އަލީނާގެ ހަޔާތް…1
އެލީނާ އަކީ ގުދުރަތީ ރީތިކަމަށް ލޯބިކުރާ އަންހެން ކުއްޖެކެވެ. އޭނާގެ ގޭގައި އޭނާގެ އަމިއްލަ ބަގީޗާއެއް ވެސް އޮވެއެވެ. އޭނާ ދިރިއުޅެމުން ދިޔައީ ވަރަށް ވެސް އުފަލުގައެވެ. ނަމަވެސް ހުރިހާ ކަމެއް ބަދަލުވެގެން ދިޔައީ ބުނާހާ މަދުސިކުންތު ކޮޅެއް ތެރޭގައެވެ. އޭނާގެ މައިންބަފައިން ވަރިވުމުން އޭނާގެ ދިރިއުޅުން މާލެއަށް ބަދަލުކުރަންޖެހުނެވެ. އޭނާ ދިރިއުޅެން ޖެހުނީ ދެ ކޮޓަރި އާއި ކުޑަ ބަދިގެއެއް ހުންނަ ކުޑަ އެޕާޓްމެންޓެއްގައެވެ. އެލީނާ ދިރިއުޅެމުން ދިޔައީ އޭނާގެ މަންމަ އާއި ހަތަރު އަހަރުގެ ކޮއްކޮއާ އެކުގައެވެ. އެތައް ދުވަހެއް ފާއިތުވެގެން ހިނގައްޖެއެވެ.އަލީނާ އާއި އޭނާގެ ކޮއްކޮ އަލޫކް ވަނީ އެޕާޓްމެންޓް ކައިރީގައި ހުރި އިމާދުއްދީން ސްކޫލަށް ދާން ފަށައިފަ އެވެ.
******
އަލީނާ ހޭލެވުނީ ފަތިހު 5:00 ގެ އެލާމް އަށެވެ. އަދި ފާޚާނާއަށް ގޮސް މޫނު ދޮވެ، ވުޟޫ ކޮއްލިއެވެ. އޭނާ ނަމާދު ކުރުމަށްފަހު ސްކޫލަށް ދިއުމުގެ ކުރިން ބަދިގެއަށް ދިޔައީ އެއްޗެއް ކާލާށެވެ. އޭނާ ބިސްކޯދާއި އެކު ކޮފީއެއް ބޯލިއެވެ. ކޮފީ ބޯލުމަށްފަހު ސްކޫލަށް ދާން ތައްޔާރުވުމަށް ކޮޓަރިއަށް ދިޔައެވެ. ކޮޓަރިއަށް ވަނުމަށް ފަހު އެނދުގައި ހުރި ބާލިސްތައް ތަރުތީބުކޮށްލުމަށްފަހު ފާހާނާއަށް ފެންވަރަން ވަނެވެ. ފެންވަރައިން ނުކުތުމަށްފަހު ސްކޫލަށް ދާން ތައްޔާރުވާން ފެށިއެވެ. ޔުނީފޯމު އެޅުމަށްފަހު, ބުރުގާ ރީތި ކޮއް އަޅާލިއެވެ. އަދި ސްކޫލު ދަބަސް ހިފައިގެން ބޭރަށް ނުކުތެވެ. އޭރު އޭނާގެ ކޮއްކޮ އޭނާގެ އިންތިޒާރުގައި ހުއްޓެވެ. އެ ދެ މީހުން އެކުގައި ސްކޫލަށް ދިޔަ އެވެ. ސްކޫލަށް ވަނުމުން ބުލީ ކުރާ ކުދިން އެ ކުދިންނަށް އަމާޒު ކުރަން ފެށި އެވެ. ދުރުގައި މިހުރިހާތަނެއް ބަލަން ހުރި އައިރާ އައް ނުހުރެވިގެން ގަނާ ކުރާ ކުދިން ހުއްޓުވޭތޯ ބެލިއެވެ. އެއަށްފަހު އައިރާ އައިސް އަލީނާގެ އަތުގައި ހިފައި ކުލާހަށް ވަނެވެ.
*****
ކްލާސްރޫމުގައި ޓީޗަރު ކިޔަވައިދެމުން ދިޔައިރު އަލީނާ ހުރީ އެހެން ދުނިޔެއެއްގައެވެ. އޭނާ ވިސްނަމުން ދިޔައީ ގަނާ ކުރި ކުއްޖާ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އެލީނާގެ ސިކުނޑި ފުރެމުން ދިޔައީ އެކި ކަހަލަ ސުވާލު ތަކަކުންނެވެ. އޭނާގެ ބޮލައް އެންމެ އުނދަގޫ ކުރަމުން ދިޔައީ ދެ ސުވާލެވެ. އެއީ……. “ގަަނާ ކުރާކުއްޖާ އެކިޔަނީ ހަމަ ތެދައްބާ؟” “ބައްޕަ ހަމަ އަހަރަމެން އެކަނި ދޫކޮއްލާފަ ދިޔައީ އަހަރަމެން ދެކެ ބައްޕަ ލޯބި ނުވާތީބާ ؟” މި ހިޔާލު ތަކުތެރޭން ނުކުމެވުނީ ކްލާސް ބެލް އެޅުމުންނެވެ.
ނުނިމޭ
2 Comments!
Comments are closed.


When’s next??
Vrh reethi mashallah
When next?