Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވެ ދިޔަޔަސް (3)

Ya ee sh Level 1
May 5, 2020 3 Mins Read
4 Comments

“އަން.. ނޫޑްލްސް.. ބޭބީ ކޮޅު.. ހެހެ..” ޝީރީން އަހަރެންނަށް މަލާމާތް ކޮއްލަމުން ދޫ ނެރެލާފައި ބުންޏެވެ. “ދެން ހެވޭ!” އަހަރެންވެސް ދޫ ނެރެލަމުން މޫނަށް ގޮތެއް ހަދާލަމުން ބުނީމެވެ.
ދެމީހުންވެސް އެމަޖާ ގަނޑުގައި ތިބެފައި ވަކިވީ ދެން އޮތް އެންމެ ފަހު އިމްތިޙާނަށް އޯލް ދަ ބެސްޓް ކިޔާފަ އެވެ.

********************

އެޕިސޯޑް 3
އޯލެވެލް އިމްތިޙާން ނިންމާފައި ޝީރީން ދިޔައިީ އޭނާގެ ރަށަށެވެ. އޭނަ ނެތުމުން އަހަރެން އުޅުނީ އަހަރެން އުޅުނީ އާވާރާ ވެގެން އުޅޭ މީހަކު އުޅޭ ހެންނެވެ. ދުވާލުދާ ހަތަރު ދަމު ހެން އަހަންނަށް ވިސްނެނީ އޭނަޔާ މެދުއެވެ. އޭނަގެ އެފަރި އަޑު އަހަރެންގެ އަޑުއިވުމުގެ ޙިއްސަށް ނީވިއްޖެއްޔާ އެދުވަސް ދާނީ އެންމެހާ ފޫހިކަމާއި ކަންނެތް ކަމާ އެކީ އެވެ. އެނަޞީބުވެސް ގިނަފަހަރު އަހަރެންގެ އަތުގައި ނުހިފައެވެ. ވާނީ ވެސް އެހެންތާއެވެ. ޝީރީން އަށް ގުޅެނީ ދެދުވަހުން އެއް ދުވަހު ނޫނީ ތިން ދުވަހުން އެއްދުވަހުއެވެ. ރަށުގެ ބޮޑު ފިހާރައެއްގެ ކޭޝިއަރު ކަން ކުރާތީއެވެ. މާ ބޮޑަށް ބިޒީ ވީމައެވެ. އަހަރެންގެ ވެސް ވަކި ބިޒީކަން ކުޑައެއްނޫނެވެ. އަހަރެންވެސް މާލޭގެ ބުކްޝޮޕެއްގައި މަސައްކަތް ކުރަމުން މިދަނީ 10 އަހަރު ދުވަހު ކުރި މަސައްކަތުގެ ނަތީޖާ އަތަށް އަރަންދެންނެވެ. ނަޞީބަކުން އެދުވަސް އަންނާކަށް މާގިނަ ދުވަހެއް ނެތެވެ.
ކޮންމެއަކަސް އެދުވަސް އައިސް ޖެހިއްޖެއެވެ. އަހަރެން ހުރީ ނަތިޖާ ބަލައި ދާން ތައްޔާރުވާށެވެ. ދާން ޖެހެނީ ސްކޫލަށް ކަމުން ތަންކޮޅެއް ތިއްތި ވެލާނަމޭ އެދުވަހު ހިތުގަ އޮތީމައެވެ. ބޮލުގައި ރީތި ސްޓައިލަކަށް ފުނާ އަޅާ ބޮޑީ ސްޕްރޭ ފުޅި ނަގާ އަތަށް ހެޔޮވަރު ކޮއްލި ތަނާ ކުއްލި އަކަށް ކޮޓަރި ދޮރު ހުޅުވުނެވެ. އަހަރެން ހީކުރީ މަންމަ ކަމަށެވެ. ލޯގަނޑުން ދޮރާ ދިމާލަށް ބަލައިލި އިރު ހުރީ މަންމަ އެއް ނޫނެވެ. މޫނު ބުރުގާ އަޅައިގެން ހުރި އަންހެނެކެވެ. އަހަރެންނަށް ހީވި ހީވުމެއް ކަމަށް ހީކޮށް ދޮރާ ވީ ފަރާތަށް އެނބުރިލީމެވެ. ނޫނެކެވެ. އެއީ ހަމަ އަސްލެވެ. ހުއްދަ އަހާލުމެއް ނެތި ވަދެގެން އައިސް ހުއްޓުނީ އަހަރެންގެ ކައިރިއަށެވެ. އަހަރެން ސިހުނު ވަރުން ފަހަތަށް ޖެހިލީމެވެ.
“ކާކު ހޯދަންތޯ ތި އައީ؟” ނުތަނަވަސް ވެފައިވާ އަހަރެން ފާޑަކަށް އެމީހާއާ ދިމާލަށް ބަލަން ހުރެފައި އެހީމެވެ. ” މުޙައްމަދު ޔަލްމާޒް ހޯދަން މިއައީ.. ތީތޯ ޔަލްމާޒަކީ؟” ސާފު ސާދާ ރީތި އަޑެކެވެ. “އާނ! މީ ޔަލްމާޒަކީ.. ކިހިނެއްތޯވީ؟” ޙައިރާންވެ ހުރެ އަހަރެން ބުނީމެވެ. ނުދަންނަ މީހަކު އެފަދަ ނުބީރައްޓެހި ގޮތަކަށް، “އަހާލުމެއް ކަހާލުމެއް” ނެތި އައިސް އަހަރެންގެ ކޮޓަރި އަށް ވަދެ، އަހަރެންގެ ފުރިހަމަ ނަމުން މުޚާތަބު ކުރުމުންނެވެ.
“ކަލޭ އަހަރެން ފިރިމީހާ ކިޑްނޭޕް ކޮށް ރަޙުމު ކުޑަ ގޮތަކަށް މަރާލީމަ އަހަރެން މިއައީ.. އަދި އަހައިފި އެއްނު ކިހިނެއްހޭވީ.. މަގޭ މިހާރު ފުލުހުންނަށްވެސް ގުޅާފިމޭ!..” ހަރުކަށި ރާގެއްގައި އަޑަށް ބާރުލާފައި އެމީހަކު ބުންޏެވެ. “ވަޓް؟.. އަހަރެން.. ތިކަ.. ހަލަ ކަމެއް.. ނުވެސް.. ކުރަން!” ފާޑަކަށް ބިރުގެންފައި ހުރުމުން ހުއްޓެމުން އަޅައިގަންނަމުން އަހަރެން ބުނީމެވެ. “އެހެން ނުވާނެ! ކަލޭތީ އޭނަގެ ޤާތިލަކީ!” އޭނާގެ އަޑު ގަދަވިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފެށީ ހޭށޭވެ. އަހަރެން އިތުރަށް ބިރުގަތެވެ. އޭނާ މަޑުމަޑުން އަޅާފައިވާ މޫނު ނަގަން ފެށިއެެވެ. އަހަރެން ހުރީ ލިބުނު ސިހުމުގައި ގަނޑުވެފަ ކަހަލަ ގޮތަކަށެވެ.
“ސަޕްރާއިޒް!” މޫނު ނަގައިފައި އެމީހަކު ހެމުން ބުންޏެވެ. އަހަރެން ހުރީ ހަމަ ރަނގަޅަށް ވެސް ކަޑަވެފައެވެ. ފާޑަކަށް ރުޅިވެސް އައެވެ. “ރީން ގަނޑާ!..” ތަންކޮޅެއް ބާރަށް އަހަންނަށް ހަޅޭއް ލަވައި ގަނެވުނެވެ. އޭރުވެސް ޝީރީންގެ ހިނިގަނޑު މައިތިރި ނުވެއެވެ. “އޯއެމްޖީ! މަ ހިޔެއް ނުކުރަން މާޒް އެހާ ސީރިޔަސް ވާނެ ކަމަކަށް! މަ ހީކުރީ އެންމެ ފުރަތަމަ ލަފްޒުންވެސް މާޒް އަށް އަހަރެންގެ އަޑު ފާހަގަވެ އަހަރެންގެ ޕްލޭން ފެއިލްވާނެ ކަމަށް!” ހުނުން މައިތިިރި ކުރަމުން ޝީރީން ވާހަކަ ދެއްކިއެވެ. “މަ ހިޔެއް ނުކުރާނެ ދޯ ރީން ރިޒަލްޓް ބަލައޭ ކިޔާފަ މާލެ އަންނާނެ ކަމަކަށް.. ފުރަތަމަ ވެސް ހީވިޔޭ ދަންނަ އަޑެއް ހެން.. އެކަމަކު ވަކި މީހެއް ކަމެއް ސިކުނޑި އަކަށް ނަގައެއް ނުގަނެވުނު!” އަހަރެން ރުޅި ގަނޑު މައިތިރި ކުރަމުން ވާހަކަ ދެއްކީމެވެ. “އެނިވޭސް.. ކޮން އިރަކު ރީން ބުރުގާ އެޅީ؟” ޝީރީންއަށް ބަލައިލަމުން އަހަރެން ބުނީމެވެ. “ހަމަ މިއަދު” ޝީރީންގެ ޖަވާބު ކުރުވެފައި އަވަހެވެ. “މިއަދު މާ ޚާއްސަ ދުވަހަކީތަ؟” އަހަރެން ލޯގަނޑާ ދިމާލަށް އެނބުރެމުން ޝީރީން ކުރެން އެހީމެވެ. “އާނ! މިއަދު މީ އަހަރެން އެންމެ ފުރަތަމަ ހިނގަން ފެށި ދުވަހޯ.. މި ބުނީ މީގެ 14 ވަރަކަށް އަހަރު ކުރިން އަހަރެން ކުޑައިރު ހިނގަން ފެށި ދުވަހޭ! އެހެންވެ މަންމަގެ ރިކުއެސްޓަކަށް ބުރުގާ އެޅީ! ހަޑީތަ؟” ޝީރީން އަހަންނަށް ބުރުގާ އެޅި ސަބަބު ކިޔާދީފައި ސުވާލެއް އެއްލިއެވެ. “ނޫނޭ.. ކުރިއަށް ވުރެ މާ ރީތި!” ޝީރީން އަށް ރަނގަޅަށް ލޯގަނޑުން ބަލައިލަމުން އަހަރެން ބުނީމެވެ. ޙަޤީޤަތުގައިވެސް ޝީރީން އެހާ ޗާލެވެ. ގަޔަށް ދޫ ކަނޑު ނޫ ކުލައިގެ ދިގު ހެދުމަކާއި ކަޅު ޝޯލްއެއްގައި ޝީރީން ފެންނަލެއް އެހާ ހިތް ގައިމެވެ. ޝޯލް އަޅާފަ ހުރި ސްޓައިލް ހުރީ ޒަމާނާ އެއްގޮތަށެވެ. ނަމަވެސް އަޅާފަ ހުރީ ކުރިމައްޗާއި ފަހަތަށް ކުޑަކޮށް ކަން ބޮޑުކޮށެވެ. މޫނުމަތި އުޖާލާވެފައި ޖައްސާފަ ހުރި ލުއި މޭކަޕުން އިތުރު ދިރުމެއް އެމޫނަށް ގެނެސްދެއެވެ.
“ދާކަށް ނުވޭތަ؟ މިހާރުވެސް ތަންކޮޅެއް ލަސް ވެއްޖެ.. ހާދަ ލަހޭ ދޯ މީނަ ތައްޔާރު ވާލެއް!” ދިމާކުރާ ރާގެއްގައި ޝީރިން ބުންޏެވެ. “ސާބަސް! މި ނިމުނީ!” ގަޔަށް ބޮޑީސްޕްރޭ ބުރުވާލާފައި އެނބުރިފައި އަހަރެން ބުނީމެވެ. ދެމީހުން އެކުގައި ހިނގައިގަތީ ސްކޫލާ ދިމާލަށެވެ. ހިނގައި ގަތް އިރުވެސް އަހަރެންގެ ހިތް ބާރަށް ތެޅެއެވެ. ޝީރީންގެ ޙާލެއް އަހަންނަކަށް ނޭނގެއެވެ. ނަމަވެސް އޭނައަށް ބަލައި ލުމުން އޭނާވެސް ހާސްވެފައި ހުރި މިންވަރު މޫނުމަތިން އެކަނި ވެސް ދޭހަކޮށްދެއެވެ.
އޭގެ ބައިގަޑިއިރު ފަހެވެ. އަހަރެންނާއި ޝީރީން އައިސް އަހަރެމެން ގެއަށް ވަން އިރު ދެމީހުންނަށްވެސް ތިބީ ރޮވިފައެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެވެ؟ އަހަރެމެން ކުރި މަސައްކަތުގެ ނަތިޖާ މިގޮތަށް ނިކުމެދާނެ ކަމަކަށް އެކަކުވެސް ހިޔެއް ނުކުރެއެވެ. ސޯފާ އަށް ވެއްޓި ގަނެ ދެމީހުންވެސް އެއްފަހަރާ ބަޑި ފަޅައިގެން ދިޔައެވެ. އެއަޑަށް ވަޒަނެއް އަންނަހާ ބާރުމިނުގައި އައިސް ދެމީހުންގެ ކުރިމަތީ ހުއްޓުނީ އަހަރެންގެ މަންމައެވެ. އެފަކީރު ހުރީ ހާސްވެ ހަދާނެގޮތް ނޭނގިފައެވެ. ވާނުވާއެއް ނޭނގިފައެވެ. އަހަރެމެން ދެމީހުންގެ ރުއިމަކަށް އެއްވެސް ބަދަލެއް އޭރުވެސް ނާދެއެވެ. ހިނދަކަށް ފަހު ހިނދެއް އަހަރެމެންގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަހަރެން ރޮމުން ރޮމުން މަންމަ އަތަށް ނަތީޖާ ޝީޓު ދިނީމެވެ. ދެވަނަ ސިކުންތުގައި މަންމަ ވެސް އަހަރެން ގައިގަ އާއި ޝީރީން ގައިގަ އެއްފަހަރާ ބައްދާލައިފައި ފެށީ ރޯށެވެ.

…. ނުނިމޭ ….

Share Article

Follow Me Written By

Ya ee sh

Level 1

Other Articles

Previous

އެކުއްޖާ 4

Next

ސިހުރު 1

Next
May 5, 2020

ސިހުރު 1

Previews
May 5, 2020

އެކުއްޖާ 4

4 Comments!

  1. Shaa? says:
    May 6, 2020 at 4:31 am

    Hahhahaa very funny?? I think results ragalhu veema hen ronee?
    When next part???? Curiously waiting for next part?

  2. Ya ee sh says:
    May 6, 2020 at 12:41 pm

    Vedhaane hama goas veema kamah ves.. ehennu.. thank u for this lovely comment and endless support???

  3. Mint says:
    May 6, 2020 at 7:13 pm

    V reethi mi part vx
    I think hama result Rangalhu vee a kamah manma bahdaalaanee de kudhinge gaigaa

    1. Ya ee sh says:
      May 6, 2020 at 10:08 pm

      Thanks Mint for this lovely comment?? result dhah vegen dhera vegen vx bahdhaalafaane ehnoontho??

Comments are closed.


All Right Reserved!