އަހަރެމެން ދެމީހުންގެ ރުއިމަކަށް އެއްވެސް ބަދަލެއް އޭރުވެސް ނާދެއެވެ. ހިނދަކަށް ފަހު ހިނދެއް އަހަރެމެންގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަހަރެން ރޮމުން ރޮމުން މަންމަ އަތަށް ނަތީޖާ ޝީޓު ދިނީމެވެ. ދެވަނަ ސިކުންތުގައި މަންމަ ވެސް އަހަރެން ގައިގަ އާއި ޝީރީން ގައިގަ އެއްފަހަރާ ބައްދާލައިފައި ފެށީ ރޯށެވެ. ******************** އެޕިސޯޑް 4 “ދަރި.. ފުޅާ! މަންމަ މިއަދު ހާދަ.. އުފާ..ވެއްޖޭ!” ރޮމުން، ގިސްލަމުންކަހަލަ ގޮތަކަށް އަހަރެންގެ ގައިގައާއި ޝީރީންގެ ގައިގައި ބައްދައިގަނެގެން އޮވެ މަންމަ […]
“އަން.. ނޫޑްލްސް.. ބޭބީ ކޮޅު.. ހެހެ..” ޝީރީން އަހަރެންނަށް މަލާމާތް ކޮއްލަމުން ދޫ ނެރެލާފައި ބުންޏެވެ. “ދެން ހެވޭ!” އަހަރެންވެސް ދޫ ނެރެލަމުން މޫނަށް ގޮތެއް ހަދާލަމުން ބުނީމެވެ. ދެމީހުންވެސް އެމަޖާ ގަނޑުގައި ތިބެފައި ވަކިވީ ދެން އޮތް އެންމެ ފަހު އިމްތިޙާނަށް އޯލް ދަ ބެސްޓް ކިޔާފަ އެވެ. ******************** އެޕިސޯޑް 3 އޯލެވެލް އިމްތިޙާން ނިންމާފައި ޝީރީން ދިޔައިީ އޭނާގެ ރަށަށެވެ. އޭނަ ނެތުމުން އަހަރެން އުޅުނީ އަހަރެން އުޅުނީ އާވާރާ ވެގެން އުޅޭ […]
އަހަންނެކޭ އެއްވަރަށް ޝީރީން އަކީވެސް ކިޔެވުމަށް މޮޅު ކުއްޖެކެވެ. ދެމީހުންނަކީވެސް ހަމަ އެހާ ވާދަވެރި ދެމީހުންނަށް ވެއްޖެއެވެ. އެއްފަހަރު ޓެސްޓުން އޭނަ މަތީ މާކްސް ހޯދައިފިއްޔާއި ދެން އޮންނަ ފަހަރު މަތިން ހޯދާނީ އަހަރެންނެވެ. ނަމަވެސް ދުވަހަކުވެސް އޭނައާ މެދު ޙަސަދަވެރިކަމެއް އަހަރެން ނުބާއްވަމެވެ. އެއަށްވުރެ އޭނަ އަހަންނަށް ހިތްހެވެ. އެކަމުގެ ފަހަތުގައިވި ސިއްރެއް އޭރަކު އަހަރެންގެ ސިކުނޑިއަކަށް ނުވިސްނުނެވެ. ******************** އެޕިސޯޑް 2 ދުވަސްތަށް މާޒިއާ އެކުވަމުން ގޮސް ޖީސީ އައިސް ދޮރުގައި ޓަކި ދީފިއެވެ. […]
“ޠަވާއިފުންގެ” ލޮލުން ލަދުވެތިކަން އަހަރެން ދުށީމެވެ. ފަރުދާވެރިންގެ ލޮލުން ޝަހުވަތްތެރިކަން އަހަރެން ދުށީމެވެ. ހެދުން ލައިގެން، ބަރަހަނާކޮށް ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ހެދުމެއް ނުލައި، ނިވައިވެގެން ތިބި މީހުން ވެސް އަހަރެން ދުށީމެވެ. ފާފައިން ކަޅިވެފައިވާ މީހުން ރޭގަނޑު ތަކުގައި ގިސްލައި ރުއި ތަން އަހަރެން ދުށީމެވެ. ހެޔޮ މީހަކީ ކާކު ހެއްޔެވެ؟ ނުބައި މީހަކީ ކާކު ހެއްޔެވެ؟ މޮޅަށް ދެނެވޮޑިގެންވަނީ މާތްރަސްކަލާނގެ އެވެ. އެހެނީ އިންސާނުން ހަމަ އެކަނި ލޯބިވަނީ ހެޔޮ މީހުން […]