Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

މާޒީ

Star Fire Level 310 Stories
March 13, 2022 9 Mins Read
0 Comments

މުޅި ކޮޓަރީގައި ރަސްކަން ކުރަމުން ދިޔައީ އަނދިރި ކަމެވެ. މި ދުނިޔެ މަތީގައި އުޅެނީ ހަމައެކަނި އިންސާނުންނެއް ނޫނެވެ. އެކަން މިހާރު އަހަރެންނަށް ވަރަށް ވެސް ރަނގަޅަށް އެނގިއްޖެ އެވެ. އަހަރެން މޫނު ކާކޫ މަތިން ނެގީމެވެ. އަދި މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިނގާލީ މެވެ. ކޮޓަރި ތެރޭގައި ވަނީ ހުސްކަމެވެ. އެ ހުސްކަން ފެނި އަހަރެންގެ ވިސްނުން ދައުރު ކޮއްލީ މީގެ 5 އަހަރު ކުރިން މި ކޮޓަރީގައި ހިނގާ ދިޔަ ޙާދިސާއަށް ށެވެ. 

 

(5 އަހަރު ކުރި)

 

***************

” ޒޯޔާ……. ޒޯޔާ ” 

 

މޮނިކާ ޒޯޔާގެ ކޮޓަރީ ދޮރު ދޮރުގައި ޓަކި ޖަހަމުން ދިޔައެވެ. 

 

” މޮނިކާ ކާކު މަރުވެގެން ތަ ތިއުޅެނީ…. ތި ތަންކޮޅެއް މަޑުން ޓަކި ޖަހާ ފިއްޔާ މޮނިކާ ގެ ގައިން ތަންގަނޑެއް މަދު ވަނީ ތަ ” 

 

އަހަރެން ކޮޓަރި ދޮރު ހުޅުވާ ލަމުން އާމުކޮށް މޮނިކާ އާއި ދިމާއަށް ގޮވާ ފަތިވަރު ގޮވައިގަތީމެވެ. 

 

” އެވަރަށް ޓަކި ނުޖަހަނީސް ޒޯޔާ ނުނިކުނާނެ ވިއްޔާ…… ދެންވެސް ހިނގާބަލަ މިހާރު އެންމެ ހިނގައިދާނޭ ” 

 

މޮނިކާ އަހަރެން ގެ އަތުގަ ހިފައި ދަމަމުން ކަހަލަ ގޮތަކަށް ގެއިން ނިކުންނަން ދިޔައެވެ. 

 

” ޒޯޔާ ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭ ނުވާނެ ތިހެން އުޅޭ ކަށް ” 

 

މަންމަ ބަދިގެއިން ނިކުންނަމުން އާދޭހުގެ ރާގަކަށް ބުނެލިއެވެ. ހީވާ ގޮތުން މަންމަ އަހަރެން ކޮންމެ ރެއަކު މި ދާތަނާ މެދު ހިތްހަމަ އެއް ނުޖެހެ އެވެ. ނަމަވެސް އަހަރެން މަންމަ ބުނި ބަހަށް ބީރު ކަންފަތެއް ދެމުން މޮނިކާ އާއި އެކު ގެއިން ނިކުމެގެން ދިޔައީ މެވެ. އަހަރުމެން ދެމީހުންގެ މަންޒިލަކަށް ވީ ރަށުގެ ފުއްޓަރު ފަރާތެވެ. 

 

ފުއްޓަރު ފަރާތަށް ދެވުމާއެކު މޮނިކާ އަހަރުމެން އާމުކޮށް ކުޅެން ތިބޭ ހުސްބިމާ ދިމާއަށް ދުއްވައި ގަތެވެ. އަހަރެންވެސް މޮނިކާ އެކޭ އެއްފަދައިން ދުއްވައި ގަތީމެވެ. ހުސްބިމާ ކައިރި ވަމުން ދިޔަ ވަރަކަށް އަހަރެންނަށް ރިދާ، މަލަކް، ނައިރާ، ރިޔާން، އިޔާޝް، އަދި އީމާން އަނދިރި ކަމުގެ ތެރެއިން ފެނުނެވެ. އަހަރެން ގޮސް މަލަކް ކައިރީ ހުއްޓުމާއެކު އިޔާޝް ބުނެލި އެވެ. 

 

” މިރޭ ވާން ޖެހޭނީ ޒޯޔާ ” 

 

އިޔާޝް އެހެން ބުނުމާއެކު އެންމެން ދުރުގައި ސާލެއްހެން ފެތުރިފައިވާ ވިނަގަނޑާއި ދިމާއަށް ދުއްވައި ގަތެވެ. އަހަރެންނާ ވާން ޖެހުމުން އަހަރެންގެ ތަބީޢަތު ގޯސް ވިއެވެ. ނަމަވެސް ކުރެވޭނެ އިތުރު ކަމެއް ނެތުމުން އަހަރެން ގުނަން ފެށީމެވެ. 50 އާ ހަމައަށް ގުނުމަށް ފަހު އަހަރެން އަންނަނީ ކަމަށް ބުނެ ވިނަގަނޑާއި ދިމާއަށް ދުއްވައި ގަތީމެވެ. 

 

ވިނަގަނޑާ ކައިރިވީ އިރަށް އަހަރެންގެ ފައި ބިންމަތީގައި އޮތް ކޮތްވެއް ގަ ޖެހުނެވެ. ފައި އެ ކޮވިގަ ޖެހުނު ދެއް ބާރު ކަމުން އަހަރެންގެ ލޮލުން ފެން އައެވެ. ފަޔަށް އެހާ ތަދުވުމުން އަހަރެން އައި ރުޅީގައި އަނެއް ފައިން އެ ކޮވި ގައި ޖަހާ ދުރަށް ފޮނުވާ ލީމެވެ. އެ ކޮވި ގޮސް ޖެހުނީ ތަންކޮޅެއް ކައިރީގަ ހުރި ނިކަގަހު ގައެވެ. ނަމަވެސް އަހަރެންގެ ފަރުވާލެއް ނެތެވެ. އަހަރެން ގޮސް ވިނަގަނޑަށް ވަތް ތަނާހެން ކާޅު ތަކާ ދިކޯ ތަކާ ކޮވެލެތައް ގޮވަން ފެށިއެވެ. ކުއްލިއަކަށް ވައިގަދަވެ މުޅި މާހައުލު ކުރިއަށް ވުރެ ބޮޑަށް އަނދިރި ވިހެން ހީވިއެވެ. ޖެހެމުން ދިޔަ ވަޔާއެކު ގަސްތައް ހީވަނީ ބިމުން ލުހިގެން ގޮސްފާނެ ހެންނެވެ. އެހެންކަމުން އެންމެން ބިރުން ވިނަގަނޑުން ނިކުތެވެ. އަދި މި ހިސާބުން މިރެއަށް ނިންމާލީ ކަމަށް ބުނެ ގެއަށް ދާން ހިނގައި ގަތެވެ. އަހަރެން ވެސް މޮނިކާ އާއެކު ގެއަށް ދާން ހިނގައި ގަތީމެވެ. ރަށުގެ މީހުން އުޅޭ ސަރަޙައްދަށް އާދެވުމާ އެކު އެންމެން އެންމެނަށް ރޭގަނޑުގެ ތަހުނިޔާ ކިޔުމަށްފަހު ގެއަށް ދާން ހިނގައި ގަތެވެ. އަހަރެން ވެސް ކަންނެތް ގޮތަކަށް ގެއާއި ދިމާއަށް ހިނގައި ގަތީމެވެ. 

 

ގޭގެ ދޮރު މަޑުމަޑުން ހުޅުވާލުމަށް ފަހު އަހަރެން އެތެރެއަށް ބޯދިއްކޮއް ލީމެވެ. އަދި މަންމަ ސިޓިން ރޫމް ގައި އުޅޭތޯ ބަލާލީމެވެ. މަންމަ ނެތްކަން ޔަގީން ވުމުން އަހަރެން ވަގެއް ހެން ގެއަށް ވަނީމެވެ. އަދި ގޮސް ކޮޓަރިއަށް ވަދެ މަޑުމަޑުން ދޮރު ޖަހާލަމުން އަމިއްލަ ނަފްސަށް ބުނެލީމެވެ. 

 

” ޕިސް ޕިސް ޕިސް… ޒޯޔާ ތަންކޮޅެއް ބޮޑު ވަރު…. އަމިއްލަ ގެއަށް ވެސް ތި ވަންނަނީ ވަގެއް ހެން ވިއްޔާ ” 

 

އަދި އަހަރެން ގޮސް ފާހަނަ އަށް ވަދެ ތާޒާ ވެލައި ގެން ނިކުމެ މަޑު ފިޔާތޮށި ކުލައިގެ ނައިޓީ ލުމަށްފަހު އެނދު މައްޗަށް ވެއްޓިގަތީމެވެ. އިސާހިތަކުން އަހަރެންނަށް ނިދީގެ ފުންކަނޑަށް ފީނާ ލީމެވެ. 

 

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ފައިގައި ހިފާ ދަމާ ހެން އިޙްސާސް ކުރެވުމުން ނެވެ. ލޯ ހުޅުވައިލީ އިރު އަނދިރި ކަމުން އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އަހަރެންގެ ހަށިގަނޑު ހީވަނީ ބިންމަތީގަ ދަމާފަ ގެނދާހެން ނެވެ. ލޯ އަނދިރިކަމަށް ހާނަން މަސައްކަތް ކުރަމުން އަހަރެން މާހައުލަށް ނަޒަރެއް ހިނގާލީމެވެ. ނަމަވެސް އެއްޗެއް ފެންނަގޮތެއް ނުވިއެވެ. އެހެންކަމުން އަހަރެން މައްޗަށް ބަލައިލީމެވެ. އެއްވެސް ނިވާކަމެއް ނެތި ހާމައަށް ފެންނަން އޮތް އުޑު ފެނި އަހަރެންނަށް އިޙްތިޔާރަކާ ނުލައި ހިން ދިރުވާ ލެވުނެވެ. އަހަރެން މި އޮތީ ކޮންތާކު ހެއްޔެވެ. ނޫނޭ އެއަށްވުރެ މުހިންމީ އަހަރެންގެ ފައިގަ ހިފާ ދަމަމުން މި ގެންދަނީ ކޯޗެއް ހެއްޔެވެ. އަހަރެން ތެދުވޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް އެއްވެސް ޙަރަކާތެއް ނުކުރެވުނެވެ. އެ އެއްޗަކުން އަހަރެންގެ ފައިގަ ހިފާ ދަމާފަ ވަކިހިސާބަކަށް ގޮސް ހުއްޓުނެވެ. އަދި ބަލާކަށް ނުހުރެ އަހަރެން ގެ ފައިގަ ހިފާ ދުރަށް ހޫރުވާލުމާއެކު އަހަރެން ގެ ހަށިގަނޑު ލުވި ފަތްހެން ދިޔައެވެ. އެ ދިޔަގޮތަށް ގޮސް ޖެހުނީ ވަރަށް ހަރު ތަނެއް ގައެވެ. ޖެހުނު ގޮތުން ހީވީ އަހަރެންގެ ބުރަކަށީގެ ކަށި ތަށް ފުނޑުފުނޑު ވެގެން ދިޔަ ހެން ނެވެ. އަހަރެން އަނެއްކާވެސް ތެދުވަން މަސައްކަތް ކުރަމުން މާހައުލަށް ނަޒަރެއް ހިނގާލިއެވެ. އަހަރެންނަށް ހުރިހާ އެއްޗެއް ސާފުކޮށް ފެނުނެވެ. މިއީ ފުއްޓަރު ފަރާތެވެ. އަހަރެން މިއޮތީ އެއްކަލަ ނިކަގަހުގެ މޫގަނޑު މަތީގައެވެ. މި އޮވެވުނީ ފުއްޓަރު ފަރާތުގަ ކަން އެނގުމުން އަހަރެން ގަތީ އަމަށަކުން ބިރެއް ނޫނެވެ. އަހަރެން ކުރިމައްޗަށް ބަލައިލީމެވެ. އެއިރު ކުރިމަތީގައި އަންހެނެއް ހުއްޓެވެ. އަހަރެން އެ މީހާ އާއި ދިމާއަށް ފަރުވާތެރި ކަމާއެކު ބަލައިލީމެވެ. ކަކުލާ ހަމައަށް ދާ ހިމަހިމަ އިސްތަށިގަނޑެ ކެވެ. ނަމަވެސް ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑީގެ އެއްބައި ބޭރަށް ނިކުމެފަ އޮތެވެ. އެތަނުން ފައިބަމުން ދިޔަ ލޭތައް ލައިގެން ހުރި ހުދު ކުލައިގެ ދިގު ހެދުން އެއްބައި ވަނީ ފޯ ކޮއްލަފަ އެވެ. މޫނު މަތީ އެކި ތަންތަނުން ލޭ ރޮނގު ތައް ހުރިއިރު ލޯ ހުރީ އެއްކޮށް ކަޅުކޮށް ށެވެ. އެއަންހެން މީހާ އަހަރެންނާއި ދިމާއަށް ބަލަން ހުރުމަށް ފަހު އަހަރެންނާއި ދިމާއަށް އައެވެ. 

 

” ކަ…. ކާކު ތީ ” 

 

އަހަރެން ބިރުން ހުރެ އަހާލީމެވެ. ނަމަވެސް އެ އަންހެން މީހާގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އެ އަންހެން މީހާ އައިސް އަނެއްކާ ވެސް އަހަރެންގެ ފައިގަ ހިފިއެވެ. 

 

” ނު… ނޫން އަހަރެން ދޫކޮއްލާ… ހެ.. ހެޔޮނުވާނެ……” 

 

އަހަރެން އެއަންހެން މީހާ ކައިރީ އާދޭސް ކުރަން ފެށީމެވެ. އެއަންހެން މީހާ އަހަރެން ގެ ފަޔަށް ބަލަން ހުރުމަށްފަހު ބުނެލިއެވެ. 

 

” އެއް ފަހަރެ ދެ ފަހަރެއް ނޫން އެތަކެއް ފަހަރަކު…….މިފަހަރު އަހަރެން ބަދަލަށް ބަދަލު ހިފާ ނަން…… ކަލޭގެ މައިންބަފައިން ވެސް ކަލޭވެސް…. ކަލޭގެ އާއިލާގެ ކިބައިން ބަދަލު ނުހިފާފިއްޔާ މަގޭ ނަމަކަށް އާއިޝަތް ތޫބާ ޝާހިން އެއް ނުކިޔާނެ” 

 

އެއަންހެން މީހާގެ އަޑު އިވުމުން އަހަރެންގެ ގައިން ހީބިހި ނަގައިގެން ދިޔައެވެ. އެއަންހެން މީހާގެ އަޑުގައި އެއްވެސް ވަރެއް ނެތް އިރު އެ އަޑުގައި ތޫލި ކަމެއް ވެއެވެ. އެއަންހެން މީހާ އެ ބުނީ ކީކޭ ހެއްޔެވެ. އަހަރެންގެ މަންމަ އާއި ބައްޕަ ކީއްކުރީ ހެއްޔެވެ. ނޫނެކޭ އަހަރެންގެ މައިންބަފައިން އެކަންޏެއް ނޫނޭ އަހަރެން މި އަންހެން މީހާއަށް ދިނީ ކޮން އަނިޔާއެއް ހެއްޔެވެ. މީ އަހަރެން ދުވަހަކުވެސް ދެކުނު މީހެއް ނޫނެވެ. އަހަރެން ގެ ހިތުގައި އެތަކެއް ސުވާލެއް އުފެދެމުން ދިޔައެވެ. ސުވާލު ކުރަން ވެސް ބޭނުން ވިއެވެ. ނަމަވެސް އަރުތެރެއިން އަޑު ބޭރު ވާގޮތެއް ނުވިއެވެ. 

 

” ޒޯޔާ….. ޒޯޔާ…. ޒޯޔާ….. ތި ހޭލަބަލަ ޒޯޔާ ” 

 

އަހަރެންނަށް ހޭލެވުނީ މަންމަގެ އަޑަށްށެވެ. އަހަރެން އެންމެ ފުރަތަމަ ވެސް ވަށައިގެން ބަލާލީ  މި އޮވެވުނު ތަން ޔަގީން ކޮއްލަން ށެވެ. އަހަރެން މިއޮތީ ކޮޓަރީގައެވެ. އެހެން ވީމަ އަހަރެންނަށް ފެނުނީ ހުވަފެނެއް ހެއްޔެވެ. އަހަރެން ނަކަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ލައިގެން އިން ފިޔާތޮށި ކުލައިގެ ހަރުވާޅު ކުޑަކޮށް މައްޗަށް އަރުވާލުމަށްފަހު އެ އަންހެން މީހާ އަހަރެންގެ ފަޔުގަ ހިފި ތަނަށް ބަލައިލީމެވެ. އެތަން ފެނުމާއި އެކު އަހަރެންގެ ދެލޯ ބޮޑުވި އެވެ. އަދި ޔަގީން ވިއެވެ. އަހަރެން ނަށް ފެނުނީ ހުވަފެނެއް ނޫނެވެ. އެތަން ހުރީ ނޭ ކުލަ އަރާފައެވެ. އަހަރެން އެއަންހެން މީހާ ދެއްކި ވާހަކަ ތަށް ހަނދާން ކުރަން ފެށީމެވެ. 

 

” ތު…. ތޫބާ!!! ” 

 

އެ އަންހެން މީހާ ބުނި އެންމެ ފަހު ޖުމްލަ ހަނދާން ވުމުން އަހަރެންނަށް ބުނެވުނެވެ. 

 

” ތޫބާ އޭ ކޮން ތޫބާ އެއް ” 

 

މަންމަ އަހަރެން އެހެން ބުނުމުން އަހާލިއެވެ. އިރުކޮޅަކަށް މަންމަ ކޮޓަރީގަ ހުރިކަން ވެސް އަހަރެންގެ ހަންދާން  ފިލައިގެން ދިޔަ ކަހަލަ އެވެ. އަހަރެން އެނދުން ތެދުވެގެން ގޮސް ކޮޓަރީގަ ހުރި ސްޓަޑީ ޓޭބަލް މަތީގަ އޮތް މަޑު ދަނބު ކުލައިގެ ނޯޓް ފޮތް ނެގުމަށްފަހު އޭގަ އެ އަންހެން މީހާ ބުނި ނަން ލިޔެ ލީމެވެ. އަދި މަންމަ އަށް ޖަވާބު ދިނީމެވެ. 

 

” އެއީ އެކަކު ވެސް ނޫން… ދެން މަމް ނިކުމެބަ ކޮޓަރިން ޒޯޔާ ސްކޫލް އަށް ދާން ރެޑީ ވާން ވެއްޖެ ” 

 

އަހަރެން އެހެން  ބުނުމުން މަންމަ އަހަރެން ނާއި ދިމާއަށް ކުދި ކިޔަމުން ކޮޓަރިން ނިކުމެގެން ދިޔައެވެ. ގަޑިން 6:15 ކަމުން އަހަރެން އިތުރަށް އެކަމާ ނުވީސްނާ ފާހާނާ އަށް ވަދެ ފެން ވަރާލައިގެން ނިކުމެ ޔުނީފޯމް ލީމެވެ. އަދި ޔުނީފޯމް އާއެކު އަޅާ ކަޅުކުލައިގެ ބުރުގާ އަހާލީމެވެ. އަދި ދަބަހަށް ފޮތް އެޅުމަށްފަހު ބޫޓު ލައިގެން ކޮޓަރިން ނިކުތީމެވެ. 

 

” މަންމާ ކޮބާތަ ޒޯޔާ ގެ ކޮފީ ” 

 

އަހަރެން ބަދިގެއަށް ވަންނަމުން ބުނެލީމެވެ. 

 

” އެ ހުރީ އެއްނު މޭޒު މަތީގަ ” 

 

މަންމަ އެހެން ބުނުމުން އަހަރެން ކާގެ އަށް ވަނީމެވެ. އަދި މޭޒުދޮށުގައި އިށީންނުމަށް ފަހު އެއް ނޭވައިން ކޮފީ ތަށި ބޯލީމެވެ. އަދި ކުރިމަތީގަ އިން ބައްޕަ އާއި ދިމާއަށް ބަލައިލީމެވެ. 

 

” ބައްޕާ… މި ރަށުގަ އުޅޭތަ ތޫބާ ކިޔާ މީހެއް ” 

 

އަހަރެން އެހެން އަހާލުމުން ބައްޕަ ގެ ޖަވާބަކަށް ވީ ނޫނެކެވެ. އެހެންކަމުން އަހަރެން އިތުރު އެއްވެސް ސުވާލެއް ކުރުމެއް ނެތި ގެއިން ނިކުމެގެން ސްކޫލް އާއި ދިމާއަށް މިސްރާބު ޖެހީމެވެ. ވަކި ހިސާބަކުން އިޔާޝް އާއި ދިމާވި އެވެ. އިޔާޝް ފެނުމުން އަހަރެންނަށް އިޔާޝް އާއި ދިމާއަށް ބަލައިގެން ހުރެވުނެވެ. ސްކޫލް ޔުނީފޯމް ގަ ހުންނަ އިރު އިޔާޝް ވަރަށް ހޭންސަމް އެވެ. މީ އަހަރެން ނަށް ކޮންމެ ދުވަހަކުވެސް ވާ ވަރެވެ. 

 

” ހެއި ޒޯޔާ…. ހާދަ ވަރަކަށް ތި ބަލަނީ… އަނެއްކާ އަހަރެންގެ މޫނު މަތީގަ އެއްޗެއް ހޭކިފަ ހުރީ ތަ ” 

 

އިޔާޝް އަހަރެން މާ ވަރަކަށް ބަލާތީ ބުނެލިއެވެ. 

 

” ނޫނޭ އިޔާޝް ހަމަ ސްމާޓް ކަމުން “

 

އަހަރެން ހަމަ އާމުކޮށް ދޭ ޖަވާބު ދިނީމެވެ. 

 

” ކޮބާތަ ރިޔާން މިއަދު…ތި ދެމީހުން އެއްކޮށް ސްކޫލް އަށް ނުދާ ދުވަހަކީ ތަ ” 

 

އިޔާޝް އެހެން ބުނުމުން އަހަރެން އިޔާޝް އާއި ދިމާއަށް ބަލާލީމެވެ. 

 

” ކިހިނެއް ވީ އިޔާޝް ޖެލެސް ވީ ތަ މާ ކޮންމެ ދުވަހަކު ރިޔާން އާ އެކު ސްކޫލް އަށް އަންނާތީ ” 

 

އަހަރެން ލާނެތް ގޮތަކަށް ބުނެލީމެވެ. އެހެން ބުނުމުން އިޔާޝް ދެފަރާތަށް ބޯ ހޫރުވާލިއެވެ. އަދި ތަންކޮޅެއް ބާރަށް ހިނގަން ފެށިއެވެ 

 

” މަޑުކޮއްބަލަ…. އިޔާޝް އަށް ކޮންހެނެއް އެނގުނީ އަހަރެން ކޮންމެ ދުވަހަކު ސްކޫލަށް އަށް އަންނަނީ ރިޔާން އާ އެކު ކަމެއް ” 

 

އަހަރެން ހިތުތެރޭގައި އުފެދުނު ސުވާލު ކޮއްލީމެވެ. ނާވެސް ސުވާލު ކުރި އެއް ކަމަކު އިޔާޝް ޖަވާބެއް ނުދިނެވެ. ހަމަ އެބާރު ހިނގުމުގައި ގޮސް ސްކޫލް އަށް ވަނެވެ. އަހަރެންވެސް އަވަހަށް ސްކޫލް އަށް ވަނީމެވެ. 

 

ސްކޫލުގެ ސެޝަން ތައް ފެށުމާއެކު އަހަރެން ގެ ހުރިހާ ސަމާލުކަމެއް ކިޔެވުމަށް ހުއްޓާލީ މެވެ. ގަޑި އަކަށް ފަހު ގަޑިއެއްގެ ނިމެމުން ގޮސް ސެޝަން ނިމުނެވެ. އެހެންކަމުން އަހަރެން ހުރިހާއެއްޗެއް ހަމަކުރުމަށް ފަހު ގެއަށް ދާން ހިނގާ ގަތީމެވެ. މިއަދު މޮނިކާ އާއި ރިޔާން ސްކޫލް އަށް ނާންނާތީ އަހަރެން ގެއަށް ދާން ޖެހުނީ އެކަނި އެވެ. ގެއަށް ގޮސް ވަތް އިރު އެކަކު ވެސް ގެއަކު ނޫޅެއެވެ. އެހެންކަމުން އަހަރެން ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްލައިގެން އެނދުމަތީގައި އޮށޮއްވެލީމެވެ. އަދި ފޯނު ނަގާ ހުޅުވާލީމެވެ. ފޯނާއި ކުޅެން އޮއްވާ އަހަރެންނަށް ނިދުނު ގޮތެއްވެސް ނޭނގުނެވެ. 

 

އަހަރެންނަށް ހޭލެވުނީ މީހަކު އެއްޗެއް ކިޔަވަމުން ދިޔަ އަޑު އިވުމުން ނެވެ. ކަނެތް ގޮތަކަށް ތެދުވަމުން އެނދުމަތީގައި އިށީންދެ ދެފައި ވައްކޮއްލީމެވެ. އަދި ކޮޓަރިއަށް ނަޒަރު ހިންގާލީމެވެ. ކޮޓަރީ މެދުގަ ބޮޑު ތަރިއެއް ކުރެހިފައިވާ އިރު އެ ތަރީގެ ކުރިމަތީގަ ރަށު މުދިންބެ އިނެވެ. މަންމަ އާއި ބައްޕަ އެއްފަރާތެއް ގަ ކުރަހާފަ އޮތް ބޮޅަކު ތެރޭގައި އިން އިރު އަހަރެންގެ އެނދު ވަށާ ބޮޅެއް ކުރަހާފަ ހުއްޓެވެ. މުދިންބެ ކިޔަވަމުން ދިޔަ ވަރަކަށް އަހަރެންނަށް އުނދަގޫ ވަމުން ދިޔައެވެ. ހީވަނީ ތޫނު އެއްޗަކުން އަހަރެންގެ ކަންފަތް ތޮށު ވާހެންނެވެ. އަހަރެންނަށް ކެއް ނުވުމުން އަޑު ނެތް ތަނަށް ހަޅޭލައްވައި ގަތީމެވެ. އަހަރެންގެ މުޅި ހަށިގަނޑު ހީވީ އަނދަމުން ދިޔަ ހެންނެވެ. މުދިންބެ ކިޔަވާނެ ވަރަކަށް ކިޔެވުމަށް ފަހު އަޑު ނެތް ތަނަށް ތޫބާ އޭ ކިޔާ ހަޅޭލައްވައި ގަތެވެ. އެ އާއި އެކު ގޭގެ ފުރާޅު މައްޗަށް އެއްޗެއް ވަރަށް ބާރަށް ވެއްޓުނު އަޑު އިވުނެވެ. ކުއްލިއަކަށް ކޮޓަރީ އެއްކަނުން އެއްކަލަ އަންހެން މީހާ ފާލުވިއެވެ. އެ އަންހެން މީހާ ފާޅު ވުމާއެކު މުދިންބެ ސުވަލުކުރި އެވެ. 

 

” ތޫބާ…… ޒޯޔާ އަށް އުނދަގޫ ތި ކުރަނީ ކީއްވެ……. ތޫބާ ވައުދު ވީމެއްނު އަޒީމް އާއި ތާނީ ގެ އެއްވެސް ދަރިއަކަށް އުނދަގޫލެއް ނުކުރާނަމޭ…… އެހެންވެ އެއްނު ތޫބާ މިދިޔަ ފަހަރު ދޫކޮއްލީ… އެހާ އަވަހަށް އެ ވައުދު ގެ މަތިން ހަނދާން ނައްތާލީ ތަ ” 

 

މުދިންބެ އެހެން ބުނުމުން އެ އަންހެން މީހާ އަހަރެން ނާއި ދިމާއަށް ބަލައިލިއެވެ. އަދި ބުނެލިއެވެ. 

 

” އޭނަ ކޮންމެ ރެއަކު ދެ ނަމާދު ދޭތެރޭގަ ކުޅެން ށޭ ކިޔާފަ ގޮސް އަހަރެންނަށް އަނިޔާ ކުރަނީ…. ފެނޭތަ އަހަރެންގެ އަތުގައާއި މޫނުގަ މިހިރަ ތަންނަށް އެއީ އޭނަ މިއޮއް ހުރިހާ ދުވަހަކު އަހަރެންނަށް ކުރި އަނިޔާ… ދެން މީ ކުރިން ދުވަހަކު އަހަރެން ނިކަ ގަހުގެ މޫގަނޑު މަތީ އިނދާ ކޮތްވަކުން ޖެހިތަން ” 

 

އެއަންހެން މީހާ ބޮލާއި ދިމާއަށް އިޝާރާތް ކުރަމުން ބުނެލިއެވެ. 

 

” މިފަހަރު އަހަރެން ދުލެއް ނުކުރާނަން އެކަކު ވެސް…. އެންމެން މަރާލާ ނަން ” 

 

އެއަންހެން މީހާ އެހެން ބުނަމުން އަހަރެން ނާއި ދިމާއަށް އައެވެ. މިތަން ފެނި ބޮޅުގައި ތިބި އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެނާ ދިމާއަށް އައެވެ. 

 

” އަޒީމް… ތާނީ ކީއް ތި ކުރީ އަހަރެން ބުނީމެއްނު ބޮޅުން ނުނިކުންނާށޭ ” 

މުދިންބެ އެހެން ބުނުމާއެކު އެއަންހެން މީހާ އަހަރެންގެ މަންމަ އާއި ބައްޕަ ގެ ކަރުގަ ހިފިއެވެ. މަންމަ އާއި ބައްޕަ މަރަށް ތެޅުމުން ދިޔަ އިރު އެއަންހެން މީހާ ދިޔައީ ހެމުން ނެވެ. 

 

” އެކޮއެ ޒޯޔާ އެނދުން ނުފާބައްޗެ!!!! ” 

 

މުދިންބެ އަހަރެން ނާއި ދިމާއަށް ބަލައިލަމުން ބުނެލިއެވެ. އަދި ކިޔަވަން ވެށިއެވެ. އަނެއްކާ ވެސް އަހަރެން ގެ ހަށިގަނޑު އަނދަމުން ދިޔަ ކަހަލަ ގެ އިޙްސާސް ކުރެވެއެވެ. އެ އަންހެން މީހާ ގައިގައި އިސާހިތަކުން އަލިފާން ރޯވި އެވެ. އެއިރުވެސް އެ އަންހެން މީހާ ދިޔައީ އަޑު ނެތްތަން ހެމުން ނެވެ. މަންމަ އާއި ބައްޕަ ގެ ފުރާނަ ނެތް މަސްގަނޑު އެ އަންހެން މީހާގެ ކައިރީގަ އޮތްއިރު އެ އަންހެން މީހާގެ ހަށިގަނޑު ގަ ރޯވެފަ ހުރި އަލިފާނުގެ އަސަރު ކުރަމުން ދިޔައެވެ. އިސާހިތަކުން އަހަރެންގެ ލޯ މެރެމުން މެރެމުން ގޮސް އެއްކޮށް މެރުނެވެ. 

 

އަހަރެންނަށް ހޭލެވުނީ އަހަރެންގެ ނިއްކުރިމަތީ ފިނި އެއްޗެއް ބޭއްވި ކަމުގެ އިޙްސާސް ކުރެވުމުން ނެވެ. ލޯ ހުޅުވައިލީ އިރު ކުރިމަތީގަ ތިބީ އަހަރެންގެ އެކުވެރިން ކަމަށްވާ މޮނިކާ ، މަލަކް ، ރިދާ ، ރިޔާން ،ނައިރާ ، އީމާން އަދި އިޔާޝް އެވެ. 

 

” ކޮބާ މަންމަ އާއި ބައްޕަ ” 

 

އަހަރެންނަ އެންމެ ފުރަތަމަ ވެސް އަހާލެވުނީ އެހެންނެވެ. އަހަރެންގެ މި ސުވާލާ އެކު އެންމެން އިސްދަށަށް ޖަހާލީއެވެ. އިސްވެ ޖަވާބު ދިނީ އީމާން އެވެ. 

 

” ޒޯޔާ ގެ މަންމަ އާއި ބައްޕަ މި ދުނިޔެ ދޫކުރިތާ 4 ވަނަ ދުވަސް މިއީ…. މުދިންބެ އަހަރެމެންނަށް ކިޔާ ދިން ހުރިހާ ވާހަކައެއް ” 

 

އީމާން އެހެން ބުނުމުން އަހަރެން އަޑު އަޑަށް ނަގާ ރޯން ފެށީމެވެ. 

(މިހާރު)

 

*************** 

 

” ޒޯޔާ….. ” 

 

އަހަރެންނަށް ހަމަ ހޭވެރިކަން ވީ އިޔާޝް އަހަރެން ނަށް ގޮވާލި އަޑު އިވުމުން ނެވެ. މިއަދަކީ މަންމަ އާއި ބައްޕަ ދުނިޔެ ދޫކޮށްފައި ދިޔަ ތާ 5 އަހަރު ފުރުން ދުވަހެވެ. ނަމަވެސް އަދިވެސް ހީވަނީ އެއީ އިއްޔެ ވީ ކަމެއް ހެންނެވެ. 

 

” ޒޯޔާ… ސްވީޓް ހާޓް ދެން ހުއްޓާލާ ” 

 

އިޔާޝް އައިސް އަހަރެންގެ ލޮލުން ފައިބަމުން ދިޔަ ކަރުނަ ތަށް ފުހެލަމުން ބުނެލިއެވެ. 

މަންމަ އާއި ބައްޕަ ދުނިޔެ ދޫކޮށްފައި ދިޔުމަށް ފަހު އަހަރެން އެންމެ ބޮޑަށް އެހީތެރިވެ ދިނީ އިޔާޝް އެވެ. ބައްޕަ ގެ ވިޔަފާރި ގައިވެސް އަހަރެންނަށް އެހީތެރި ވެދިނީ އިޔާޝް އެެވެ. އިޔާޝް ގެ ބައްޕަ އާއި އަހަރެންގެ ބައްޕަ އަކީ ވިޔަފާރި ގޮތުން ދެ ވާދަ ވެރީންނެވެ. ނަމަވެސް އިޔާޝް އެއިން ކަމަކަށް ބެލުމެއް ނެތި އަހަރެން ނަށް އެހީތެރި ވެދިނެވެ. އިޔާޝް ބަދަލުގައި އަހަރެންގެ ފަރާތުން ބޭނުންވަނީ އެންމެ އެއްޗެކެވެ. އެއީ އިޔާޝް އާއި ކައިވެނީގެ ގޮތުން ގުޅުމެވެ. އަހަރެން އުފަލުން އެކަމަށް އެއްބަސް ވީމެވެ. އެއީ މިހާތަނަށް އަހަރެން އެންމެ ލޯބި ވި މީހަކީ އިޔާޝް އެވެ. އަހަރެންގެ ޙަޔާތުގަ އެ ހިތި ހާދިސާ ހިނގީ އަހަރެން ގްރޭޑް 10 ގަ އުޅެނިކޮށް ށެވެ. އަދި އިޔާޝް އާއި ކައިވެނި ކުރީ އޭގެ އަނެއް އަހަރުގައެވެ. އެހެން ކަމުން ރަށު މީހުން އަހަރުމެން ދެމީހުނޭ ކިޔާ އެކި ފާޑުފާޑުގެ ވާހަކަ ދެއްކިއެވެ. ނަމަވެސް އެއިން އެއްވެސް އެއްވެސް މީހަކު ބުނާ އެކައްޗަކަށް ވެސް ފަރުވާއެއް ނެތެވެ. 

 

ކޮންމެ މީހަކުވެސް މަރުވަނީ އެ މީހާގެ ޙައްޤު ހަމަވުމުންނެވެ. ބައެއް މީހުން ބަލި އެނދުގައި އޮވެ ނިމިގެން ދާއިރު އަނެއް ބައި މީހުން އެހެން މީހެއްގެ އަތުން މަރުވެގެން ދެއެވެ. އަދި ގިނަ މީހުން އެކްސިޑެންޓް ތަކުގައި ވެސް ނިމިގެން ދެއެވެ. އެކި މީހުން މަރާ ކުރިމަތި ލާނީ އެކި ގޮތްގޮތަށް ށެވެ. މަރު އައިސް ޖެހުމުން ސަލާމަތް ވާނެ އެއްވެސް ގޮތެއް ނޯންނާނެ އެވެ. އެ އަދި ޖިންނި އެއްގެ އަތްދަށުން މަރުވިއަސް ހެވެ އެވެ. އަހަރުމެން ދިރި ތިބި މީހުން ނަށް ކުރެވޭނީ އެންމެ ކަމެކެވެ. އެއީ އެ މަރުވާ މީހެއްގެ މައްޗަށް ހެޔޮ ދުޢާ ކުރުމެވެ. 

 

(ނިމުނީ) 

 

Hey guy’s 

Mi vaahaka akee star dhivehi gadeega lee vaahaka 

Mi vaahaka word limit in mahcha eyreema site ah laan ninmee… so can U guys rate this vaahaka for me 

It would be a great help ☺️?☺️?

 

Share Article

Follow Me Written By

Star Fire

Level 310 Stories

Other Articles

Previous

ފުރިހަމަ ހަނދުވަރު 4

Next

އައިކާ 6

Next
March 13, 2022

އައިކާ 6

Previews
March 13, 2022

ފުރިހަމަ ހަނދުވަރު 4



All Right Reserved!