Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
މަޖާ

އަނދުން ދަޅު

Thohira Level 1
June 26, 2013 2 Mins Read
7 Comments

މައި މަގުމަތީ ހިނގަމުންދިއައީ ފިހާރައަށް ދިއުމަށްޓަކަ އެވެ. ވަގުތަކީ ހަވީރުގެ ވަގުތުކަމުން މަގުމަތީގައި މީހުން ހޭލަމޭލައަށް އުޅެމުން ދެ އެވެ. މުޅިމަގުވަނީ ހަލަބޮލިވެފަ އެވެ. ދުއްވާ އެއްޗިއްސާއި ހިނގާމީހުންނެވެ. ފިހާރައާ ހަމައަށް ދެވުމުން އަވަސް އަވަހަށް ފިހާރައަށް ވަނެވެ. ވަރަށް ބޮޑު ފިހާރައެކެވެ. އެވަގުތު ފިހާރާގައި މީހުން ކޮންމެ ވެސް ވަރަކަށް މަދެވެ. މައި ފިހާރަ ތެރޭގައި ހިނގަންފެށި އެވެ. އޭނާ ބޭނުންވާ އެއްޗެހި ހޯދުމަށްޓަކަ އެވެ. އޭނާ ފިހާރައަށް އައީ ރީތިވާ ސާމާނުތައް ގަތުމަށްޓަކަ އެވެ.
ފިހާރައިގެ އެކިތަންތަން ބަލައި ބޭނުންވާ އެއްޗެހި ހޯދަން ފަށާފި އެވެ. އިރުކޮޅަކުން ލޮލުގައި އަޅާއިގަތީ އަނދުން ދަޅެކެވެ. އެއީ އޭނާ ހޯދާތާ ވަރަށް ގިނަ ދުވަސް ވެފައިވާ އެއްޗެކެވެ. ނަމަވެސް މިހާރު ގިނަ ފިހާރަތަކުން ލިބެން ހުންނަ އެއްޗަކަށް ނުވާތީ ނުލިބި ހުރި އެއްޗެކެވެ. އޭނާއަށް އެލިބުމުން ގަންނަން ބޭނުންވާ އެހެން އެއްޗެހި ހޯދުމަށްފަހު އަވަހަށް ގެއަށް ދިއުމަށްޓަކައި ފިހާރައިން ނުކުތެވެ.
އޭރުވެސް މަގުމަތީގައި ވަރަށް މީހުން އަވަދި ނެތި ކޮޅުކޮޅުމައްޗަށް ހޭލަމޭލަ ވެ އެވެ.
އަވަހަށް ގެއަށްދާން ބޭނުންވުމާއެކު ދުއްވާ ގަނެގެންގޮސް އެތާ ކައިރީހުރި ގެއަކަށް ވަނެވެ. މަގު ކުރުކޮށްލުމުގެ ބޭނުމުގަ އެވެ. އޭނާ ދުވެފައިދާލެއް ބާރުކަމުން ކުރިމަތީގައިހުރި އެއްޗެހި ވެސް އޭނާއަކަށް ނުފެނެ އެވެ. ކުއްލިއަކަށް އޭނާ އެއްޗެއްގައި އަޅައިގަނެ ވެއްޓުނެވެ. ބަނޑުވަތަށެވެ. ކިތަންމެ ތަދުވިކަމުގައިވިޔަސް އަވަހަށް ގެއަށްދާން ބޭނުންވާތީ ވަގުތުން ތެދުވި އެވެ. ކުރިމަތިން އެއްވެސް ތަނެއް ނުފެނުނެވެ. އޭނާ ވަށައިގެން ރަނގަޅަށް ބަލާލި އެވެ. އާއެކެވެ! އޭނާ ވެއްޓިފައިވަނީ އެގޭގެ މީހުން ކޮނެފައިވާ ބޮޑު ވަޅަކަށެވެ. މައި ހަޅޭލަވަން ފެށުމުން އެގޭ މީހުން އެތަނަށް އައިސް އޭނާ އެތަނުން ނަގައިދިނެވެ.
މައި ގެއަށް ދިޔުމަށްޓަކައި ހިނގައިގަތެވެ. މިފަހަރު އެހާ ބާރަކަށް ނޫނެވެ. ގެއަށްދެވުމުން އަވަހަށް ކޮތަޅު ހުޅުވައި އަނދުންދަޅު ނެގި އެވެ. ވަގުތުން އޭގެ މަތި ނެގި އެވެ. އެހެން އަނދުންދަޅުތަކާ ތަފާތެވެ. މައި ހިތަށްއެރި އެވެ. މިހާރު އާ ވައްތަރު ވައްތަރުތަކަށް މީހުން ތަކެތި ހަދާ ވިއްޔާ އެވެ. އެހެންކަމުން މިއަށް ވެސް ބަދަލެއް އައީކަމަށް ވެދާނެ އެވެ. މިޒަމާނަކީ ރީ ބްރޭންޑް ކުރާ ޒަމާނެއް ވިއްޔާ އެވެ.
އަވަހަށް އެތަންމިތަން ހާވާ އަނދުން ކޮޅެއް ހޯދުމަށްފަހު އަނދުން ގާނަން ފެށި އެވެ. ނަމަވެސް އަނދުންކޮޅު ހޭކިހޭކިހެން އެހޭކެން ފެށީ އަނދުންކޮޅުގަ އެވެ. އެއީ ތަތް އެއްޗެކެވެ. ހަރުއެއްޗެއް ނޫނެވެ. މައި އެދަޅުގެ މަތިގަނޑު ބަލާލި އެވެ. އޭނާ އެވަރަށް ބޭނުންވެގެން މިގަނެވުނީ އަނދުން ދަޅެއްނޫނެވެ. އާދެ! ބޫޓު ޕޮލިސް ދަޅެކެވެ. “ދޮޅު ރޯނާވެފައި” ހުރިވަރުން ބޭރު ބަލައިލަން ހަނދާން ނެތުނީ އެވެ.

ނިމުނީ

Share Article

Follow Me Written By

Thohira

Level 1

Other Articles

Previous

ނިދީތެރޭން

Next

ލީސާ

Next
June 27, 2013

ލީސާ

Previews
June 26, 2013

ނިދީތެރޭން

7 Comments!

  1. އޭނަ says:
    June 27, 2013 at 2:40 pm

    ހަހަހަހަހަ…ވ. މަޖާ! އަދި އިތުރު ވާހަކަތައް ފެންނާނެ ކަމަށް އުންމީދުކުރަން….ގުޑް ލަކް!!

  2. ޑި ސެމްޕެރޭ says:
    June 27, 2013 at 6:12 pm

    ހަބޭސް. އަދި ލިޔައްޗޭ

  3. Nau Nausha says:
    June 29, 2013 at 1:29 pm

    ހަހަހާ .. މަޖާާާާ

  4. ޒީޝާން says:
    November 2, 2013 at 9:35 pm

    hehehe..ސަޅި…keep it up

  5. Kameryn says:
    February 5, 2014 at 5:36 pm

    You keep it up now, unsnadtred? Really good to know.

  6. naani says:
    June 6, 2015 at 3:18 pm

    Waanuwaaeh neyge…

  7. foohivey says:
    March 14, 2018 at 4:16 pm

    ehei majalah nun lol

Comments are closed.



All Right Reserved!