އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ […]
މީކާއިލް މުޅި ދުވަސް ދިޔައީ އުނދަގުލެއްގައެވެ. ޒިމްނާއަށް ވީ ގޮތެއް ނުބަލާލެވުނީމައެވެ. އަހަރެންގެ މައްސަލައެއް ކަންނޭނގެއެވެ. އޭގެ އިތުރުން އަންނަން އޮތް އަހަރީ ދުވަހަށް ތައްޔާރު ވުމުގެ ކަންތައްތަކެވެ. އަހަރެން ފުން ނޭވާއެއް ލީމެވެ. ޒިމްނާ އަދިވެސް ހުރީ ލޯ ބޮޑުވެފައެވެ. އަހަރެންނަށްވެސް އަދިވެސް އޭނާގެ މޫނުން ދެލޯ ދުރު ނުކުރެވެއެވެ. ނަމަވެސް އަހަރެން ސިއްސައިގެން ދިޔައީ މީހަކު ކަރު ކެހިލި އަޑާށެވެ. ފުރަތަމަ ފަހަރަށް ޒިމްނާ ފިޔަވާ އެހެން މީހަކު ހުރިކަން އެނގުނެވެ. “މަންމަ […]
އަނިޔާގެ ހަދިޔާ. ” މަންމާ! މަންމާ! ކިހިނެތްވީތަ؟ ކޮންހާ ލެޔެއް ތިއަންނަނީ؟ ހިނގާ ޑޮކްޓަރަށް ދައްކަންދާން.” މަތީނުގެ ހައިރާންވެފައިވާ މޫނު ފެނުމުން ރަޒީނާ އޭނާގެ އަނގަމަތީގައި އަތް އެޅުމަށްފަހުގައި ފާހާނާއަށް ދުއްވައިގަތެވެ. “މަންމާ! މަންމާ! ދޮރު ހުޅުވަބަލަ! ކިހިނެތްވީތަ؟” ކަންބޮޑުވެފައިވާ މަތީނު ފާހާނާ ދޮރުގައި ތަޅަމުން އޭނާގެ މަންމައަށް ގޮވަމުން ދިޔައެވެ. ” ދަރިފުޅާ. މިއީ ކަމެއް ނޫން. ނިދާފައި އޮއްވާ ކެއްސުންގަނޑެއް އެރީކަމަށް ވާނީ. ދޭ ނިދާލަންދެން. މަންމަ ވެސް އިރުކޮޅަކުން ނިދަން މިއުޅެނީ.” އުމުރުން […]