Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ނުވާނަން ތަފާތެއް 4

-----queen----- Level 1
June 25, 2022 5 Mins Read
0 Comments

ނޯޓް:ޓައިމް ސްކިޕްއަށް ފަހު މި ޕަރޓް ފެށޭތީވެ ކެރެކްޓަރަސް އަށް މިވަނީ ކަވަރ ގަައި ފެނިގެންދާ ގޮތަށް ބަދަލުގެނެވިފައި.

*5 އަހަރު ފަސް*

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ނުކުމެގެން އައި ޒުވާނާއަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ކަޅުކަންގަދަ އިސްތަށިގަނޑަކާއި ކުލައަލި ހަންގަނޑެއް ލިބިފައިވާއިރު ލައިގެން ހުރި ނޫކުލައިގެ ކެޝުއަލް ހޫޑީ ޝަރޓް ގަޔަށް ހިފާލާފައި ވާއިރު އޭގެ އަތް ވެސް އުޅަނބޮއްޓާއި ހަމަޔަށް އޮޅާފައި ވާއިރު ހާމަޔަށް އޮތް މުލައްދަނޑީގެ ބާރުގަދަކަން އެނގިގެން ދާނެއެވެ.އަވިއައިނަކުން ދެލޯ ފޮރުވާލެވިފައިވާއިރު އެއްކޮނޑުގައި ދަބަސް އަޅުވާލެވިފައިވާއިރު އެއްއަތުން އޭނާ ދިޔައީ އެންމެ ފަހުގެ އައި ފޯނާއި ކުޅެމުންނެވެ.

ޓަރމިނަލްގެ ދޮރާއި ހަމަޔަށް ވާސިލުވެވުނުއިރު އޭނާޔަށް އަތުގައި އޮތް ސްމަރޓް ގަޑިޔަށް ބަލާލެވުނީ ތުންއަނބުރާލަމުންނެވެ.އެވަގުތު އެތާ ކައިރިޔަށް އައިސް މަޑުކޮއްލި ކަޅުކުލައިގެ ފެރާރީގެ ދޮރު ހުޅުވާލާފައި ނުކުތް ބްލޮންޑް ޒުވާނާ ދުވަމުން ކަހަލަ ގޮތަކަށް އެ ދިމާލަށް އާދެއެވެ.”އައި އެމް ސޯ ސޮރީ ބްރޯ.ވީ ގޮތަކީ ޖިމަށް ގޮސް އައިސް ޖައްސާލިތަނާ ނިދުނީ.ހޭލެވުނު ތަނާ ހަނދާންވީ ރައްޔު އަންނަކަން.އެހެން ވީމައޭ މިހާ “އަންޕްރެޒެންޓްއެބަލް”ގޮތަކަށް މިއަންނަން ޖެހުނީ”ކައިރިޔަށް އައިސް ހުއްޓުނު ރައިހާން ހުރިގޮތް ފެނުމުން ރައްޔާންގެ ހިނިގަނޑު ފަޅަފަޅައިގެން ނުދިޔައީ ކިރިޔާއެވެ.

ވާނީވެސް އެހެންނޫންތާއެވެ.ރައިހާންގެ ބްލޮންޑު ކުލައިގެ ކޮނޑާއި ހަމަޔަށް ދިގުކުރެވިފައިވާ އިސްތަށިގަނޑު އޮތީ ހޭވިފައެވެ.ލައިގެން ހުރި ހޫޑީވެސް އިސްތިރިނުކޮށް އޮތުމުން އެހާމެ ރޫ ގިނައެވެ.”ހޫނ.އަދިވެސް ބަލަން ހުންނަނީތަ؟ހިނގާބަލަ ދާން ދެންވެސް”އެވަގުތު އެތާ ތިބި މީހުންގެ ތެރެއިން ގިނަ ބަޔެއްގެ ނަޒަރު އެ ދެ މީހުނަށް ހުއްޓިފައިވުމުން ލަދުގެންފައިވާހާލު ރައިހާން ބުންޏެވެ.”ބަލާނެއެއްނު.ތިޔަށްވުރު މާ މޮޅު ގޮތަކަށް ގެއިން ނުކުންނާކަށް ތިއްތިބެ އަކަށް ނޭނގޭނެ.ގްރޭންޑްޑޭޑް މަށަށް އެހާވަރަށް ވޯނިންގް ދިނޭ ތިއްތިބެ އަށް އިންތިޒާރުނުކުރަން.ލަސްވާނެކަން ޔަގީން ވާތީއޯ.މަ ރަނގަޅު ކަމުންނޭ މިތާ މިހުރީވެސް”ރައްޔާން ހެމުން ބުންޏެވެ.

“އެއްކަލަ ރައްޔު.އެހާ ވަރުން ބަލާއައީމަވެސް ކަންތަށް ކުރާގޮތް”ރައިހާން ތުންއަނބުރާލަމުން ކާރާއި ދިމާލަށް ހިނގައިގަތެވެ.ރައްޔާންވެސް ރައިހާންގެ ފަހަތުން ހެމުން ހެމުން ދިޔައެވެ.ދެ ޒުވާނުން ކާރަށް އަރާ ދުއްވާލީ ހުޅުމާލޭގައި ހުންނަ ރައްޔާންގެ ގެ ކަމަށްވާ ވޯޓަރ ކްރިސްޓަލްއަށް ދިޔުމަށެވެ.ކާރަށް އަރާ ސީޓުގައި ހަމަޖެހިލަމުން ރައްޔާންއަށް ބެލެންފެށީ ކާރުގެ ކުޑަދޮރުން ފެންނަމުން ދިޔަ މަންޒަރުތަކެވެ.ފަސްއަހަރު ރާއްޖެއިން ބޭރުގައި ހޭދަކުރުމަށްފަހު އަމިއްލަ ފަސްގަނޑަށް އާދެވުމުން ރައްޔާންއަށް ކުރެވެންފެށީ މުޅިން ތަފާތު އިޙްސާސެކެވެ.ކައިރީގައި އިން ރައިހާންއަށް އެކަން ފާހަގަ ވުމުން ހިނިތުންވެވުނީ ރައްޔާން މިހާރު ބަދަލުވެފައިވާކަން އެނގުމުންނެވެ.

ރައިހާންއަކީ ރައްޔާންގެ މަންމަ ފަރާތު ބޮޑުދައިތަ ރައިނާގެ އެންމެ ދޮށީ ފިރިހެންދަރިފުޅެވެ.މިވީ ފަސްއަހަރު ތެރޭގައި ދުބާއީއިން ދެ މީހުން ބައްދަލުވެފައިވީނަމަވެސް ރައިހާން މީގެ އަހަރެއް ކުރިން ރާއްޖެއައީ އޭނާގެ މަންމަ ރާއްޖޭގައި ފެށި ވިޔަފާރިއާއި ހަވާލުވުމަށްޓަކައެވެ.އުމުރުގެ ގޮތުން ރައްޔާްންއަށް ވުރެން ދެއަހަރު ދޮށީވުމުން ރައިހާން ދެކެނީ ރައްޔާންއަކީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮއެއް ގޮތަށެވެ.ރައްޔާންއަށް ގާތްތިމާގެ މީހުންގެ އެހީ އެންމެ ބޮޑަށް ބޭނުންވީ ވަގުތު ކައިރީގައި ހުރި އެކަކަކީ ރައިހާްންއެވެ.އޭގެ ސަބަބުން މުޅިން ތަފާތު ދެ މާހައުލެއްގައި އުޅެންޖެހުނު ނަމަވެސް މި ދެކުދިންނަކީ އެކަކު އަނެކަކުގެ ސިއްރުތަށް ދަންނަ ގާތް ދެއެކުވެރީންނެވެ.

“ރައްޔު އޮފީހަށް ނުކުންނަން ވިސްނަނީ ކޮންއިރަކުން؟އަނެއްކާ ގްރޭންޑްޑޭޑް ރައްޔު އަނބުރާ މިކޮޅަށް ފޮނުވަން އެއްބަސްވެގެންތަ ތިއައީ؟”ރައިހާން އެހިއެވެ.”މާދަމާ ވެސް ނުކުންނަން ފަށަންވީ.ދެން ގްރޭންޑްޑޭޑް، އޭޒް އެކްސްޕެކްޓެޑް އެހާ އުފާވެފައެއްނޫން ހުރީ އަންނަ ވާހަކަ ބުނީމަ.ބަޓް އެހާވަރަށް އާދޭސް ކުރީމަ އެއްބަސް ވެއްޖެ ފޮނުވަން”ރައްޔާން ބުނެލިއެވެ.”ރައިޓް.އެހެންނޫނަސް ދެއަރ އިޒް ނޯވަން އެލްސް އެކްސެޕްޓް ފޯ ޔޫ ގްރޭންޑްޑޭޑްގެ ބިޒްނަސް އާ ހަވާލުވާކަށް ސޯ އައި ކެން އަންޑަރސްޓޭންޑް ހައު މަޗް ހީ ކެއަރސް އެބައުޓް ޔޫ”ރައިހާން މިހެން ބުނެ މަގުމަށްޗަށް ސަމާލުކަން ދިނެވެ.

މާގިނައިރުތަކެއް ނުވެ ވޯޓަރ ކްރިސްޓަލް އާއި ހަމަޔަށް ފޯރުމުން ރައްޔާންގެ ހިތަށް ގޮތެއް ވެގެން ދިޔައެވެ.ކަޅު ކުލައިގެ ބޮޑު ގޭޓުގެ ތެރެއިން ކާރު ވަދެގެން ގޮސް މަޑުކޮއްލީ ގޭގެ މައި ދޮރު ކުރިމަށްޗަށެވެ.އެތަން ފެނުމާއެކު އޭނާ ހަނދާންކުރަން ބޭނުންނުވާ މަންޒަރެއް ހިތަށް ސިފަވެގެން ދިޔައެވެ.މާ ގިނައިރުތަކެއް ނުވެ މާޒީގެ ހުރިހާ ހަނދާނެއް ފިލްމެއްހެން އޭނާގެ ސިކުނޑިތެެރޭގައި އެޅުވެމުންދިޔައެވެ.ނަމަވެސް އެ ޚިޔާލުތަކުގެ ތެެރޭގައި ގިނައިރު އިނުމުގެ ފުރުސަތެއް ނުލިބުނީ ރައިހާން ގޮވާލުމުންނެވެ.”ކޮން ޚިޔާލެއްގަ؟އަނެއްކާ……” ރައިހާން ދެލޯ ބޮޑުކޮއްލަމުން އަނގަ މަތީގައި އަތް އެޅީ ހިތަށްއެރި އެއްޗަކުން ހިނިއައުމުންނެވެ.”ދެން ތިއްތިބޭ.ޔޫ ނޯ ހައު މަޗް އައި ހޭޓް ވުމެން.އިޓްސް ލައިކް،މިހާރު ވެސް އެ އެލީނާ ބިޗް މަގޭ ބައްޕަގެ ގައިގަ ތަތްލަވާފަ އޮންނަ މަންޒަރު ލޮލަށް ފެންނަ ކަހަލަ.ސޯ ފޫހި”ރައްޔާން އައިނުގެ ދަށުން ލޯ ހަނިކޮއްލަމުން ކާރުގެ ދޮރު ޖަހާލިއެވެ.

“ރައްޔޫ.ހުރިހާ އަންހެނުން އެއްގޮތެއް ނުވާނެ.ހޫ ނޯސް،ފަހަރެއްގެ މާދަން އޮފީހުންވެސް ރަނގަޅު ކުއްޖަކާ ދިމާވެދާނެ.ލައިކް މައި އެވްލީން.އައި ސްވެއަރ ދެޓް ޝީ އިޒް ދަ ބެސްޓް ޖީއެފް އެވަރ.ހުވާ މިބުނީ ވަރަށް ކޫލް ވާނެ.ޝީ ޑަޒަންޓް އީވެން ކެއަރ މަ ކިތަންމެ ވަރަކަށް އަންހެނުން ގެންގުޅުނަސް އޭޒް ލޯންގް އޭޒް ޝީ ކުޑް ބީ އެބޮވް އޯލް އޮފް ދެމް”ރައިހާން ފޮނިވެލިއެވެ.”ހުއް.ކަމް އޯން ތިއްތިބޭ،ތިހެން އުޅެ އުޅެ ތިއްތިބޭދެކެ އުމުރުދުވަހަށް ލޯބިވާނެ މީހެއް ނުލިބޭނެ.ދުވާލަކަށް އަންހެނަކު ގެންގުޅެންޏާމުން.އެހެންނޫނަސް އައި ހޭޓް ވުމެން ހޫ އަރ ވީކް ލައިކް ދެޓް.ފިރިހެނުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮއްލައިގެން ތިބޭ މީހުން.ހަމަ ޔަގީނުންވެސް ފިރިހެނަކަށް އަންހެނަކު ޗީޓް ކުރަނިކޮށް ފެނިއްޖެއްޔާމުން ނުކިޔާކަށް އެއްޗެއް ނޯންނާނެ.އެކަމަކު ގިނަ އަންހެނުން ފިރިހެނުން އުޅޭނެ ގޮތަކަށް އުޅެން ދޫކޮއްލައިގެން ތިބޭނީ.އެންޑް އައި ފީލް ދެޓް އިޓްސް ނޮޓް ފެއަރ ފޯ ދެމް”

“ބަލަ ދެންމެއެއް ނޫންތަ ރައްޔު ބުނީ ތިމަންނަ އަންހެނުން ދެކެ ފޫހިވެޔޯ.އަނެއްކާ ސީކްރެޓް ލަވަރ އެއް ހުންނަނީތަ؟ރައިހާން ލާނެތް ރާގަކަށް ބުންޏެވެ.”ދެން ތިއްތިބޭ”

ރައްޔާން ލޮލުގައި އިން އަވިއައިނު ނަގައި އެ ރަތް ކުލައިގެ ލެންސް ލައްވާފައި ހުރި ދެލޯ ބޮޑުކޮއްލަމުން ބުންޏެވެ.”އޯ މައި ގޯޑް.ޔޫ ލުކް ސޯ އެޓްރެކްޓިވް ވިތް ދޯޒް ލެންސެސް” ރައިހާން އެސްފިޔަ ޖަހާލަމުން ބުންޏެވެ.
“އެހެންތަ.ދެން ހިނގާބަ އޮށޯންނަން.މިރޭ ރައްޔު ގޮވައިގެން ދުއްވާލަން ދައްޗޭ”ރައްޔާން ރައިހާންގެ ކޮނޑަށް އަތް ވައްޓާލަމުން އެތެރެއަށް ވަންނަން ހިނގައިގަތުމުން ރައިހާންވެސް އެތެރެއަށް ވަނީ އެކަމަށް އެއްބަސް ވަމުންނެވެ.

ސިލްވަރ ޓެކް ހޮސްޕިޓަލުގެ ތެރެއަށް ވަދެގެން ދިޔަ އިސްކޮޅުން ދިގު އަންހެންކުއްޖާޔަށް ގިނަ ބައެއްގެ ނަޒަރު ހުއްޓެމުން ދިޔައެވެ.ހުދު ހަންގަނޑަކާއި ރަތް ކުލައިން ޑައި ކޮއްލެވިފައިވާ ފަން ދިގު އިސްތަށިގަނޑު ފެނުނު ކޮންމެ އަންހެނެއްގެ ހިތުގައި ހަސަދައިގެ ހުޅުގަނޑެއް ރޯ ވާނެކަން ޔަގީނެވެ.ނަމަވެސް ހިތާމަޔަކީ އެ އޮމާން މޫނުމަތީގައި ކަރުނައިގެ ރޮނގެއްް ދެމެމުން ދިޔުމުންނެެވެ.އަޅި ކުލައިގެ ދެލޮލުގެ ކައރީގައި ވިދަމުން ދިޔަ ކަރުނަތަށް ހިންދާލަން މަސަތްކަތް ކުރަމުން އޭނާ ގޮސް ވަނީ ހޮސްޕިޓަލްގެ ޕްރައިވެޓް ކޮޓަރިތަކުން ކޮޓަރިއަކަށެވެ.އެ ކޮޓަރި ތެރޭ ހުރި އެނދުގައި އޮށޯވެގެން އޮތް އަންހެން ކުއްޖާގެ ލޯ ވަނީ މެރިފައެވެ.އޮކްސިޖަން މާސްކެއް އަޅުވާފައި އޮތް އިރު އެ ސްޓްރޯބެރީ ބްލޮންޑް ކުލައިގެ އިސްތަށިގަނޑު އެނދުމަތީގައި ފެތުރިފައިއޮތްގޮތް ނުހަނު ހިތްގައިމެވެ.

“އިލީ”އެ އަންހެންކުއްޖާ މިހެން ގޮވާލުމުން ލޯ މަރާލައިގެން އޮތް އިލީ ދެލޯ ހުޅުވާލަމުން ހިނިތުންވެލިއެވެ.”ރަ…ރައި
ރައިލީ.ޔޫ…ކުއްހު…ކުއްހު…ޔޫ ކޭމް؟”އިލީ ކެއްސަމުން ބުންޏެވެ.”އިލީ، އަރ ޔޫ އޯކޭ؟”ދުރުގައި ހުރި ރައިލީ އަވަހަށް އައިސް އިލީގެ ބުރަކަށީގެ ދަށުން އަތްލައްވައި އިށީންނަން އެހީތެރިވިއެވެ.”އައި އެމް ފައިން ރައިލީ.ވަޒީފާއެއް ހޯދުމުގެ ކަންތަށް ކިހާ ހިސާބެއްގަތަ އޮތީ؟”އިލީ ރައިލީގެ އަތުގައި ހިފާލަމުން ބުންޏެވެ.”ވެލް..އައި ޑިޑް މެނޭޖް ޓު ގެޓް އަ ޖޮބް.ޕަރސަނަލް އެސިސްޓެންޓަކަށް”ރައިލީ ކަޅި މަށްޗައް ހިންގާލަމުން ބުންޏެވެ.”ނޭނގެ ކާކުގެ މަސަތްކަތް ކަމެއް ކޮއްދޭންޖެހޭނީކީ އެއްވެސް” ރައިލީ މިހެން ބުނުމުން އެނދުގައި އިން އިލީ އަށް ހެވުނެވެ.

“އެކަމަކު ދެން އިރާދަކުރެއްވިއްޔާމުން އިލީގެ ޓްރީޓްމެންޓަށް ޕޭ ކުރެވޭވަރަށް ކޮންމެ މަހަކު ލާރި ލިބޭނެ.ދެން އިލީ ރަނގަޅުވީ އިރަކުން އެކަމާއިގެން އުޅޭނީ”ރައިލީގެ ވާހަކަ އިވުމުން އިލީގެ ހިތަށް ކުރުވީ ފުންއަސަރެކެވެ.ހަމަ ޔަގީނުންވެސް އެ ޖުމްލައިގައި އެހެން މާނައެއް އެކުލެވިގެންވީކަން އެނގޭ މީހަކީ ހަމައެކަނި އޭނާއެވެ.”އިލީ،ޑިޑް އައި ސޭ ސަމްތިންގް ވްރޯންގް؟”ރައިލީ ކަންބޮޑުވެފައި އެހިއެވެ.”ނޯ ރައިލީ.ޔޫ ޑިޑިންޓް ސޭ އެނީތިންގް ވްރޯންގް.އަހަރެން ރަނގަޅު ވަންދެން މަޑުކުރާނެ ކަމެއްނެތް.ރައިލީވެސް ލައްކަ ދުވަހު މިގޮތުގަ ކެތްކޮއްފީމެއްނު.ދެންވެސް ކުރެވޭނެ އެކަމަކު އަހަރެން ބޭނުން އަހަރެން މަރުވުމުގެ ކުރިން އެ ހައްޤުތަށް އަނބުރާ ހޯދަން”އިލީ މިހެން ބުނިއިރު އެ އަޑުގައި ވީ ކުރަކިކަން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ.

“ޑޯންޓް ވޮރީ.އެކަންތަށް ވަރަށް އަވަހަށް ނިމޭނެ”ރައިލީ ހިނިތުންވެލަމުން ބުންޏެވެ.”އޯކޭ ބަޓް ވަޒީފާއަށް ފަރުވާކުޑަނުކުރަށްޗޭ ފޫހިވެޔޭ ކިޔާފަ.ކޮންމެ ދުވަހަކު އަހަރެން ކައިރިޔަށް ނާދެވުނަސް އައި އަންޑަރސްޓޭންޑް ދެޓް ޔޫ ވިލް ބީ ބިޒީ”އިލީ ބުންޏެވެ.

“ނޯ ވޭ.އަހަރެން އިލީ އަށް ވާނުވާ ބަލަން ކޮންމެ ދުވަހަކުވެސް އަންނާނަން.ޔޫ އަރ ދަ ރީޒަން ވައި އައި އީވެން ޗޫސް ޓު ޑޫ ދިސް ކައިންޑް އޮފް އަ ޖޮބް.ސޯ ޔޫ ބެޓަރ އެޕްރިޝިއޭޓް އިޓް އެންޑް ގިވް މީ އަ ޓްރީޓް ވެން ޔޫ އަރ ބެޓަރ”ރައިލީ އިލީގެ އަތުގައި ހިފައިގެން އިނދެ އުއްމީދުން ފުރިގެންވީ ގޮތަކަށް ބުންޏެވެ.ދެ އެކުވެރީން ވާހަކައިގައި ތިބެ ގަޑި ހިނގަމުން ދިޔަ ގޮތެއްވެސް ނޭނގުނެވެ.ރައިލީގެ ފޯނު ރިންގުވުމުން އޭނާގެ މޫނުމަށްޗަށް ވެރިވެގެންދިޔަ ފޫހިކަމުން އިލީއަށް މަޖާވިއެވެ.ދެތިން ފަހަރަކު ފޯނު ކަނޑާލުމުންވެސް އަނެއްކާ އެ މީހަކު ގުޅަން ފެށުމުން ރައިލީ ރުޅިގަދަވެފައި ފޯނު ޕަވަރ އޮފް ކޮއްލިއެވެ.

،”ކާކުތަ؟”އިލީއަށް ނީނދެވިގެން އެންމެފަހުން ގޮސް އެހިއެވެ.”ނޭނގެ.ފާޑެއްގެ ރައްޔު އެކޯ؟އަބަދު މެސެންޖަރ އިން ގުޅަނީ ހުއްޓާނުލާ”ރައިލީ ތުންފިއްތާލަމުން ޖަވާބުދިނެވެ.”ދެން ރައި،ހީ މައިޓް ބީ އަ ގުޑް ގައި އެކަމް ރައި ތިގެންގުޅޭ އެއްވެސް ސޯޝަލް މީޑިޔާ އެކައުންޓެއްގަ ތެދު މައުލޫމާތު ބޭނުންކުރިންތަ؟މި ބުނީ ފޮޓޯއެއް އެއްޗެއް ލީންތަ؟އިލީ ކަންބޮނޑުވެފައި އެހިއެވެ.

“ނޫން.އަދި މި ފޯން ގަނެގެން އަލަށް ހެދި އެއްވެސް އެކައުންޓްއެއްގަ ނީންނާނެ ރިއަލް ނޭމް އެންޑް އެއްވެސް ރިއަލް އައިޑެންޓިޓީއެއް ބޭނުންކޮއްފަ.ކުރީގެ ހުރިހާ އެކައުންޓްސްތައް ޑިލީޓްވިފަހުން.ކީއްވެ ތިހެން ތިއެހީ؟”ރައިލީ ނިވިފައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުންޏެވެ.

“ރައި ޔޫ ނޯ ވެރީ ވެލް މިހެން މި އަހަނިީ ކީއްވެގެންކަން.ޑޯންޓް ޓެލް މީ މިހާރު ތި އުޅެނީ……”އިލީގެ ޖުމްލަ ފުރިހަމަ ނުވަނީސް އިސްދަށަށް ޖަހައިގެން އިން ރައިލީ ކުއްލިއަކަށް އިސްއުފުލާލިއިރު އެ މޫނުމަތިން ފެނުނީ ރުޅިވެރިކަމެވެ.”ނޯ.ދެޓް ކެން ނެވަރ ހެޕެން.އަހަންނަށް އަހަރެންގެ މަޤްސަދު ދުވަހަކުވެސް ހަދާނެއް ނުނެތޭނެ.އެ މީހުންނަށް ކާމިޔާބު ވިޔަކަ ނުދޭނަން”ރައިލީ މިހެން ބުނެ ބާރުބާރަށް ދޮރާއި ދިމާލަށް ހިނގައިގަތުމުން އިލީ އަށް އިސްޖަހާލެވުނީ ކުއްވެރިޔެއް ފަދައިންނެވެ.ރައިލީ ރުޅިއައީކަން އެނގުމުން އޭނާ އެކަމާއިގެން ދެރަވީ ނުހަނު ބޮޑަށެވެ.

އިލީ އޮތް ކޮޓަރިން ނުކުމެވުމާއިއެކު ރައިލީގެ ދެ ލޮލަށް ކަރުނަ ޖަމާވިއެވެ.ރުޅި އައިސްފައި ހުރުމުން އިލީގެ ހިތަށް އަރާނެ އެއްޗަކަށް ނުބަލައި އެގޮތަށް ވާހަކަ ދެއްކުނީތީ ރައިލީވެސް ދެރަވިއެވެ.ނަމަވެސް އަލުން އަނބުރާ އެތެރެއަށް ވަންނާކަށް ނުކެރުނެވެ.ރައިލީ އަދި ފަހުން އަންނާނީ ކަމަށް ހިތައި ކަރުއެލުވައިލައިފައި ދާން ހިނގައިގަތެވެ.

ހޮސްޕިޓަލުން ނިކުމެވެން އޮންނަ މަގުން ހިނގަމުން ދިޔައިރުވެސް ރައިލީގެ ދެލޮލުން ހުއްޓުމެއްނެތި ކަރުނަ ފައިބަމުން ދިޔައެވެ.މި ރޮވެނީ ކޮންކަމަކާކަމެއް ޙުދު ރައިލީއަކަށްވެސް ނޭނގެއެވެ.އޭނާއަށް މިވަނީ ދިރިއުޅުމުގައި އެއްފަހަރާ އެތައް ކަމަކާ ކުރިމަތިލާންޖެހިފައެވެ.ރައިލީ އަކީ މައެއް ބަފައެއް ނެތް ޔަތީމު ކުއްޖެކެވެ.އިލީ އަކީވެސް ހަމަ އެފަދަ ކުއްޖެކެވެ.މި ދެކުދިންނަކީ ފެށުނީއްސުރެންވެސް އެކުވެރި ކުދިންނަށް ވުމުން މައިންބަފައިންގެ މަރަށްފަހު އުޅެމުންދިޔައީ އެކުއެކީގައެވެ.

ހުޅުމާލެއަށް އައިސް ދެކުދިން ކުރާ މަސަތްކަތުން އާމްދަނީ ހޯދައިގެން ހަމަޖެހިލައިގެން އުޅެމުންދަނިކޮއް ލިބުނީ އިލީ ގެ ފުރަމެއަށް ކެންސަރު ޖެހިފައި ހުރި ކަމުގެ ޙަބަރެވެ.އަދި މާ ގިނަދުވަހެއްނުވެ އިލީ ހޮސްޕިޓަލުގައި އެޑްމިޓްކުރެވި އޮފީހަށް ނުނިކުމެވުމުގެ ސަބަބުން އޭނާގެ ވަޒީފާ ގެއްލިގެން ދިޔައެވެ.ރައިލީއަށް ޖެހުނީ ގިނަވަގުތު އިލީގެ އެހީތެރިއެއްގެ ގޮތުގައި އިންނާށެވެ.މިހެންވުމުގެ ސަބަބުން އަމިއްލަ މަސަތްކަތަށް ފަރުވާ ކުޑަކުރެވި އަމިއްލަ ވަޒީފާވެސް ގެއްލިގެން ދިޔައީއެވެ.

އެ ފަހުން ފައިސާގެ ދަތިކަމާއި ކުރިމަތިލާންޖެހި ލިބޭ އެއްޗަކުން ދެކޮޅުނުޖެހި އުޅެން ޖެހުނެވެ.އަދި ވަޒީފާއެއް ހޯދުމަށްޓަކަައި އޭނާ ކުރި މަސަތްކަތްވެސް ކާމިޔާބު މިވީ މިއަދުއެވެ.ރައިލީ އަށް އެހާވަރަށް ކިޔެވިފައި ނެތުމުން މުސާރަބޮޑު ރަނގަޅު ވަޒީފާއެއް ހޯދުން ވެގެން ދިޔައީވެސް ދަތި ކަމަކަށެވެ.އަދި މާދަމާ ނުކުންނަން ޖެހޭ އޮފީހުގައި ދިމާވެދާނެ ކަމަކަށް ވެސް ވިސްނައިގެން ހުރުން މުހިއްމެވެ.އެސިސްޓެންޓެއްގެ މަޤާމު ރަނގަޅަށް އަދާ ކުރެވޭނެ ބާއޭ ރައިލީ ހިތައް އެރިއެވެ.އެއީ އޭނާ އެންމެ ފޫހިވާ އެއް ކަމެވެ.ނަމަވެސް ކޮންމެ ފަދަ ހާލެއްގައިވެސް އެކުވެރިޔާ ސަލާމަތް ކުރުމަށްޓަކައި ރައިލީ ހުރީ ކޮންމެ ފަދަ ކަމެއްވެސް ކުރަން ތައްޔާރަށެވެ.

Share Article

Follow Me Written By

-----queen-----

Level 1

Other Articles

Previous

26 އަބަދަށް އެކުގައި

Next

ރުޅި

Next
June 25, 2022

ރުޅި

Previews
June 25, 2022

26 އަބަދަށް އެކުގައި



All Right Reserved!