Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ލޯބި އެހެނަސް… ފެށުން

Uhthoo Level 210 Stories100 Comments100 Login
January 25, 2018 One Min Read
12 Comments

“ދަރިފުޅާ ރީމާ..!”ރީމާގެ ކޮޓަރިދޮރުގައި ޓަކި ޖަހަމުން ފާތުމަ ގޮވަލިއެވެ. އެތެރެއިން ރީމާެ ޖަވާބު ދިނުމުން ފާތުމަ ހިނގައިގަތީ ބަދިގެއާދިމާއަށެވެ.އޭރު ގަޑިން ފަތިހު 5.15 ހިނގަނީއެވެ. ފާތުމައަށް ނޭނގުނަސް ރީމާ ކޮންމެ ރެއަކުވެސް ފަތިހު ހޭލައެވެ.ނަމާދުކޮށް ޤުރުއާން ކިޔަވައެވެ. ރީމާގެ މައިންބަފައިން މި ދުނިޔެއަކުނެތެވެ. އެހެންކަމުން އޭނާ ބަލައި ބޮޑުކުރީ ރީމާގެ ބައްޕަގެ ކޮއްކޮއެވެ. އެއީ ރީމާގެ ބޮޑުދައިތަ ފާތުމައެވެ. ފާތުމައަކީ ދިރިއުޅުމުގައި ކާމިޔާބު މީހެކެވެ. ކުރެވުނު ކައިވެނީގައި ތެދުވެރިކަމާއެކު ސާބިތުވެހުރި ހީވާގި އަންހެނެެކެވެ. ހަނާައަކީ އެދެމާފިރިންނަށް ލިބުނު ހަމައެކަނި ދަރިއެވެ. އޭގެ ފަހުން އަދި ކުއްޖަކު ލިބިފައެއް ނެތެވެ. އެހެންކަމުން ހަނާއަކީ އެދެމީހުންގެ ދެލޮލުގެ ނޫރު ފަދައެވެ. ފުރާވަރަށް އަޅައިފައިވާ ހަނާ މިހާރު ކިޔަވަމުން ދަނީ ގްރޭޑް ނުވައެއްގައެވެ.

އެކުޑަ އާއިލާއާއެކު ރީމާވެސް އުޅެނީ ނުހަނު އުފަލުގައެވެ. ފާތުމައާއި ފިރާގުގެ އޯގާތެރިކަމުގެ ސަބަބުން ރީމާއަކަށް މަައިންބަފައިން ނެތްކަމުގެ އިހުސާސެއް ނުކުރެވެއެވެ.

ފާތުމަ ބަދިގޭގައި އުޅެނިކޮށް ހަނާ އައިސް ވަނެވެ.ދެވަނަ މިނެޓުގައި ރީމާވެސް އައެވެ. ރީމާގެ ދޮންމޫނު ނުހަނު ތާޒާވެފައި އައްޔެވެ.ވިދާ ބަބުޅަމުންދިޔަ މަޑު ފިޔާތޮށި ކުލައިގެ ތުންފަތުގައިވި ހިނިތުންވުމުން އެ މޫނު އިތުރަށް ފުރިހަމަކޮށްދެއެވެ. މޭޒު ދޮށުގައި އިން ހަނާ ރީމާއަށް ހެނދުނުގެ ތަހުނިޔާ ކިޔާލިއެވެ. ރީމާވެސް ތަކުރާރުކޮށްލިއެވެ. ކޮފީމަގު ކައިރި ކޮށްލަމުން ރީމާވެސް ހަނާއާ ބައިވެރިވިއެވެ. ހަނާ ސުކޫލުގެ ވާހަކަތަކުން ވާހަކަ ފެށްޓެވެ”މިއަދު ރީމާމެންގެ ނަތީޖާ ދޫކުރާނެދޯ..؟” ރީމާއަށް ދޯދެމުން ފާތުމަވެސް މޭޒުގެ ދެން އިން ގޮނޑި ފުރާލިއެވެ. ރީމާ ހިނިތުންވުމަކާއެކު ބޯޖަހާލިއެވެ. ރީމާއަކީ ކްލާހުން އަބަދުވެސްއެއްވަނަ ހޯދާ ކުއްޖެކެވެ. އަތުކުރީގަައި އޮތް ގަޑިއަށް ބަލައިލުމަށްފަހުު ދަނީއޭ ބުނެ ހަނާ ފޮތްދަބަސް ނަގައިގެން ހިނގައިގަތެވެ. “ރީމާ..” ގޭތެރެއަށް ވަދެގެން އައި ފިރާގުގެ ފަހަތުން ވަން އަޔާޒު ގޮވާލިއެވެ.

އަޔާޒަކީ ރީމާގެ ލޯބިވެރިޔާއެވެ. އަދި އެއްމެގާތް އެކުވެރިޔާއެވެ. އެންމެ ކުރިއްސުރެ ރީމާއާ އެެއްކުލާހެއްގައި ކިޔަވަމުން އައި ރަނގަޅު އަހުލާގެއްގެ ސަކަ މިޒާޖެއްގެ ވެރިއެކެވެ. އެއް އުމުރެއްގެ އެއްހިޔާލެއްގެ ހިތްގައިމު މި ޖޯޑަށް ފާތުމަގެދެމަފިރިން ވަރަށް ރުހެއެވެ. އަޔާޒުގެ މަންމަ ވަނީ އޭނާ ވަރަށް ކުޑައިރު ނިޔާވެފައެވެ. އަޔާޒަށްޓަކައި އޭނާގެ ބައްޕައަދިވެސް އެހެން ކައިވެންޏެއް ނުކުރެއެވެ.ދޮންމަ ދޮންނިޔަދުރެކޭ އެއްވަރުވާނޭ ބުނާ ބުނުން އަޔާޒުގެ ބައްޕަވެސް ގަބޫލު ކުރަނީއެވެ. ހުރިހަމައެކަނި ދަރިފުޅަށް ނެނގިނަމަވެސް ދެރައެއް ދެވިދާނެތީ ބިރުގަންނަނީއެވެ. އަޔާޒު ދެކެނީ ފާތުމައަކީ އޭނާގެ މަންމަ ކަމުގައެވެ. ކުޑައިރުއްސުރެ އެ ލޯބި އަޔާޒަށް ލިބެމުން އައީ ފާތުމަގެ ފަރާތުން ކަމަށްވާތީއެވެ. އަޔާޒުގެ ބައްޕަވެސް އެ ގުޅުމަށް ވަރަށް ރުހެއެވެ. އަދި ރީމާދެކެ އުފަން ދަރިފުޅުދެކެވަހާ ލޯބި ވެއެވެ. ދެއާއިލާވެސް ނުހަނު އުފާކުރެއެވެ.

“ޔެސް..” ރަކިހިނިތުންވުމަކާއިއެކު ރީމާ ޖަވާބުދިނެވެ. “ކޮބާ ރެޑީތަ؟ ރީމާގެ މޫނަށް މާނަވީ ހިނިތުނވުމެއް ދޫކޮށްލަމުން އައިސް އަޔާޒު އިށީނީ ރީމާގެ ކުރިމަތީގައެވެ. އިތުރަށް ރީމާ ރަކިވާގޮތްވިއެވެ. އެ ދޮންމޫނަށް ޖަންބުކުލަ ވެރިވިއެވެ. އެ ފުރިހަމަ ހަނދެއްފަދަ މޫނުން ނަޒަރުވަކިކުރަން އުނދަގޫވިނަމަވެސް އަޔާޒު އޭނާގެ ހިތަށް ވިސްނައިދިނީ އެތާ އިތުރު ބަޔަކު ތިބިކަމެވެ. އެމީހުނަށް އިހުތިރާމް ކުރުމަށެވެ. “ކޮންކަމަކަށް ރެޑީހޭ؟” ބުމަ ގޮށްޖަހައިގެން އިނދެ ފިރާގު އެއްސެވެ. “މިއަދަކީ ވަރަށް ޙާއްސަ ދުވަހެއްނު. ފިރާހަނދާން ނެތުނީ ދޯ؟..މިއަދުމީ މިމީހިންގެ ނަތީޖާ ހަވާލު ކުރާ ދުވަހޭ..!” ފާތުމަ ހަނދާންކޮށްދިނެވެ. އެއީ އަބަދުވެސް ފިރާގުގެ ގޮތެވެ. އެއްވެސް ކަމެއް ހަނދާނެއް ނުހުންނާނެއެވެ. އެކަމާ ފާތުމަ އޭނައާ ދިމާކުރެއެވެ. އެކި އެކި ވާހަކަތަކުގައި ތިބެ ހެނދުނުގެ ނާސްތާ ނިންމައިލިއިރު ނުވައެއް ޖަހަން 15 މިނިޓަށް ވެއްޖެއެވެ. ރީމާ ވަނީ ސްކޫލަށް ދިޔުމަށްޓަކައި ތައްޔާރުވާށެވެ. ފާތުމަ ތަށިތަށް ނެގުމުގައި އުޅުންއިރު، އަޔާޒު އަދިވެސް އިނީ ފިރާގާ ވާހަކައަޅުވައިގެންނެވެ. އިރުކޮޅެއްނުވެ ރީމާ އައިސް މޭޒުކައިރީ ހުއްޓި އަޔާޒަށް އިޝާރާތް ކޮށްލިއެވެ. ދެމީހުން އެކު އެކީ ކަހަލަ ގޮތަކަށް ދަނީއޭ ބުނެ ހިނގައިގަތްތަނާ ފިރާގާ ފާތުމައަށްވެސް “ގުޑްލަކް” އޭ ބުނެވުނީ އެއްފަހަރާ އެވެ. ދެން ހޭދަވީ ހުނުމުގެ ސިކުންތު ކޮޅެކެވެ.

އެއްހަމައެއްގައި ފައިހަމަ ކުރަމުން ސުކޫލާދިމާލަށް މިސްރާބުޖެހި ދެމީހުންގެ ދޭތެރޭވި ހިމޭކަން އޮތީ ހިނދުކޮޅަކަށެވެ. “ރީ..” އަޔާޒު މަޑުމަޑުން ރީމާއަށް ގޮވާލިއެވެ. “ހޫމްމް..” ހިނިތުންވުމެއް އަޔާޒަށް ދެމުން ގާތްގޮތަކަށް ރީމާ ހޫނ އަޅުވައިލިއެވެ. “މިއަދު ރީ ހާދަ ރީއްޗޭ..” އަޔާޒުގެ އަބަދުގެ ތައުރީފުން ރީމާ ލަދުގަންނަވާލައިފިއެވެ. ތެދެކެވެ. ރީމާއަށް ނޭނގުނަސް މަގުމަތިން ފެންނަހާ މިހުންވެސް އެކަން ފާހަނގަކޮށްފިއެވެ. ސާފު ހުދުކުލައިގެ ސްކިނީއަކާއެކު މަޑުފެހިކުލައިގެ ޓޮޕްކޮޅު ރީމާއާ ނުހަނު ގުޅެއެވެ. އަދި އެއާއެކު ކަރުގައި އަޅާފައިވާ ހުދު ސްކާފުން އެ ދޮންކަނދުރާ ނިވާވެފައިވީނަމަވެސް އިތުރަށް ޒުވާންކަން ފުރިހަމަވެފައިވިއެވެ. އަޔާޒު އެންމެ އުފާވެފައި ހުރީ އެ ސްކާފް ފެނުމުންކަމާމެދު ރީމާ ޝައްކެއް ނުކުރެއެވެ. އެއީ އަޔާޒު އޭނާއަށް ދިން ހަދިޔާއެކެވެ. “އަހަރެން އެކަނިތަ؟ އަޔާވެސް ނުލާހިކު ހެންސަމް މިއަދު،އެކަން މިމަގުގެ އަނެއްފަޅީގަ އެތިބަ ކުދިން އާގަމަ ވެފަ ތިބިވަރުން އެނގޭ…” ރީމާ ދިމާކޮށްލިއެވެ. އެއީވެސް ދޮގެއްނޫނެވެ. ކަނޑުނޫ ކުލައިގެ އަތްދިގު ޓީޝާޓް ކިތަނމެހައިވެސް އަޔާޒާ ގުޅެއެވެ. ކަޅު ޖީންސްގެ އިތުރަށް އަޅާފައިވާ ރޭބަން އެރިކާގެ ކަޅު އައިނުގެ ސަބަބުން އެ ފިރިހެންވަންތަކަން އިތުރަށް ފުރިހަމަކޮށްދެއެވެ.އެ ބައިމަތިފުޅާ ހަށިގަނޑުގެ ރީތިކަމުން މައްޝޫރު ފިލްމީތަރި ރިތިކް އާ ވައްތަރުގޮތެއް ހުރެއެވެ. ޖީބަށް ދެއަތް ޖަހައިގެން ދިޔައިރު ބޮޑަށް ވައްތަރީ މޮޑަލް އަކާއެވެ.

ދެމީހުންވެސް ހިޔަލީ ދުނިޔެއެއްގައި އެކަކު އަނެކެއްގެ ލޯބީގެ ކަނޑުގައި އޮޔާބެހިގެންދަނީއެވެ. ވާނީވެސް އެހެންތާއެވެ.ދެމީހުންގެ ހިތުގައި ވެސް ރަށްޓެހިކަން ކަފުންވެ ވަޅުލެވި ލޯބި އުފަންވީ ދެމީހުންނަށްވެސް ނޭނގިތިއްބައެވެ.  ރީމާކައިރީގައި  އެވަރަށް އަނގަތަޅުވައި  އުޅުން އަޔާޒަށްވެސް މިހާރު   އެމޫނުފެނުމުން ބަސްހުއްޓި މެއަށް ފިނިވެ  އެސްފިޔަ ޖަހަންވެސް  އުނދަގޫވެއެވެ. ލޯބި ވެވުމުން ހިތަށް  ބާރުފޯރުވަން  ހާދަ އުނދަގުލޭ  އަޔާޒުގެ ހިތަށް އަރައެވެ.  ހިތްއެދެނީ ރީމާގެ އަތުގައި ހިފައިގެނެސް މޭގެ ތެރޭ ބޮނޑިކޮށްލާށެވެ. އެ ދޮންމޫނުގަ ފިރުމާލާށެވެ. ގުދުރަތުން ރީމާއަށް ލިބިފަ އެވާ އަޅި ލޮލުގެ ތެރެއަށް ފީނައިގަންނާށެވެ. އެ ދިގު އެސްފިޔަތަކަށް ބޮސް ދީ، އެހިތުގައިވި ލޯބި ހާމަކޮށްލާށެވެ. އަޔާަޒަށް ނޭނގުނަސް ރީމާގެ ހިޔާލުވެސް އެނބުރެމުން ދިޔައީ އެކަހަލަ ހުވަފެނެއްގައެވެ. އެ ތަނަވަސް މޭގައި ބޯއަޅައިގެން އޮވެ ލޯބިވާވަރު ހާމަ ކުރަން ރީމާވެސް ހުރީ ކެތްމަދުވެފައެވެ.ނަމަވެސް އަދިވަގުތު ނުޖެހޭ ކަމުގައި އޭނާ ދެކުނެވެ. ސްކޫލަށް ވަދެގެން ގޮސް ކްލާހަށް ވަދެވެނުއިރުވެސް ދެމީހުންނަށް ހިޔާލީ ދުނިޔެއިން ނުނިކުމެވެއެވެ. ނަމަވެސް ދެވަނަ މިނެޓްގައި ރީމާ ކްލާހަށް ސަމާލުކަންދިނެވެ. އަޔާޒުވެސް އަދި ޓިޗަރު ނާންނާތީ ފޯނަށް ނަޒަރު ހުއްޓާލިެއެވެ. މާގިނައިރެއްނުވެ ބިޒްނަސް ޓީޗަރު ނަތީޖާކަރުދާސްތަށް ހިފައިގެން އައެވެ.

ނަތީޖާ ލިބިއްޖެއެވެ. ދެމީހުންވެސް ފާސްވިއެވެ. މިފަހަރުވެސް ކްލާހުން އެއްވަނަޔަށް ދިޔައީ ރީމާއެވެ. އެންމެ ފުރަތަމަވެސް ރީމާއަށް މަރުހަބާކީ އަޔާޒެވެ. ކްލާހުގެ ހުރިހާކުދިންވެސް އަދި ޓީޗަރުންވެސް ރީމާއަށް ހޫނު މަރުހަބާއެއްކިއެވެ.އެ އެންމެންގެ މަރުހަބާއަށް ޝުކުރުވެރިވަމުން ނުކުންނަން ހިނގައިގަތް ރީމާ މަޑުޖެހިލީ ސްކޫލުގެ ޕްރިންސިޕަލް މިހާދު އެކުލާހަށް ވަންތަން ފެނިއެވެ. “މަރުހަބާ ރީމާ.. ތިޔަހޯދި ކާމިޔާބަަށް.. އަދި މި ސުކޫލުގެ ދަރިވަރަކު ޓޮޕްޓެންގެ 1ވަނައިގައި ހިމެނުމަކީ ވަރަށްވެސް އުފާވެރި ޙަބަރެއް.. ރީމާގެ ކާމިޔާބީ އަށް އަދިވެސް އެއްފަހަރު މަރުހަބާކިޔަން..” ޕްރިންސިޕަލްގެ މި ޖުމްލައާއެކު، ހޫނު އަތްތިލަބަޑިއެއްގެ އަޑު އިވިގެންދިޔައެވެ. ރީމާ ހުރީ ދެއަތްމަހާލުމާއެކު މޭގައި އަތް ޖެހިގޮތަށް ޝޮކެއްގައެވެ. މީ އޭނާ އުންމީދުކުރި ކަމަކަށް ނުވާތީއެވެ. ކައިރީގައި ހުރި އަޔާޒަށް ރީމާ ބަލައިލިއެވެ. ރީމާގެ ލޮލުން އޭރު އުފާވެރިކަމުގެ ކަރުނަ ނީރާލިއެވެ. އަޔާޒު ބޯހޫރާލަމުން ކަރުނަފޮހެލަދިނެވެ. ރީމާގެ އެ އުފާވެރި މޫނު ފެނި އަޔާޒުވެސް ހުރީ އުފަލުން ފެންކަޅިވެފައެވެ. ރީމާގެ އިތުރުން އެ ކުލާސް ބައެއް ކުދިން ޓޮޕްޓެންގަ ހިމނުނެވެ. އަޔާޒުވެސް ޓޮޕް ސެވެންއިން ޖާގަ ހޯދިއެވެ. އެހެންކްމުން ކްލާސްކުދިންގެ އިތުރުން ޓީޗަރުންގެ ރޭވުމުގެ ދަށުން އެކަމުގެ އުފަލުގައި ހަފްލާއެއް އިންތިޒާމް ކުރެވުނެވެ. އިރުކޮޅަކު ކުދިންނާ ވާހަކަ ދައްކަން ތިބެފައި އަޔާޒާއި ރީމާ ކްލަހުން ނުކުމެގެން ހިނގައިގަތީ ގެއަށް ދިއުމަށްޓަކައެވެ. ގޭޓާ އަރާހަމަވި އިރުވެސް ދެމީހުން ކުރެ އެކަކުވެސް އަނގަޔަކުން ނުބުނެއެވެ.

“ކޫއްތީ…..!!” ރީމާ ސިހިގެން ދިޔައީ ކެންޓީނާ ދިމާއިން ދުވެފައި އައި ހަނާ ގޮވާލި ބާރުކަމުންނެވެ. އައިގޮތަށް އައިސް ހަނާ ރީމާގެ ކަރުގައި އެލިގަތެވެ. “އައި ހާރޑް ދެޓް ޔޫ ގޮޓް ފަސްޓް އިން ޓޮޕްޓެން..އޯނ އަމް ސޯ ހެޕީ ދެޓް މައި ލިލް ކޫ މޭޑް އަސް ޕްރައުޑް ޓުޑޭ.. ލަވް ޔޫ” ރީމާ ހުރީ އެއް އަރިވެފައެވެ. ކުޑަކުއްޖެއްހެން ކަރުގައި އެލިގަނެގެން އޮވެ ހަނާ ފައްޗަކަށް އަމުނާލި ޖުމްލަތަށް އަޑު އިވުމުން ރީމާ ވަރށް އފާވިއެވެ. “ލަވް ޔޫ ޓޫ ޑާރލިން. ދެން ކަރުން ދޫކޮށްބަލަ ދޯ ޗަންކީޗޮކް.. ކޫ އަށް އެކަނިތަ؟ ބެެންބެ ވެސް ޓޮޕްގަ ހިމެނުނޭ..؟” ރީމާ އެހެން ބުނުމުން ހަނާ ދުލުގައި ދަތްއަޅާލަމުން އަޔާޒަށް ބަލާލިއެވެ. “ސޮރީ ބެންބެ ހުރިކަމެއް ނޭނގުނިއްޔޭ.. އެނީވޭސް ކޮންގްރޭޓްސް ބޮތް،އެން ލޮވް ޔޫ ބޮތް އެ ލޮޓް.. ހަނާ ދަނީ ފަހުން ދޯ ޓްރީޓް އޮންނާނެ ދޯ؟…..ބެންބެ ޗަންކީޗޮކް ވެސް ދޯ…ހެހެހެ.. ބާއި ސީޔޫ ގައިސް..” އަޔާޒު ގައިގަ ބައްދާލުމަށްފަހު، މައުސޫމް ގޮތަކަށް ހީލަމުން ހަނާ ވަދެގެން ހިނގައްޖެއެވެ.16،17 އަހަރު ވެފަ ހުއްޓަސް ހަނާގެ ހުންނާނީ ޅަގޮތެކެވެ. ޗަންކީޗޮކް އެއީ ހަނާގެ ފެވްރިޓް ކަމުން ލޯބިން އެއްމެންވެސް ކިޔަނީ އޭނާއަށް ޗަނކީޗޮކެވެ.

*މީ އަޅުގަނޑުގެ އާ ވާހަކައެއް..އުންމީދުކުރަން ކަމުދާނެކަމަށް.. ފެށުން ވީމަ ކުރުކޮށް ލިޔުނީ އިރާދަކުރެއްވިއްޔާދެން ހުރި ބައިތަށް މިއަށްވުރެ، ދިގުކުރެވޭތޯ ބަލާނަން..

Share Article

Follow Me Written By

Uhthoo

Level 210 Stories100 Comments100 Login

"Treat others as you wish to be treated" mom says.. dream it.. achieve it.. love to read.. love to be an author...❤️

Other Articles

Previous

ތިޔަ އަސަރު 12

Next

ކުރިން އެނގުނުނަމަ (އެގާރަވަނަ ބައި)

Next
January 25, 2018

ކުރިން އެނގުނުނަމަ (އެގާރަވަނަ ބައި)

Previews
January 25, 2018

ތިޔަ އަސަރު 12

12 Comments!

  1. Icy♡ says:
    January 25, 2018 at 8:13 pm

    Lovely story

  2. Pinky shifoo says:
    January 25, 2018 at 8:18 pm

    Nice..

  3. Maa says:
    January 25, 2018 at 8:20 pm

    Reeethivaaane hen varah heevey…. regular koh up kohdheyne kamah ummneedhu kuran….. goood luck

    1. Thuhoo says:
      January 25, 2018 at 9:33 pm

      ..I’ll try my best inshallah..❤️thanks

  4. Reet says:
    January 25, 2018 at 10:07 pm

    Mi Othy feshifaa nimendhen ganess dhiniyaa v rangalhu mihaaru. Vess baeh vaahaka thah medhu kendifaa. V reethi fesun

  5. Jeyz says:
    January 26, 2018 at 10:27 am

    Kon dhuvas tha kaku vaahaka upload kurany

  6. Thuhoo says:
    January 26, 2018 at 1:34 pm

    Try kuraanan konme dhedhuvahun ehdhuhu up kohdheveytho.. ☺️

  7. Swty says:
    January 26, 2018 at 1:47 pm

    Varah reethi?????

  8. Reeshr says:
    January 27, 2018 at 9:55 am

    V reethi feshun umeedhu kuran dhenoii baii vx v reethi vaane kamah gudluck??

    1. Anonymous says:
      January 27, 2018 at 4:45 pm

      THANKS❤

  9. ammmmi says:
    January 28, 2018 at 3:35 am

    reeeeeeeeeeeeeeeeeeeeeeeeeeethi <3

  10. Xoo says:
    February 4, 2018 at 11:51 am

    Varah reethi n varah kiyaa hithun kiyunu story eh mii thank

Comments are closed.



All Right Reserved!