ހިތްވަރު ދިނުމުގެ ގޮތުން ޔަޒްދާން ކިޔާންގެ ކޮނޑުގައި ޖަހައިލިއެވެ. އަދި ހިތްވަރު އެލުވާނުލުމަށް އެދުނެވެ. ކިޔާންއަށް ކޮށްލެވުނުހާވެސް ކަމަކީ ބޯޖަހައިލުމެވެ. ވާހަކަ ދައްކާނެހާ ހިތްވަރެއް އެގަޔަކުނެތެވެ. ހިތް ކުދިކުދިވެފައި ވާ ހާލު ކިޔާން ހޮސްޕިޓަލުން ނިކުތެވެ. އެންމެ ފުރަތަމަވެސް އޭނާއަށް ވިސްނާލެވުނީ އެލީނާއާ މެދުއެވެ. އެލީނާ އަހަރެން ނުލާ އުޅޭނީ ކިހިނެތް؟ އެ ފަކީރަށް އަހަރެންގެ ސޫރަ ނުފެންނަ ނަމަ ހިތަށް ހަމަޖެހުމެއް ނުލިބޭ އަހަރެންގެ އަޑު ނިދުމުގެ ކުރިން އަހާނުލާފިއަޔާ ލީންގެ ލޮލަށް ނިންޖެއް ނާދޭ. […]
=މީގެ ގަޑިއިރެއް ކުރިން = ކިޔާން އޭޑީކޭ ހޮސްޕިޓަލަށް ވަނީ އޭނާ އީއްޔެ ހެދި ޓެސްޓުގެ ރިޕޯޓް ނެގުމަށްފަހު ޑޮކްޓަރައް ދައްކާށެވެ. ޑޮކްޓަރަށް ދާ ވާހަކަ ގޭމިހުން ކައިރި ބުނެފިނަމަ ހާސްވެދާނެތީވެ އޮފީހަށް މުހިއްމު ކަމަކަށް ދާންޖެހުނީއޭ ކިޔާފަ އޮޅުވާާލިއެވެ. ކިޔާން ޑޮކްޓަރަށް ދައްކަން ޖެހުނީ މިހާރަކަށް އައިސް ވަރަށް ގަދައަށް ބޮލުގަ އަބަދު ރިއްސާތީވެއެވެ. އަދި އިތުރުއެހެން އުދަނގޫތަކެއްވެސް ދިމާވާތީވެއެވެ. ރިޕޯޓް ނަގައިގެން ކިޔާން މިސްރާބުޖެހީ އޭނާ ދައްކަން ދާންޖެހޭ ޑޮކްޓަރުގެ ކޮޓަރިއާ ދިމާލަށެވެ. ކިޔާން […]
”ޑްރައިވަރު ފޮނުވަންވީ ކަންނޭގެ އެގެއަށް އޭނަ ބަލާ…” ރީޝަމް އޭނަގެ މޫނުގައި ފިރުމާލަމުން ބުނެލިއެވެ. އީޝަލް އެއްޗެއް ބުނަން އަނގަހުޅުވާލި ތަނާ އެދިމާއަށް އަންނަމުން ދިޔަ ޝާން ފެނިއްޖެއެވެ. ”ބޮޑުދައްތާ…” ރީޝަމް އާއި އަރާހަމަކުރަމުން ޝާން ގޮވާލިއެވެ. އޭނަ ރީޝަމްގެ މޫނާ ނަޒަރު ސީދާކޮށްލި ވަގުތު ފެނުނީ ހާސްކަމާއި ބިރުވެރިކަމެވެ. އޭގެ ސަބަބުން އޭނައަށް ލިބިފައިވާ ނުތަނަވަސްކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އިރުކޮޅެއް ވަންދެން ބޮޑުދައިތައަށް ބަލަން ހުރެފައި އޭނަ އީޝަލް ހުރި ފަޅިއަށް އެނބުރިލުމާއެކު އީޝަލް […]
ހިޔާލީ ދުނިޔެއަށް އަރަގުވަމުންދިޔަ އެލީނާ ސިއްސާއިގެންދިޔައީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އެއާއެކު ހިޔާލީ ދުނިޔެއިން ހަމަ ބިމަށް އާދެވުނު ކަހަލައެވެ. އެލީނާ އަވަސްވެފައިވާ ހިތަކާއެކު ދޮރާ ދިމައަށް ބަލާލެވުނެވެ. މުޅި އުމުރުގާއިވެސް ކަމަކައް މިހާ ކެތްމަދުވި ހަނދާނެއް އޭނާ ނުވެއެވެ. ޢެތަށް ގޮންޖެހުންތަކަކަށް ފަހުން އޭނާގެ ހިތުގެވެރިޔާ ހާސިލްވވުން ގާތްވެފައި ވުމުން އެހިތް ވަނީ ބެގަރާރުކަންވެރިވެފައެވެ. ހިތްއެދިގޮވަމުންދިޔައީ ވަގުތު އަވަހަށް ފާއިތުވުމަށެވެ. ޢެ ހިތަށް ހިމަޖެހުން ލިބިގެން ދާނީ ކާއިވެނީގެ ރަސްމިއްޔާތު ނިމުނު ހިނދަކުންނެވެ. ” […]
ނުސިޔާނުކަން އެކުލެވިގެންވާ ރޯޅިތަކުގެ ހަމަލާތަކުން ފަޒާގައި ގުގުމަމުން ދިޔައީ ބިރުވެރި އަޑެކެވެ.އެއަޑުގެ ތެރެއަށް އިރުއިރު ކޮޅާފެތުރިގެންދާ ގުގުރީގެ އަޑުވެސް އެހާމެބާރެވެ. އެތައް އިރެއް ވަންދެން އިންޒާރު ދިނުމަށްފަހު ކެރީގެ ފުރަތަމަ ހަމަލާ ކުރިމަތިވެގެން އައި ހިނދު މުޅިމާހައުލު ވާރޭ ކަނިތަކުން ފުސްކޮށްލާއި ވިއްސާރާއިގެ ކުލަމަތި ދަށްކާލައިފިއެވެ. ރީތި ވާމޭޒުގެ ގޮނޑީގައި އިން އެލީނާގެ ނަޒަރު ސީދާވެފައިވަނީ ލޮގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށެވެ. ޢެތުންފަތުގައި ފަނޑު ވިއިރު އެމުށިކުލައިގެ ދެލޮލުގައި ނަށަމުން ދިޔައީ އުފާވެރިކަމެވެ. ގޮނޑިން ތެދުވެލުމާއެކު […]