Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
އެހެނިހެންލޯބި

ހިރާސް 1

Annora Level 510 Stories100 Login100 Comments100 Stories
December 20, 2020 3 Mins Read
2 Comments

ފަޒާގައި ހިފާފައިވަނީ ތެއްފިނިކަމެވެ. އިރުކޮޅެއް ކުރިން ބޯކޮން  ވެހުނު ވާރޭ ހުއްޓުމަކަށް އައި ނަމަވެސް އަދިވެސް ދަނީ ހިމަފޮދު ވާރޭގެ އަސަރު ކުރަމުންނެވެ. ޖެހިލާ  ބާރު ފިނި ވައިރޯޅިތަކުން ގައިން ހީބިހި ހަލުވާލައި ތުރުތުރު އަޅައެވެ. އެ ވައިރޯޅި ތަކަށް ކެއްނުވެގެން ގަސްގަހުގެ ފަތްތައް ދިޔައީ ފަޒާގައި ނަށަމުންނެވެ. އަސުރުގެ ބަންގިގޮވި ފަހުން އަދި މިވީ ކުޑަ އިރުކޮޅެއް ނަމަވެސް ވިއްސާރައިގެ ސަބަބުން ހީވަނީ އިރުއޮށްސިފަވާހެންނެވެ.

ކޮޓަރީގެ ކުޑަ ބެލްކަނިކޮޅުން ފެންނަމުންމިދާ މިހިތްގައިމު މަންޒަރަށް ގެއްލި ހުސްވެއިން ޒީވާގެ އަތުގައިވާ ކޮފީތަށި މަޑުމަޑުން ދިޔައީ ހުސްވަމުންނެވެ. ލަސްލަހުން ކޮފީ ފޮދުވަރުތައް އަރުން އެތެރެކުރަމުން ދިޔައި އިރު އޭރު މުޅިހިސާބުގައިވަނީ ކޮފީގެ މީރުވަސް ހަރުލާފައެވެ. އެތާގައިވާ އެކަކަށް އިށީންދެވޭ ވަރުގެ ސޯފާގައި ޒީވާ އިނެވެ. .ޒީވާގެ ކޮޓަރީގެ އެ ވާ ކުޑަ ބެލްކަނީ ކޮޅުގައި ޒީވާ ވަނީ އޭނާ އަށް އެންމެ ކަމުދާ މާ ކަމުގައިވާ އޯކިޑްގެ  ބާސްކެޓް ތަކުން ފުރާލާފައިއެވެ.ބެލްކޮނީ ކޮންމެ ދިމާއަކުންވެސް ފެންނަނީ އޯކިޑްގެ އެކި ވައްތަރުތަކެވެ.

ކޮންމެ ދިމާލަކަށް ބެލިނަމަވެސް ފެންނަނީ  “އެވާރ ގްރީން” ގޭގެ މުއްސަނދިކަމެވެ.

ގޭގެ ޖުމްލަ ދިހަ ފަންގިފިލާ ހުންނަ އިރު ހަތް ބައި ހުންނަނީ ކުއްޔަށްދީފައެވެ. އެންމެ މަތީ ބައި ޒުހޫރު އަދި ކުލްސޫމާގެ އެއްމާބަނޑު ދެބެންގެ ތެރެއިން އެންމެ ދޮށީ ޒައުލް އަށް ހާއްސަ ކުރެވިފައެވެ. ނުވަ ވަނަ ފަންގިފިލާ ވަނީ އެޔާއި ޖެހުނު މީހާ ޒީހާން އަށް ހާއްސަ ކުރެވިފަ އެވެ. ޒީވާ އާއި އާއިލާގައި ބާކީ ދިބި މެމްބަރުން ދިރިއުޅެނީ ގޭގެ ތިންވަނަ ފަންގިފިލާގައެވެ. ގެޔަކީ ޒީވާގެ ބައްޕަ ފަރާތު މާމަގެ ގެޔެއް ނަމަވެސް މާމަ ދުނިޔޭގައި ގޭގެ ރަޖިސްޓްރީ ވަނީ ޒީވާގެ ބައްޕަ ޒުހޫރު ނަންމައްޗައްބަދަލް ކޮށްފައެވެ.

 

ޖެހިލި ފިނި ވައިރޯޅިއަކުން ޒީވާގެ  ކޮނޑާއި ހަމަ އަށް އަރާ ކަޅު ދިހުންކުލައިގެ  ފަންފަން އިސްތަށިގަނޑުން ބައެއް އެ މޫނަށް އެޅުމުން އެ ހިމަ ހޯލި ކޮޅެއް ފަދަ އިގިލިތަކުން އެއްފަރާތް ކޮށްލިއެވެ. ދިގު އެސްފިޔަތަކުގެ ނިވަލުގައިވާ އޭނާގެ “އެސްތެޓިކް” ފެހި ކުލައިގެ ދެލޯފެންނަ މީހަކު ހިތްތައް ކަތިލާހައި ރީއްޗެވެ.އިސްކޮޅުން ހަތަރު ފޫޓު ހުރި އިރު ހެޔޮވަރުވަރުގެ ރޫފަ އެއް ލިބިފައިވާއިރު އިތުރު ފުރިހަމަ ކަމެއްގެނެސްދެނީ އޭނަގެ ކުލަ އަލި ހަންގަނޑެވެ. އައިބެއް ނެތް ހިމަ ނޭފަތުގެ އިތުރުން މަޑު ރަތްކަމެއް ވާ ހިމަ ތުންފަތެކެވެ.

އެ ތޫނު ދެލޮލުން ވަށާގެން ފެންނަމުންދާ އުސްއިމާރާތްތަކަށް އަވަސްކަޅިއެއް އެއްލިއެވެ. ވިއްސާރަ ދުވަހެއް ނަމަވެސް މަގުމަތިން މީހުން ހުސްނުވާތީ ޒީވާ އަށް އަގައިން އަޑެއް ލައްވާލެވުނެވެ. ބެލްކަނިން ބޭރަށް ބޯދީގެން އޮތް އިރު  މަގުމަތިންދާ މީހުން ތިބެނީ ޒީވާ ފެނި ބަސް ހުއްޓިފައެވެ. ކޮންމެ މީހަކު ވެސް  ފަސްދީފައި ދަމުން ވެސް މިފެންނަ ގުދުރަތީ ރީތި މިސާލަށް ބޯއަރި ކޮށްކޮށްފައި ވެސް ބަލަމުން ދިޔައެވެ. މަގު ހިނގާމީހުންގެ ނަޒަރުންތައް އޭނަ އަށް އަމާޒުވެފައިވާކަން އިޙްސާސް ވެގެން ޒީވާ ލަދު ގަންނަ ގޮތް ވިއެވެ. އެހެންލާފައި ދިޔަޒުވާން އަހެން ކުދިންތަކެއް އޭނާ ފެނިގެން ހަސަދަވެރިވެފައި ބަލަންތިބިގޮތުން އޭނާ ކައިރިޔަށް ހިނިއަންނަ ގޮތްވި އެވެ. އުމުރުން 22 އަހަރުވެފައިވި ޒީވާ އަށް މިއީ އާކަމެއް ނޫނެވެ.އަބަދުވެސް އޭނާއަށް މިޔަކީ ތަހަންމަލު ކުރަން ޖެހިފައިވި  ކަމެކެވެ.

ކުއްލިޔަކަށް ޒީވާއަށް  ސިހިފައި ފަސް އެނބުރި ބަލާލެވުނީ އޭނާގެ ފޯނު އެލާރމް ވިއަޑަށެވެ. ބެލްކޮނީން ފެންނަމުންދިޔަ މޫސުމީ ނަލަކަމަށް ގެނބިފައި ހުރުމުގެ ސަބަބުން ގަޑިދިޔަގޮތް ވެސް ނޭނގުނެވެ. ގަނޑިން ހައެއް ޖަހަން ސާޅީސް މިނެޓަށް ވީއެވެ.ތެޅެމުން ފޮޅެމުން ފާހާނާ އަށް ވަދެ އަތްމަތި އަވަސް ކަމާއެކު ފެންވަރާލީ ގަޑި ނުޖެހި އޭނާ މަސައްކަތް ކުރާ “ބްލޫ-އައި” ހޮސްޕިޓަލަށް ދިޔުމަށްށެވެ. އޭނާ އަކީ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ހީވާގީ ނަރުހެކެވެ. ޒީވާ ހުރީ ރޭގަނޑުގެ ކެއުމަށް ކެއްކުމަށްފަހު ފުދޭވަރަކަށް ދާހިއްލާފައި  ކަމައްވާތީ އޭނާ ބޭނުންވީ ފެންވަރާލަމުށެވެ. އަވަސް ވީ ގޮތަކުން ނަރުސް ޔުނީފޯމް ގަޔަށް މަހާ ލައިގެން ކޮނޑައި ހަމައަށް އަރާ ފަން އިސްތަށިކޮޅުން ހުޅިޖަހާލުމަށްފަހު ނަރސް ކެޕް އަޅާލައި ހިތް ފުރެންދެން ސެންޓް ޖަހާލައިގެން އަތްދަބަހަށް ބޭނުންވާނޭ މުހިންމު ސާމާނުކޮޅު އަޅައިގެން ކޮޓަރިން ބޭރަށް ނުކުންއިރު ކުރިމަތީގައި ހުރި މޫނު ފެނި ސިހިގެންދިޔައީ އެޔެއް މިޔެއް ބަލާފަކަ ނޫނެވެ. ފުރަތަމަ ފިޔަވަޅު ހުއްޓާލަންޖެހުނީ އޭނާ ގަޔަށް އަރާގެންދިޔަ ހަމަލާގެ ސަބަބުންނެވެ.

އެއީ މިރެޔަށް އޭނާހެދި ކުޅިމަސް ތައްޓެވެ.މުޅި ޔުނީފޯމް އެކަށް ހަޑި ވިއެވެ.  “މަންމާ..” ޒީވާގެ އަނގައިން މަޑުމަޑުން އެ ލަފްޒު ބޭރުވި އިރު އެދެލޯފެންކަޅިވެގެންދިޔައެވެ. ” ކޮން މަންމަ އެއް ކިޔާކަށް …މަށަކަށް މަންމަ ކިޔާނެ ކަމެއް ނެތް.. ކަލެޔަށް ނީނގެނީތަ މިއަދުމިއީ އަންގާރަ ދުވަސް ކަމެއް..އޭނނ..މަ އޮންނާނީ ކަލެޔަށް ޝެޑިއުލެއްދީފަ..އޭގަ އިންނާނެ ބޮޑު އަކުރުން މިރެޔަށް ކައްކަން ވީ އެތި ލިޔެފަ ..މިގޭގަ ހިނގާނީ މަގޭގެ އަމުރު .. ކަލެޔަށް މިގޭގަ އުޅެވޭނީ މަ ބުނާ ކަންކަން ކޮށް ގެން..ޖެހިފަ އޮތ ބޮޑު ބަލާވެރިކަމޭއް..ވިހޭތަނުން މަރުވި ނަމަ ކޮންފަދަ” ކުލްސޫމާ ހިތަށް އައިހާ އެއްޗެއް ގޮވާމުން ދިޔައިރު ޒީވާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ ފައިބަމުން ދިޔައެވެ. “ސޮރީ..މަންމާ.. އަހަ..އަހަރެންް…މަޝްރޫމަށް އެލާޖިކް..  އެހެންވެ ހެދީ ކުޅި މަސް..އެއީ..މަންމަމެންނަށް ހެދި ކާ އެއްޗިސް ހުންނާނެ މޭޒަށް ނަގާފަ..ކޮއްކޮގެ..” ގިސްލެވޭވަރުން  ޒީވާ އަށް ވާހަކަ ދެއްކުނީ ކިރިޔާއެވެ.. ބުނަން އުޅުން ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކޯތާފަތައް އަރައިގެން ދިޔަ ހޫނު ހަމަލާއިން ޒީވާގެ ހޭ ފިލާ ނުދިޔައީ ކިރިޔާއެވެ.. ކުލްސޫމާގެ އަތުގެ ހޫނު ހަމަލާއަށް ފަހު ވެސް އޭނާ މައިތިރިވާކަށް ނޫޅެއެވެ. ” ކިހާބޮޑު ކަމެއްމި ދެން…ގޭގަ ހުރި އެއްޗިސުން ކަލޭ ހިތުހުރި އެޗެއް..ނުހެދޭނެ ..މަ މޫނު މަތީގަ ޒުވާބު ކުރަން ނުހަދާ ރައްކާވޭ..”އޭނާ ޒީވާގެ އިސްތަށިގަނޑުގައި ހިފާ އަތުކޮޅަށް ހޫރާލި ބާރު މިނުގައި ވިއްސައިގެން ގޮސް ބޯ ޖެހުނީ އޭނާގެ ކޮޓަރީގެ ދޮރު ދާރައިގައެވެ.. ވީ ތަދުން ޒީވާއަށް ކެތްކުރުން ވީ ދަތި ކަމަކަށެވެ. ކުލްސޫމާގެ ހިއްފުރުނީ ތޯއްޗެކެވެ. އެއްވެސް ރަހުމެތް ނެތި އެތަނުން ދުރަށް ހިނގާގަތެވެ.

ފާރުގަ އަތް ހާކަމުން ޒީވާ އަށް ކޮޓަރިޔަށް ވަދެވުނީ ކިރިޔާއެވެ. އޭނާގެ ބަޑި ފަޅައިގެން ދިޔައެވެ. ނިއްކުރިމަތިން  އިނީ ކުޑަ ތަންކޮޅެއް ފަޅައިގެން ގޮސްފައެވެ.މިއީ ކޮންމެ ދުވަހަކު ވެސް ޒީވާެ ހާލެވެ. އަމިއްލަ ގޭގައި އުޅެންޖެހިފައިވަނީ ނޯކަރެއް އުޅޭ ބީދައިންނެވެ. ނަމަވެސް ގޭގައި ކުަރަންޖެހޭ ހުރިހާ ކަމެއް ކޮށް ނިންމާލަނީ އެއްވެސް ޝަކުވާއެ ނެތިއެވެ.އެހާ ވެސް ޒީވާ ހިތްތިރިއެވެ.

ރޮމުން ރޮމުން ގޮސް ފަސްޓް އެއިޑް ބޮކްސް އިން މަލަންކޮޅެއް ނަގާލައިފައި ނިއްކުރިމަތިން ފަޅައިގެން ގޮސްފައިވާ ތަންކޮޅުގައި ހިއްޕާލިއެެވެ. ފޯނުން ގަޑި ބަލާލި އިރު ހަތެއް ޖަހަނީ އެވެ. ނަމަވެސް ހިއްވަރު ކޮށްލާފައި  އޭނާގެ ޝިފްޓްގެ ހެޑް  އަށް މެސެޖެއް ކޮށްލީ ގޭގައި ކަމެއް ދިމާވެގެން ލަސްވީ ކަމުގަ ބުނެފަ އެވެ.. އިރުކޮޅެއް ނުވެ ހެޑް ނަޒްރާ އެ ކަމެއް ނޫން ކަމަށް ބުނެ އަށެއް ޖަހަާ އިރު ޑިއުޓީ އަށް އަރާންވާނެ ކަމަށް ބުނެ މެސެޖު ކުރުމުން ޒީވާގެ ހިތައް ފިނި ކަމެއް ލިބުނެވެ. ނަމަވެސް ރޮއިރޮއި މުޅި ދެލޯ ވަނީ ދުޅަވެފައެވެ. އެހެން ހުއްޓަ ފެނިއްޖެ ނަމަ ޔަގީނުން ވެސް ނަޒްރާ ގެ ސުވާލް އަންނާނެއެވެ. އެވަގުތު ކުއްލިޔަކަށް ދޮރު ހުޅުވިގެން ދިޔަ އަޑަށް ބަލާލި އިރު ހުރި ކުލްސޫމާ ފެނުމުން ޒީވާގެ މޭގަނޑު އަނގަޔަށް އަންނަވަރު ވިއެވެ.

*****

(ނުނިމޭ)

Share Article

Follow Me Written By

Annora

Level 510 Stories100 Login100 Comments100 Stories

Weaving tales that linger long after the last page.🤍 Turning imagination into unforgettable stories.🤍 Every story is a journey; come take a trip with me.🤍 Capturing the magic in everyday moments.🤍 Crafting narratives that touch the heart and mind. 🤍 🤍🤍🤍

Other Articles

Previous

ދޫކޮށްނުލާނަމޭ ކަލާ – 10

Next

ނޭދެމޭ ވަކިވުމެއް-36

Next
December 20, 2020

ނޭދެމޭ ވަކިވުމެއް-36

Previews
December 20, 2020

ދޫކޮށްނުލާނަމޭ ކަލާ – 10

2 Comments!

  1. Annora says:
    December 20, 2020 at 12:53 pm

    salaam…. here is the first part of hiraas.. i hope u guys will like this part too.. next part dec 25 insha allah.

    ❤️❤️

  2. ?Ril? says:
    December 20, 2020 at 5:38 pm

    Heiii ?????
    Btw vrh sali 1st part ??❤❤❤?????
    Masha Allah ????????
    Sifakurumaa hurihaa kameh VX Hama vrh baraabaru ???????❤❤❤❤
    Aley vrh dera vehje zivaa ah evy gothakun??????????
    Kulsoomaa haadha nubaey dhw? hhahahaha?????????????
    Btw I love fictional Strys hope this will be a great stry Insha Allah ???????❤❤❤❤
    Waiting for the next part❤❤❤??????
    Staz safe and take good care ❤❤❤☺️☺️??????

Comments are closed.


All Right Reserved!