(ހަތަރުވަނަ ބައި) “އަހަންނަށް ވަނީ ކެންސަރު ޖެހިފަ.” މާނީގެ މިޖުމުލައިން މާރިޔާއަށް ސިހުން ލިބި މާނީއާއި ދިމާލަށް ބަލާލެވުނެވެ. “ކީކޭ؟” މާރިޔާއަށް އަހާލެވުނީ އިތުރަށް ޔަޤީން ކުރުމުގެ ގޮތުންނެވެ. މާނީ ހިތުގައިޖެހި އިތުރަށް ރޮއެގަނެވުނެވެ. މާރިޔާ މާނީ އާއި ގާތްވެލާފައި މާނީގެ ދެކޮނޑުގައި ދެއަތުން ހިފަހައްޓާލިއެވެ. “އާނ. މާރިޔާ.” މާނީ ހިތްވަރުކޮށްފައި ވާހަކަ ދެއްކިއެވެ. “އަހަންނަށް ވަނީ ބްލަޑް ކެންސަރ ޖެހިފަ. ޑޮކްޓަރު ބުނާ ގޮތުން މި ބައްޔަށް ފަރުވާ ކުރަން ވަރަށް ގިނަ ފައިސާ ހަރަދު […]
(ތިންވަނަ ބައި) “ކަލޭތަ؟” ރުޅިވެރިގޮތް ދައްކަމުން ދަތްކުނޑި ވިކާލާފައި މާނީ ބުނެލިއެވެ. “ހާދަ މޮޅޭ އެކްޓު ކުރަން.” މާނީގެ މޫނުގައި ފިރުމާލަމުން ތައުފީގު މިހެން ބުނުމާއެކު ދެމީހުން ހިނިގަނޑެއް ޖަހާލީއެކުއެކީގައެވެ. ތައުފީގު އޭނާގެ އަތް މާނީގެ މޫނުމަތިން ފެށިގެން ކަރުދޮށުން ލާފާ ގޮސް މޭމައްޗާއި އަރާ ހަމަވީތަނުން މާނީ އެއަތުގައި ހިފެހެއްޓިއެވެ. “ހާދަ ކެތްމަދުވެފައޭ ދޯ.” މާނީ ދެކޮޅު ހޯދާލިއެވެ. “މިތާތަ؟ މީހަކަށް ފެނިދާނެ.” “ނުފެންނާނެ.” ތައުފީގު އޭނާގެ ގަމީސް ބޭލުމުން މާނީ ހިނިތުންވެލާފައި ތައުފީގާއި ގާތްވެލިއެވެ. […]
(ދެވަނަ ބައި) ދަތުރެއް ކުރުމަށްފަހު ކޮންމެ އިންސާނަކުވެސް ބޭނުންވަނީ އަރާމު ކުރުމަށެވެ. ކިތަންމެ ކުޑަ ދަތުރެއް ކުރި ނަމަވެސް އަރާމު ނުކޮށް ފަރު ޖެއްސޭކަށް ނޯވެއެވެ. އެއީ އިންސާނީ ފިތުރަތެވެ. ނަމަވެސް ޙަޔާތޭ މިކިޔާ ދަތުރުގައި އަރާމު ކުރުމެއް ނޯވެއެވެ. ވަރުބަލި ފިލުވާލުމަށް ކުޑަ ބްރޭކެއް ނެގޭކަށްވެސް ނޯވެއެއެވެ. ސަބަބަކީ މިދަތުރު ނިމުމަށްފަހު ކުރަން ލިބޭނެ އަރާމަކީ އަބަދަށް ކުރަންޖެހޭނެ އަރާމެކެވެ. އެހެންކަމުން ބުއްދިވެރިންގެ ގޮތަކީ ކިތަންމެ ކުރު ދަތުރެއް ނަމަވެސް އެދަތުރުގެ އަގު ހުރި ވަގުތުތަށް […]
ޙަޔާތަކީ އިމްތިހާނެކެވެ. ވަގުތީ ފާލަމެކެވެ. މަންޒިލަކަށް ވާސިލުވާން ކުރެވޭ ދިގު ދަތުރެއް ފަދަ އެއްޗެކެވެ. ނަމަވެސް މިކަން ދަންނަނީ މަދުބައެކެވެ. ބާކީ ތިބި މީހުން ދެކެނީ އެއީ ދުނިޔެ ދެކެލަން ލިބިފައިވާ ފުރުސަތެއްގެ ގޮތުގައެވެ. އުފަލާ މަޖާ ނަގަން ލިބިފައިވާ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. މިބުނާ ޒާތުގެ މީހުން ލޯތްބެއް ނުވެއެވެ. ލޯބީގެ ނަމުގައި ކުޅެނީ ކުޅިވަރެކެވެ. މީހުންނާ ކައިވެނި ކުރަނީވެސް ލޯތްބަކުން ނޫނެވެ. ނަމަވެސް ޙާސިލް ކުރަން ބޭނުންވާ އިތުރު ކަންތައްތަކެއްހުރީމައެވެ. އަމިއްލަ އެދުމާއެކީގައެވެ. މާނީ […]