Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ބީވެދިޔުމުން

Shifoo Level 1
April 6, 2020 2 Mins Read
4 Comments

ހަވީރުގެ ވަގުތެވެ. އަހަރެން އިނީ ގޭ ޖޯލި ފަތީގައި އައިކްގެ އިންތިޒާރުގައެވެ. ޖެހޭ ފިނިރޯޅިން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދެމުން ދިޔައެވެ. އަހަރެން ފެންފޮދެއް ބޮވައިގަނެގެން ފެންބުއިމުގެ ނިޔަތުގައި ގެއަށް ވަނީމެވެ. އަސްތާ ކަމަކު ދާކަށް ނެތެވެ. 2020 ގެ ބައިނަލްއަޤްވާމީ ޒުވާބުކުރުމުގެ މުބާރާތް ފެށިގެން މިއޮށްގެން ކުރިއަށް ދަނީއެވެ. އެއީ އަބަދުގެވެސް އާދައެވެ. އަހަރެންގެ އުމުރުން 6 އަހަރުން ފެށިގެން އެކަންފެނިފެނި ވަނީ އާދަވެފައެވެ. އެހެންކަމުން އެކަމަށް ސަމާލުކަން ނުދީ ފޯނު ޖީބުން ނަގައިބަލާލީމެވެ. އައިކު ގެ މެސެޖެއް ލިބުނީ އެވަގުތުއެވެ. ” އާދޭ ތުނޑިއަށް” އައިކު ލިޔެފައި އޮތެވެ.
******
ވަރަށް ބާރަށް ދުވެފައި އަހަރެން ގެއިން ނުކުންނަން ދިޔައީމެވެ. އަންހެން ކުއްޖެއްގެ ގައިގައި ލައިގަނެފައި އަހަރެން މަތަވިއެވެ. އަހަރެން ކަނޑާވައްޓާލި ރުކެއްހެން ބިންމައްޗަށް ވެއްޓުނުއިރު އޭނާ ވެއްޓި ޖެހުނު ގޮތަކުން އޮތީ އަހަރެންގެ ގައިމަތީގައެވެ. އެއާއެކު އޭނާގެ ތުންފަތް އަހަރެންގެ ތުންފަތުގައި ޖެހި “ކިސް” އެއް ކޮށްލެވުނެވެ. އެއަންހެން ކުއްޖާ ވެއްޓުނުވަރަށް ވުރެ އަވަހަށް ތެދުވިއެވެ. އެއަށްފަހު ރަނގަޅަށް އަހަރެންނަށް ބަވާލުމަށްފަހު އޭނާ ގޮސްފިއެވެ. އޭނާ ދިއުމުން އަހަރެންނަށް އޭނާ އާއިމެދު ވިސްނާލެވުނެވެ. އޮމާން ބިއްސެއްހާ ހިސާބުވެސް ނެތް ދޮންމޫނެވެ. ހިތިފަތު ބުމައެވެ. އަޅިފެހި ކަޅިއެވެ. އެ ރީތި ރީތި ބައްޓަމެވެ. ދެފަރާތަށް ބޯހަލުވާލުމަށް ފަހު ހިނގައިގަތްއިރުވެސް ދެންމެ ވީ ކަންތައް ހަނދާނުން ނުފިލައެވެ.
*****
ހިނގާފައި ދިޔައިރު މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓެމުން ދިޔަކަން ފާހަގަ ކުރެވުނެވެ. ތުނޑިއަށް ދެވުނުއިރު އައިކު ރުއްބުރިމަތީ އިށީނދެލައިގެން އިނެވެ. އަހަރެން އެދިމާލަށް މިސްރާބު ޖެހީމެވެ. އަހަރެން ފެނުންތަނާހެން އައިކު ޕަކަޕަކަ އަޅާފައި ހޭން ފެށިއެވެ. އަހަރެންނަށް ވީކީއްތޯ އަހާލުމުން އަހަރެންގެ މޫނުގެ ފޮޓޯއެއް ނަގާ ދައްކާލިއެވެ. އަހަރެން ލަދުން މަރުނުވީ ކިރިޔާއެވެ. އަހަރެންގެ ތުންފަތުގައި ވަނީ ލިޕްސްޓިކްއެވެ. މޫނުގައިވެސް ފައުންޑޭޝަން ހޭކިފައި ހުއްޓެވެ. “އަފްޒަލް ހާދަ ސަޅި މޭކަަޕެއް ކޮށްލައިގެންނޭ ތިއުޅެނީ” އައިކު ދިމާކޮށްލިއެވެ.
ވީގޮތް އަކުރުން އަކުރަށް އަހަރެން ކިތައިދިނީމެވެ. އައިކުގެ މަލާމާތް ދެގުނަ ވިއެވެ. އަހަރެންނަށް އެވާހަކަ ކިޔައިދެވުނު މޮޔަހީވާން ފެށިއެވެ.
******
ގެއަށް ގޮސް ވަންއިރު މީހަކު ފެންނާކަށް ނެތެވެ. ނަމަވެސް މޭޒުމަތީގައި ކައިވެނި ޕާރޓީ އެއްގެ ކާރޑެއް އޮތެވެ. ” އައިޝަތު ޝެލީން ވެޑްސް އަހްމަދު އިމާން ” އަހަރެން ކާރޑް ކިޔައިލީމެވެ. އައިކު ކޮޓަރިއަށް ވަންތަނާ މެސެޖެއް ފޮނުވިއެވެ. ކައިވެންޏަށް ދާނަންހޭ އަހާށެވެ. އަހަރެން ހުމް އެއް ޖަހާލާފައި ފެންވަރަން ވަނީމެވެ.
*******
އިރުގެ ރަންދޯދިތައް ކުޑަދޮރުން ފުރޭނިގެން އަހަރެންގެ ދެލޮލަށް އެޅެން ފެށުމުން ހޭލެވުނެވެ. ކަންނެތް ހިނގުމެއްގައި ގޮސް ފާހާނައަށް ވަދެ ފެންވަރައިގެން ނުކުތީމެވެ. އަހަރެން އެއަށްފަހު ސައިބޮއެގެން ދިޔައީ ބޭރަށެވެ.
*******
ކައިވެނި ކުރެވޭ މާލަމަށް މީހުންތައް ފަޅަމުން އަހަރެމެންނަށް ފޯރިއެވެ. އޭރު ދެމަފިރިން ހިނިތުންވުމާއެކު މެހެމާނުންނަށް މަރުހަބާ ކިޔަމުން ދިޔައެވެ. ދުނިޔެމަތީގެ އެންމެ ރީތި ދެމަފިރިންނޭ ހީވާކަހަލައެވެ. ޢެހާވެސް ރީއްޗެވެ. ކައިވެނި ހެދުން ލައިގެން ހުރި އަންހެން ކުއްޖާ ފެނުމުން އަހަރެން ގަނޑުވިއެވެ. އާނއެކެވެ. އެއީ އަހަރެންގެ ހިތުގެ ރާނީއެވެ. އެދުވަހު މުޑިއެރި ކުއްޖާއެވެ. އެވަގުތު މީހަކު އަހަރެންގެ ހިތަށް އަރާ ޗިސްޗިސް ކޮށްލިނަމަވެސް އެހާ ތަދުނުވީހެވެ. ވީދެރައިން އެމާލަން ދޫކޮށް އަހަރެން ދިޔައީމެވެ. ނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. އެއީ މީހެއްގެ ހައްގެކެވެ. އަހަރެން އެ ލޯބި ގުރުބާން ކުރަން ނިންމީމެވެ. އެހަނދާންތައް ފުހެލަން އަޒުމު ކަނޑައެޅީމެވެ. މުސްތަގުބަލަށް ޓަކައެވެ.

ނިމުނީ….
ވާހަކަ ކަމުދިޔަކަމަށް އުންމީދުކުރަން…. ޝުކުރިއްޔާ!

Share Article

Follow Me Written By

Shifoo

Level 1

Other Articles

Previous

ސިއްރެއް 9

Next

ވާށޭ މަށާ އެކީ-6

Next
April 6, 2020

ވާށޭ މަށާ އެކީ-6

Previews
April 6, 2020

ސިއްރެއް 9

4 Comments!

  1. Shifoo says:
    April 6, 2020 at 12:14 am

    Hey guys enjoy reading hope you guys have fun

  2. Shifoo says:
    April 6, 2020 at 12:18 am

    You guys will *

  3. Yan♥️ says:
    April 6, 2020 at 1:54 pm

    Varah reethi Masha Allah

    1. Shifoo says:
      April 6, 2020 at 2:43 pm

      Thankiu mihaaru ehen story short fashain miulheny

Comments are closed.


All Right Reserved!