މަންޝާގެ ލޮލުން ވިދަމުން ދިޔަ ކަރުނަތައް ހިންދަން މަސައްކަތް ކުރަމުން އަޒީމާ ކުރިމަތިލާން އެނބުރިލިއެވެ. އަޒީމްގެ ގަމީހުގެ ގިރުވާން ރީތިކޮށްލުމަށްފަހު ޑްރެސިންގް ޓޭބަލް މަތީ އޮތް އަތްދަބަސް މަންޝާގެ ކޮނޑުގައި އަޅުވަމުން އަޒީމާއެކީ އެ އެޕާޓްމަންޓުން ބޭރަށް ނުކުތެވެ. ދޮރު ތަޅުލުމަށްފަހު މަންޝާގެ ތަޅުދަނޑި ދަބަހަށް ލަމުން ސިޑިން ފޭބީ އަޒީމްގެ ފަހަތުންނެވެ. އެގޭ ދޮރު ކުރިމަތީގައި ޕާކްކޮށްފައިވާ އަޒީމްގެ ސައިކަލަށް ދެމީހުން އެރިއެވެ. އަޒީމްގެ މިސްރާބު ހުރީ އައި.ޖީ.އެމް.އެޗް އަށެވެ. މާލޭގެ ހަލަބޮލި މަގުތަކުން ދުއްވާފައި […]
“އާހް… ނޫންންންން…. ދޫކޮށްފެލަ…. ދޫކޮށްފެލަ…. މީ ކޮންފަދަ ބޮނޑޮ ކަމަށް…. މަ ދޫކޮށްފެލަ…..” އަޑުގެ ނެތްތަނަށް ހަޅޭއްލަވަމުން ނަވާރަ އަހަރުގެ ރޫހީ މަސައްކަތް ކުރަމުން ދިޔައީ އައްސާފައިވާ އޭނާގެ ދެއަތް މޮހާލެވޭތޯއެވެ. އެނދުގެ ދެފަރާތުގައިވާ ހޮޅިދަނޑީގައި ރޫހީގެ ދެއަތުގެ ކުޑަހުޅާ ހިސާބުންވަނީ އައްސާފައެވެ. ދެއަތުން ހޮޅިދަނޑީގައި ބާރަށް ހިފަހައްޓާލަމުން ރޫހީ ފުންމައިގެން ތެދުވެ އެނދުގައި އިށީނެވެ. އެނދުގެ ވަށައިގެން ތިބި މީހުންނާ ދިމާލަށް ނަޒަރު ހިންގާލިއެވެ. މޫނު މައްޗަށް ވެއްޓިފައި ހުރި އިސްތަށިތަކުގެ ނިވަލުން ރޫހީގެ ރުޅިވެރި […]
“އިރުވައި މޫސުމުގެ ދުވަސްތަކުގެ ތެރެއިން ދުވަހެއްގެ ހިތްފަސޭހަ ހަވީރެކެވެ. ކަނޑުމަޑެވެ. އިރުމަތީފަރާތުން ޖެހެމުންދިޔަ މަޑު ތެތްފިނި ވައިރޯޅިއަށް ގަސްގަހުގެ ފަތްތައް އިރުއިރުކޮޅާ ނަށާތީފެނެއެވެ. އޮއްސެމުންދިޔަ އިރުގެ މަންޒަރުތަކުން ހިތްފަސޭހަކަން ހޯދުމަށް ރަށުގެ ހުޅަނގުކޮޅުގައި ރީތިދޮންވެލިގަނޑު މަތީގައި ރީޝާ އިށީނދެލައިގެން އިނެވެ. ކައިރީގައި ކޮއްކޮ ރީމާ، ރީޝާގެ އިސްތަށިގަނޑާ ކުޅެލަ ކުޅެލާ ހުއްޓެވެވެ. ތަންކޮޅެއްދުރުގައި ރާޅުޖަހައި ފަށުގައި ސާދަ ފަނަރައިގެ އަންހެން ކުއްޖަކު ތެލިދޮންނަން އިނެވެ. އެކުއްޖާގެ ކައިރީގައި އެއްގަމުގައި ތިބި ކާޅުތައް އިރުއިރުކޮޅާ އެކުއްޖާއަށް އުދަނގު ކޮށްލާތީފެނެއެވެ. […]