Skip to content
އެސްފިޔަ

ހުޅުދާން ޓްރޭލާ

ގުގުރާ ވިދަނީއެވެ. ވައިގަދަ ކަމުންގޮސް ހީވަނީ ގަސްތައް އޭގެ މުލުން ލުހިގެން ގޮސްފާނެހެންނެވެ. ނަމަވެސް ވެހެމުން ދިޔަ ބޯވާރޭގަނޑު ތެރޭގައި ހުއްޓުން އަރާފަ ހުރި އަންހެން ކުއްޖާއަށް މިއިން އެއްވެސް ކަމަކުން އުނދަގޫ ވާހެން ހިޔެއްނުވެއެވެ. މަގުމައްޗަށް ސަމާލުކަމެއް ނުދީ ހިނގަމުން ދިޔަ އިރު އެކްސިޑެންޓް އެއް ވެދާނެ ކަމުގެ އެއްވެސް ބިރެއްނެތް ކަހަލައެވެ. 

 

” ކީއްވެ ؟… ކީއްވެ ؟” 

 

ކުއްލިއަކަށް މަގުމެދުގައި ހުއްޓެމުން އެއަންހެން ކުއްޖާ އަމިއްލަ ނަފްސާއި ސުވާލުކުރަން ފެށިއެވެ. އަދި މުޅި ހަށިގަނޑައި އަތް ކާތަން ފެށިއެވެ. ހީވާގޮތުން ނަޖިސް އެއްޗެއް ޖެހުމުން އެ ފިލުވަން އުޅޭހެންނެވެ. އިސާހިތަކުން އެ އަންހެން ކުއްޖާއަށް އަޑުން އަޑަށް ނަގާ ރޮވެން ފެށުނެވެ. އެއަޑު އިވޭ ކޮންމެ މީހެއްގެ ހިތް ކުދިކުދި ވެގެން ދާނެކަން ގައިމެވެ. ގޮތް ހުސްވެފަވާ މީހަކުހެން އެ ކުއްޖާ ހުރިތަނަށް ތިރިވިއެވެ. 

 

” އާލް” 

 

މަޑުގިސްލުމަކާ އެކު އެއަންހެން ކުއްޖާ އެނަން ކިޔާލިއެވެ. ކުރީގެ ހަނދާންތައް އާވަމުން ދިޔަ ވަރަކަށް އެވޭނީ ރުއިމުގެ އަޑު ދިޔައީ ގަދަވަމުންނެވެ. ނަމަވެސް ކުއްލިއަކަށް އެއަޑު އެއްކޮށް ކެނޑުނީ ދުރުން އައި ކާރަކުގަ ޖެހި އެކުއްޖާ ދުރަށް ވިއްސައިގެ ދިޔުމުންނެވެ. ވެއްޓިޖެހިފަ އޮތް އަންހެން ކުއްޖާގެ ހަށިގަނޑު ގަނޑުވެފަވާ ކަހަލައެވެ. ޙަރަކާތެއް ކޮއްނުލެވުނު އިރު ކުރެވުނު ކަމަކީ ބަލަން އޮތުމެވެ. ކާރު ފާބައިގެން އޭނަ އާއި ދިމާއަށް މީހަކު އަންނަތަން ފެނުނެވެ. ނަމަވެސް ކަރަނައިން ފުރެމުން ދިޔަ ދެލޮލާއެކު އެއަންހެން ކުއްޖާއަށް ބުނެވުނީ އެންމެ ނަމެކެވެ.

 

 “އާލް” މި ނަމާއި އެ އަންހެން ކުއްޖާ އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ ؟ އެ އަންހެން ކުއްޖާ އެ ވަރަށް ހިތާމަ އެ ކުރަނީ ކޮން ކަމަކާ ހެއްޔެވެ ؟ ދެން އެއަންހެން ކުއްޖާއަށް ވާނީ ކިހިނެއް ހެއްޔެވެ ؟ ސަލާމަތް ވާނެ ހެއްޔެވެ ؟ 

 

★★ނުނިމޭ★★

Comments (1)

  1. #if@@

    Can’t wait for the next part
    I’m curious 🤔🤔

Comments are closed.