Skip to content
އެސްފިޔަ

އަހަރެންގެ ޑައިރީ 3

އަހަރެން އެ މެސެޖު ވަރަށް ހިތްވަރާއެކު ކިޔާލީމެވެ. އެއީ ދެވަނަ އެށް ނޫން ނަދުވާގެ މެސެޖެކެވެ. އަހަރެން ހީލީމެވެ. ނަމަަވެސް އެ ހިނިތުންވުން ފަނޑުވީ އެއީ މަަކަރު ގަދަ އަންހެނެއްކަން ހިތައް އެރުމުންނެވެ. ފޫހި ކަމާއެކު ދެލޯ މަރާލީ ނިދުމުގެ ބޭނުމަގައެވެ. އިރުކޮޅެއް ނުވެ ނިދީގެ ފުން ކަނޑަށް އަހަރެން ގެބިގެން ދިޔައެވެެ.

*****

ޑައިރީ ވަނީ އެ ހިސާބުން ނިމިފައެވެ. އެއްވެސް ސިއްރެއް ނަދުވާއަކަށް އެޔަކުން ނުފެނުނެވެ. ނަމަވެސް ހަޤީޤަތް އެނގުނެވެ. ދެލޮލުން ހުއްޓުމެއް ނެތި ނަދުވާގެ ލޮލުން ކަރުނަ ތިކިތައް ވެއްޓެމުން ދިޔައެވެ. ފަރުވާކުޑަ ގޮތަކަށް ހިނގާފައި ގޮސް ފާހަނާއަށް ވަނެ މޫނުދޮވެލީ ހޮސްޕިޓަލަށް އިޝްނާގެ ހާލު ބަލާލަން ދިޔުމުގެ ބޭނުމުގައެވެ. އިޝްނާ ވަނީ މީގެ ތިން ދުވަސް ކުރިން ހިނގާ ދިޔަ އެކްސިޑެންޓެއްގައި ޒަހަމް ވެފައެވެ.

ދެދުވަސް ފާއިތުވެގެން ދިޔައިރުވެސް އިޝްނާ ހޭ އެއް ނާރައެވެ.

ނަދުވާ ފާހަނާއިން ނިކުމެ ހޮސްޕިޓަލަށް ދިޔައިރު އެންމެންގެ މޫނު މަތިން ފެންނަން ހުރީ އުފާވެރި ކަމެވެ. އޭރު އިޝްނާ ހޭ އަރައިގެން އެންމެން ވާހަކަ ދައްކަމުން ދިޔައެވެ. ނަދުވާ ދުވެފައި ގޮސް އިޝްނާ ކައިރީ ހުއްޓުނެވެ. ވަގުތުން އިޝްނާ މޫނު އަނެއް ފަރާތަށް އަނބުރާލިއެވެ. ”އައި…..އޭމް….ސޮރީ…..” ނަދުވާގެ ދޫ ހަރަކާތް ކުރީ ވަރަށް ަަ އުނދަގުލުންނެވެ. އިޝްނާ ނަދުވާ އާ ދިމާލަށް ބަލާލަމުން ހިނިތުން ވެލިޔެވެ. އަދި ‘އިޓުސް އޯކޭ’ އޭ ބުނެ ހީލިއެވެ.

އިޝްނާގެ ހަޔާތް ބަދަލު ކޮއްލަ ދިނީ އިޝްނާ ލިޔެފައިވާ އަހަރެންގެ ޑައިރީގެ ސަބަބުންނެވެ.

ނިމުނީ..

ސީސަން2 އަށް އިންތިޒާރު ކުރައްވާ.

 

Comments (4)

  1. Meekkomee

    Reethi ingyy mi story ves?

  2. Joshua

    Mi part vex salhi ingyy.??????????????????????????❤❤❤when is the next part? Waiting for it.

  3. jiji

    Vv rythi?..But thankolheh dhigukohlaafa nimun genesdhehcheyy dhn ahna faharakun☺…Good luck?

  4. haako

    Sereasly hahah funny I didn’t think mehenvaanekama ehaa avaha nemeenekama hahahah

Comments are closed.