Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ވަކިވެ ދިޔަޔަސް (4)

Ya ee sh Level 1
May 8, 2020 3 Mins Read
13 Comments

އަހަރެމެން ދެމީހުންގެ ރުއިމަކަށް އެއްވެސް ބަދަލެއް އޭރުވެސް ނާދެއެވެ. ހިނދަކަށް ފަހު ހިނދެއް އަހަރެމެންގެ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. އަހަރެން ރޮމުން ރޮމުން މަންމަ އަތަށް ނަތީޖާ ޝީޓު ދިނީމެވެ. ދެވަނަ ސިކުންތުގައި މަންމަ ވެސް އަހަރެން ގައިގަ އާއި ޝީރީން ގައިގަ އެއްފަހަރާ ބައްދާލައިފައި ފެށީ ރޯށެވެ.

********************

އެޕިސޯޑް 4

“ދަރި.. ފުޅާ! މަންމަ މިއަދު ހާދަ.. އުފާ..ވެއްޖޭ!” ރޮމުން، ގިސްލަމުންކަހަލަ ގޮތަކަށް އަހަރެންގެ ގައިގައާއި ޝީރީންގެ ގައިގައި ބައްދައިގަނެގެން އޮވެ މަންމަ ބުންޏެވެ. އޭރުވެސް އަހަރެންނާއި ޝީރީން އަށް ރޮވެއެވެ. އުފަލުންނެވެ. ދެމީހުންނަށްވެސް ހުރިހާ މާއްދާއަކުން އޭ ސްޓާރ ލިބިފައިވާތީއެވެ. މިއީ އަހަރެމެން ދެމީހުން މިދިޔަ 10 އަހަރު ދުވަހުގެ ތެރޭގައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. މިހާ ފޮނިކޮށް ނިކުންނާނެ ކަމަށް އުއްމީދުވެސް ނުކުރަމެވެ.
“މަންމާ! އަދި އެބައޮތޭ މިއަށްވުރެ އުފާވެރި ޚަބަރެއް!” ކަރުނަތަށް ކަނާތުގެ ނުފުށުން ފުހެލަމުން މަންމަގެ ގައިން ދޫކޮށްލުމަށްފަހު އަހަރެން ބުނީމެވެ. “އަހަރެމެން ދެމީހުންނަށްވެސް ލިބުނީ މުޅި ރާއްޖޭން ދެވަނަ! އަދި އެއަށްވުރެ އުފާވެރި ކަމަކީ އަހަރެމެން ދެމީހުންގެވެސް އޭލެވެލް ފީ ދައްކައިދެނީ ސަރުކާރުން! ބޭނުން ސްކޫލަކުން ކިޔެވުމުގެ ފުރުޞަތު އޮތީވެސް!” އުފަލުން ރޮވޭ ޙާލު ޝީރީން އަތުގަ ހިފަހައްޓާލައިގެން ހުރެ އަހަރެން ބުނީމެވެ. “އަލްޙަމްދުﷲ! ހުރިހާ ޝުކުރެއް ﷲ އަށް!” އުފަލުން ކަރުނަތަށް ފުހެމުން އަހަރެންގެ މަންމަ ބުންޏެވެ.
އެރެއެވެ. އަހަރެންނާއި ޝީރީން ތިބީ ރެސްޓޯރެންޓެއްގައި ކޮފީއެއް ބޯލާށެވެ. އަހަރެމެން ތިބި ރެސްޓޯރަންޓަކީ ހިތްގައިމު ރީތި ރެސްޓޯރެންޓެކެވެ. އެތަނުގެ މާޙައުލަށް ވެރިވެފައިވަނީ ހިތްތަކަށް އަރާމު ގެނުވައިދޭ ލުއި މިއުޒިކެއްގެ އަޑެވެ. އެއަޑަށް އިތުރު ދިރުމެއް ގެނެސްދެނީ މާޙައުލުގައި ވަކި ހިއްޕާލާފައިވާ އޫ ސަމްސަލުގެ އަޑުންނެވެ.
“ސޯ، ކޮން ސްކޫލަކުން ކިޔަވަން ގަސްދު ކުރަނީ؟” ތަނަށް ވެރިވެފައިވާ މަސްތީ ހިތްގައިމުކަން އިތުރަށް ފުރިހަމަ ކުރުވީ ޝީރީންގެ ތޫލި އަޑުންނެވެ. “މްމްމް ކޮން ސްކޫލެއް ރަނގަޅީ؟ އައި މީން ތަންކޮޅެއް ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅީ؟” ޝީރީން ކުރި ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންވެސް ކޮށްލިީ ސުވާލެކެވެ. “މަ އަޑު އަހަން ވިލާ ކޮލެޖް ވަރަށް ފައްކަލޭ.. ރީންގެ ރައްޓެއްސެއްގެ ބޭބެއެއްވެސް ކިޔެވި އެތަނުން.. ވަރަށް ސަޅިއޭ ބުންޏޯ ހުރިހާ ކަމެއްވެސް..” ކޮފީތަށިން ކޯވަރެއް ބޯލަމުން ޝީރީން ޖަވާބު ދިނެެވެ. “އެކަމު އަހަރެން މިއުޅޭ ބުކްޝޮޕްގަ އުޅޭ އަނާން ބުނި އޭނަ ކޮއްކޮ މިހާރު ކިޔަވަނީ އަހްމަދިއްޔާ ސްކޫލުންނޭ.. ހަމަ އެތަންވެސް ވަރަށް ފައްކަލޯ.. ދެން ކޮންތަނެއް ޚިޔާރު ކުރާނީ؟” ފިކުރު ބޮޑުވެފައިވާ ޙާލު އަހަރެން ޝީރީން ކުރެން އެހީމެވެ. “ހިނގާ އަހްމަދިއްޔާ ޚިޔާރު ކުރަމާ! އޭރުން ތިބޭނީވެސް އަންހެން ފިރިހެން ވަކިން! ސަޅިވާނެ.. މިހާރު މާ ގަޓު އުޅޭ ފިރިހެން ދަރިއްނެއް ކުލާހުގަ ތިބެގެން ޖެއްސުމެއް ނުކުރާނެއެއްނު ގައިމު!” ޝީރީންގެ ވާހަކަތަށް ހުރި ގޮތުން ހީވީ ދުވަހަކުވެސް ފިރިހެނަކާ އަނަގައިން ނުބުނަން ހުވާ ކޮށްފަ ހުރި ހެންނެވެ. “ވަޓް؟ އަންހެން ފިރިހެން ވަކިންނޭ؟” ކަންބޮޑުވާ ޙާލު އަހަރެން އެހީމެވެ. “އާނ! މަ އަޑު އެހީމޭ އެތާ އަންހެން ފިރިހެން ވަކި ކޮށްފައޭ ކިޔަވަދެނީ ބުނާ އަޑު! ސަޅިއެއްނު؟” ޝީރީން ވަރަށް ހެވިލާފައި ބުންޏެވެ. “އާނ ވަރަށް ސަޅި! އަދިވެސް ރީން އުފާތަ ވަނީ؟ އަހަންނަކަށް ނުހުރެވޭނެ ދެން އިތުރަކަށް ރީންއާ ދުރެއްގަ އެއް.. މިހާރު ލައްކަ ދުވަހު ދުރުގަ ހުރެވިއްޖެ” ނުތަނަވަސްވެފައި އަހަންނަށް ބުނެވުނެވެ. “އޭނ؟” ޝީރީން ހައިރާންވެފައި އިނދެ ބުނެލިއެވެ. “ޝިޓް! މި ބުނެވުނީ ކީކޭ!” އަހަރެން ހިތާ ހިތުން އަމިއްލަ ނަފްސަށް އެއްޗެހި ކީމެވެ. ނުބުނަން ޢަޒުމު ކަނޑައަޅައިގެން ހުރި ބަސްތަށް އަނގައިން ބޭރު ކުރެވުމުންނެވެ. “އެއްޗެކޭ ނޫން!” ބުނެވުނު ބަސް އަނބުރާ ގެންނަ ޙާލު އޮޅުވާލަން އަހަރެން މަސައްކަތް ކުރީމެވެ. ނަމަވެސް އެކަންވީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމަކަށެވެ. ޝީރީން ކުރުނުކުރުމުން އެންމެ ފަހުން ހަތިޔާރު ބަހައްޓާފައި ކަށިން ހިތްވަރު ނެރެމުން އަހަރެން ފެށީމެވެ.
“އާނ ރީން! އަހަންނަށް ރީިން ދެކެ ލޯބި ވެވިއްޖެ! ވަރަށް ބޮޑަށްވެސް! ވަރަށް ވަރަށް ބޮޑަށްވެސް! އެކަމަކު ރީން! މީ އަހަރެން ގަޞްދުގަ ކުރި ކަމެއް ނޫން! އަހަންނަށް މިއަދު ރީން ފެނުމުން ވީ ގޮތެއްވެސް ނޭނގޭ! މީހާ އެއްކޮށް ފިނިވެ ހިތް ބާރަށް ތެޅެން ފެށީ! މީ ކުރިން އަހަންނަށް ނުވާ ގޮތެއް! ރީން ރަށަށް ދިޔަ ފަހުންް އަހަރެން ރީން މަތިން މާ ބޮޑަށް މިސް ވާން ފެށި.. ފުރަތަމަ އަހަރެން ހީކުރީ އެހާ އެއްކޮށް އުޅެފަ ދިޔައިމަ ކަމަށް އެހެން އެވަނީ.. އެކަމަކު ސައުވީސް ގަޑިއިރު ވިސްނެނީ ރީންއާ މެދު.. އަބަދު ރީންގެ ކޯލަކަށް ނުވަތަ މެސެޖަކަށް އިންތިޒާރު ކުރެވޭ..” އަހަރެންގެ ވާހަކަ ކުރިއަށް ދިޔައިރު ރެސްޓޯރެންޓުގައި ޖަހާފައި ހުރި ލޯބީގެ ލަވައިން އިތުރު ހިތްވަރެއް ލިބި “ލޯބީގެ” ޖޯޝެއް އަހަންނަށް ލިބިގެން ދިޔައެވެ.
“މި ވާހަކަތަށް އަހަންނާއެކު ބުކްޝޮޕްގަ އުޅޭ އަނާން އަށް ކިޔާދިނިން.. އޭނަ ބުނީ މިއަށޭ ލޯބި ކިޔަނީ! ރީން ސީރިއަސްލީ މިއަދު އަހަންނަށްވެސް މީ ލޯބިކަން އެނގިއްޖެ.. އެކަމަކު މި ވާހަކަ އަހަރެން އުޅުނީ ސިއްރު ކުރަން.. ދެމީހުންގެ ދޭތެރޭގަ މިއޮށް ރަޙުމަތްތެރި ކަމުގެ ގުޅުން ނިމިދާނެތީ! ބަޓް އައި ކުޑުންޓް.. އައިމް ސޮރީ ބަޓް އައި ލަވް ޔޫ! ދެން މިކަން އޮތީ ރީންގެ އަތް މަތީގަ!”
އަހަރެންގެ މި “އިމޯޝަނަލް” ވާހަކަ ކޮޅު ނިމުން އިރު ޝީރީންގެ އެބޮޑު ހުދު ދެލޮލުން ކަރުނަ ހިލިއްޖެއެވެ. އަހަރެން ހީކުރީ އަހަރެންގެ ވާހަކަ ނިމޭ އިރަށް ޝީރީން އަހަންނާ ދިމާލަށް އެއްޗެހި ކިޔާފައި އެތަނުން ނުކުމެގެން ދާނެކަމަށެވެ. ނަމަވެސް ކަންތަށްވީ ދިމާ އިދި ކޮޅަށެވެ.
”މާޒް.. އައި ލަވް ޔޫ ޓޫ! އަހަރެންވެސް މާޒް ދެކެ އިންތިހާ އަށް ލޯބިވަން.. ސްކޫލުން ފެނުނު ފުރަތަމަ ދުވަހުންވެސް އަހަރެންގެ ހިތް މާޒްއަށް ހަދިޔާ ކުރެވުނު.. މާޒް ޔޫ އާރ ޔުނިކް.. ހޭންޑްސަމް.. އަހަރެންވެސް މިކަން ސިއްރުކުރީ ހަަމަ ރަޙްމަތްތެރި ކަމުގެ ގުޅުން ކުރިއަށް ގެންދަން..” އުފަލުން ރޮވޭ ހާލު ޝީރީން އަނގައިން ނުކުތީއެ އަނގައިން އަހަރެން އެންމެ އަހަން ބޭނުންވި ލަފްޒުތަކެވެ.
“އެކަމަކު…” ކުރެހިފައިވާ އަޑަކުން ޝީރީން ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަމަވެސް އެވާހަކަ އޭނައަކަށް ކުރިއަކަށް ނުގެންދެވުނެވެ. އަޑުބެދި ގިސްލެވޭ ގޮތް ވުމުންނެވެ. މޫނުމަތިވެސް ފެންނަނީ މިލާ މޯޅި ވެފައިވާ މަލެއްހެންނެވެ. އެފަދަ މަންޒަރެއް ބަލަން އަހަރެންގެ ދެލޮލަކަށް ކުޅަދާނައެއް ނުވިއެވެ. އެކަމަކު ކިހިނެއްވީހޭ ވެސް އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ސަބަބު ޝީރީންގެ ފުށުން އިނގެން ކެތް މަދު ވެފައިވާ ޙާލުއެވެ.

…. ނުނިމޭ ….

Share Article

Follow Me Written By

Ya ee sh

Level 1

Other Articles

Previous

އިންތިޒާރު 4

Next

salanghae….(4)

Next
May 8, 2020

salanghae….(4)

Previews
May 8, 2020

އިންތިޒާރު 4

13 Comments!

  1. Yan♥️ says:
    May 8, 2020 at 2:30 pm

    Varah reethi Masha Allah

    1. Ya ee sh says:
      May 8, 2020 at 2:50 pm

      ThanQ Yan for this lovely comment.. means a lot❤??

  2. Shaa? says:
    May 8, 2020 at 8:08 pm

    Hurihaa subjects A* libuneema libeni raahjein 1st ehnu???? By the way story is wonderful ??? Mashaa Allah. Sheereen keekey bunnan baa euleni?? waiting for next part

    1. Anonymous says:
      May 9, 2020 at 11:46 am

      You!!!!! Mind your language
      Konme vanaeh dhinass eyyi writer ge amihla kameh

    2. Fan of ya ee sh says:
      May 9, 2020 at 12:25 pm

      Thi uleni esfeenaa jahsaakahnu dhen comment kuraanikameh nei mi storyah SHAA

    3. Fan of YA EE SH says:
      May 9, 2020 at 12:28 pm

      Thi uleni mi storyah esfeenaa jahsaakanu SHAA
      Dhen comment kuraani kamen nei

    4. Ya ee sh says:
      May 9, 2020 at 2:11 pm

      Anonymous pls calm down??.. alhugan’du kiyuntheringe komme faadu kiyumeh vx heyo hithun balaigannaanan?
      Kiyunthringe medhugai zuvaabu nukuravvaa.. pls☺?
      Love ya alll

    5. Ya ee sh says:
      May 10, 2020 at 1:59 am

      Fan of ya ee sh… pls as i said before don’t argue.. i will accept all the comments, no matter if its bad or good.. pls calm down everyone..
      Love ur endless support???

  3. Ya ee sh says:
    May 9, 2020 at 12:35 am

    Hama 2nd vx libidhaane.. ehen noon tho?
    Thanks for the lovely comment and endless support??

  4. LoL says:
    May 9, 2020 at 9:52 am

    Thedeh 1st libeyni hurihaa ehchakun fail veemayey???

    1. Ya ee sh says:
      May 9, 2020 at 2:13 pm

      Lol???

  5. Anonymous says:
    May 12, 2020 at 1:13 pm

    When next part

    1. Ya ee sh says:
      May 12, 2020 at 3:35 pm

      I submitted it and is pending now.. sorry for late upload.. i have been really busy?☺

Comments are closed.


All Right Reserved!