Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredއުފެއްދުންތެރި ލިޔުންއެހެނިހެންލޯބި

އަލީނާގެ ހަޔާތް…2

Rayyys
Rayyys Level 110 Stories
November 29, 2025 2 Mins Read
1 Comment

ކްލާސްރޫމުގައި ޓީޗަރު ކިޔަވައިދެމުން ދިޔައިރު އަލީނާ ހުރީ އެހެން ދުނިޔެއެއްގައެވެ. އޭނާ ވިސްނަމުން ދިޔައީ ގަނާ ކުރި ކުއްޖާ ދެއްކި ވާހަކަތަކާ މެދުގަ އެވެ. އެލީނާގެ ސިކުނޑި ފުރެމުން ދިޔައީ އެކި ކަހަލަ ސުވާލު ތަކަކުންނެވެ. އޭނާގެ ބޮލައް އެންމެ އުނދަގޫ ކުރަމުން ދިޔައީ ދެ ސުވާލެވެ. އެއީ……. “ގަަނާ ކުރާކުއްޖާ އެކިޔަނީ ހަމަ ތެދައްބާ؟” “ބައްޕަ ހަމަ އަހަރަމެން އެކަނި ދޫކޮއްލާފަ ދިޔައީ އަހަރަމެން ދެކެ ބައްޕަ ލޯބި ނުވާތީބާ ؟” މި ހިޔާލު ތަކުތެރޭން ނުކުމެވުނީ ކްލާސް ބެލް އެޅުމުންނެވެ.

**ޕާޓް 2**

ހަވީރުގެ ވަގުތުގައި އަލީނާ އަތިރިމައްޗަށް ދާން ތައްޔާރުވަމުން ދިޔައީ ސިކުނޑިއަށް ލުޔެއް ދިނުމަށެވެ. އޭނާ އެކަނި ދާން ބޭނުން ނުވާތީ އާއިރާއަށް ގުޅާފައި، އާއިރާ އާ އެކުދާން ނިންމިއެވެ. އަލީނާ ބޭރަށް ނުކުތީ އާއިރާ ބަލާ އެގެއައް ދިއުމަށެވެ. އައިރާއާ އެކު ބޭރަށް ދާން އުޅޭ ވާހަކަ އަލީނާ އޭނާގެ މަންމަ ގާތުބުންޏެވެ. އަދި އޭނާ ބޭރަށް ނުކުތެވެ. އެތައް އިރަކު ހިނގާފައި ދިއުމަށްފަހު އައިރާގެ ގެއާ ހަމައަށް އާދެވުނެވެ. އަލީނާ ދިއައިރު އައިރާ އަލީނާގެ އިންތިޒާރުގައި ހުއްޓެވެ. އައިރާ ދުވެފައި ގޮސް އަލީނާގެ ގައިގައި ބައްދާލިއެވެ. އަދި ދެމީހުން އެކުގައި އަތިރި އާ ދިމާލަށް ހިނގައިގަތެވެ. އަތިރިމައްޗަށް ދިޔަ މަގުމަތީގައި އެމީހުން ބޯބާ ވިއްކާ ތަނަކައް ވަދެ ބޯބާ ގަނެގެން ނުކުތެވެ.

****

އަތިރިއަށް އަދެވުމާއެކު ދެމީހުނަށް ތިބެވޭހެން ލަކުޑިން ހަދާފައި ހުރި އުނދޯލީގައި އިށީނެވެ. އަދި އެކި ކަހަލަ ވާހަކަތައް ދައްކަން ފެށިއެވެ. މަޑުމަޑުން އެ މީހުންގެ ބުއިންތައް ވެސް ހުސްވަަމުންދިޔައެވެ. އިރުއޮއްސެން ކައިރި ވުމުން ދެމީހުން އެކުގައި ގެއަށް ދާން ހިނގައިގަތެވެ. އައިރާ އަލީނާގެ ގައިގައި ބައްދާލުމައްފަހު ގެއަށް ވަނެވެ.

****

އާދުވަހަކަށް މަރުހަބާ ކީ އިރު އަލީނާ އުޅުނީ އިސްކޫލަށް ދާން ތައްޔާރުވާށެވެ. ތައްޔާރުވުމަށްފަހު އޭނާ ސްކޫލަށް ދިޔައެވެ. ސްކޫލްގެ ގޭޓް ކައިރިން އައިރާ އާއި ބައްދަލުކޮށް އޭނާ އެކުގައި ކްލާހަށް ވަނެވެ. ހަތަރު ޕީރިއަޑަށް ފަހު ބްރޭކް ޓައިމް ލިބުނެވެ. އައިރާ އާއި އަލީނާ އެކުގައި ކެންޓީނަށް ދިޔައެވެ. އެއަށްފަހު ދެ ޕިއްޒާ އާއި ޗީޒް ސޭންޑްވިޗެއް ހިފައިގެން ހުސް ބެންޗެއްގައި އިށީނެވެ. ކައި ނިމުމުން ބްރޭކް ނިމުމުން އެމީހުން އެތާ މަޑުކޮށްލައިގެން ކުޑައިރުކޮޅަކު ވާހަކަ ދެއްކިއެވެ. ކުރިންދުވަހު އައިރާ ބުނި ވާހަކަ ހަދާން ވެގެން އަލީނާ އެހިއެވެ. “އައިރޫ..އައިރު ބުނީމެނު އާ ކުއްޖެއް ސްކޫލައް ވަންނަ ވާހަކަ؟”. “އެއީ ކޮން އޭޖް އެއްގެ ،ކޮން ގްރޭޑަކައް އަންނަ ކުއްޖެއްތަ؟”. އަލީނާ އެހި ގޮތުން އައިރާ ގާތައް ހިނިއައެވެ. “ބިޓެއް ބޭނުން ވީތަ..؟” އައިރާ މިހެން ބުނުމުން އލީނާ އައިރާ ގައިގަ ބޮނޑިއެއް އަޅާލިއެވެ. ދެންންންން.. އައިރު ވެސް ކިޔާ އެއްޗެހި ދޯ. އެ އާ ކުއްޖަކީ އަހަރަމެން ކްލާހައް އަންނަ ކުއްޖެއް… ސޭމް އޭޖް.. އޭނާ އަކީ ފިރިހެން ކުއްޖެއް. ހޫމް ބޭނުން ދޯ އެސޮރުގެ ނަން އެގެން. މަށައް އެނގޭ އެސޮރުގެ ނަން އެނގެން ބޭނުންވެފަކަންތިހުރީ…. އެސޮރައް ކިޔަނީ ސާހިލް.

****

ހިސާބު ކްލާހުގެ މެދުތެރޭގައި އަލީނާ ވިސްނަމުން ދިޔައީ ސާހިލް އަކީ ކޮންކަހަލަ މީހެއްތޯ އެވެ. ހަމަބިމަށް އާދެވުނީ ހިސާބު ކްލާހުގެ ބެލް ޖެހުމާއެކުއެވެ. ކްލާސްތައް ނިމުމުން އަލީނާ ސްކޫލު ދަބަސް ޕެކް ކުރިއެވެ. ދެން އެލީނާ އާއި އައިރާ ސްކޫލްގެ ގޭޓް ކައިރިއަށް ގޮސް އެމީހުންގެ ގެޔަށް ދިޔައެވެ. ގެއައް ދިޔަ މަގުމަތީގައި އޭނާ އާ އެއް އުމުރެއްގެ ފިރިހެން ކުއްޖެއްގެ ގައިގާ އަލީނާ ލައިގަތެވެ. މާފަށް އެދެން އިސްއުފުލާލި ނަމަވެސް އަނގައިން އެއްވެސް ބަހެއް ނުނިކުތީ ކުރިމަތީގައި ފެންނަން ހުރި ހިތްގައިމު, އަންހެން ކުދިގެން ގެ ހިތް ތައް ކަތިލާނެ ފަދަ އެތައް ސިފައެއްލިބިފައި ހުރި ޒުވާނާ ފެނިފައެވެ. އެ ފިރިހެން ކުއްޖާގެ ހަލަކީތޯއެވެ. ކުރިމަތީގައި ހުރީ ސާދަވިލޭރޭގެ ހަނދައް ވުރެއްވެސް ރީތި ހޫރު ޕަރީއެކެވެ. އޭނާ އައް ހުރެވުނީ ލޮލުފިޔަ ޖަހަން ވެސް ނޭނގިފައެވެ.

 

 

 

ނުނިމޭ

Share Article

Rayyys
Follow Me Written By

Rayyys

Level 110 Stories

🌿 Ink on my fingers, dreams in my heart. 📖💚

Other Articles

Previous

އެކުވެރިޔާ

Next

ހިތް އެދޭ މަންޒިލަކީ… 12

Next
November 29, 2025

ހިތް އެދޭ މަންޒިލަކީ… 12

Previews
November 29, 2025

އެކުވެރިޔާ

One Comment

  1. Oooh says:
    December 4, 2025 at 1:03 pm

    When’s next?

Comments are closed.



All Right Reserved!