” ކީއްވެ… ކީއްވެ ޔަލް އަހަރެން ޔަލް އަށް ކޮންކަމެއް އުނިވި އަކު ދިނީ ޔަލް ދެކެ އެހާ ލޯބި ” ” ސީ އަޔާޒް ދެޓްސް ޔޯރް ޕްރޮބްލަމް…. ލޯބި ލޯބި ލޯބި އާރްގް އަމް ސިކް އޮފް އިޓް… އެއީ އަޔާޒް އާއި ޙަސަން ގެ ހުރި ތަފާތަކީ… ޙަސަން އަހަރެން ބޭނުން ވަރަކަށް ފައިސާ ދޭ އަދި އެކަން ކޮއްދޭ… އެކަމް އަޔާޒް އަހަރެން އެކަން ކީއްކުރަން ފައިސާ ފޮއްޗެއް ވެސް ނުދޭ އެކަން ކުރަން ހިނގާށޭ ބުނާއިރަށް އަޔާޒް ބުނަނީ ކީކޭ… ކައިވެންޏަށް ފަހުއޭ… ސޮރީ ބަޓް ނޮޓް ސޮރީ އަހަރެންނަކަށް ނުވާނެ މި ކަމެއް ގުޑް ބާއި އަޔާޒް ” ޔަލްވީ އަޔާޒް ގެ ވާހަކަ މެދުކަނޑާ ލުމަށްފަހު ބުނެލިއެވެ. އަދި އެތަނުން ދިޔައެވެ. ޔަލްވީ ބުނި ކޮންމެ ބަހެއް ދިޔައީ އަޔާޒް ގެ ކަންފަތުގައި އެކޯ ވަމުންނެވެ. ޔަލްވީ އަކީ އޭނާގެ ފުރަތަމަ ލޮއިތްބެވެ.އަޔާޒް ނުރޮވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަމަވެސް ކޮންމެ މީހަކަށް ވެސް ކެއް ވާނީ ވަކި ވަރަކަށް ށެވެ. އަޔާޒް ކަރު އެލުވާލަމުން ސައިކަލް އަރާ ދުއްވާލައެވެ. އޭނާ އެކޭ މައްޔިތެކޭ ތަފާތެއް ނެތެވެ.
~~~~~~
” މަ ކަލޭ ކާރި ކިތައް ފަހަރު ބުނަންވީ އޭނ……. ކަލޭ މި ދުނިޔެއަށް އާ ފަހުން އެހެން މީހުންނަށް ހަމަ ނޭވާނުލެވޭ ކިހާ ދެރަ ވެއްޖެ ކަމެއް ތަ މީ އަދި ލޮލުން ވިހަ ކަރުނަ އެބަ ބާލުވައެއްނު ހަނދާން ކުރާތި ކަލޭއަށް ދެން އެހެން މާ ބޮނޑިއެއް އައިސް ފިނަމަ މަ ގާ ހުރި ނުބައި ކަން ދައްކާލާނަން… މިހާރު ކަލޭ ގާ ތަޅާ ތަޅާ ގޭގަ ހުރި ހުރިހާ އިލޯށިފަތި ކޮޅު ގޮސްފިއޭ މީނަ ފުށުން އެހެން މީހަކަށް ފައިދާއެއް ނުލިބޭނެ ބޮޑު އުނދަގުލެއް ހުވާ ” ސަހީނާ އެ ހުރިހާ އެއްޗެއް ކިޔުމަށްފަހު އިލޯށިފަތި ހިފައިގެން ކޮޓަރިން ނިކުތެވެ. ސަހީނާ ކޮޓަރިން ނިކުތުމާއެކު ނައިރާ ދޮރުލައްޕާ ތަޅުލިއެވެ. އަދި އެނދު މަތީގަ އޮވެ ރޮމުން ދިޔައެވެ. ” މަންމާ ” ނައިރާ ގިސްލުމުގެ ތެރެއިން ބުނެލިއެވެ. ނައިރާ ރޮއެ ރޮއެ ލޮލުގަ ކަރުނަތަށް ހުސްވީ ކަންނޭނގެ އެވެ. އެނދުން ތެދުވެ ލުމަށްފަހު ފާހާނާއަށް ވަދެ މޫނު ދޮވެ ލިއެވެ. އަދި އިލޯށިފަތި ޖަހާފަ ހުރި ތަނުގަ ބޭސް ހާކަމުން ދިޔައެވެ. އަތުގަ އިލޯށިފަތިން ޖެހުމުގެ ސަބަބުން ހުރީ ނޭ ކުލަ އަރާފައެވެ. އެތަނުން ނަގަމުން ދިޔަ ދިލަ އެއްގެ ސަބަބުން ނައިރާ ލޯމަރާލިއެވެ.
(ނުނިމޭ)
One Comment
Comments are closed.


I Love the trailer I can’t wait to read this story♥️♥️