Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މި ދެލޯ ފުހެލަ ދޭށޭ ލޯބިން 1

vanteKTH Level 210 Stories100 Comments
April 28, 2020 3 Mins Read
2 Comments

އަންހެންކުއްޖެކެވެ.އިސްތަށިގަނޑުވަނީ ހޭވިފައެވެ.ލައިގެން އިން ހެދުމުގައި ލޭގެ އަސަރު ހުއްޓެވެ.ސާރާއަށް ހޭލެވުނީ ބޮލަށް ތޫނު ތަދެއްއެރުމުންނެވެ.އިދެވުނީ ކޮންތާކުކަމެއްނޭގެއެވެ.ވަރަށް ވެސް އަނދިރި އެވެ.ގޮނޑިއަކާއި ލާ ސާރާ ބަދެފައި ވާއިރު މީހެއްގެ ހިލަމެއްނުވާތާގައި ދިރޭއެއެއްޗެއްގެ ހިލަމެއްވެސް ނުވެއެވެ.މަޑުމަޑުން ސާރާގެ ލޮލުގައި ހުރި ފުސްކަން ފިލާ ބޮލަށް އެރި ތޫނު ތަދު ފިލާހިގައްޖެއެވެ. މަޑުމަޑުން އިރުކޮޅަކު އިނުމަށް ފަހު ސާރާ ސަލާމަތަށް އެދި ހަޅޭއްލަވައި ގަތެވެ.އެވަގުތު އައިނައި ތަނެއްނޭގި ހޫރެމުން އައި ވަޅި ދިޔައީ ސާރާ  ގެ ވާތު ކޮނޑުގައި ކޫތި ލާފައެވެ.އެވަގުތު ވީތަދުން ސާރާ ގެ ދެލޯ ހޫނު ކަރުނައިން ފުރިއްޖެއެވެ.

ކުއްލިއަކަށް އިވެންފެށީ ތުން ގޮއްވާ އަޑެވެ.އެއަޑު ކައިރިވަމުން އަންނަކަން  އިހުސާސް ވިއެވެ. ” ދޫންޏާ!ުނުރޮއި ނުރޮއި.ތިހާ ރީތި ޕަރީ އެއްގެ ލޮލުން ކަރުނަ އެއްއައިސްގެންނުވާނެ ދޯ!ޝާންޓެ އެހެން ބުނީމަވެސް އަހަރެން މިއީ މިހާ ރީތި ކުއަޖެއް ކަމަކަށް ޤަބޫލު ނުކުރަން.” ސާރާގެ މޫނުމަތީގައި ފިރުމާލަމުން އެމީހަކު ބުނެލިއެވެ. ސާރާ  އެވެގުތު އަޑުގެ ނަތްތަނަށް ހަޅޭލަވައި ގަންނަށް ބޭނުންވިއެވެ.ފަހެ ބޭނުނުންވާނީ ކީވެ ހެއްޔެވެ؟ ސާރާ އަކީ ހަމަ އެންމެ މީހެއްގެ ހައްޤެކެވެ. ސާރާ ގެ މުޅި ހަށިގަނޑަކީވެސް ހަމަ އެންމެ މީހެއްގެ ހައްގެކެވެ.އެހެންނަމަވެސް އަނގަމަތީގައި ބަނދެފައިވާ ފޮތިގަނޑުން ސާރާއަކަށް އެކަމެއްނުކުރެވުނެވެ. އައި ފިރިހެން މީހާގެ ސިފަ ބުނެދެން ނޭނގެނީ މޫނުމަތީގައި  އަޅާފައި އިން ފޮތިގަޑުންނެވެ. އެހެންނަމަވެސް އަޑުން އެއީ ފިރިހެނެއްކަން ދޭހަވެއެވެ. ސާރާގެ ބޮޑު ދެލޮލުން ކަރުނައިގެ މުތީތައް ފައިބަންފެށިއެވެ.

“ޝް ޝް ޝް ! އަސްލު މިއައީ ސާރާއަށް ގޮވާނުލާ ނުހުރެވުނީމަ. ސާރާ ބަސްއަހައިގެން އިންނައްޗޭ އިނގޭ. ޝާއިފް ބުނިހާ ގޮތެއް ހެދިގެން އުޅޭޭއިރު މިތާވެސް އުޅެވޭނެއްނުދޯ!އެނީވޭސް އިޓް ވޯޒް ނައިސް ޓު ސީޔޫ ބިއުޓިފުލް ” މިހެން ބުނެލުމަށް ފަހު  ފިރިހެން މީހާ ގޮސްފިއެވެ. ސާރާ  އަނެއްކާވެސް އެކަނިވީއެވެ.އެހެން ނަމަވެސް ވިސްނާލަން ވަގުތުކޮޅެއް ސާރާއަށް ލިބުނެވެ.

ސާރާއާއި ޝާއިފް އާއި ދިމާވީ ގުރޭޑް 11 ގައި ދެމީހުންވެސް އުޅެނި ކޮށެވެ.ޝާއިފް ސާރާ  ކައިރީރައްޓެހިވާން އެހީ ދެމީހުން އެކަކު އަނެކަކު ދަންނަތާ 2 ވަރަކަށް މަސް ފަހުންނެވެ. ސާރާ  ޝާއިފް އަށް ޖަވާބެއްދޭން ފަސް ޖެހުނީ އެހާ އަވަހށް ލޯބިވެވިދާނެ ކަމަށް ސާރާ ގެ ޒަމީރު ޤަބޫލު ނުކުރުމުންނެވެ.އެހެންނަމަވެސް ސާރާ  ޓަކައި ޝާއިފް މަޑުކޮށްގެން ހުއްޓެވެ.ކޮންމެ ދުވަހަކުވެސް ޝާއިފް ގެ ހިތުގައި ސާރާއަށް ޓަކައި އޮތްލޯބި އިތުރު ވަމުން ދިޔައެވެ. އެތައް އަންހެން ކުދިންގެ އާދޭހަށް ފުރަގަސް ދެމުން ސާރާގެ ޖަވާބަކަށް ޝާއިް އިންތިޒާރު ކުރިއެވެ.އެންމެ ފަހުން ސާރާ ވެސް ޝާއިފް އާއި ރައްޓެހި ވިއެވެ.

ސާރާ އުޅެމުން ދިޔައީ ސާރާގެ ދޮންތަ އާއި ދޮންތަބެ ކައިރީއެވެ. ސާރާގެ ދޮންތަ އަރީޝާ  އަކީ ޤާނޫނީ ވަކީލެކެވެ. ދޮންތަބެ ޝިޔާމްއަކީ ހިތުގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރެކެވެ. މަންމައާއި ބައްޕައެއްގެ ލޯބިދީ، ސާރާ އަށް ދޭންވާ ވަގުތުދީ ގެން ބަލާ ބޮޑުކުރީ ހަމަ އެދެމަފިރިންނެވެ. މި ކަމުގެ ސަބަބަކީ ސާރާ ގެ މަންމައާއި ބައްޕަ ސާރާއަށް ތޭރަ އަހަރުގައި ވަކިވެގެން ދިޔުމެވެ.އެދެމަފިރިންވެސް ސާރާ ދެކެނީ އެއީ އަމިއްލަ އުފަން ދަރިފުޅު ކަމުގައިއެވެ.ކައިވެންޏަށް ފަސް އަހަރު ވީއިރުވެސް ދަރިޔަކު ނުހޯދާ މަޑުކުރީ ސާރާގެ ތަރުބިޔަތައް އުނިކަމެއް ނުގެނަުމަށެވެ.އެހެންކަމުން ސާރާ ނުބުނި ކަމުގައި ވިޔަސް ސާރާ ގެ ދިރިއުޅުމަށް އަންނަ ކޮންމެ ބަދަލެއް އެދެމަފިރިންނަށް އެގޭނެއެވެ.އެހެންކަމުން މާކަ ގިނަ ދުވަސް ތަކެއްނުވެ ސާރާ އާއި ޝާއިފްގެ ގުޅުމުގެ ވާހަކަވެސް އެނގިގެން ދިޔައެވެ.

މިގޮތަށް ދުވަސްތައް އުފާވެރި ކަމާއި އެކު ވޭތުވަމުންދެއެވެ.ކޮންމެ ދުވަހެއްގެ ވެސް އިރުއޮއްސެނީ ސާރާ އާއި ޝާއިފްގެ ލޯބީގެ ދުނިޔޭގައި ލޯބީގެ އެތައް މާތަކެއް ފޮޅުވައި ދެމުންނެވެ.

ސާރާ ގެ އޭލެވެލް ގެ އަހަރު ނިމިއްޖެއެވެ. ސާރާ އާއި  ޝާއިފް އާއި ދެމީހުންގެ ނަތީޖާވެސް ވަރަށް ރަނގަޅެވެ.ސާރާ ހިމެނުނީ ގަދަ ދިހައެއްގެ ތިން ވަނައިގައިއެވެ.ޝާއިފް ހިމެނުނީ ގަދަ ދިހައެއްގެ ފަސް ވަނައިގައިއެވެ.

ސާރާ ހޯދި ރަގަޅު ކާމިޔާބީގެ ސަބަބުން އަރީޝާގެ ދެމަފިރިން ވަޢުދު ވެފައި ވާގޮތަށް ސާރާއަށް ރަޝިޔާގެ ކުރްސްކް މެޑިކަލް ކޮލަޖަށް ކިޔަވަންދިޔުމުގެ ފުރުސަތު ލިބުނެވެ.އެހެންނަމަވެސް ޝާއިފް ކިޔަވަނީ ޕައިލެޓްކަން ކަމަށް ވުމުން ޝައިފް ދާން ހަމަޖެހުނީ މެލޭޝިއާށެވެ.ދެމީހުން އެކަކު އަނެކަކާއި ވަކިވާންޖެހޭ ދުވަސް ކައިރިވަމުން އާދެއެވެ.

އެއްދުވަހު ހެދުނު ސާރާ ގެ އެންމެ ގާތް އެއް އެކުވެރިޔެއް ކަމަށް ވާ ނައިނާ ގުޅާފައި ދިން ހަބަރުން ސާރާ ހީވީ އުުއްސައި ގަތް ފާނެހެންނެވެ.”ސާރާ ގެސް ވަޓް.އަހަރެމެން ދެމީހުން ވެސް އެއް ކޮލެޖަކަށް ދެވޭނެ.ޖާގަ ލިބުނު ކަމަށް އެބައިން މެއިލް އައިސް ފައި.”

“އޯ ނައިނާ ،ސާރާ ވަރަށް ހެޕީ ވެއްޖެ.އަޅޭ ފައިނަލީ ދޯ.ކޮބާ ޝިޔާރާ އާއި މަންހާ.ހިނގާ ކޮންފަރެންސް އެއް ހަދަން.”އަހަންނަށް މިހެން ބުނެވުމާއި އެކު ޝިޔާރާ އާއި މަންހާ އަގައިން ބުނެލިއެވެ.”އޭ ކަލޭމެން ފާޑު ފާޑުގެ ވާހަކަ ނުދައްކާތި.ޝަފްރާޒު ކޮނަފަރެންސް އަށް ލާން މިއުޅެނީ.މިދިޔަ ފަހަރު ވެސް މަޖެހުނީ ކަޑަ ވާން.ލަދެއްވެސް ނުގަނޭ މި މީހުން މަށާ ދިމާކުރާކަށް.”ޝިޔާރާ ބުނެލިއެވެ.

“ހޫމް އެޑު ކޮށްބަލަ.މަ އެކަނި ދޯ ކުއްޖަކާ ރައްޓެހި ނުވެ މިހުރީ.ސާރާ ކޮބާތަ ޅިޔަންބެ؟ލޮލަށް ދައަކާލާނީ ކޮން އިރަކުންތަ؟”ނައިނާ ބުނެލިއެވެ.އަސްލު ނައިނާ މެންނަށް ޝާއިފް ވާނީ ސްކޫލް ގައި އުޅުނު އިރު ފެނިފައެވެ.ނަމަވެސް ފާހަގަ ކުރަން ނޭގެނީ ސާރާ ނުބުނާތީއެވެ.ސާރާ ބުނެފިނަމަ އެމީހުން ވަރަށް ދިމާ ކުރާނެއެވެ.”ދެން ނައިނާ ވެސް މިހާރު ކުއްޖަކާ ރައްޓެހި ވާން ވީއޭ.އަބަދަކު ތިހެނެއް ނުހުރެވޭނެއެއްނު.”ސާރާ ބުނެލއެވެ.

“ކަލޭމެން ދެމީހުން އަހަރެމެން ނެތިސް ވަރަށް ވާހަކަ ދައްކައިފިން ދޯ!”ކުއްލިއަކަށް ޝިޔާރާގެ އަޑު އިވުނެވެ.

ތަފާތު ވާހަކަތަކެއް ދައްކަމުން ގޮސް ކައިވެނީގެ މައުޟޫގެ ތެރެއަށް ވަނެވެ.”އަސްލު ބުނަންތަ ވާހަކައެއް.ތިމީހުން ކައިވެނި ކުރާރޭ ބާއްވާނީ އަހަރެން ކައިރީ. އަހަރެންެގެ ރައްޓެހިން އެހެން މީހަކަށް ނުލިބޭނެ.”ނައިނާ ބުނެލިއެވެ.

“އޭރުން ފިރިމީހާގެ ހިތްހަމަ ޖެހުމޯ؟އެހެންނޫނަސް ފަސްޓް ނައިޓްވެސް ކެޓީ ނުން.”ޝިޔާރާ ބުނެލިއެވެ.”ފަސްޓް ނައިޓް ދޯ..އެއަޅާލަ އެއްޗެއްނޫން.ހެދުނުގަޑީގަ ފެންނާނެއެއްނު.ޝިޔާ ތިހުރިހާ ވާހަކައެއް ތިދައްކަނީ ފާރޮށި ކިބަ ކޮންފަރެންސް ގައި އިންދާތަ؟”ނައިނާ ބުނެލިއެވެ.

“ނޫނޭ!ޝަފްރާޒް ނުނަގާ ފޯންއެއް.މަންހާ ކޮބާ؟”ޝިޔާރާ ރައްދުދިނެވެ.

“މަންހާ ނުނަގާ ފޯންއެއް.ބިޒީ.ހީވަނީ މަންމަ އަށް ގުޅައިގެން ކަންނޭގެ.ދެން ސާރާ ދެކޭގޮތް ބުނެބަލަ ދޯ؟”ނައިނާ އަހާލިއެވެ.

“ސާރާ ދޯ؟ސާރާ ވެސް ހަމަ ބުނާނީ ޝިޔާ ބުނިހެން.އޭރުން ހުންނާނީ މީހެއްގެ އަނތްބަކަށް ވެފަ.ޒިންމާ ތަކެއް އޮންނާނެ ދޯ.ބޭނުންހާ ގޮތަކަށް ނޫޅެވޭނެއެއްނު.ފިރިހެންމީހާ އަނބި ގަބޫލް ކޮށްފީމޭ ބުނާ ހިސާބުން އޭނަގެ ހުއްދައާއި ނުލާ އެއްވެސް ކަމެއް ނުކުރެވޭނެއެއްނު.އެންޑް ހެހެހެ..ފިރިމީހާގެ އުފަލާއި ހިތް ހަމަ ޖެހުމަށް ވެސް އޭރުން ވިސްނަން ޖެހޭނެ އެއްނު.އަނެއްކާ ފަސްޓް ނައިޓްވެސް” ސާރާ ހެމުން ބުނެލިއެވެ.މިހެން ބުނުމާއި އެކު ޝިޔާރާއާއި ނައިނާ ހޭން ފެށިއެވެ.”ސާރާ ފިރިމީހާއޭ ނުބުނެ ޝާއިފް އޭބުނެބަލަ.ޝާއިފް ވެސް އުފާވާނެއްނު.”ހުނުމުގެ ތެރެއިން ޝިޔާރާ ބުނެލިއެވެ.

“ތިބުނީ؟”އެމީހުން ބުނި އެއްޗެއް ސާފް ނުވުމުން ސާރާ ބުނެލިއެވެ.

“ސާރާ ؟ޝާއި ޝާއިއަށް ގޮވާނުލަނީތަ؟”ޝައިފް ގެ އަޑު އިވުމާއި އެކު އިޚްތިޔާރަކާ ނުލާ ސާރާއަށް ފޯން ކަނޑާލެވުނީއެވެ.ޝާއިފްގެ އަޑުން ޝާއިފް ހެނީ ކަން ސާރާއަށް އެނގުމުން ވަރަށް ލަދުގަތެވެ.

Share Article

Follow Me Written By

vanteKTH

Level 210 Stories100 Comments

a girl who loves to read and write stories..please feel free to give comments...if it is negetive even i wont feel bad..

Other Articles

Previous

ދެކިލަން އެދޭތީ

Next

ކެހި

Next
April 29, 2020

ކެހި

Previews
April 28, 2020

ދެކިލަން އެދޭތީ

2 Comments!

  1. naash says:
    April 29, 2020 at 10:44 am

    wooowww maasha allah… vvv salhi… whn nxt.. waitingggggggggg

    1. vanteKTH says:
      April 29, 2020 at 1:12 pm

      thankyou dear..miadhu up kuraanan ishallah

Comments are closed.


All Right Reserved!