ފެވިފާތިނަން ވެޔޭމިހިތުގާ 1
ނުސިޔާނުކަން އެކުލެވިގެންވާ ރޯޅިތަކުގެ ހަމަލާތަކުން ފަޒާގައި ގުގުމަމުން ދިޔައީ ބިރުވެރި އަޑެކެވެ.އެއަޑުގެ ތެރެއަށް އިރުއިރު ކޮޅާފެތުރިގެންދާ ގުގުރީގެ އަޑުވެސް އެހާމެބާރެވެ. އެތައް އިރެއް ވަންދެން އިންޒާރު ދިނުމަށްފަހު ކެރީގެ ފުރަތަމަ ހަމަލާ ކުރިމަތިވެގެން އައި ހިނދު މުޅިމާހައުލު ވާރޭ ކަނިތަކުން ފުސްކޮށްލާއި ވިއްސާރާއިގެ ކުލަމަތި ދަށްކާލައިފިއެވެ. ރީތި ވާމޭޒުގެ ގޮނޑީގައި އިން އެލީނާގެ ނަޒަރު ސީދާވެފައިވަނީ ލޮގަނޑުން ފެންނަމުން ދިޔަ އޭނާގެ ސޫރައަށެވެ. ޢެތުންފަތުގައި ފަނޑު ވިއިރު އެމުށިކުލައިގެ ދެލޮލުގައި ނަށަމުން ދިޔައީ އުފާވެރިކަމެވެ. ގޮނޑިން ތެދުވެލުމާއެކު އެލީނާގެ ލޫޅާފަތި ހަށިގަނޑަށް ހިފާފައިވާ ކައިވެނީގެ ހެދުމުގެ ރީތިކަން ފައުޅުވިއެވެ. ހުދުކުލައިން ފަރުމާކުރެވިފައިވާ ހެދުމުގެ ތެރެއިން އެލީނާ ފެންނަގޮތް ވަކިން ރީއްޗެވެ. ކޮށްފައިވާ ލުއި މޭކަޕް ގެ ސަބަބުން އެރީތިކަން ދެގުނަވެފައި ވާފަދައެވެ. އެކަޅުކަން ގަދަ އިސްތަށިގަނޑުވަނީ ރީތިގޮތަކަށް ހުޅިއެއްޖެހިފައިވެއެވެ. ޅޯގަނޑުން ފެންނަމުން ދިޔަ އަމިއްލަ ސޫރައަށް ގެއްލިފައިވަނިކޮށް ސިކުނޑިއަށް ވެރިވި ހިޔާލަކުން އެތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. ޢެއާއެކެ ހިތުގެތެޅުން ބާރުވެގެން ދިޔަ ކަމުގެ އިހްސާސް އެލީނާއަށް ކުރެވުނެވެ. ޢޭނާގެ ހިތުގެވެރިޔާގެ ދުލުން އޮހޭނެ ތައުރީފުގެ ބަސްތައް ކަންފަތް ކައިރި ގުގުމާލާ ކަހަލައެވެ. އެސޫރައެއް ދުށުމަށް ދެލޯ ބޭގަރާރު ވެފައިވާ ޢާޝިގާ ލޯކުރިމަތިން ސިފަކުރެވޭ ކަހަލައެވެ. އެއަތުގެ ހޫނު ބީހުންތައް އިހުސާސްވުރެވޭފަދައެވެ. ޢެ ރީތި ހިނިތުންވުން އޭނާގެ ހިތަށް ފިނިކަމާއި ލައްޒަތް ގެނެސަދޭފަދައެވެ. ޙިޔާލީ ދުނިޔެއަށް އަރަގުވަމުން އާައި އެލީނާ ސިއްސާއިގެން ދިޔައީ ކޮޓަރީގެ ދޮރުހުޅުވުނު އަޑަށެވެ
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
19 Comments!
Comments are closed.



Feshun vvv salhi ingey?????thankolheh dhigukohlahche next part????me first dhw mifaharu
Hehe…jiji first
Bt I think second dw..
Vv nice masha Allah ..when next part
V nice feshun…. V attract vaa gothakah sifakohfa huri… Hope nxt prt avahah kiyaalan libeyne kamah…. Bst wishes frm me…..
He hey laalu second dhw…. Jiji first
Thanks laalu and jiji❤ nxt part Insha Allah dhigu koh la dheynan. It’s my first story so mistakes hure dhaane so I would really appreciate if u point it out . And nxt part insha Allah Tuesday ga Gene’s dheveythoa balaanan
Ok dear…. Ofcose… mistake eh laalu ah fenunihyaa Reem gaathu bunaanan……so u can correct it nxt time
Thanks❤
Feshun vrh reethi and sifakurun ves habeys…… nxt part thankolheh dhigukohlahchey…… nxt part Tuesday ga kiyaalan libeyne kamah unmeedhu kuran best of luck from me ❤❤??
Thank you dear and yes next part Reem dhigukohla dheynan
Vaahka kiyaa hihvaany thanfukeh dhigu khleema. Most of the greatest writers write about around 1500 words long episodes. Hope you will try to improve
Nxt episode dhigukohla dheynan
vvvvv reathi.????
Thanks lover ❤
Whn nxt prt dear……
I have submitted it to the team last night … so esfiya inn e story up kohli haa avahah kiyan libeyne kiyaalan
Kiyaalan libeyne*
He he hey… Ok dear Curiously waiting 4 the nxt prt
❤Hehe hmm waiting for that ingey Reem sis❤
Varah reethi. Interesting.
Mutha ge “EDHI EDHI HOADHEEMEY” vaahakaige feshun akurun akurah copy kollaafa miothy.. Mi dhen boduvaru dhw