ކުމާރު ދިއްކޮށްލި ފަސްސަތޭކަ ރުފިޔާގެ ނޫޓް، ލައިގެން ހުރި ޖީންސްގެ ޖީބަށް ކޮށްޕާލަމުން ހައިފާ ދޮރު ހުޅުވައިލިއެވެ. އެއާއެކު ހުޅުވުނު ދޮރުން، ވެނެއް އޭގެ ހޮރަށް ދެމިގަންނަހެން ކުމާރު ބޭރަށް ދެމިގަތެވެ. ހައިފާ އަވަސް އަވަހަށް ދޮރުލެއްޕިއެވެ. އެރޭގެ ފަސްވަނަ މެހުމާނު އައުމުގެ ކުރިން ކުޑަކޮށް ރީތިވެލުމަށް އަލަމާރީގެ ދޮރުފަތުގައިި ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓިހުރެ އަމިއްލަ ސޫރައަށް ބަލައިލިއެވެ. އެއާއެކު … ހައިފާ ފެންކަޅި ވެއްޖެއެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. ލޯގަނޑުން ފެންނަ އެރީތި ސޫރަ […]
ހަނދުއެހެރީ އަރައެވެ. ބުނާކަހަލަ އެވެ. ބައިވެރިޔާ އަންނަންދެން މަޑުކޮށްލަދޭން އެދޭށެވެ. މަޑުކޮށްލެވިދާނެ އެވެ. އިރުކޮޅެއްތެރޭ ހަނދު އޮއްސޭނެ އެވެ. ޔަގީންކަމެއްނެތް އިންތިޒާރެއްގައި އަހަރެން އިންދަ އެވެ. އެ ހިނދުކޮޅު، އެ ހަމަހިމޭންކަން ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ. އިރު ފެނުން ތޮޅިލައިފި އެވެ. ގަންދެއްވި، ހެކިކުރެވުނު ވަގުތުކޮޅު މިއޮށް ދަނީ އެވެ. އަވި ބާރުވެ، ދުވާލުގެ ހޭބޯނޭރުމުގައި ދުނިޔެ މަޝްޣޫލުވަނީ އެވެ. އެ ހިނދުކޮޅު، އެމަންޒަރު، ކަލާޔާއެކު ހިއްސާކޮށްލެވޭނެ ނަމަ އެވެ. އަސުރުން ތިރިވިފަހުން ވާރޭވެހެން ފެށި […]
އިރުއޮއްސުމަށް ފަރިކޮށްލަމުން ދާއިރު، ގައިބާރު ދެރަވެ މުސްކުޅިވެފައިވާ އަންހެނަކު ފުންވިސްނުމަކަށް ގެއްލިފައި، އޮއްސެމުންދާ އިރާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. މޫނުމަތީން ފެންނަމުން ދަނީ މާޔޫސްކަމާއި ނާއުންމީދެވެ. އުފަންވީ ބިމުން ބޭރުކޮށްލެވި، ނުވެސް ދަންނަ ބައެއްގެ ތެރޭގައި، އެހެންތަނެއްގައި އުޅެން ޖެހުމަކީ ހާދަ ވޭނެއް އަޅާނެކަމެކެވެ. ހާއްސަކޮށް މުސްކުޅިވެ ގައިބާރުދެރަވެ، އަދުތޯ މާދަންތޯ ވުމުން އެ ކުއުޅުނު ރަހުމަތްތެރިންނާއި، އާއިލާކަމަށް ދެކިގެން އުޅުނު މީހުން ދޫކޮށްފައި އައިސް މުސްކުޅިން ބަލަހައްޓާ ގުރައިދޫގައި އެކަނި ހުންނަން ޖެހުމަކީ ހާދަބޮޑު އަނިޔާއެކެވެ. […]
އެމެރިކާގެ ރައްޔިތަކު އޭނާގެ ޕެޓްރޯލުގެ ވިޔަފާރި އިތުރަށް ކުރިއެރުވުމަށްޓަކައި “ފުލްޓޭންކް ޕެޓްރޯލް އެޅި ކޮންމެ މީހަކަށް މުޅިން ހިލޭ ދޮނެއްދެމެވެ.” މިހެން ލިޔެފައި ޕެޓްރޯލް ޝެޑްގައި ބޯޑެއް ހަރުކުރިއެވެ. ޕެޓްރޯލް އަޅަން އައި މީހަކު އޭނާގެ ކާރަށް ޓެންކް ފުލްކޮށް ޕެޓްރޯލް އެޅުމަށްފަހު ހިލޭ ދޭ، ދޮން ހޯދުމަށް އެދުނެވެ. ޝެޑްގެ ވެރިޔާ ބުނީ 1 ން 10 އަކާ ދެމެދުން ނަންބަރެއް ނަގާށެވެ. އަދި އޭނާ ހިތުލީ ނަމްބަރު ނެގިއްޖެނަމަ ދޮނެއްދޭނަމޭ ވެރިޔާ ބުންޏެވެ. ޕެޓްރޯލް […]
ރޯމާދުވާލުގެ މެންދުރު ވަގުތު ނަމަވެސް އުޑުމަތީގައިވާ ބަނަ ވިލާތަކުގެ ތެއިން ދުނިޔެ މައްޗަށް ވެރިވެފައި ވަނީ ފަނޑު އަލިކަމެކެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އޮއްސާލަ ފާނެހެންނެވެ. ކުޑަވެސް ރަހުމެއް ނެތި ޖެހޭ ބާރު ވައިގެ ސަބަބުން ބޮޑެތި ގަސް ގަހުގެ ބައެއް ގޮފިތައް އޭގެ މައި ގަހާ ވަކިވަމުން ދެއެވެ. މާ ގިނަ އިރުތަކެއް ނުނަގައެވެ. ވާރޭ އޮއްސާލައިފިއެވެ. ވެހެމުންދާ ބޯވާރޭގެ ސަބަބުން ކުދި ގަސްތައް މަތިބަރުވެ ކެތް ނުކުރެވިގެން ބިންމައްޗަށް ބޮސްދެމުންދެ އެވެ. […]
އަލަށް އެއްޗެއް ތަޢާރަފުވާ ކޮންމެ ފަހަރަކީ އާ ކަންތައްތައް އަބަދުވެސް ހިނގާފަހަރު ތަކެކެވެ. މިގޮތުން އެކި ފަހަރު ހިނގަނީ އެކި ގޮތަށެވެ. ބަޔެއް ފަހަރު އެއީ ހެއްވާ މަޖާ ކަންތަކަށް ވެފައި އެބަހުއްޓެވެ. އަނެއް ބައި ފަހަރު އެއީ ނުހަނު ހިތާމަވެރި ހާދިސާތަކަށްވެސް ވެފައި އެބަހުއްޓެވެ. މިސާލަކަށް ކަރަންޓު އިސްތިރި ގެނައިތާ ކައިރީ އޭގެ ދަށްފުށް ރީތިވެފައި އޮމާންވީމާ އަތުން ބަލާލާ ހިތްވެގެން، އިސްތިރި ނުހަނު ދޮންބޮޑު ވެފައި ހުއްޓައި އަތްކާތާލެވިގެން އަތް ފިހިފައިވެސް އެބަހުއްޓެވެ. އެކަމަކު […]
“އަދަބުވެރި ކަމުގައި މާ ގޮތް ބޮޑު މީހަކު ނުހޯދާށެވެ. ތިބާގެ ދިރިއުޅުން ފޫހިކޮށްލަފާނެއެވެ. ނުވަތަ މާ ލާނެތް، މާ ގޮތްކުޑަ މީހަކާ ގާތް ނުވާށެވެ. ތިބާ ބަދުނާމުވެ ޤަދަރު ހިނގައިދާނެއެވެ. އަދަބުވެރި ކަމުގައި މެދުމިނެއް ގެންގުޅޭށެވެ. އަދި ކޮންމެސް ވަރެއްގެ ލާނެތްކަމެއް ވިޔަސް ހެވެއެވެ. ދޮން މީހެއްގެ މޫނުގެ ކުލަވަރު ފެނި އާގަމަ ނުވާށެވެ. ފަހަރެއްގައި ހަނދު ކޭތަހިފީކަމުގައި މީހުން ހީކޮށްފާނެއެވެ. ތިބާފަދަ ކުއްޖަކު އެހެން އުޅުމަކީ އެއްވެސް އިންސާފެއް ނޫނެވެ. ކަޅުރޭގަނޑެއްފަދަ މީހެއްގެ މަސްތުގައި ވެސް […]
މުޅި ކޯޓުތެރެ އޮތީ ފުރިބާރުވެފަ އެވެ. ދުވަހަށް ކަނޑައަޅާފައި އޮތް ޝަރީއަތެއްގެ ސަބަބުންނެވެ. އެޖެންޑާގައި އެއީ ހެކިން ހާޒިރުކޮށް ސުވާލުކުރަން ހަމަޖެހިފައި އޮތް ދުވަހެވެ. ފަނޑިޔާރު ވަޑައިގެން އިށީންނެވި އެވެ. އަދި މަރުހަލާ ފެށުމަށް އިޝާރާތްކުރެއްވި އެވެ. ދިފާއީ ވަކީލު ތެދުވެ ހެކިން ހާޒިރުކުރަން އިޝާރާތްކުރި އެވެ. މުސްކުޅި އެހެނަސް ފިސާރި ހިތްވަރެއް ހުރި އަންހެނަކު ފުލުހުންގެ ހިމާޔަތުގައި ކޯޓަށް ވަނެވެ. އެއީ މުޅި އަވަށަށް މަޝްހޫރު ކަތްދާތަ އެވެ. ބުނެވޭ ގޮތުގައި ކަތްދާތަ އަކީ ތެދުވެރި، […]