ނުވާނަން ތަފާތެއް 3
ނަަމަވެސް ރައްޔާން އަށް ނޭނގި އޭނާ ރައްޔާންގެ ލޭ ނަގައިގެން ޓެސްޓުތަކެއް ހެއްދިއެވެ.
އެ ޓެސްޓުތަކުން ދެއްކިގޮތުގައި ރައްޔާންއަކީ ޕީ.ޓީ.އެސް.ޑީ(ޕޯސްޓް ޓްރޯމެޓިކް ސްޓްރެސް ޑިސްއޯރޑާ) އަށް ފަރުވާކުރަން ޖެހިފައިވާ ޕޭޝަންޓެކެވެ.ކުޑައިރު އިޔާން އާއި އެލީނާގެ ފަރާތުން ލިބުނު އަނިޔާތަކުގެ ސަބަބުން ރައްޔާންގެ ސިކުނޑީގެ ހަނދާން ބައިގައި އެ މަންޒަރުތަށް ރައްކާކުރެވިފައިވުމުން ރައްޔާން ކިތަންމެވަރަކަށް އެކަންތަށް ހަނދާނުން ފޮހެލަން ބޭނުންވިޔަސް އެއީ ނުހަނު އުނދަގޫ ކަމެކެވެ.ސައިންސްގެ ގިނަ ހޯދުންތަކާއި ތަހުލީލުތަކުން ދައްކާގޮތުގައިވެސް ގަދަކަމުން ހަނދާންތަށް ފޮހެލަންއުޅުމަކީ އުނދަގޫ ކަމެކެވެ.ބައެއްމީހުން އެކަން ކުރަން އުޅެ އުޅެ ކާމިޔާބު ވީނަމަވެސް ދުވަސްކޮޅަކަށްފަހު އެ ހަނދާންތަށް އަނބުރާ އައުމުން އިތުރު އުނދަގޫތަކާއި ކުރިމަތިލާންޖެހުން ނޫން ކަމެއް ނުވެއެވެ.ރައްޔާންއަށް ކުޑައިރުގެ ކޮންމެ ދުވަހަކު ކޮންމެ ވަގުތަކުމެ އެކިކަހަލަ އަނިޔާތަކާއި ކުރިމަތިލާންޖެހިފައިވުމުން ކުއްލިޔަކަށް އެ ހުރިހާ ކަމެއް ހަނދާންނައްތާލަން މަސަތްކަތްކުރުމުން އޭނާޔަށް ލިބުނު ގެއްލުން މާބޮޑުވިއެވެ.
ޚާއްސަކޮށް އިޔާން އާއި އެލީނާ އާއި ދެމީހުން ކާފަގެ ވިޔަފާރިން ވައްކަންކޮށްގެން ފިލި ވާހަކަ އަޑުއިވުމުން އޭނާ އިންތިހާޔަށް ރުޅިގަދަވާންފެށިއެވެ.އެ އަންނަ ރުޅީގައި ފަރުވާކުރަން އުޅޭ ނަރުހުންނާއި ޑޮކްޓަރުންނަށްވެސް އަނިޔާދިނުމަކީ އޭނާގެ އާދަޔަކަށް ވެގެން ދިޔައެވެ.އެއިން ކޮންމެ ފަހަރަކު އައިޒެކް އޭނާ ނިދާ އިންޖެކްޝަން ދީފައި ނިންދަވާލައެވެ.އެކަންކޮށް ނިމޭއިރު އޭނާޔަށްވެސް އެތަށް ގެއްލުމެއް ލިބިފައިހުރެއެވެ.ރައްޔާން އަކީ އުމުރުން ކިތައްމެ ހަގުވިޔަސް ބަރާބަރާށް ޖިމްޖައްސާތީ ހަށިގަނޑު ފުދޭވަރަކަށް ވަރުގަދަކޮށް ހުންނަ ކުއްޖެކެވެ.އެއީ އޭނާޔަށް މިހުރިހާ ދުވަހު އެ ދެމީހުންގެ ކައިރީގައި ކެތްކޮއްގެން އުޅެވުނު ސަބަބޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ޒާންއަށް މިޙަބަރު ލިބުމުން އޭނާގެ ހެޔަށްގޮތެއްނުވީ ކިރިޔާއެވެ.އަމިއްލަ ދަރިފުޅު މިފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެކަމަށް އޭނާ ދުވަހަކުވެސް ހިޔެއްނުކުރެއެވެ.އެކަމާ އޭނާ ކިތައްމެ ދެރަވި ނަމަވެސް އިޔާންގެ ނަންމައްޗަށް އޭނާޔާއި ބޭބެގެ ބުރަ މަސަތްކަތުން އުފެއްދި ވިޔަފާރި ބަދަލުނުކުރެވުނުކަން އެއީ އޭނާގެ ނަސީބެވެ.ޙާއްސަކޮށް އޭނާގެ ލޯބިވާ ކާފަދަރިފުޅަށް އެހެންހެދުމުން އިޔާންއަކީ އޭނާގެ ދަރިޔެއް ނޫންކަމަށްބުނެ އަމިއްލަ ހިތަށް ވިސްނައިދީ ރައްޔާންގެ ކައިރިޔަށް ދިޔުމަށް އަވަސްވެގަތެވެ.
ޙިޔާލުތަކަށް ގެއްލިފައި އިން ޒާން އަށް ހޭވެރިކަންވީ ނުހަނު ގާތުން އައިޒެކްގެ އަޑުއިވުމުންނެވެ.”މަރސްޓާ، އަރ ޔޫ އޯކޭ؟”އައިޒެކް ކަންބޮނޑުވެފައި ހުރެ އަހައިލީ ރައްޔާންގެ ގޮތް ރަނގަޅަށް އިނގޭތީއެވެ.ޒާން އެނދުގައި އޮތް ރައްޔާންއަށް ބަލައިލަމުން ބޯޖަހާލިއެވެ.”އައިޒެކް،އަހަރެން ސުވާލެއް ކޮއްފިއްޔާމުން ތެދުތެދަށް ޖަވާބުދޭނަންތަ؟”ޒާން ފަރުވާތެރިކަމާއިއެކު އައިޒެކްގެ މޫނަށް ނަޒަރުހުއްޓާލަމުން އެހިއެވެ.”އޮފް ކޯސް މަރސްޓާ” އައިޒެކް އިސްޖަހާލަމުން ޖަވާބުދިންއިރު އެ ޢަމަލުން އެކަނިވެސް ޒާންގެ ކުރިމަތީގައި އޭނާގެ ތެދުވެރިކަމާއި ވަފާތެރިކަން ހާމަވެގެންދިޔައެވެ.
“ރައްޔުގެ ނަފްސާނީ ހާލަތު ދެން ރަނގަޅުވާނެކަމުގެ ޔަޤީންކަން އޮތީ ކިހާވަރަކަށް؟”ޒާންގެ ސުވާލުން އިސްޖަހައިގެން ހުރި އައިޒެކްއަށް އިސްއުފުލާލަން މަޖުބޫރުވީ އެ ކުރި ސުވާލަކީ ޒާން އޭނާއާއި ކުރާނެކަމަށް އުއްމީދުކޮއްގެން ހުރި ސުވާލަށްވުމުންނެވެ.”ޓު ބީ އޮނެސްޓް، ޔަންގް މަރސްޓާ ރަނގަޅުކުރުމަށް އަޅުގަނޑަށް ކުރެވޭނެ މާ ބޮޑު ކަމެއް ނޯންނާނެ.ހީ ނީޑްސް ލަވް އެންޑް ސަޕޯޓް ޓު އޯވަރކަމް ދަ ޕާސްޓް.މިވަގުތު ޔަންގް މަރސްޓާގެ ގާތުގައި ރައިލިޔާ މެޑަމް އެއްވެސް ނެތް ބަޓް ހީ ސީމްސް ކްލޯސް ޓު ޔޫ ސޯ މަރސްޓާއަށް ޔަންގް މަރސްޓަރއަށް އަޅާލެވެންޔާުމުން ހީ މައިޓް ގެޓް ބެޓަރ އިން ދަ ފިއުޗަރ”
އައިޒެކްގެ ވާހަކަ ނިމުމުން ޒާންއަށް ރައްޔާން އާއި ދިމާލަށް ބަލާލެވުނީ ހަމްދަރުދީގެ ނަޒަރަކުންނެވެ.ރައްޔާންގެ ހާލަތު އޭނާ ހީކުރިވަރަށްވުރެން ގޯސްކަމަށް ފެނުމުން އޭނާޔަށް އަމިއްލަ ނަފްސު އިންތިހާޔަށް ކުއްވެރިކުރެވުނެވެ.މާޒީގައި ހިނަގައިދިޔަ ހުރިހާކަމެއް ހިނގައިދިޔައީ އޭނާގެ ގޮތްދޫނުކުރުމުގެ ސަބަބުންކަން އޭނާޔަށް ވިސްނުނު އިރު ވަގުތު މިވަނީ ފާއިތުވެފައެވެ.ނަމަވެސް އޭނާ ކޮންމެ ގޮތެއް ހަދާފައިވެސް ރައްޔާންގެ ބައްޔަށް ފަރުވާކޮށް އޭނާޔަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދޭނެއެވެ.އެކަމަށްޓަކައި ކޮންމެ ފަދަ ޤުރުބާނީއެއް ވާން ޖެހުނަސް މެއެވެ.
“އައިޒެކް”އިރުކޮޅަކު ވިސްނަން އިނުމަށްފަހު ޒާން އައިޒެކްގެ ނަމުން ގޮވާލުމުން އޭނާ ސިއްސައިގެން ދިޔަނަމަވެސް އެކަން މޫނުމަތިން ނުދައްކާ އަވަހަށް ޒާން ބުނަންއުޅުނު ވާހަކަޔަށް ސަމާލުކަން ދިނެވެ.”ޔެސް މަރސްޓާ”އައިޒެކް އޭނާ ސަމާލުކަން ދީގެންހުރިކަން އަންގާލުމުގެ ގޮތުން ބުންޏެވެ.”އަހަރެން ބޭނުން ރައްޔު ގޮވައިގެން އިންގްލޭންޑަށް ދާން”ޒާން ބުންޏެވެ.
“ވަޓް؟”އައިޒެކްއަށް އަހާލެވުނެވެ.”އެކަމް ޔަންގް މަރސްޓާގެ ބައްޕަ…..”އައިޒެކްއަށް އެހިސާބަށް ބުނެވުންތަނާ ޒާންގެ ރުޅިވެރި ނަޒަރު އޭނާޔަށް އަމާޒުވުމުން އެވާހަކަ ހުއްޓާލަން މަޖުބޫރުވިއެވެ.”ރައްޔުގެ ބައްޕައެއް އަދި އަހަރެންގެ އިޔާންކިޔާ ދަރިޔެއް ނުހުންނާނެ.ރައްޔުގެ ހުރީ ހަމައެކަނި އޭނާ ވިހެއި މަންމަ އަދި އަހަންނަށް ނުލިބުނު އަންހެން ދަރިފުޅު ރައިލިޔާއާ އޭނާގެ ގްރޭންޑްޑޭޑް ޒާން.އިތުރު އެހެންއެއްވެސް މީހަކާ އޭނާގެ ނަސަބު ގުޅިގެންނެއް ނުވޭ”ޒާން ހަރުކަށިއަޑަކުން އެހެން ބުނެލީ ޙުކުމެއް އިއްވާލި ފަދައިންނެވެ.
ތެދެކެވެ.އޭނާ ބޭނުންނަމަ އިޔާންއަކީ ދުވަހަކު ނެތް މީހެއްކަމަށް ހަދާލާ އޭނާއާއި އެލީނާގެ ވަސްވެސް މިދުނިޔެއިން ފޮހެލެވިދާނެއެވެ.ފައިސާއާއި ބާރުއޮންނަ މީހުނަށް މި ދުނިޔެމަތީގައި ނުވާނެ ކަމެއް ނޯންނާނެތާއެވެ.ނަމަވެސް ޒާން އަކީ އޭނާގެ މުއްސަނދިކަމުގެ ފައިދާ ނަގައިގެން މީހުނަށް ގެއްލުންދިނުމުގެ ޚިޔާލުވެސް ގެންގުޅޭ މީހެއްނޫނެވެ.އަދި ޚާއްސަކޮށް އަމިއްލަ ދަރިޔަށްވުމުން އިޔާން ކިތަންމެ ނުބައިކޮށް ކަންތަށް ކުރިނަމަވެސް މިނެދިން ނާޅިޔަކުން މިނެދިނުމުގެ ހިތްވަރެއް އޭނާގެ ގަޔަކު ނެތެވެ.
އޭނާޔަށް ކޮއްދެވޭނެ ހާވެސް ކަމަކީ ރައްޔާންގެ ސިނކުޑިން އެ ހިތި ހަދާންތަށް ފޮހެލުމާއި އިޔާންގެ ފަރާތުން އޭނާޔަށް ލިބުނު އަނިޔާތަކަށް ފަރުވާހޯދަދިނުމެވެ.ހޮސްޕިޓަލުގައި ބާއްވައިގެން އިތުރު ފަރުވާއެއް ނުލިބެންޏާމުން އެ ތަނުން ދޫކޮއްލުމުން ރައްޔާން އުޅެބޮޑުވި ގޭތެރެޔަށް އެނބުރި އޭނާ ވަނުމުން އެ ހަނދާންތަށް އާވާނެ ކަން ޒާންއަށް ވިސްނެއެވެ.އެހެންނޫނަސް ރާްއްޖޭގައި މިހާރު އެމީހުންގެ ތިމާގެ މީހަކު ނޫޅޭހާ ހިސާބު ރައްޔާންގެ ކަންކަން ބަލަހައްޓާނެ އިތުބާރު ހިފޭނޭ މީހަކުވެސް ހުރީކީއެއްްނޫނެވެ.އަދި ރައްޔާންއަށް ކުރިމަގުގައި އުޖާލާ މުސްތަޤުބަލެއް ލިބެންއޮތީވެސް ރާއްޖޭން ބޭރަށް ދިރިއުޅުން ބަދަލުކޮއްގެން ކަމުން އެ ގޮތް އޭނާ ނިންމީއެވެ.
އެހެންކަމުން ޒާން ވަގުތުން އޭނާގެ ބޮޑީގާޑުންނަށް ގުޅައި ދަތުރަށް ތައްޔާރުވުމަށް އަމުރު ކުރިޔެވެ.ފޯނު ބޭއްވުމަށްފަހު ފުންނޭވަޔެއް ލަމުން އޭނާ ރައްޔާންގެ ނިތުގައި އަތް ޖައްސާލަމުން ފަރުވާތެރިކަމާއިއެކު އެ މޫނަށް ބަލާލިއެވެ.އެވަގުތު އެ މޫނުން އޭނާޔަށް ސިފަވެގެންދިޔައީ އިޔާންއެވެ.”ޑޯންޓް ވޮރީ މައި ގްރޭންޑްސަން.އިންޝާ ﷲ ދަރިފުޅުގެ ކާފަ އަބަދުވެސް ދަރިފުޅާއި އެކުގައި ވާނެ” ލޮލުން ވެއްޓުނު ކަރުނަތިކި ފޮހެލަމުން ޒާން އޭނާގެ އަމިއްލަ ނަފްސަށާއި ރައްޔާންއަށް ވަޢުދު ވިއެވެ.
*5 އަހަރު ފަސް*
ނޯޓް:ސޮރީ ފޯރ މައި ލޭޓް އެލަރމް އެންޑް ވާހަކަ މިހާ ކިޔުންތެރިން ޝަޢުޤުވެރިވާނެ ކަހަލަ ގޮތަކަށް ފަށާފަ ލަހުން މި ޕާރޓް ލަހުން އަޕްކޮށް ކުރުކޮށް ގެނެސްދޭން ޖެހުނީތީ.ވާހަކަ ރަނގަޅަށް ނުފެށިގެން އުޅެނިކޮށް ޓަރމް ޓެސްޓް ގާތްވަމުން އަންނާތީވެ އަޅުގަނޑު ގިނަވަގުތު ކިޔެވުމަށް ހުސްކުރަން ޖެހޭތީވެ އަންނަ މަހުގެ ވިހި ވަނަ ދުވަހާއި ޖެހެންދެން ފަހަރެއްގައި ވާހަކަ އަޕްނުވެ ހިނގައިދާނެ.މިކަމަށްޓަކައި ހުރިހާ ކިޔުންތެރިންގެ ފަރާތުންވެސް މަޢާފަށް އެދެން.އުންމީދުކުރަން އަންޑަރސްޓޭންޑް ވާނެކަމަށް.ހޯޕް ޓު ބީ ބެކް ސޫން ??❤
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
