ކުށަކާ ނުލާ-1
ވާރޭ ނުވެހި ގިނަ ދުވަސްވެފައިވާ މަގުމަތީގެ ހިރަފުސްތައް ބުރުވަމުން ބާރުދުވެލީގައި ދާ ކުއްޖާގެ މޫނުމަތީގައިވަނީ ހާސްކަމެވެ. އެކުއްޖާގެ މުޅި ފައިތިލައިގައި ވަނީ ހިރަފުހެވެ. އިސްތަށިގަނޑު ދެއަތަށް ހެލެމުން ދިޔައިރު ލައިފައި ހުރި ބާހެދުމުގައި އިރުއިރުކޮޅާ މޫނުމަތީގައި ހުރި ދާތަށް ފުހެލައެވެ. މާނެވާލަމުންގޮސް އެކުއްޖާ ވަނީ އެންމެ މިޒަމާނުގެ ގެއަކަށެވެ. އެއަށްފަހު އެގޭ ދޮރުގައި ބާރަށް ތަޅަން ފެށިއެވެ.
އެވަގުތު ދޮރު ހުޅުވާފައި ނުކުތީ މެދު އުމުރުގެ އަންހެނެކެވެ. ފަލަ ނޫނަސް ހިއްކެކޭވެސް ނުބުނެވޭނެއެވެ. އިސްކޮޅުން މެދުމިންވަރެއްގެ މީހެކެވެ. މޫނުމަތިން ފެންނަނީ ބޮޑާ ކަމެވެ. އެކުއްޖާ ފެނުމުން އިތުރަށް އެމީހާގެ މޫނުމަތީގެ ކުލަވަރު އޮއްސުނެވެ.
” ކީއްކުރަން؟” އެ އަންހެންމީހާ ރުންކުރު ރާގަކަށް އަހައިލިއެވެ.
“ބޮ.. ބޮޑުބެ ހޯދަން. މަންމަ ވަރަށް ބަލި!” ރޮވިފައިހުރެ އެކުއްޖާ ބުންޏެވެ.
“ކަލޭގެ ބޮޑުބެއެއް މިގެއަކު ނޫޅޭނެ.” ހަރުކަށިކަމާއިއެކު އެއަންހެންމީހާ މިހެންބުނެ އެެކުއްޖާގެ މޫނުމައްޗަށް ދޮރުޖެހިއެވެ.
****
ސިއްސައިގެންގޮސް ނިވްޔާއަށް ހޭލެވުނެވެ. އޭރު އުނގުމަތީގައި އޮތް ޚަތިމުގެ ގަނޑުތައް ވަޔާ އުކެމުން ދިޔައެވެ. ފަތިސް ނަމާދުކޮށްގެން ޤުރުއާން ކިޔަވަން އިންދާ ނިވްޔާއަށް ނިދިޖެހުން ގޮތްވެސް ނޭނގެއެވެ. އިރުގެ އަލިކަން ކޮޓަރި ތެެރެއަށް ފޭދިދައިވާ ތަންފެނުމުން އަވަސްއަވަހަށް ގަޑި ބަލާލިއިރު ހައެއްޖަހާ ބޮޑުވެއްޖެއެވެ. ހާސްވެފައި ނިވްޔާ ފުންމައިގެން ތެދުވިއެވެ. ބޮޑުބެގެ އަންހެނުން ފިޔާޒާ ހޭލަންވާއިރަށް ގޭތެރޭގެ މަސައްކަތްތައް ނުނިންމައިފިނަމަ ނިވްޔާއަށް އެކަމުގެ ހަސްކާ ލިބޭނެކަން އެނގޭތީއެވެ.
ތައްޔާރުވެ ނިމިގެން ނިވްޔާ އަށް ވަށައިގެން މުޅި ގޭތެރެއަށް ނަޒަރުހިންގާލެވުނެވެ. އެއްފަރާތުގައި ހައްދާފައިވާ މާ ގަސްތަކުގެ މީރުވަހުން މުޅި އެސަރަހައްދުވަނީ އެއްވަސްކޮށްލާފައެވެ. ޖެހޭ ނަލަނަލަ ވައިރޯޅިން ނިވްޔާ އަށް ތާޒާކަން އިހުސާސްވޭވޭ ހުއްޓެވެ.
ނަމަވެސް ހިތުގައިވާ ނުތަނަވަސްކަމެއް ނުފިލިއެވެ. އަތްމަތި އަވަސްކޮށްލާފައި ނިވްޔާ ކުނިކަހަން ފެށިއެވެ. ފަތްތައް އެްފަރާތް ކުރަމުންދިޔަ ނިވްޔާއަށް މާޒީގެ ދުވަސްތަކުގެ މަތިން ހަނދާންވާން ފެށިއެވެ.
****
އެއީ މީގެ ބާރަ އަހަރެވެ. ނިވްޔާގެ އެމުރުން އޭރު ވާނީ އެންމެ އަށް އަހަރެވެ. ހެނދުނު ނިވްޔާއަށް ހޭލެވުނީ މަންމަ ކެއްސާ އަޑަށެވެ. އެކަނިމާއެކަނި އުޅެމުން ދިޔަ ދެމައިންނަށް ކިރިޔާވެސް އެހީއެއްވެލަނީ ޖެހިގެން ހުރިގޭގައި އުޅޭ ހަލީމާއެވެ.
“ފެން…ފެން ފޮދެއް” މަންމަގެ އަޑު އިވުމާއިއެކު ނިވްޔާ އަވަސްއަވަހަށް ތެދުވިއެވެ.
ތަށްޓަކަށް ފެންފޮދެއް އަޅާފައި ގެނެސްދިނުމުން މަންމަ ކުޑަކޮށް ބޯހިއްލާލާފައި ފެންފޮދު ބޯލިއެވެ. މަންމަ ފެންބޮއެ ނިމުމުން ތަށި ބަހައްޓާފައި އައިސް މަންމަގެ މަގަތުގައި އިށީނެވެ. އެއާއެކު އެމަންމަ ހިނިތުންވާން މަސައްކަތް ކުރިއެވެ. އެމަސައްކަތް ވީ ބޭކކާރެވެ. އެއާއެކު އެމަންމަގެ ލޮލުން ކަރުނަ އަންނަން ފެށިއެވެ.
“ދަ..ދަރި.ދަރިފުޅާ” މަންމަ ވަރަށް ޙާލުން އެއްޗެއް ބުނެވޭތޯ ބެލިއެވެ.
” ބަސް..ބަސްއަހައްޗޭ… މަން..މަ ވަރަށް.. ލޯބިވޭ…”
ނަމަވެސް ކެއްސަންފެށުމުން މަންމަގެ ވާހަކަ ކުރިއަށް ގެންދެވޭ ގޮތެއް ނުވިއެވެ. ނިވްޔާ ހަދާނެގޮތް ހުސްވުމުން މަންމަގެ މޭގައި ފިރުމަން ފެށިއެވެ.
“ދަ..ރިފުޅާ ބޮ..ޑުބެ ގެނެސްދީ” މަންމަ އެހެން ބުނުމާއެކު ނިވްޔާ ބޮޑުބެމެން ގެއަށް ދިޔުމަށް މިސްރާބުޖެހިއެވެ. ފަޔަށް ލެވުނުހާ ބާރެއްލާފައި އެގެއާއި ދިމާކަށް ދުއްވައިގަތެވެ. ދުވަހަކު ނުވަތް ނަމަވެސް އެގެ އެނގެއެވެ. ދުވަހަކު ވާހަކަނުދެއްކި ނަމަވެސް ބޮޑުބެ އެނގެއެވެ. މަންމަ ކިޔައިދީފައި ވާތީއެވެ.
( ނުނިމޭ)
15 Comments!
Comments are closed.

Me first dhw…… Maasha allah v reethi feshumeh……… Waiting fr nxt part……
Yeah thanx. Next tomorrow inshallah
heevey vrh reethi vaanehen…waiting for next part
Inshallah reethi vaanekan thanx taetae
Varah reethi story eh hen heevaniii…. Maasha allah mi part varah reethi……. Whn next part
Inshallah reethi vaane next part tomorrow inshallah. Thanx lamko
Salaam dear readers. Alhugandu midhuvaskolhu busy kamun vaahaka dhen genesdheveyne dhuvaheh neynge. I’m really sorry
Sababakee new year fesheythee massahkaiy thankolheh buraveema I think after Jan 3
Issok shifoo busy vc vaane…..i will wait ingey……nxt part kiyaalan libeyne dhuvahakah inthizaaru kuraanan
Issok shifoo busy vc vaane…..i will wait ingey……nxt part kiyaalan libeyne dhuvahakah inthizaaru kuraanan
Thanx next part up kohfin kuruvedhaane
Awnnn shifoo… Mi prtt vrhh salhi.. Whn is the next prtt?.. Heevanii vrhh reethi vaane henn… Curiously waiting for the next prtt.. Lysssssssm.. ?❤??❤??❤?❤?❤?❤??❤❤?❤??❤❤?❤??❤❤?❤?❤?????❤❤❤❤❤❤???❤?❤?❤?❤?❤?❤??❤?❤?❤?❤❤?❤?❤?❤?…
Inshallah reethi vaane thanx nayas
Mee cnm ga genesdhey vaahaka ehge
Copy. Hama ekani nanthah mihiry badhalu kollaafa
Mii cnm.mv ga shakuvaa ge namuga genesdhey vaahaka ehnu. Shifoo r u the author ???