Skip to content
އެސްފިޔަ

ކުށަކާ ނުލާ-2

އެޕިސޯޑު- 2

ފިޔާޒާއްތަ ނިވްޔާގެ މޫނުމައްޗަށް ދޮރުޖެހުމުން އަނެއްކާވެސް ނިވްޔާ ދޮރުގަތަޅަން ފެށިއެވެ. ރޮއެރޮއެފާ ބޮޑުބެއަށް ގޮވަން ފެށިއެވެ. ހިސާބުގަނޑު މީހުން އެއްވާން ފެށުމުން އަނެއްކާވެސް ފިޔާޒާ ދޮރުހުޅުވިއެވެ.
“ފިޔާޒާއްތާ، ޕްލީޒް. ބޮޑުބެއަށް ގޮވާދީބަލަ!” ނިވްޔާގެ އަޑުގައި ވަނީ އާދޭހެވެ.
“ބުނެފީމެއްނު ގެއަކު ނެތޭ!” ފިޔާޒާގެ އަޑުގައި ހުރީ ހަރުކަށިކަމެވެ.
ނަމަވެސް ހިސާބުގަނޑު މީހުން ކުރިމަތީގައި އަނެއްކާ ދޮރުޖަހާކަށް ފިޔާޒާއަކަށް ނުކެރުނެވެ. މީހުން ކިޔާފާނެ އެއްޗަކަށް ވިސްނާފައި ކުދި ކިޔަމުން ނިވްޔާމެން ގެއާއި ދިމާލަށް ބަރުހެލިކަމާއިއެކު ހިނގައިގަތެވެ. ފިޔާޒާއަށްވުރެ ކުރިން ނިވްޔާ ދުވެފައި ދިޔައެވެ. އޭރު ހަސީނާ ލޯފުހެމުން ނިވްޔާމެން ގެއިން ނުކުންނަނީއެވެ. ނިވްޔާ ގެއަށް ވަންނަން އުޅެން ފެށުމުން ހަސީނާ ހިފެހެއްޓުވިއެވެ
“ނިވްޔާ. ހިނގާބަލަ ހަސީނާއްތަމެން ގެއަށް!” ނިވްޔާގެ އަތުގައި ހިފަމުން ހަސީނާ ބުންޏެވެ.
“އެކަމަކު މަންމަ..” ހާސްވެފައި ގެއާދިމާލަށް ބަލައިލަމުން ނިވްޔާ ބުންޏެވެ.
“ފިޔާޒާއްތަ މަންމަ ބަލާނެޔޭ!” ހަސީނާ ބުންޏެވެ.
އޭރު ފިޔާޒާ އަރާހަމަވަނީއެވެ. ދާންބޭނުން ނުވިޔަސް ދެކޮޅުހަދާކަށް ނިވްޔާ އަކަށް ނުކެރުނެވެ. ގެއަށް ގެންގޮސް ހަސީނާ ނިވްޔާއަށް ސައިދެވޭތޯ އުޅުނެވެ. ނަމަވެސް ނިވްޔާއަކަށް އެއްޗެއް ނުކެވުނެވެ. މަންމަ ކައިރިއަށް ދާން ކެތްމަދުވެފައި ވީތީއެވެ.
“މަންމަ ކައިރިޔަށް ދާން ބޭނުން” ސައިތަށި ދުރަށްލަމުން ނިވްޔާ ބުންޏެވެ.
އެތުއްތު އާދޭހުގެ އަޑު އިވުމުން ހަސީނާގެ ލޯ ކަރުނުން ފުރުނެވެ. ނިވްޔާ ދުވެފައި ދާތަން ފެނުމުން ހަސީނާ އެގެއަށް ވަނީ ވީ ކީއްތޯ ބެލުމަށެވެ. އޭރު ނިވްޔާގެ މަންމަ، ނިހާޔާ އެންމެ ފަހުނޭވާ ލަނީއެވެ. އެ ޚަބަރު ލިބުމުން ނިވްޔާގެ ހިތަށް ކުރާނެ އަސަރު ވިސްނާލާފައި ހަރީރާ ޖެހިލުން ވިއެވެ. ނަމަވެސް ހިތްވަރުކޮށްފައި ނިިވްޔާއަށް ދޭހަވާނޭގޮތަށް މަންމަ ނިޔާވި ވާހަކަ ބުންޏެވެ.
“ނޫން މަންމަ ނުދާނެ ނައްޔަ ދޫކޮށްފަކާ” ނިވްޔާ ރޮމުން ރޮމުން ބުންޏެވެ.
ހަސީނާގެ މަސައްކަތުން އެތަށް އިރެއް ވީފަހުން ނިވްޔާ ހަމައަކަށް އެޅުނެވެ. ނަމަވެސް މަންމަގެ ކަށުކަމާކެމީގެ ކަންތައް ނިންމާ މޫނުދައްކަން ވެއްދުމާއެކު އަނެއްކާވެސް ނިވްޔާއަށް ރޮވެން ފެށުނެވެ. ދެން ދުވަހަކުވެސް މަންމަ ނުފެންނާނެޔޭ ހިތަށްއަރާ ނިވްޔާގެ ހިތް ކުދިކުދިވަމުން ދިޔައެވެ.
“މިގޭގައި ބެހެއްޓިޔަސް އަހަރެން ކުރިމައްޗަށް އަޔަދީގެން ނުވާނެ” އެރޭ ހަސީނާ ނިވްޔާގޮވައިގެން އެގެއަށް ދިޔުމުން ބޮޑުބެގެ ފަހުބަސް އިއްވިއެވެ.
“އާނ! އެންމެފަހުން އޭނާގެ ހަރާން ދަރިވެސް މި ބަލަން ޖެހުނީ އަހަންނަކައްނު” ނުރުހިފައި ފިޔާޒާ ބުންޏެވެ.
އެއީ ނިވްޔާ އެބަސް އަޑުއެހި ފުރަތަމަ ފަހަރެވެ. ރޮއެރޮއެ ގިސްލެވެމުންދިޔަ ނިވްޔާ އޭރު ހުރީ ހަސީނާގެ ފުރަގަހަށް ވަދެއެވެ.
ރަށުގެ ފޯރާ މީހުން ތެރޭ ބޮޑުބެ ހިމެނޭކަން އެ ބޮޑު ގެއަށް ބަލައިލި ނަމަވެސް އެނގޭނެއެވެ. ނަމަވެސް ނިވްޔާ ނިދަން ދެއްކީ ބަދިގެ ފަރާތުގައި ހުރި ކުޑަކުޑަ ކޮޓަރިގަނޑެކެވެ. ހީވާ ގޮތުން އެއީ ކުރީގައި ގުދަނަކަށް ބޭނުން ކުރި ތަނެކެވެ. އެނދަކާއި އަލަމާރި އަކާއި މޭޒެއް ބަހައްޓާފައި ނަމާދު ކޮށްލާނެ ޖާގަކޮޅެއް އޮވެއެވެ. ކުޑައިރު އެކަނި އޮވެގެން ކިތަންމެ ބިރުގަނެ ހިތްދަތިވިޔަސް ކުރެވޭނެ ކަމެއް ނެތެވެ. ކުރީގައި ނިދެނީވެސް ރޮއެރޮއެ ވަރުބަލިވާ ފަހުންނެވެ. ނަމަވެސް މަޑުމަޑުން އެކަނި އޮންނަން އާދަވިއެވެ. ގޭތެރޭގެ މަސައްކަތްތަކަށްވެސް ހޭނުނެވެ. އާދަ ނުވިކަމަކީ ފިޔާޒާގެ ވިހަގަދަ ބަސްތަކެވެ. ފިޔާޒާގެ އަނިޔާވެރިކަމުން އެހިތުގައި އެޅިފައިވާ ކޫރުންތައް ގުނާ އަދަދު ނުކުރެވޭނެއެވެ.
ބޮޑުބެގެ ތިން ކުދިން ތިބެއެވެ. ނިވްޔާއާއި ދާދި އެއް އުމުރެއްގެ ކުއްޖަކާއި ދޮށްޓަށް ތިބޭ ދެ ފިރިހެން ކުދިންނެވެ. އިޔާޒު އަޒްކާއަށް ވުރެ ދެއަހަރު ދޮށިއިރު އިޔާދު ހަތަރު އަހަރު ދޮށްޓެވެ.
އިޔާދު ގައިގައި މަޑުމައިތިރި ސިރިއަސް ގޮތްގަނޑެއް ހުންނައިރު އިޔާޒު އެއާއި މުޅިން އިދިކޮޅެވެ. އަބަދުވެސް ގުރޫޕު ހަދާފައި ސަކަރާތް ޖެހުމުގައި އުޅޭއިރު ދޭތެރެ ދޭތެރެއިން ނިވްޔާއަށްވެސް ޖެއްސުން ކޮށްލާނެއެވެ.
އަޒްކާ އަކީ ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އެގެއިން ކިރިޔާވެސް ނިވްޔާއަށް ހިތްހަމަޖެހުމެއް ލިބެނީ އަޒްކާގެ ފަރާތުންނެވެ. ފިޔާޒާ ކިތަންމެ ރުޅިއައި ނަމަވެސް އެންމެ ކުޑައިރުވެސް ދަނޑިވަޅުބަލާފައި ނިވްޔާގެ ގާތަށް އަޒްކާ ދެއެވެ. ދެކުދިން އެއްކޮށް ކުޅެ ސަކަރާތް ޖަހަން ތިއްބާ ފިޔާާޒާއަށް ފެނިއްޖެނަމަ އަޒްކާ ދަމާފައި ގެންދާނެއެވެ. ނަމަވެސް އަނެއްދުވަހު ފިޔާޒާ ނެތްގަޑި ބަލާ ނިވްޔާ ކައިރިއަށް ދެއެވެ. ބޮޑުވިވަރަކަށް ދެކުދިންގެ ގުޅުން ދިޔައީ ބަަހިވަމުންނެވެ. ނިވްޔާއާއި ދޭތެރޭ ފިޔާޒާ ކަންތައް ކުރާގޮތުން ކިތައްމެ ދެރަވި ނަމަވެސް އަޒްކާއަށް ކޮއްދެވޭ މާ ބޮޑުކަމެއް ނޯވެއެވެ. ނިވްޔާގެ ދިފާއުގައި އެއްޗެއް ބުނެފިނަމަ އަޒްކާއާއި ދިމާލަށްވެސް ފިޔާޒާ އެއްޗެހިކިޔާ ހަޅޭއްލަވާ ހަދާނެއެވެ.
ޚިޔާލުތަކުން ދުރަށްޖެހިލުމަށްފަހު ކަރުނައިން ފުސްވެފައިވާ ދެލޯ ނިވްޔާ ފޮހެލިއެވެ. އަވަސް އަވަހަށް އެއްކުރި ކުނިކޮޅު ވަށިގަނޑަށް އަޅާލާފައި ނިތްކުރިމަތީ ހުރި ދާތިކިތައް ފޮގެލިއެވެ. އެވަގުތު ކުރިމަތިން ފެނުނު މަންޒަރަކުން ނިވްޔާގެ ދެލޯ ބޮޑުވިއެވެ. ބޭއިޚްތިޔާރުގައި މޫނުމައްޗަށް އަތް ހުރަސްކޮށްލީ ލިބިދާނެ ހަމަލާއަކުން ރެކެން ވެގެންނެވެ

( ނުނިމޭ )

Comments (13)

  1. Lamko

    Shifoo mi part varah salhi…… Ekamu kudhi kufhi mistake eba huri nxt part ga rangalhu kohllahchey….. Good luck

  2. Shifoo

    yeah thanx I will try

  3. aaaaa

    mi vaahaka varah reethivaanehen heevanee akmaku varah kuru dhoa ???

  4. Kylie

    Maasha allah v reethi mi part vx……. Waiting fr nxt…… Ly sis

  5. އަހަރެން

    Mi vaahaka eba in cnm ga.. vaahakaige namakee shakuva.. nan thah thafaathuvun fiyavaa ehves thafaathehneih.. ehen meehun ge vaahaka thakah thafaathu genesgen publish nukurumah liyuntheriya shifoo ah govaalan

  6. Nayaa

    Awnnn shifoo.. As usual mi prtt vrhh salhi.. Whn is the next prtt??.. Curiously waiting for the next prtt… Cover pic vrhh salhi… ❤❤❤❤❤?????????????????❤❤❤❤❤??????????❤❤❤❤❤❤❤???????????????..

  7. Shifoo

    I’m really sorry. dhen ekan repeat eh nuvaane. . miee alhugandu friendeh Liyedhin vaahaka eh. neynge mi copy eh kameh thikan faahaga kohladhineethee shukuriyyaa. dhen ithurah might vaahaka continue kuraakah nethin. Naseebeh faahaga kohladhin kan dhen new story akaa eku inshallah January 10 ga bahdhalukohlaanan

  8. Aisher

    Mee cnm ga liyaa vahaka eh dhw

    1. Shifoo
      Aisher

      Yes come back innaanne namakee shakuwaa

  9. mahoo

    cnm ah vadhe veyyne gotheh bunedheeba varah intrested vahaka eh

  10. Shifoo

    http://www.vfp.my jahaalumun vadheveyne
    Shukuriyyaa

  11. Shifoo

    . Mv ingeytho

    1. Mahoo
      Shifoo

      Nu vadhevunu

Comments are closed.