Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އެދެނީ މަޢާފް

thaadhi
January 26, 2016
3 Mins Read
41 Views
46 Comments

ޙަޔާތަކީ އިމްތިހާނެކެވެ. ވަގުތީ ފާލަމެކެވެ. މަންޒިލަކަށް ވާސިލުވާން ކުރެވޭ ދިގު ދަތުރެއް ފަދަ އެއްޗެކެވެ. ނަމަވެސް މިކަން ދަންނަނީ މަދުބައެކެވެ. ބާކީ ތިބި މީހުން ދެކެނީ އެއީ ދުނިޔެ ދެކެލަން ލިބިފައިވާ ފުރުސަތެއްގެ ގޮތުގައެވެ. އުފަލާ މަޖާ ނަގަން ލިބިފައިވާ ރަނުގެ ފުރުސަތެއްގެ ގޮތުގައެވެ. މިބުނާ ޒާތުގެ މީހުން ލޯތްބެއް ނުވެއެވެ. ލޯބީގެ ނަމުގައި ކުޅެނީ ކުޅިވަރެކެވެ. މީހުންނާ ކައިވެނި ކުރަނީވެސް ލޯތްބަކުން ނޫނެވެ. ނަމަވެސް ޙާސިލް ކުރަން ބޭނުންވާ އިތުރު ކަންތައްތަކެއްހުރީމައެވެ. އަމިއްލަ އެދުމާއެކީގައެވެ.

މާނީ އަކީ މުޅިއަކުން މިބުނި ޒާތުގެ މީހެކޭ ބުނާ ހިތެއް ނެތެވެ. އޭނާ އައްސަދުދެކެ ލޯބިވެއެވެ. އިންތިހާއަކަށް ނޫނެވެ. އެހެނަސް ހަމަ ލޯބިވެއެވެ. އައްސަދުއާއި ކައިވެނި ކުރީވެސް ލޯބި ވާތީއެވެ. ނަމަވެސް ހަމައެކަނި ލޯބި ވާތީއެއް ނޫނެވެ. އަމިއްލައެދުމުގެ ބައި އަންނަނީ މިހިސާބުންނެވެ. މާނީ ބޭނުންވާ ހުރިހާ ކަމެއް އައްސަދު ކޮށްދިނުން އެއީ މާނީ އައްސަދުދެކެވާ ލޯބި އިތުރުކޮށްދޭ ކަމަކެވެ.

އައްސަދަށް މިކަން އެނގެއެވެ. ކައިވެނީގެ ކުރިންވެސް އައްސަދަށް އޮތީ މިކަން މޭރުންވެފައެވެ. މާނީ ބުނީކީ ނޫނެވެ. ނަމަވެސް އައްސަދުގެ ހަވަނަ ހިއްސު އެކަން ދެނެގަތީއެވެ. ހުރިހާ ކަމެއް އެނގި ހުރެވެސް މާނީ އާއި ކައިވެނި ކުރަން އައްސަދު ނިންމީ މާނީ ދެކެވާ ލޯތްބެއްގެ ބޮޑުކަމުންނެވެ. އައްސަދުގެ ހިތާ ކުޅެން މާނީ ހަމަ މޮޅީއެވެ. މާނީ ފަދަ ރީތި ބުރުސޫރައަކާއި ލޫޅާފަތި ހަށިގަނޑެއްގެވެރި އިތުރު ކުއްޖަކު އައްސަދަށް ނުލިބޭނެކަން އައްސަދަށް ޤަބޫލު ކުރެވެނީ އެހެންވެއެވެ. މާނީ ހިތުގަ ޖެހޭ ފަދަ ކަމެއް ކުރަން އައްސަދު ފަސްޖެހެއެވެ. ނުކެރެނީއެވެ. އިތުރަށް ބީވެދާނެތީ ބިރުގަންނަނީއެވެ. ހެދުނު ގޯސް ރަނގަޅު ކުރުމަށް ތިން ފުރުސަތު ލިބުނުކަން އެއީ އޭނާގެ ނަސީބު ގަދަކަމެވެ. މިއަދު އެދެމަފިރިން އެކުރަމުންދާ ދަތުރަކީ އެދެމަފިރިންގެ ޙަޔާތަށް ނުހަނު މުޙިއްމު ދަތުރެކެވެ. އެދަތުރު ދާން މާނީ އެއްބަސްވިކަމީ މާނީވެސް އައްސަދުދެކެ ލޯބިވާ ކަމުގެ ހެއްކެކެވެ.

ކުރިންވެސް ބުނިހެން ދިރިއުޅުމަކީ އިމްތިހާނެކެވެ. އެއްބައެއްގެ ކެތްތެރިކަން އިމްތިހާނު ކުރެވޭއިރު އަނެއްބައެއްގެ އެދުންވެރިކަން އިމްތިހާން ކުރެވެމުން ގެންދެއެވެ. ދިރިއުޅުން އެކި ހަނގުރާމަތަކާއި އިންސާނުންނާ ކުރިމަތި ކުރުވައެވެ. އިންސާނުންނަށް އޮތީ ހިތްވަރާއެކު ކުރިމަތިލުމެވެ. ﷲ ހަނދުމަ ކުރަމުންނެވެ.

މާރިޔާއަށް ދިރިއުޅުން ކުރިމަތި ކުރަމުން އަންނަ އެކިވަރުގެ ހަނގުރާމަތަކާއި ކުރިމަތިލަމުން އަންނަނީ ނުހަނު ހިތްވަރާއެކުގައެވެ. އުމުރުން ހަތަރު އަހަރުގައި ބައްޕަގެ ލޯބިން މަހުރޫމްވުމާއެކު މަންމަގެ އަތްމަތި ދަތިވެ ދިރިއުޅުމުގެ އެއްކޮޅުގައި ހިފާނެ ފިރިހެނަކަށް ބޭނުންވީ ހިނދު މަންމަ ހޯދައިދިން ދޮންބައްޕަގެ ނުފޫޒު މާރިޔާގެ ދިރިއުޅުމަށް އެޅިފައިވެއެވެ. ދޮންބައްޕަގެ ޚިދުމަތުގައި އަބަދާ އަބަދު ހުންނަންޖެހެއެވެ. ތަޢުލީމީ ހަޔާތް ނިމިގެން ދިޔައިރު އެކުގައި ވަގުތު ހޭދަކޮށް ހީ ސަމާސާކޮށްލާނެ ރަޙުމަތްތެރިޔަކު ލިބިފައި ނެތީ ދޮންބައްޕަގެ ހުއްދަ ނެތުމުގެ ސަބަބުން، އެންމެ ކުޑަމިނުން ގްރޫޕްވޯކެއް ހަދާލުމަށްވެސް ރައްޓެއްސެއްގެ ގެއަށް ދެވިފައި ނެތީމައެވެ. ދުނިޔެއަށް ލޯ ނުހުޅުވިވަނީ ދޮންބައްޕަ އެކަމަށް ފުރުސަތުދީފައި ނުވާތީއެވެ. ބޮޑުވެ ތަސައްރަފު ފުދިފައިވާ އަންހެން ކުއްޖެއް ނަމަވެސް، މިޒަމާނުގެ އަންހެން ކުދިން އަތް ފަޅުފިލުވަން ގެންގުޅޭ މޯބައިލް ފޯނު ލިބިފައި ނުވަނީ ދޮންބައްޕަ މާރިޔާއަށް އިތުބާރު ނުކުރާތީއެވެ. ވަޒީފާއަކަށް ދާން ގޭގެ އޮޅިގަނޑު ގިރާކުރެވިފައިނުވަނީ އެ ދަތި އުނދަގޫ ދިރިއުޅުމުގެ ސަބަބުން ކިޔެވުމަށް ވަގުތު ނުލިބި ބޭކާރުވެގެން ދިޔައީތީއެވެ. ދޮންބައްޕަ ތަޅާ ހާނީއްކަ ނުކުރިޔަސް މިއީވެސް ކިހާ ބޮޑު އަނިޔާއެއް ހެއްޔެވެ. ހުރި ހަމައެކަނި ދަރި އަދި ދޮންދަރިޔަކީވެސް އަންހެން ކުއްޖަކަށް ވީ ހިނދު، އަންހެން ދަރިޔަކަށް ދޭންވާ ހިމާޔަތާއި ރައްކާތެރިކަން ދީގެން ބަލާބޮޑުކުރުމަކީ އެއީ ކަމުގައި މާރިޔާގެ ދޮންބައްޕަ ހުސޭނު ދެކެއެވެ. ނަމަވެސް މާރިޔާގެ ފަރުވާލެއް ނެތެވެ. މާރިޔާގެ ދެމައިންނަށް ކާންދީ ބަލަހައްޓާ މީހަކީ އެއީއެވެ. ކާންދޭ އަތުގައި ދަތްއެޅުމަކީ މާރިޔާއަށް މާލަފާ ގޮތެއް ނޫނެވެ. މިހާރު މާރިޔާ ދެކެމުންދާ ހުވަފެނަކީ ރަނގަޅު މީހަކާ އިނދެގެން އެކޮށިން މިންޖުވުމެވެ. ނަމަވެސް ހަތަރު ފާރުތެރޭގައި ބަންދުވެފައި އިނދެގެން ރަނގަޅު މީހަކު ހޯދާނީވެސް ކިހިނެތް ހެއްޔެވެ. އެކަންވެސް ނިންމާނީ ދޮން ބައްޕައެވެ. އޭނާގެ ދެންހުރި ކަންކަންވެސް ދޮންބައްޕަ ނިންމާ ފަދައިންނެވެ. މިއަދު އޭނާގެ ކޮޓަރިން އޭނާ ނުކުންނަން ޖެހިފައި އެވަނީވެސް ދޮންބައްޕަ އެގޮތަށް ނިންމާ ސިއްކަ ޖެހީމައެވެ. ދޮންބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއްގެ ދެމަފިރިން މާލޭގައި ތިބެފައި ޗުއްޓީ ހޭދަކޮށްލުމަށް އެރަށަށް އަންނާތީއެވެ. ދޮންބައްޕަގެ ނިންމުމަށް މާރިޔާ އޭނާގެ އަމިއްލަ ކޮޓަރި ހުސްކޮށް ރަމަތަ ކުރަމުން އެދަނީ އެ މެހެމާނުންނަށެވެ.

ގޭ ދޮރުމައްޗަށް އެރުމަށްފަހު ހުސޭނު ނިކަން ބާރަށް ޒާހިރާއަށް ގޮވާލާފައި އެއޮއް ލެފުނީއޭ ބުނި އަޑަށް އެނދުގެ ބާލީސްތައް ރީތި ކުރަން ހުރި މާރިޔާގެ އަތްމަތި ހަލުވިކޮށްލުމަށްފަހު މަސައްކަތް ނިންމާލާފައި މޫނުބަލާ ލޯގަނޑު ކުރި މައްޗަށް ހުއްޓި އިސްތަށިގަނޑު ރީތި ކޮށްލާފައި ބޭރަށް ނުކުތެވެ. އޭރު އޭނާގެ މަންމަ ޒާހިރާވެސް ހުރީ ނުކުމެ ބޭރު ދޮރުމަތީގައެވެ. ހުސޭނު ބަރޯ ހިފައިގެން ނުކުމެ ހިނގައިގަތުމުން ދެމައިން ހުސޭނުގެ ފަހަތުން ހިނގައިގަތީ ބަނދަރަށް ދިއުމަށެވެ.

ލޯންޗުގެ ބާރު ދުވެލި މަޑުކޮށްލީ ރަށުގެ ފަޅު ތެރެއަށް ވަދެވުނީމައެވެ. މަންޒިލަށް ވާސިލްވެވުމުން ލިބޭ ހިތްހަމަޖެހުން ދަތުރުގެ އެންމެހާ ބައިވެރިންނަށް ލިބިގެން ދިޔައެވެ. އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބިގެން ދިޔައީ ބޯއަނބުރާ ހޮޑުލަވާގަތްފައި އިން މާނީއަށެވެ. އޭނާ ދެން އެންމެ ހިނދު ކޮޅަކުވެސް އޭގައި އިންނާކަށް ބޭނުމެއް ނޫނެވެ. ލޯންޗު ބަނދަރު ޖެހުމާއެކު އެންމެ ފުރަތަމަ ތެދުވި ބައިގަނޑުގައި އޭނާ ހުއްޓެވެ. މީހުންތަކުގެ ތެރޭގައި ބޮނޑިވެ ގަނެގެން ފައިބަން ބޭނުންނުވެފައި އައްސަދު އިން ނަމަވެސް މާނީ ފައިބަން ބޭނުން ވުމުން އޭނާއަށް ޖެހުނީ ހަތިޔާރު ބަހައްޓަފައި އިންތަނުން ތެދުވާށެވެ. އަތްދަބަސް ކޮނޑުގައި އަޅުވާލަމުން މާނީ ހިނގައިގަތުމުން އައްސަދުވެސް ދަބަސް އަޅުވާލުމަށްފަހު މާނީގެ ފަހަތުން ހިނގައިގަތެވެ.

ދެމަފިރިންގެ ފައި ރަށުގެ ފަސްގަނޑުގައި ޖެހުމާއެކު ތަޢާރަފު ވެލަމުން ހުސޭނު ސަލާމަށް އަތްދިއްކޮށްލީ ފުރަތަމަ އައްސަދަށެވެ. އައްސަދު ހުސޭނާ ސަލާމްކޮށްލުމުން ދެންތިބި ޒާހިރާއާއި މާރިޔާ ވެސް ތަޢާރަފުކޮށްދިނެވެ. އައްސަދު ހިނިތުންވުމަކާއެކު ހެވިދިލިފައިހުރި ޒާހިރާއާއި ސަލާމްކޮށްލާފައި އިސްޖަހައިގެން ހުރި މާރިޔާއަށް ސަލާމަށް އަތްދިއްކޮށްލިއެވެ. އައްސަދު ދިއްކޮށްލި އަތުގައި ހިފަމުން މާރިޔާއަށް އިސްއުފުލާ އައްސަދުގެ ސީދާ ދެލޮލަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. ދެމީހުންގެ ހަތަރު ކަޅި ހަމަވުމާއެކު އައްސަދުގެ އަތުގެ ނާރުތަކުން ފެށިގެން މުޅި ހަށިގަނޑުގައި ހިނގައިގަތީ ގޮތް ނޭނގޭ އިހުސާސެކެވެ. މުޅި މީހާ ގައިން ހީބިހި ނަގައިގެން ދިއުމާއެކު ހުރިހާ ލޯލިތަކެއް ކޮޅަށް ޖެހުނެވެ. މާރިޔާގެ ހިތްވެސް ކުއްލިއަކަށް އަވަސްވީ ކީއްވެ ކަމެއް ނޭނގުނެވެ. ހަތަރެސްފައި ފިނިވީ ނަމަވެސް އައްސަދުގެ އަތުން ދޫކޮށްލާކަށް ހިތަކަށް ނޭރިއެވެ. ދެމީހުންނަށްވެސް ތިބެވުނީ އެކަކު އަނެކަކުގެ މޫނަށް ބަލާށެވެ. ނަމަވެސް ވީކަމެއްވީ ސުކުންތެއްގެ ތެރޭގައެވެ. ދެވަނަ ސުކުންތުގެ ތެރޭގައި ދެމީހުންވެސް އަތްދޫކޮށްލުމަށްފަހު ހަމައަކަށް އެޅިލިއެވެ. ނަސީބަކުން ގާތުގައި ތިބި މީހުންނަށް މިކަމެއް ނޭނގެއެވެ. އެކަން ސިއްރުވީ ހަމައެކަނި އެދެހިތުގައެވެ. މާނީވެސް ހަމައެފަދައިން ހިނިތުންވުމަކާއެކު އެންމެންނާ ސަލާމްކޮށްލުމަށްފަހު ރަށަށް ނަޒަރު ހިންގާލިއެވެ. ދުރަށްފެތުރިފައިވާ ދިގު އަތިރިމަތީގައި ހައްދާފައިވާ ރުއްތަކުން ރާއްޖެތެރޭގެ ހިތްގައިމުކަން ކިތަންމެ ފުރިހަމައަކަށްވެސް ހާމަކޮށްދެއެވެ. ގަދައަށް އިރު އަންދަމުން ދިޔަވަގުތެއް ނަމަވެސް ގައިގާ ބައްދަމުން ދިޔަ ފިނި ވައިރޯޅީގެ ސަބަބުން ހޫނުކަން މާބޮޑަށް އިހުސާސެއް ނުވެއެވެ. ނަމަވެސް މާނީގެ ނަޒަރު ހުއްޓިފައިވަނީ އެހިތްގައިމު ކަމަކަށް ނޫނެވެ. އޭނާ ނަޒަރު ހިންގަމުން ދިޔައީ ބަނދަރުމަތީގައި ހޭލަ މޭލައަށް އުޅެމުންދާ ނޫކަށި ފުރައިގެ ޒުވާން ފިރިހެންކުދިންނަށެވެ. ހިތްތަކާއި ކުޅެލާފަދަ ރީތިކަން ލިބިފައިވާ ފިރިހެން ކުދިން އެރަށަކު މަދެއް ނޫންކަން މާނީ ދެނެގަތްކަން ހާމަވީ އޭނާގެ ތުންފަތް މައްޗަށް ވެރިވި އުފާވެރި ހިނިތުންވުމުންނެވެ. ކޮންމެއަކަސް މާނީއަށް އެރަށްވީ ހިތްގައިމު ރީތި ރަށަކަށެވެ. (ނުނިމޭ)

9
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Tags:

އެދެނީމަޢާފްޢަބްދުﷲޝާހިދުތާދި

Share Article

Follow Me Written By

thaadhi

Other Articles

Previous

އަލްމާޝް 24 (ފަހުބައި)

Next

އިންސާނަކީމޭ …………..!

Next
January 26, 2016

އިންސާނަކީމޭ …………..!

Previews
January 26, 2016

އަލްމާޝް 24 (ފަހުބައި)

46 Comments

  1. Mal says:
    January 26, 2016 at 9:46 am

    V.reethi…waiting for next part

    1. thaadhi says:
      January 26, 2016 at 10:02 am

      Thank you
      Next part will be uploaded very soon In sha allah

  2. Shahaa says:
    January 26, 2016 at 9:47 am

    Nyc???

    1. thaadhi says:
      January 26, 2016 at 10:03 am

      Thank you

  3. nubnanan says:
    January 26, 2016 at 10:15 am

    ?school ga es thy enme molhu viyya..kn dhuvaheh shaad ge vaahaka eh kiyaahithun ulheny

    1. thaadhi says:
      January 26, 2016 at 12:08 pm

      Hehe
      Dhn libeyne in sha allah

  4. Bolt says:
    January 26, 2016 at 10:32 am

    Good Work Bro..

    1. thaadhi says:
      January 26, 2016 at 12:09 pm

      Thank you

  5. Shaw says:
    January 26, 2016 at 10:39 am

    Vrh salhi….. Next part avahah upload khdhibala….

    1. thaadhi says:
      January 26, 2016 at 12:10 pm

      Thank you
      Varah avahah libeyne in sha allah

  6. yashoo says:
    January 26, 2016 at 11:02 am

    varah salhi.. next baii avahaa up kohdheeba.. good luck

    1. thaadhi says:
      January 26, 2016 at 12:12 pm

      Thank you
      Varah avahah libeyne in sha allah

  7. wershe says:
    January 26, 2016 at 11:17 am

    salhii ingey.

    1. thaadhi says:
      January 26, 2016 at 12:12 pm

      Thank you

  8. shazx says:
    January 26, 2016 at 11:44 am

    Ey varah reethi mi waaahaka.. eagerly Waiting for next part
    ?

    1. thaadhi says:
      January 26, 2016 at 12:14 pm

      Thank you
      Varah avahah libeyne in sha allah

  9. TD says:
    January 26, 2016 at 11:59 am

    Salhii

    1. thaadhi says:
      January 26, 2016 at 12:14 pm

      Thank you

  10. Shammu says:
    January 26, 2016 at 12:10 pm

    Thaadhi. Hoe hoe . varah salhi ingey.

    1. thaadhi says:
      January 26, 2016 at 12:15 pm

      ???
      Thank you

  11. Hawwoo says:
    January 26, 2016 at 12:32 pm

    Asthaa shaahidhoooo….. haadha salhi vaahaka ekeyy dww…. aslu mashehh ehen vaahaka takehh nuvess kiyann…. ekamu mi vaahaka shahid ge veema mikiyaalee…. heevanee hama ehen fada kamehh henn….. hoiii hoiii

    1. thaadhi says:
      January 27, 2016 at 11:46 am

      Thanx ingey

  12. Jenny says:
    January 26, 2016 at 1:25 pm

    Wow!!? mi story ge feshun hama superb…?? and assadh aky ma enme loabi vi ekaku…v bodah thanks mi nan mi story ga himeny ma.. ???

    1. thaadhi says:
      January 27, 2016 at 11:47 am

      Haha
      E hama ihthifaagu
      Thanx a lot

  13. I says:
    January 26, 2016 at 2:42 pm

    Thaadhi aki boy writer ehbaaa

    1. thaadhi says:
      January 27, 2016 at 11:48 am

      Yes

  14. NIHAA says:
    January 26, 2016 at 2:57 pm

    V v reethi….nxt part avahah up kohdehchey…….gud

    1. thaadhi says:
      January 27, 2016 at 11:48 am

      Yes In sha allah
      Thankx a lot

  15. Eynage dhooni says:
    January 26, 2016 at 4:20 pm

    Nice. Keep it up

    1. thaadhi says:
      January 27, 2016 at 11:49 am

      Thank you

  16. Arumeel says:
    January 26, 2016 at 4:53 pm

    Not bad keep it up…

    1. thaadhi says:
      January 27, 2016 at 11:49 am

      Thank you

  17. Aimsithu says:
    January 26, 2016 at 8:28 pm

    Nice story … but maa bodah ves kurukoh thi up kohlky.. emme reethi hisaabun thi nimmaaly.. waiting waiting. ..

    1. thaadhi says:
      January 27, 2016 at 11:51 am

      Hehe
      in sha allah varah avahah upload koh dheynan
      Thank you

  18. misty says:
    January 26, 2016 at 11:56 pm

    Varah reethi.. When next part? Avahah up koh dhechey

    1. thaadhi says:
      January 27, 2016 at 11:52 am

      Yes In sha allah

  19. raheema says:
    January 27, 2016 at 10:24 am

    Alhe v reethi… nxt part kn irakun

    1. thaadhi says:
      January 27, 2016 at 11:53 am

      Varah avahah In sha allah
      Thank you

  20. shaphy says:
    January 27, 2016 at 11:55 am

    Varah reethi vaahaka..waiting for da next part ???

    1. thaadhi says:
      January 28, 2016 at 8:25 am

      Thank You

  21. Elly says:
    January 27, 2016 at 6:04 pm

    Wow ??

    1. thaadhi says:
      January 28, 2016 at 8:25 am

      ThankYou

  22. nish says:
    January 27, 2016 at 9:43 pm

    V v reethi…best of luck…waitn for nxt prt

    1. thaadhi says:
      January 28, 2016 at 8:26 am

      Thank You

  23. Ream says:
    January 31, 2016 at 9:40 am

    Wow wow wowwww ????

  24. Rozy says:
    October 15, 2016 at 11:08 pm

    mi story ge huriha pate kiyan libeneka muge umeedhuga mi story kiyan feshi asluves vara reethi ingey.. kiya hithun kiyan eba 🙂 nice story
    Rozy

Comments are closed.

All Right Reserved!