓް: މިހާގިނަ ދުވަސްތަކެއް ވަންދެން ވާހަކަ އަޕްލޯޑް ނުކުރެވުނީތީވެ ކިޔުންތެރިންގެ ކިބައިން ނިހާޔަތައް މާފައް އެދެމެވެ. އަޅުގަނޑުގެ އޯލެވެލް އެގްޒާމްގެ ސަބަބުން ކިޔެވުމުގައި އުޅުނުލެއް ބުރަކަމުން ވާހަކަ އަޕްލޯޑު ކުރަން ވަގުތުނުވީއެވެ. އިންޝާﷲ އައިނާ ސީޒަން 3 ގެ ބައިތައް ހަފްތާއަކު ދެއެޕިސޯޑު އަޕްލޯޑު ކުރަމުންދާނަމެވެ. ޖަޒާކަﷲ

Annna_

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Annna

    އައިނާ ސީޒަން 3 ގެ ފުރަތަމަ އަދި ދެވަނަބައި އަޅުގަނޑުގެ ޕްރޮފައިލް އަށް ފިތާލުމުން ކިޔާލަން ލިބޭނެއެވެ.

  2. Rifoo

    Mi bai VX varah reethi Masha Allah
    aina vaahaka dhen kiyaalan nulibeyne kamah heekuri.
    When next

    1. Annna
      Rifoo

      Jazaakallah.. Tuesday ga next part In Sha Allah..

  3. Lily

    I missssedd uu soooooooo muchh my dearr! unmeedhu vx nukoh huttaaa mi libuny kiyaalan😳 vrhhh vrhh ufaavehje…. mihaaaru maa rangalhakah handhaaneh vx neh kury part thakuga v gotheh😂 I’ll read those parts again!
    kon dhuvas thakehga vahka kiyaalan libeny?
    Anywayzz mi part vx vrh vrh reeethii Masha Allah❤️
    Nauf mi ulheny Ana hoadhan? Ehn v ma sheen mi ulheny nail hoadhann??😭
    Oothah vx foruvaafa onnaany hama nauf.. I don’t think he’s gonna do aadhaige kameh😭

    1. Annna
      Lily

      Jazaakallah Lily.. I’m soo sorry it got delayed for soo long. Vaahaka kiyaalan libeyne every Friday and Tuesday ga.. In Sha Allah.. Lets see dho vaahakain vaa gotheh,

  4. vempire girl

    Maasha Allah mi part ves varah varah reethi… Heekury mi vhk medhu kenduny kamah… Ehnve ummeedhu nukoh huhtta kiyaalan libunyma varah varah ufaavehje…. mi vhk ge nimifa huri hurihaa season eh ves varah varah reethi… Ummeedhu kurany ehn v ma mi season ves varah reethi vaane kamah….. Next part kiyaalan libeyny kon dhuvahakun??????

    1. Annna
      vempire girl

      Jazaakallah.. I’m so sorry for the delay.. And varah ufaavehje kuryge vaahaka thahves kamudhiyaeema.. thank you.. you can look foward to this season.. i will try my best to not to disappoint my readers, and next part on Tuesday.

  5. love imko 💕💕

    Mi part vex varha reethi
    Next part kiyaalan libeeney kama unmeedhu kuran

    1. Annna
      love imko 💕💕

      Jazaakallah.. Next part on Tuesday..

  6. Ellyy

    alhe anehkaa nauf eh vahtaalee mithanah.. hope hishan ah aina dhen dhevana faharah nugehleyne kamah.. And the story is perfect hama. when next part?

    1. Annna
      Ellyy

      Jazaakallah.. lets see dho nauf kuran ulhey kameh🤫.. In Sha Allah next part on Tuesday..

  7. Rifoo

    Where is next part..
    Keh nukurevigen mi ulhenee next kiyaa hithun
    Nauf neynge aina ah kochei kamah hadhaani VX

    1. Annna
      Rifoo

      hehehe.. Next part mihaaru kiyaalan libeyne 🙂

Comments are closed.