Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ހުޅުދާން 1

Star Fire Level 310 Stories
October 9, 2022 5 Mins Read
0 Comments

“އެއީ ކޮން އަންހެން ކުއްޖެއް ؟ ޔަގީނުންވެސް އާލްއަށް ވަރަށް ޙާއްސަ ކުއްޖެއް އެއީ…ދެން ކީއްވެ އަހަރެން ފެންނަ އިރަށް ނުވާކަމަކަށް ތި ހެދޭނީ ؟ ” 

 

އާލްއަށް ކުރިމަތިވަމުން ދިޔަ ރޫޔާގެ ސުވާލުތަކުން ދިޔައީ ބޯހާސް ކުރުވަމުންނެވެ. އެނދުމަތީގަ އޮތް އަންހެން ކުއްޖާއަށް ބަލާލަމުން އާލް އިޝާރާތް ކުރީ އެކޮޓަރީގައި ހުރި ބެލްކަންޏަށް ދިޔުމަށްށެވެ. އެއާއެކު ލަސްކުރުމެއް ނެތި ރޫޔާ ބެލްކަންޏާއި ދިމާއަށް ހިގައިގަތްތަން ފެނުމުން އާލްގެ ފަރާތުން ޖަވާބެއް ބޭނުންވާ މިންވަރު ހާމަވެގެން ދިޔައެވެ. 

 

” މިހާރު ބެލްކަންޏަށް ވެސް މި އާދެވުނީ ދެން ކިޔާބަލަ”  

 

ބެލްކަނީގަ ހުރި ކްރީމް ކުލައިގެ ސޯފާގައި އިށިންނަމުން ރޫޔާ ބުނެލިއެވެ. އާލްގެ މޫނުމަތިން ފެންނަމުން ދިޔަ ނުތަންވަސްކަން ހެކިދެމުން ދިޔައީ ދައްކަން އުޅޭ ވާހަކަ އަކީ އާލްއަށް އެހާ ފަސޭހަ ވާހަކައެއް ނޫންކަމަށްށެވެ. 

 

” އެއީ މީގެ 3 އަހަރު ކުރިން..ރޫޔާ އާއި ބައްދަލުވުމުގެ ކުރިން” 

 

ފުންނޭވައެއް ދޫކޮށްލަމުން އާލް މާޒީގެ ސަފުހާތަށް ހުޅުވާލަމުން ވާހަކަ ފެށިއެވެ. 

 

3 އަހަރު ކުރިން………. 

 

ސްކޫލުގެ މައި ދޮރުން އެތެރެއަށް ވަތް ކައިލާ ފެނި ބެންޗުގައި ސަކަރާތް ޖަހަން ތިބި އާލް އާއީ އޭނާގެ ރައްޓެހިންގެ ގާތައް އައީ ލާނެތް ހިންޏެކެވެ. ކައިލާ ފެނުމުން އާލް އަކަށް މަޑަކުން ނީންދެވުނެވެ. ބެންޗުން ތެދުވަމުން ލާގެން ހުރި ކަޅުކުލައިގެ ފަޓުލޫނު ޖީބައް އެއް އަތް ޖަހާލަމުން ކައިލާ އާއި ދިމާއަށް ހިނގައިގަތެވެ. އޭރު ރައްޓެހިން ފަހަތުތިބެ ހިތްވަރު ލާދެމުން ދިޔައެވެ. 

 

” ހައެހައެހައޭ މިއޮތް އަރާ ސެންޓު ވަހަކޯއި… ހަމަ ބުއްދި ފިލައިގެ ދާ ކަހަލަ އާހް” 

 

ކައިލާގެ ކުރިމައްޗަށް އަރަމުން އެ އަތުން މޭމަތީގައި ފިރުމާލަމުން އާލް ބުނެލީ މަސްތީ ގޮތަކަށްށެވެ. ނަމަވެސް ކައިލާގެ ފަރާތުން ޖަވާބެއް ނުލިބުނުތާގަ އިސްނަގާ ބަލާވެސް ނުލިއެވެ. އެ ގޮތް އާލް އަކަށް ކަމަކު ނުދިޔައެވެ. އެހެންކަމުން ކައިލާ އެއްޗެކޭ ބުނޭތޯ އަނެއްކާވެސް ވާހަކަ ދެއްކިއެވެ. 

 

” މަންޖެ ކޮންތާކުންތަ ސެންޓު ފުޅިގަންނަން ރުފިޔާ ހޯދީ ؟ އަނެއްކާ ސަލާން ޖަހައިގެން ތަ ؟  ހައްހައްހައްހަ” 

 

އާލް އެހެން ބުނި އަޑާއެކު ފަހަތުގައި ތިބި އޭނަގެ ރައްޓެހިން ހޭން ފެށިއެވެ. އެކަކަށް ނުފެނުނެއް ކަމަކު އާލްއަށް ކައިލާގެ ލޮލުގަ ޖަމާވަމުން ދިޔަ ކަރުނަތަށް ފެންނަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި އާލްގެ ހިތުގައި ރިއްސާލީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އެހެން ވާތާ މިހާރު 3 ވަރަކަށް ދުވަސް ވެދާނެއެވެ. ކައިލާ ދެރަކޮއްލާ ކޮންމެ ފަހަރަކު އާލްގެ ހިތުގައި ތޫނު އެއްޗަކުން އަޅުވާފަދަ އިޙްސާސެއް ކުރެވެއެވެ. އާލްއަށް ކައިލާއާއި ދިމާއަށް ބަލަން އިތުރަށް ކެތްނުވުމުން ފުރަގަސް ދީ ކުރިއަށް ހިނގައިގަތެވެ. އެއިރުވެސް އާލްގެ ރައްޓެހިން ދިޔައީ ކައިލާ އާއި ފޮށެމުންނެވެ. 

 

އާލް އަކީ ގުރޭޑު 11 ގައި ކިޔަވަމުން އަންނަ ޒުވާނެކެވެ. އަދި ކައިލާ އަކީ 10 ގަ ކިޔަވަމުން އަންނަ ކުއްޖެކެވެ. އަހަރުގެ ގޮތުން ބަލާއިރު އާލް ކައިލާއަށް ވުރެ 3 އަހަރު ބޮޑެވެ. މަތީ ފަންތީގެ އާލްއަށް ކައިލާ ފަދަ ނިކަމެއްޗަކަށް ޖެއްސުން ކުރުންވަނީ މަޖާކަމަކަށްށެވެ. ރައްދުގައި ކައިލާ އެއްޗެކޭ ނުބުނާތީވެ އާލްއަށް ލިބެމުން ދިޔައީ އިތުރު ހިތްވަރެކެވެ. 

 

ދުވަހުގެ ކިޔެވުންފެށި ބްރޭކް-ގަޑި ޖެހުނީއެވެ. އާދައިގެ މަތިން އާލް ކައިލާއަށް ޖެއްސުން ކުރުމުގައި އުޅުނެވެ. ހީވަނީ އާލް އަދާކުރަން ޖެހޭ ވާޖިބެއް ހެންނެވެ. އެކި ގޮތް ގޮތުން ޖެއްސުން ކޮށްގެންވެސް ކައިލާގެ ސަމާލުކަން ނުލިބުމުން އާލް އެންމެ ފަހުން ކައިލާގެ ކަރުގައި އޮތް ޕެންޑެންޓު ދަމައިގަތެވެ. އޭގެ ސަބަބުން އާލް ހީކުރި ވަރަށްވުރެ އަވަހަށް ކައިލާގެ ސަމާލުކަން ލިބިގެން ދިޔައެވެ. 

 

” އާލް !!! ހަމަ މިހާރު ގެނޭ ތި ޕެންޑެންޓު !!!!” 

 

ކައިލާގެ އަޑު ކަންފަތުގަ ޖެހުމާއެކު އާލްގެ ތުންފަތުގަ ކާމިޔާބީ ހިނިތުންވުމެއް ކުރަހާލި ފަދައެވެ. ކައިލާއަށް ބަލަލުމެއް ނެތި އާލް ދުއްވައިގަތީ އެ ޕެންޑެންޓު ނުދޭނެ ކަމަށް ބުނަމުންނެވެ. އާލްގެ ފުލުން ކައިލާ ދުވަމުން ދިޔައެވެ. ނަމަވެސް އާލް އާއީ އެއްހަމަ ކުރެވޭ ވަރެއް ނުވިއެވެ. ދުވަމުން ދުވަމުން ގޮސް އެންމެ ފަހުން ސްކޫލުގެ ސްވިމިން ޓްރެކްއަށް އާދެވުނެވެ. ޓްރެކް ކައިރީ ހުއްޓެމުން އާލް އޭނާގެ ފަހަތުން އައި ކައިލާއަށް ބަލާލިއެވެ. 

 

” މި ދަބަރު ޖަހާ ބޯވެފަ އޮތް ޕެންޑެންޓު ގަނޑުގަ ކޯއްޗެއް އޮވެގެން އަހަރެންގެ ފުލުން އެ ވަރަށް ތި ދުވީ ؟

އަނެއްކާ ބިޓު ސޮރު ދިން އެއްޗެއް ތަ ؟” 

 

ސީދާ ލައިލާގެ މޫނަށް ބަލާގެން ހުރެ ވާހަކަ ދެއްކި އާލްގެ މަޤްސަދަކައްވީ ކައިލާ ރުޅި އަރުވާލުމެވެ. ކަންވީވެސް އާލް ބޭނުންވީ ގޮތައްށެވެ. ކައިލާ ހީވީ ރުޅި އަރާގެން ގޮސް ފަޅައިގެން ގޮސްދަނެ ހެންނެވެ. 

 

” އާލް އަކާ ބެހޭ ކަމެއް ނޫން އެއީ ހަމަ މިހާރު ގެނޭށޭނު މި ބުނީ.. އެއްފަރު ބުނީމަ އަޑު ނީވެނީ ކީއްވެތަ” 

 

އަރާފައި ހުރި ރުޅިއާއެކު ކައިލާ އާލްގެ އަތުން އެ ޕެންޑެންޓު އަތުލެވޭތޯ މަސައްކަތް ކުރިއެވެ. ނަމަވެސް ކާމިޔާބު ވާގޮތް ނުވީ އާލް ކައިލާއަށް ވުރެ އިސްކޮޅުން ދިގު ވުމުންނެވެ. ކައިލާއަށް ޕެންޑެންޓު ނުދޭން ވެގެން އާލް އެންމެ ފަހުން އެ ޕެންޑެންޓު ޓްރެކް ތެރެއަށް އެއްލާލިއެވެ. ކައިލާގެ މޫނަށް ބަލާލަން ކެތްމަދުވެފަ ހުރި އާލް ފަހަތަ އެނބުރި ބަލައިލިއެވެ. ހަމައެކަނި ކައިލާގެ މޫނުމަތީގަ ވާ އަސަރުތައް ދެނެގަތުމައްށެވެ. ކައިލާ ހުރީ ގަނޑުވެފަ ކަހަލައެވެ. 

 

” ބައްޕާ” 

 

ވައިއަޑުން ބުންޏެއްކަމަކު އާލްއަށް ވަރަށް ސާފުކޮއް އަޑުއިވުނެވެ. އާލްއަށް ބެލުމެއް ނެތި ކައިލާ ޓްރެކް ތެރެއަށް ފުންމާލިއެވެ. ފަތަން ނޭނގޭ ކައިލާ ދިޔައީ ފެންމަތީގަ އޮންނަން މަސައްކަތް ކުރަމުންނެވެ. ނަމަވެސް ގެނބެމުން ދިޔަ ކައިލާގެ ނޭފަތާއި އަނގައަށް ފެން ވަންނަމުން ދިޔައެވެ. މަންޒަރު ބަލަން ހުރި އާލް ގެ ހިތައް އެރީ އެހެން ގޮތަކަށްށެވެ. އެހެން ކަމުން އަނގައަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. 

 

” އޮހް ކައިލާ ދެން ތީ ކޮންކަމެއް.. އަހަރެންގެ ހަމްދަރުދީ ލިބޭތޯތަ ތި އުޅެނީ ؟.. ހެއްހެއް އެހެން ވެޖިއްޔާ އަހަރެން ބުނާނީ ތިކަން ހުއްޓާލާށޭ” 

 

ނަމަވެސް ގެންބެމުން ދިޔަ ކައިލާ ފެނި ވިސްނާލިއެވެ. ހަމަ އަސްލު ކޮއްވެސް ކައިލާއަށް ފަތަން ނޭނގެނީ ހެއްޔެވެ ؟ ހިތުގައި އުފެދުނު ބިރުވެރިކަމާއެކު ވަރުދޫވެގެން އަޑިއަށް ދަމުން ދިޔަ ކައިލާއަށް ބަލާލިއެވެ. 

 

” ޝިޓް “

 

އެންމެ ސިކުންތު ކޮޅެއް ވެސް މަޑުކުރުމެއްނެތި އާލް ޓްރެކް ތެރެއަށް ފުންމާލިއެވެ. ހަލުވިކަމާއެކު ފީނަމުން ގޮސް ކައިލާގެ އަތުގަ ހިފާ އޭނާ އާއި ދިމާއަށް ދަމައިގަތެވެ. އެއާއެކު ފަސޭހަކަމާއެކު ކައިލާ އާލްގެ އަތްދަނޑިމައްޗަށް ނަގަމުން ފެންމައްޗަށް އެރުމަށް ފީނާ ގަތެވެ. ޓެރެކްގެ އެއްފަރާތުގަ ކައިލާ ބާއްވަމުން އާލް މައްޗައް އެރިއެވެ. އަދި ކައިލާއަށް ގޮވަން ފެށިއެވެ. 

 

” ކައިލާ  ؟… އޭ ކައިލާ ލޯހުޅުވަބަލަ.. ކައިލާ !؟” 

 

ޙަރަކާތެއް ކޮއްނުލާ އޮތް ކައިލާ އަތްދަނޑި މައްޗަށް ނަގަމުން އާލް އަވަސްވެގަތީ ހެލްތް-ރޫމްއަށް ދިޔުމަށްށެވެ. 

 

ސްކޫލުގެ ސެޝަން ނިމެން ކާރިވެފަ ވަނިކޮށް…… 

 

މަޑުމަޑުން ލޯ ހުޅުވާލަމުން ކައިލާ އެނދު މަތިން ތެދުވިއެވެ. ބޮލަށް ބަރުވެފަވާކަން އިޙްސާސް ކުރެވުމުން އެއްއަތުން ބޮލުގައި ހިފުއްޓާލިއެވެ. އަދި ވަށައިގެން ބަލާލިއެވެ. އޮވެވުނީ ސްކޫލުގެ ހެލްތު-ރޫމްގަ ކަން އެނގުމުން ކައިލާ ހިސާބަކަށް ހައިރާން ވިއެވެ. އެހެން ކަމުން އެނދުން ތެދުވަން އަވަސްވެގަތެވެ. ނަމަވެސް އެއްފަރާތުގަ ހުރި ގޮނޑީގަ އިށީނދެގެން އެނދުމަތީގައި ބޯއަޅައިގެން އޮތް އާލްގެ މޫނު ފެނި ކައިލާ ސިއްސާގެން ދިޔައެވެ. އާލްގެ މެރިފަވާ ދެލޮލުން އެއޮތީ ނިދާފަކަން ކައިލާއަށް ޔަގީންވިއެވެ. އެހެންކަމުން އާލް ހޭލުމުގެ ކުރިން އެތަނުން ދާންވެގެން އުޅުނު ކައިލާއަށް އޭނާގެ ޕެންޑެންޓު އާލްގެ އަތުގަ އޮއްވާ ފެނުނެވެ. ޕެންޑެންޓު އާލްގެ އަތުން ފެނުމުން ކައިލާ ހިސާބަކަށް ހައިރާންވިއެވެ. ނަމަވެސް ދެވަނަ ވިސްނުމަކާ ނުލައި އާލްގެ އަތުތެރޭގަ އޮތް ޕެންޑެންޓު ނެގިއެވެ. އަދި ހެލްތު-ރޫމްއިން ނިކުމެގެން ދިޔައެވެ. 

 

” އިލޫ !!! އިލޫ ކޮންތާކުން ތި އައީ ؟ ކީއްވެ ތެމިފަ ތިހުރީ ؟؟ 

 

ކުލާހަށްވަތް ކައިލާއަށް އަމާޒުވީ އޭނާގެ ހުރި ހަމައެކަނި ރަޙުމަތްތެރިޔާ ކަމަށްވާ މަލްދާގެ ސުވާލުތަކެވެ. މަލްދާގެ މޫނުމަތިން ފެނަމުން ދިޔަ ހާސްކަމުން ކައިލާއަށް ހިނިތުންވެވުނެވެ. އެހެންމީހަކު އޭނާއާއި މެދު ނުވިސްނިއެއް ކަމަކު މަލްދާ އޭނާ އާއި މެދު ވިސްނާކަން އެނގޭތީ ކައިލާ ވަރަށް އުފާވިއެވެ. 

 

” ހެލްތު-ރޫމްއިން މި އައީ” 

 

ހިނިތުން ވެލަމުން ކައިލާ ޖަވާބުދިނެވެ. ނަމަވެސް މަލްދާގެ މޫނުމަތީގަ ވާ ކަންބޮޑުވުން ފިލައިގެންނެއް ނުދެއެވެ. ސެޝަން ނިމުމުގެ ސަބަބުން ކުލާސް ތެރޭގައި ހަމައެކަނި ތިބީ ކައިލާ އާއި މަލްދާއެވެ. 

 

” ދެން ތެމިފަ ތިހުރީ ކީއްވެ އޯ ؟” 

 

” އެއީ އާލް-“

 

” ހޫވާ އެއީ ވަރެއްގެ ފިރިހެނެއް.. މުއްސަނޖެއް ކަމަކު ދެން ތަންފުކެއް ބޮޑުވަރު” 

 

އާލް ގެ ނަން އިވުމާއެކު މަލްދާގެ ލޭ ހޫނުވިކަހަލައެވެ. ރުޅިއެރީ އަމަށަކުން ނޫނެވެ. 

 

” ހިނގާ ގެއަށް ދަމާ” 

 

އާލްގެ ވާހަކަ އިތުރަށް ދައްކާން ބޭނުން ނުވުމުން ކައިލާ ބުނެލިއެވެ. އަދި ދަބަހައް ފޮތްތައް އަޅަން ފެށިއެވެ. ހުރިހާ ފޮތެއް ހަމަކުރުމަށްފަހު މަލްދާ އާއި ކައިލާ ކުލާހުން ނިކުތެވެ. އަމިއްލަ ވަހަކާއިގަ ތިބެ ކުރިއަށް ހިނގަމުން ދިޔަ މި ދެ ރައްޓެހިން ހުއްޓެން ޖެހުނީ ކުރިމައްޗަށް އެރި މީހެއްގެ ސަބަބުންނެވެ. 

 

“ކައިލާ އަހަރެން-” 

 

އާލްއަށް އޭނާގެ ޖުމްލަ ފުރިހަމަ ނުކުރެވެނީސް މަލްދާ ކައިލާގެ އަތުގައި ހިފަމުން ކުރިއަށް ހިނގައިގަތީ އާލްއަށް ނުރައްކާތެރި ބެލުމެއް ހަދިޔާ ކޮއްލަމުންނެވެ. ކުއްވެރިއެއް ކަމުގެ އިހްސާސް ފުރަތަމަ ފަހަރަށް އާލްއަށް ކުރެވުނެވެ. މަލްދާ އާއި ކައިލާ ގޭޓުން ނިކުމެގެން ދިޔަތަން ބަލަން ހުރި އާލް މޫނުމަތީގަ އަތް ހިނގާލިއެވެ. އަދި ގެއަށް ދިޔުމަށް ބޭރަށް ހިނގައިގަތެވެ. 

 

***** ***** ***** *****

 

ގެއަށް އައިސް ވަތް ކައިލާއަށް އިހުސާސް ކުރެވުނީ އެކަނިވެރިކަމެވެ. ހުރިހާ ދޮރުތަކެއް ލައްޕާފައި ހުރުމުން ގޭތެރޭގަ ވަނީ އަނދިރިކަމެވެ. އަރަމުން ދިޔަ ވަހުން ކައިލާއަށް ނޭފަތާއި އަނގަ މަތީގަ އަތްއަޅާލެވުނެވެ. މުޅި ގޭތެރެ ހީވަނީ އެފުށްމިފުށައް ޖަހާފަ ވާހެންނެވެ. ސޯފާމަތީގަ ހުރި ކުށަންތައް މުށިގަނޑު މަތީގައި ހުއްޓެވެ. ފިނިނޭވައެއް ދޫކޮށްލަމުން ކައިލާ އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލެއްޕިއެވެ. އަދި ކޮނޑުގައި އޮތް ދަބަސް ފޮތްކިޔާ  މޭޒުކާރިގަ ހުރި ގޮނޑީގައި ބަހައްޓަމުން އަތުގަ ހުރި ފޮތްތައް މޭޒުމަތީގައި ބެހެއްޓިއެވެ. ފެންވަރައިގެން ފާހާނާއިން ނުކުތް ކައިލާ ހަށިގަނޑު ނިވާކުރުމަށް ޓަކައި އަންނައުނުލިއެވެ. އަދި ނަމާދު ކުރުމަށް ތައްޔާރު ވެލިއެވެ. 

 

ނަމާދުކޮއް ނިމުމުން ކައިލާ ކޮޓަރިން ނިކުތެވެ. އަދި ސިޓިން ރޫމް ސާފުކުރަން ފެށިއެވެ. ކުށަންތައް މުށިގަނޑުމަތިން ނެގުމަށްފަހު ސޯފާ މަތީގަ ރީއްޗަށް ބާއްވާލިއެވެ. ގޭގެ ކުޑަދޮރުތައް ހުޅުވުމަށް ޓަކައި ފަހަތަށް އެނބުރުނު ކައިލާ ދިޔައީ ސިހިގެންނެވެ. 

 

” މިރޭ ތައްޔާރުވެގެން ހުންނާތި ހެހެހެހެއް” 

 

އެބަސްތައް ކައިލާގެ ކަންފަތުގަ ޖެހުމާއެކު ހީވީ ކަންފަތައް ހޮނުގުގުރިއެއް ޖެހިހެންނެވެ. މިރޭ ވެސް އެ ބިރުވެރިކަމާ ކުރިމަތިލާން ޖެހޭނެއެވެ. އެ ކަންތައްގަނޑުން ސަލާމަތް ވާނެ ދުވަހެއް ނޭނގޭ ހާލުގަ ކައިލާގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. 

 

★★ނުނިމޭ★★

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

މަދަދުވެރިޔާ (17)

Next

ތިޔަ ލޯބީގައި…20

Next
October 9, 2022

ތިޔަ ލޯބީގައި…20

Previews
October 9, 2022

މަދަދުވެރިޔާ (17)



All Right Reserved!