Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިތުބާރުކުރާނީ ކާކަށް ހެއްޔެވެ؟

Thohira Level 1
June 27, 2013 4 Mins Read
15 Comments

ޖުލައިމަހުގެ ވިއްސާރަ ރޭތަކުގެ ތެރެއިން ރެޔެކެވެ. ވިދުވަރުގެ ގަދަ އައްޔާއި، ގުގުރީގެ އަޑު ގަދަކަމުން އަހަރެން އޮތީ ކޮޓަރިން ނުކުންނަން ވެސް ނުކެރިފައެވެ. ވިއްސާރަ ރެއެއްކަމުން ނީނާ ވެސް ވަރަށް އަވަހަށް ކޮޓަރިއަށް ވަދެ ނިދައިފި އެވެ. ނިހާދު ގެޔަށް ނާންނާތީ އަހަރެންގެ ލޮލަކަށް ނިންޖެއް ނައެވެ. ބާލީސް ދަށުގައި އޮތް ފޯނު ނެގުމަށްފަހު އަހަރެން ނިހާދުގެ ނަމްބަރަށް ގުޅައިލީމެވެ.
“މިރޭ ވަރަށް ބިޒީ… ތަންކޮޅެއް ލަހުންކަން ނޭނގެ ގެޔަށް ދެވޭނީ” ނިހާދު ބުންޏެވެ.

ނިހާދު އަކީ އަމިއްލަ ވިޔަފާރިއެއް ހިންގާ މީހެކެވެ. ގިނަ ރޭރޭ ގެޔަށް އާދެވެނީ ވަރަށް ލަހުންނެވެ. އަހަރެން އެކަމާ އެއްވެސް ޝަކުވާއެއް ނުކުރަމެވެ. އޭނާ އެހާ ބުރަކޮށް މަސައްކަތް ކުރަނީ އަހަރެމެން ދެމީހުންނަށްޓަކައިކަން އަހަރެން ގަބޫލުކުރަމެވެ. ނިހާދަކީ ނަމޫނާ ބައިވެރިއެކެވެ. ހުރިހާ ގޮތަކުން ވެސް ވަރަށް ރަނގަޅެވެ. އަހަންނަށް ލޯބިދީ އަޅައިލައެވެ. ހުރިހާ އުފާތަކަކާއި، ހިތާމަތަކެއްގައ ިބައިވެރިވެއެވެ. ކިތަންމެ ބިޒީކޮށް އުޅުނަސް އަހަންނަށް ވަގުތު ދެއެވެ. އޭނާއަށް އެންމެ މުހިއްމު މީހަކީ އަހަންނެވެ. ބައެއް ފަހަރު އޭނާ އަހަރެން ދެކެވާ ލޯބި އިހުސާސްކުރެވުމުން އަހަރެންގެ ލޮލުން ކަރުނަ އާދެއެވެ. އުފަލުންނެވެ. އެފަދަ ބައިވެރިޔަކު ލިބުނީތީ އަހަރެން ޝުކުރުކުރަމެވެ.
އަހަންނާ ނިހާދަކީ ހުރިހާ ގޮތަކުން ވެސް ގުޅޭ ޖޯޑެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ. އަހަރެމެންގެ ގިނަ ރައްޓެހިންނަށް އެންމެ ފާހަގަކުރެވެނީ އަހަރެމެން ދެމީހުންގެ ދޭތެރޭގައި ޖެހޭ މައްސަލަތައް މަދުކަމެވެ. ބައެއް ރައްޓެހިން އަބަދު ވެސް އުޅޭނީ އެމީހުންގެ ބައިވެރިޔާއާ މައްސަލަ ޖެހިގެންނެވެ. އެކަން އަހަރެމެންނަށް ވަނީ މަޖާ ކަމަކަށެވެ. އަހަންނާ ނިހާދުގެ ލޯބީގެ ގުޅުމަށް ގިނަ އަހަރުތަކެއް ވެފައިވާއިރު ވެސް މާގިނަ މައްސަލަތަކާ ކުރިމަތިލާކަށް ނުޖެހެއެވެ. ސަބަބަކީ އަހަރެމެން ދެމީހުން އެކަކު އަނެކަކު ދެކެވާ ލޯތްބާއި، ކުރާ އިތުބާރެވެ..
އަހަރެންގެ ބައެއް ރައްޓެހިން ނިހާދާ ބެހޭގޮތުން އަހަންނަށް އަޑުއަހަން އުނދަގޫވާ ކަހަލަ ބައެއް ވާހަކަ ދައްކައެވެ. ނިހާދު އެހެން އަންހެން ކުދިންނާއެކު ސިއްރު ގުޅުން ބާއްވާ ކަމަށްބުނެ އެވެ. ނަމަވެސް އަހަރެން ގަބޫލެއް ނުކުރަމެވެ. އަހަންނާ ނިހާދު ހަމަޖެހިގެން އުޅޭތީ އެމީހުން ހަސަދަވެރިވަނީ އެވެ. އަހަރެންގެ އަމިއްލަ ނަފުސައްވުރެ ބޮޑަށް ނިހާދު އަށް އިތުބާރުކުރަމެވެ. ނިހާދު އަހަންނަށް ސިއްރުން އެއްވެސް ކަމެއް ނުކުރާނެ އެވެ. ދޮގެއް ނުހަދާނެ އެވެ. އެއީ ވަފާތެރިއެކެވެ. ނިހާދު އެހެން އަންހެން ކުދިންނާ ގުޅުން ބާއްވާނަމަ އަހަންނަށް ވެސް އެނގޭނެ އެވެ. ޝައްކުވާނެ އެވެ. އެހެނަސް އެފަދަ ކަމަކާމެދު ޝައްކުކުރެވޭ ކަހަލަ އެއްވެސް ކަމެއް އޭނާގެ ފަރާތަކުން ނުފެނެއެވެ.
އަހަންނާ ނިހާދު ކައިވެނި ކުރެވިއްޖެއެވެ. ދެފަރާތުގެ އާއިލާގެ ވެސް ރުހުމާ އެކުގައެވެ.
“ވިސްނާނުލާ ކުރެވޭކަމެއްގެ ސަބަބުން ފަހުން ރޯންޖެހޭނެކަން ހަނދާންކުރާތި!” އަހަރެމެންގެ ކައިވެނި ކުރެވުނު ދުވަހު ދުރުތާ ތިމާގެ މީހަކު އަހަރެން ގާތުގައި ބުންޏެވެ. އޭނާ އެ ބުނި އެއްޗެއްގެ މާނަ އަހަންނަކަށް ނޭނގުނެވެ. އެނގޭކަށް ބޭނުމެއް ވެސް ނޫނެވެ. އިންސާނުންނަކީ ފާޑެއްގެ ބަޔެކެވެ. އަނެކާއަށް އުފަލެއް ނުވަތަ ނަސީބެއް ލިބޭކަށް ނޭދޭނެ އެވެ. ދެމީހަކު ހަމަޖެހިގެން އުޅެންޏާ ކޮންމެ ވެސް ބަޔަކު އެ ދޭތެރެއަށް ވަންނާނެ އެވެ.
އަހަރެން ކިހާ ނަސީބު ރަނގަޅު ހެއްޔެވެ؟ ތިމާ އެންމެ ލޯބިވާ މީހާއާ ކައިވެނިކުރުމުގެ ނަސީބު ލިބޭނީ ވަރަށް މަދު މީހަކަށެވެ. އެފަދަ ނަސީބުވެރިންގެ ލިސްޓުގައި އަހަރެންގެ ނަން ހިމެނުނީތީ އުފާކުރަމެވެ. ނިހާދު އަކީ ރަނގަޅު ފިރިއެކެވެ. ދުވަހަކުވެސް ރުޅިއައިސްގެން އަހަންނާ ދިމާއަށް ބާރަށް އެއްޗެކޭ ނުބުނެއެވެ. އަނިޔާއެއް ނުކުރެއެވެ. އޭނާ އަބަދުވެސް މަސައްކަތް ކުރަނީ އަހަރެން އުފަލުގައި ބަހައްޓާށެވެ. ފިރިމީހާގެ މައްސަލައެއް ނެތުމަކީ މައްސަލައެކޭ ބުނާބުނުން އަހަރެން ގަބޫލެއް ނުކުރަމެވެ. ކޮންމެ ފިރިހެނެއްގެ މައްސަލައެއް އޮންނާކަށް ނުޖެހޭނެއެވެ. ބައެއް މީހުންނަކީ އެންމެ ރަނގަޅު، އެންމެ ފުރިހަމަ މީހުންނެވެ.
ނިހާދުއަށް ލިބިފައިވާ ތަނަވަސްކަމަކީ އަހަރެންގެ ނަސީބު ކަމުގައިވި އެވެ. އަހަރެން އުޅެނީ ހިތްހަމަޖެހިގެންނެވެ. ބޭނުން ކޮންމެ ކަމެއް ބޭނުން ވަގުތަކު ކުރެވެއެވެ. ނިހާދު ރަނގަޅީ ހަމައެކަނި އަހަންނަކަށް ނޫނެވެ. އަހަރެންގެ އާއިލާގެ މީހުންނަށް ވެސް ވަރަށް ރަނގަޅެވެ. ނިހާދު ކަހަލަ ދަނބިދަރިއަކު ލިބުނީތީ އަހަރެންގެ މައިންބަފައިން ފަޚުރުވެރިވެއެވެ. ދެންހުރީ އަހަންނަށްވުރެ ދޮޅުއަހަރު ހަގު އަހަރެންގެ ކޮއްކޮ ނީނާ އެވެ. ނިހާދު ނީނާ އާއި ދޭތެރޭގައި ދެކެނީ އެއްބަނޑުއެއްބަފާ ކޮއްކޮ އެއް ފަދައިންނެވެ. ވަޒީފާ އަށް ގޮސް، އައިސްއުޅުމުގައި ނީނާ އަށް ނިހާދުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެއެވެ. ދާންޖެހޭ އޮފީހާއި އުޅޭގެ ހުންނަނީ ވަރަށް ދުރުގައެވެ. ނިހާދު ވެސް އެއްވެސް ޝަކުވާއެއްނެތި ނީނާ ބުނާ ކޮންމެ ކަމެއް ކޮށްދެއެވެ..
ވަރަށް އަމާންކަމާއެކު، އެއްވެސް މައްސަލައެއް ކުރިމަތިނުވެ ކައިވެނީގެ ފުރަތަމަ ދެއަހަރު ވޭތުވެގެން ހިނގައްޖެއެވެ. ކެތްތެރި ކަމެއްނެތި އަހަންނަށް އިންތިޒާރު ކުރެވެމުންދަނީ ނިހާދު އަހަންނަށް ދިން އަގު ބޮޑު ހަދިޔާ މި ދުނިޔެއަށް ނޭވާލާނެ ވަގުތަކަށެވެ. ބަނޑުގައިވާ ތުއްތު ދަރިފުޅު ތޮޅިލާ ކޮންމެ ފަހަރަކު ކުރެވޭ އުފާވެރި އިޙުސާސް ބުނެދޭން ވެސް ދައްޗެވެ. ބަނޑު ބޮޑުވުމުން ފުރަތަމަ ދުވަސްކޮޅު އަހަރެން ވަރަށް ބޮޑަށް ބަލިވިއެވެ. އަހަންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު އަންހެނަކު ގޭގައި ނެތުމުން ނީނާ ގެޔަށް ގެނައީމެވެ. އޭނާ ވަރަށް ރަނގަޅެވެ. ވަޒީފާއަށް ދަމުން، އަހަންނާ ނިހާދުގެ ހުރިހާކަމެއްވެސް އެއްވެސް ޝަކުވާއަކާ ނުލާ ކޮށްދެއެވެ.
ކުޑަދޮރު ކައިރިން ދެބުޅާ ކޯޅިގަތްއަޑުއިވުމުން އަހަރެން ވަރަށް ބޮޑަށް ސިހުނެވެ. ހިތަށް ވެރިވި ބިރުވެރިކަމުގެ ސަބަބުން އަވަސްއަވަހަށް އެނދުން ތެދުވެގެން ނީނާ ނިދާ ކޮޓަރިއަށް ދާން ނުކުތީމެވެ. އެ ކޮޓަރިއާ ހަމައަށް ދެވުމުން އަހަރެންގެ ފިޔަވަޅަށް ހުއްޓުން އެރިއެވެ. ދޮރު ކައިރީގައި ހުރީ ނީނާގެ ފައިވާން އެކަންޏެއް ނޫނެވެ. ނިހާދުގެ ބޫޓު ވެސް ހުއްޓެވެ. ނިހާދު ގެޔަށް އައީ ހެއްޔެވެ؟ އެކަމަކު މިގަޑީގައި އޭނާ ނީނާގެ ކޮޓަރީގައި………………..ްްް
އަހަރެން ތަޅުގައި ހިފައިލީމެވެ. ހުރީ އެތެރެއިން ތަޅުލައިފައެވެ. ނިހާދު ދޭތެރޭގައި ފުރަތަމަ ފަހަރަށް އަހަރެންގެ ހިތުގައި ޝައްކު އުފެދުނެވެ. އަދި ފާއިތުވި ދުވަސްތަކުގައި ނިހާދުގެ ފަރާތުން ފެނުނު ބައެއް ކަންކަމާއި، އޭނާ އާއި ނީނާ އާއި ދޭތެރޭގައި އޮތް ގާތް ގުޅުން ފިލްމެއްގެ މަންޒަރުތަކެއްހެން އަހަރެންގެ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އަހަރެން ކޮޓަރިއަށް ވަދެފައި ނީނާގެ ކޮޓަރީގެ ޑަބަލް ތަޅުދަނޑި ހޯދީމެވެ. އަދި އެތަޅުދަނޑީގެ އެހީގައި އެ ކޮޓަރީގެ ދޮރު ހުޅުވައިލީމެވެ. ފެނުނު މަންޒަރުން އަހަރެންގެ ހިތުގެ ވިންދު ހުއްޓުނު ކަހަލަ އެވެ. އަހަރެން ފެނުމުން ނިހާދު އާއި ނީނާ އަށް ލިބުނީ ސިހުމެކެވެ. އަހަރެންގެ ހިތަށްކުރި ފުންއަސަރު ބުނެދޭންވެސް ދައްޗެވެ. އަހަރެންގެ ލޯބިވާ ފިރިމީހާ އާއި ލޯބިވާ ކޮއްކޮ އެފަދަ ހަޑިމުޑުދާރު ގޮތަކަށް ތިބި ތަން ފެނުމުން ވެސް އަހަންނަކަށް ނުރޮވުނެވެ. ރުޅިއައިސްގެން އެންމެ ލަފުޒެއް ވެސް ނުބުނެވުނެވެ. މަޑުމަޑުން ފަހަތަށް ފިޔަވަޅުތައް އަޅަމުން އެ ކޮޓަރިން ނުކުތީމެވެ. އަހަރެންގެ ހިތުތެރޭގައި މާޒީގެ ޞަފުހާތައް ނިއުޅެންފެށިއެވެ.
މިހުރިހާ ދުވަހު އަހަންނަށް ބެލުނީ އެއް ލޮލުންނެވެ. އަޑުއެހުނީ އެއް ކަންފަތުންނެވެ. ޙަޤީޤަތުގައި ނިހާދު ފަރާތުން ޝައްކު ކުރެވޭކަހަލަ އެތައް ކަމެއް ފެނުނެވެ. އަހަރެންގެ ކޮށިވިސްނުމަށް އެކަން ދެނެނުގަނެވުނީ އެވެ. ކައިވެނީގެ ކުރިން ވެސް އަދި ފަހުން ވެސް ނިހާދަކީ މާބުރުގެ އުޞޫލު ގެންގުޅޭ މީހެއްކަމަށް އަހަރެން ގާތުގައި ކިތަންމެ ބަޔަކު ބުނަމުން އައެވެ. ނަމަވެސް އަހަންނަށް ގަބޫލު ނުކުރެވުނީއެވެ. ގަބޫލު ކުރެވޭނީ ވެސް ކިހިނެއް ހެއްޔެވެ؟ ނިހާދު އަހަރެންގެ ލޮލުގައި އަޅުވާފައިވަނީ މާ ކުލަގަދަ އަނދުނެކެވެ. އަހަރެން ނިހާދަށް ވަރަށް އިތުބާރުކުރީމެވެ. ނަމަވެސް ދެނެއް ނުކުރެވޭނެއެވެ. ނީނާ ނޫން އެހެން އަންހެނަކާއެކު ނިހާދު އެފަދަ ގޮތަކަށް ފެނުނުނަމަ އަހަރެންގެ ހިތަށް މި ވަރަކަށް އަނިޔާއެއް ނުލިބޭނެ ކަންނޭގެއެވެ..
ނިހާދާއި ނިހާދުގެފިހާރައިގައި މަސައްކަތްކުރާ އަންހެން ކުއްޖަކާ ދޭތެރޭ ޚާއްޞަ ގުޅުމެއް އޮންނަ ވާހަކަ އަހަންނަށް ވަނީ ކުރިން އަޑުއިވިފައެވެ. ނިހާދުގެ ބައްޕަގެ ގޭގައި ހުންނަ ކުއްޔަށް ދޭ ކޮޓަރިއެއްގައި ހުރި ކުއްޖަކާއި ނިހާދާ ދޭތެރޭގައި ގުޅުން އޮތް ވާހަކަ އާއި އަދިވެސް އެ ކަހަލަ އެތައް ވާހަކައެއް އަޑު އެހީމެވެ. ނިހާދު ބުނަމުން އައީ އެއީ މުޅިން ވެސް ޙަޤީޤަތާ ޚިިލާފު ވާހަކަތަކެއް ކަމަށެވެ. އޭނާ ބުނެފިނަމަ މެންދުރަކީ މެންދަންކަމަށް ވެސް އަހަރެން ގަބޫލުކުރީމެވެ. ނަމަވެސް އަޑެއްކިޔައިނަމަ ރެނދެއްލާނެކަން މިހާރު ގަބޫލު ކުރަން ޖެހިއްޖެ އެވެ.
އަހަރެންގެ އެއްޗެހިތައް ފޮށްޓަށް އަޅައިގެން އެގެއިން ނުކުންނަން ހިނގައިގަތީމެވެ. އޭރު ނިހާދާއި ނީނާ އިސްދަށަށްޖަހައިގެން ސިޓިންގ ރޫމްގައި ކޮޅަށް ތިއްބެވެ. ވެހެމުން ދިޔަ ވާރޭ އަށް ސަމާލުކަން ދިނުމެއް ނެތި އަހަރެން މަގުމައްޗަށް ނުކުތީމެވެ. ނިހާދު އަހަރެން ހުއްޓުވަން މަސައްކަތްކުރި އެވެ. އެކަމަކު އަހަރެން މަޑެއްނުކުރަމެވެ. މަޑުކުރަންވީ ކީއްކުރަން ހެއްޔެވެ؟ ނިހާދު އަހަރެންގެ ބޭނުމެއް ނެތެވެ. އޭނާ އެހެން އަންހެނުން ކައިރިން އުފާ ހޯދަނީ އަހަރެންގެ ފަރާތުން ކޮން އެއްޗެއް ނުލިބިގެން ހެއްޔެވެ؟ އަހަންނަށް ކޮންކަމެއް ކޮށްނުދެވޭތީ ހެއްޔެވެ؟
ނިހާދު މަޢާފަށް އެދުނެވެ. ލިބެން އުޅޭ ދަރިފުޅުގެ ހައްޤުގައި އޭނާ އާއި ވަކި ނުވުމަށް އެދުނެވެ. އެކަމަކު އަހަރެން ނިހާދަށް މަޢާފުކުރާނީ ކޮން ހިތަކުން ހެއްޔެވެ؟ ނިހާދަކީ އަހަރެން އެންމެ ލޯބިވި، އަދި މިހާރު ވެސް އެންމެ ލޯބިވާ މީހާއޭ ބުނަން ލަދު ވެސް ގަނެއެވެ. ކިތަންމެ ލޯބިވިޔަސް ދެން ނިހާދާ އެކުގައެއް ނޫޅެވޭނެ އެވެ. އުޅޭކަށް ބޭނުމެއް ވެސް ނޫނެވެ. އެރޭގެ ފަހުން އަހަންނާ ނީނާ އާއި ދޭތެރޭގައި އޮތް އެއްބަނޑު އެއްބަފާކަމުގެ ގުޅުން ކެނޑުނެވެ. އޭނާގެ ހިޔަނި ފެންނަ ހިސާބަށް ވެސް އަހަންނެއް ނުދަމެވެ. އޭނާ ވެސް އަހަރެންގެ ކުރިމައްޗަކަށް ނާދެއެވެ..
ނިހާދަކީ މި ދުނިޔެއިން އަހަރެން އެންމެ ލޯބިވި އިންސާނާ އެވެ. ދެން ހުރީ ނީނާ އެވެ. އޭނާ އަކީ އަހަރެން އެންމެ ލޯބިވާ ކޮއްކޮ އެވެ. އަހަންނާ އެއްބަނޑު އެއްބަފައި ހުރި ހަމަ އެކަނި ފުރާނަ އެވެ. އަހަރެން އެންމެ އިތުބާރުކުރި އަދި ހުރިހާ ގޮތަކުން ވެސް އަހަންނަށް އެހީތެރިކަން ފޯރުކޮށްދޭން ތިބި ދެ މީހުން އަހަރެންގެ ކަރުގައި ހިފީ އެވެ. ދެން އަހަރެން އިތުބާރު ކުރާނީ ކާކަށް ހެއްޔެވެ؟ މީހުން ބުނެއުޅެނީ ތެދެކެވެ. ތިމާގެ ގައިގައި އެންމެ ބާރަށް ޖަހާނީ ތިމާއާ އެންމެ ގާތުގައި އުޅޭ މީހުންނެވެ.

ނިމުނީ

Share Article

Follow Me Written By

Thohira

Level 1

Other Articles

Previous

ނިދީތެރޭން

Next

ނީމް 4

Next
June 28, 2013

ނީމް 4

Previews
June 27, 2013

ނިދީތެރޭން

15 Comments!

  1. އޭނަ says:
    June 28, 2013 at 3:56 pm

    ވާއޮ! ވ ވ ވ ވ ސަޅި މި ވާހަކަ..އަޅެ އިތުރު މިކަހަލަ ވާހަކަތައް ލިޔައްޗޭ!! ގަދަ ގޮލައެއް ތީ 😛

  2. tinkerbell says:
    June 29, 2013 at 11:33 am

    ވަރަށް ރީތި!!!

  3. Anonymous says:
    June 29, 2013 at 1:21 pm

    ވ ރީތި

  4. Nau Nausha says:
    June 29, 2013 at 1:25 pm

    ވ ރީތި …..

  5. fathimath Asim says:
    June 29, 2013 at 3:50 pm

    ވ.ފުރިހަމަ

  6. nishan says:
    July 1, 2013 at 1:08 pm

    ސަޅި

    1. Andrea says:
      February 4, 2014 at 1:25 pm

      Shiver me timbers, them’s some great innotmariof.

    2. www.eschatologyjournal.org says:
      February 18, 2014 at 4:40 pm

      This is way more helpful than anything else I’ve looked at.

    3. flaxseed meal says:
      September 20, 2014 at 10:30 pm

      That’s a slick answer to a challenging question

  7. ޒައި says:
    July 1, 2013 at 8:53 pm

    ރީތި ……

  8. ފާތުން: says:
    July 4, 2013 at 5:58 pm

    ވަރަށް ހަބޭސް! ވަރަށް ވެސް އަސަރު ގަދަ :'(

  9. އިބްރާހިމް އަލީ says:
    July 7, 2013 at 11:36 am

    ވަރަށް ހަބޭސް ވަރަށް ޓްރޫ ސްޓޯރީ އެއް މިވާހަކަ ހިތުގެ އެތެރޭގަ ހަރުލާފި

  10. lyxz says:
    July 15, 2016 at 10:23 am

    Salhi Ekm nihmun ehaa ok eh nun

    1. malee says:
      November 4, 2016 at 9:28 pm

      E kyve..???
      E soraa ehkon noolhi dhiyaematha

    2. malee says:
      November 4, 2016 at 9:29 pm

      V rythi mivaahaka.. I love it

Comments are closed.


All Right Reserved!