Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

މމިހިތުގެ ލޯތްބޭ ތީ (ފުރަތަމަބައި)

Shifoo Level 1
April 8, 2020 3 Mins Read
13 Comments

ބަދިގޭގައި ފުށްމޮދެން ހުރި ފަތީލާ އަށް ދޮރުމަތިން މީހެއްގެ ހިލަމެއް ވިހެން ބަލާލިއެވެ. އެތާނގައި ހުރީ އޭނާގެ ފުރާނަފަދައިން ލޯބިވާ އަންހެން ދަރިފުޅު މިންހާއެވެ. “އަނހާ ދަރިފުޅާ ހޭލީ ދޯ! ފަތިސްނަމާދު ކުރިންތަ! މަންމައަށް ރޭގައި ނުހޭލެވުނީއޭ!” ފަތީލާ އެއްފައްޗަކަށް އަމުނާލިއެވެ. ފަތީލާ އެހެން ބުނި ގޮތުން މިންހާ ކައިރިއަށް ހިނިއައެވެ. “ހޫމް މަންމާ! މިއަދު ހުކުރު ދުވަސްވީމަ ނަމާދުކޮށްލައިގެން އޮށޯތީ!” މިންހާ ބުންޏެވެ. މިންހާގެ އާއިލާ ދިރިއުޅެނީ އާދައިގެ ދިރިއުޅުމެކެވެ. މިންހާގެ ބައްޕަ ވަނީ މިންހާ ވިހެވުމުގެ ކުރިން މަރުވެފައެވެ. ފަތީލާގެ މިންހާ ނޫން ދަރިއެއް ނުހުރެއެވެ. ފަތީލާގެ އާއިލާއިންވެސް މިންހާގެ ބައްޕައާއި އެ އާއިލާގެ ނުގަބޫލުގައި ކައިވެނިކުރުމުން އަޅައެއް ނުލައެވެ. މިންހާ ބައްޕަ ފަރާތު އާއިލާ ވީތަނެއްވެސް ފަތީލާއަކަށް ނޭނގެއެވެ. މި ކުޑަކުޑަ ގޭގައި އެދެމައިން އުޅެމުންދަނީ ވަރަށްވެސް އުފަލުގައެވެ. އެދެމައިން ލިބޭ މިންވަރަށް ޝުކުރު ކޮށްލައިން ތިބެނީ އެވެ. މިންހާއަކީ ގޭކައިރީ އިންނަ ފިހާރައިގައި ވަޒީފާ އަދާކުރާ ކުއްޖެކެވެ. އެފިހާރައިގެ ވެރިޔާވެސް އެއާއިލާއަށް ވަރަށް ހެވެވެ. މިކަމާވެސް އެމީހުން ވަރަށް އުފާވެއެވެ.
******
ދޮރުގައި ޓަކިޖަހާ އަޑަށް ލައިލާ އަށް ހޭލެވުނެވެ. ކުރިމަތީގައި ހުރީ އެގޭގައި ގެންގުޅޭ ނޯކަރެކެވެ. “މެޑަމް ބުނީ ސައިބޯން ފައިބާށޯ!” ޖޫލީ ބުންޏެވެ. “ބުނޭ މެޑަމް ކައިރީ ލައި އެބަ އާދެޔޭ!” ލައިލާ މިހެންބުނެ ދޮރު ލައްޕާލުމަށް ފަހު ވަނީ ފާހާނައަށެވެ. ފާހާނައިން ނިކުތްއިރު މޫނުމަތީގައި ވަނީ ތާޒާކަމެވެ. ފަންއިސްތަށިގަނޑު އެއްކޮށްލާފައި ހުޅިއެއް ޖަހާލިއެވެ. އެ އަޅި ކުލައިގެ ކަޅީގެ މަސްތުގައި ކޮންމެ ފިރިހެނަކުވެސް ޖެހޭނެކަން ގައިމެވެ. އެ އޮމާން އޮމާން ދޮން މޫނުގައި ބިއްސެއް،ލަކުނެއްހާ ހިސާބުވެސް ނެތެވެ. ފަންފަން ރޭގަނޑެއް ފަދަ އިސްތަށިގަނޑެކެވެ. އެހެރަ ހެދިހުރި ހަށިގަނޑެވެ. ލައިލާ އަކީ މިރަށުގެ ރީތި ކުދިންގެ ލިސްޓުގައި ހިމަނާކެވޭ ކުއްޖެކެވެ. ނަމަވެސް ލައިލާގެ އުޅުމެއް އަޚުލާގެއް ނުހުރެއެވެ. އުޅެނީ ވަރަށް “ހަޔާތްކުޑަ” ކޮށެވެ. އޭނާ އަކީ މުއްސަނދި ދެމަފިރިއަކަށް ލިބިފައިވާ ހަމައެކަނި ދަރިފުޅެވެ. އެހެންކަމުން އެދެމަފިރިން ވެސް ލައިލާދެކެ ވަރަށް ލޯބިވެއެވެ. ލައިލާ އަށް މުއްސަނދިކަން ލިބިފައިވާތީ އޭނާ އެކަމށް ބޮޑާވެގަނެއެވެ. ނަމާދެއް ކުރި ދުވަހެއްވެސް ނޭނގެއެވެ. އޭނާގެ މައިންބަފައިން މިހެންމިވީ އެމީހުން ލައިލާ މާލޯބިން ގެންގުޅުމުން އަދި ބުނިހާ ކަމެއް ކޮށްދިނުމުން ކަމަށް ޤަބޫލުކުރެއެވެ. އެމީހުންގެ ބަސްވެސް އަހަނީ މަދުފަހަރަކުއެވެ.
****
ތިރިއަށް ފޭބިއިރު މޭޒު ކައިރީ އެންމެން ލައިލާގެ އިންތިޒާރުގައި ތިއްބެވެ. ކާއެއްޗެއްސަށް އިންސާފް ކުރަމުން ދިޔައިރު އެތާނގައި ވަނީ ހަމަހިމޭން ކަމެވެ. އެހަމަހިމޭންކަން ނެތިކޮށްލީ ލައިލާގެ ބައްޕަ ލާމިއު އެވެ. “ތެދެއް ދަރިފުޅު ރޭގައި ނަމާދަށް ގޮވީމަވެސް ނުކޮށް ނިދީތަ؟” ލާމިއު އަހާލިއެވެ. ” އާނ! މިއަދު ހުކުރު. މަނުޖެހޭނެ އަވަހަށް ހޭލައިގެން ނަމާދު ކުރާކަށް. ފުރަތަމަ ތިހެން ކިޔާ ދެ ބީ** ނަމާދު ކުރިންތަ؟” މިހެން ބުނެ ސުފުރާމަތީ ހުރި ކާއެއްޗެހި އަތުން ޖަހާ ބުރުވާލުމަށް ފަހު ސިޑިން އަރަން ދިޔައެވެ. ސިޑިން އަރައަރަ ހުރި ލައިލާގެ ފިޔަވަޅުތައް ގަނޑުވީ ރުޅިއައިސް ރަތްވެފައި ހުރި ލާމިއު ބުނެލި އެއްޗަކުންނެވެ. “ލައިލާ އަށް 1 ހަފްތާ ވަންދެން ގެއިން ބޭރަކަށް ނުދެވޭނެ އަދި އެއްވެސް ރައްޓެއްސެއް ވެސް ނުގެނެވޭނެ! ހަނދާންކުރާތި މިހެން ކަންތައް ނުކޮށްފިއްޔާ މަ ހާ ނުބައި މީހަކު ނުހުންނާނެ!” ލާމިއު ބުންޏެވެ. ލައިލާ ވެސް ހަލުވި ފިޔަވަޅުތަކެއްގައި ކޮޓަރިއަށްގޮސް ދޮރު ލެއްޕިއެވެ.
********
މެންދުރުގެ ކެއުމަށް އިންސާފް ކުރަން އިން ފަތީލާ ކުއްލިއަކަށް ވާހަކައެއް ދައްކަންވެފައި އެބައޮތް ކަމަށް ބުނެލިއެވެ. “މިއަންނަ ހަފްތާ މިގެއަށް އޮފީސް ދަތުރެއްގައި ދެ ފިރިހެން ކުދިން އާދެޔޯ! އެކަކު ހުންނަނީ މިގޭގައި އަނެކަކު ހުންނަނީ ހަލީލާ މެން ގޭގައި. ދެން އެހެންވީމަ ހުސްކޮށް ހުރި ކޮޓަރި ސާފުކޮށްލަދޭންވީ މަންމަ އަށް! ވާނެތަ މިންނުއަށް” ފަތީލާ ބުނެލިއެވެ. “އާނ މަންމާ! މަންމަ ތިބުނި ކަންތައް ކޮށްދޭނަން އިންޝާﷲ” މިންހާ ބުންޏެވެ. ފަތީލާ ހިނިތުންވެލިއެވެ. މިފަދަ ބަސްއަހާ ކިޔަމަންތެރި ދަރިއެއް ދެއްވިކަމަށްޓަކައި އޭނާ ﷲ އަށް ހަމްދު ކުރިއެވެ. “ދަރިފުޅާ ކޮންއިރަކުންތަ ވަޒީފާ އަށް ނިކުންނަން ޖެހޭނީ . ދެން ދަރިފުޅަށްތާ އެ ވަޒީފާ ލިބުނީ. ފިހާރަ ދޫކޮށްލާނީ ދޯ ދެން! ” ފަތީލާ ބުންޏެވެ. “އާނ! އަހަރެން ހަސަންބެ ކައިރީ ބުނިން ޖޮބް ލިބުން ވާހަކަ. ފިހާރައަށް އެހެން ކުއްޖަކު ހޯދާވާހަކަ ބުނި އިއްޔެގަ. މިދާންއުޅޭތަން އެހާ ބުރައެއް ނޫން މަހަކު 13000 ރުފިޔާ ލިބޭ. ރަނގަޅޭނުން!” މިންހާ ބުންޏެވެ. ފަތީލާ ބޯޖަހާލާފައި ހިނިތުންވެލުމަށްފަހު ކެއުމައިގެން ކުރިއަށް ދިޔައެވެ.
********
ހަވީރުގެ މަރިޔާދު ވަގުތެވެ. މިންހާ ހުރީ ލޯގަނޑު ކުރިމަތީ ބުރުގާއަޅާށެވެ. ކަޅުކުލައިގެ އަބާޔާއަކާއި އެކު މެރޫން ކުލައިގެ ޝޯލްގެ ތެރެއިން އެދޮން މޫނު ފެންނަލެއް ނުހަނު ފުރިހަމައެވެ. އޭނާގެ ފެހިކުލައިގެ ކަޅި އެއީ މީހުން އެންމެއަޅައިގަންނަ ކަމެވެ. އެންމެ ފަހުކަމަކަށް ތުންފަތުގައި ލިޕް ބަރމް ކޮޅެއް ހާކާލުމަށް ފަހު ހޭންޑް ބޭގް ހިފައިގެން ނުކުތެވެ. “މަންމާ! މިދަނީ އީން އާއެކީ ބީޗަށް އިނގޭ! ލަސްނުކޮށް އަންނާނަން!” ޓީވީ ބަލަން އިން ފަތީލާ ގާތުން ހުއްދަ ހޯދުމަށްފަހު މިންހާ ގެއިން ނުކުތެވެ. އޭރު އީނާލް އެގެއާއި އަރާ ހަަމަ ވަނީއެވެ. ދެމީހުންވެސް އެކި ވާހަކަ ދައްކަމުން ބީޗާ ހިސާބަށް އާދެވުނެވެ. “ހޫމް ކީކޭތަ މަންމަ ބުނީ” އީނާލް ޝައުގުވެރިމަމާއެކު އަހާލިއެވެ. ފަތީލާ ބުނި ވާހަކަތައް އަކުރުން އަކުރަށް އީނާލް އަށް އޭނާ ކިޔައިދިނެވެ. “އަހަރެންގެ ގެއަށް ވެސް އޯހް ނޯ! މަންމަ އަދި އަހަރެން ކައިރީ ނުވެސް ބުނޭ.” އީނާލް އާއި މިންހާ ހިނިގަނޑެއް ޖަހާލިއެވެ. “ދެން އަހަރެމެން ދެމިހުން އެ ދެމިހުނާ ރައްޓެހި ވާނީ ދޯ! ހަހަހަހަ! ” އީނާލް ނުލަފާ ހިނިގަނޑަކާއިއެކު ބުންޏެވެ. “ޗީ! އަހަރެން ނޫޅެން!” ދެން ދިޔައީ ދެމީހުން ދިމާކުރުމުގެ ވަގުތު ކޮޅެކެވެ. ބަންގި ގޮވުމުގެ ކުރިން އެދެެމީހުން ވެސް ގެއަށް ދިޔައެވެ.
*****
ލައިލާ ދިޔައީ ކޮޓަރީގައި ހުރި އެއްޗެހި ހަލާކުކުރަމުންނެވެ. ކޮންމެ ގޮތެއްވިޔަސް މިރޭ އޭނާގެ ބިޓު ނުގެނެވިއްޖެޔާ ޒިންދަގީގައި ހަކުރުލާނެއެވެ. ވިސްނާ ވިސްނާ އަވަދި ވީފަހުން މޮޅު ޚިޔާލެއް އައެވެ. މަންމަމެން ނިދުމުން އޭނާ ކޮޓަރި ކުޑަދޮރުން ވައްދަން ނިންމިއެވެ.
1 ގަޑިއިރު ފަސް
އެނދުގައި މަޖާ ނަގަމުން ދިޔަ ލައިލާ އާއި ލިވާޒްގެ ހަށިގަނޑުން ދާބޮކިތައް ޖަހަމުން ދިޔައެވެ. ދެމީހުންގެ ދުލުންވެސް ބޭރުވަމމުން ދިޔައީ ” އާހް” އެވެ. ކުއްލި އަކަށް ދެމީހުން ސިއްސައިގެން ދިޔައީ ދޮރުގައި ޓަކި ދިން އަޑަށެވެ.

( ނުނިމޭ)

Share Article

Follow Me Written By

Shifoo

Level 1

Other Articles

Previous

ވާށޭ މަށާ އެކީ-7

Next

ނަފްރަތުން އުފެދުނު ލޯބި … 10 ވަނަ ބައި

Next
April 8, 2020

ނަފްރަތުން އުފެދުނު ލޯބި … 10 ވަނަ ބައި

Previews
April 8, 2020

ވާށޭ މަށާ އެކީ-7

13 Comments!

  1. Yan♥️ says:
    April 8, 2020 at 5:07 pm

    Omg what will happen next
    Varah reethi Masha Allah

  2. Shifoo says:
    April 8, 2020 at 5:21 pm

    thank you varah bodah yan dhen hingaa dho vaane, goeh balaalama. and varah ufaavejje yan ah reethi veema. next part inshallah Friday or thusrday

  3. Zaain says:
    April 8, 2020 at 6:21 pm

    Vaahaka varah reethi

    1. Shifoo says:
      April 9, 2020 at 11:38 am

      thank you varah bodah zaain

  4. Dhonthy says:
    April 8, 2020 at 7:36 pm

    Wooow what a beautiful story???I just love it. V avahah next part genesdhechche shifoo dear❤️❤️ Vvvv curious vejje. Lasnukurachchey vaahaka ???? Hehe. Love you ❤️❤️

  5. Shifoo says:
    April 8, 2020 at 9:22 pm

    Yes inshallah tommorow or next owwwn I’m so happy to see that comment. thanks dhonthy. love from me also curious vehijje dho hehehe thankolheh sick veema lasvany bye goodnight

  6. Nash says:
    April 10, 2020 at 1:37 pm

    Whn next

  7. Shayaalyn says:
    April 12, 2020 at 1:19 pm

    When next part please fast or ehen noonee story upp vaane dhuvaheh bunelabaaa☹️

  8. kaaishaa says:
    April 12, 2020 at 9:23 pm

    kon irakun aneh part upp koh dheyni

  9. Nooraa says:
    April 13, 2020 at 10:04 am

    Please avass kobaaaa
    Vaahakaige inthizaaruga Kei madhuvefa mi huree
    ?????

  10. shaira says:
    April 13, 2020 at 3:57 pm

    when next part

  11. ❤️Nanoo❤️ says:
    June 24, 2020 at 8:19 am

    Plzzzzzzzzzzzzzzzzzzzz vrh reethi waiting for nxt part and avas Koba misharu 2 months

  12. Ma Gina dhuvas says:
    July 2, 2020 at 11:34 am

    Bodu ballah Eh liyan yah liyan veenu vaahaka

Comments are closed.


All Right Reserved!